ސިއްސައިގެންގޮސް ހޭލެވުނީ ޖެހިގެން ހުރި ގޭގެ ދެމަފިރިން، މާނަފުން ބަސްތަކުން ލޯބީގެ ޝުޢޫރު ފާޅުކުރާ އަޑަށެވެ. މިގޮތަށް އަހަރެންގެ ރޭގަނޑުގެ ނިދި ގެއްލުމަކީ އާންމުކަމެކެވެ. ހައްލު ނުގެނެވިފައިވާ ބޮޑު ބޮލުގެ ރިހުމެކެވެ. ކުރާނީ ފަހެ ކީއްހެއްޔެވެ. އެވެސް ލޯތްބެވެ. އެމީހުންގެ ލޯބި އެކަކު އަނެކަކަށް އަންގައިދޭ ގޮތްކަމުކައި ވެދާނެއެވެ. ހަމަ ނިދި ނުލިބުމުގެ ސަބަބުން މޫޑު ސަކަރާތްވެފަ ހުރިވަރުން ފިރިމީހާ ކައިރީގަ ނެތްކަންވެސް ރޭކާލީ އެނދުގައި ދެކޮޅަށް ފުރޮޅިލި ފަހުންނެވެ.މިހާ ދަންވަރުވެސް ފިރިމީހާ އަހަރެން އެކަނި ދޫކޮށްލާފައި […]