Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން ހިނިތުންވެލާށޭ 16

maroon Level 710 Stories100 Comments500 Comments100 Login1K Comments100 Stories
October 12, 2017 8 Mins Read
66 Comments

މަލަކާގެ ހިތުގައި ރިއްސަމުން ދިޔައެވެ. އެއްމެން އޭނާއަށް ތުހުމަތުގެ އިނގިލި ދިއްކުރަމުން ދާއިރު އެޔަށް އެއްވެސް ރައްދެއް ނުދީ ދުރުގައި ބަލަހައްޓައިގެންނެވެ. ރައްދެއް ދެވެން އޮތް ނަމަވެސް އޭނާ ގަޔަކު އެހިތްވަރެއް ނެތެވެ. އެއްމެންހެން އޭނާވެސް ކުށްވެރިކުރަމުން ދަނީ އަމިއްލަ ނަފުސެވެ. ޝައިމްގެ ލޮލުން އެފެންނަމުންދާ ހިތާމައިގެ އަޑު އޭނާއަށްވުރެ ބޮޑަށް އެގޭނެ މީހެއް ނެތެވެ. ލޯފާރުވަމުން ދަނީ ޝައިމްއާއި ދުރަށް ދާން ޖެހޭތީ އަޅާ ކަރުނައިންނެވެ.

މަލަކާ ކައިވެންޏަށް ތައްޔާރުވަމުން ދާއިރު ޝައިމް ތައްޔާރުވަމުން އެދަނީ އެބުރި މާލެ ދާށެވެ. އޭނާއާއި ދުރަށް ނުދާން މަލަކާ ޝައިމް ކައިރީ އެދެން ބޭނުމެވެ. ނަމަވެސް އެހައްގު މިއަދު މަލަކާއަށް އެބަ އޮތް ހެއްޔެވެ؟ ޝައިމް މަލަކާގެ ބަސް އަޑު އަހާނެ ހެއްޔެވެ؟

ޝައިމްމެން ފުރަން ހަމަޖެހުނީ މަލަކާގެ ކައިވެނި އޮތް ރޭގައެވެ. އޭގެކުރިން މާލެ ދެވޭނެ ގޮތެއް ނެތުމާއި އެކީގައި ޝައިމްއަށް އޭނާގެ ހިތާމަތަކާއި ދުރަށް ދެވޭނެ ގޮތެއް ނުވިއެވެ. މިފަސްގަނޑުގައި އަލުން އުފަންވި ލޯތްބާއި އުފާވެރިކަން ކަފުންކޮށްފައި ދާން ޖެހެނީއެވެ. ތަގުދީރުގެ ކެހިވެރިކަމުގެ ދަލުގެ ބަދެވިގެންނެވެ.

ސަމީހާގެ ހާލު ދުވަހުން ދުވަހަށް ރަގަޅުވަމުން ދިޔައެވެ. މިހާރު ހިނގޭވަރު ވިޔަސް މުޅިން އެއްކޮށް ރަގަޅުވާން ދުވަސްކޮޅެއް ނަގާނެއެވެ. ސަމީހާ ބަލިވެ އުޅޭތީ ފާއިޒު ގިނަ ވަގުތު ހޭދަކުރަނީ އެގޭގައެވެ. އެހެންކަމުން އަމިއްލަ ގޭގައި އުފެދެމުންދާ ނުތަނަވަސްކަމުގެ އިހްސާސެއް ނުކުރެވެއެވެ. މަލަކާ ނިއަމްއާއި ކައިވެނިކުރަން އެއްބަސްވުމުން އެކަމާއި މާބޮޑަށް ވާހަަކަ ދައްކާނެ ފުރުސަތެއް ފާއިޒުއަށް ނުލިބެއެވެ. މަަލަކާހެން އޭނާވެސް ބަލަމުން ދަނީ ސަމީހާ އުފާވެރިކޮށް ގެންގުޅެވޭތޯއެވެ. ދެމީހުންގެ މެދުގައި އަރާރުންވުމެއް އުފެދިއްޖެނަމަ ސަމީހާގެ ސިއްހަތަށް ނޭދެވޭ އަސަރުކޮށްފާނެތީއެވެ.


 

ފަތިސް ނަމާދަށް ސަލާމް ދިނުމަށްފަހު މަލަކާ ދެއަތް މައްޗަށް ނަގާލީ އެހިތުގައި ފުނިޖެހެމުންދާ އިހްސާސްތަކަށް ލުޔެއް ލިބޭތޯއެވެ. މާދަމާ ނޫން އަނެއް ދުވަހު ކައިވެނީގެ ގޮށް ޖެހުމަށް ތައްޔާރީތައް ވަމުން ދާއިރު މަަލަކާ އަދި ތައްޔާރެއް ނޫނެވެ. ހިތްވަނީ ބިރުވެރިކަމުން ވަށާލާފައެވެ. އެތައް ފަހަރަކު މިއީ ހުވަފެނެއް ބާއޭވެސް ހިތަށް އަރައެވެ. އެއްވެސް މާނައެއް ނެތް ބިލާކަށް ވާނެ ނަމައެވެ. ނަމަވެސް ދުނިޔޭގެ ޤާނޫނުގެ ކުރިމަތީގައި ދެރަވެ އިސްޖަހަން މިޖެހެނީ ނިކަމެތި ފުރާނައަށެވެ. ކުރެވެން އޮތްހާވެސް ކަމަކީ ދުއާކުރުމެވެ. ހެޔޮ ގޮތް މިންވަރުކުރައްވާ ތޯއެވެ.

މާޒީ ބަދަލުވުމަކ ދުނިޔޭގެ ކަންހިނގާ އުސޭލެއް ނޫނެވެ. އެހެނަސް  ކުރިމަގު އުޖާލާ ކުރުމަށް އެއްމެ ކުޅަދުންވަންތަ ރަސްކަލާނގެ ކިބައިން މަލަކާ ތަކުރާރުކޮށް އެެދެމުން ދިޔައެވެ. ލޯތްބަކީ މިހާ ހިތި އެއްޗަކަށް ބަދަލުވީ ކޮން ދުވަހަކުން ހެއްޔެވެ؟ އެއްފަރާތުން މަންމަގެ ލޯތްބެވެ. އަނެއް ފަރާތުން އެހިތުގެ ރާޖާގެ ލޯތްބެވެ. ދެލޯބީގައި ޖެހި ފިތި ބާރުވަމުންދާ ހިތަށް ލުއެއް ދެއްވާށިއެވެ.

މަލަކާގެ ލޮލުން ކަރުނަ ހިލާލިއެވެ. އަޑުގައި ރިހުމެއް އުފެދެމުން ދިޔައެވެ. ނަމަވެސް ހުއްޓުމެއް ނެތި ދެއަތް މައްޗަށް ނަގައިގެން އެއިނީ އެއްމެ އޯގާވަންތަ ރަސްކަލާނގެއަށް ކުރަމުން އެދަނީ އިތުބާރެއްގެ ބޮޑުކަމުންނެވެ.

ޝައިމްއަށް އޭނާއާއި ނުލައި ދިރިއުޅުމެގެ ހިތްވަރު ދެއްވާށިއެވެ. ދާއިމީ އުފާވެރިކަން ދެއްވާށިއެވެ. އެއުފާވެރިކަން ލިބެން އޮތީ އޭނާއާއި މެދު ނަފުރަތުކޮށްގެން ނަމަ އެކަން ކޮށްދެއްވާށިއެވެ. ޝައިމްއަށް ލޯތްބާއި އަޅާލުން އަދި ފާގަތި މުސްތަގުބަލެއް ދެއްވާށިއެވެ.

އެތައް އިރަކު ދުއާކުރަން އިދެފައި މަލަކާ ބަދިގެޔަށް ދިޔައީ އެހެން ދުވަސްތަކޭ އެއްފަދައިން ހެނދުނުގެ ނާސްތާ ތައްޔާރުކޮށްލުމަށެވެ. މަލަކާ ބޭރަށް ނުކުތް ވަގުތު ރޭގައި ޖަމާވަމުން ދިޔަ ވިލާތަކުން ވާރޭ ވެހެމުންދިޔައެވެ. މަލަކާ މަޑު ހިނގުމެއްގައި ގޮސް ކިރިޔާ ވާރޭގެ ހިޔާވާ ހިސާބުގައި މަޑުކޮށްލިއެވެ. ވާރޭގެ ތެރެއަށް  ދިއްކޮށްލަން އުޅުނު އަތް ކުރިމައްޗަށް ދިއްކޮށްލުމުގެ  ބަދަލުގައި ގަޔާއި ކައިރިކޮށްލިއެވެ.  ކޮންމެ ފެން ތިއްކެއް އޭނާއާއި ސުވާލުކުރާނެހެން ހީވެއެވެ. މީގެކުރިން ވާރޭ ވެހޭ ދުވަސްދުވަހު ހިތަށް ހަމަޖެހުން ލިބޭ  މަލަކާގެ ހިތް ބިރުން ފިލަން އުޅުނެއވެ. އެރޭގެ ހާދިސާ ކުރިމަތިން ކުލަނުވާ ތަސްވީރެއްހެން ސިފަވަމުން ދިޔައެވެ.

“މަލަކާ” އަޑެއް އިވުނެވެ.

“ޝައިމް… އަހަންނަށް މާފުކޮށްދީ… ޝައިމްގެ ހަނދާނުގައި އަހަރެން މިހަލާކުވަނީ” މަލަކާ ކުރިމަތިން އޭނާއަށް ސިފަވަމުންދާ ޝައިމްގެ ސޫރައާއި ވާހަކަދެއްކިއެވެ.

“އަހަރެން މަލަކާއަށް މާފުކޮށްފިން. އެއްވެސް ކަމެއްގައި ނެތިން މަލަކާ ކުށްވެރިކުރާކަށް” ޝައިމް ކުރިއަށް ޖެހިލައި މަލަކާއާއި އަރާހަމަކުރަމުން ބުނެލިއެވެ.

މަލަކާ އަދިވެސް ހުރީ ހިޔާލީ ދުނިޔޭގައެވެ. ކުރިމައްޗަށް ބަލަހައްޓައިގެން ހުރި އިރު މޫނުމަތި ވަނީ ބަނަވެފައެވެ. ޝައިމްގެ މާފު ލިބުނު އަޑުއިވުމުން މަލަކާ ދެކޮޅަށް ބޯހޫރުވާލަމުން އިސްޖަހައިލިއެވެ.

ޝައިމް މަލަކާގެ އަތްތިލާގައި ހިފައި ބާރަށް ފިއްތާލިއެވެ. ނުރޯށޭ ބުނާ ފަދައަކުންނެވެ.

“ޝައިމް” މަލަކާ ދިޔައީ ސިހިގެންނެވެ. ޝައިމް އެތާނގައި ހުރިކަން ރޭކާމިލީ އަދިކިރިޔާއެވެ.

“މަލަކާ.. ދެން ދުވަހަކުވެސް އަހަރެން ކައިރިން މާފަށް ނޭދޭތި. މަލަކާއަކީ އަހަރެން ހީކުރި ވަރަށް ވުރެ މާ ހިތްހެޔޮ ކުއްޖެއް. އަހަރެންގެ އުއްމީދު ކުރި ވަރަށް ވުރެ އެތައް ގުނައެއް މަލަކާ ރަގަަޅު” ޝައިމް ސީރިއަސް ރާގަކަށް ބުނެލިއެވެ.

“ޝައިމް އަހަންނަށް މަޖުބޫރޭ މަންމައަށްޓަކައި މިކަން ކުރަން. ޝައިމް ވިސްނާލަބަ. ޝައިމްގެ މަންމަ އެއްކޮޅުގަ ހުއްޓާ ޝައިމް އަހަރެން އިހްތިިޔާރު ކުރާނަންތަ” މަލަކާ ރުޅިއެއް ނާދެއެވެ. ބޭނުންވީ ޝައިމްގެ ހިތް އޭނާއަށް ހެޔޮކުރުމެވެ.

“އަހަރެން މާފަށް ނޭދޭށޭ މިބުނީ ކޮންމެހެން މަލަކާ ދެކެ ރުޅި އައިސްގެންނެެއް ނޫން. އަހަރެން އެޔަށް ވުރެ ބޮޑަށް މަލަކާދެކެ ލޯބިވަން. އަހަންނަށް އެނގޭ މަލަކާއަށް މަޖުބޫރުވީކަން، އެހެންނޫން ނަމަ މަލަކާ  އަހަންނަށް ދެރައެއް ނުދޭނެ. ތިޔަ ފަދަ ދަރިއެއް ދެއްވާތޯ ކޮންމެ މީހަކުވެސް ދުއާކުރަން ޖެހޭނެ. އެއީ އަހަންނަށް މަލަކާގެ ފުށުން ފެނުނީ މައިންބަފައިން ދެކެ ލޯބިވާވަރު. އެމީހުންގެ އުފަލައްޓަކައި އަމިއްލަ އުފާތައް ގުރުބާން ކޮށްލާތަން. އެއްވެސް އަމިއްލަ އެދުމެއް ނެތި” ޝައިމް ވެހެމުން ދިޔަ ވާރޭގެ ތެރެއަށް ގެއްލިފައި ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. މަލަކާ ދިޔައީ ޝައިމްގެ ބަސްތައް ކަނުލައި އަޑުއަހަމުންނެވެ.

“މަލަކާއަށް ތިވާ އުދަގޫ އަހަންނަށް އިހްސާސްކުރެވޭ ވަރަށް ވުރެ ބޮޑު. އަހަރެން ނެތިން ރުޅި އައިސްގެން ހަޅޭތްލަވައި މަލަކާއަށް އިތުރު ހިތާމައަށް ދޭން. އަދި ދުރުގައި މަލަކާ އެކަނި ތިހުރިހާ ބުރައެއް އުފުލާކަށްވެސް ބޭނުމެއް ނޫން. އަހަރެން ބޭނުމީ މަލަކާއަށް އެހީވާން. އަހަންނަށް ވެވެން އޮތް ނަމަ ތިހިތާމަތައް އެއްކޮށް ފިލުވާލަ ދޭނަން” ޝައިމް ހިތާއި ދެކޮޅަށް ތެދުވިއެވެ.

“މަލަކާ. ބުނޭ  ކޮން ކަމެއް އަހަރެން ކޮށްދޭންވީ.. އަހަރެން ވައުދުވަން މަލަކާއަށް ވެވެން އޮތް ކޮންމެ ގޮތަކުން އެހީވާން” ޝައިމް މަލަކާއާއި ދިމާލަށް އެބުރިލަމުން ބުނެލިއެވެ.

“ޝައިމް. ނޫން! ޝައިމް އިތުރަށް ދެރަވާނީ އަހަންނާއި އެއްކޮށް އުޅެގެން. ޝައިމް މިވީ ދުވަސްތަކުގައި އުޅުނު ގޮތަށް އަހަންނާއި ދުރުގަ އުޅެން މަސައްކަތް ކުރޭ. އިރާދަކުރެއްވިއްޔާ ވަގުތު ފާއިތުވެގެން ދާވަރަކަށް ޝައިމް އަހަރެންގެ މަތިން ހަނދާން ނެތިދާނެ” މަލަކާވެސް އޭނާގެ ހިތާ ދެކޮޅަށް ބުނެލިއެވެ.

“އަހަންނަށް މަލަކާ ނުލައި  އުޅެވިދާނެ. އެކަމަކު އެހަޔާތެއްގައި އެއްވެސް ދިރުމެއް ނުވާނެ. މަލަކާ ތިއުޅެނީ ކައިވެނި ކުރަން. މަލަކާ އެއްކޮށް އަހަންނަށް ލިބެން މިއޮތް ކުޑަ ވަގުތުކޮޅު އަހަރެންގެ އަތުން ނިގުޅައިނުގަނޭ” ޝައިމް މަލަަކާގެ އަތުގައި ހިފާލަމުން އާދޭހުގެ ރާގަކަށް ބުނެލިއެވެ.

މަލަކާގެ ލޮލުން ކަރުނަ ނީރާލިއެވެ. ޝައިމް އޭނާ ދެކެ މިވާ ލޯބީގެ ސަބަބުންނެވެ. ހިތާމައާއި އުފާތައް އެކުވެގެންނެވެ.

“ދެން ހުއްޓާލާ.. އެއްމެ ފުރަތަމަ އަހަންނަށް ވައުދު ވާންވީ މަލަކާ ގަޑިން ގަޑިއަށް ކާނެ ކަމަށް. އިއްޔެވެސް ހެނދުނު ސައިބުއި ގޮތަށެއްނު ތިހިރީ… ހިނގާ އަވަހަށް ސައިބޯން. މިއަދު ބިސްގަނޑުވެސް އަޅަންވާނެ” ޝައިމް މަލަކާގެ ތަބީއަތް ބަދަލުކުރެވޭތޯ އުޅުނެވެ. މަލަކާގެ ކަރުނަތައް އަތުން ފުހެ ދިނުމަށްފަހު އަތުގައި ހިފައިގެން ބަދިގެޔަށް ވަނެވެ.

ދެމީހުން ބަދިގޭގައި އުޅެނީ ދެންމެ ހިގާދިޔަ އެއްވެސް ކަމެއް ހަނދާނުގައި ނެތް ހެންނެވެ. ޝައިމް މަލަކާ ހެއްވާލުމަށްޓަކައި އެކި ވާހަކަތައް ދައްކަމުން ދިޔައެވެ.

އެރޭގެ ހާދިސާއަށްފަހު ޝައިމް މަލަކާއާއި ދުރުގައި އުޅެމުން ދިޔައީ އޭނާގެ ހިތުގައި މަލަކާއަށް އުފެދިފައިވާ ޝަކުވާތައް ގިނަކަމުންނެވެ. ނަމަވެސް އެކަމާއި ދޭތެރޭ ވިސްނިވަރަކަށް ޝައިމްގެ ވިސްނުން ބަދަލުވަމުން ދިޔައެވެ. މަލަކާގެ ހަރަކާތްތައް ސިއްރުން ބެލެވެން ފެށެވުނެވެ. ކާއިންމެން އޭނާ މަލަކާއާއި ދުރަށް ގެންދަން އުޅުނު ނަމަވެސް ފިލައިގެން ހުރެ ޝައިމް މަލަކާއަށް ފާރަވެރިވަމުން ދިޔައީ ރުޅިއަށް ވުރެ މަލަކާއަށްޓަކައި އޯގާތެރިވެވޭތީއެވެ. މަލަކާ ނުކައި ހުންނަކަން އެގިއްޖެނަމަ ޝައިމް ރަށުގެ ބޭކަރީއިން ކޭކު ގެނެސް ފުރިޖަށް ލައެވެ. ނަމަވެސް އެއިން އެއްފަހަރުވެސް މަލަކާ އެޔަކުން ނުކައެވެ.

މަސްހުނި މޮޑެން ޝައިމް ހުނި ގާނަން ހުނިގޮނޑި މަތީގައި އިން ގޮތް ފެނުމުން މަލަކާ ގާތަށް ވަރަށް ހިނިއައެވެ. ތަފާތު ވައްތަރުތައް މޫނުމައްޗަށް ގެންނަމުން ކާށި ކިބަ ތިލަގަނޑުގައި ޖައްސާލާއިރަށް މީހާ ދަނީ ހުނިގޮނޑިއާއެކު އެހެން ދިމާލަކަށެވެ. ފަނަރަ މިނެޓް ފާއިތުވެގެން ދާއިރު އަދި އެއްބިކަ ގާނާ ނުލެވެއެވެ.

“ފުރަތަމަ ފަހަރުވީމަ ގޯހެެެއް ނޫނެއްނު. މަލަކާވެސް ފުރަތަމަ އުޅުނީ މިހެންކަން ޔަގީން” މަލަކާ ހޭން ހުރިތަން ފެނި ޝައިމް ބުނެލިއެވެ.

“އާން! ފުރަތަމަ ފަހަރަށް ތިވަރު ރަގަޅު. އެކަމަކު މޫނުމައްޗަށް ތިއޮތް ގެންނަ ކުލަވަރެއް. ހީވަނީ މީހަކު ޝައިމް މޫނުމަތީ ޖަހަން އުޅެނީހެން” ޝައިމްއާއި ދިމާކޮށްލަމުން މަލަކާ ބުނެލިއެވެ.

މަލަކާ އާއި ދިމާލަށް ލޯ އަޅާލުމަށްފަހު ޝައިމް އަނެއްކާވެސް ހުނި ގޭނުމާއިގެން ކުރިއަށް ދިޔައެވެ. ވަރަށް ހާލުން ދެކިބަ ގާނާލުމަށްފަހު ކޮޅަށް ތެދުވެ އަތުގެ ނުފުށުން ނިތްކުރިމަތީގައި ހުރި ދާތައް ފޮހެލިއެވެ.

“ސާބަސް. ތިވަރުންވެސް އުޅޭތި ފޮނި ދެއްކެން. ޝައިމް އައިނަމަ ބިސް ފެނުކައްކަން އަހަންނަށް ތިކަން ހަވާލުކޮށްފަ” އެމަންޒަރު ފެނި މަލަކާ ބުނެލިއެވެ.

މަލަކާ ދިޔައީ ޓްރޭއިން ބިސްނަގައިގެން އެއްބައި ބިސް ފެނު ކައްކައި އަނެއް ބައިން ބިސްގަނޑު އަޅަމުންނެވެ.

“މަލަކާ އަހަންނަށް ވުރެ ހާލުގަ އުޅޭނީ. އެހެންނޫނަސް އަހަންނަށް ވަރަށް މީރު މަލާގެ ބިސްގަނޑު” ޝައިމް މަލަކާ ކައިރީގައި ހުރެ ބުނެލިއެވެ.

“ވަރަށް ބަނޑުހައިވެއްޖެ” މޭޒުމަތީގައި އޮތް  ބިސް ނަގަމުން ޝައިމް ބުނެލިއެވެ. އަދި މަލަކާގެ ބޮލުގައި އޭގެން ޖަހާލިއެވެ. ފެނުކައްކާފައި އޮތް ބިހެއް ކަމަށް ހީކޮށެވެ. ނަމަވެސް ބިހުގެ ތޮށިގަނޑު ތަޅައިގެން ދިޔުމާއި އެކު ދެމީހުންވެސް ދިޔައީ ލޯބޮޑުވެގެންނެވެ.

“ޝައިމް ގަނޑާ” މަލަކާ އެހުރިގޮތަށް ޝައިމްއާއި ދިމާލަށް އެބުރުނެވެ. އެޔާއެކު ހައިރާންވެފައި ހުރި ޝައިމްގެ ހިނގަނޑު ދިއައީ ފަޅައިގެންނެވެ. މަލަކާ ހުރި ހާލު ފެނިފައެވެ. ދެލޯބޮޑުކޮށްގެން ރުޅި އައިސްގެން ހުރި އިރު ބިހުގެ ގޮބޮޅިއާއި އެއްކޮށް މަލަކާގެ މޫނުމައްޗަށް ފައިބަމުންދިޔައެވެ.

މަލަކާ ބަލާކަށް ނުހުރެ އެއްމެ ކައިރީގައި އޮތް ބިސްނަގައި ޝައިމްގެ ބޮލަށް ޖަހާލިއެވެ. ނަމަވެސް ނަސީބު އަތުގައި ނުހިފީ އެއީ ކައްކާފައި އޮތް ބިހަކަށް ވުމުންނެވެ.

“މަލާ.. ރުޅި އައީތަ” ޝައިމް މަލަކާގެ ނޭފަތުގައި ހިފާލަމުން ބުނެލިއެވެ.

“ދެން އެހެންތާ މިވީ. ކީއްކުރާނީ ޝައިމް އަހަންނަށްވުރެ ނަސީބު ގަދަވިއްޔާ” މަލަކާގެ ސިކުޑީގައި ޝައިމްއަށް ބަދަލު ދޭނެ ގޮތް ރާވަމުން ބަލި ގަބޫލުކުރި ވާހަކަ ބުނެލިއެވެ.

އެވަގުތު ޝައިމްއަށް ފޯނެއް އަޔެވެ. ޝައިމް ފޯނަށް ޖަވާބު ދިނުމަށް ފަހަތަށް އެބުރު ތަނާ މަލަކާ ވަށައިގެން ހޯދާލިއެވެ. އެވަގުތު މޭޒުގެ އަނެއް ފަރާތުގައި ހުރި ފުށްތަށި ފެނި މޫނުމަތީގައި ހިނިތުންވުމެއް  ކުޅެލިއެވެ.

ޝައިމް ފޯނު ކަނޑާލުމަށްފަހު ފަހަތް ބަލާލި ވަގުތު މަލަކާ ކަނައަތް ފުރަގަހަށް ލައިގެން ހެވިފައި ޝައިމްއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ޝައިމް ލޯކުޑަކޮށްލަމުން ލަސް ފިޔަވަޅުތަކެއްގައި އައިސް މަލަކާގެ ކައިރިއަށް ހުއްޓުނެވެ.

“ކޮން ކަމަކާ..” ޝައިމް އަށް އެހިސާބަށް ބުނެވުމުގެ ކުރިން މަލަކާ ފޮރުވައިގެން ހުރި އަތް ގެނެސް ޝައިމް އަށް ހަމަލާއެއް ދޭން އުޅުނެވެ.

“އަހަރެން ހަމައެކަނި ނަސީބުގަދައީ އެއްނޫން.. މަލަކާއަށް ވުރެ ހުޝިޔާރުވެސް ވާނެ” މަލަކާ ހުރިގޮތުން ޝައިމްއަށް ކަމެއް ޝައްކު ކުރެވުމުން އޭނާ ހުރީ މަލަކާ ކޮށްފާނެ ކަމަކަށް ތައްޔާރުވެގެންނެވެ. މަލަކާ އަތް ނެގުމާއިއެކު އަތުގައި ހިފައި ގަޔާއި ދުރަށްލިއެވެ. ނަމަވެސް މަލަކާ މުއްކަވާއިގެން ހުރި އަތް ކުއްލިއަކަށް ހުޅުވާލުމުން ފުށުގެ އަސަރު ޝައިމްގެ އިސްތަށިގަނޑާއި މޫނަށް ކުރިއެވެ.

“ވަރަށް ފޫހިވޭ.. ޝައިމް ކޮންމެ ފަހަރަކުވެސް މޮޅުވަނީ” މަލަކާ ކުނި މޫނު ހަދާލުމަށްފަހު ދިޔައެވެ.

ދެމީހުން މިކަހަލަ ސަކަރާތުގައި ތިއްބައި އެތަނަށް އަޝްވާއަށް އާދެވުނެވެ. މަލަކާ ދެކެ ހިތްހަމަނުޖެހިފައި ހުއްޓަސް ކޮންމެ ދުވަހަކުވެސް ދެމީހުން ކެއްކުމުގައި އެއްކޮށް ބައިވެރިވެއެވެ. ބަދިގޭގެ ދޮރު ކުރިމަތީގައި އަޝްވާ ޝައިމްއާއި މަލަކާ އެކުގައި ހޭދަކުރަމުން ދިޔަ ވަގުތައް ބަލަހައްޓައިގެން ހުއްޓެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދަނީ އެކަކު އަނެކަކަށްޓަކައިވާ ލޯތްބެވެ. އަނެކާ ނުބަލާ ވަގުތު އެކަކު އަނެކަށް ގެއްލިފައި ހުންނަ ތަނެވެ. އަނެކާ ރުއްސާލުމަށްޓަކައި ދެލޯ ފޮހެލައި އުފާ ހޯދަދޭން އުޅޭ ތަނެވެ.

“ދޮންބޭ” އިރުކޮޅަކަށް އެމަންޒަރު ބަލަހައްޓައިގެން ހުރެފައި އަޝްވާ ޝައިމްއަށް ގޮވާލިއެވެ.

“‘ކީކޭ” ހެވިފައިވާ މޫނަކާއި އެކު ޝައިމް އޭނާގެ ނަން އިވުމުން ބަލާލިއެވެ. އޭރު  އަޝްވާ އައިސް މޭޒު ކައިރީގައި ހުއްޓެނީއެވެ.

“އަޝްވާ ހާދަ ލަހުން މިއަދު ތިއައީ. އަޝްވާ ނާންނާނެ ކަމަށް މަލަކާއަށް އެހީވެދޭން އަހަރެން މިއުޅެނީ” ޝައިމް ބުނެލިއެވެ. މަލަކާއަށް ބަލާލުމަށްފަހުގައެވެ.

“ވާރޭ ވެހުނީމަ ތަންކޮޅެއް އަރާމުކޮށް ނިދާލެވުނީ. ދޮންބެ ދާންވީނު ފެންވަރާލަން. މުޅި މޫނުގަ ހުސް ފުށެއްނު ތިހުރީ” މޭޒުމަތީގައި ހުރި ތަށިތައް ނަަގަމުން އަޝްވާ ބުނެލިއެވެ.

“އާން.. މަލަކާ ދަނީއޭ ދެން” ޝައިމް ބޯކަހާލަމުން ބުނެލިއެވެ.


 

ޝައިމް ކޮޓަރިއަށް ގޮސް ކޮޓަރީގައި ހުރި ސޯފާ މައްޗަށް ވެއްޓިގަތެވެ. އަދި ހިނިތުންވެފައި ހުރެ ލޯ މަރާލިއެވެ. މަލަކާއާއި އެކު މިހޭދަކުރެވޭ ކޮންމެ ހިދުކޮޅެއް އެހިތުގައި ބިންވަޅު ނެގެމުންދިޔައެވެ. އެތައް  ދުވަހަކަށްފަހު މަލަކާ ހިނިތުންވެލިތަން ފެނި އެހިތަށް ލުއެއް ލިބިއްޖެކަން ޔަގީނެވެ. ހިތުގެ އަނެއް ފަޅި މަލަކާ ބީވެދާތީ އަނަރޫފަވަމުން ދާ ހާލުގައި ވެސް މެއެވެ.

“ފުށް ބަސްތާއެއް ތެރޭގަ އޮވެފަ އައިސް ކޮން ހިޔާލީ ދުނިޔެއެއްގަ” އަޝްވިން އަށް ޝައިމް ފެނުމުން އަހާލިއެވެ.

“މިއައީ މަލަކާ ކައިރީ ބަދިގޭގަ އުޅެފަ” ހިނިތުންވެފައި ހުރެ ޝައިމް ބުނެލިއެވެ.

“ޝައިމް.. އަހަރަމެން ބުނީމެއްނު ޝައިމް މަލަކާއާއި ދުރުގައި އުޅޭށޭ. ތިހެން އުޅެގެން ޝައިމްއަށޭ ހުރިހާ ހިތާމައެއް ލިބޭނީ” އަޝްވިން ބުނެލިއެވެ. ކަންބޮޑުވެފައިވާ ހާލުގައެވެ.

“އިޓްސް އޯކޭ އޭ ބޭބޭ. އަހަރެން ދުރުގައި އުޅެގެން މަލަކާ  ހުންނާނެތަ ނިއަމްއާއި ކައިވެނި ނުކޮށް؟ އެހެންނޫނަސް އަހަންނަށް އަބަދު ފެންނަނީ މަލަކާ ދެރަވެފަ ހުންނަތަން. ކިހިނެތް އެނގެނީ ދެން މަލަކާގެ ހިނިތުންވުން އަހަންނަށް ދުވަހަކުވެސް ފެންނާނެކަމެއް. އަހަރެން ބޭނުން މިކުޑަ ވަގުތުކޮޅަށް  ނަމަވެސް މަލަކާ އުފަލުގައި ހުންނަތަން ދެކެން.. ”  ޝައިމް ބުނެލިއެވެ.

“ޝައިމްއަށް ފެންނަ ގޮތަށް ކަންތައް ކުރޭ. އަހަރެން މިބުނީ އަހަންނަށް ފެންނަ އެއްމެ ރަގަޅު ގޮތް….އަހަންނަކަށް ނޭނގެ ތިދެމީހުން އެކަކު އަނެކަކު ދެކެ ތިވަނީ ކޮން ކަހަލަ ލޯތްބެއް ކަމެއް. އަަހަރެން ދެކެވެސް ތިހާ ވަރަށް ލޯބިވާނެ މީހަކު ލިބޭނެ ނަމަ ދޯ” އަޝްވިން ހައިރާންވެފައި ބުނެލިއެވެ. އެފެންނަނީ އެކަކު އަނެކެއްގެ އުފާވެރިކަމަށް ކޮންމެ ކަމެއްވެސް ގުރުބާން ކުރާ މަންޒަރެވެ.


 

އިރު އޮއްސި މިހާރު އުޑުގައި ރަނިކަން ކުރަމުންދަނީ ހަނދެވެ. އެހަނދުގެ ރިހިއަލިން ގުދުރަތީ ފުރިހަމަކަން ސިފަކޮށްދެމުންނެވެ. ވިއްސާރަ ވިލާތައް މަދުވެ ހަނދާއި ބައިވެރިވުމަށް ތަރިތައްވެސް ފިޔަޖަހަމުން ދެއެވެ.

ބޭރު އުނދޯލީގައި މިރީތި އުދަރެހަށް ބަލަހައްޓައިގެން އިން މަލަކާ ގޮވައިގެން ޝައިމް އެކޮޓަރިއަށް ވަނެވެ.

“ދެން ބުނެބަލަ ކިހިނެތްވީތަ” މަލަކާ ތިންވަނަ ފަހަރަށް އަހާލިއެވެ. ނަމަވެސް ޝައިމް ޖަވާބެއް ނުދީ މަލަކާގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ. އަދި އޭނާގެ ދަބަސް ހުޅުވައި އޭގެން މަޑު ނޫކުލައި ގެ ފޮތެއް ނެގިއެވެ. އެފޮތް ފެނުމާއި އެކު މަލަކާ ކޮޅަށް ތެދުވީ ހައިރާންވި ވަރުންނެވެ. ގަބޫލުކުރަން ދަތިވެފައި ހުރެއެވެ.

“ޝައިމް ކިހިނެތް” އެއީ އެހީކުރާ ފޮތްތޯ ބެލުމަށް މަލަކާ އަވަސްވެގަތެވެ. އަވަހަށް ފޮތުގެ އެއްކޮޅުން އަނެއް ކޮޅަށް ނަޒަރު ހިންގާލިއެވެ. އެއީ އެލިޔުމެވެ. އެގަނޑުތަކެވެ.

“ޝައިމް ކިހިނެތް ޝައިމްއަށް މިފޮތް ލިބުނީ” މަލަކާ އަހާލިއެވެ

“އަހަރެން އެއްދުވަހަކު ސައިކަލަށް އެރިގަޑީ ސައިކަލު ކައިރިން ތިފޮތް ފެނުނީ. އެރެއަކީ އަހަންނަށް އެއްމެ ފުރަތަމަ މަލަކާ ފެނުނު ދުވަސް. ރެސްޓޯރެންޓުން. ހަނދާންވޭތަ އަހަރެން ގަޔަށް ފެންތަށި ޖަހަން އުޅެގެން ވީގޮތް” ޝައިމް މާޒީގެ ސޮފުހާއެއް މަލަކާއަށް ކިޔައިދޭން އުޅުނެވެ.

“އާން ހަނދާންވޭ.. ދެން ބުނެބަލަ މިއޮތްހާ ދުވަހު މިފޮތް ޝައިމް އަތުގަ އޮތްް އިރު ނުވެސް ބުނީ ކީއްވެ. އަދި ކިހިނެތް އެގުނީ އަހަރެންގެ ފޮތެއްކަން” މަލަކާ ސުވާލަކަށްފަހު ސުވާލެއްކޮށްލިއެވެ.

“ތި ފޮތް ތެރޭ އޮތް ފޮޓޯގަނޑުން އަހަންނަށް އެގުނީ ތީ މަލަކާގެ ފޮތެއް ކަން. އަހަރެން މަލަކާއަށް ތިފޮތް ނުދީ ބޭއްވީ ތިފޮތް  ކިޔާއިރު އަހަންނަށް އިހްސާސްވޭ މަލަކާ އަހަންނާއި ވާހަކަ ދައްކާހެން. މަލަކާ މަތިން ހަނދާންވާ ކޮންމެ ރެއަކު އަހަރެން ތިފޮތް ނަގައިގެން އޮންނަން” ޝައިމް ބުނެލިއެވެ.

“އެހެންވެ ދޯ އަހަންނާއި ބެހޭ ގޮތުން ޑިގްރީއެއް ނަގައިގެން އުޅުނީ. ސިއްރު ފަޅާއެރީނު” މަލަކާ ހެވިފައި ބުނެލިއެވެ.

“ވެދާނެ ތިހެން ކަމަށްވެސް. އެކަމަކު ތިފޮތުގައި ހުރި އެއްޗަށް ވުރެ އަހަންނަށް މަލަކާއާއި އެކީ ހޭދަކުރެވުނު ވަގުތުން ދަސްވި އެއްޗެހި މާގިނަ” ޝައިމް މަލަކާ ކައިރިއަށް ޖެހިލަމުން ބުނެލިއެވެ.

“އެހެން އެއްވެސް މީހަކަށް ދެއްކިންތަ އަނެއްކާ” މަލަކާ އަހާލީ ކުޑަކޮށް ބިރުން ހުރެއެވެ.

“ނޫން. އެހެން އެއްވެސް މީހަކަށް ނުފެންނާނެ. ތީ އަހަންނާއި ހަވާލުވި މަލަކާގެ ފުރަތަމަ އަމާނާތް. އަހަރެން އުޅުނީ ދެމީހުން ކައިވެނި ކުރާ ރޭ މަލަކާގެ އަމާނާތް މަލަކާއާއި ހަވާލުކުރަން. އެކަމަކު ހިޔެއް ނުވޭ ދެން  އެދުވަސް އަންނާނެހެން. އިން ޝާ ﷲ އަހަރެން ޔަގީންކޮށްދޭން ތިފޮތުގައި ލިޔެވިފައިވާ ކޮންމެ ޖުމްލައެއް ކޮންމެ ބަހެއް އަހަރެންގެ ފަރާތުން އެހެން އެއްވެސް މީހަކަށް ނޭނގޭނެކަން. މަލަކާގެ ސިއްރުތައް އަހަރެން ހިފަހައްޓާނަން” ޝައިމް ހިތްވަރުކޮށްލާފައި ބުނެލިއެވެ.

“މީގަ ހުންނާނެ އިނގޭ މަލަކާ ލަދުގަންނަވަރުގެ ސިއްރުތަކެއް” މަލަކާ އުޅުނީ ޝައިމް ހެއްވާލެވޭތޯއެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ޝައިމްގެ މޫނުމަތިން ސީރިއަސްކަން ފެންނަމުން ދިޔައެވެ. ނުރޯން ވަރަށް ހިތްވަރު އެބަކުރެއެވެ. މަލަކާގެ ލޮލަށް ބަލަހައްޓައިގެން ހުރީ އެފުން ދެލޮލަށް ގެބުނަސް ފަރުވާލެއް ނެތޭ ބުނާ ފަދައަކުންނެވެ.

ޝައިމް މިފަދަ ގުރުބާންތަކެއް ވަމުން ދާއިރު ފޮތިފޮތިވަމުންދާ އެހިތަށް އަޅާލާނީ ކާކު ހެއްޔެވެ؟ ރަހުމާއެކު އެހިތުގައި ފިރުމާލަނީ ކޮން އަތަކުން ހެއްޔެވެ؟ ބާކީ ވެއްޖެކަމުގެ އިހްސާސް ކުރެވެމުން ދިޔައެވެ. ދެން އަލުން އެހެން މީހެއް ދެކެ ލޯބި ވުމުގެ ހިތްވަރެއް ނެތެވެ.

“ޝައިމް” މަލަކާ  ޝައިމް ގައިގައި ބައްދާލިއެވެ. ވަރަށް ބާރަށެވެ. ދެން ދުވަހަކުވެސް ދޫކުރާ ހިޔާލެއް ނެތިއެވެ. ޝައިމްގެ މޭގައި މޫނުޖެހުމާއެކު މަލަކާގެ އެސްފިޔަތައް ފޫދުއްވާފައި ކަރުނަތައް އޮހިގަތެވެ. އެހިތަށް ކެތްނުވީއެވެ.ގޮތެއް ނިންމާފައި އޮތަސް ޝައިމްގެ ފަސްފަހަތުން ދާން ހިތް އޮބި ނޯންނަ ވަރަށް ގޮވަމުން ދެއެވެ.

“އޭ މަލާ.. މަލާ ނުރޮއި. އަހަރެން މިއަދުވެސް ބުނީމެއްނު ދެން އެއްމެ ފަހަރަކުވެސް މަލަކާ ރޯތަން އަހަންނަށް ފެނިގެން ނުވާނޭ.. އެހާ އަވަހަށް ހަނދާން ނެތުނީތަ” ޝައިމް މަލަކާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“މަލާ ރޯތަން ފެނި އަހަންނަށް ވެސް ރޮވިދާނޭ” ޝައިމްއަށް އެހެން ބުނެވުނު އިރު އޭނާގެ ލޮލަށްވެސް ކަރުނަ ޖަމާވަމުން ދިޔައެވެ.

Share Article

Follow Me Written By

maroon

Level 710 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ނޭގޭހޭ؟

Next

ތި ލޯތްބަށްޓަކައި (23)

Next
October 12, 2017

ތި ލޯތްބަށްޓަކައި (23)

Previews
October 12, 2017

ނޭގޭހޭ؟

66 Comments!

  1. maroon says:
    October 12, 2017 at 7:27 pm

    Salaam kiyunthereen. Vaahaka mihaaru kuriah dhaa gothaai medhu thikudhinge hiyaalaky koba?
    Ragalhu kuran kameh othiyya bunelahchey. Thidhey hiyvarah shukuru.
    Loves ?

  2. $JK..KOREAN says:
    October 12, 2017 at 7:32 pm

    me first

    1. maroon says:
      October 12, 2017 at 7:34 pm

      What do you think of this part dear?

    2. $JK..KOREAN says:
      October 12, 2017 at 7:47 pm

      OMG hama rovijje. aslahvx,. so emotional.. 🙁 alhe malakaa n shaim gulhuvaaba dhn.. vvvv reethi mi part. BEST BEST .. story hama baraabarah mi dhany but kudathankolheh rangalhu kohlaifiyya e nimuny. hehe aee shaim n malakaa gulhuvun 😉 😉 😉 hey kuda thankolheh alhaigaiyy.. “meyzumathy oih (bis)nagamun” aslu innaany. but ethaaga neih BIS jehifaeh. 🙂 hope u’ll correct it. n vvv funny inge emyhun badhigeyga ulhunu goih.. hehehehe.. heehee halaaaku hama.. waiting for nxt part.. ly

    3. $JK..KOREAN says:
      October 12, 2017 at 7:50 pm

      so so so happy to get first from ur story marooo 🙂 🙂

    4. maroon says:
      October 12, 2017 at 7:55 pm

      V bodah shukuriyyaa sjki❤
      Ethan ragalhu koffa innaany mihaaru ngey.
      Dhn buni kanthah ragalhu kurumaai medhu visnaalaanan?
      Loves ❤❤
      Thanku again

  3. Shaima says:
    October 12, 2017 at 7:34 pm

    Wow vvvvvvvv reethi miparet ves,waittting

    1. maroon says:
      October 12, 2017 at 7:43 pm

      Thanku shaima ? ?

  4. binnu says:
    October 12, 2017 at 7:39 pm

    Salhi ❤❤❤me first

    1. maroon says:
      October 12, 2017 at 7:44 pm

      Thanku binnu ??
      First noon dhw mifaharu sjki first
      Anyway glad you read the story

  5. Kaileen says:
    October 12, 2017 at 7:48 pm

    Wow … perfect … ❤️❤️❤️Vvvvvv furihama … when next part ???? Watin waitin

    1. maroon says:
      October 13, 2017 at 12:24 am

      Thanku kaileen insha Allah friday night ??

  6. Juvey says:
    October 12, 2017 at 7:49 pm

    V nice ..alhey maroon malkaa n shaim thi varah nurohvaa e dheneehun gulhuva bala pls ..

    1. maroon says:
      October 13, 2017 at 12:25 am

      Thanku juvey. I ll think abt it ?
      ??

  7. sana says:
    October 12, 2017 at 8:00 pm

    Nice ????

    1. maroon says:
      October 12, 2017 at 8:08 pm

      Thanku ??

  8. ? says:
    October 12, 2017 at 8:01 pm

    Hagygathuga huri hama ekani dharyge ufaa thah gurubaan vun kada
    Mashah hadi mihaaru mivaahaka dhaa giiii

    1. maroon says:
      October 12, 2017 at 8:10 pm

      Mee story eh. Adhi real life gaves mihenvey. Emmen beynunvaa gothah nuve higaidhaane. Anyway thanku thi dhin hiyaalah. ??
      Heekuran kuriah huri baithah kiyaane kamah

  9. sana says:
    October 12, 2017 at 8:02 pm

    Maroon you’re girl or boy?

    1. maroon says:
      October 12, 2017 at 8:11 pm

      Girl

  10. fazoo says:
    October 12, 2017 at 8:02 pm

    V vvv reethi
    Next part thiahvvuren reethivaane kamah ummeedhu kuran

    1. maroon says:
      October 12, 2017 at 8:11 pm

      Thanku fazoo ??

  11. samahaa says:
    October 12, 2017 at 8:04 pm

    Story ge photo is very nice and story is very nice

    1. maroon says:
      October 12, 2017 at 8:12 pm

      Thanku samahaa ??

  12. mal says:
    October 12, 2017 at 8:46 pm

    Shaim ge e hiy fothi fothi vaathan sifa kurevi ahrnge mi hiy vx kudhi kudhi vany eve…??.. hama aslah vx maroo.. shaimge ihusaas in bai v super.. i loved that.. firihenakah loabi nulibign ehaa dhera vgn ulhey ihusaas knmes varakah eba kurevey… v v v nice.. kyp it up.. dhn story dhaagoi dhw.. v v v v v ryhchoooo…?? n one more thing.. bis kaahithun moyavaa kudhin ulbeykan mi part kyma egijje..? hehe?.. ly maroo?❤

    1. maroon says:
      October 12, 2017 at 8:57 pm

      Hehehe. Mi part liyunu iru mal iyye bihuge vaahaka dhekki hadhaanvyma ?
      Thanku so much love ❤
      Love u too ?

  13. asi says:
    October 12, 2017 at 8:49 pm

    Nice next part koniraku

    1. maroon says:
      October 13, 2017 at 12:26 am

      Thanku asi ??

  14. Mariyam Ubaid says:
    October 12, 2017 at 8:52 pm

    Ekam haadha reeechey

    1. maroon says:
      October 13, 2017 at 8:13 am

      Thanku dear ??

  15. sannatii says:
    October 12, 2017 at 8:54 pm

    Alhey shaim aa malakaa gulhuveybaley..haadha dhera veyey abadhu roathee…??

    1. maroon says:
      October 13, 2017 at 8:14 am

      Thanku sannatii ??

  16. click a shot ? says:
    October 12, 2017 at 9:35 pm

    hey maroon…kihinehtha??..alhey malaak aa shaim ge haalathu hunna gothun haadha hihdhathi veyey..?edhemyhun gulheyni konirakun baa…hmm..vaahaka kuriyah dhaagoi hama varah furihama..well done…haha..malakaa ah hurihaa ladeh dhw milibuny..next part ah ehaa dhigu inthizaareh kuraa kah nujeheyne dhw..maroon’s mood is ready..hehe.?but still waiting ingey..Love you ❤️

    1. maroon says:
      October 13, 2017 at 8:15 am

      Maroon ragalhu. Click kihinei
      Yh gulheyne nama dhw ?
      Yh nujeheyne in sha Allah loves ??

    2. click a shot ? says:
      October 13, 2017 at 8:50 am

      click ves rangalhu..?

  17. Nagma says:
    October 12, 2017 at 9:40 pm

    Nimuneetha ??

    1. maroon says:
      October 13, 2017 at 8:16 am

      Nooney. Anekka mihusaabyn nimmaalanvytha ?

  18. khajja says:
    October 12, 2017 at 10:06 pm

    Ohhh wow haadha amotional ey asluves v v rythi vv asarugadha??? whn nxt prt stry kiyamundhaairu image vey hama ehaaves furihama huttaanulaa hama kiyaahiyvany nimendhen but kykkuraany dhw nxt prt avaskolladhechchey gud nyt ly???❤❤??????

    1. maroon says:
      October 13, 2017 at 8:17 am

      Thanku khajja ??
      Next part soon
      Loves

  19. Malaka says:
    October 12, 2017 at 10:31 pm

    Vaahaka varah reethi. Ekahala sacrifce eh kureveyny v madhu bayakah. kihaa loabivaathy eulheny. I really love you shaim gadaa. Wait for me.

    1. Shaim says:
      October 12, 2017 at 10:46 pm

      Roon v molhu dhw malaa…. Ekam keeh kuraanee roon noolhey ahurun dhemeehun gulhuvaakah. ….Roon thihen nuhadha. …Dhefaiga hifaa aadheys kuran….???????

    2. maroon says:
      October 13, 2017 at 8:23 am

      Shaim maa bodah dhera nuvey. Dhefaiga hifaa adheys kureema hiyaalu badhaluvedhaane ?
      Thanku shaim ??

    3. maroon says:
      October 13, 2017 at 8:18 am

      Hehe. Malaka. Bunelaanan shaim kairee thihen ?? thanku

  20. Reet says:
    October 12, 2017 at 10:35 pm

    Biss

  21. Adha? says:
    October 12, 2017 at 10:37 pm

    Mi part Kiyaafa ves mi indheveny hama comment nukoh.. bunaane ehcheh neyngifa.. haadha molhey maroon majaa thanthankolhu gennairu hevvaalaa? varu kohlaane..
    Sad vaa thanthankolhuga rovey? varu kohlaa.. haadha molhey sifakurunthah.. shaim ge haalathu saifa kuri iru heevee shaim kurimathy hurihen..?hehe.. nd i love that kitchen part.❤?
    Next part ves avass kohlahchey..?
    Waitingss❤❤❤❤

    1. maroon says:
      October 13, 2017 at 8:21 am

      Thanku adha ?
      Hehehe. Kitchen part dhw ?
      Ufaa vejje comment kollythy?
      Next part soon ?

  22. mal-mal says:
    October 12, 2017 at 11:22 pm

    mi part ves varah reethi!????????????? ekamu dhuvahakuves Shaim ah Malaa nulibijjeyyaa muno?? ehenves dhiriulhumugai vedhaane. mi inthiaaru kurany dhen oi bayah. Maroon, mal-mal hurihaa part ehves kiyan ekamu test dhuvas vaaru vyma varah busy ehenve comment nukureveny. story varah shauguveri ingey! ???????

    1. maroon says:
      October 13, 2017 at 8:25 am

      Yh dhuvahakuves nulibejeyya kyhkuraany ?
      Thanku so much.
      And goodluck with ur exams.
      ??

  23. Naufa says:
    October 12, 2017 at 11:38 pm

    Woww.. Maasha allah.. Alhey haadha reechey.. Hehe.. Mi stry ge ebai v gulhey my life aa.. Aslu boy eh cry kuraathan fenunyma v hurt vey.. They cry like in a painful way wen they r in love.. Ah.. I hv seen it.. So shaim ge e fylins v rythikoh imagine vi.. Hehe.. Anyway stry v v v lwbi.. Waiting for the next part.. ❤❤??

    1. maroon says:
      October 13, 2017 at 8:27 am

      Girlge baitha anekka gulheny?
      Maroon ah nufeney boy eh rui thaneh. Imagine kollaaf mi liyunee. Anyway v happy vejje ragalhah genevunythy.
      And ur story is amazing naufa.
      Thanku ??

    2. Naufa says:
      October 13, 2017 at 8:57 am

      No.. Boy ge bai.. Hehe..?.. N thanks..❤

  24. mamee says:
    October 13, 2017 at 12:31 am

    Maroon ge vaahaves vvv reathi??????

    1. maroon says:
      October 13, 2017 at 8:27 am

      Thanku mamee ??

  25. Maroon ge fan?? says:
    October 13, 2017 at 9:34 am

    Ma mi vhk abadhuves kiyanee up vaan fesheemaa..ekam comment mi kollee alah.. Reethi kamun cmnt nukoh hama neendhevun? maroon dhn kn irakun next part? Waiting.. Ly maroon?

    1. maroon says:
      October 13, 2017 at 12:01 pm

      Thanku dear fan. Thihaa support dheythy v bodah shukuriyyya ?
      Loves. In sha Allah soon ?

  26. sam♥ says:
    October 13, 2017 at 11:27 am

    wow … lovely ♥♥♥

    1. maroon says:
      October 13, 2017 at 12:01 pm

      Thanku sam. ??

  27. maya says:
    October 13, 2017 at 11:38 am

    Warah reethi story . I hope malaka and shaim awahah gulheyne kamamah next part awahah up kohladhehey

    1. maroon says:
      October 13, 2017 at 12:02 pm

      Mee too ?
      Thanku maya ??

  28. Shudha says:
    October 13, 2017 at 12:04 pm

    Heart touching moment… edhemyhun adhi ehthan vaane In Shah Allah… V reethi hama rovunu dhemme… i can feel their true love… and its because of ur amazing writing skills.. keep the work up ?…love you maroon ??❤??

    1. maroon says:
      October 13, 2017 at 2:51 pm

      Thanku shudha ??
      In sha Allah kommeves dhuvahakun dhw. Loves ?

  29. Xna says:
    October 13, 2017 at 7:19 pm

    Hurt vefa oi heart akaa eku furaagen dhaanee Tha Hama.. ? Waiting dear…
    I wish 4dh success and improvement on ur strys day by day…insha Allah it will become super hit one day❤

    1. maroon says:
      October 13, 2017 at 7:37 pm

      Hama gosdhaane dhw xna
      Thanku ??

  30. maroon says:
    October 13, 2017 at 10:12 pm

    Vaahaka dhigukoh genesdheyn gasdu kuraathy mirey up kurumuge badhalugai maadhama hedhunu up kolla dheynan

    1. $JK..KOREAN says:
      October 13, 2017 at 10:30 pm

      okay maroo 🙂 🙂 will wait

  31. kayaa says:
    October 14, 2017 at 9:47 am

    maraa avas kohdhyba varah kiyaa hithun mihury plx

Comments are closed.


All Right Reserved!