Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރުން މިހިތާ ކުޅެނީހޭ (ސައުވީސްވަނަބައި)

Pinkish Level 6100 Comments10 Stories100 Login500 Comments
November 16, 2017 7 Mins Read
96 Comments

ނަޒީހް މެންގެއަށް ދެވުމުން ނަޝްވާ ފުންނޭވާއެއް ބޭރުކޮށްލިއެވެ. އެއަށްފަހު މަޑުމަޑުން އެތެރެއަށް ހިނގައިގަތެވެ. ސިޓިންގްރޫމްއަށް ވަންނަ ދޮރު ކުޑަކޮށް ހުޅުވިފައި ހުރުމުން ނަޝްވާ ގޮސް ތަޅުގައި ހިފާލިއެވެ. ނަމަވެސް ބަޔަކު ވާހަކަ ދައްކާއަޑަށް ހުއްޓުންއެރިއެވެ. ނަޝްވާ ދޮރާއި ކަންފަތް ކައިރިކޮށްލީ ކިޔާއެއްޗެހި ބޮޑަށް ސާފު ވޭތޯއެވެ. ނަޝްވާގެ ދެލޯބޮޑުވެ ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ ނަޒީހް ދައްކަމުން ދިޔަ ވާހަކައެއްގެ ސަބަބުންނެވެ.

***********************************

ނަޒީހް އިނީ ގްރޫޕެއް ހަދައިގެން ކެރަން ކުޅޭށެވެ. “ހަގީގަތަށް ބުނަންޏާ މިހާރު އަހަރެންނަކަށް ނަޝްވާގެ ބޭނުމެއް ނެތް. އޭނާއާ ވީހާވެސް ދުރުން ދެން އުޅޭނީ” ނަޒީހް ހިނިގަނޑެއް ޖަހާލިއެވެ. އެއަށްފަހު ކުއްލިއަކަށް އެމޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ. “މިހާރު އަހަރެން ބޭނުން ކަންތައް މިވަނީ. އެ ގެ ދިނީމަ މިކްޔަން އެކަމާ ހިތާމަ ކުރާނެ އުމުރު ދުވަހު. އެ އަހަރެން ބޭނުންވާ ގޮތަކީވެސް. އޭރުން އަހަރެންގެ ކޮއްކޮއަށް އިންސާފު ހޯދާދެވޭނީ”

“އަސްލު ކިހިނެކޭ ވީ ނަޒީހް ކޮއްކޮއަށް” އެތަނުން އެކަކު އަހާލިއެވެ. “އަމިއްލެއިން ދަންޖެހިގެން މަރުވެފަ އޮއްވައޯ ފެނުނީ” އެތަނުން އެހެންމީހަކު ބުނެލިއެވެ. “އަހަރެންގެ ކޮއްކޮ ޖަނާ ކިހާ އާދޭހެއް ކުރި އެމިކްޔަން ކައިރި އޭނާއާ ރައްޓެހިވާން. އެކަމް ދިމާލަށް ނޫނެކޭ ބުނީ. އަހަރެންގެ ކޮއްކޮ ކިހާދެރަވާނެ. އަހަރެންގެ ކޮއްކޮ އެވަރުންވެސް އުއްމީދު ކަނޑާނުލައި އެ މިކްޔަންގެ ފަހަތުން އުޅުނީ. އެއްމެ ފަހުން އެމިކްޔަން އަހަރެންގެ ކޮއްކޮ ކައިރި ބުނީ ލޯތްބެއް ނުވަމޭ. ތިހެން އުޅޭ މީހުންދެކެ ނަފްރަތުކުރަމޭ. އަހަރެންނާ ދުރުގައި އުޅޭށޭ. އަހަރެންގެ ކޮއްކޮ ހުރީ އެލޯބީގައި ދީވާނާވެފަ. އެފަކީރަށް މިކްޔަންގެ ލޯބިނުލިބުމުން އެކަމަށް ކެތްކުރުންވީ އުނދަގޫކަމަކަށް. އޭނާ އަމިއްލެޔަށް މަރުވީ އެމިކްޔަންއާ ހެދި. އަހަރެން ބޭނުން އަހަރެންގެ ކޮއްކޮއަށް ނޫނެކޭ ބުނީމައި އޭގެ ބަދަލު މިކްޔަންއަށް ދޭން.” އަޑުއަހަން ހުރި ނަޝްވާ އަނގަމަތީ އަތްއަޅާލިއެވެ. އެކަމުގައި މިކްޔަންގެ ކުށަކީ ކޮބާހެއްޔެވެ. މިކްޔަން ލޯބި ނުވާތީ ނޫނެކޭ ބުނީނޫންހެއްޔެވެ. ޖަނާ ވަކިވެ ދިޔުމުން ނަޒީހް ދެރަވާނެކަން އިނގެއެވެ. ނަމަވެސް އޭގައި މިކްޔަންގެ ކުށެއްނެތެވެ. ސުބުހާނަﷲ އެވެ. އެއްވެސް ކުށެއްނެތި އަހަރެންނަށް މިކްޔަންއާ ދޭތެރޭ މިކުރެވުނީ ކީއްހެއްޔެވެ.

“ހަހަ. އެކަންވެސް ވަރަށް އަވަހަށް ފުރިހަމަވާނެ. ބުނަންތަ ވަރަށް މަޖާ ވާހަކައެއް. އަހަރެން އަތުގައި ނުވެސް ނެތް މިކްޔަންއާ ނަޝްވާގެ ފޮޓޮއެއް. އެރޭ ފޮޓޯ ނަގަން ހަދާލިތަނާ މަންމަ ގުޅަން ފެށީ. އަވަހަށް ބިޒީކޮށްލާފައި ދެވަނަ ފަހަރަށް ފޮޓޯ ނަގަން ހަދާލިއިރަށް މިކްޔަން ނަޝްވާ ދުރުކޮށްލާފި. ހުވާމިބުނީ. މަހާދަ ނެއްޓިއޭ. އަހަރެން މިކްޔަންއަށް ފޮނުވީ ފޭކް ފޮޓޮއެއް. އެފޮޓޯ މިކްޔަން ރަގަޅަށް ބެލިނަމަ އިގޭނެ އެއަކީ އެދެމީހުން ނޫންކަން. އެކަމް އެވެސް ބޮލެއް. ނުވެސް ބަލައި ގަބޫލުކޮށްގެން ހުރީ”

“ދެން ކިހިނެއް އެގެ އިންކަން އިނގުނީ؟ އަހަރެމެންވެސް ނުދެނެހުރިން މިކްޔަންގެ ގެއެއް ހުންނަކަމެއް”

“ހަހަ ތި އަނެއްވާހަކަ. އަސްލު އަހަރެން އުޅުނީ ފައިސާ ހޯދަން. މަ ފޮޓޯ އެޑިޓް ކުރަން މަ ރައްޓެއްސެއްގެ ރަށަށް ދިޔައީ. އޭނާ ވަރަށް މޮޅުވާނެ އެކަހަލަ ކަންކަމަށް އެހެންވެ. އަހަރެންގެ ނަސީބް ރަނގަޅުކަމުން މިކްޔަންގެ ބައްޕަ ނާސިހް އާދިމާވީ. އެގޮލާ އުޅުނީ މޭގައި ރިއްސާތީ. ދެން އަހަރެން އޭނާ އެގެއަށް ގެންގޮސްދިނީ. ދެން އެ ނާސިހް އަނގަގަދަކަމުން ބުނެލާފި އެގޭގެ ވާހަކަ. މި މިކްޔަންގެ މާމަގެ ގެއޭ. އޭނާގެ މާމަގެ ފަހުގެ ވަސިއްޔަތޭ. އެހެންވެ އަހަރެންގެ މައިންޑް ޗޭންޖްވީ. އެގެ ވިއްކާލީމަ ނާސިހްމެން އޭނާ ގޭންވެސް ނެރެލާކަށް ފަހެއް ނުޖެހޭނެ. އޭރުން މިކްޔަން ޖެހޭނީ އަބަދުރޯން” ނަޒީހް ރުޅިވެރިކަންމަތީ ބުނެލިއެވެ.

“ދެން މިކަމުގެ ތެރެއަށް ކީއްވެ ނަޝްވާ ވެއްދީ” އެތަނުން މީހަކު އަނެއްކާވެސް އަހާލިއެވެ. ނަޒީހް ހިނިގަނޑެއް ޖަހާލިއެވެ. “ދެން އިނގެޔެއްނު ދޯ ނަޝްވާގެ ގޮތް. ފިރިހެނުން ސެޓްކުރަން އެވަރެއް ނުހުންނާނެ. އަހަރެން އެހެންވެ އޭނާއާ ރައްޓެހިވީވެސް. އަދި ރުޅިއަރުވަން ފަހުން ފަހުން އައިސް އިންނަންއުޅޭށޭ ވެސް ކިޔޭ. ބޯގޮވާވަރުވެފަ ހުރީ. އޭނާ މިހުރިހާ ކަމެއް ކުރަން އެއްބަސްވީވެސް އަހަރެން އިންނާނެކަމަށް އެއްބަސްވީމަ. އެކަމް އެ ގަޅިއަކަށް ނޭނގޭ އަހަރެން ނީންނާނެކަމެއް. އެހެންނޫނަސް އަހަރެންގެ އަންބަކު ވެސް ހުރޭ. ލޯބިދަރިފުޅެއް ވެސް.” ނަޝްވާ އަށް ގިސްލެވެން ފެށުނެވެ. އަޑުބޭރުވެދާނެތީ އަނގަމަތީ އަތްއަޅައިގެން ދުއްވާގަތެވެ.

“ނަޒީހް” ނަޒީހް ސިއްސައިގެން ދިޔައީ ފަހަތުން އޭނާގެ މަންމަ ފާތުމަ ރުޅިވެރިކަމާއެކީ ގޮވާލުމުންނެވެ. ވަގުތުން ނަޒީހް ކައިރީގައި ހުރި ގްރޫޕްވެސް އިސްދަށަށް ޖަހާލުމަށްފަހު ނިކުމެގެން ދިޔައެވެ. ނަޒީހްއަށް މީހަކު ފޫކޮޅަށް ކައްޓެއް ހެރިހެން ތެދުވެވުނެވެ. “ތީ ކޮންކަމެއް. އަހަރެން ކިތައްފަހަރު ބުނާނީ އެކަމުގައި މިކްޔަންގެ ކުށެއް ނެތޭ.” ފާތުމަ ހަޅޭލަވާގަތެވެ. “މަންމަ ތިގޮތަށް ދެކުނަސް އަހަރެން ނުދެކެން ތިގޮތަކަށް. އެ ސުންޕާގަނޑާ ހެދި ޖަނާ ވަކިވެގެން ދިޔައީ. ޖަނާ މަރުވުމުން އަހަރެން ހާދަ ދެރަވިއޭ މަންމާ” ނަޒީހްގެ އަޑު ކުރަކިވެގެން ދިޔައެވެ.

“ދެން މަންމަ އަށް ކިހާވަރެއް ވާނެ. މިމަންމަގެ ހުރި ހަމައެކަނި އަންހެން ދަރިއޭ ޖަނާއަކީ. އަހަރެންނަށްވެސް ކެތްކުރަން އުނދަގޫ. އެކަމް ޖަނާ އަމިއްލަޔަށް މަރުވީ އޭނާ ހޭބަލިވެފައި ހުރުމުން. ނަޒީހް ދަރިފުޅު ހަމަހޭގައި ހުރެފައި ވިސްނާލަބަލަ މިކަމުގައި މިކްޔަން ގެ ކުށަކީ ކޮބާ. އޭނާ ލޯބިނުވާތީ އެއްބަސް ނުވީ. ދަރިފުޅާ ވެދިޔަކަމެއް އެވީ. އެކަމެއް ބަދަލެއް ނުކުރެވޭނެ. ޖަނާ އަހަރެމެންނާ ވަކިވެގެން ދިޔައީ ހަމަ ޖަނާގެ ކުށުން.” ފާތުމަ ނަޒީހްގެ ކޮނޑުގައި ޖަހާދެމުން ވިސްނާދިނެވެ.

******

ދެލޯހުޅުވާލި ޔާނާ ތެދުވެ މޯޅިއަކަށް ދެމިލާފައި ކައިރީގައި އޮތް މިކްޔަން އަށް ބަލާލީ ހިނިތުންވެލާފައެވެ. މިކްޔަންގެ ތުންފަތުގައި ޔާނާ މަޑުމަޑުން ބޮސްދިނެވެ. އެއަށްފަހު ތެދުވެ ބްލޭންކެޓް ގައިގައި އޮޅާލަމުން ފާހާނައަށް ވަނީ ހޮސްޕިޓަލްއަށް ދިޔުމަށް ތައްޔާރުވުމަށެވެ.

“ޔަން ޔަން” މިކްޔަން ލޯހުޅުވާލީ ޔާނާ ގޮވާލުމުންނެވެ. ޔާނާ ޝޯލް އަޅާފައި ހުރުމުން މިކްޔަން ލޯބޮޑުކޮށްލިއެވެ. “އަނެއްކާ؟ ކޮންތާކަށް؟”

“މިދަނީ ލާރާ ކައިރިއަށް ވަރަށް އަވަހަށް އަންނާނަން. ޔަން ޖެހޭނެ އަހަރެން އަންނަން ވާއިރަށް އަހަރެންނަށް ނޫޑްލިސް ކައްކަދޭން. ވަރަށް ކާހިތްވެފަ”

“އެކީއްވެ އަހަރެން”

“ދެން ފުރަތަމަ ފަހަރަށޭ މިބުނީވެސް އިނގޭ ދެން ޕްލީޒް” ޔާނާ އާދޭސް ކޮށްލިއެވެ. “ފައިން ބޭބް. އެކަމް ދެން މިރޭ ނުދޭބަލަ. މިއަދު އެއްކޮށް އެކީ އެހާ ލޯބިން އުޅެފަ”

“އެއްކަލަ ޔަން. އަންނާނަމޭ ވަރަށް އަވަހަށް.” ޔާނާ ނިކުމެގެން ދިޔުމުން މިކްޔަން އަމިއްލަ ބޮލުގައި ހިފަހައްޓާލިއެވެ. ޔާނާ ކުރިމަތީ ހަމަޖެހިލައިގެން ހުއްޓަސް އެތެރެއިން އޭނާގެ ބޯދަނީ ހާސްވަމުންނެވެ. މާދެން އެލިޔުމުގައި ސޮއިކޮށްފަ ދޭންވީއެވެ. މިކްޔަންގެ ލޮލުން ކަރުނަ ނިރާލީ މިކަމުން ސަލާމަތްވުމަށް އެއްވެސް ކަމެއްވެސް ނުކުރެވޭނެތީއެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު ތެދުވެ ފާހާނަޔަށް ވަދެލީ ނޫޑްލިސް ހެދުމަށް އަވަހަށް ބަދިގެއަށް ދިޔުމަށެވެ.

*****

ދުވަމުން ދިޔަ ނަޝްވާ ގޮސް ހުއްޓުނީ އަތިރިމަތީގައެވެ. މަދުން ނަމަވެސް މީހުން ހުރި ނަމަވެސް ނަޝްވާއަށް އެކަމަށް ފަރުވާލެއް ނެތްފަދައެވެ. އިރުކޮޅަކު ހިތްހަމަޖެހެންދެން ރޯލުމަށްފަހު ފޯނު ނަގައި އައުމަށް އެދި ޒިޔާންއަށް މެސެޖެއްކޮށްލީ ކީކޭ ހިތަށް އަރައިގެންކަމެއް ނޭގެއެވެ.

ޒިޔާންއަށް އާދެވުނީ އޭގެ ތިރީސް މިނެޓްފަހުންނެވެ. އުޅެނީ މާލޭގައި ކަމުން ހުޅުމާލެއަށް އައުމަށް ވަގުތު ނަގާނޭނޫންހެއްޔެވެ. ރުކެއްގައި ލެނގިލައިގެން ރޮވިފައި ހުރި ނަޝްވާ ފެނި ޒިޔާންއަށް އެތަނަށް ދެވުން ގޮތެއްވެސް ނޭގުނެވެ. ޒިޔާން ގޮސް ނަޝްވާގެ ކޮނޑުގައި އަތްބޭއްވުމަށްފަހު ނަޝްވާއޭ ކިޔާފަ ގޮވާލިއެވެ. ނަޝްވާއަށް އެއަކީ ޒިޔާންކަން އިނގުމުން އެނބުރި ޒިޔާން ގައިގައި ބައްދާލިއެވެ. “ޒިޔާ. އަހަރެންނަށް ވަރަށްބޮޑު ކުށެއް ކުރެވިއްޖެ ވަރަށް ބޮޑު. މިކްޔަންގެ އެއްވެސް ކުށެއްނެތި އަހަރެން މިކްޔަންގެ ދިރިއުޅުމާ ކުޅެލީ. އަހަރެން ދެން ކިހިނެއް ހަދާނީ. ކޮންމެވެސް ގޮތަކުން އެ ލިޔުންތަކުގައި މިކްޔަން ސޮއި ކުރިޔަދީގެން ނުވާނެ.” ނަޝްވާ ހުރީ ވަރަށް ހާސްވެފައެވެ. “އިނގޭތަ އަހަރެންގެ ބޭބެ އިޔާޒްއާ މެރީ ކުރި ޒާޔާގެ ކަޒިންއެއް މިކްޔަންއަކީ” އެއްދިމާލަކަށް ބަލަހައްޓައިގެން ހުރެ ޒިޔާން ބުނެލިއެވެ. “ސޮރީ ޒިޔާ. ޒިޔާ އަހަރެން ދެން ކިހިނެއް ހަދާނީ؟” ނަޝްވާއަށް ރޮވުނެވެ. ހަގީގަތުގައިވެސް އޭނާއަށް އޭނާގެ ކުއް އިހުސާސް ވެއްޖެއެވެ. “ގުޅާބަލަ މިކްޔަންއަށް” ޒިޔާން ބުނެލިއެވެ. “މިކްޔަން އަހަރެންގެ ނަންބަރު ބްލޮކް ކޮށްލާފައި. ޒިޔާ ގުޅާބަ” ނަޝްވާ ބުނެލިއެވެ.

ޒިޔާން ޖީބުގައި އަތްހިންގާލިއެވެ. “ޝިޓް. އަވަސް ކުރަންހަދައިގެން ފޯނުވެސް ބާއްވާފަ މިއާދެވުނީ” ޒިޔާން މިހެން ބުނުމުން ނަޝްވާ ހާސްވިއެވެ. “ޒިޔާ. ހިނގާ މިކްޔަންއާ މީޓް ކުރަން. މިހާރު. މާދެންނަކަށް މަޑެއް ނުކުރެވޭނެ” ޒިޔާންވެސް އެކަމާ އެއްބަސްވިއެވެ.

*******

“ޔެސް ޔެސް ޔެސް. އަލްހަމަދުލިﷲ. އައިމް ޕްރެގްނެންޓް” ރިޕޯޓް ބަލާލާފައި ޔާނާ ފުންމައިގަތެވެ. ދެވަނަ ސިކުންތުގައި އޭނާ މައިތިރި ވީ މީހުންތައް ބަލާކަށް އިނގުމުންނެވެ. ޔާނާ އަވަސް އަވަހަށް ގެއަށް ދިޔުމަށް ހިނގައިގަތީ މިކްޔަންއަށް މިހަބަރު ދިނުމަށެވެ.

****

ނޫޑްލިސް ކައްކަން ހުރި މިކްޔަން އަށް ޒާއިން ވަދެގެން އަންނަތަން ފެނުމުން ގޮވާލިއެވެ. “އޭ ބްރޯ. ނޫޑްލިސް ކައްކަނީ މި. ކައިގެން ވަންނަންހުރޭ”

“ނޫނޭ ކައިގެން މިއައީ ބޭރުން. ދެން މިރޭ ތިމީހުން ޑިނާ ނައިޓަކަށް ހަދާލާ” ޒާއިން ލާނެތް ކަމާއެކީ މިހެން ބުނެ ކޮޓަރިއަށް ވަނެވެ.

ޒާއިން ކޮޓަރިއަށް ވަދެ ފޯނަށް ބަލާލިއެވެ. އަދިވެސް ލާރާގެ ހަބަރެއް ނުވެއެވެ. ނަމަވެސް މާދަމާރޭ ބައްދަލުވާނޭ ހިތަށް އެރުމުން ހިނިތުންވެލާފައި ކައިރީގައި ހުރި ރިމޯޓް ނަގައި ފިލްމެއް އަޅުވާލިއެވެ.

ނޫޑްލިސް ކައްކާފައި ތަށިތައް އަތުރަން ހުރި މިކްޔަން ގޭގެ ބެލް ޖަހާލަމުން ޔާނާ އައީ ކަމަށް ހީކޮށް ގޮސް ދޮރުހުޅުވާލިއެވެ. މިކްޔަންގެ ދެބުމަ ގޮށްޖެހުނީ ކުރިމަތީ ހުރި ނަޝްވާ ފެނުމުންނެވެ. މިކްޔަން އެއްޗެކޭ ބުނަންހަދާލިތަނާ ފަހަތުގައި ހުރި ޒިޔާން ފެނުމުން އެއްޗެކޭ ނުބުނެ މައިތިރިވިއެވެ. “މިކްޔަން ވަރަށް ބޮޑު ވާހަކަ އެއްދައްކަންވެގެން” ނަޝްވާ މިހެން ބުނުމުން މިކްޔަން ބަލާލީ ޒިޔާންއަށެވެ. “ޒިޔާންއަށް ހުރިހާ ވާހަކަ އެއްވެސް އިނގެޔޭ” ނަޝްވާ ބުނެލިއެވެ. “ބުނޭ” އެހުރިގޮތަށް ހުރެ ފުންނޭވާއެއް ލުމަށްފަހު މިކްޔަން ބުނެލިއެވެ. “މިތާކު ނޫން. މީހަކަށް އަޑުއިވިދާނެ” ޒިޔާން ބުނެލިއެވެ. ޒިޔާން އެހެން ބުނުމުން މިކްޔަން އެތެރެއަށް ވަނުމަށް ތަންދެއްކިއެވެ. “ހިނގާބަލަ ބަދިގެއަށް” ޒިޔާން އަނެއްކާވެސް ބުނެލިއެވެ. މިކްޔަން ދެބުމަ ގޮށްޖަހާލާފައި ބަދިގެއަށް ގޮސް ވަނެވެ.

“ނަޝްވާ ތިއައީ އަހަރެންގެ ލޯތްބަށް ސަލާން ޖަހަން ކަމުގައި ވަނީނަމަ އަހަރެން ބުނެފާނަން އަހަރެން ލޯބިވަނީ ޔާނާ ދެކެ”

ގޭގެ ދޮރުހުޅުވާފައި ހުރުމުން ދޮރުހުޅުވާފައި ވަން ޔާނާ ބަދިގެ ތެރެއިން މިކްޔަން ވާހަކަ ދައްކާ އަޑުއިވުމުން ބަދިގެ ކައިރިއަށް ދިޔައެވެ. ކުޑަކޮށް ބޯދިއްކޮށްލި ޔާނާގެ ދެލޯބޮޑުވީ މިކްޔަން ކައިރި ހުރި ނަޝްވާ ފެނުމުންނެވެ. ޒިޔާން ހުރީ ފްރިޖްއާއި ނިވާވެގެން ކަމުން ޔާނާއަށް ޒިޔާންއެއް ނުފެނެއެވެ. “އަހަރެން ޔާނާ އާއި އެކު ލޯބިން އުޅެން އެކްޓްޖެއްސީ ނަޝްދެކެ ލޯބިވާތީ. ޔާނާ އަމިއްލެއަށް އަހަރެންގެ ދިރިއުޅުމުން ދުރަށް ދޭތޯ. އޭރުން އަހަރެންގެ ދިރިއުޅުމަށް ނަޝް ގެނެވޭނެތީ” މިހިސާބަށް އަޑުއެހި ޔާނާ އަނގަ މަތީ އަތްއަޅައިގެން ހުރެ ފަހަތަށް ޖެހެން ފެށިއެވެ. މިއޮއްހާދުވަހު މިކްޔަން ޖެއްސީ ހުސް އެކްޓް ހެއްޔެވެ. އޭނާދެކެ ލޯބިވެޔޭ ބުނެ ހެދީ ހުސް ދޮގު ހެއްޔެވެ. މިކްޔަން އަހަރެން ޔޫޒް ކޮށްލީހެއްޔެވެ. އާއެކެވެ. އެހެން އެބުނީ ހަމަ މިކްޔަންގެ ދުލުންނެވެ. ޔާނާ ފަހަތަށް އެނބުރި ރޮވޭހާލު ބޭރަށް ދުއްވާގަތީ އަތުގައި އޮތް ފައިލް ވަންނަ ދޮރުކައިރި ހުރި މޭޒެއްގެ މަތީ ބާއްވާލަމުންނެވެ.

“އެކަމް އަހަރެން މިހާރު ޔާނާދެކެ އިންތިހާއަށް ލޯބިވޭ.” މިކްޔަން އަށް ވާހަކަ ހުއްޓާލަން ޖެހުނީ ނަޝްވާ ގޮވާލުމުންނެވެ. “އަހަރެން މިއައީ ޔާނާއާ މިކްޔަންއާ ދެމަދަށް ވަންނާކަށް ނޫން. މިކްޔަންއަށް އިނގެންޖެހޭ ވަރަށް ބޮޑު ވާހަކައެއް އަންގަން” މިކްޔަން ފާޑަކަށް ނަޝްވާއާ ދިމާލަށް ބަލާލިއެވެ. “އަހަރެމެންގެ ފޮޓޯއެއް ނަޒީހް އަތުގައެއް ނެތް” ނަޝްވާ ބުނެލިއެވެ. “ނަޒީހް. ނަޝްގެ ކަޒިންތަ؟” ހައިރާންވިވަރުން މިކްޔަންއަށް އަހާލެވުނެވެ. ނަޝްވާ ދެފަރާތަށް ބޯހޫރާލިއެވެ. “އަހަރެން މިކްޔަންއާ ރައްޓެހިވީ ނަޒީހް އާ ރައްޓެހިވެ ހުރެ ނަޒީހްގެ ބުނި ބުނުމަކަށް. މިކްޔަން ދެކެ ލޯބިވާތީއެއް ނޫން. އަހަރެންނަށް މާފްކުރޭ” މިކްޔަންގެ ލޭކެކިގަތް ނަމަވެސް އެކަމާ އެއްވެސް އެއްޗެކޭ ނުބުންޏެވެ. “ކީއްވެ ނަޒީހް ތިހެން ހެދީ؟” މިކްޔަން އަށް އަހާލެވުނެވެ.

“އޭނާގެ ކޮއްކޮއަށްޓަކައި. ޖަނާ ދަންނަންތަ؟” ނަޝްވާ އަހާލިއެވެ. މިކްޔަން ހަނދާން ކޮށްލިއެވެ. ޖަނާއެއަކީ ކުރިން އޭނާއާ ހެދި ހޭބަލިބެފައި ހުރި ކުއްޖެކެވެ. މިކްޔަން ބޯޖަހާލިއެވެ. “އޭނާ އަމިއްލަޔަށް މަރުވީ މިކްޔަން އޭނާގެ ލޯބި ގަބޫލިނުކުރީމަ”

“މަރުވީއޭ؟” މިކްޔަންގެ ދެލޯބޮޑުވިއެވެ. އެވަރުކަމަކާ މީހަކު އަމިއްލަޔަށް މަރުވޭހެއްޔެވެ. “ނަޒީހް ބޭނުންވީ އެކަމުގެ ބަދަލު ހިފަން. އަހަރެންނަކަށް ކުރިޔަކު ނޭގޭ އެވަރުކަމަކާ ހެދި ކަމެއް މިކްޔަންގެ ކިބައިން ބަދަލު ހިފަން އުޅުނީ. އެހެންނޫންނަމަ އަހަރެން އެހެން ނޫޅުނީމުސް. އޭގައި މިކްޔަންގެ ކުށެއް ނެތް. ސޮރީ މިކްޔަން. އަހަރެންގެ ސަބަބުން މިދިމާވި ކަންތައްގަނޑާ. އަހަރެން މިއައީ މިކްޔަން ކައިރި އެލިޔުންތަކުގައި ސޮއި ނުކުރާތީވޭ ބުނަން. ނަޒީހް އަތުގައި ނެތް ފޮޓޮއެއް. ދެން ދަނީ” ނަޝްވާ މިހެން ބުނެ ޒިޔާން އަށް އިޝާރަތް ކޮށްލީ ދާން ހިނގުމަށެވެ. އަތުގައި އޮތް ނަޝްވާގެ ފޯނު ނަޝްވާގެ އަތަށް ދެމުން ޒިޔާން ނަޝްވާއާއެކީ ހިނގައިގަތެވެ. “އަދި އެއްވާހަކަ. ދެން އަހަރެންގެ ފަރާތުން އެއްވެސް އުދަގުލެއް މިކްޔަންއަކަށް ނުފޯރާނެ. އުފާވެރި ހަޔާތަކަށް އެދެން” ނަޝްވާ ހިނިތުންވެލާފައި ފަހަތަށް އެނބުރި މިހެން ބުނެ ޒިޔާންއާއެކީ ނިކުމެގެން ދިޔައެވެ.

މިކްޔަން އަށް ބަޔާން ކުރަންދަތި ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. އޭނާ އެމަޅިން ސަލާމަތްވީއެވެ.

*****

ގަބުވެފައި ހިނގަމުން ދިޔަ ޔާނާ ހުއްޓުނީ ރަސްފަންނުގައެވެ. އޭރު އުޑުމަތީ އޮތީ ވަރަށް ބޮޑަށް ބަނަ ކޮށްލާފައެވެ. ޔާނާ އަނެއްކާވެސް ހިނގާލާފައި ގޮސް މީހުން މޫދަށް އެރޭ މޫދު ފެންނަ ހިސާބަށް ގޮސް ހުއްޓުނެވެ. ލޯބިވެރިން ފިޔަވައި އެތާ އެއްވެސް މީހެއްނެތެވެ. ޔާނާ އެހުދު ވެލިގަނޑު މައްޗަށް ތިރިވީ ގައިން ވަރުދޫވުމުންނެވެ. ދެ ކަކުލުގައި އަތް އަޅައިގެން ޔާނާއަށް ކަރުނަ ބޭލެން ފެށުނެވެ. “އާރގް. އަހަރެންގެ ކުށަކީ ކޮބާ؟ ހަމައެކަނި ޔަން ދެކެ ލޯބިވެވުންތަ. އަދި އެލޯބި ހޯދުމަށް ޔަން އާ ކައިވެނި ކުރީމަތަ. ޔަން ކީއްވެ އަހަރެންނަށް ތިހެން ތިހެދީ. އަހަރެން ހީކުރީ. ހީކުރީ ޔަން އަސްލުވެސް އަހަރެންދެކެ ލޯބިވަނީ ކަމަށް” ގިސްލެވޭ ހާލު ޔާނާ އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެވެ. ޔާނާ ފަހަތް ބަލާލީ މީހަކު އޭނާގެ ކޮނޑުގައި އަތްއެޅުމުންނެވެ. ފަހަތުގައި ހުރި ލީޒާ ފެނުމުން ޔާނާ ތެދުވެ ލީޒާ ގައިގަ ބައްދާފައި ރޯންފެށިއެވެ.

******

ޔާނާ ގެއަށް ވަދެ އޭނާ މޭޒުމަތީ ބޭއްވި ފައިލް ނެގިއެވެ. އެއަށްފަހު ކުރިއަށް ހިނގައިގަތެވެ. “ބޭބް. ހާދަ ލަހުން. އިންތިޒާރެއް ކުރެވިއްޖެ އިނގޭ. އަވަހަށް ހިނގާބަލަ ކާން” ޓީވީ ބަލަން އިން މިކްޔަން ތެދުވެގެން ގޮސް ޔާނާ ކައިރި ހުއްޓުނެވެ. ޔާނާ ފައިލް ފަހަތަށްލައި ފޮރުވާލިއެވެ. “ހިނގާބަދެން” މިކްޔަން މަޑުމަޑުން ޔާނާގެ ކޮލުގައި ޖަހާލިއެވެ. ޔާނާ މިކްޔަންގެ ލޮލަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ. އެ ލޮލުންބުނާފަދައެވެ. ޔަންއެވެ. ދެން ތި އެކްޓް ޖެއްސުން ހުއްޓާލާށެވެ. ހެޔޮނުވާނެއެވެ. މިހާރު ވާވަރު ވެއްޖެއެވެ. “ހޭއި” މިކްޔަން ގޮވާލިއެވެ. “އެބައަންނަން” ޔާނާ މިހެން ބުނެ އެތެރެއަށް ދިޔުމުން މިކްޔަން އަނެއްކާވެސް ޓީވީ ބަލަން އިށީއިނދެލިއެވެ.

ޔާނާ ދިޔަގޮތަށް ގޮސް ވަނީ ޒާއިންގެ ކޮޓަރިއަށެވެ. ޓީވީއަށް ގެއްލިފައި އޮތް ޒާއިންއަށް ޔާނާ ފެނުމުން ތެދުވެ ހިނިތުންވެފައި ކިހިނެއްވީހޭ އަހާލިއެވެ. “މިއައީ ކަމަކު ކިޔަން. ވާނެތަ” ޔާނާ ބުނެލިއެވެ. “ސާބަސް ދޮންބެދައްތާ. ތިހެންނުބުންޏަސް ކޮށްދޭނަމޭ” ޒާއިން ބުނެލިއެވެ.

“މި ފައިލް މާދެން ހެނދުނު ބަރާބަރު އެގާރަ ޖަހާއިރު ދޭންވީ ދޮންބެ އަތަށް.”

“އޯކޭ. އެކަމް މީކޯއްޗެއް”

“ޒާއިންވެސް މާދެން ބެލިޔަސް ހެޔޮ އިނގޭ. އެކަމް އޭގެ ކުރިން ނުބަލާތި” ޔާނާ މިހެން ބުނެ ޒާއިން ގައިގަ ބާރަކަށް ބައްދާލިއެވެ. ޒާއިން ޔާނާ އުޅޭގޮތުން ހައިރާންވެފަ ހުއްޓަސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.

*****

“ޔާނާ ތީ” ބޮޑު ފޮއްޓެއް ހިފައިގެން އައި ޔާނާ ފެނި މިކްޔަންއަށް އިންތަނުން ތެދުވެވުނެވެ. “ޕްލީޒް މިކްޔަން. ދެން ތި އެކްޓް ނުޖައްސަފާނަންތަ” ހުއްޓިލަމުން ޔާނާ ބުނެލީ ފެންކަޅިވެފައި ހުރެއެވެ. “ޔާނާ ކީކޭ”

“އަހަރެންނަށް އިވުނޭ ނަޝްވާ ގެނެއްސަ ކީއެއްޗެހި. އަހަރެންދެކެ ލޯބިވެޔޭ ކިޔާފަ. ހުސް އެކްޓް. އަހަރެން ކައިރި ރީއްޗަށް ބުނި ނަމަވެސް އަހަރެން ޔަން ދޫކޮށްލީމުހޭ. ކީއްވެ އަހަރެން ޔޫޒް ކުރީ” ޔާނާގެ އަޑުބެދުނެވެ. “ޔާނާ އަހަރެން ތިހެން ބުނިން އެކަމް އަހަރެން ދައްކާ ވާހަކަވެސް އަޑުއަހާބަލަ”

“އަހަރެން ބޭނުމެއްނޫން އަޑުއަހާކަށް. އަޑުއަހާނެ އެއްޗެހި އަޑުއިވިއްޖެ. އަހަރެން މިކްޔަން ބޭނުންވިގޮތަށް މިދަނީ މިކްޔަން ދޫކޮށް. ނަޝްވާއަކާ އެކީ ދެން އުފަލުގައި އުޅޭ” ޔާނާ ނިކުތުމަށް ހިނގައިގަތެވެ. މިކްޔަން އަށް އެއްމެ އަސަރު ކުރީ ޔާނާ މިކްޔަންއޭ ކިޔާ މުހާތަބު ކުރުމުންނެވެ. ވީދެރައިން ޔާނާގެ އަތުގައި ހިފާ އެމޫނަށް ބަލާލީ ނުދާށޭ ބުނާފަދައިންނެވެ. އޭރު އެލޯ ވަނީ ކަރުނުން ފުރިފައެވެ. ޔާނާވެސް އެއްމެ ފަހު ފަހަރަށް ކަރުނަވީ ލޮލަކުން މިކްޔަންއަށް ބަލާލިއެވެ. ދެމީހުންގެ ލޮލުން ފެންނަމުންދިޔައީ ލޯތްބާއި ވޭނެވެ. ޔާނާ މަޑުމަޑުން ފަަހަތަށް ދެތިންފިޔަވަޅު އަޅާލިއެވެ. އެއާއެކު ދެމީހުންގެ އަތް މަޑުމަޑުން ދުރުވެގެން ދިޔައެވެ. އެވަގުތު ޖަހާލި ބާރު ގުގުރީގެ އަޑުން ހީވީ މުޅި ކާއިނާތުވެސް އެދެމީހުން ވަކިވުމުން ހިތާމަކުރާހެންނެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Pinkish

Level 6100 Comments10 Stories100 Login500 Comments

...

Other Articles

Previous

ސިއްރު ސިއްރުން ހިތޭ… (11)

Next

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ދެވަނަބައި)

Next
November 17, 2017

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ދެވަނަބައި)

Previews
November 16, 2017

ސިއްރު ސިއްރުން ހިތޭ… (11)

96 Comments!

  1. yal v says:
    November 16, 2017 at 11:21 pm

    Yeyyy me first Vvv reethi mi part

    1. Ram says:
      November 16, 2017 at 11:24 pm

      Yayy.. yesss your first ??

    2. yal v says:
      November 16, 2017 at 11:24 pm

      Alheyy ehn nahadhaathiiiii nooo vvvvvvv reethi mi part

    3. Ram says:
      November 16, 2017 at 11:26 pm

      Alheyyy.. thankyou yal ?❤?

  2. aki says:
    November 16, 2017 at 11:21 pm

    balabalaa huhta thi up kohla dhinee. thanks

    1. Ram says:
      November 16, 2017 at 11:25 pm

      Hehe .. wc aki ??❤

  3. Aegi gom ? says:
    November 16, 2017 at 11:37 pm

    Miadhu adhi mi vaahaka mi ehkoh kiyaalee..hama wow ey buneveynee..haadha reehchey..dhn inthizaaru kurun vaanee dhathi kamakah..ehaaves reethi mi vaahaka..vaahaka up veythoa bala bala indha up veeves mioh..varah reethi mi part ves ❤️❤️❤️
    Mihaaru mi visneny next part ga vaane gothakaa medhu ?

    1. Ram says:
      November 16, 2017 at 11:50 pm

      Awwn thankyou soo much dear .. really thankyou.. happy to get a comment from you and hope to see more comment from you.. thankyou keep waiting ??❤

    2. Aegi gom ? says:
      November 18, 2017 at 12:56 am

      Varah happy vejje thihaa sweet koh reply dhinyma ?
      You are so friendly and I really liked it..and thanks for being so kind ?❤️
      Love you ?

  4. Roo says:
    November 16, 2017 at 11:44 pm

    Alhey dhen ehen nahadhaaba ? yaanaa ves ebbai adu ahaafa viyya dhiyaee ?? ram dhen e dhekudhin vaki nukurahchey ?? varah reethi ekam ingey ?? Ly and gudnyt ??❤️

    1. Ram says:
      November 16, 2017 at 11:51 pm

      Heii rooo..lets see dhn vaagotheh dww ? thankyou so much.. good nytss and loves more igeyy ??❤

  5. Rsh says:
    November 16, 2017 at 11:49 pm

    V Reethi
    When next part??

    1. Ram says:
      November 16, 2017 at 11:52 pm

      Thankyou dear ? next part maadhan in sha allah ?❤

  6. Hudher says:
    November 16, 2017 at 11:51 pm

    Thanks ram.. varh reethi mi story dhaa goiy???❤

    1. Ram says:
      November 16, 2017 at 11:53 pm

      Welcome ? and thankyou hudher ??❤

  7. mal says:
    November 16, 2017 at 11:58 pm

    Ram next part in story nimeneetha????

    1. Ram says:
      November 17, 2017 at 12:27 am

      Noon dhn othy last part eh noon… hehe.. thankyou mal ??❤

  8. shif says:
    November 16, 2017 at 11:59 pm

    Waaawaa vvv reethi…. when next part? Avahah up kohlahchey…????

    1. Ram says:
      November 17, 2017 at 12:28 am

      Thankyou shif ? maadhan.. yess i will try ??❤

  9. mal says:
    November 17, 2017 at 12:00 am

    Btw this is the best story i’ve read ever???

    1. Ram says:
      November 17, 2017 at 12:28 am

      Awwwn thankyou so much mal ?❤

  10. Shifu says:
    November 17, 2017 at 12:06 am

    Wow.. Alhe ram vaahaka thankolheh avahah up kohlan v nu… Haadha inthixaareh kureveyeyy….???

    1. Ram says:
      November 17, 2017 at 12:30 am

      Thankyou shifu ? yess i am trying mihaaru vx.. hehe.. thanks again dear ??❤

  11. Limsha says:
    November 17, 2017 at 12:15 am

    Lhey emyhun dhuru nukohba dhw
    Stry varah salhi ingey

    1. Ram says:
      November 17, 2017 at 12:31 am

      Ohh hehe.. thankyou lim ??❤

  12. Lam says:
    November 17, 2017 at 12:18 am

    Vvv obi…vahah up kohdhechay plx…plx plx plxplxplxplxplxplx

    1. Ram says:
      November 17, 2017 at 12:32 am

      Thankyou lamuu ? yeeeesssssss i will tryyyy darl ??❤

  13. Nahu says:
    November 17, 2017 at 12:33 am

    Wooow rammu haadha molhey.. keep it up… Good nyt. When nxt part ❤❤❤

    1. Ram says:
      November 17, 2017 at 9:13 am

      Thankyou so much nahu ? good morning.. miadhu ?❤

    2. Nahu says:
      November 17, 2017 at 12:09 pm

      Thy v gadha kujjeh.. Rammu… ??❤❤

    3. Ram says:
      November 17, 2017 at 12:47 pm

      Thankyou ?

  14. shanhaa says:
    November 17, 2017 at 12:41 am

    vvvvv salhi mipart??

    1. Ram says:
      November 17, 2017 at 9:14 am

      Thankyou shanhaa ??❤

  15. MXna says:
    November 17, 2017 at 12:47 am

    ???nudheyba dhn.??
    ?

    1. Ram says:
      November 17, 2017 at 9:15 am

      Alheyy mxna ??

  16. Merr says:
    November 17, 2017 at 1:12 am

    ramkolhu ❤
    rovvaaifi ??
    story hama habbu ?
    ram haadha molhey ?
    maadhan rey dhw next part ??

    1. Ram says:
      November 17, 2017 at 9:19 am

      Alheyy nurohcheyy dear.. thankyou mer.. yes miadhu noony mireyy… ??❤

  17. Ainth says:
    November 17, 2017 at 2:23 am

    Masha Allah… Wow wow wow ramkolhu, hama bunaane ehchehves neyngifa mihury.. Haadhahaa vaa furihamaey mibaives.. Ramkolhu haadha molhey.. Thigothah rythikoh gengos igey story ninmaalaanyves.. V v v v ves molhu igey.. Luv u bodukoh ramkolhu.. ([email protected]) mee igey mail

    1. Ram says:
      November 17, 2017 at 9:20 am

      Thankyou so soo much ainth.. loves more ?? okayy ?

  18. Awa says:
    November 17, 2017 at 7:25 am

    Dhen avahah next part genesdheebala plxx

    1. Ram says:
      November 17, 2017 at 9:21 am

      Alheyy awa.. hehe..

  19. Juma says:
    November 17, 2017 at 7:31 am

    Wowww… nothing to say. .. hama ????

    1. Ram says:
      November 17, 2017 at 9:22 am

      Aww thankyou juma ?❤

  20. Kia says:
    November 17, 2017 at 7:35 am

    Dhuvaalaku 2 episode genesdheveynetha ram plxxx

    1. Ram says:
      November 17, 2017 at 9:24 am

      Free dhuvas dhuvahu i will in sha allah.. igeyy ??❤

  21. Friends says:
    November 17, 2017 at 7:43 am

    Gud morning ramuu.
    Woooow stry hama vvvvvvvvvvvvv reethi…
    KEEP IT UP RAMUU..
    Hey ram upload soon ingey dear..waiting 4 next part.
    Have a nice day….???

    1. Ram says:
      November 17, 2017 at 9:27 am

      Good morning ? thankyou soo much.. yess thankyou and have a nice day ??❤

  22. PRINCESS AFU says:
    November 17, 2017 at 9:48 am

    Alhey ram mi part Vv reethi ????
    Kyp it up dear ?
    Waiting for next part ?
    LYSM ???

    1. Ram says:
      November 17, 2017 at 10:44 am

      Thankyou afuu… loves much more ??❤

  23. Riii says:
    November 17, 2017 at 10:01 am

    Wow… NiCe… AmaZing… BeutiFul… ..dhen neyge….

    1. Ram says:
      November 17, 2017 at 10:45 am

      Hehe.. thankyou so much riii ??❤

  24. Sadhin says:
    November 17, 2017 at 10:17 am

    Alhey nudhey bala dhn… Yaanaa yan dhookohlaafa… Miadhu up kohdhehchey….

    1. Ram says:
      November 17, 2017 at 10:46 am

      Dwww… yaana ah visneyne nama.. yess dear ??❤

    2. Ram says:
      November 17, 2017 at 10:46 am

      Dwww… yaana ah visneyne nama.. yess dear ??❤

  25. Sinaa says:
    November 17, 2017 at 10:27 am

    Wow

    1. Ram says:
      November 17, 2017 at 10:47 am

      Thankyou sinaa ??❤

  26. Nish says:
    November 17, 2017 at 10:49 am

    Awlheyy haadha dhera ey dhw e veegoi?yaana mikyan kiyaa ehcheh adu ahaafa dheybala dhw ram..dhen laara zaain ah ves yes nubunaany kahneyge… bt mi part ves hama vvvvv salhi ?nei salhi kamun bunaane ehches? waiting waiting! Luv u?

    1. Ram says:
      November 17, 2017 at 12:49 pm

      Thankyou..hehe.. luvs more ?❤

  27. Sidhu says:
    November 17, 2017 at 11:12 am

    V reethi….when next part…

    1. Ram says:
      November 17, 2017 at 12:53 pm

      Thankyou sidhu.. miadhu noony mirey ☺?

  28. SJK...KOREAN says:
    November 17, 2017 at 11:23 am

    Hi Ramko
    Alheyyyyyyy?? kihineh thihedhyyy?
    Btw, nice twist ???
    Hama roveyvaru vejje fahu thankolhu kiyaalaafa.. ??
    Nimunu iruvx neynge.. Haadha reehchey mihaaru mi story ???
    Alhey Ramko. Can’t wait to read nxt part.. Avasss kohlahcheyyy.. Plxx. Waiting. Loves❤❤❤❤❤

    1. Ram says:
      November 17, 2017 at 12:55 pm

      Alheyy nurohcheyy sjk.. thankyou so much.. loves ?❤

  29. Muroo.... says:
    November 17, 2017 at 11:30 am

    V v reethi hama… Obinesss to the max.. ??

    1. Ram says:
      November 17, 2017 at 12:59 pm

      Thankyou muroo.. loves ??❤

  30. Liu says:
    November 17, 2017 at 12:09 pm

    V reethi.waiting for next part!:D

    1. Ram says:
      November 17, 2017 at 1:00 pm

      Thankyou liu ??❤

  31. shah_dher? says:
    November 17, 2017 at 1:08 pm

    vvv salhi✌️????

    1. Ram says:
      November 17, 2017 at 1:50 pm

      Thankyou dear ??❤

    2. shah_dher? says:
      November 17, 2017 at 6:22 pm

      Anytime dear?♥️

  32. Maya says:
    November 17, 2017 at 1:32 pm

    Dhen ehaa lwbin ulgefa thi dhurukury yo…kada ey…anehkka yaanaa pregvyma..ram thihen nuhadhabala yaanaa ah.avahah hagygaih falhaa aruvaalaa..????loves varah ram

    1. Ram says:
      November 17, 2017 at 4:45 pm

      Awww maya.. thankyou.. loves more ?❤

  33. Anonymous says:
    November 17, 2017 at 2:12 pm

    Miadhu adhi one more part genesdheebala plx plx..

    1. Ram says:
      November 17, 2017 at 4:46 pm

      Heii anonymous.. mirey next part ??❤

  34. Navii says:
    November 17, 2017 at 2:31 pm

    Vvvvvvv reethi mi part ves.. waiting for next & how many parts more???

    1. Ram says:
      November 17, 2017 at 4:48 pm

      Thankyou so much dear.. neygey bunaakah.. dhn ehaa gina part thakeh nuhunnaane ??❤

  35. Yaana says:
    November 17, 2017 at 3:48 pm

    Alhey varah reethi when next part?????love this story❤ n love yuh

    1. Ram says:
      November 17, 2017 at 4:49 pm

      Thankyou so much yaana.. mireyy.. loves more ?☺?❤

  36. Ai ❤️? says:
    November 17, 2017 at 6:01 pm

    Mi story akee me ge favorite.ram u are girl or boy .

    1. Ram says:
      November 17, 2017 at 7:16 pm

      Alheyy i m a girl eyy..?

  37. Xuha says:
    November 17, 2017 at 6:25 pm

    Waiting waiting khn irakun tha up kohdheyny dear mihaaru story up vytho belun adhadhehvess neyge…

    1. Ram says:
      November 17, 2017 at 7:18 pm

      Heii thakolheh las vedhaane.. ?

  38. Shaya says:
    November 17, 2017 at 6:57 pm

    Ram kihaairakutha mirey

    1. Ram says:
      November 17, 2017 at 7:20 pm

      10 noony 11 i guess.. ?

  39. Shaya says:
    November 17, 2017 at 9:07 pm

    Okay waiting❤…mivaahaka nukiyaa nuves nidhey

    1. Ram says:
      November 17, 2017 at 11:07 pm

      Aww shaya .. thankyou ❤

  40. Haw shiaa shabaa shiaar says:
    November 17, 2017 at 9:28 pm

    Mashaa Allah v v reethi mi part ves, kihineh thihedhee, 2 meehun dhurunukurahchey a run kihaadheravaane, Quran test dhuvas kolhu v ma busy kamun comment nukurevenee, sorry BT kohmes gadi aku free time kolheh hoashaalaigen at or kiyaalan, mihaaru dhen test ves nimuneema hamajehilaigenmikiyaalee, miss u n love you ramko

  41. yal v says:
    November 17, 2017 at 10:22 pm

    Alhey ram avas kohdheeba mihar yal akah hure veniikyy nooon plxxxx

    1. yal v says:
      November 17, 2017 at 10:59 pm

      Alheyyy miharr 11 vejjjeyyyyyyyyy ???

    2. Ram says:
      November 17, 2017 at 11:08 pm

      Alheyy yal.. thankyou ??❤

    3. Ram says:
      November 17, 2017 at 11:09 pm

      Yal.. upkohlaafin ?

  42. her says:
    November 17, 2017 at 10:55 pm

    when up vany….. please avas kohba… cant wait

    1. Ram says:
      November 17, 2017 at 11:10 pm

      Upkohlaafin dear.. ??❤

  43. Shaa says:
    November 17, 2017 at 10:55 pm

    Wen next part?

    1. Ram says:
      November 17, 2017 at 11:11 pm

      Heii.. upkohlaafin ?

  44. Xuha says:
    November 17, 2017 at 11:06 pm

    Waiting waiting

    1. Ram says:
      November 17, 2017 at 11:12 pm

      Upkohlaafin ?? thankyou xuhaa ?❤

Comments are closed.

Next Episodeސިއްރުން މިހިތާ ކުޅެނީހޭ (ފަންސަވީސްވަނަބައި)←


All Right Reserved!