Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ސޮރީ…

Shaz Level 110 Stories
October 12, 2017 4 Mins Read
15 Comments

(ފަހުބައި)

“ކައިލް ބޭނުމިއްޔާ އަހަރެން ކައިލްއާ އިންނަން ތައްޔާރު” އިސްދަށަށް ޖަހާލައިގެން އިނދެ އަހަރެން ބުނީމެވެ.

“ބަލް. އަހަރެން ބަލްއާ އިންނަން ބޭނުންވެގެންނެއް ނޫން ބަލްއާ ބޭބީއަށް މިހުރިހާކަމެއް މިކޮށްދެނީ. އާން އަހަރެން ބަލް ދެކެ ލޯބިވޭ. އަހަރެން ބަލް ބޭނުން އިންނަންވެސް ބޭނުން.އެކަމަކު އަހަރެން ބަލްއާ ބަލްގެ ދަރިފުޅުގެ ކަންކަން ކޮށްދޭތީ އޭގެ ބަދަލެއްގައެއްނޫން. އަހަރެން ބޭނުންވަނީ ބަލްވެސް އަހަރެންގެ ދެކެ ލޯބިވެގެން އަހަރެންނާއެކު ދިރިއުޅެން ބޭނުންވެގެން އަހަންނާ އިންނަން. މިވަގުތު ތިހެން ތި ނިންމީ އަދި ރަނގަޅަކަށްނޫން” ކައިލްއައިސް އަހަރެންގެ އަތުގައިހިފާލިއެވެ. ހާދަހާވާ މާތް އިންސާނެކެވެ.

ދުވަހުގެ ބަކީބައި އަހަރެން ހޭދަކުރީ ދުއާކުރުމުގައެވެ. އަހަރެންގެ ދަރިފުޅަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުން އެދިއެވެ.

“ކައިލް..” ކުއްލިއަކަށް އުލްވާން ދުވެފައި އައިސް  އަހަރެންގެ އެޑްމިޓްކޮށްފައި އޮތް ކޮޓަރިއަށްވަނެވެ.

“ބައްލު ގައިގަ ކާރުން ޖެއްސި ޑްރައިވަރު ހައްޔަރުކޮށްފި” އުލްވާން ހުރީ މައިނޭވާ ލެވިފައެވެ.

“ހިނގާބަލަ ޕޮލިސް ސްޓޭޝަނަށްދާން” ކައިލް އަތުގައި ހިފާ ދަމައިގަންނަމުން އުލްވާން ބުންޏެވެ.

އެއާއެކު ކައިލް އުލްވާންއާއެކު ދާން ހިނގައިގަތެވެ.

“ބަލް. އަހަރެން ބަލްއަށް އިންސާފު ހޯދައިދޭނަން.” ދޮރުން ނުކުންނަމުން ކައިލް އަހަރެންނަށް ބަލާލުމަށްފަހު ބުންޏެވެ.

އުއްމީދަކީ އެއީއެވެ. ގައިމުވެސް އެމީހަކު އަހަރެންގެ ގައިގައި ކާރުން ޖެއްސީ ގަސްތުގައެވެ. އަހަރެންގެ ގައިގައި ކާރުން ޖެއްސުމައްފަހު މަޑު ނުކޮށް އެމީހާ ދިޔަކަމީ އެކަމަށް ފުދޭ ހެއްކެވެ.

އިރު އޮއްސުނު އިރުވެސް ކައިލްއާއި އުލްވާންގެ ހަބަރެއް ނުވެއެވެ. ކައިލްގެ މަންމައާއި ޝައްފަވެސް އަހަރެންގެ ކައިރި ހުއްޓެވެ. އަހަރެން ހީކުރިވަރަށް ވުރެ ޝައްފަ މާ ރަނގަޅެވެ. އެދުވަހު ކަން ކުރެވުނު ގޮތުން ތަކުރާރުކޮށް މައާފައް ވެސް އެދުނެވެ.

ކައިލްއާއި އުލްވާންއައި އިރު އަށެއް ޖަހަން ކައިރިވެއްޖެއެވެ.

“ބަލް. މީގެ ފަހުން ބަލް ހުންނާނީ ސީދާ އަހަރެންގެ ބެލުމުގެ ދަށުގައި. ބަލް އަށް މަރުގެ ހަމަލާއެއް ދިނީ މިފްޒާލް. މީހަކަށް ލާރި ދީގެން. ބަލް އަހަރެންގެ ބެލުމުގެ ދަށުގަ ހުރީމަ އޭނައަށް ހަޖަމް ނުވެގެން. ފިލައިގެން އުޅެނީ މިހާރު އެހެންވީމަ މިބުނީ އެއްވެސް މީހަކު ބަލް އެކަނި ވިޔަ ދީގެން ނުވާނެ.” މިހިސާބަށް ބުނެވުނުތަނާ ކައިލްއަށް ފޯނެއް އައެވެ. ހަލޯ އޭ ބުނުމަށްފަހު ކައިލްއަށް ލިބިގެންދިޔައީ ކުއްލި ޝޮކެކެވެ. އެއާއެކު ކޮޓަރިން ބޭރަށް ދުއްވައިގަތެވެ. އުލްވާންވެސް ކައިލްގެ ފަހަތުން ދުއްވައިގަތެވެ.

ހާސްވެފައި ވާނުވާނޭނގިފައި އަހަރެން އިންދާ އަހަރެންގެ ކޮޓަރި ދޮރު ހުޅުވާލާފައި ކުޑަ ކުޑަ ބޭބީ އެނދެއް ހިފައިގެން ނަރސްއެއް ވަނެވެ. ފަހަތުން ކައިލްއާއި އުލްވާންވެސް ވަނެވެ. ކައިލްގެ ދެލޯ ވަނީ ރަތްވެފައެވެ. އުލްވާންއަށް އިސް އުފުލާނުލެވުނެވެ. އާނއެކެވެ. ނާރސް ގެނައި ކުޑަ ކުޑަ އެނދުގައި އޮތީ އަހަރެންގެ ދަރިފުޅުގެ ފުރާނަނެތް މަސްގަނޑެވެ. އަހަރެން ދުނިޔެއިން  މޮޔަވި ކަހަލައެވެ. އެންމެ ފަހަރަކު ވެސް އުރާލަންވެސް ނުލިބި އެދަރިފުޅު ވަކިވެގެން ދިޔައީއެވެ. ކުޑަ ކުޑަ ދެލޯފުޅު އަހަންނާ ވަކިވީއެވެ. ކޮންފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ. މިފްޒާލްގެ ސަބަބުން އަހަންނަށް ނުލިބެނީ ކޮން ދެރައެއް ހެއްޔެވެ. އަހަރެންގެ ސަބަބުން މިފްޒާލްއަށް ވަނީ ކޮން އުނދަގުލެއްހެއްޔެވެ. މިފްޒާލް ކިބައިން ބަދަލު ހިފަން ހިތާ ހިތުން އަހަރެން ވައުދުވީމެވެ. ދަރިފުޅުގެ ވަކިވެ ދިޔުމަކީ އަހަރެންގެ މުޅި ދިރިއުޅުން ހުއްޓުމެވެ.

ދުވަހަކަށް ވުރެ ދުވަހެއް އަހަރެންގެ ހާލު ރަނގަޅުވަމުން އާދެއެވެ. އަހަރެން ކުޑަކޮށް ހަމައަކަށް އެޅުމުން އުލްވާންގެ ދެމަފިރިންވެސް ރާއްޖެއަށް ދިޔައެވެ. ކައިލް އާއި ކައިލްގެ މަންމަ އަބަދުވެސް އަހަރެންގެ ގާތުގައި ހުރެއެވެ. އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓަނީ ކައިލްއެވެ. އަހަންނަށްވެސް ނޭނގި ނަމަވެސް ކައިލްއާ ގަޔާވެވޭ ކަމުގެ އިހްސާސް ކުރެވެއެވެ.

އަހަރެން މުޅިން ރަނގަޅުވެ ކަންކަން ހަމަޔަކަށް އެޅެން ދުވަސް ނެގިއެވެ. އެދުވަސްތަކުގައި ކައިލްގެ ފަރާތުން ލޯތްބާ އަޅާލުންލިބެމުން ދިޔައީ އިންތިހާއަށެވެ. އަހަރެން އުއްމީދުކުރީ ކައިލް އަހަންނާ ކައިވެނިކުރުމުގެ ވާހަކަ އަމިއްލައަށް ދައްކާނެކަމަށެވެ. އެހެންނަމަވެސް އެންމެ ފަހަރަކުވެސް ކައިލް އެވާހަކައެއް ނުދައްކައެވެ.  ކައިލް އަހަރެން މަތިން ފޫހިވީ ބާއެވެ.

“ކައިލް.. އަހަންނަށް ހީވަނީ ދެން އަހަރެން ދާން ވީހެން” އަހަރެން ހުރީ ކޮޓަރީގެ ކުޑަދޮރު ކައިރީގައެވެ. އެތާ ހުންނަ އިރު ދުރުދުރުން ފެންނަން އޮންނަނީ ބޮޑު ކޯރެކެވެ.  ވަރަށް ހިތްގައިމެވެ.

“ކީއްވެ ބަލް ތިހެން ތިބުނީ..ބަލް އަށް އަހަރެން ކަމު ނުދަނީތަ؟” ކައިލް ހުރީ މާޔޫސްވެފައެވެ.

“ނޫން. އަހަންނަށް ހީވަނީ ކައިލް މިހާރު އަހަންނާ ގަޔާނުވާހެން” އެންމެފަހުން އަހަރެން ބުނީމެވެ.

“އަހަރެން މިހުންނަނީ ބަލް ހަމަޔަކަށް އެޅެން ދެން”  ކައިލް އައިސް އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

“ދެމީހުން ހަމަޔަކަށް އެޅުނިއްޔާ ކައިވެނީގެ ކަންކަމާ އުޅެންވީ” ކައިލްގެ މަންމަ ހުރީ އުފާވެފައެވެ.އަހަރެން ލަދުން ކައިލްގެ މަންމައަށް ފުރަގަސް ދިނީމެވެ. އެއީ ލޯބި ދެމައިންނެވެ.

ކައިވެނީގެ ކަންކަން ހަމަޖައްސަންފެށީ އަހަރެން ހީކުރިވަރަށް ވުރެ އަވަހަށެވެ. އަހަރެންގެ ކައިވެންޏާމެދު އުލްވާން އާއި ޝައްފަ އުފާ ކުރިއެވެ.

“ބަލް އަންގާރަ ދުވަހު ކައިވެނި ކުރާ ގޮތައް އޯކޭތަ” ކައިލްގެ އުފާވެރިކަން އިންތިހާއެވެ. އެވަގުތު ކައިލްގެ ފޯނު ރިންގްވާން ފެށިއެވެ.

“ކީކޭ. އަސްލުވެސް. އުލްވާން ހާދަ ކުޅަދާނައޭ. މަޑުކޮއްލައްޗޭ.. ބަލް ދީބަ ލެޕްޓޮޕް.” ކައިލްގެ ހަރަކާތްތައް އަވަހެވެ.

“އާން..މިހާރު  ލިބިފައިނީ އެކަމާ މިއުޅެނީ” ލެޕްޓޮޕް ނެގުމަށްފަހު މެއިލް ޗެކް ކޮށްލަމުން ކައިލް ފޯނު ކަނޑާލިއެވެ.

އުލްވާންގެ މެއިލްގައި ވަނީ މިފްޒާލްގެ ވިޔަފާރިން ހިންގާފައިވާ ޖަރީމާތަކުގެ ލިޔެކިޔުންތަކެކެވެ. ރިޝްވަތުގެ ބޮޑެތި ޖަރީމާތަކަކާއި ޓެކްސްއަށް މަކަރު ހެދުމުގެ ހެކިތަކެކެވެ. ލިބުނު ކާމިޔާބަށް ކައިލްއާއި އަހަރެން އުފާ ކުރީމެވެ. ވީ އެންމެ އަވަހަށް އެމައްސަލަތައް ކަމާ ބެހޭ ފަރާތްތަކަށް ހުށައެޅުނެވެ.

މައްސަލައިގެ ތަހުގީގު ފެށި މިފްޒާލްގެ ވިޔަފާރީގެ ޖަރީމާތަކުގައި ޝާމިލްވާ މީހުން ހައްޔަރުކުރެވުނެވެ. ނަމަވެސް މިފްޒާލް ފިލައިގެން އުޅޭތީ އޭނާ ހައްޔަރު ކުރުމަށް ފުލުހުންނަށް ފަސޭހައެއްނުވިއެވެ. އަހަރެންގެ އެކްސިޑެންޓްގެ މައްސަލައިގައި އިންޑިޔާގެ ފުލުހުންވެސް މިފްޒާލް ހޯދަނީއެވެ.

މިފްޒާލްގެ ވިޔަފާރިން ޓެކްސްއަށް ހަދާފައި މަކަރުގެ ސަބަބުން ބޮޑު އަދަދު ތަކުން ޖޫރިމަނާކޮށް އެވިޔަފާރީގެ އެކައުންޓްތައް ފްރީޒް ކުރިއެވެ. އެހެންކަމުން އެވިޔަފާރި ބަނގުރޫޓުވާންފެށިއެވެ.

އަހަންނާއި ކައިލްގެ އާއިލާއަށް ލިބުނު ކާމިޔާބީފާހަގަ ކުރުމާއި އަހަރުމެންގެ ކައިވެނި އިއުލާނުކުރުމަށް ކައިލްގެ މަންމަކުޑަ ޕާޓީއެއް ބޭއްވިއެވެ.

“މަރުހަބާ މަރުހަބާ” ޕާޓީގެ އެންމެންގެ ތެރެއިން މިފްޒާލް ބުނެލިއެވެ. މިފްޒާލް ފެނުމާއެކު ކައިލްގެ ރުޅި ކޮންޓްރޯލުން ނެއްޓިފަދައެވެ. އަހަރެން ނުހިފެހެއްޓިނަމަ ގޮސް މިފްޒާލްގެ ގަޔައް އަތްވެސް ލީހެވެ. އެހެންނަމަވެސް ޕާޓީއިން މީހުން ހުސްވަންދެއް ކައިލް މަޑުކުރިއެވެ.

“މިފްޒާލްއަށް މިތަނަށް އަންނަން ކެރޭނެ ކަމަކަށް އަހަރެން ހީއެއްވެސް ނުކުރަން.. މިހާރު މިގުޅަނީ ޕޮލިހައް.” ކައިލް ފޯނުނަގައި ޑައިލް ކުރަން އުޅުނެވެ. އެހެންނަމަވެސް ކައިލް ހުއްޓުން އެރީ ކައިލްގެ މަންމަގެ ހަޅޭކުގެ އަޑަށެވެ.

މިފްޒާލްގެ އަތުގައި އޮތް ފިސްތޯލައިގެ އަމާޒު ހުރީ އަހަންނަށެވެ. އަހަރެން ބިރުން ރޫރޫ އަޅައިގަތެވެ. ހަޔާތުގައިވެސް ފިސްތޯލައެއް މިފެނުނީ އަލަށެވެ.

“މިފްޒާލް..ތީ ގޯހެއް. ބަލް އަށް ގޮތެއް ހަދައިފިއްޔާ އަހަރެން ކަލޭ މަރާލާނަން” ކައިލް ކޮންޓްރޯލުން ނެއްޓިއެވެ.

“އެހެންވިއްޔާ ކަލޭ މަރުވޭ” އެއާއެކު ވޫސް އަޅާފައި ދިޔަ ވަޒަން ގޮސް ކައިލްގެ މޭ ތޮރުފާލާފައިވަނެވެ. އަހަންނަށް ވީގޮތްވެސް ނޭނގުނެވެ. މިފްޒާލްއަށް އެވަރުކަމެއް ކުރަން ކެރިދާނެ ކަމަކަށް ހީވެސް ނުކުރަމެވެ.

“ކައިލް.. ކައިލް” އަހަރެން ދުވެފައި ގޮސް ވެއްޓެމުން ދިޔަ ކައިލްގެ ގައިގަ ހިފެހެއްޓީމެވެ.

“ބަލް. ބަލް. އަހަރެންގެ ވަރަށް ލޯބިވަން” ފަހުނޭވާގައި ކައިލްއަށް ބުނެވުނީ އެހެންނެވެ.

“މިފްޒާލް..” އަހަރެން ހަޅޭއްލަވައިގަތީމެވެ.

“ތީ އިންސާނެއްނޫން. އަހަރެން މޮޔައީ އަމިއްލަ ދަރި މަރާލަން ކެރުނު މީހަކަށް ކާކު މަރަން ނުކެރޭނީދޯ” އަހަރެންގެ އަޑު ނުކުންނަނީ އަހަންނަށް އިހުސާސް ނުކުރެވޭހާ ބާރަށެވެ.

“އަމިއްލަ ދަރިއޭ” އަހަރެން ބުނިއެއްޗެއް މިފްޒާލް ތަކުރާރުކުރިއެވެ.

“އާން. އަހަރެންގެ ބަނޑުގައި އޮތް ކަލޭގެ ދަރި” އަހަރެން ހަޅޭއްލަވައިގަތީމެވެ.

“ބަލްގީޝްގެ ބަނޑުގައި އޮތީ އަހަރެންގެ ދަރިއެއްތަ؟” މިފްޒާލް މައިތިރިވިއެވެ.

“އާން. އެއީ ކަލޭ މަށާ އިންނާނަމޭ ކިޔައިގެން އަހަންނަށް ދިން ލަނޑު. އަހަރެން އެކްސިޑެންޓްވީ އިރު ބަނޑަށް ހަތް މަސް… ދަރިފުޅުގެ ގާތިލަކީ ކަލޭ” ކައިލްގެ ފުރާނަނެތް ހަށިގަނޑު އުނގުގައިބާއްވައިގެ އަހަރެން ހަޅޭއްލަވަމުން ގެންދިޔައީމެވެ. ކައިލްގެ މަންމަ ހަބަރު ހުސްވެގެން ވެއްޓިފައި އޮތެވެ.

“ބަލްގީޝް… ބަލްގީޝް. ކީއްވެ އެންމެ ފަހަރަކުވެސް ނުބުނީ އެއީ އަހަރެންގެ ދަރިއެކޭ. މަށަކީ ކޮންފަދަ ނުބައި މީހެއް.. ބަލްގީޝް.. އަހަންނަށް ލިބުނު  ހަމައެކަނި ދަރިފުޅު” މިފްޒާލް ރޮވެގަތެވެ.

“ހަމައެކަނި ދަރިފުޅޭ” އަހަންނަށް ހައިރާންވެފައި ބުނެވުނެވެ.

“އާން. ނަތާޝާގެ އެއީ އަހަރެންގެ ދަރިއެއް ނޫން” ބޮލުގައި އަތްއަޅައިގެން ހުރެ މިފްޒާލް ރޮމުން ދިޔައެވެ.

“ބަލްގީޝް.. އަހަންނަށް މާފް ކުރޭ… ބަލްގީޝް ބޭނުން އަދަބެއް އަހަންނަށް ދީ” މިފްޒާލް އެނބުރިދާން ހިނގައިގަތެވެ. ގޮތްހުސްވެފައިވާ މީހެއްފަދައިން ނެވެ. މިފްޒާލް ހިނގައިގަތުމާއެކު އަހަންނަށް މިފްޒާލް ގެންގުޅުނު ފިސްތޯލަ އެތަނަށް ވެއްޓިފައިއޮއްވާފެނުނެވެ. ދުވެފައި ގޮސް އެ ފިސްތޯލަ ނަގައި އަހަރެންގެ އަތަށް ހެޔޮވަރުކޮށްލީމެވެ.

“އަހަރެންގެ މުޅި ދިރިއުޅުން ފަނާކޮށްލައިފައި. ދަރިފުޅު މަރާލާފަ. ލޯބިވެވުނު މީހާ މަރާލާފަ. މުޅި ދިރިއުޅުން ނަރަކައަކަށް ހަދާފަ ކޮން މާފެއް… ސޮރީ މިފްޒާލް” އެއާއެކު ޖެހިޖެހިގެން ތިން ވަޒަން ފަޔަރ ކޮށްލީމެވެ. އެވަޒަންތައް ވޫސް އަޅާފައިގޮސް މިފްޒާލްގެ ހަށިގަނޑު ފޫއަޅުވާލިއެވެ. އެއާއެކު މިފްޒާލްގެ ހަށިގަނޑު ބިންމައްޗައްވެއްޓުނެވެ.

އާއެކެވެ. އަހަރެން މިފްޒާލް ކިބައިން ފުރިހަމައަށް ބަދަލު ހިފީމެވެ. ޕޮލިސްސްޓޭޝަނަށް ގުޅައި އެންގީވެސް އަހަރެން އަމިއްލައަށެވެ. ފުލުހުން އަހަރެން ހައްޔަރުކޮށްގެން ގެންދިޔައެވެ. ކަންވީގޮތް އަހަރެން ކޯޓުގައި ކިޔައިދިނީމެވެ. މަރަން ހުކުމް ކުރިއަސް އަހަރެންގެ މައްސަލައެއް ނެތެވެ. އަހަރެން ބޭނުމީވެސް އެގޮތެވެ.

ކޯޓުން އަހަންނަށް ހުކުމް އިއްވިއެވެ. އަހަރެން ބޭނުންވިގޮތަށް މަރުގެ ހުކުމެވެ. އެކަމާ އަހަރެން ދެރައެއްވެސް ނުވެއެވެ. އަހަރެން ދުނިޔޭގައި  އުޅޭނެ އެއްވެސް ގޮތެއް އެއްވެސް ސަބަބެއް ނުވިސްނެއެވެ.  ލޯބިވީ އެންމެން ވަކިވެސް ގޮއްސިއެވެ. އިންތިޒާރު ކުރަނީ ހުކުމް ތަންފީޒު ކުރާނެ ވަގުތަކަށެވެ.

(ނިމުނީ)

Share Article

Follow Me Written By

Shaz

Level 110 Stories

Other Articles

Previous

ރޯޒްވެލް

Next

ނޭގޭހޭ؟

Next
October 12, 2017

ނޭގޭހޭ؟

Previews
October 12, 2017

ރޯޒްވެލް

15 Comments!

  1. Ahoo says:
    October 12, 2017 at 4:35 pm

    Ahoo first dhw.. mi part ves v v salhi vaane hen heevany..kiyaalaafa comment eh kohlaanan

    1. Ahoo says:
      October 12, 2017 at 4:48 pm

      Oooh mi vaahaka v v salhi feshigen nimendhenves…

  2. binnu says:
    October 12, 2017 at 4:39 pm

    My first tha

  3. if ge love says:
    October 12, 2017 at 4:50 pm

    Wow i love this story.. mioh hurihaa dhuvahu comment nukoh hurefa mi kollyy.❤❤❤❤?

  4. Rose says:
    October 12, 2017 at 5:16 pm

    Nimun eha reechcheh noon. V foohi. Heekuri v salhi vaanekamah. ☹

  5. sana says:
    October 12, 2017 at 6:11 pm

    Wow! Then When we see you story SHAZ?

  6. kudaa says:
    October 12, 2017 at 8:03 pm

    Aslu vaahaka feshun goi varah salhi ekm ninmun ehaa eh noon..ekaku nethas balgish ge mamma hureyehnu..lobi vaa ekaku vs nethey buny iru..

  7. Shalabee says:
    October 12, 2017 at 8:15 pm

    Nimun foohi

  8. xee says:
    October 12, 2017 at 9:04 pm

    Heevany gadhakamun nimnaafa oiyhen,, idea salhi ekm vaahka maa kuree

  9. mal-mal says:
    October 12, 2017 at 9:56 pm

    nimun miothy maa avas aruvaa laafa haadhisaa thah. ekamu feshun varaha reethi ehaame shauguveri. adhi meegen dhin message ehaa kamaku nudhey. dhiriulhun halaakuvyma maruvaan beynun vumaky ragalhu gotheh noon! ummeedhu kuran alhugandu ge hiyaal balai gannaaane kamah! 🙂

  10. Roanu edhuru says:
    October 12, 2017 at 10:03 pm

    Kekeke vaahaka nimmalan emmen maraalee dhw
    Thives gotheh aamukh dhivehi test thakuga aharun vx hadha nee hama thihen…vaahaka ihe feshumakee savdhan india in aa epicode eh.aslah.balaaan liyefa oi feshumeh kan es faahaga kollan…

  11. E says:
    October 13, 2017 at 12:37 pm

    All stories does not have to have a happy ending. So this ending isnt bad. Hurihaa vaahaka ehge nimun eh goi vaakahvx nujehey.

  12. vaahaka kiyaa hiyvaaa says:
    October 18, 2017 at 12:14 pm

    varah loabi vaahakaeh meee….hama obi

  13. ham says:
    October 23, 2017 at 3:43 pm

    kuruvaahaka dhw shax v reethi ❤

  14. RYMA says:
    March 22, 2019 at 7:49 pm

    Varah salhi mivaahaka kiyaafa hama rovunu

Comments are closed.


All Right Reserved!