އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ދެވަނަބައި)
“ކޮބާ މަންމީ. ހޫދު އޭރުވެސް ބުނިންދޯ ޒަމްދައްތަ ބަލާ އަންނާނެއޭ. އަޅުގަނޑު ގޮވައިގެން ޕާކަށް ދިޔަނަމަ ޒަމްދައްތައަކަށް ނޭނގޭނެ ހޯދާކަށް” ހޫދު ވަރަށް ވިސްނާފައި ބުނެލި ވާހަކައިން ޒަމްރާއާއި އައިޝާއާ ދެމީހުންނަށް އެއްފަހަރާހެން ހޭންފެށުނެވެ.
******
“އޭ ބޮޑުމީހާ.. ނަމާދަށް ދާކަށް ނުވޭތަ. ދޭބަލަ އެތެރަށްގޮސް ވުޟޫކޮއްލައިގެން އަންނަން.” ސައިކަލުގައި ދޮރާށިދޮށަށް މަޑުކޮއްލި ޒާމިން ހޫދުއާ ދިމާއަށް ބުނެލިއެވެ.
“ޒާމިން. ނަމާދުކޮށް ނިމިގެން ހޫދުގޮވައިގެން މިގެޔަށް އިނގޭ އަންނާނީ. އަހަރެން ހުންނާނެ ސައިހަދާފަ. މިންނުމެންވެސް އޭރަށްވާއިރަށް އަންނާނެ.” ޒާމިންއަށް ސަޔަށް ދައުވަތު ދިނުމަށްފަހު ދެމީހުން އެތެރަށް ދިޔައީ ނަމާދުކޮއްގެން ސައިތައްޔާރު ކުރުމަށެވެ.
ބަދިގޭތެރޭ ސައިތައްޔާރު ކުރިމުންދިޔައިރު އެހެން ރޭރެޔަށްވުރެ މިރޭ އެތަން ހަމަހިމޭން ވެފައިވާކަން އެތެރެއަށް ވަދެގެން އައި މަންހާއަށް ފާހަގަ ވިއެވެ.. އެހެން ރޭރޭ އަނގަހުއްޓާނުލާ ވާހަކަދައްކާ އައިޝާގެ އަނގަމަތީގައި މިރޭ ޓޭޕެއް އާޅައިފައި ހުރީހެން މަންހާ އަށް ހީވިއެވެ. ” މަންމާ.. ބައެއްކުދިންގެ އަނގަ މިރޭހުރީ ހުންއައިއްސަތަ.. އާޝި ގޭގަ ނޫޅެނީކަންނޭގެ ދޯ.” އައިޝާއަށް ބަހުގެ ހަމަލާއެއް ދިނީ އޭނާގެ މޫޑު ގޯސްވެފަ ހުރުމުން ރަނގަޅުކޮއްލުމުގެ ނިޔަތުގައެވެ. އެކަހަލަ އެއްޗެއް ބުނެފިނަމަ އައިޝާ ވަގުތުން މަންހާގައިގައި ތަޅާގަންނަންވެސް ފަހަށްނުދާނެއެވެ. ނަމަވެސް މިރޭ އައިޝާ ހުރީ މީހަކާ ވާހަކަ ނުދައްކަން ހުވާކޮއްގެނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އައިޝާގެ ފަރާތުން އެއްވެސް ރައްދެއް ނައުމުން މަންހާ މޭޒުކައިރީގައި ހުރި ޒަމްރާއަށް ބަލާލާފައި އަތުގެ އިޝާރާތުން ކިހިނެއްވީހޭ އަހާލިއެވެ. ޒަމްރާ މަޑުމަޑުން ބޯހޫރުވާލިއިރު އޭނަވެސް ހުރީ އައިޝާގެ ހަމަހިމޭން ކަމުގެ ސަބަބުން ކަންބޮޑުވެފައެވެ. މަންހާ އައިޝާގެ އަތުގައި ހިފައިގެންގޮސް ސޯފާގައި އިށީނެވެ.
“އާޝި ދެންބުނެބަލަ. ކިހިނެއްތަވީ.. ބަލީތަ.. މިއަދު ހޮސްޕިޓަލުން އައިއްސުރެ ތި އިންނަނީ ނެގިމަޑުވެފަ. ކޮންމެވެސް ކަމެއް ވެއްޖެ. ދޯ ؟ ” މަންހާއައް އޭނާގެ އެންމެގާތް އެކުވެރިޔާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން ދެނެގަނެވުނެވެ.
“މިންނު.. އަސްލުވެސް ކަމެއް ނުވެޔޭ..އަހަރެން ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ.”އައިޝާ ހިނިތުންވެލަމުން ބުނެލިއެވެ.
“އެއިވުނީ ޒާމިންމެން އައި އަޑު. މަންމަ އަންނާނަށް ބަލާލައިފައި. މިންނު. ދަރިފުޅުމެން ދޭބަލަ އެންމެނަށް ކޮފީ ހަދަން. އައިޝާ. ދައްތަ ހުންނާނި ހޫދުގެ ކިރުތަށި ކަބަޑުމަތީގަ ބަހައްޓާފަ” ޒަމްރާ އެއް ފައްޗަކަށް އަމުނާލުމަށްފަހު ބޭރަށް ނުކުތެވެ. މަންހާމެންވެސް އަވަސްވެގަތީ ކޮފީ ތައްޔާރުކުރުމާވެގެންނެވެ.
“އަހަ ޒާމިން. މިގަޑީގަ ކޮންތާކުން ތި އަންނަނީ ؟ އަހަރެން މިސްކިތް މިތާ ކައިރީގަ އިނީމަ އެކަނި ގޮސްލަން އެނގޭނެތި އުނދަގޫނުކުރީ. އަހަރެން ބުނީ މިރޭ އޯކޭވާނެ އިނގޭ ނަޔަސް. ބައްޕަގެ ރައްޓެއްސެއް މިރޭ ކެއުމަކަށް ދައުވަތު ދީފަ އިނީ “ރެހާން ހުންނަ ގެޔާކަރީގައި ހުރި ގެޔެއްގެ ދޮރާށި ދޮށުގައި ޒާމިން ސައިކަލު ޕާކްކޮއްލިތަން ފެނުމުން ރެހާން އަހާލިއެވެ.
“ނަމާދުން އަހަރެންވެސް މި އަންނަނީ. އޭ. މިގަޑީގަ ނެތޭ މަޑުކޮއްލެވޭކަށް. މިސޮރުގެ މަންމަ މިހާރު ހުންނާނެ ލަސްވެފަ.” ޒާމިން އަވަސް އަރުވާލައިފައި ބުންޏެވެ. ދޮރިމަތީގައި ހުރި ޒަމްރާ ފެނުމުން ހޫދު ދުވެފަ ގޮސް އެތެރަށް ވަނެވެ.
އެންމެން ސަޔަށް އިންސާފުކުރަމުން ދިޔައިރު އެކަކު އަނެކަކަށް ޖޯކު ކިޔަމުން ދިޔައެވެ. ބަލާލި ކޮންމެ މީހަކުވެސް ހީކުރާނީ މީ އުފާވެރިކަމާއެކުގައި އުޅެމުން އަންނަ އާއިލާއެއް ކަމަށެވެ. ލޭގެ ގޮތުން ގުޅިފައި ނެތްނަމަވެސް މި މޭޒު ދޮށުގައިވާ މީހުންނަކީ އައިޝާގެ އާއިލާ ކަމުގައި އޭނާ ގަބޫލުކުރެއެވެ. އެހިތްދަތި ދުވަސްތަކަށް ފަހު މިކަހަލަ އާއިލާއެއް ދެއްވީތީ އައިޝާ ހެއްދެވިފަރާތަށް ޝުކުރު ނުދަންނަވާ އެންމެ ދުވަހެއްވެސް ނުދާނެއެވެ. އާއިލާއާއި އެކުވެރިކަންފަދަ ގުޅުންތަކުގެ މައްޗަށް އަލުން ކުރަން ދަސްވީ ނުވެސްދަންނަ ދުރުހިލޭ ބައެއްގެ ސަބަބުންނެވެ. މަންހާގެ އާއިލާއަކީ މިހާރު އައިޝާގެވެސް އާއިލާ ކަމުގައި އޭނާ ދެކެއެވެ. އައިޝާ މާ ހިމޭންވެފައި އިންނަކަން ޒާމިންއަށްވެސް ފާހަގަވުމުން މަންހާ ކާރީގައި ކިހިނެއްވީތޯ މަޑުމަޑުން އަހާލިއެވެ. މަންހާ ނޭނގެޔޭ ބުނާފަދަ ގޮތަކަށް ދެކޮނޑު އަރުވާލިއެވެ.
“މިންނު. އަހަރެން ބުނީ ވެޑިން ޑްރެސްގެ ޑިޒައިން ފޮނުވީތަ މިހާރު. އަހަރެންގެ ސޫޓްގެ ސާމްޕަލް ފޮޓޯ މާދަން ވަގުތަކުން ފޮނުވާނަން. އަހަންނަށް ކަމުދާ އެއްޗެއް ފޮނުވީމަ ރަނގަޅުވާނެ އެއްނު” ޒާމިން މަންހާއަށް ބަލާލަމުން ބުނެލިއެވެ.
އަހަންނަށް ހެޔޮ ޒާން ބަންގާޅު މުންޑެއް އަނދެގެން ހުއްޓަސް. މި އިންނެވި ކަމަނާފާނު ވިދާޅުވި ކުލައިގަ ހުންނަންވާނީ. އަހަރުމެން ނަސީބު ގަދަކަމުން ލިބިފަ މީނީ ވޯރލްޑް ކްލާސް ވެޑިން ޕްލޭނާއެއް” މިންހާ އައިޝާގައިގައި ބޮނޑިއެއް އަޅާލަމުން ޖަވާބުދިނެވެ. އައިޝަވެސް ދެރަ ނުވާން މިންހާގެ ބަނޑުގައި ވިކައިގަތެވެ.
“ނަސީބެއްނު ބޮޑިއެއް އަޅާލައިގެންވެސް ޗާޖުވިކަން” މިންހާ ދެން ބުނެލި ޖުމްލައިން އެންމެނަށް އެއްފަހަރާ ހޭއް ފެށުނެވެ. މޭޒު ދޮށުގައި ދެން ފެށުނީ ޒާމިންއާ މަންހާގެ ކައިވެނީގެ ވާހަކައެވެ. ޕާޓީގެ ކުލައެއްކަމުގައި ހަމަޖެހުނީ ޒާމިންއާ މަންހާއަށް އެންމެ ރީތި ކުލަ ކަމުގައިވާ ފިޔާތޮށިކުލައާއި އަޅިކުލައެވެއެވެ. ޕާޓީގެ ތީމްއާ ގުޅޭގޮތަށް ހާދާފައިވާ މޮޑެލްގެ ފޮޓޯ އައިޝާ އެންމެންނަށް ދައްކާލުމުން އެންމެންވެސް ތިބީ ރީތިކަމުން އާޝޯހުވެފައެވެ.
“އާޝި. ކޮބާ ތިމީހުންގެ ހެދުމުގެ ޑިޒައިންސަތަށް. އެވެސް ނިކަށް ދަށްކާލަބަލަ ދޯ ” މަންހާ ޒާމިންއަށް ދޯދިނެވެ.
” ނޯވޭ. އެޔެއް ނުދައްކާނަން. އެއީފެމިލީ ސަޕްރައިޒެއް ” ޒަމްރާގެ ކޮނޑަށް އަތްވައްޓާލަމުން އައިޝާ އުޒުރުވެރިވިއެވެ.
” ދެން މަންމިމެންވެސް ވަރަށް ފޮނިވާނެ. ޒާންބެ ހިނގާ ވީޑިއޯގޭމް ކުޅެން. ހޫދު މިހާރު ފޫހިވެއްޖެ މިތާގަ” އަތުގައި އޮތް ރުބިކްސް ކިއުބު އަބުރަމުން ދިޔަ ހޫދުއިނީ ބޮޑެތި މީހުން ދައްކަމުންދިޔަ ވާހަކައަށް ކަންފަތް ދީގެނެވެ.
“ހިނގާ މިންނުއާއެކީގަ. ބޭބެ ޖެހޭނެ އެއްނު މާދަން ޑިއުޓީއަށް ވެސް ދާން ” މަންހާ ހޫދު ގޮވައިގެން އެތެރަށް ހިނގައިގަތެވެ.
“އޭ އާޝި. އަހަރެން މިހުރީ ބުނަން ހަނދާން ނެތިފައޭ. މިއަދު ބޮސް އައި. ވަރަށް ކޫލް. މާދަން އޮންނާނެ ޑޮކްޓާސް އާ ބައްދަލުކުރުން. އޭނަވެސް މަސަތްކުރާނީ ޑޮކްޓާރ އެއްގެ ގޮތުގަޔޯ. އެހެންމަ ތިއެންމެން ވަރަށް ބަލައިގެން އިނގޭ އުޅެންވާނީ. 8 :30 ގަ އިނގޭ މީޓިން އިނީ. ހަނދާންކޮށް އެގަޑިއަށް ކޮންފަރެންސް ރޫމްއަށް ވަދެލާތި. ކޫލް ވިޔަސް ވަކި އުސޫލުތަކަކަށް ތަބާވާނެ އޭނަ.” ދުވަސްވި ރަހުމަތްތެރިއެއް ތައާރަފް ކޮށްދޭފަދައިން އައިޝާއަށް ރެހާންގެ ތައާރަފެއް ދިނެވެ. ނުބުނަނީ ހަމައެކަނި ނަމެވެ.
“އޭ މިންނު. އަޑު އިވޭތަ. ޒާންގެ ނިއު ކްރަޝް. ކައިވެނި ކުރުމު ކުރިޔަށް ތިގެއްލެނީ އިނގޭ.” އައިޝާ ޒާމިންއާ ދިމާކުރަމުން ބުންޏެވެ. ގެޔަށް އައިއިރު މަޑުމަޑުން އިން އައިޝާގެ މޫޑު ހަމަހަކަށް އެޅުމުން އެންމެންވެސް ތިބީ ހިތްހަމަޖެހިފައެވެ.
ބަންގީގެ އަޑަށް ހޭލެވުނު މިންހާ ނަމާދުކޮށްގެން ބޭރަށް ނުކުމެލީ ފަތިހުގެ ތާޒާވައިޖައްސާލާށެވެ. ކޮފީމަގު ހިފައިގެން ބޭރަށް ނުކުތީ އެތާގައި އައިޝާ އިންނާނެ ކަމަކަށް ނޫނެވެ. ގޯތިތެރޭގައި ކޮފީބުއިމަށް ބަހައްޓާފައިވާ މޭޒުދޮށުގައި އައިޝާ އިނީ ފުން ހިޔާލަކަށް ގެއްލިފައެވެ. ތެމިފައިވާ އެސްފިޔަތަކުންނާ ރަތްވެފައިވާ ލޮލުން އައިޝާ ރޮއިފައި ހުރިކަން ފާޅުވާން ހުއްޓެވެ. ހީވަނީ ހިތާމައިގެ ތަސްވީރެއްހެނެވެ. މަންހާ ކައިރިއަށް އައިސް ހުއްޓުމުންވެސް އައިޝާއަކަށް އެކަމެއް ރޭކާނުލިއެވެ.
” އާޝީ. ކިހިނެއްވެފަތަ ތި އިނީ..” މަންހާ އައިޝާގެ ކޮނޑުގައި އަތްބާއްވާލިއެވެ. ނުރޯން ހުރި އައިޝާއަށް އެވަގުތު ކެތެއް ނުވިއެވެ. މަންހާ ގައިގާ ކުޑަކޮށް ބައްދާލުމާއެކު މަޑުމަޑު ގިސްލުމުގެ އަޑެއް އިވެން ފެށިއެވެ. ކިތަންމެ ހަރުހިތެއްވެސް އެއަޑު އިވިފައި މަޑުކަފަކޮޅަކަށް ވާނެކަން ޔަގީނެވެ. އައިޝާ ހީވަނި މީހަކު ބޮޑު އަނިޔާއެއް ދީގެން ގިސްލާ ރޯހެންނެވެ.
“ހޭއި. އާޝި ދޫނި ކިހިނެއްވީތަ. މީހަކު އެއްޗެކެ ބުނީތަ ؟ ނޫނީ ކަމެއް ކުރީތަ. އަހަންނަށް ރޭވެސް ހީވިޔޭ ކަމެއްވެފަ ހުރިހެން. ނަތިންގް އޭ ނުބުނާތި. ކަމެއްނުވަންޏާ އާޝި ތިހެން ނުއެއް ރޯނެ.” މަންހާ ހުރީ ކަންބޮޑުވެފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.




Nice story.. ?
Thanks yaa
????
Varah rythi ingey
Thanks limsha❤❤
Hey.. miothy next.. adhu miadhu eh part genesdheynan inshaAllah. Hope you guys will like it. Have a good day
Heevey reethi vaanehen mivaahaka.unmeedhukuran konme dhuvahakuves upvaane kamah
Bodukameh dhimaa nuviyyaamun up kohdheynan inshaAllah
Nice..waiting
Thanks lam
Feshun Vv salhi Heevey v reethi vaanehen Gud luck awa ?
Thanks afu
V.v.reethi mi vaahaka..miadhu part eh up kohdheynamey buneema happy???????? vaahaka nimen dhen genesdhehchey…. waiting
Sure Xxxx. Ekkonhn liye nimifa inee. So vaahaka ehkoh genesdheynan inshaAllah. Thnkyou 4 the support
V reethi
Thankyou
Hey awa?
Varah salhi ingey ??❤
Hama obiness ?? waiting ❤❤ loves ?
Hey SJK.. all good?
Thanks dhoonyaa❤❤❤??
☺not at all okay☺
Welcome dear?
N thanks for supporting me❤❤❤
Anytime??
hey awa, meet ava. ?
i’m so in love with this story. can’t wait for next part.
Hii ava.. hehehe.. thankss…??
WOW V Reethi?
Waiting……….. For next engey
Thankss
aishaa ah aashi nukiya aish kiyan v ehnun
Nice
Thankss anonymous
V reethi ingey