
ޢެދެމޭ އުފާ….(30)
އަލްޔާއަށް ވަޒީފާއެއް ހަމަޖެހިގެން ވަޒީފާޔަށް ނިކުންނަތާ މިހާރު ހަފުތާއެއް ވީއެވެ. އެހެން ކަމުން މިހާރު ކޮންމެވެސް ވަރަކަށް މަސައްކަަތަށް ހޭނި މަޑު މަޑުން އަންނަނީ ވަޒީފާގެ ކުރި އެރުން އަންނަމުންނެވެ. އަލްޔާގެ އަތުގަ ފޯނެއް ނެތުމުން ލީޒާ ވަނީ އޭނަޔަށް ފޯނެއް ވެސް ދީފައެވެ. ލީޒާ ބުނާ ގޮތުން ވިއްޔާ ވަޒީފާޔަށް ދާއިރު ފޯނަކީ ވަރަށް މުހިންމް އެއްޗެކެވެ. ކޮންމެ ފަދަ ވަގުތެއްގަ ވެސް ހަސަދަވެރިންގެ މުސީބާތެއް ޖެހުމަކީ ދުރު ނޫން ކަމެއް ވިއްޔާއެވެ. އަނެއް ކޮޅުން ފުލުސް އޮފީހަށް އަލްޔާ ޖައްސާފަ އޮތް މައްސަލާގައި އޭނަޔާ ގުޅައިގެން ވެސް ބައެއް މައުލޫމާތު އެތަނުން ހޯދައެވެ. އިބުރާހީމް ބުނި ގޮތުން ވިއްޔާ އެތަނަށް ފުލުހުން ވަނދެގަންނަން އަދި ހަފުތާއެއް ވަރު ނަގާނެއެވެ. ސަބަބަކީ އިދުރީސް ރާއްޖޭގަ ނެތުމެވެ. އިދުރީސް އެތާ ތެރޭގަ ނެތީސް އެތަން ނުއޮޅުމަކީ ފޫނެއް ފަޔަށް ފެންފުރުން ފަދަ ކަމެކެވެ. ކުށްވެރިޔާ ސަލާމަތް ވުމަކީ އޭގެ އެންމެ ރަނގަޅު ގޮތެއް ނޫން ވިއްޔާއެވެ.
“ހަލޯ… އަޅުގަނޑަށް ލަސް ވާތީ ބިލް ދައްކަން މިއައީ ގޮވާ ގޮވާ އެކަކުވެސް އެ ޓޭބަލްއަށް ނުދިޔަ! އެހެންވެ…” އެ ޒުވާނާ ބުނެލިއެވެ. އެއިވުން އަޑުން ފުރަގަހަށް އެބުރިގެން ހުރި އަލްޔާ ދިޔައީ ސިއްސައިްގެންނެވެ. ވާނީ އެހެންތާއެވެ. މީގެ ދެއަހުރު ކުރިން އެއަޑަކީ އެތައް ފަހަރަކު އިވިފަ ހުރި އަޑެއް ވިއްޔާއެވެ. ހައިރާން ކަމާއެކު އަލްޔާ ފަހަތަށް އެބުރުނު އިރު ކުރިމަތީގަ ހުރި ކަރަމް ފެނި އަލްޔާގެ ދެލޯ ދިޔައީ ބޮޑު ވެގެންނެވެ. ކަރަމްއަށް ވެސް ވީ ހަމަ އެފަދަ ގޮތެކެވެ. ދެމީހުންނަށް ވެސް ތިބެވުނީ އެކަކު އަނެކަކާ ދިމާލަށް ހަތަރު ކަޅި ހަމަ ކޮށްގެންނެވެ. “އުހުމް… އުހުމް… އަލް ދާން ވީނުން އެފަރާތަށް އެއްމެން އެތިބީ މިތަން ބަލަން!” ކަރު ކަހައިލަމުން އެތާ ކައުންޓަރުގަ ދެން އިންނަ ކުއްޖާ ބުނެލިއެވެ. ޖުމާ އެހެން އަލްޔާއަށް ހަމަ ދުނިޔެއަށް އާދެވުނެވެ. އަދި އެދީމާލަށް ބަލަން ތިބި މީހުން ފެނުމުން ލަދުން އަލްޔާ އިސްޖަހާލިއެވެ. “އެއީ ތެދެއް… އަލް ހިނގާބަލަ އެފަރާތަށް!” ލާރި ދެއްކުމަށް ފަހު ކަރަމް ބުނެލިއެވެ. ކަރަމް އެހެން ބުނުމުން އިސްޖަހައިގެން ހުރެ ކަރަމް އާއެކު ތަން ކޮޅެއް އެއްފަރާތަކަށް އަލްޔާ ހިނގާގަތެވެ.
“މި އޮތްހާ ދުވަހު އަލް ތިއުޅެނީ ކޮންތާކުތަ؟ އަހަރެން ހާދަ ވަރަކަށް އަލް ހޯދާފީމޭ… އެންމެ ފަހުން މާލެވެސް ބަދަލު ވެގެން މިއުޅެނީ، މިހާރު ޖޮބުގަ… ވާހަކަ ދައްކަބަލަ އަލް!” އެއްފަހަރާ އެތައް ސުވާލުތަކެއް ކުރުމުން އަލްޔާ ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ. “އަލް… އޭ!” އަލްޔާ އެއްޗެކޭ ނުބުނެ ހުރުމުން އަނެއްކާވެސް ކަރަމް ގޮވިއެވެ. ހަގީގަތުގައި އަލްޔާ ހުރީ އޭނަޔާ ދޭތެރޭ ކަންތައް ވީގޮތުން އެވާހަކަ ކިޔާދޭނެ ގޮތަކާ ދޭތެރޭ ވިސްނާށެވެ. “ކަރަމް ކީއްކުރަންތަ އެހާވަރަކުން އަލް ތިހޯދަނީ؟ އަލް ބުނީމެއް ނުން އަލްއަށް އިންތިޒާރު ނުކުރާށޭ..!” ކިތަންމެ ދެރަވިޔަސް ހަރުކަށި ގޮތް ދައްކަމުން އަލްޔާ ބުނެލިއެވެ. “ކީއްވެ ކުރާ ސުވާލަށް ޖަވާބު ނުދީ ސުވާލް ތިކުރަނީ؟ އަހަރެން އަބަދުވެސް ބުނަންދޯ އަހަރެން މަރު ވަންދެންވެސް އިންތިޒާރު ކުރާނަމޭ! އެކަމަކީ އެއީ އަލްއަށް ވެސް ބަދަލު ކުރެވޭނެ އެއްޗެއް ނޫން… އަލްއަށް އިނގޭތަ؟ އަލްއަށް ހާދަ އިންތިޒާރެއް ކޮއްފީމޭ..! އެކަމަކު އަހަރެން ދުވަހުކުވެސް ވަރު ބައްޔެއް ނުވާނެ އަދިވެސް އިންތިޒާރު ކުރާނަން!” ކަރަމް ބުނެލިއެވެ. އޭރު އޭނަގެ ލޮލުން އަލްޔާއަށްޓަކައި ވާ ލޯބި އިނގޭހާވެއެވެ. “ނޫން ކަރަމް! އަހަރެންނަށް ރަނގަޅީ އިތުރަށް ތި ބޭކާރު ކަންތައް ނުކުރިއްޔާ އަހަރެންނަކީ ކާކުކަން ކަރަމްއަށް ވަރަށް ރަނގަޅަށް އިނގޭނަ… ކަރަމް ވެސް ކަރަމް އާ އެކަށީގެންވާ މީހަކު ހޯދައިގެން ދިރު އުޅުމެއް ހޯދަން އުޅޭ” އަލްޔާ ބުނެލިއެވެ. އޭރު އަލްޔާގެ އަޑުވެސް ވަނީ ބެދިފައެވެ. “ނުވާނެ ތިކަމެއް ހަނދާން ނައްތާލާ! އަހަރެންނަށް އިނގޭ އަލް ބައިވަރު ކަންތައް ތަކެއް އެބަ ސިއްރު ކުރާކަން އެކަމަކު އަލް ކިޔާދޭން ބޭނުން ނެތިއްޔާ އޯކޭ ކިޔާ ނުދިނަސް އެކަމަކު އާދޭސް ކޮއްފަ މިބުނީ އަލްގެ ނަންބަރު ދީފާނަންތަ؟ އަހަރެން އަލްއަށް އުނދަގޫ ވަންޏާ ނުގުޅާނަން އެކަމަކު އަހަރެން ބައިވަރު ވާހަކަ އެބަހުރި އަލް އާ ދައްކަން! ޕުލީޒް!” އަލްޔާ ކައިރި އާދޭސް ކުރާ ހާލު ކަރަމް ބުނެލިއެވެ. ކަރަމް އެވަރަށް އާދޭސް ކުރުމުން އިތުރު ގޮތެއް ނެތުމުން އެންމެ ފަހުން އަލްޔާ އޭނަގެ ނަމްބަރު ދިނެވެ. ނަންބަރު ލިބުމާއެކު ފަހުން ގުޅާނެ ކަމާ މިވަގުތު ބިޒީ އޭ ބުނެ ކަރަމް ހިނގައްޖެއެވެ.
“އަލް ހާދަ ލޯބިި ބިޓެއް! އަލްގެ ބީއެފުތަ އެއީ؟” އަލްޔާ އައިސް ހުއްޓުމާއެކު ސިއްރު ސިއްރުން ޖުމާ އަހައިލިއެވެ. “އޭ… ނޫން! އެއީ އަލްމެން ރަށު ކުއްޖެއް ސަޅިތަ އެސޮރު؟” ޖުމާގެ ސުވާލަށް ޖަވާބު ދިނުމަށް ފަހު އަލްޔާ އަހައިލިއެވެ. “އާނ… ވަރަށް ހޮޓު އެކަމަކު ހާދަ ހީވެޔޭ އަލްގެ ކަމެއް ހެން… އަނެއްކާ ދެންމެ މިތާ ކުޅެވުނު ޑްރާމާ ހައްހައްހާ… ހުވާ މިބުނީ މީހުން ކަޅި ހުއްޓުނީމަ މަ ބުނީ އެއްފަރާތަކަށް ދާން ވެސް!” ހެމުން ހެމުން ޖުމާ ބުނެލިއެވެ. “އަލްގެ ބިޓެއް ނޫނޭ ބުނާއިރު ބަލާބަލަ މީހާ ހުރި ގޮތް އެއްކޮށް މޯޅިވެފަ ތިހިރީ ގައިމު އެސޮރު ފެނުމުގެ ކުރިން ހުރި ގޮތަކަށް ނޫން މިހާރު ތި އިނީކީީ!” އަލްޔާ އެއްޗެއް ނުބުނެ ހުރުމުން ޖުމާ ބުނެލިއެވެ. އޭރު އަލްޔާގެ މޫނުމަތިން މާ ރީއްޗަށް ވެސް ދެރަވެފަ ހުރިކަން އިނގެއެވެ. “ހަމަ ހުވާ މިބުނީ އެއީ ރަށު ކުއްޖެއް އޭނަ ވަރަށް ލޯބިވާނެ އަލްދެކެ، ވަރަށް ގާތް ރައްޓެއްސެއް އެއީ” ބުނަން ބޭނުން ނުވާާތީ އަލްޔާ ދޮގެއް ހަދާލިއެވެ. ޖުމާ ވެސް އިތުރު ސުވާލެއް ނުކޮށް އޭނަގެ މަސައްކަތަށް އެބުރި ރުޖޫއަ ވިއެވެ. އަލްޔާ ވެސް އޭނަގެ ގޮނޑީގަ އިށީނދެ މަސައްކަތައިގެން އުޅެގަތެވެ. އެކަމަކު ކަރަމް އާ ދިމާ ވުމުން އަލްޔާ ހުރީ ކޮންމެވެސް ވަރަކަށް ނެގި މަޑު ވެފައެވެ.
“ކުޑަބެ ހާދަ ފާޑަކަށް ތިއޮތީ؟ ބަލީތަ؟” ކަންނެތް ފާޑަކަށް ވިނާން އޮތުމުން ވަޒުނާ އަހައިލިއެވެ. “ނޫން! ބަލީކީ ނޫން މިއުޅެނީ މާކް ފޯނު ނުނަގައިގެން އޭނަ ލަންކާޔަށް ގޮސްފަ އައި ފަހުން ވަރަށް ޗޭންޖު ވެއްޖެ… ގިނަ ފަހަރު ގުޅީމަ ފޯނެއް ނުނަގާ! ނެގި ފަހަރެއް ވިއްޔާ އޭނަ ބުނާނީ ބިޒީ ފަހުން ގުޅާނަން އެއީ ވާވަރު ދުވަހަކު ވެސް އެ ގުޅާ ދުވަހެއް ނާދޭ އެކަމާ ގޮވާފަ މިއޮތީ!” ވިނާން ވެގެން އުޅޭ ގޮތް ބުނެލިއެވެ. “އެހެންތަ؟ ކީއްވެ އެހެން އެވަނީ؟ އަނެއްކާ އޭނަ ބަލީތަ؟ ނޫނީ ބިޒީތަ؟، ކުޑަބެ އެގެއަށް ދިޔައިންތަ؟ އޭރުން ވެސް އެގިދާނެއްނުން ވީގޮތެއް” ވިނާންގެ އެނދުގެ އެއްފަރާތެއްގައި އޮށޯންނަމުން ލީޒާ ބުނެލިއެވެ. “އުހު… އެގެއަކަށް ނުދަން އެކަމަކު ފޯނު ނުނަގަން ޖެހޭ ސަބަބެއް ނޭގޭތީ މައްސަލައަކީ އަނެއް މައްސަލައަކީ ސުހޭލްއާ ވެސް ދިމާ ނުވާތީ ކުޑަބެއަށް ނޭގެ މިހާރު އެއްކަލަ ކަންތައް ވެސް ގޮސް އޮތް ހިސާބެއްވެސް” ކަރު އެލުވާލަމުން ވިނާން ބުނެލިއެވެ. “އެހެންތަ؟ ހުރޭ މަ ގުޅާލާނަން ލީއަށް އޭރުން އެނގިދާނެއްނުން ވެގެން އުޅޭ ގޮތެއް!!” އެހެން ކިޔާފަ ވަޒުނާ ފޯނުނަގާ ލީޒާގެ ފޯނަށް ގުޅާލިއެވެ. ރިންގު ވާން ފެށުމާއެކު ލީޒާ ފޯނު ނެގިއެވެ. “ހަލޯ… ވަޒޫ ކިހިނެތްވީ؟ ހާދަ ދުވަހެއް ކޮއްލާފަ ތިގުޅާލީ” ވަޒުނާ ގުޅުމާއަކު ފޯނު ނަގާ ލާޒާ ބުނެލިއެވެ. “އާނދޯ… އެހެން ވެސް ވާނެ އަސްލު ވަޒޫ މިގުޅީ ކަމަކުއޭ… ކޮބާތަ ލީގެ ދޮންބެ؟ ކުޑަބެ އެބައުޅޭ އޭނަޔާ ނުގުޅިގެން” ވަޒުނާ ގުޅި ސަބަބު ބުނެލިއެވެ. ވަޒުނާ އެހެން ބުނުމާއަކު ލީޒާގެ މޭ ދިޔައީ ފިނި ވެގެންނެވެ. ވާނީ އެހެންތާއެވެ. މާކިން މިހާރު ވިނާން ގުޅީމަ ފޯނު ނުނަގަނީ ލީޒާ ބުނެގެން ވިއްޔާއެވެ. ލީޒާ ވަނީ މާކިންއަށް ހުރިހާ ވާހަކައެއް ކިޔާދީފައެވެ. ކުޑަ މިނުން ދަތުރު ދިޔަ ދުވަހު ހިނގި ހާދިސާޔާ އެއްކޮށެވެ. ކޮއްކޮ އެވަރު ބޮޑު ކަމަކު އެދުމުން މާކިންއަށް އެކަމަށް ދެކޮޅު ހަދަން ނުކެރުނީއެވެ. ލީޒާ އަކީ އޭނަގެ ދެލޮލުގެ ނޫރު ފަދައެވެ. މައިން ބަފައިން ދުނިޔޭގަ ނެތުމުން އެދެބެއިންނަކީ އެއްފުރާނައެއް ފަދައެވެ. އެހާވެސް އެއް ކުއްޖަކު އަނެއް ކުއްޖެއް ދެކެ ލޯބިވެއެވެ. އަނެއް ކޮޅުން އަލްޔާއާ ދޭތެރޭ ކަންތައް ވީގޮތުން ވިނާން އަކީ ކިތަންމެ ގާތް ރައްޓެއްސެއް ކަމުގައި ވިޔަސް މާކިން ވެސް އިތުރަށް އަލްޔާގެ ހަބަރެއް ވިނާންއަށް އަންގަން ބޭނުމެއް ނުވެއެވެ. ސަބަބަކީ މާކިންއަށް އެނގިފަ އޮތް ގޮތުން ވިއްޔާ ލީޒާގެ ރައްޓެހި ފުލުހަކާ ގުޅިގެން ކުރަން އުޅޭ ކަންތައް ވެސް އިނގޭތީއާ އެކުއެވެ. “އެހެންތަ؟ ކުޑަބެ ވަރަށް ބިޒީ!މި ދުވެސް ކޮޅު ގޭގަވެސް މަޑު ނުވޭ އެހެންވެ ކަންނޭގެ ހަބަރެއް ނުވެގެން ތިއުޅެނީ..!” ފުރިހަމަ ޖަވާބެއް ލީޒާ ދިނެވެ. ނަމަވެސް ލީޒާ އެ ހެދީ ކަނޑަ އެޅިގެން ބޮޑުވެގެންވާ ދޮގެކެވެ. އެކަމަކު ބަދު ނަސީބު އަލްޔާއަށްޓަކައި އިތުރު ގޮތެއް ނެތުމުން ދޮގު ހަދަން މަޖުބޫރު ވީއެވެ. “އެހެންތަ؟ ކުޑަބެ ގޮވާފަ އިންނާތީ އެހެންވެ ބަލާލީ! މިހާރު އަލްގެ އެއްވެސް ކަމަކާ ނުއުޅެވެޔޯ ކުޑަބެ ބުނީ…” ދެރަވެފަ ވަޒުނާ ބުނެލިއެވެ. އެހެންދޯއޭ ބުނެ ލީޒާ ފޯނު ކަނޑާލިއެވެ. ރައްޓެއްސެއް ކައިރީގަ އެހާ ބޮޑު ދޮގެއް ހަދަން ޖެހުނީމަ ލީޒާ ހުރީ ވަރަށް ދެރަވެފައެވެ. އެކަމަކު އަލްޔާ އަކީ ނިކަމެތި ކުއްޖަކަށް ވީތީ ލީޒާ ބޭނުން ވީ އަލްޔާ އިސް ކުރާށެވެ. އެއީ ނިކަމެތިންނަށް އެހީ ވުމަކީ އެތައް ސަވާބުތަކެއް ލިބޭ ކަމަކަށް ވާތީމެ ވެސް އެކުއެވެ. ވަޒުނާ ފޯނު ބާއްވާފަ ލީޒާ ބުނި ގޮތަށް ވިނާން ކައިރީގަ ބުނެލިއެވެ. ވިނާން ވެސް ހުރީ އެއީ ތެދު ކަމަށް ބަލައިގެން ހިތްހަމަ ޖައްސާލައިގެންނެވެ.
ވަޒުނާޔާ ވާހަކަ ދައްކާ ނިއްމާފަ ލީޒާ އިށީނީ ސޯފާގައެވެ. އޭރު އޭނަގެ މޫނުމަތީގަ ވަނީ އޮއްދާ ހިއްލާފައެވެ. ގާތް ރައްޓެއްސެއް ކައިރީގަ އެހާ ބޮޑު ދޮގެއް ހަދަން ޖެހުމުން ލީޒާ ހުރީ ވަރަށް ދެރަވެފައެވެ. އެހެން ނަމަވެސް އަލްޔާ ބޭނުން ވަނީ އޭނަ ބޭނުންވާ ކަންތައް ނިމެންދެން އޭނަ އުޅޭކަން އެހެން މީހަކަށް ނަ އަންގާށެވެ. އެހެން ކަމުން ލީޒާ ވެސް އެގޮތަށް އެއްބަސްވީއެވެ. “ކިހިނެއް ވެފަ ތިއޮތީ؟” ލީޒާ ފާޑަކަށް އޮތުމުން މާކިން އަހައިލިއެވެ. “ނޫން ހަމަ އޮތީ..!” ލީޒާ ބުނެލިއެވެ. “އެހެންދޯ؟ ދޮންބެ ހީކުރީ މާބޮޑު ކަމެއް ވެގެން އޮތީއޭ…” މާކިން ބުނެލިއެވެ. “އާނ… ދެން ފާޑަކަށް އެކަހަލަ ވެސްމެ ވަޒޫ ދެންމެ ގުޅި… ވިނާން އެބަ އުޅެޔޯ ދޮންބެއާ ނުގުޅިގެން އެހެންވެ އެކަމާ މިވިސްނަނީ އަނެއްކޮޅުން ވިނާން ވެސް ކިހާ ހާލެއްގަ އެއުޅެނީ އެހެންވެ އެކަމާ މިވިސްނެނީ..!” ލީޒާ ސަބަބު އޮޅުން ފިލުވާދިނެވެ. “އާނ… ތިއީ ރަނގަޅު ވާހަކައެއް ވިނާން ވަރަކަށް އެބަ ގުޅާ ދޮންބެއަށް ވެސް އެކަމަކު ދޮންބެވެސް ބޭނުން އަލްއަށް ހައްގު ލިބެން… ހުރިހާ ކަމެއް ނިމުނީމަ ވިނާންއަށް ކިޔާދޭނީ ހުރިހާ ވާހަކައެއް އޭރުން އޯކޭއެއް ނުން…” މާކިން ހަމަ ޖެހެމުން ބުނެލިއެވެ. “ހޫމް… ތިއީވެސް ރަނގަޅު ގޮތެއް” ލީޒާ ބުނެލިއެވެ. އެވަގުތު އަލްޔާ ވެސް ގެއަށް އައިސް ވަނީއެވެ. “އޭ ތިއެއް ނޫނޭ އިއްބެ ގުޅި ބުނީ މިރޭގެ ވަގުތަކު އެއްކަލަ ތަނަށް ވަންނާނަމޯ! އިދުރީސް މާލެ އަތުވެއްޖެޔޯ…” އެތެރެއަށް ވަން ގޮތަށް ތަނެއްގަ ފޫކޮޅު ވެސް ޖައްސާ ނުލާ އަލްޔާ ބުނެލިއެވެ. “ހުވާތަ؟ އަލް ޖެހޭންނުން އެތަނަށް ދާން އޭރުނުން އެތާ ތިބި ކުދިންނާ މީޓްވެސް ކުރެވޭނީ!؟” އުފަލުން ހުރެ ލީޒާ ބުނެލިއެވެ. “އާނ… އިއްބެ ބުނި އެކޮޅަށް ދަމުން ގުޅާނަމޯ އޭނަ ގުޅީމަ އަހަރުން ދިޔާމަ ނިމުނީނުން؟!” ސޯފާގައި އިށީންނަމުން އަލްޔާ ބުނެލިއެވެ. މާކިންއާ ލީޒާޔާ އަލްޔާ އާ ތިންމީހުން އެތައް ވާހަކައެއްގަ ތިބިީ ކިހާ އިރަކު ކަމެއް ވެސް ނޭނގެއެވެ.
5
“މާލޭގަ ފުޅާ ދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރީ ކުރާ ބޮޑު ނެޓުވޯކެއް އަތުލާ ގަނެއްޖެ!” ސޯފާގައި ފޯނަށް ކުޅެން އިން ވިނާން ސިއްސައިގެން ދިޔައީ ކުއްލިއަކަށް ޓީވީން ކިޔަމުން ދިޔަ ކުއްލި ހަބަރަކުންނެވެ. ފޯނު ސޯފާގައި ބޭއްވުމަށް ފަހު ވިނާން ހަމަޖެހެލީ އެ ހަބަރުގެ ހުލާސާ އަޑު އަހާލަންށެވެ. އޭރު އަފީފާއާ ސައުދުއާ ވެސް ތިބީ ހަބަރު ބަލަން ޓީވީއަށް ލޯ ދިއްކޮއްގެންނެވެ. “މާލޭގަ ފުޅާ ދާއިރާއެއްގައި ހަށި ވިއްކަމުން ދިޔަ ބަޔަކު އަތުލާ ގަނެއްޖެ… މައުލޫމާތު ލިބޭ ގޮތުގައި މިކަމަކީ ބޮޑު ނެޓުވޯކެއްގެ ތެރެއިން ހިނގަމުން އަންނަ ކަމެއްކަމަށާ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން އަންހެން ކުދިން ތަކެއް ގެނެސްގެން ހިންގާ ޖަރީމާއެއް ކަމަށް ދިވެހި ފުލުހުން ވިދާޅުވެއެވެ. އަދި އެހުރިހާ ޖަރީމާއަކީ ވެސް އެކުދިންގެ ނުގަބޫލުގަ މަޖުބޫރު ކޮއްގެން ހިންގާ ޖަރީމާއެއް ކަމަށް ވެސް ފުލުސު އޮފީހުން ވިދާޅުވޭ އަދި އެބޭފުޅުން ވިދާޅުވާ ގޮތުގައި އެނުލަފާ ފާހިޝް ޢަމަލް ހިންގުވަން ވެގެން އެތަނަށް ދިވެހި އަންހެނަކު ބޮޑު އަނގަކަށް ވިއްކާލި އަންހެން ކުއްޖެއް އެތަށް މަސައްކަތަކުން އެތަނުން ނިކުމެގެން ދިވެހި ފުލުހުންނާ ގުޅިގެން އެ އަންހެން ކުއްޖާގެ ބުރަ މަސައްކަތުން އެބޭފުޅުންނަށް ލިބުނު ކުރި އެރުމެއް ކަމަށެވެ. އަދި އެ ފާހިޝް އަމަލް ހިންގަން އެމުޖުރިމުން އެހީތެރިވެދިން ހުރިހާ އެއްމެން ހޯދާ އެމީހުންނަށް ހައްގު އަދަބު ދެވޭނެ ކަމަށެވެ. ފުލުހުން އިތުރަށް ވިދާޅުވިގޮތުގަ މި ޖަރީމާ ހިންގަން އިސްވެ ހުންނަނީ އިދުރީސްއެއް ކަމަށާ އޭނަވެސް މިހާރު ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެތަނުން ގަނެވުނު ހުރިހާ އަންހެން ކުދިންތައް މިހާރު ތިބީ ރައްކާތެރި ކަމާއެކު އެބޭފުޅުންގެ ބެލުމުގެ ދަށުގާ ކަމެށެވެ. އިތުރަށް މައްސަލަ ތަހުގީގު ކުރާތީ އަދި އެކުދިންތައް ދޫކޮށް ނުލާ ކަމަށާ މައްސަލައަށް ބޭނުންވާ ވަރަށް ހެއްކާ ގަރީނާ އިތުރަށް ބޭނުންވާތީއާ އަދި ބޭނުން ވާވަރަށް ހެކި ލިބުމުން އެކުދިންތައް ދޫކުރާނެ ކަމައް ފުލުހުން ވިދާޅުވެއެވެ.” ހަބަރު ކިޔާ ނިމުމުން ސައުދުއާ ވިނާންއާ ދެބަފައިން މޫނަށް ބަލާލެވުނީ އެއްފަރާއެވެ. އަފީފާ ހުރީ ޓީވީއާ ދިމާލަށް ބެލުނު ގޮތަށް ހުއްޓުން އަރާ ގަނޑު ވެފައެވެ. ހަމަ ޔަގީނުން ވެސް ދެން ސަލާމަތެއް ނުވާނެކަން އަފީފާއަށް އިހުސާސް ވިއެވެ.
“ކޮބާ ރާކަނި މަސް ކެވިއްޖެއެއް ނުން؟” އަފީފާ ބިރުން އިންތަން ފެނުމުން ސައުދު ބުނެލިއެވެ. އަފީފާ އިނީ އެއްވެސް އެއްޗެއް ނުބުނެ ކުށްވެރިއެއް ހެން އިސްޖަހައިގެންނެވެ. އޭރު ވިނާން ނޫނެކޭ ބައްޕާއޭ ބުނާފަދަ ގޮތަކަށް ހުރީ ސައުދުއާ ދިމާލަށް ބަލަހައްޓައިގެންނެވެ. “ކަލޭ އަދިވެސް މައިތިރިއެއް ނުވާނެދޯ! ދެން ކަލޭގެ ފޮޓޯއާ އެއްކޮށް ޓީވީން ދައްކާލާނީ! ކިހާ ތާހިރުދޯ؟! ކަލެއާ ހުރެ މަށެއް ނޫންތަ ހުރިހާ ފަލީހަތެއް ވާން މިޖެހުނީ؟ އަލްޔާ އެހެދީ ރަނގަޅަށް ކަލޭ ކުރި ކިށުގެ އަދަބު ކަލެއަށް ލިބެން ޖެހޭނެ…” ފުރުސަތުގެ ބޭނުން ހިފާ ސައުދު ބުނެލިއެވެ. އަފީފާ އެއްވެސް އެއްޗެއް ނުބުނެ ރޮމުން ރޮމުން ދިޔައީ އޭނަގެ ކޮޓަރިއަށެވެ. އަފީފާ އެހާ ދެރަވެފަ ހުރިތަން ފެނުމުން ވިނާން ހުރީ އިންތިހާޔަށް ދެރަވެފައެވެ. މަންމަ ކުރީ ކިތަންމެ ބޮޑު ކުށެއް ކަމުގައި ވިޔަސް ދެރައެއް ލިބޭކަށް ވިނާންއެއް ނޭދެއެވެ. “ބައްޕާ ތިގޮތަށް ވާހަކަ ދެއްކީމަ މަންމަ ކިހާ ދެރަވާނެތަ؟ މިއީ މަންމަޔަށް ހިތްވަރުދީ އެހީތެރި ވާންވީ ވަގުތެއް ނޫންތަ؟” ފެންކަޅިވެފަ ވިނާން ބުނެލިއެވެ. “ދަރިފުޅާ ދަރިފުޅަށް ހީވަނީތަ ބައްޕަ ދެރަނުވެޔޭ؟ ބައްޕަ ކިހާ ދެރަވާނެ މަންމަޔަށް އެވަރުގެ ދެރައެއް ލިބުނީމަ އެކަމަކު އެއީ ކޮންމެ ފަދަ މީހަކަށް ވިޔަސް އެމީހަކު ކުށެއް ކޮއްފިނަމަ އެކުށުގެ ހައްގު ޖަޒާ ލިބެން ޖެހޭނެ! ދެން ދަރިފުޅު ތިބުނަނީ މަންމަޔަށް އެހީތެރިވެދީ ހިތްވަރު ދޭންވީއޭ… ނުވާނެ އެކަމެއް! މިވީ ދުވަސް ތަކުގަވެސް ކިހާ ނަސޭހަތެއް ދެވިއްޖެތަ؟ ހަރާން ވީކަމެއް އޭނަޔަށް ކުށެއް ކުރެވުނެކޭ ވެސް ހިތަށް ނާރާ އޭނަ އެބަލަނީ އަދިވެސް ކުށް މައްޗަށް ކުށް ކުރެވޭތޯ… މިހާރު ވެސް އުޝާޔާ ދެމީހުން ވެގެން އެއުޅެނީ އަލްޔާ ފަކީރު ނައްތާލެވޭތޯ؟ އެކަމަކު ބަލާބަލަ ކުޅަދުން ވަންތަކަން މިފަހަރު ހުރިހާ މޮޅެއް އެ ލިބުނީ އަލްޔާއަށް ދަރިފުޅާ އެއީވެސް މާތްﷲގެ އަޅެކޭ އޭނަޔަށް ވެސް ކޮންމެވެސް ދުވަހަކުން މޮޅު ލިބޭނެ!” އެހިސާބަށް ބުނެވުނުތަނާ ސައުދުއަށް ރޮވޭތީ އިތުރަށް ވާހަކައެއް ނުދެއްކުނެވެ. އެވަގުތު ވިނާންގެ ފޯނަށް މާކިން ގުޅީމަ ފޯނު ނެގިއެވެ.
“މާކް ކޮންތާކު ތިއުޅެނީ؟ ހާދަ ވަރަކަށް ގުޅާފީމޭ! ތިގެއަށް ދާން އުޅެނިކޮއް ތިގުޅީވެސް…” މާކިން ގުޅުމާއެކު ވިނާން ޝަކުވާ ކޮއްލިއެވެ. “އާނ… އިނގެޔޭ ގުޅާކަން އެކަމަކު ހަމަ ބިޒީ ކަމުންނޭ ހަބަރެއް ނުވެވެނީ ތިވާހަކައެއް ނޫނޭ ދެންމެ ހަބަރު ބެލިންތަ؟ އެކަމާއޭ މި ގުޅާލީ؟” ވިނާންގެ ސުވާލަށް ޖަވާބު ދިނުމަށް ފަހު މާކިން އަހައިލިއެވެ. “އާނ… ތިކަމާއޭ ތިކީ ގެއަށް ވެސް ދާން މިއުޅެނީ” ވިނާން ބުނެލިއެވެ. “އެހެންތަ؟ މަ މިދަނީ ތިގޭ ދޮށަށް ނިކުމެބަލަ… ސުހޭލް ބުނި އެތަނުން ގެނާ އަންހެން ކުދިންނާ މީޓު ވާގޮތް ހަދާ ދޭނަމޯ! ހިނގާބަލަ ދާން އޭރުން އަލްގެ ހަބަރެއް ވެސް ވެދާނެއް ނުން؟!” އަލްޔާއެ ގޭގަ އުޅޭކަން އަދިވެސް ސިއްރު ކުރަން ބޭނުން ވާތީ މާކިން ބުނެލިއެވެ. ހަގީގަތުގައި އަލްޔާ އެގޭގަ އުޅޭކަން އަންގަން މާކިންމެން ބޭނުންވަނީ މިހާރު ހިލިގެން އުޅޭ މައްސަލަ އެއްކޮށް ނިމުމުންނެވެ. އެއީ ވިނާންއަށް އެނގިއްޖެނަމަ ފަހަރެއްގަ މައްސަލައިގެ ބާވަތުން އަލްޔާގެ ބޮލަށް އެރިގެން މައްސަލަ އޮއްބާލަން އުޅެފާނެތީއެވެ. އެއީ އިއްބެވެސް ބުނިގޮތެވެ. އަދި އަލްޔާ އާއި ލީޒާ ވެސް އެދޭ ގޮތެވެ. ހަގީގަތުގައި މިހާރު އެއްވެސް ހާލެއްގައި އަލްޔާ ވިނާންއާ އެއްކޮށް އުޅޭކަން ބޭނުމެއް ވެސް ނޫނެވެ. އަދި އަލްޔާގެ ރައްޓެހި ޝަރާވެސް އަލްޔާ ކައިރީގަ އެދުނީ ކުށްކުރި މީހަކަށް ހައްގު އަދަބު ދިނުމަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދިނުމަށެވެ. ވަށައިގެންވާ މުޅި މާހުއުލުވެސް އެދެނީ ކުށްކުރި ބަޔަކަށް އަދަބު ލިބުމަށެވެ. އެހެން ކަމުން މާކިން އާ ލީޒާޔާ ދެމީހުންނަށް ވެސް އިތުރު ޮގޮތެއް ނެތުމުން އެގޮތަށް އެއްބަސްވީއެވެ. ހަގީގަތުގައި ވިނާންގެ މަންމައަށް ވެސް އަދި އެހެން މީހަކަށް ވެސް ދެރައެއް ލިބޭކަށް އެ ދެކުދިން ނޭދެއެވެ. ފޯނު ބޭއްވުމަށް ފަހު ވިނާން އަވަހަށް ދިޔައީ މާކިންއާ އެއްކޮށް އެތަނަށް ދިއުމަށްޓަކައެވެ.
“ދަރިފުޅާ ވިނާން ވަރަށް އަވަހަށް ގެއަށް އައިސް ދީބަލަ… މަންމަ ސިޑިން ވެއްޓިގެން މިއުޅެނީ! ވަރަށް ލޭވެސް އާދޭ ހޭތްވެސް ނެތް!” ސައުދު ވާހަކަ ދައްކާ ނިމެންދެން ވިނާން ހުރީ އަނގައިން ވެސް ނުބުނެ ގަބު ކާފައެވެ. ވިނާންގެ އަތުން ފޯނު ދޫވެގެން ވެއްޓުނީ މާކިން ބަލަން ހުއްޓައެވެ. ހަމަ އެހިނދު ވަރަށް ބޮޑު ކަމެއްވެއްޖެކަން މާކިންއަށް ނަނގާގަނެވުނެވެ. “ވިނާން ކިހިނެއްވީ؟ ކާކު ގުޅީ؟” ހައިރާންވެފަ މާކިން އަހައިލިއެވެ. “މަންމަ ބައްޕަ ވެއްޓުނީ!” ކިޔޭ ނުކިޔޭއެއް ނޭޭނގޭ ހާލު ވިނާންއަށް ބުނެވުނީ އެވަރަށެވެ. “ކީކޭ؟ ތިކިޔާ އެއްޗެއް ސާފު ވާގޮތަށް ކިޔާބަލަ “ވިނާން ކީއެއްޗެއް ސާފު ނުވުމުން ދެވަނަ ފަހަރަށް މާކިން އަހައިލިއެވެ. އެވަގުތު އަނެއްކާވެސް ވިނާންގެ ފޯނަށް އަންނާތީ އޭނަގެ އެތުން ފޯނު އަތުލާ މާކިން ހަލޯއޭ ބުނެލިއެވެ. އެކޮޅުން ގުޅީ ވަޒުނާ އެވެ. ވަޒުނާ ދެއްކި ވާހަކަ އަޑު އެހުމުން ވެގެން އުޅޭ ހުރިހާ އެއްޗެއް މާކިންއަށް ސާފުވިއެވެ. ހަމަ އެވަގުތު އެކުވެރިޔާގެ މަންމަގެ ހާލާމެދު ހަމްދަރުދީވެވުނެވެ. “ވިނާން ދެންވެސް ހޮސްޕިޓަލަށް ދާން ހިނގާ! ވަޒޫ ބުނީ މިހާރު ހޮސްޕިޓަލުގައޯ އަދިވެސް ހޭތް ނާރަޔޯ!” އެވާހަކަ ބުނަން ކިތަންމެ ބޭނުން ނުވިޔަސް ބުނަން ޖެހޭތީ މާކިން ބުނެލިއެވެ. އޭރުވެސް ވިނާން ހުރީ ހަރު އަރާފަ ހުރި ބުދެއްހެން ދަގަނޑު އަރާފައެވެ. މާކިން ދެއްކި އެއްވެސް ވާހަކައެއް އޭނަޔަށް ނޭނގޭ ކަހަލައެވެ. އެންމެ ފަހުން ކުރާނެ ކަމެއް ނޭގުމުން ވިނާންގެ އަތުގަ ހިފައިގެން ގޮސް ސައިކަލް ފަހަތަށް އަރުވާގެން މާކިން ދިޔައީ ހޮސްޕިޓަލަށެވެ.
“އަލް ހާދަ އުފާވެފަ ހުރިހެން ހީވެޔޭ… ކިހިނެއްތަވީ؟ އަނެއްކާ އަހަރެންނާ ދިމާވީމަތަ؟” އެހެންޏާ އަލްޔާގެ މޫނުމަތިން ނުފެންނަ އުފާވެރި ކަމެއް ފެނުމުން ކަރަމް އަހައިލިއެވެ. ކަރަމް ހީކުރީ އޭނަޔާ ދިމާވީމަ ވެގެން އުޅޭ ގޮތެއް ކަމަށެވެ. އޭރު އަލްޔާއާ ކަރަމްއާ ތިބީ އޭޑީކޭ ހޮސްޕިޓަލު ކެންޓީނުގައެވެ. ކަރަމްގެ ވަރަށް ގާތް ރައްޓެއްސެއް އެޑުމިޓު ކޮއްފަ އޮތީތީ ކަރަމްއާ އެއްކޮށް އޭނަޔަށް ގޮވައިލަން އައިސް ދެމީހުން ފިނި އެއްޗެއް ބޯލަން ވަނދެލީއެވެ. ހަގީގަތުގައި ކަރަމްއަށް އަލްޔާ އުފާވެފަ ހުރިހެން ހީވިއެއްކަމަކު އަލްޔާގެ ހިތް ރޯވަރު ދެނެވޮޑިންގެން ވާނީ ހެއްދެވި ފަރާތެވެ. ކިތަންމެ ވަރަކަށް ވިނާންއަށް ހިތް އެދި ގޮވިޔަސް އަފީފާގެ ވިހަ ބަސްތަކުން އަލްޔާގެ ހިތް ވަނީ ކުދިކުދި ވެފައެވެ. އަދި ކިތަންމެ ލޯބި ވިޔަސް ދެވަނަ ފަހަރަކަށް ވިނާންގެ ދިރުއުޅުމަށް ދާކަށް އަލްޔާ އަކަށް ނުކެރޭނެއެވެ. އަލްޔާ މިރޭ އެހާ ހިނިތުންވެފަ ހުރީ ހަގީގަތުގައި ލިބުނު މޮޅަކުން ވެސް ނޫނެވެ. އަދި އޭނަގެ ރައްޓެހި އަންހެން ކުދިން ސަލާމަތްވީތީކީ ވެސް ނޫނެވެ. ހަމަ އެކަނި އެއީ ކަރަމްއަށް ދައްކަން ވެގެން ގަދަ ބާރުން ނެރެގެން އުޅޭ ހިނިތުން ވުމެކެވެ. “ހެހެ… އެހެންތަ؟ ހަމަ އެހާ ހެޕީވެފަތަ ހުރީ!” ހެމުން ހެމުން އަލްޔާ ބުނެލިއެވެ. އޭރު އެމީހުން ތިބި މޭޒު ކުރިމަތީ އައިސް އިށީނީ ވިނާންއާ މާކިންއާ ނޫން ދެވަން މީހެއް ނޫނެވެ. އަލްޔާއަށް ހުރެވުނީ އެތަން ބަލަހައްޓައިގެން ހުއްޓުން އަރާފައެވެ.
…..ނުނިމޭ…..
42 Comments!
Comments are closed.
Yayyyy…
First dhw ???
Ya dhw lucky thuhthi
Ummeedhu kuran mi part ves kamu dhaane kamah
Vrh reethi
Thanks layaa
Mi part ves vara reethi.. dhen konirakun tha next part up vaanee
Thanks Eeee insha Allah maadhan rey
Alhey wow haadhareechey masha allah mistry hama v v amazing???? kihineiybaa dhen vaany?? Vinaan ah alyaa fennaane dhw ?? ohhh wow image vey eba mihaaruves ?? vinaan ah alya fenna irah dhuvefa dhaane dhw ohhh can’t wait plx nxt prt avaskolladhechchey plx n thank u sooo much 4 the luvly stry adam thank u gud nyt ly ???❤❤????????????????
Hehe thanks khjja dhoannaa assu vinaan ah alya feni gen vaane gotheh neygifa Adam vess mihiree egidhaanethaa dhw Karam dhw mahsala ekey
umm v reeethi 😡 😡
Thanks remoo
Aadhanaa.. alya ah hurevuniyyey.. alya inee eh nun tha ethaa.. dhen ekun thi jumla hadhan eba jehe thiah vure dhulah faseyhakoh.. alya ah indhevunee huttun araafa eve.. alya inee huttun araafa eve..
Kalogeyaa hama huvaa Adam miii hama loibbeh. Nidhan araafa balaali iru miothy up koffa. #yuneverfailmakingmehappy
Hehe
Btw yeah kuh kuri myhakah eyge haggu adhabu liben jeheyne. So better alll aa vinan mikanthah gadah fahu dhimaavun. Ekam afeefa kuri kamegge sazaaa magey vinaa ah dhenya maves mihn madakun nuhunnaaanan igehhh
Hehe. Nytzzzz lurve ??
Efadha habaru thah thahugugu nunimnys myhunge nama emyhun athulaigai goiii ehaa thafseelah nudhaane. Bunaany fuluhun hingi operation eggai athulaigai mi myhunge massala aky thahugygu kuriyah dhaa massala akah vumun ithuru mauluumaatheh fuluhun nudheyvaahaka. Ekam thi kiyaalyma hyvy afeefa balan inkan habaru kiyaa myhunnah egigen gasthuga afeefa ah elli gaaburi eh hen
Alhe next part plx plx … V kiyaa hiyvehjje
Reethi keep it up
Mi story ehgothakahves kamaku nudhey, kuhbas ehaa gina adhi hamanujehey haasaruthahves ehaagina , vvv foohi
Wow! Nice ???????
Nice.. keep it up?
Just wow…v v reethi
Koba todays part
Kobaa mirey kihaa iraku up kuran thimadukuranee
Aadanaa koba story…..
Kobaa hey kobaa hey magey loabi aadhanu maadhurugaa filaa ovegen story up nukoh ovegen keehey thi kuranee
Adam.. kobaa vahaka ? Mivaahaka ah eba varah inthizaaru kurevey..
Jonas vaahakaige next part?
Kobaa*
Dhen up kureveynee kondhuvahakun ?
Hey…. Wen yuh gonna up nxt part….. Um really curious to read nxt part…. Jst waiting!!!!!!
Mivaahaka dhen upvaanehen hiyeh nuvey..
When are you going to up story Adam? jst waiting
Kobaa story Adam?????
Waiting for story plx up the story Adam?
Plx up the story Adam
Hey….. Adam plx up the story we want read the story plx up
Hey…..plx up the story
Kobaa ???????
When are you going to up story Adam????
Story is nice but you are not up the story so sad ??????
Kobaa 31 part?
adam pls pls next episode up kohla dheebaa
Sorry guys Adam get phone halaaku vegen midhiya dhuvas thakuga up nuvee now phone okk vehjje insha Allah mirey up kuraanan faharehga mireah vure kurin ves kureveytho balan thanks thikuraa inthazaarah adhi thidhevaa ehbaarulumah love u all readers??