ފެނުން ތޮޅިލުމަށްފަހު އެރި އިރުގެ ރަން ދޯދިތަކުން މުޅި ދުނިޔެ އުޖާލާވެގެން ދިޔައެވެ. އުޑުމަތީގައި ރީތި އެކިއެކި ކުލަ ޖައްސަމުން އިރު އެރުމާއެކު ދޫނި ސޫފާސޫފިތައް އެސޮރުމެންގެ ހާލިތަކުން ނުކުމެތިބެ ހެނދުނުވެއްޖެކަން އިއުލާނުކުރަމުން ދިޔައެވެ.
ހެނދުނުގެ މިހިތްގައިމު ވަގުތު ރަށުގެ އަތިރިމަތީގައި އެކަނިމައި އެކަނި މިއުޝީން އިނށީދެލައިގެން އިނެވެ. ދެކަކޫ ގެނެސް މޭގައި ޖައްސައިލައިގެން ދެއަތް ކަކުލުގައި ވަށައިލައިގެން އިނދެ މޫދާ ދިމާއަށް ބަލަމުންދިޔަ މިއުޝީންގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ހިތާހިތުން އަމިއްލަ ނަފުސް ކުށްވެރިކޮށް އޭނާގެ ހަޔާތާ މެދުގައި ޝަކުވާކުރަމުން ދިޔައެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވާ އެމާހައުލަށްވަނީ ފަޅުކަންވެރިވެފައެވެ.
އިރުކޮޅަކު އެހެން އިނުމަށްފަހު މަޑުމަޑުން މިއުޝީން އޭނާގެ އަތުގެ ނުފުށުން ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލިއެވެ. ކިތަންމެވަރަކަށް އެކަރުނަތައް ފުހުނަސް، އެއަކަށް ނިމުމެއް ނާންނާނެކަން އޭނާއަށް އެނގެއެވެ.
ހިންދެމިލަމުން މިއުޝީން އިންތަނުން ތެދުވިއެވެ. އަދި ގައިގައި އުނގުޅިފައިހުރި ވެލިތައް ފޮޅާލިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު މިއުޝީން ހިނގައިގަތީ ގެއަށް ދިއުމަށެވެ. އޭނާ ކިރިޔާ ލަސްވިޔަސް މަންމަ އޭނާ ރޮލައި ކާލާކަށް ފެހެއްނުޖެހޭނެކަން މިއުޝީންއަށް އެނގެއެވެ. މިއުޝީނަކީ އުފެދުމުގައި ކަނައަތުފައިގެ ކަކުލުހުޅުގައި ހުރި މައްސަލައެއްގެ ސަބަބުން ހިނގައިބިގައިވެ އުޅުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަމަކާ ކުރިމަތިވެފައިވާ ކުއްޖެކެވެ. އޭނާ ހިނގާއިރު ކޮންމެވެސް ވަރެއްގެ އައިބުކަމެއް ހުންނާތީ މީހުން އޭނާއަށް ޖޯކުޖަހައި މަލާމާތްކޮށް ހަދައެވެ. އެތަންފެނި ކިތަންމެ ވަރަކަށް ހިތުގައި ރިއްސި ނަމަވެސް މިއުޝީން އެއްވެސް މީހަކާމެދުގައި ހިތުގައި ބުރަކަމެއް ނުބާވައެވެ.
ބާރުހިނގުމެއްގައި ގެއަށް ވަތް މިއުޝީންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ގޭގެ ޖޯލިފަތީގައި އޭނާގެ މަންމަ ހަރީރާއާ ވާހަކަދައްކަންއިން މުސްކުޅި މީހާފެނިފައެވެ. މިއުޝީން ފެނުމާއެކު ނިކަން ފުންނަޒަރަކުން އެމީހާ މިއުޝީންއަށް ބަލައިލިއެވެ. ދުފައި ރަތްކޮށްލައިގެން އިނދެ އޭނާ މިއުޝީންއާ ދިމާއަށް ހިނިތުންވެލިއެވެ. އެތަން ބަލަންއިން ހަރީރާގެ ތުންފަތްމަތީގައިވެސް ނުލަފާ ހިނިތުންވުމެއް ދުވެލިއެވެ. އެމީހާއަށް ފާޑަކަށް ބަލައިލުމަށްފަހު މިއުޝީން ބާރުހިނގުމެއްގައި ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ.
“ކޮބާ ކަމުދޭތަ؟ އެއީ އަހަރެންގެ ދޮށީ މަންޖެ. މިއުޝީން.” ވަށްކަޅިން މިއުޝީން ދިޔަ ދިމާއަށް ބަލަންއިން ހަސަން މަނިކުގެ މޫނަށް ބަލައިލަމުން ހެވިފައި ހަރީރާ އަހައިލިއެވެ. “އާން. މާބޮޑަށްވެސް ކަމުދޭ. އެކަމަކު އޭނަ އަހަރެންނާ ރުހޭނެތަ؟” މޭގައި އެއްއަތުން ފިރުމައިލަމުން ހަސަން މަނިކު ބުނެލިއެވެ. “ހަސަން ތިކަމާ ނުވިސްނާ. އޭނާއަށް ޖެހޭނީ އަހަރެން ބުނާގޮތް ހަދަން.” ބިލެތް ކޮޅެއް އަނގަޔަށްލަމުން ހަރީރާ ދިނީ އޭނާގެ ބަހުގެ ޔަގީންކަމެވެ. “މައްސަލައެއްނެތް. ހަރީ މިކަން އަހަރެންނަށް ކޮށްދީފިއްޔާ ހަރީ ބުނި އަދަދަކަށް އަހަރެން ފައިސާ ދޭނަން. އެހަށް އަހަރެން ގޮސްލީ. އަދި ހަވީރުއަތަށް އަޅައިލީމަ އަންނާނަން. އެމަންޖެ ނިކަން ރީޗަށް ތައްޔާރު ކޮށްފަ ބަހައްޓަށްޗޭ.” ހެވިފައިހުރެ ހަސަން މަނިކު އެގެއިން ނުކުމުގެން ދިއުމުން ހިތްހަމަޖެހިފައި ހަރީރާ އިންތަނުން ތެދުވެ މިއުޝީންގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ދޮރުހުޅުވައިލި އިރު އެނދުގައި އޮތް މިއުޝީން ފެނުމުން ދުންޖަހާފައި ހަރީރާ އެތެރެއަށް ވަނެވެ. “އޭތް. ހަމަ މިހާރު ތެދުވޭ. ނިކަން ރަނގަޅަށް އަހަރެން މިދައްކާ ވާހަކަ ކަލޭ ޖެހޭނެ އަޑުއަހަން.” މިއުޝީންގެ ކަންފަތުގައި ހިފައި އަނބުރައިލަމުން ހަރީރާ ހަޅޭލަވައިގަތެވެ. “އައްދޯ މަންމާ. ތަދުވެޔޭ.” މިއުޝީނަށް ރޮއެގަނެވުނެވެ. “ހޫން. އަހަރެންނަށް ހެޔޮ ތަދުވިޔަސް. އެހެންޏަ. އަހަރެން މިތަނަށް މިއައީ ކަލޭ ގައިގަ ލޯބިން ފިރުމަންތަ؟” މޫނު ކުނިކޮށްލަމުން ހަރީރާ އަނެއްކާވެސް ހަޅޭލަވައިގަތެވެ.
“އަޑުއަހާ. މިހާރު ކަލެއަށްވެސް 18 އަހަރުވީ. ދެން ކޮންމެހެން އަހަރެންނަށް އުނދަގޫކުރަން މިގޭގައި އޮންނާނެކަމެއްނެތް. އަހަރެން މިއައީ ކަލޭގެ ކައިވެނި ހަސަން މަނިކާ ހަމަޖައްސާފަ. މިކަމަށް ކަލޭ ރުހުނަސް އަދި ނުރުހުނަސް އަހަރެންނަށް ހެޔޮ. އެހެންވީމަ ދެކޮޅަށް އެއްވެސް އެއްޗެއް ބުނެގެން ނުވާނެ. އަޑުއިވިއްޖެ.” ޝަހާދަތް އިނގިލި މިއުޝީނާ ދިމާއަށް ދިއްކޮށްލަމުން ހަރީރާ ކޮށްލީ އަމުރެކެވެ.
“އެކަމަކު މަންމާ. އެއީ މުސްކުޅިއެކޭ. އަހަރެންނަށްވުރެ އުމުރުން..” މިއުޝީންގެ ވާހަކަ މެދުކެނޑުނީ ހަރީރާ އޭނާގެ އިސްތަށިގަނޑުގައި ހިފުމުންނެވެ. “ކޮން އެކަމަކު މިކަމަކެއްތަ؟ އަހަރެން ފެށި އިރުވެސް ބުނިންދޯ ކަލޭ ރުހުނަސް ނުރުހުނަސް މިކަވެނި ކުރެވޭނޭ. ދެން ކޮން އުމުރެއްގެ ވާހަކައެއްތަ ތިދައްކަނީ؟ ހުއް ވަރަށް ފޫހިވޭ. އަދި ބުނެފިއެއްނު އެއީ މުސްކުޅިއެކޭ. ހިތުން މީދެން މާރީތި މީހެއްވިއްޏަ. އެހެރަ ލޯގަނޑު ކުރިމައްޗަށްގޮސް ނިކަން ބަލާބަލަ ތިހިރަ ސޫރަ. ޗީ ޗީ. މުސްކުޅިއެއް ނޫނީ ކަލޭކަހަލަ ހަޑި މީހަކަށް އިންނަން ލިބޭނެތަ؟ ތި ބުޅި އިސްތަށިގަނޑު ފެނުނަސް މީހުންގެ ލޮލަށް އުނދަގޫވާނެ.” ނުލަފާ ހިނިގަނޑެއް ޖަހައިލަމުން ހަރީރާ މިއުޝީނަށް މަލާމާތްކޮށްލިއެވެ. ހަރީރާގެ ވާހަކަތަކުން މިއުޝީންގެ ހިތް ބިއްލޫރިކޮޅެއް ފަދައިން ކުދިކުދިވެގެން ދިޔައެވެ. އެލޮލުން ހޯސްލާފައި ވޭނީ ކަރުނަ އަންނަންފެށިއެވެ.
“މަން.. މަންމަ ކީވެތަ އަހަރެން ދެކެ ތިހާ ރުޅިއަންނަނީ؟ ނަހަލާލު ދަރިއަކަށް ވުމަކީ އަހަރެން ކުރި ކަމެއްތަ؟ އެއީވެސް މަންމަމެންގެ އިހުމާލުން ވީކަމެއްނު. ކީއްވެތަ އޭގެ ސަޒާ އަހަރެންނަށް ތިދެނީ؟” ހިތުގައި ޖެހިފައި މިއުޝީން ބުނެލިއެވެ. “އޭތް. ކަލޭ މިހާރު އަހަރެން ކުރިމަތީގަ ޒުވާބުކުރަންވެސް ފެށީތަ؟ އަދި ބުނެފިއެއްނު ނަހަލާލު ދަރިއަކަށްވީ އަހަރެންގެ އިހުމާލުންނޭ. އެއީ ކަލޭގެ ބަފާ އަހަރެންނަށް ދިން ލަނޑެކޭ. ލޯބީގެ ދަޅަ ދައްކައިގެން އަހަރެންގެ ސިކުނޑި ހައްލައިލީ. އެންމެފަހުން އަހަރެންނަށް ނަހަލާލު ދަރިއެއްދީފަ އެދިޔައީއެއްނު ފިލައިގެން. ކަލޭ ފެނުނަސް އަހަރެން އެނުބައި ނުލަފާ ބޭވަފާތެރިޔާމަތިން ހަނދާންވަނީ. އެހެންވެ އަހަރެން ކަލޭ ދެކެ ރުޅި އަންނަނީ. އަޑުއިވިއްޖެތަ؟” މިއުޝީންގެ މޫނުމަތީގައި އަތުގައިހުރި ބާރެއްލައިފައި ތަޅައިގަންނަމުން ހަރީރާ އަޑުގެ ކޮޅަށް ހަޅޭލަވައިގަތެވެ. ވީތަދުން މިއުޝީންގެ ތުންފަތްދެމެދުން މަޑު އާހް އެއްގެ އަޑު ބޭރުވިއެވެ. ނަމަވެސް އެއަޑުވެސް ހަރީރާއަށް ނީވޭފަދައެވެ. އޭނާ މިއުޝީންދެކެ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. އެފަކީރާ ދިމާއަށް ކޮންމެފަދަ އެއްޗެއް ކިޔާކަށްވެސް ހަރީރާ ފަހެއްނުޖެހެވެ.
ހަރީރާ ގަބޫލުކުރާގޮތުގައި މިއުޝީނަކީ އޭނާގެ މުޅި އުމުރުގައިވެސް ކުރެވުނު އެންމެބޮޑު ކުށެވެ. މިއުޝީން ނަހަލާލު ދަރިއަކަށްވުމުން އެރަށު މީހުން އޭނާއާ ދިމާއަށް ވަރަށް މަލާމާތްކޮށް ހެދިއެވެ. އެދުވަސްކޮޅު ގެއިން ބޭރަށް ބޯދިއްކޮށްލުންވެސް ހަރީރާއަށް ވެފައިވަނީ ދަތިކަމަކަށެވެ. ގެއިގައި އޮތެއްކަމަކު މައިންބަފައިންގެ ނުރުހުގެ ބަސްތަކާއި އަނިޔާއާއިވެސް ކުރިމަތިލާން އޭނާއަށް ޖެހުނެވެ. މިއުޝީން ވިހެއިފަހުންވެސް އެރަށުގެ މީހުން އޭނާއާ ދޭތެރޭ އަމަލުކުރީ އެގޮތަށެވެ.
އެހުރިހައި ކަމަކުން ހަރީރާގެ ހިތަށް ކުރަމުންދިޔަ އަސަރާއި އަންނަ ރުޅިގަނޑު އެންމެފަހުން އޭނާ ބާލަންފެށީ އެކުޑަ ކުޑަ ކުށެއްނެތް މައުސޫމް އަންހެންކުއްޖާއަށެވެ. ބޮޑުވެގެން އައި އިރު މިއުޝީން ހިނގައިހަދާއިރު އެހުންނަ އައިބު ގޮތްފެނި ޚުދު އޭނާވެސް މިއުޝީނަށް މަލާމާތްކޮށް ހަދައެވެ. އެކުޑަކުޑަ ހިތަށް އަސަރުކުރާނެ ވަރުވެސް ހަރީރާއަށް ނުވިސްނޭ ފަދައެވެ. އޭނާގެ މައިންބަފައިންގެ ނުރުހުމުގެ ބަސްތަކުގެ ސަބަބުން އެންމެފަހުން މިއުޝީން ރަށުގެ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަކަށް ދެއްކުމުން އެނގުނު ގޮތުގައި އެއީ އޮޕްރޭޝަން ކޮށްފިނަމަ ރަނގަޅު ކުރެވޭނެ ކަމެވެ. ނަމަވެސް ފައިސާގެ ދަތިކަމާއެކު ހަރީރާ މިއުޝީންދެގެ އެއްވެސް ވަރަކަށް ލޯބި ނުވާތީ އޭނާ ރަނގަޅުކުރަން ހަރީރާ އެވަރަކުން ނޫޅުނީއެވެ.
މިއުޝީންގެ އުމުރުން 3 އަހަރުގައި ހަރީރާ އިތުރުމީހަކާ ކައިވެނިކުރިއެވެ. އޭރު އޭނާއޭ ކިޔައިގެން ރަށުތެރޭގައި ދެކެވެމުން ދިޔަ ވާހަކަތައްވެސް ވަނީ ކޮންމެވެސް ވަރަކަށް ހިނދިފައެވެ. އެކައިވެންޏަށް 2 ކުދިން ލިބުނުއިރު ހަރީރާ އެކުދިންދެކެ ލޯބިވަނީ އަމަށަކު ވަރަކަށް ނޫނެވެ. ސިއްރު ސިއްރުން އެމަންޒަރުތައް ބަލަން ހުންނަ މިއުޝީންގެ ހިތުގައި ރިއްސައެވެ. އެދެލޮލުން ކަރުނަ ނުއޮހޮރޭ އެންމެ ރެއެއްވެސް ނުދާނެއެވެ. އެދެކުދިން ބޮޑުވެގެން އައީ ހިތްހަމަޖެހުމާއި ލޯތްބާއި އަޅައިލުން ލިބިގެންނެވެ. ނަމަވެސް މިއުޝީނަށް ޖެހުނީ އަމިއްލަ ގޭގައި، އަމިއްލަ މަންމަ ގާތުގައި ނޯކިރީކަން ކޮށްދީގެން އުޅޭށެވެ. އެހާލުގައި އުޅެމުންވެސް އޭނާ އޭލެވެލް ކިޔަވައި ނިންމިއެވެ. ގޭތެރޭގައި ކުރަންޖެހޭ ހުރިހައި ކަމެއް ކުރަނީ މިއުޝީން އަމިއްލައަށެވެ. އެފަކީރު ކިތަންމެ ބަލިނަމަވެސްއެވެ.
މިއުޝީނަށް ސަތާރު އަހަރުފުރުނު ދުވަހު މަސްބާނަން ގޮސްގެން އުޅުނު އޭނާދެ ދޮންބައްޕަވަނީ ހާރޓްއެޓޭކެއް ޖެހިގެން ދުނިޔެ ދޫކޮށް ގޮސްފައެވެ. އޭރު އެމީހުން އުޅެމުންދިޔަ ގެ އެންމެ ޒަމާނީ ފެންވަރަށްހެދިފައިހުރުމާއިއެކު އަދި ގެއާއި ޖެހިގެން އެމީހުންގެ އަމިއްލަ ކުޑަ ފިހާރައެއްވެސް ހުޅުވިފައި ހުރުމުން، އެއްވެސް ދަތިކަމެއްނެތި އެމީހުންނަށް ދިރިއުޅުމައިގެން ކުރިއަށް ދެވުނެވެ.
މިއުޝީންގެ ދުލުން ނުކުތްޖުމުލަތަކާއެކު ހަރީރާ އޭނާގެ ކުރީގެ ދިރިއުޅުން މަތިން ހަނދާންވިއެވެ. ހިނދުކޮޅަކަށް އެމޫނުމަތިން ހިތާމައިގެ އަސަރު ފާޅުވަން ހުއްޓެވެ. އެހެނަސް އެނދުގައި އޮވެ ރޮމުން ގިސްލަމުންދިޔަ މިއުޝީން ފެނުމުން ވަގުތުން އޭނާގެ މޫނު ބަނަވެގެން ދިޔައެވެ. މިހުރިހައިކަމެއްވެސް މިދިމާވަނީ މިއުޝީންގެ ސަބަބުންކަމަށް ހަރީރާ ދެކުނެވެ. އަދި އެއްފަހަރު މިއުޝީން ގައިގައި ބޮނޑިއެއް އަޅައިލުމަށްފަހު ކޮޓަރިން ނުކުނަން އޭނާ ހިނގައިގަތެވެ.
“އޭތް. ދެން ތިހެން ރޯން އޮންނަންވީކީ ނޫނޭ. ކަލޭ ތިހެން އޮތީމަ ކާކުތަ ސައި ހަދާނީ؟ ހަމަމިހާރު ތެދުވެގެން އާދޭ. ކިތަންމެވަރަކަށް ތިހެން ރޯން އޮތަސް އެކަކުވެސް ނާންނާނެ ކަލޭގެ ތިކަރުނަތައް ދެކޭކަށް.” ދޮރުހުޅުވައިލަމުން އެނބުރި މިއުޝީންގެ މޫނަށް ބަލައިލަމުން ރުންކުރުގޮތަކަށް ހަރީރާ އެެހެންބުނެލުމަަށްފަހު ޖެހުނު އެންމެ ބާރަކަށް ދޮރު ޖަހައިފައި ދިޔައެވެ.
ގިސްލަގިސްލާފައި ރޯންއޮތް މިއުޝީންގެ ހިތްވަނީ ފިސްފިސްވެފައެވެ. މިމުޅި ދުނިޔޭގައިވެސް އޭނާއަށް ހެޔޮއެދޭނެ ހަމަ އެކަކުވެސް ނެތީހެއްޔެވެ؟ އިރުކޮޅަކު އެހެން އޮތުމަށްފަހު ތެދުވެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލުމަށްފަހު ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓިލިއެވެ.
އޭނާހަމަ އެހައި ހުތުރު ހެއްޔެވެ؟ އަމިއްލަ ސޫރައަށް ބަލަމުން މިއުޝީން ވިސްނަމުން ދިޔައެވެ. ބޮޑު ނަމްބަރު އައިނަކުން ދެލޯ ފޮރުވިފައި ވާއިރު އޭނާގެ ބޮޑު ބުޅި އިސްތަށިގަނޑުގެ ސަބަބުން ބަލާމީހަކަށް އުނދަގޫވާނެކަން ޔަގީނެވެ. މޫނުގެ ބޮޑު ބައެއްވަނީ އެބުޅި އިސްތަށިގަނޑުގެ ސަބަބުން ފޮރުވިފައެވެ. މިއުޝީން ގާތަށް ރުޅިއައެވެ. އެއިސްތަށިގަނޑު މަތަކުރުން އޭނާއަށްވަނީ އުނދަގޫ ކަމަކަށް ވެފައެވެ. އެއީވެސް ރަށުގައި އުޅޭ ޒުވާންފުރައިގެ ކުދިން އޭނާއާ ދިމާކޮށް މަލާމާތްކުރާ އެއްސަބު ވިއްޔާއެވެ. ހަންޑި ކުއްޖާގެ ނަމުންވެސް ބައެއް ލާނެތް ކުދިން އޭނާއަށް ގޮވައި ހަދަނީ އެބުޅި އިސްތަށިގަނޑުގެ ސަބަބުންނެވެ. މިއުޝީންގެ ދެލޯ އަނެއްކާވެސް ފެންކަޅިވެގެން ދިޔައެވެ. ނަމަވެސް ހިތްވަރުކޮށްފައި ގަދަކަމުން ކަރުނަތައް ދިރުވައިލަމުން އަވަސް އަވަހަށް ގޮސް ބަދިގެއަށް ވަނީ ހެނދުގެ ނާސްތާ ތައްޔާރުކުރުމަށެވެ.
މަސްހުނިމޮޑެން ފިޔާކޮށަމުން ދިޔައިރުވެސް އެއްވެސް ހިފެހެއްޓުމެއްނެތި އެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ދާދި ދެންމެއަކު ހަރީރާ ކީ އެއްޗެހި އޭނާގެ ކަންފަތްކައިރީގައި ތަކުރާރުވަމުން ދިޔައެވެ. އެއްފަރާތަކަށް ގެއްލިފައިހުރެ ފިޔާކޮށަމުންދިޔަ މިއުޝީންގެ އިނގިލިން ތަންކޮޅެއް ކެނޑުނެވެ. ވަގުތުން އަތް ދަމައިގަންނަމުން ކެނޑިފައިހުރި ތަނަށް ބަލައިލިއެވެ. ލޭ އޮހޮރެމުންދިޔަތަންފެނި މިއުޝީން އަވަސް އަވަހަށް ގޮސް ފެންއިސްކުރު ދޫކޮށްލަމުން ލޭތައްފުހެ ސާފުކޮށްލިއެވެ. ނަސީބަކުން ކަނޑައިންގެން ގޮސްފައިހުރީ ކުޑަ ތަންކޮޅެކެވެ. ހިތްހަމަޖައްސައިލަމުން އޭނާ ކުރަންހުރި މަސައްކަތް އަވަސް އަރުވައިލައިފައި ކޮށްނިންމައިލެވޭތޯ މިއުޝީން އުޅުނެވެ.
ސައި ތައްޔާރުކޮށް ނިންމައިލުމަށްފަހު ލައިފައިހުރި ޕާކިސްތާން ހެދުމާއެކު އަޅައިފައިވާ ދޯޕައްޓާ ރީތިކޮށްލަމުން ގެއިން ނުކުމެ އަތިރިމައްޗާ ދިމާއަށް މިއުޝީން ހިނގައިގަތެވެ. މަޑު ހިނގުމެއްގައި ގޮސް އޭނާ އަބަދުވެސް އިންނަ ގަސްބުޑު ކައިރީގައި މިއުޝީން އިނށީދެލިއެވެ. އެހިސާބަކީ އާންމުކޮށް އެރަށު މީހުން އައިސް އުޅޭ ހިސާބެއް ނޫންކަމުން ހެނދުނުގެ މިހިތްގައިމު ވަގުތުވެސް އެތަންވަނީ ފަޅުވެފައެވެ.
“އޭތް.” ސިިހިފައި މިއުޝީން ބަލައިލީ އޭނާގެ ކޮނޑުގައި އަޅައި މީހަކު ކޮށްޕައިލުމުންނެވެ. ގާތުގައި އިނށީން އިޒާނާ ފެނިފައި ހިކިފައިވީ އެތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އިޒާނާ އާއި އޭނާގެ މަންމަ ފިޔަވައި އޭނާއަށް ހެޔޮއެދޭނެ ހަމައެކަކުވެސް ނެތްކަން މިއުޝީނަށް އެނގެއެވެ.
“އިޒާ.” ހިނިތުންވެލަމުން މިއުޝީން ގޮވައިލިއެވެ. “ކޮން އިޒާ އެކޭ ކިޔާކަށް. އަނެއްކާވެސް ރޮނީ ދޯ. ތިގެއަަަށް ދިޔައިރު މިއު ނެތީމަ ހީވިއޭ މިތަނަށޭ އަންނާނީ.” މިއުޝީންގެ ލޮލުގައިވި ކަރުނައިގެ އަސަރު ފެނިފައި ހިތްހަމަނުޖެހިފައި އިޒާނާ ބުނެލިއެވެ. މިއުޝީނަށް އިސްޖަހައިލެވުނެވެ. އެއީ ސްކޫލް ދައުރުއްސުރެ އޭނާއަށް އެންމެ ހެޔޮއެދޭ އެކުވެރިޔާއެވެ. އިޒާނާއަށް އެއްވެސް ކަމެއް ސިއްރުނުކުރެވޭނެކަން މިއުޝީނަށް އެނގެއެވެ. ސްކޫލްގައި އުޅުނުއިރު އޭނާއާ ދިމާކުރާ ކުދިންގެ ފަރާތުން އަބަދުވެސް އޭނާ ސަލާމަތްކޮށްދޭނީ އިޒާނާއެވެ. އެހަނދާންވުމުން މިއުޝީންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
“އޭ ބަލަ އަހަރެންނަށް މާ މަޖާއެއްޗެއް ބުނެވުނީތަ ފާޑަކަށް ތިހެނީ؟” މިއުޝީންގެ މޫނަށް ބަލަންއިން އިޒާނާ ހިތްހަމަނުޖެހޭގޮތް ދައްކައިލަމުން އަހައިލިއެވެ. މިއުޝީން ދެފަރާތަށް ބޯހޫރުވައިލަމުން ހިނިތުންވެލިއެވެ.
“ހޫމް. ދެން ކިޔައި ދީބަލަ. ކީއްވެ ތިރޮނީ؟ މިހެން އަހާއިރުވެސް އެނގޭ ހަރީރާއްތަގެ ކަމަކުންކަން ނޫނީ އެހެން މީހަކު ބުނި އެއްޗެއްގެ ސަބަބުންކަން މިއު ރޯނީ.” މިއުޝީންގެ އަތުގައި ފިރުމައިލަމުން އިޒާނާ އެހެންބުނެލިއިރު އެއަޑުގައިވި ރުޅިވެރިކަން އޭނާއަށް ފާހަގަވިއެވެ.
“އިޒާ. އަހަރެން.. އަހަރެން ހަމަ އެހައި ހުތުރުތަ؟” ހިތްދަތިގޮތަކަށް އިޒާނާގެ މޫނަށް ބަލައިލަމުން މިއުޝީން އަހައިލިއެވެ. އޭނާގެ ސުވާލާއެކު އިޒާނާާގެ ނިތަށް ރޫއަރައިގެން ދިޔައެވެ. “ކާކު ކީކޭ ކިޔައިގެން މިއު ތިއުޅެނީ؟” ހިތްހަމަނުޖެހިފައި އިޒާނާ އެހެން އަހައިލުމުން މިއުޝީން އިސްޖަހައިލިއެވެ. “އަހަރެންނަށް އެނގޭ ހަމަ ހުރެފަ މިއު ތިހެން ނާހާނެކަން. މީހަކު އެއްޗެކޭ ކީދޯ. އެހެންވީއިރު އަޑުއަހާ. ތިހެން ބުނި މީހެއްގެ ސިކުނޑި ހަމަނުޖެހެނީހެން އަހަރެންނަށް ހީވަނީ. ހަމަޖެހޭ މީހަކު ނުބުނާނެ މިއު ތީ ހުތުރު ކުއްޖެކޭ.” ދަތްކުނޑިވިކައިލަމުން އިޒާނާ އެހެންބުނީ އައި ރުޅިންނެވެ. އެރަށު މީހުން މިއުޝީނަށް މަލާމާތްކުރާވަރު އޭނާއަށް ސިއްރުވެފަކައެއް ނެތެވެ.
“ކޮންމެ މީހަކުވެސް އަހަރެންދެކެ ފޫހިވަނީ އެހެންވެއެއްނު. މިއަދު މަންމަވެސް.. މަންމަވެސް ބުނި އަހަރެންކަހަލަ ހުތުރު މީހަކާ އިންނަން މުސްކުޅިއެއް ނޫނީ ނުވާނޭ.” ހިތުގައިޖެހިފައި ހުރިވަރުން މިއުޝީންގެ އަޑުގައި މަޑު ތުރުތުރެއް އެކުލެވިގެން ދިޔައެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރަައިފައި އިން އިޒާނާ ދެފަރާތަށް ބޯހޫރުވައިލީ ހަރީރާގެ އަމަލުތަކުގެ ސަބަބުން މިއުޝީންގެ ހިތަށް ކުރާނެ އަސަރު އިހުސާސުވުމުންނެވެ.
“މިއު. އަހަރެން މިދައްކާ ވާހަކަ ޖެހޭނެ ނިކަން ރަނގަޅަށް އަޑުއަހަން އެނގޭ. އަހަރެމެންނަކީ މުސްލިމުން. ކީރިތި ގުރުއާނަކީ އަހަރެމެންގެ ފޮތް. އެފޮތުގައިވާ ކޮންމެ ވާހަކައެއްވެސް އަަހަރެމެން ޖެހޭނެ ގަބޫލުކުރަން. މާތް ﷲ ވަނީ ވަޙީކުރައްވާފަ އެއްނު އެކަލާނގެ އިންސާނާ އުފެއްދެވީ އެންމެ ރިވެތި ސޫރާގައޭ. ދެން ކީއްވެ މީހުން ކިޔާ އެއްޗެހިން ދެރަވަނީ؟ ކޮންމެ އިންސާނެއްވެސް އުފައްދަވާފަ ވަނީ އެންމެ ރިވެތި ސޫރާގަ. އާން. އެންމެން ދޮންނުވެދާނެ. ފަން އިސްތަށިގަނޑެއް ނުލިބިދާނެ. އެކަމަކު އޭގެ މާނައަކީ އެމީހަކު ހަޑީއޭތަ؟ ނޫނެއްނު. ފަސްއިނގިލި އެއްވަރުތަ؟ ނޫނެއްނު ދޯ. އެހެންވީމަ އެންމެން އެއްވަރެއް ނުވާނެ. ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ ގޮތުގަ ރީތި މީހެއް. އެކަން ގަބޫލުކުރަން ވާނެ. މިއުއަށް މީހުން މަލާމާތްކުރިއަސް އަޅައިނުލާ. އެމީހުން އެ މަލާމާތްކުރަނީކީ މިއުއަކަށް ނޫން. ﷲ ގެ އުފެއްދެވުމަކަށް. އޭގެ ފާފަ އެޅޭނީވެސް އެމީހުނަށް. ސޯ ބީ ހެޕީ. އެހެންނޫނަސް މިމުޅި ރަށުންވެސް އަހަރެން ނުދެކެން މިއު ހާ ރީތި ކުއްޖެއް.” މިއުޝީނަށް ނަސޭހަތުގެ ބަސްކޮޅެއް ދިނުމަށްފަހު އިޒާނާ ހިނިތުންވެލައިފައި ބުނެލިއެވެ. އިޒާނާގެ ވާާހަކައިން މިއުޝީންގެ ޒަޚަމްވެފައިވާ ހިތަށް ޝިފާއެއް ލިބުނު ކަހަލައެވެ. އޭނާ އެދެއްކި ކޮންމެ ވާހަކައަކީވެސް ތެދެއްކަން މިއުޝީނަށް ގަބޫލުކުރެވުނެވެ.
“އެކީއްވެ އެހެން ތިބުނީ؟” ހިނިތުންވެލަމުން މިއުޝީން އިޒާނާކުރެ އެއްސެވެ. “ބަލަ މިމުޅި ރަށުގަވެސް ނެތޭ މިއު ކަހަލަ ހިތްހެޔޮ ރަނގަޅު ކުއްޖެއް. ބޭރުފުށުގެ ރީތިކަމަށްވުރެ އެތެރެފުށުގެ ރީތިކަމަށް އަހަރެން ބަލަނީ. މިއުތީ ދެގޮތުންވެސް ހަމަ އެއްވަނަ. ތެދެއް ބުނަންތަ؟” މިއުޝީންގެ ހިނިތުންވެފައިވާ މޫނު ފެނުމުން އިޒާނާ ހިތްހަމަޖެހުނެވެ.
“އަހަރެންމީ ފިރިހެންކުއްޖެއްނަމަ މިހާރު މިއުއަށް ލޯބި ހުށައެޅީމުސް.” މިއުޝީނާ ދިމާއަށް އެއްލޯ މަރައިލަމުން މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިލައިފައި އިޒާނާ މިއުޝީނާ ދިމާކޮށްލިއެވެ. އޭނާގެ ބޭނުމަކަށްވީ މިއުޝީން ހެއްވައިލުމެވެ. ކަންވީވެސް އިޒާނާ ބޭނުންވިގޮތަށެވެ. ހިނިގަނޑެއް ޖަހައިލަމުން މިއުޝީން އިޒާނާގެ ކޮނޑުގައި ބޮނޑިއެއް އަޅައިލިއެވެ. ދެމީހުން އެކީގައި އެތައް ސަކަރާތެއް ޖެހުމުގައި އެތަނުގައި ތިއްބެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
63 Comments!
Comments are closed.







Hey all.. Salaam.. Bunu day ahvurevx avahah upkoh levihje dhw.. Hehe.. So here is the first of this story.. Actually bored vaavarun kei nuvegen up kury.. Hehe.. Hope i will get the same support frm u guys as i got for my previous stories.. N yes.. Actually i m little bxy with my studies as i have A level exam on jan.. So mi story upkoh dheveyny knme two days in one day ga.. Hope u guys will understand.. Enjoy reading.. Do let me knw hw the story is.. Ly all.. ?❤
Buni*
First part*
Vv salhi first part heevey vv reethi vaanehen gud luck nau LYSM dear♥♥
Thanks alot afu.. Ly more dear..❤❤
Me first dhw
Hey nau stry vvv reethi.
KEEP IT UP .
Waiting 4 next part
Guf nyt ?????
Hey friends.. Thanks dear.. N gud nyt.
Heyy Nau..? me first dhw..? vvvvvvvvvvvvv reethi feshun….❤Masha Allah..✨
When next part??? Kiyaa hithun gos hurevenyy eh noon..? Anyways hama wait kuran dhw jeheynee..? But no problem… Gavaidhun up kohdhe yaa hama foohi kameh nethi mi vaahaka yah wait kureveyne kan yageen..❤❤ Good luck dear…???❤✨✨
Thank u sooo much dear..❤
Wowwww Haadha loabbey.. Adhi loabi boy ehgge entry ves annaane dhw.. Hehe.. Luv u nau.. ☺❤❤
Yes.. Hehe.. So kyp waiting.. Thanks.. N ly too❤
Nice love it waiting
Thanks kul
V reethi bunelan beynun vaney vaahaka nimendhen dhivahi bass beynun khohfi nama furihama vaaney insha allah ehcheka heenukuraathi
Thanks alot reet.. Yes in sha allah will try my best
Aslu mi part v v v rerthi???.
I ? it
Waiting for next…. Ingey nau……ly?
Thanks rsh❤
Nau stry hama best…masha Allah…kuriyah oithaa vea reethi vaane kamah uhmeedhu kuran..ur the bst..lov??…n bst f luck for the exam…??…give ur best…
Thanks alot lam❤?
Nice?❤
Thanks an❤
Feshun v obi. Good luck exams ah
Thanks alot awa❤
Varah reethi
Thanks dear
Masha Allah.. Nau, haadha furihama vaanehen hyvey mi story ves.. Avahah anehbai up kohdhehchey igey
Thanks ainth.. Yes in sha allah..?
wow ❤
varah reethi ??
when next part dear NAU ??
waiting ??
Thanks merr.. In sha allah on saturday..❤
Mihaar mi site in genesdhey dhe vaahaka aa varah vahtharu gotheh eba huri… Ekam ves hama kuriah oiy thaaga badhal vedhaane dhw mikan… Looking forward ingey
Hope thafaathu vaane kamah
Thanks limsha.. Lets hope for the best.. Btw can u tell me which two stories??
Nau ge next story also obines to the maxxx……❤❤❤❤when next part….ok gud nyt nau…bye
Thanks sidhu.. In sha allah on saturday.. Gud nyt..❤
alhe..vrh loabi nau
ehn veye bunany nau thee hama best ey..i hate hareeraa ???
miusheen vrh unique name eh
stry hama habbu..
Thanks unaal❤
Masha Allah…. varah varah reethi….❤❤❤❤❤❤
Thanks zuam❤
vvvvv salhi???
Thanks shanhaa?
Edhemey ufaa n vindhu loabin jehi hitheh gaa
Mashah ingey vahtharu gotheh hunnany negative kon nunagahchey plx
Hey its ok.. This will be different in sha allah..
V furihama
Thanks any
Varah reethi feshun… Varah dheraves vi kiyamun dhiya iru… Hama ehen kanthah vefa thibeye dho kudhinnah… Happy life eh dhechcheyy miusheen ah.. ?
Ya dhw.. Lets see.. Thanks dear
Nauuu hyvey vvv reethi vaanehen mi vaahaka.. keep it up.. hykuran foohi nuvanys next part up kohdheyne kamah. Luv v nau❤️❤️
Thanks xuha.. Yes in sha allah tmrw.. Luv u too dear❤
Hi Nau ?? welcome again??
Feshun varah reethi. Nau ge story thakuga emme faahaga kureveny sifakohdhinun. Haadhahaaaaey reethiii masha allah??
Keep it up.. Mi story varah interesting vaane kan yageen ?? waiting. N goooood luck for the exam?? do welll?? ly❤❤❤❤❤
Thanks alot dear.. Ly too❤❤
varah reethi vhk..kiyaafa ekamu varah dhera vejee.alhugaa ge mamma mathin handhaan vejje kiyaaleema..rovun hama
Awwn.. Thank u soo much dear
Yayy. I was waiting..
Vrh loabi ❤
Thanks sunshine..❤
Vvvvvv salhi..
Thanks dear
Laaaaa v v v rythi
Igeytha new story eh up vaa irah ish balany writer egge kurin stories thah up koffa hunna pattern. Dhn kiyany. Iraadha kurevviyya mi story kiyaanan kiyaa hithun. Love love love
And aslu dhedhuvahun eh dhuvas ves ok ey aslu.begothuga up kuranya. Adhi kameh dhimaa vegen up nuvevy dhuvahu ves emme avahah possibles dhuvahaku kuryma adhi evaahaka bunelyma. Eyrah inthizaaru ehaa dhigu laigen dheyey kiyaafa kiyuntherin roakah nujeheyne ennu dhw.
Aslu kurin story ekey eh gothakah mi story ves rythi vaane kamaa medhu evves shakkeh nukuran. Heheheh?
Alhey mi hurihaa eccheh buni good luck ey nubunevey handhaan vegen mi back vy. Good luck igey dear. Do your best. Ragalhah kiyavaathi. Emme important eee ekan
Yes dear.. Thank u sooooo much ish..❤
???
Nice ?. Waiting?
Thanks jjey?
Salhi..?
u can IA.
Thanks dear..
V.nice..story liyaa hiyvvaa kuhjjeh kan ingey…keep it up?????? good luck 4 the exam..