Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހަވޭލީ (3)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
October 12, 2017 5 Mins Read
38 Comments

އަދިވެސް އެއީ ހުވަފެނެއްކަމަށް ގަބޫލުކުރަން ހާދަ ދައްޗެވެ. އައިދުންގެ ހިތްވަނީ ބިރުވެރިކަމުން ފުރިފައެވެ. އެބިރުވެރި ސޫރަ އޭނާގެ ހިތުގައި ބިންވަޅުނެގިފައިވާ ކަހަލައެވެ. ހިތްނުތަނަވަސް ވަމުން ދިޔައެވެ. އެހުވަފެނަކީ ކޮންމެވެސް ނުބައިކަމެއް ވާން އުޅޭކަމުގެ ސިގްނަލެކޭ ހަމަ ހީވަނީއެވެ.

އެތައްޒަމާނަކަށްފަހު އެ ސޫރަ ހުވަފެނުން ފެނުމުން އައިދުން އިތުރަށް ހާސްވިއެވެ. އެހާދިސާއަށްފަހު ދުވަހެއްގެ ކޮޅުންވެސް އޭނާއަށް ހުވަފެނަކުންވެސް އެސޫރަފެނިފަކައި ނުވެއެވެ. ވީއިރު މިރަށަށް އައި ފުރަތަމަ ދުވަހުވެސް އެސޫރަފެންނަންވީ ކީއްވެހެއްޔެވެ؟ ކޮންމެވެސް ނުބައެއް މިކަމުގައި އެބައުޅެޔޭ އޭނާގެ ހަވަނަ ހިއްސު އޭނާއަށް ވިސްނައިދިނެވެ.

ދެންއިތުރަށް ނުނިދޭނެކަން އެނގުމުން އައިދުން ތެދުވެ ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. އޭނާ ފެންވަރައިލައިގެން ނުކުތްއިރުވެސް މަލާކް އެއޮތްގޮތަށް އަރާމުކޮށް ނިދައިލައިފައި އޮތެވެ. އެތަންފެނި އައިދުންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

* * *

އެހުވަފެން ފެނުނުތާ އެއްހަފްތާ ފާއިތުވެގެން ދިޔައިރުވެސް އައިދުންއަށް އެއްވެސް އާދަޔާ ޚިލާފުކަމަކާ ކުރިމަތިނުވެއެވެ. ވުމާއެކު ދުވަހެއް ދުވަހަކަށް އޭނާގެ ހިތުން އެހުވަފެން ފިލައިގެންދާން ފަށައިފިއެވެ.

ބަދިގެތެރޭގައި ކެރެޓެއް ގާނަންހުރި މަލާކް ސިހިފައި ބަލައިލީ ފާޑެއްގެ އަޑެއް އިވުމުންނެވެ. ހިލިހިލާތަކެއް ތެޅޭފަދަ އެއަޑު އިވޭތާ މިހާރު ހަފުތާއަކަށްވުރެ ގިނަދުވަސްވީއެވެ. އެއަޑު އަންނަނީ ގޭގެ ބިތްދޮށުގައި ހުރި ކޮޓަރިންކަން މަލާކަށް އެނގެއެވެ. އައިދުން ގާތު ބުނުމުން އެކަން މާކަބޮޑު ކަމަކަށް އޭނާ ނުހެދިއެވެ. ބަންދުކުރެވިފައިހުރި ކޮޓަރިއެއްކަމުން މީދާފަދަ ދިރޭތަކެތި އުޅޭތީ އިވޭއަޑެކޭ ކިޔައި ކޮންމެފަހަރަކުވެސް އައިދުން އެކަން ހިންދައިލަނީއެވެ. މަލާކްވެސް އެކަން ގަބޫލުކުރިއެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. މަލާކް ފެންވަރައިއުޅޭތީ އައިދުން ކޮޓަރީގެ ކުޑަދޮރު ކައިރީގައި ހުއްޓިލައިގެން އިނެވެ. ކުރިމަތިން ފެންނަން އޮތް ވަލުތެރެއަށް ނަޒަރު ހުއްޓައިލައިގެންނެވެ.

ކުއްލިއަކަށް ފެނުނު މަންޒަރަކުން އައިދުންގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. ހުވަފެނުގައި އޭނާއަށް ފެނުނު އަންހެންކުއްޖާ އެހެރެގެން ވަލުތެރެއިން ނުކުމެގެން އަންނަނީއެވެ. ގަބޫލުނުކުރެވިފައި އައިދުން ދެލޯބޮޑުކޮށްލައިގެން ހުއްޓުންއަރައިފައި އިނެވެ. ފަރިހިނގުމެއްގައި ވަލުތެރެއިން އެކުއްޖާ ނުކުމެ ސީދާ އައިދުންގެ މޫނަށް އިސްއުފުލައިލައި ބަލައިލިއެވެ. އެއާއެކު އައިދުންއަށް ހިންދިރުވައިލެވުނެވެ. ރޭގަނޑުގެ ފިނި ވަގުތުގައިވެސް އިސާހިތަކު އޭނާއެއްކޮށް ދާހިއްލައި ފޯވިއެވެ.

ހުވަފެނާއި ޚިލާފަށް މިފަހަރު އެއަންހެންކުއްޖާ ލައިފައިވަނީ ދިގު ކަޅުކުލައިގެ ހެދުމެކެވެ. ކަޅުކަންގަދަ އިސްތަށިގަނޑު މިނިވަންކަމާއެކު ވިހުރެމުން ދިޔައެވެ. އެކުއްޖާ އައިދުންއާ ހަތަރުކަޅި ހަމަކޮށްލަމުން ހިނިތުންވެލި ވަގުތު އޭނާގެ ދެލޯ ރަތްކުލައިން ދިއްލުނެވެ. އައިދުންއަށް ހުރެވުނުތަންވެސް ނޭނގުނެވެ. މިއީކީ ހުވަފެނެއްނޫންކަން އައިދުންއަށް ޔަގީނެވެއެވެ. ފަރާތަކަށް ގުޑިލަންވެސް ނުކެރިފައި އައިދުން ހުރީއެވެ.

ފާޚާނައިގެ ދޮރުޖެހުނު އަޑަށް ސިހިފައި އައިދުން ފަހަތަށް އެނބުރުނެވެ. އިސްތަށިގަނޑުން ފެންހިއްކަމުން މަލާކް އައިދުންގެ މޫނަށް ބަލައިލީ ހިނިތުންވެފައި އިނދެއެވެ. އައިދުން ސިހުނުވަރު ފެނުމުން އޭނާ ގާތަށް ކޮންމެވެސް ވަރަކަށް ހިނިވެސް އައެވެ.

ލައިގެން ހުރި އެއްޗެހި ބަދަލުކޮށްލުމަށްފަހު އައިދުން މަލާކް ގާތުގައި އެނދުގައި އޮށޯތެވެ. ނުތަނަވެސްވެފައިވީ ނަމަވެސް އޭނާ އެކަން ނުދައްކައިވޭތޯ ބެލިއެވެ. މަޖާ ވާހަކަތަކެއްގައި އޮތް މަލާކަށް ނިދުނު އިރެއްވެސް ނޭނގެއެވެ. މަލާކްގެ ވާހަކަތައް އަޑުއަހަން އޮތް އައިދުންއަށްވެސް އޭގެ ކުޑައިރުކޮޅެއްފަހުން ނިދުނެވެ.

ނިދިފައި އޮތް މަލާކަށް ހޭލެވުނީ ކަރުހިއްކައި ގަނެގެންނެވެ. ތެދުވެ ގާތުގައި އޮތް އައިދުންގެ މޫނަށް ބަލައިލުމަށްފަހު އެނދުން ފޭބިއެވެ. ފެންފޮދެއްބޯން ބަލައިލިއިރު މޭޒުމަތީގައި ހުރި ޖަގުގައި ފެނެއް ނެތެވެ. ކަންނެތްވެފައި ހުރި ނަމަވެސް ކަރުހިއްކައިފާވަރުން ޖަގު ހުފައިގެން މަލާކް ހިނގައިގަތެވެ. ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވައިލުމަށްފަހު ނުކުމެ ދޮރު ޖަހައިލިއެވެ. އަދި ސިޑިން ތިރިއަށް ފައިބައި ބަދިގެއާ ދިމާއަށް ހިނގައިގަތެވެ.

އައިސްއަލަމާރިން ފެންފުޅިއެއް ނެގުމަށްފަހު ޖަގަށް އަޅައި ޖަގު ފުރައިލިއެވެ. އެވަގުތު މަލާކްގެ ކަންފަތުގައި އަންހެންކުއްޖެއްގެ މަޑު ގިސްލުމުގެ އަޑު ޖެހުނެވެ. މަލާކް ވަރަށް ހައިރާންވިއެވެ. އަޑު އަންނަ ދިމާއެއް ނޭނގޭތީ ހުއްޓުން އަރާފައި މަލާކްއަށް ހުރެވުނީއެވެ. އިރެއް އިރަކަށް އެގިސްލުމުނުގެ އަޑުު ބާރުވަމުން ދިޔައެވެ. އަތުގައި ހުރި ޖަގު މޭޒުމަތީގައި ބަހައްޓައިލުމަށްފަހު މަލާކް ބަދިގެއިން ބޭރަށް ހިނގައިގަަތެވެ.

ގޭގައި ގެންގުޅޭ މީހުންގެ ކޮޓަރިތައް ހުރީ ތަޅުލައިފައެވެ. ހަމަގައިމުުވެސް އެއީ އެއިން ކޮޓަރިއެއްގެ ތެރެއިން އިވޭ އަޑެއް ނޫނެވެ. މަލާކްގެ ނިތަށް ރޫއަރައިގެން ދިޔައެވެ. މިގޭގައި އެމީހުން ފިޔަަވައި އިތުރުބައެއް އުޅެނީއެއް ނޫނެވެ. ދެންއެއީ ކާކުގެ އަޑެއް ބާާވައެވެ. އިރުކޮޅަކު ވިސްނައިލަން މަލާކް އިނެވެ.

އަޑު އަންނަނީ ގޭގެ ބޭރުންހެން މަލާކަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ. ޖެހިލުމެއްނެތި ގޭގެ ބޮޑުދޮރާ ދިމާއަށް މަލާކަށް ހިނގައިގަނެވުނީ އޭނާގެ އިޚުތިޔާރުން ބޭރުގައި ކަމެއް އޭނާއަކަށް ނޭނގެއެވެ. ނުފެންނަ ބާރަކުން މަލާކް އެދިމާއަށް ގެންދާކަހަލައެވެ.

ދޮރުހުޅުވައިލުމަށްފަހު މަލާކް ބޭރަށް ނުކުތެވެ. އެވަގުތު މަލާކްގެ ހަށިގަނޑުގައި ބީހިލި ފިނި ވައިރޯޅިއަކާއެކު އޭނާ ހީކަރުވައިގަތެވެ. ނައިޓީގެ މަތިން ލައިގެންއިން ތުނި ލޭސް ޖެކެޓު އިތުރަށް ގަޔާލައި ބޮނޑިކޮށްލެވުނެވެ.

އަނދިރިކަން ވެރިވެފައިވާ އެމާހައުލަށް މަލާކް ނަޒަރު ހިންގަމުން ދިޔައެވެ. އޭރުވެސް އެގިސްލުމުގެ އަޑު މެދުކެނޑުމެއްނެތި އިވެމުން ދިޔައެވެ. ދެފަރާތް ދެފަރާތަށް ބަލަމުން ދިޔައީ އަޑު އަންނަ ދިމާއެއް ޔަގީންނުވާތީއެވެ.

އެއްލިކަޅިއަކުން މަލާކްގެ ލޮލުގައި އަޅައިގަތީ ގޭގެ ކުރިމަތީގައި ހުރި ބޮޑު ބިޔަ ގަހެއްގެ ކައިރީ އޭނާއަށް ފުރަގަސްދީގެން އިން އަންހެންކުއްޖެކެވެ. ކަޅުކުލައިގެ ދިގު އެހެދުމުގައި އިން އަންހެންކުއްޖާ ގިސްލަ ގިސްލާފައި ރޮމުންދިޔައެވެ. މަލާކް ހައިރާާންވުމުގެ އިތުރުން ބިރުވެސް ގަތެވެ. ކާކުކަމެއް ނޭނގޭ އެކުއްޖާ މިވަގުތުގައި އޭނާގެ ގޭގެ ކައިރީ އެކުރަނީ ކީއްހެއްޔެވެ؟

ފާޑަކަށް އެކުއްޖާއަށް ބަލަހައްޓައިގެން މަލާކަށް ގޭގެ ދޮރުމަތީގައި އިނދެވުނީއެވެ. ގަޑިންވީ ކިހައި އިރެއްކަމެއްވެސް ނޭނގެއެވެ. ފަސްއެނބުރި ގޭގެ ސިޓިންރޫމްގައި ހަރުކޮށްފައިހުރި ބޮޑު ގަޑިއަށް މަލާކް ބަލައިލިއެވެ. އޭރު ގަޑިން 3 ޖެހީއެވެ. މިފަދަ ވަގުތެއްގައި އަންހެންކުއްޖަކަށް އެކަނި ބޭރަށް ނުކުންނަން ކެރުނީތީ މަލާކް ވަރަށް ހައިރާންވިއެވެ.

ގަޑިއަށް ބަލައިލުމަށްފަހު ބޭރަށް ބަލައިލިވަގުތުގައި ފެނުނު މަންޒަރަކުން މަލާކްގެ ހިތް ބިރުވެރިކަމުން ފުރިގެން ދިޔައެވެ. ގޮތްނޭނގޭ އެއަންހެންކުއްޖާއެއް މިހާރަކު އެތާކު ނެތެވެ. އެހައި އަވަހަށް އެކުއްޖާ އެދިޔައީ ކޮންތަނަކަށް ހެއްޔެވެ؟ ބިރުން އިން ނަމަވެސް މަލާކް ފަރާތް ފަރާތް ހޯދައިލިއެވެ. އެވަގުތު އެގަސްދޮށުގައި އޮތް ކަޅު ބުޅަލެއް މަލާކްގެ ލޮލުގައި އަޅައިގަތެވެ. މަލާކްގެ ދެލޯ ބޮޑުވެގެން ދިއުމާއެކު މުޅިމީހާ ތުރުތުރުއަޅަން ފަށައިފިއެވެ.

އެބުޅާ އޭތީގެ ބޮޑު ނޫކުލައިގެ ދެލޮލުން ބަލަމުން ގެންދިޔައީ ސީދާ އޭނާގެ މޫނަށްކަން މަލާކަށް އެނގުނުހިނދު މޭގަނޑު އަނގައަށްނައީ ހަމަކިރިޔާއެވެ. އެންމެ ހިނދުކޮޅަކުވެސް އެތަނުގައި މަޑުކުރުމަކީ ރަށްކާތެރިކަމެއް ނޫންކަން މަލާކަށް ވިސްނުނެވެ. އެހެންކަމުން އަވަސް އަވަހަށް ގޭތެރެއަށް ވަދެ ދޮރުލެއްޕިއެވެ. އަދި ދެފަޔަށް ލެވުނުހައި ބާރެއްލައި ސިޑިން މައްޗަށް އެރުމަށް ދުއްވައިގަތެވެ. އޭރު މުޅިކުއްޖާ ހީވަނީ ބިރުންގޮސް ހަލާކުވެދާނެ ހެންނެވެ.

ފެންޖަގުވެސް ނުލައި ދުވެފައި އައި މަލާކް ކޮޓަރިއަށްވަދެ އަވަސް އަވަހަށް ދޮރުޖެހިއެވެ. އަދި ދޮރުފަތުގައި ލެގިލައިގެން އިނދެ ފުންނޭވާތަކެއް ލަމުން ދިޔައެވެ. އެބުޅާ އޭނާއާާ ދިމާއަށް ބަލަންހުރި ގޮތް ހިތަށް އެރުމާއެކު ގައިން ހީބިހިނަގައިގެން ދިޔައެވެ.

އެގިސްލުމުގެ އަޑު މެދުކެނޑުމެއްނެތި އިވެމުން ދިޔައެވެ. އެނދުގެ ފަޑީގައި ލެގިލައިގެން އިނށީދެ މަލާކް އިނީ ދެން އޭނާއަށް ހަމަނިދި ނުކިބޭނެކަން އެނގޭތީއެވެ. ދެކަކޫ މެޔާލައި ބޮނޑިކޮށްލައިގެން އެއަޑުއަހަން މަލާކް އިނެވެ. ހިތް އޮބިނޯންނަ ވަރަށް ތެޅެމުންދިޔައިރުވެސް އައިދުން އަށް ގޮވައިލާކަށް އޭނާއަކަށް ނުކެރުނެވެ.

މަލާކް ދުވެފިލުމުން އެބުޅާ އިސްޖައިލީ ކުށްވެރިވެފައިވާ އިންސާނަކު އިސްޖަޖައިލާ ފަދައިންނެވެ. އެއާއެކު އޭތީގެ ސޫރަ ރީތި އަންހެންކުއްޖެއްގެ ސޫރައަށް ބަދަލުވިއެވެ. އެކުއްޖާގެ ދޮން މޫނު މަތިން ހިތާމައިގެ އަސަރު ފާޅުވާން ހުއްޓެވެ. އެގެއާ ދިމާއަށް ބަލައިލުމަށްފަހު އޭނާ ވަލާއި ދިމާއަށް ހިނގައިގަތެވެ.

ފަތިސްނަމާދަށް ބަންގިގޮވީވެސް މަލާކް ހޭލައިހުއްޓައެވެ. ބަންގީގެ ކަލިމަތުން ހިތަށް ހަމަޖެހުމެއް ލިބުމާއެކު އޭނާ އޮށޯވެލިއެވެ. ނަމާދު ކުރާނަމޭވެސް އެހިތަށް ހަމަ ނޭރީހެއްޔެވެ؟ އެކަލިމަތަކުން ހިތަށް ހަމަޖެހުމާއި އަމާންކަން ވެރިވާނީ ގައިމު އެކަލިމަތަކުގެ މާތްކަމަކުން ނޫންހެއްޔެވެ؟ ނަމަވެސް އެހިތަށް އެކަން ނުވިސްނުނެވެ.

ވަރުބަލިވެފައިވާ މަލާކްގެ އެސްފިޔަތައް ބަރުވެ މެރެމުން ދިޔައެވެ. ދާދި ކުޑަހިނދުކޮޅެއްގެ ތެރޭގައި އޭނާއަށް ފުންނިންޖަކުން ނިދައިލެވުނެވެ.

* * *

ރޭގެ އެހާދިސާއަށްފަހު އެހައިލަހުން ނިދުމުން މަލާކްއަށް ހޭލެވުނީވެސް ތަންކޮޅެއް ލަހުންނެވެ. ތެދުވެ ރީތިވެލައިގެން ތިރިއަށް ފޭބިއިރު އައިދުން ސިޓިންރޫމްގައި ޓީވީ ބަލަން އިނެވެ.

“ސައި ބޮއެފިންތަ އައިދު؟” އައިދުން ގާތުގައި ހުއްޓިލަމުން މަލާކް އަހައިލިއެވެ. މަލާކްގެ އަޑަށް އައިދުން ޓީވީ ސްކްރީނުން ނަޒަރު ވަކިކޮށްލުމަށްފަހު މަލާކަށް ބަލައިލިއެވެ.

“ނޫން. މަލް ހޭލަންދެން މިހުންނަނީ.” އައިދުންގެ ޖަވާބުން މަލާކް ހިނިތުންވެލިއެވެ. އަދި ވަރަށް އަވަހަށް ސައި ތައްޔާރުކުރަނީ ކަމަށްބުނެ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ.

ރޭގެ ހާދިސާއަށްފަހު މަލާކް އިންނަނީ އަދިވެސް ނެގިމަޑުވެފައެވެ. އެހާދިސާ ހިތުންފިލުވައިލަން އުޅުނަސްް ފިލާގޮތެއްނުވިއެވެ. އެއީ ހީވި ހީވުމެކޭ ހިތަށް ވިސްނައިދެން އުޅުނަސް ހިތް އެކަމާ ދެކޮޅުހަދަމުން ދިޔައެވެ.

ބަދިގޭގައި ކޮފީތައްޓެއް ގިރަން މަލާކް އިނެވެ. ބަދިގެ ހުންނަނީ ވަލުފަރާތާވާާގޮތަށް ހަދައިފައިކަމުން ބިއްލޫރި ކުޑަދޮރުތަކުން ވަލުތެރޭގައި ހެދިފައިހުރި ގަސްތަށް ފެންނަންހުއްޓެވެ.

ދޭތެރެ ދޭތެރެއިން މަލާކަށް ކުޑަދޮރުން ބޭރުބަލައިލެވެއެވެ. އެގޮތަށް ބަލައިލެވުނު ފަހަރަކު އޭނާގެ ލޮލުގައި އޭނާއާާ ދިމާއަށް ބަލަހައްޓައިގެން ވަލުތެރޭގައި ހުރި އަންހެންކުއްޖެއް އަޅައިގަތެވެ. އެކުއްޖާފެނުމާއެކު އެއީ ރޭގައި އޭނާއަށް ފެނުނު ކުއްޖާކަން އެއަންހެންކުއްޖާ ލައިގެންއިން ހެދުމުން މަލާކަށް ވަގުތުން އެނގުނެވެ. ރީތި ހިމަތޮޅި ޖުއްޖެކެވެ. ހަމުގެ ކުލަ އައްޔެވެ. އެކުއްޖާގެ ކިބައިގައި މީހަކު ބިރުގަންނަންޖެހޭފަދަ ސިފައެއް ނެތްނަމަވެސް މަލާކްގެ ހިތަށް ބިރުވެރިގެން ވަދެގެންދިޔައީ ރޭގެ ހާދިސާ ހަނދާންވުމުންނެވެ.

އެއަންހެންކުއްޖާގެ މޫނުމަތިން ފާޅުވަމުންދިޔައީ ހިތާމަވެރިކަމާއި މާޔޫސްކަމެވެ. ކޮންމެވެސް ކަމަކާ ހިތާމަކުރަނީ ކަމަށްވެސް ވެދާނެއެވެ. މަލާކަށް ހިންދިރުވައިލާންވެސް އުނދަގޫވެފައި އެނުދަންނަ ކުއްޖާގެ މޫނަށް ބެލެމުން ދިޔައެވެ. އޭރު މުޅިމީހާ ތުރުތުރުއަޅަމުން ދިޔައެވެ.

މަލާކްގެ މޫނަށް އިރުކޮޅަކު ބަލަން އިނުމަށްފަހު އެކުއްޖާާ ފަނޑުހިނިތުންވުމެއް ހަދިޔާކޮށްލީ މަލާކް އޭނާދެކެ ބިރުގަނެ ޖެހިލުންވެފައި ހުރިކަން އެނގުމުންނެވެ. މަލާކް ހަމަ އެއިންގޮތަށް އިނެވެ. ދެލޯބޮޑުކޮށްލައިގެންނެވެ. އެނުދަންނަކުއްޖާ އެގޮތުގައި އިރުކޮޅަކު ހިނިތުންވެލައިގެން އިނުމަށްފަހު ވަލުތެރެއާ ދިމާއަށް ހިނގައިގަތެވެ.

މަލާކަށް ހޭވެރިކަންވީ އައިދުންގެ އަޑަށެވެ. ސައިހަދަންދިޔަ މަލާކް ލަސްވުމުން އައިދުން އައިސް ބަދިގެއަށްވަނީ މަލާކަށް ގޮވައި ގޮވައި އޭނާގެ ޚަބަރެއް ނުވުމުންނެވެ. ހުއްޓުންއަރައިފައި ކުޑަދޮރުން ބޭރުބަލަންއިން މަލާކް ފެނުމުން އައިދުން ހައިރާާންވިއެވެ.

“މަލް. ކިހިނެއްވެފަ؟ އަދިވެސް ސައި ހަދައި ނުނިމެނީތަ؟” މަލާކް ސިހިފައި އައިދުންގެ މޫނަށް ބަލައިލިއެވެ. ގަދަކަމުން ހިނިތުންވެލަމުން ދެފަރާތަށް ބޯހޫރުވައިލީ ނޫނެކޭބުނުމުގެ ގޮތުންނެވެ. “އައިދު ދޭ. އަހަރެން މިދަނީ.” ހަމަޖެހޭގޮތް ދައްކަމުން މަލާކް ބުނެލިއެވެ. މަލާކަށް ފާޑަކަށް ބަލައިލުމަށްފަހު އައިދުން ކާކޮޓަރިއަށްގޮސް މޭޒުދޮށުގައި އިނށީނެވެ. ބަދިގެއާއި ކާކޮޓަރި ހުންނަނީ ކުރިމައްޗަށްވާ ގޮތަށް ވަކިވަކިން ހަދައިފައެވެ.

ބަދިގެއިން ފަހަރަކު ދެތަށި ހިފައިގެން އައިސް މަލާކް ކާމޭޒުމަތީގައި އަތުރަމުން ދިޔައެވެ. ހުރިހައި ތަށިތަކެއް އަތުރައިލުމަށްފަހު އައިދުންއަށް ފެންތައްޓެއް ބަލައި މަލާކް ދިޔައެވެ. އައިދުން ސައިބޯންފެށިއެވެ. ފެންތަށިހިފައިގެން އައި މަލާކް ފުޅާ ހިނިތުންވުމަކާއެކު އައިދުންގެ މޫނަށް ބަލަމުން ދިޔައެވެ. އެކަމާ އައިދުން ސުވާލުކުރުމުން ކަމެއްނުވާކަމަށްބުނެ އޭނާގެ ގާތުގައި ފެންތަށި ބެހެއްޓުމަށްފަހު މަލާކް ބަދިގެއާ ދިމާއަށް ހިނގައިގަތުމުން އައިދުން މަލާކްގެ އަތުގައި ހިފެހެއްޓިއެވެ. ހަމައެއާއެކު ސިހިފައި އަވަސް އަވަހަށް އޭނާ މަލާކްގެ އަތުން ދޫކޮށްލިއެވެ. މަލާކްގެ ހަށިގަނޑު އާދަޔާ ޚިލާފަށް ހޫނުކަން އައިދުންއަށް ފާހަގަވިއެވެ. އޭނާގެ އަތުން މަލާކްގެ އަތުގައި ހިފިހިސާބުން ދިލަނަގަމުން ދިޔައެވެ.

އައިދުންއާ ދިމާއަށް އެނބުރިލުމަށްފަހު މަލާކް ހީލިއެވެ. އަދި ބަދިގެއާ ދިމާއަށް އަނެއްކާާވެސް ހިނގައިގަތެވެ. ބުނާނެ އެއްޗެއް ނޭނގިފައި އައިދުންއަށް ހުރެވުނީއެވެ. މަލާކްގެ އަމަލުތަކާމެދު ހައިރާންވެ އަންތަރީސްވެފައެވެ. މިއީކީ އެހެންނާ މަލާކް އުޅޭ ގޮތެއްނޫނެވެ. މަލާކްގެ ހަށިގަނޑު އެހައި ހޫނުއިރުވެސް އޭނާއަށް އެކަން ފާހަގަނުވަނީ ހެއްޔެވެ؟ އައިދުންއަށް ދެފަރާތަށް ބޯހޫރައިލެވުނެވެ.

ހާސްވެފައިވާ ސިކުނޑި ހަމަޖައްސާލުމަށްޓަކައި މަލާކް ގެނައި ފެންތަށިން އެތިފޮތެއް ބޯލަން ބަލައިލިވުގުތު އައިދުންއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ފެންތަށިތެރެއަށް އިރުއިރުކޮޅާ ލޭތިކިޖަހަމުން ދިޔައެވެ. އައިދުންއަށް މައްޗަށް ބަލައިލެވުނެވެ. އެއާއެކު އޭނާ ލައިލައިހުރި ނޭވާވެސް ތާށިވިކަހަލައެވެ. މަތީގައި އެއްވެސް ތަނަކު ނުޖެހި ލެއިން ތަތްތެޅިފައި އޮތް އަންހެންކުއްޖެއް އޮތެވެ. އޭނާގެ ކަރުންނާއި އަނގައިން ފައިބަމުން ދިޔަ ލޭތިކިތަކުން އައިދުންގެ ފެންތަށީގެ ކުލަ އިސާހިތަކު ގަދަ ރަތްކުލައަށް ބަދަލުވެގެން ދިޔައެވެ.

ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތަކުން އައިދުންގެ މުޅިހަށިގަނޑުގައި މަޑު ތުރުތުރެއް އުފައްދާލިއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ މަތީގައި އެއޮތީ މަރުވެފައި އޮތް ގަބުރެކެވެ. އެއްވެސް ތަނަކު ނުޖެހި ވައިގެތެރޭގައި އެއޮތީ ދެވަނަދެމީހެއްނޫނެވެ. ހުވަފެނުންވެސް އޭނާއަށް ފެނުނު އަންހެންކުއްޖާއެވެ.

އައިދުންގެ ސިކުނޑި ހަމައިން ނެއްޓިއެވެ. ބޭއިޚުތިޔާރުގައި ބާރަށް ހަޅޭލަވައިގަތުމަށްފަހު ލެއިން ކަޅިވެފައިވާ ފެންތަށީގައި އަތުންޖަހައި ހޫރައިލިއެވެ. ފެންތަށި އެދިޔަ ބާރުމިނުގައި ގޮސް ބިންމަތީ ޖެހުމާއެކު ކުއްލިއަކަށް ގެއްލުނެވެ. އައިދުންއަށް އަނގަމަތީގައި އަތްއަޅައިލެވުނީ ފެނުނުމަންޒަރު ގަބޫލުނުކުރެވިފައިވާ ގޮތަކަށެވެ. މިއީ ކޮންކަންތައްގަނޑެއް ހެއްޔެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އީލާމް -12

Next

ސޮރީ…

Next
October 12, 2017

ސޮރީ…

Previews
October 12, 2017

އީލާމް -12

38 Comments!

  1. Naufa says:
    October 12, 2017 at 2:04 pm

    Assalaam alaikum.. Hope u all like this part too.. Rangalhu kuranvy kameh oih nama buneladhinun edhen.. Next part of saturday in sha allah.. ?

    1. Naufa says:
      October 12, 2017 at 2:05 pm

      On*

  2. sana says:
    October 12, 2017 at 2:21 pm

    Very nice
    ?????????????????

  3. sama says:
    October 12, 2017 at 2:23 pm

    Oh!What happen next???

  4. Axka says:
    October 12, 2017 at 2:24 pm

    Best story ?????

  5. Alisha says:
    October 12, 2017 at 2:26 pm

    Wow! Nice
    ????????

  6. Naufa says:
    October 12, 2017 at 2:27 pm

    Thanks all.. ?❤

  7. samahaa says:
    October 12, 2017 at 2:28 pm

    Good good best of luck NAUFA ???????????

  8. seenko says:
    October 12, 2017 at 2:31 pm

    What happen next?plx fast we can’t wait ????

  9. click a shot ? says:
    October 12, 2017 at 3:16 pm

    omg..mivaahaka reygandu kiyaafi nama ekakuves biru nuganeeh nudhaane…ehaaves sifakuruntha biruveri vefa furihama..I love it…varah kiyaa hihvey eba mihaaru next part..hiy thaluvaalaafa viya thininmaaly..hehe?mi part hama fabulous ingey…keep it up..I love this story so much..adhi ehfaharu kiyaa hihvehje..?Love you ?

  10. Naufa says:
    October 12, 2017 at 3:21 pm

    Thank u.. ?❤

  11. reysham says:
    October 12, 2017 at 3:35 pm

    Wow

  12. Loo says:
    October 12, 2017 at 3:51 pm

    Story reethivaane hen heevanee ekamaku hieh nuvey new story eh heneh varah vahtharu kureege dhivehi film ehge story akaa…

    1. Naufa says:
      October 13, 2017 at 3:34 pm

      Noo loo.. This is a new one.. N my own idea.. N thanks..?

  13. $JK..KOREAN says:
    October 12, 2017 at 4:04 pm

    OMG . WHAT WILL HAPPEN NEXT.. v nice story.. keep it up,. waitingss 🙂 🙂

  14. ss says:
    October 12, 2017 at 6:22 pm

    Naufa?????????????????? this is very nice keep it up

  15. Naufa says:
    October 12, 2017 at 6:25 pm

    Thank u reysham n $JK..?❤

    1. Naufa says:
      October 12, 2017 at 6:49 pm

      And ss too..

  16. huvaa bunan says:
    October 12, 2017 at 7:00 pm

    Thikiyaaa ecche than kolhe saafuko kiyaabe?

  17. maroon says:
    October 12, 2017 at 7:34 pm

    Hey naufa
    Story v reethi. Maroon nama adeh ivey irah huri ehcheh bahattafa dhuve rakkaavaanan thi gein.
    When next part?

    1. Naufa says:
      October 12, 2017 at 7:48 pm

      Hehe.. Thanks maroon.. In sha allah on saturday.. ❤

  18. mamee says:
    October 12, 2017 at 10:41 pm

    Vvvvv salhi????????????????????????????????????????

  19. mamee says:
    October 12, 2017 at 10:51 pm

    Seriously ge nan mihaaru badalvehje huvaabunan minamah …..huvayakee kihaavarehge ehchehkan engytha…ehenveye mibunanee thandhoru engeymeehun kiyaaehchekey vaahakayakee kohkooo….thandhoru neygi vaanuvaa neyngenya nukiyaanee vaahaka….kithamme varakah thikahala comment thikuranee kaakah derakuran ….nuvaane thkameh nau vaahakaves liyaane hama he he….????

    1. $JK..KOREAN says:
      October 12, 2017 at 11:12 pm

      haha..

  20. mal-mal says:
    October 12, 2017 at 11:01 pm

    a very interesting story! love the plot!!???
    waiting for the next part. ??
    InshaAllah, u can become a successful writer! don’t lose faith and try hard!!

    1. Naufa says:
      October 12, 2017 at 11:09 pm

      Thank u so much?

  21. mamee says:
    October 13, 2017 at 12:14 am

    ekuveri kiuntherinny vaanuvaa neyngy meehunves vaahaka kiyaatha?ajaebu dhw…….fahuzamaanuge alaamae.faad kiyanvaane ekam huvaabunan namakahkiy kuhjaku ebabuney mivaahakaen vaanuvaaehves neyngey vaahaka migothah faadkyma kihineh ekan rahngalhukuraanee rhangalhukuraanegotheh eyna bunedineemakaanu rhangalhukureveynee dhw.

  22. Anonymous says:
    October 13, 2017 at 12:24 am

    Masha allah.
    V v reethi

  23. mamee says:
    October 13, 2017 at 12:49 am

    alhugahndu namaves …maekalaako mivanee kinhy kiyaafa meyzuves vahtaalaafa duvefa nukuthyhee beyrah adi beyrakahves nukumevykahnoonnaanedhw ethanun gos eythigaegajehihjehyaayo denkihineh hadaanee..?. ?

    1. maroon says:
      October 13, 2017 at 9:25 am

      Dhn eyrun bingadu falhaafa adiah dhaany ?
      Naufa story liyamun dhaairu kiyuntherin ehaa varah birugannavaalahchey.

  24. i_far says:
    October 13, 2017 at 1:46 am

    V reethi.bulhaa hury ey bunyma varah alhaigaiy. Hathares fai jahaigen janavaarun onnaany. So Bulhaaves onnaany ingey. Vv reethi story.

    1. Naufa says:
      October 13, 2017 at 3:37 pm

      Oh ya dhw.. Sry e ee olhigen.. Dhn huri parts thakuga in sha allah rangalhukohlaa nan.. Thanks for telling.. ?

  25. remoo says:
    October 13, 2017 at 2:55 am

    v interesting…….

  26. mamee says:
    October 13, 2017 at 5:24 am

    Huvaa bunan thaanakiyan engeytha?

  27. Naufa says:
    October 13, 2017 at 8:01 am

    Thanks all?❤

  28. imsha☺ says:
    October 14, 2017 at 3:16 pm

    Wowww…Vrh vrh salhi…

  29. iciline says:
    October 27, 2017 at 3:47 am

    unique goteh ebahuri….v intresting…ti age ge kuhjakaa balaafa v molhu ti genesdey goy.keep it up

  30. Haveyli fan says:
    February 28, 2018 at 4:26 pm

    Gaburu kiyanee maru v ma eh noon tha? Vaahaka varah reethi

Comments are closed.

Next Episodeހަވޭލީ (4)←


All Right Reserved!