އަޅުގަނޑު މިހާރު ލިޔަމުންދާ ވާހަކަ އަފްރީން ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ދެން ނުގެނެސްދެވޭނެ ވާހަކަ ވަރަށް ހިތާމައާއެކު ބުނެލަން ނަމަވެސް އިންޝާ ﷲ އަޅުގަނޑުގެ އާވާހަކައެއް ވަރަށް އަވަހަށް ކިޔާލަން ލިބޭނެ. އަދި އެއްފަހަރު ތިހުރިހާ ކިޔުންތެރިންގެ ފަރާތުން މާފަށް އެދެން.
ދުނިޔޭގެ ހަތް އަޖައިބުގެ ވާހަކަ އެންމެންވެސް އަޑުއަހާނެއެވެ. އަހަރެންވެސް އެންމެ ކުޑައިރުއްސުރެ (ހަނދާން ހުންނަން ފެށީއްސުރެ) އަޑުއަހާ އުޅެމެވެ. އެއީ އިޓަލީގެ ވެރިރަށް ރޯމްގައި އަރިއަޅާލާފައި ހުންނަ ޓަވަރާއި މިސްރުގެ ޕިރަމިޑްތަކާއި ޗައިނާގެ ބޮޑުފާރާއި އިންޑިޔާގެ ތާޖުމަހަލާއި އިނގިރޭސިވިލާތުގައި ހުންނަ ސްޓޯންހެންޖާއި އަދިވެސް އިތުރު ދެތަނެއްގެ ވާހަކައެވެ. ނަމަވެސް ރ. އިނގުރައިދޫގައި ފައިނުފެންނަ މަގެއް އޮންނަ ވާހަކަ އަޑު އިވުމުން އެކަންވީ އަހަރެންނަށް މާ ބޮޑު އަޖައިބަކަށެވެ. ދުނިޔޭގެ ހަތް އަޖައިބަށް ވުރެވެސް ބޮޑު އަޖައިބަކަށެވެ. އެހެންނަމަވެސް […]
ހުދު ވެލިން މުޅި ގޮނޑުދޮށުގައި ޗާލު ދޫލައެއް އަޅާފައިވާ ކަހަލައެވެ. ރަތްދައްކާ އަވިން މުޅި ރަށަށްވަނީ ދިލަ ހޫނު ފަތުރާފައެވެ. ބޭރަށް ނިކުމެ އުޅެން ދަތިވާ ވަރަށެވެ. ދޮން މީހެއްނަމަ ގައިގެ ހަންގަނޑު އޮފުދާރު ކަޅުކުލައަށް ބަދަލު ކޮށްލާނެކަން ކަށަވަރެވެ. އެހެންނަމަވެސް އަފްރީންގެ މޯޅިވެފައިވާ ހިތަށް އުފާވެރިކަން ގެނެސްދެނީ އަތިރިމައްޗަށް ޖެހޭ ނަލަ ވައިރޯޅިންނެވެ. ހީސަމާސާކޮށް ދުވެހަދަމުންދާ ކުޑަކުދިންނާއި އަވިން ރޯފިލާފައިވާ ވެލިގަނޑުމަތީގައި އެކިއެކި ކުޅިވަރުތައް ކުޅެމުންދާ ނޫކަށި ފުރައިގެ ޒުވާނުންގެ ފޯރިފެނުމުންނެވެ. އެވަގުތު އޭނާގެ ހިތަށް […]