“ބައްޕާ، ބައްޕާ” ނަބާ ހާސްވެ ހުރެ ޒާހިދުގެ މޫނުގައި ޖަހާލަމުން ގޮވާލިއެވެ. ނަސީބު ރަނގަޅުކަމުން ތިންވަނަ ފަހަރު ގޮވާލުމާ އެކީ ޒާހިދު ލޯހުޅުވާލިއެވެ. ޒާހިދު ކުޑަކޮށް ތެދުވެލިއެވެ. ހަމައެވަގުތު ޒާހިދުގެ ބަނޑުގައި އޮތް އެތި ފެނި ޒާހިދު އަދި ނަބާއަށް އެކަކު އަނެއްކަކަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ. ******* “މި ކޯއްޗެއް؟” ބަނޑުގައި އޮތް ސީޑީ ނަގަމުން ޒާހިދު ބުނެލިއެެވެ. “ތިއެއް ނޫން. ބައްޕަ މިތާ ކިހިނެއް. ކިހިނެއްވީ” ހާސްކަމާއެކީ ނަބާ އަހާލިއެވެ. މިހެން ބުނުމާއެކީ ޒާހިދު އަމިއްލަ […]
އަޅުގަނޑަށް ދިމާވި ކަމެއްގެ ސަބަބުން ވާހަކަ މެދުކެނޑުނު ކަމަށްޓަކައި ހުރިހާ ކިޔުންތެރިންގެ ފަރާތުން މާފަށް އެދެމެވެ. އިން ޝާ ﷲ މިވާހަކައިގެ ކުރިޔަށް ހުރި ޕާޓް ވަރަށް އަަަވަހަށް އަޕް ކޮށްލަދޭނަމެވެ. ޝުކުރިއްޔާ
އެއަށްފަހު ބާރަކަށް ވަޓްއޭ ބުނިގޮތުން ނަބާ އަށް އެވީ ކީއްކަން އެނގުމަށް ޝައުގުވެރިވެވުނެވެ. **** “އަމް އެވްރީތިންގެ އޯކޭ؟” ފޯނު ކަނޑާލުމުން ވެސް އަކްމަލް އިންގޮތަށް އިނުމުން ނަބާއަށް އަހާލެވުނެވެ. “އަހަރެން ދަނީ. އީތަން މަރުވެއްޖޯ” އެއްމެ ހިނދުކޮޅަކަށްވެސް އެތާ މަޑުނުކޮށް އަކްމަލް އެތަނުން ދިޔައީ ނަބާގެ ދެލޯ ބޮޑުކޮށްލާފައެވެ. **** އަކްމަލް އަށް ހޮސްޕިޓަލްއަށް ދެވުނު އިރު އެވަގުތު ޑިއުޓީގައި ތިބި ޕޮލިހުންވެސް އެތަނުގައި ހުރިއެވެ. އަކްމަލް ގޮސް ހުއްޓުނީ […]
އިރާދަކުރެއްވިއްޔާ އޭނާގެ ހުރިހާ ސުވާލެއްގެ ޖަވާބު މިއަދު ލިބޭނެއެވެ. ***** “ހިނގާބަަލަ ދާން ދެން. ސައިކޮލޮޖީ މީހަކާ ދައްކާލާނީ” އީތަންގެ އަތަށް ދަމަމުން ޔާމީން ބުނެލިއެވެ. “ނޫން ނުދާނަން. މަށަކަށް ނުކެރޭނެ ދާކަށް” ޔާމީންގެ އަތް ފޮޅާލާފައި ދުވެފައި ގޮސް އެނދުގައި އޮށޯންނަމުން އީތަން ބުނެލިއެވެ. ޔާމީން ފުންނޭވާއެއް ލިއެވެ. “ބޭބެ އަކަސް ތީ ބޮޑުވަރު. ކުޑަކުއްޖަކަށް ވުރެ ކަންތައް ފަލައޭ. އީތަން އޮވޭ ތިތާ. މަށެއް ނުހުންނާނަން. މިއަދު ފުރަންވާއިރަށް މަ […]
ފެނުނު މަންޒަރުން ނަބާގެ ހެޔަށް ގޮތެއް ވިކަން ޔަގީނެވެ. **** ނަބާގެ ލޮލަށް މަންޒަރު ފުސްވަމުން ދިޔަ ނަމަވެސް ރޮމުން ގެންދިޔަ އަންހެން ކުއްޖާގެ ގައިމަތީ އޮތް މީހާ އޭނާއަށް އިނގެއެވެ. އެއަކީ އީތަން އެވެ. ގައި ދަށުގައި އޮތް ކުއްޖާ ރޮމުން ނަބާއާ ދިމާލަށް އަތްދިއްކޮށްލީ އެހީއަށް އެދޭ ފަދައިންނެވެ. ނަބާ އެއަތުގައި ހިފަން ކިތަންމެ ބޭނުންވިއެވެ. ނަމަވެސް އެވަގުތު އޭނާގެ ހަބަރު ހުސްވެގެން ވެއްޓުނެވެ. **** އިރުކޮޅެއްފަހުން ބޮކިތައް ދިއްލި މުޅިތަން […]
އީތަންގެ ދެލޯބޮޑުވެގެން ދިޔައީ ކުރިމަތިން ފެނުނު ސޫރައިންނެވެ. **** “އެތެރެއަށް ވަންނަން ވެސް ނުބުނާނަންތަ؟” ކުރިމަތީ ހެވިދިލިފަ ހުރި އަންހެންކުއްޖާ ބުނެލިއެވެ. “ޒޭބާ” ތުރުތުރު ލާއަޑަކުން އީތަންއަށް ބުނެލެވުނެވެ. “އޯ ކަމޯން. މީ ނަބާއޭ. އިޓްސް އަ ސްމޯލް ވޯލްޑް. ވައްތަރު މީހުންނަށްވެސް ދިމާވާނެ. ދެން ވައްދަބަ އެތެރެއަށް.” އެތެރެއަށް ވަންނަމުން ނަބާ ބުނެލިއެވެ. އޭރުވެސް އީތަން އަށް ހުއްޓުން އަރާފައި ހުރެވުނީ ފެންނަމުންދާ މަންޒަރު ގަބޫލު ނުކުރެވިގެންނެވެ. “ކީއްވީ؟ އުފަލެއްނުވޭތަ އަންހެން ކުއްޖެއް […]
ނަބާ ތައްޔާރުވަމުން ދިޔައީ ކޮންމެހެން ދާހިތަކުންނެއް ނޫނެެވެ. އޭނަ އެއްގޮތަކަށްވެސް އަކްމަލްއާއި އަކްމަލްގެ މަންމަ އާއި ބައްޕަގެ ކުރިމައްޗަށް އަރާހިތެއްނުވެއެވެ. އެމީހުންގެ ފަރާތުން ކުރިމަތި ވާނެ ސުވާލުތަކުގެ ޖަވާބެއް އޭނައަތުގައި ނެތެވެ. ދުވަހަކު ހަމަލޮލަށް ފެނިފައި ނުވިނަމަވެސް އެމީހުން ވަރަށް ރަނގަޅަށް ނަބާއަށް އިނގެއެވެ. “ދަރިފުޅާ ކޮބާ ތައްޔާރެއް ނުވެވޭތަ؟” ނަބާއަށް އަމިއްލަ ދުނިޔޭން ބޭރުވެވުނީ ޒާހިދު އެކޮޓަރިއަށް ބޯދިއްކޮށްލުމުންނެވެ. “ނޯ ބައްޕާ. ހިނގާ. ވާވް. ޔޫ ލުކް ހޭންޑްސަމް” ދިޔުމަށްޓަކައި ދަބަސް އަތަށް ލައިގެން އެނބުރެލި […]
މިވާހަކަ އަޕްލޯޑް ވާލެއް ލަސްވަމުން ދާތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް އަޅުގަނޑު މާފަށް އެދެމެވެ. އިރާދަކުރެއްވިއްޔާ ބުރާސްފަތި ދުވަހު މިވާހަކައިގެ ދެވަނަ ބައި ގެނެސްދެވޭނެ ވާހަކަ އުފަލާއެކު އަޅުގަނޑު ދަންނަވަމެވެ. ވީމާ ހުރިހާ ކިޔުންތެރިންވެސް އިންތިޒާރު ކުރާނެކަމަށް ހީކުރަމެވެ.
1 އަހަރު ފަސް*** ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކެތްތެރިކަމެއް ނެތި ދެކޮޅަށް ހިނގާލަ ހިނގާލަ ޒާހިދު ހުރީ އޭނާގެ ދަރިފުޅު ނަބާ ފެންނާނެ އިރެއްގެ އިންތިޒާރު ގައެވެ. 5 އަހަރު ފަހުން އޭނާގެ ދަރިފުޅު އޭނާގެ އަމިއްލަ ވަތަނަށް އަންނަނީއެވެ. ސައިކޮލޮޖީ ކިޔަވައިގެންނެވެ. މާ ގިނައަރު ޒާހިދު އަށް އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ހުދު ކުލައިގެ ކަކުލާ ހަމަ އަށް އަންނަ ރީތި ހެދުމަކާއި ކަޅު ކުލައިގެ ޖިންސެއް ލައިގެން ނަބާ ރީތި ހިނިތުންވުމަކާއެކީ އައިސް ޒާހިދު […]