އެންމެ ހިނދުކޮޅަކަށް ވެސް ނަޒަރު މި ކުއެޖާއާއި ވަކި ނުވެހުރި ނިޔާ ސިއްސައިގެން ދިޔައީ ޒުވާނުން ގެ މަރުކަޒު ބާސްކެޓް ކޯޓުން ނުކުމެގެން އައި ޒުވާން ދެފިރިހެން ކުދިން މި ރީތި އަންހެން ކުއްޖާ ކައިރިއަށް މަޑު ކޮށްލުމުންނެވެ. ކުޑަ ކުޑަ ވަގުތު ކޮޅެއްގަ ނަމަވެސް ހިތަށް ގެނުވި ބަހާރު މޫސުން ގެއްލުނު ކަހަލައެވެ .ކުޅެވެމުން ދިޔަ ހިޔާލީ ލަވަ ހުއްޓި،ހޭލާ ހުރެ ދެކެވެމުން ދިޔަ ހުފެނަކީ ބިލާހެއްކަމަށް ހީކުރެވުނެވެ. މިޒާމާނުގައި މިހާ ރީތި އަންހެން ކުދިން ހުހަށް ތިބެދާނެ ކަމަށް ހީކުރެވުމަކީ ކުންހީ އެއްކަމަށް ނިންމިއެވެ. ވީ ފޫސެއްގެ ބޮޑުކަމުން ސޯޓް ޖީބުގައި އޮތް ފޯނު ނަގައިގެން ނަންބަރަކަށް ގުޅަމުން ބާސްކެޓް ކޯޓާއި ދިމާލަށް މިސްރާބު ޖެހިއެވެ. ނިޔާ ހިނގަމުން މި ކުއްޖާ ހުރި ތަން ފަސްދީ ފައި ދިޔައިރު މި ދެފިރިހެން ކުދިން ދައްކަމުން ދިޔަ ވާހަކަ އަޑު އިވި ނިޔާގެ ފިޔަވަޅު ހުއްޓުނެވެ. ކަންފަތުގައި ޖަހާފައި ހުރި ފޯނު ތިރި ކޮށްލަމުން މުށު ތެރެއަށްލާ ފިތާ ލެވުނީ އައި ސިނގު ރުޅި މައިތިރި ކޮށްލުމަށެވެ. ބޭ އިޙްތިޔާރުގައި ފަސްއެބުރި އެދިމާލަށް ދެވުނީ ނިޔާ އަޑުއިވުނީ ރަނގަޅަށް ތޯ ބެލުމަށެވެ. އެއްވެސް ޖެހިލުމެއް ނެތި މި އަންހެންކުއްޖާ އަށް ބަހުގެ ގޯނާ ކުރަމުން ދިޔަ ދެފިރިހެން ކުދިންނަށް ނިޔާ ފެނި ދުރަށް ހިނގާގަތެވެ. ނިޔާ ގެ މޫނުގެ ކުލަވަރު ހުރި ގޮތުން އެއީ މި އަންހެން ކުއްޖާއާއި ކޮންމެވެސް ގުޅުމެއް ހުރި މީހެއްކަން އިނގުނީ ކަން ޔަގީނެވެ. ނިޔާގެ މުއްކަވާލެފއިވާ އަތައް ބަލަމުން ، އެތަނުން ކަޅުކޮށް ހިކިކޮށް ހުރި ކުއްޖާ “ސޮރީ ބޮރޯ’ އޭބުނެ ދުރަށް ހިނގާ ގަތެވެ. ” ފިރިހެނަކަށް ވީތީ އެމީހުންގެ ފަރާތުން މާފަށް އެދެން” ބިރުން ގޮތް ހުސްވެފައި ހުރި އަންހެންކުއްޖާ އަށް ބަލަމުން ނިޔާ ބުނެލިއެވެ. ޖަވާބުގައި ނިޔާ ގެ މޫނަށް ބަލަން ހުރެ މި ކުއްޖާ ހީލިއެވެ. ކޮންފަދަ ރީތި ކަމެއްބާ އެވެ. އެންމެ ހީލުމަކުން ނިޔާގެ ހިތް މިކުއްޖާއަށް ފިދާ ވި ކަހަލައެވެ. ބުނާނެ އެއްޗެއް ނޭނގި އިރު ކޮޅަކަށް ހުރުމަށްފަހު ނިޔާ އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ. ” މިީ ނިޔާ. ތީ ކޮންކުއްޖެއް؟ . ނިޔާ ސަލާން ކޮށްލުމަށް އަތް ދިއްކޮށްލިއެވެ. “މީ އިރާ. ތޭންކްސް”ލަދުރަކި ގޮތަކަށް ދިއްކުރި އަތުގައި ހިފާލަމުން އިރާ ބުނެލިއެވެ. […]
‘ދޭނަން ހިތާޖާނާ އާދެ ނުދެ ލޯބިވާ” އާތިފްގެ ނަލަ ނަލަ އަޑުން ކިޔަމުންދިޔަ ލަވަ، ނަކަލް ކުރަމުން މަޑު ދުވެލީގައި މަޖީދީ މަގުން ކާރު ދުއްވަމުން ދިޔަ ނިޔާ ގެ މިސްރާބް ހުރީ ޒުވާނުންގެ މަރުކަޒާ ދިމާލަށެވެ. އިރު އިރު ކޮޅާ ކާރުގެ ލޯގަނޑުންބަލައި އިލޮށިތަކެއްހެން މައްޗަށް ނެގިފައިވާ ފަންއިސްތަށިގަނޑު އަތުން ރަނގަޅުކޮށް ލަމުން އެއްމިޔަކުން ހީލައެވެ. އެނާ އަށް ލިބިފައިވާ ފުރިހަމަ ސިފަ ފެނުމުން ހުދު އަމިއްލަނަފުސު ވެސް ތައުރިފް ކުރާކަހަލަ އެވެ.އިވެމުންދިޔަ ލަވައިގެ އިނގޭ ބައެއް ކަޑިތައް ކިޔަމުން ބައެއް ކަޑިތަކަށް ރާގު ލައްވަމުން ދިޔަ ނިޔާގެ ސިކުނޑީގައި އެއްވެސް ހިޔާލެއް ފިކުރެއް ނެތްކަހަލައެވެ. ވާނީ ވެސް އެހެންތާ އެވެ. ނިޔާ އަކީ މާލޭގެނަން މަޝްހޫރު ވިޔަފާރި ވެރިޔާ މަުހައްމަދު ޖިހާދާއި އާލިފާގެ ދެ ލޮލުގެ ނޫރެވެ. މީގެއަހަރުތަކެއްކުރިން ޖިހާދުގެ އާއިލާ މެލޭޝިޔާއަށް ދިރިއުޅުން ބަދަލު ކުރީ ހަމައެކަނި ނިޔާގެ މުސްތަގުބަލަށްޓަކައެވެ. ވިޔާފާރި ޖިހާދުގެ ކޮއްކޮ ޖުނެއިދު އާ ހަވާލު ކުރުމަށް ފަހު ވޭތުވެދިޔަ 17 އަހަރު އެ ދެމެފިރިން މެލޭޝިޔާގައި ދިިރި އުޅުން ހޭދަ ކުރުމަށްފަހު އެނބުރި މާލެ އައީ ނިޔާ ކިޔަވަން ބޭނުންވި ވަރަށް ކިޔަވާ ނިމުމުންނެވެ. ނިޔާ އަކީ މިހާރު މާލޭގައި ހުރި އެންމެ ކުޅަދާނަ ވިޔަފާރި ވެރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބައްޕަގެ ވިޔާފާރިޔާ ހަވާލުވިފަހުން ނިޔާ ވަނީ އޭނާގެ އަމިއްލަ އުކުޅުގެ ބޭނުން ހިފައި މީގެ ކުރިން ވިޔާފާރި ކުރިނާރާ ވަރަށް ކުރި އަރުވާފައެވެ. ކޮންމެ މަސައްކަތެއް ކުރަން ޖެހުނަސް ނިޔާ އެކަމަކާ ކުރިމަތި ލަނީ ކެރިގެންނެވެ. ﷲގެ ރަހުމަތުން ކިތެއްމެ މުއްސަދި ދިރިއުޅުމެއް ލިބިފައި ހުއްޓަސް ނިޔާ އަކީ އެކަމާ ބޮޑާވެގަންނަ މީހެއް ނޫނެވެ. އެކުވެރިންގެ ގޮތުގައި ވެސް ހިޔާރު ކުރަނީ ވަކި ފަންތިއެއްގެ ބައެއް ނޫނެވެ. އެންމެންނަށް ވެސް އަޅާލާ އޯގާތްތެރި އެކެވެ. ލާ ހެދުމުގައިޔާއި ބޭނުން ކުރާ ސާމަނަކީ ހަމަ އެންމެ އާދައިގެ އެއްޗެސެވެ. […]
އަނދިރީގެ ތެރޭގައިވެސް ރަތްކުލައިން ދިއްލިފައިވާ ރަންޔާގެ ދެލޯ އައިދުންއަށް ފާާހަގަވިއެވެ. އައިދުން ބަލައިލުމާއެކު އޭނާ ހީލިއެވެ. އެއާާއެއްކޮށް އޭނާގެ މުޅީ އަނގައިން އޮހޮރިގަތީ ރަތް ލެޔެވެ. ހުދުދަތްތައްވެސް ރަތް ލެއިން ފަވައިލައިފައިވާ ކަހަލައެވެ. އައިދުންއަށް ހިންދިރުވައި ލެވުނެވެ. އެސަކަރާތުގައި އެތައްއިރަކު ތިބުމަށްފަހު އާކިފްމެން މަސްބާނަން ދިއުމަށް ތައްޔާރުވާން ފަށައިފިއެވެ. އައިދުންވެސް އެމީހުންނާ ބައިވެރިވެގެން ދިޔައެވެ. ހުރިހައި އަންހެންކުދިން ޓެންޓްތަކަށްވަދެ ތިއްބެވެ. އެމީހުންނާއެކު އެތަނުން އެއްފިރިހެނަކު މަޑުކުރިއެވެ. މަސްބާނަން ތިބި އާކިފްމެން ގާތުގައި މަޑުކޮށްލައިގެން އައިދުން ހުއްޓެވެ. އެކަމާ […]
” ލޮތްބަކީ އެއްވެސް އިންސާނަކަށް ގަދަކަމުން ހޯދޭނެ އެއްޗެއް ނޫން. އެކަން ދަންނާތި!” ދަތްކުނޑި ވިކި، އަޑަށް ބާރުލާފައި އަހަންނަށް ބުނެވުނެވެ. ވިރާހު ފަސްއެނބުރި ބަލާލަމުން ނުލަފާ ހިނިތުންވުމެއް އަހަންނަށް ދެމުން ކޮޓަރިން ބޭރަށް ހިނގައިގަތެވެ. ލޮލުގައި ޖަމާވެފައި ހުރި ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަތެވެ. ބައްޕަ އެވާހަކަ ވިދާޅުވިއިރަށްވުރެ ހިތުގައި އެޅި ވޭން ގަދަވިހެންވެސް ހީވިއެވެ. ވިރާހު އެބުނީ ހަމަ ހަޤީޤަތެއްބާވައެވެ؟ އަހަރެންގެ ނުރުހުމުގައިވެސް އޭނާ އަހަރެންނާއި ކައިވެނި ކުރަން ތައްޔާރު ބާއެވެ؟ ގަޑިއަށް ބަލާލި […]
ކާރު އައިސް ގޭގެ ދޮރުމައްޗަށް މަޑުކޮއްލުމާއެކު އެއިން ފޭބި ޖަނާ ހުރީ ފުސް މޫނު ހަދައިންނެވެ. ޑްރައިވަރު އަތަށް ރުފިޔާ ދިނުމަށްފަހު އީރަމް ފޭބުމާއެކު އެމީހުންގެ ފޮށިތަށް ޑްރައިވަރު ދޮރުމަތީ ބަހައްޓާލަދިނެވެ.ޖަނާ އޭނާގެ ފޮށި ހިފައިން އެތެރެއަށް ވަންނަން ހިނގައިގަތެވެ. “ޖަނާ.. މަޑުކޮއްބަލަ..” އީރަމް ބުނި އެއްޗެއް އަޑު ނީވޭ ކަމަށް ހަދަމުން ގޮސް ޖަނާ ގޭގެ ތެރެއަށް ވަނެވެ. އީރަމް ދައްކާ ބޭކާރު ވާހަކަ އަޑުއަހާ ހިތެއް އޭނާ ނެތެވެ. ޖަނާ ގެ ފަހަތުން އަވަސް […]
ޝައިމް އާއި މަލަކާއާއި ދޭތެރޭ ލެވެމުން ދިޔަ ފާރު އިސާހިތަކު ބިމާއި ހަމަވެއްޖެއެވެ. ޝައިމްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. މަލަކާއާއި ދެމީހުން އެކަކު އަނެކަކަށް ބަލައިލީ ނުހަނު ލޯބީގެ ނަޒަރަކުންނެވެ. އެތައް ވާހަކަތަކެއް އެބެލުމުން ހިއްސާކުރަމުންނެވެ. “ޝައިމް ގަބޫލުތަ” ޝައިމް ބަހެއް ނުބުނުމުން ފާއިޒު އަހާލިއެވެ. ޝައިމް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހަގީގަތުގައިވެސް އޭނާއަށް އެލޯބި ލިބެނީ ހެއްޔެވެ؟ އަނައްކާ މީ އޭނާއަށް ފެންނަ ހުވަފެނެއް ނޫންބާވައެވެ. “ޝައިމް ކިހިނެތްވީ” ކާއިން އައިސް ޝައިމްގެ […]
އަނެއްދުވަހު ޝާމިރާ މާލެ ދޫކޮށްފައި ދިޔައީ އޮފީސް ދަތުރެއްގައި ރިސޯޓަކަށް ދަނީއޭ ބުނެފައެވެ. އައިޒަންއަށް އެކަމުން ޝައްކުނުވީ ޝާމިރާގެ މޮޅު ރޭވުންގަނޑުގެ ސަބަބުންނެވެ. ޝާމިރާ ދަމުން ދިޔައީ އިނާ އާއި އައިޝަމް އުޅޭލެއް ދުރުކަމުން ދެރަވާވަހަކަ ބުނެފައެވެ. އަދި އެކަމުންވެސް ހަމަޖެހުމެއްލިބޭނީ މާލޭ ބޭރުގައި އުޅެލީމައޭ ބުނުމުން އައިޒަން ފަސޭހައިން އެކަން ގަބޫލުކުރިއެވެ. މަންމަ ފުރުވާލާފައި އައިސް އޭނާ ގޭތެރެއަށް ވަނީ ހިތާހިތުން އައިޝަމްއަށް ކުދިކިޔަމުންނެވެ. ގޭތެރެއަށް ވަތްގޮތަށް އަޑަށް ބާރުލާފައި އައިޝަމްއަށް ގޮވުމުން އައިޝަމް ބޭރަށް […]
ކޮންމެ މީހަކަވީސް ދިރިއުޅުމުގައި އަޑިގުޑުންތަކަކާ ކުރިމަތިލާނެ މީހެކެވެ. ދުނިޔޭގެ އާދަކާދައިގެ މަތިން އުފަލެއް ލިބިއްޖިއްޔާ ހިތާމައެއްވެސް ލިބޭނެއެވެ. އަހަރެންގެ ހަޔާތުގައިވެސް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އަދި އެކަމަށް ހައްލެއް ލިބިފައި ނެތަސް އަބަދުމެ ކުރާ ދުޢާއަކީ ކޮންމެވެސް އެއްދުވަހަކުން އަހަރެންގެ ހަޔާތައް ބާހާރުމޫސުން އައުމެވެ. އަހަރެންނަކީވެސް އެހެން އަންހެން ކުދިންނެކޭ އެއްފަދައިން އުފާވެރި ދުވަސްތަކެއް ވޭތުކުރަމުން ދިޔަ ކުއްޖަކީމެވެ. އެހެންކުދިންނާ ޙިލާފަށް އަހަރެންގެ އުމުރުން 21 އަހަރު ވީއިރުވެސް އަހަރެންގެ ހަޔާތުގައި ބައިވެރިއަކު ނެތެވެ. ކިޔާވާނިމި ވަޒީފާއަށް […]
މި ވާހަކައިގެ އެޕިސޯޑެއްް އެންމެ ފަހުން ގެނެސްދެވިފައިވަނީ 01 މާރޗް 2016 ވަނަ ދުވަހުއެވެ. އަދި މި ވާހަކަ ނުގެނެސްދެވުނީ އަޅުގަނޑުގެ ބަލިހާލަތު ހުރިގޮތުން ކަމުން، މި ވާހަކަ ގަވާއިދުން ނުގެނެސްދެވުނު ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. ވީމާ 10 ވަނަ އެޕިސޯޑުން ފެށިގެން ވާހަކަ ނިމެންދެން މެދުނުކެނޑި ކިޔުންތެރިންނާ ހިސާބަށް ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ. އަހަރެން މައްޗަށް އަރާ ފެންތައްޓެއް ބޯލައިގެން ހަމަ ޖެހިލައިގެން، މިރޭ ނުދެވޭނެ ކަމުގައި ބުނެ އިޔާއަށް މެސެޖު […]