އާދައިގެމަތިން 12ޖަހަންވީ އިރަށް ހިރިހާ މަސައްކަތްތަކެއް ނިންމާލުމަށްފަހު ހިންދެމިލާފައި ނަވާރު ޖުމްނާއަށް ގުޅާލީ މެންދުރުގެ ކެއުމަށް ދިއުމަށެވެ. ޖުމާވެސް ރެޑީކަމަށްބުނުމުން އަބަދުވެސް އެމީހުންދާ ބޭވޮޗް އަށް ދިއުމަށް ބުނުމަށްފަހު ފޯނުކަނޑާލާފައި ޝިވަންއަށް ވެސް ލަންޗަށް އައުމަށް މެސެޖްކޮށްލިއެވެ. މިއީ ކޮންމެ ދުވަހުގެ އާދަކަމުން ޝިވަންވެސް “އެބަދަމޭ” ބުނެ މެސެޖްކޮށްލުމުން މިއަދުވެސް އެހެން ދުވަސްތަކެކޭ އެއްގޮތަށް އަމަލުތަށް ބެހެއްޓުމަށް ނަވާރު ޝިވަން އަށް ރިޕްލައިކޮށްލިއެވެ. އެހެން ނޫނީ މާކުރިން ޖުމްނާއަށް މިއަދު ނަވާރު ރާވާފައިވާ ސަޕްރައިޒް ފަޅާއަރާފާނެއެވެ.

ހަމަޖެހިލައިގެން ކާރަށް އަރަން އައިނަވާރު ހުއްޓުނީ ޝަބީންގެ ސައިކަލުގެ ފަހަތުގައި އިން މަލީހްފެނުމުންނެވެ. “މިހާރު މަލީހް ހާދަރީއްޗޭ.. އަޅެ.. ” ހިތާހިތުން ނަވާރުއަށް ކިޔާލެވުނެވެ. ” ހެއި ނަވާ.. އަހަރެމެން މިދަނީ ލަންޗްއަށް ނުދަންތަ.. ” ވަގުތުގެ ބޭނުންހިފާ “ނަވާވެސް މިދަނީ.. އަދޭ ބޭވޮޗް އަށް..” ބުނެ ކާރަށް އެރީ އަވަހަށް އެތަނަށް ދިއުމަށެވެ. ޝަބީންމެންވެސް ދިއުމުން ގައިމުވެސް ޖުމްނާއަށް އަށް މިއަދުގަ ރޭވިފަހުރިކަންކަން ރޭކައިނުލާނެކަން ނަވާރު ދެނެގަތެވެ.

ބޭވޮޗްގެ ހިތްގައިމު މާހައުލުގައި ޝިވަން އިނީ ނަވާރުއާއި ޖުމްނާގެ އިންތިޒާރުގައެވެ. އެހެން މާގިނައިރަކު އިންތިޒާރުކުރަން ނުޖެހުންނަމަވެސް އެކުގައި އައި ދެފިރިހެންކުދިން ފެނި ޝިވަންގެ ހިތަށް ފާޑެއްގެ ގޮތެއްވިއެވެ. “ހަމަޔަގީނުންވެސް ޖުމްނާ ވާހަކަދައްކަމުން އެއަންނަނީ ކުރިން ފެނުންމީހެއް ކޮންތާކުންބާ.. ހޫމް ހަމަ ޖުމް ކަހަލަ ކުއްޖެއްގޮވައިގެން އެދުވަހު ހޮސްޕިޓަލަށް އައީ.. އެހެންވީމަ އެވާނީ ޖުމްގެ ދޮންބެއަށް.. ” ވިސްނުމަށް ގެއްލިފަ އިން ޝިވަންސިހުނީ ނަވާރު އައިސް “ދުވާލުވެސް ހުވަފެންބަލަނީ” އޭކިޔާ ކޮނޑުގައި ޖަހާލުމުންނެވެ. ” ސާބަސްދައިތަޔަށް.. ހެއި ޖުމް.. ދެން މީ ކޮން ދެކުދިންނެއްތަ.. ” ޝިވަން، ޝަބީންއާއި މަލީހްއަށް ބަލާލަމުން އަހާލިއެވެ. ” މިކޮޅުން މިހުރީ ޝަބީން.. ނަވާބުނީމެއްނު ވަރަށް ރަނގަޅު ފްރެންޑެއް ލިބުނޭ ޗުއްޓީއަށް ބުރުންޏަށް ދިޔަ ދަތުރުގަ. ދެން އެހެރީ މަލީހް ޝަބީންގެ ބެސްޓީ.. އަދި ޖުމްމެންގެ ކުއްޖެއްދޯ ޖުމް..” ނަވާރުއަށް މިހުރިހާ ދުވަހުވަހުވެސް މަލީހްގެ ހަގީގަތް އެނގިފައި ނުވާތީ އެނގޭގޮތަކަށް ތަޢާރަފް ކޮށްލަދިނެވެ. ” ހޫމް އަހަރެން މަލީހް ދުށިން ހޮސްޕިޓަލުން ޖުމްގެ ބައްޕައާއެކު އައީ އެދުވަހު.. އަންހެނުންތަ ކައިރީގަހުރީ.. ” ޝިވަން އެމީހުނާ ސަލާމްކޮށްލާފައި އިށީންނަމުން އަހާލިއެއްޗަކުން ޝަބީން އަށް ކަރުކެހިލެވުނެވެ. “ނޫން.. އެއީ ޖުމްގެ ޓްވިންސް ކޮއްކޮ ޖުމާ.. ” އެންމެފަހުން ޖުމްނާ މަލީހް އެއްޗެއް ނުބުނާނެހެން ހީވުމުން އޮޅުން ފިލުވާދިނެވެ. އެވަގުތު ވޭޓަރު އައުމާއެކު ހުރިހާ މީހުންވެސް އޯޑަރުދިނުމާއެކު އަނެއްކާވެސް އެމައުލޫއަށް އެނބުރުނެވެ. ” އެހެންތަ.. ސޮރީ އިނގޭ. އަސްލު އަހަރެން ހީކުރީ ތީ ޖުމްގެ ދޮންބެކަމަށް އެންޑް އެއީ ވައިފް ކަމަށް.. އާ… ތިހެން ބުނީމަ އެބަހީވޭ ޖުމް އާ ވައްތަރުހެން.. ” ” އެއީ އެވަރުކަމެއްނޫން.. ” މަލީހް ހިނިތުން ވެލަމުން އެހެންބުނުމާއެކު ނަވާރުއަށް ބަލާލެވުނެވެ. “އަޑުވެސް ހާދަފިރިހެން ވަންތައޭ.. އަޅެ އެކަމަކު ކީއްވެތަ މަލީހް އަހަަންނަށް ބަލާވެސް ނުލަނީ.. ” ނަވާރު ހިތާހިތާ ކިޔާލިއެވެ. މަލީހްގެ ހާލަކީވެސް އެޔެވެ. ސިއްރުން ސިއްރުން ނަވާރުއަށް ބަލާލާފައި ނޫން ކަމަށް ހެދިގެން ހުންނަނީއެވެ.

ކެއުން ގެނައުމާ އެކު އޮލަވާހަކައިގަ އިން ޝިވަން ކުއްލިއަކަށް ގަޑިބަލާލާފައި އަވަހަށް ފޯނުނަގާ އޭނަގެ ސެކެޓްރީއަށް ގުޅާލިއެވެ. ” ހެލޯ.. ކޮބާ ރެޑީތަ.. އެހެންވީމަ ދޭއްޖަހާއިރަށް އެއޮފީހަށް ދާންވާނެ.. އަހަރެން ލަންޗްނިންމާލާފަ ސީދާ އެދިމާއަށް ދާނަން.. ” ފޯނުބޭއްވުމާއެކު ވިޔަފާރީގެ ބައްދަލުވުމެއް އޮތީކަމަށްބުނެ ކާންފެށުމާއެކު ޝަބީންވެސް އޭނަ މިއަދު ދޭއްޖަހާއިރު ދަން ޖެހޭވާހަކަ ބުނެލިއެވެ. ” އެހެންތަ.. ” ނަވާރު އެހެން ބުނުމުން ” އާން ގްރީން ސްޓާ ކޮންޕެނީ އާއެކުގައި މަސައްކަތެއް ފަށަނީއޭ..” ބުނުމުން ޝިވަންގެ ދެލޯދިޔައީ ބޮޑުވެގެންނެވެ. ނަވާރު އާއި ޖުމްނާއަށްވެސްވީ ހަމަ އެވަރެވެ. ” ކީއްވެތަ ފާޑަކަށް ތިބަލަނީ.. ” އެތިންމީހުން ދެލޯބޮޑުކޮށްފައި ބަލަން ތިބުމުން ޝަބީން އަހާލިއެވެ. ” ހެހެ.. ބެލޭނު ތިބުނާ ކުންފުނީގެ ވެރިޔާ ތީނީ ކައިރީގަ ވިއްޔާ.. ” ޝިވަންއަށް އިޝާރާތް ކުރަމުން ނަވާރު އެހެން ބުނުމުން ޝަބީން އަށްވެސް ހަމަ އެމީހުނަށް ވީގޮތެވެ. ” ތިވީ މާރަނގަޅަކަށްނު އެހެންވީމަ.. އަހަރެން ދެން ދާނީ ޝަބީންއާއެކުގަ ދޯ ޝަބީން.. ކޮންމެހެންވެސް މިއަދު އެއޮފީހަށް ވަދެލަން އެބަޖެހޭ ވިއްޔާ.. ”

އެވަގުތު އެމީހުނަށް ބަލާލި ނަވާރުއަށް ކަމެއްފާހަގަވިއެވެ. ތިންފިރިހެނުންވެސް ހީލާއިރު ވަރަށް ވައްތަރެވެ. ހަމަ ހީވަނީ އެކެއްގެ ދަރީން ހެނެވެ. ނަމަވެސް މާހައުލާއި ނުގުޅޭ މައުލޫއެއްވުމުން އަޅާނުލީއެވެ. އެކަމަކު ނަވާރުގެ ފޯނުގައި އިން މަލީހްމެން މެޗްކުޅުން އިރު ނަގާފައިވާ ފޮޓޮއަށް ރަނގަޅަށް ބަލާލީ ޔަގީން ކޮށްލުމަށެވެ. އޭރު އެކަން ފާހަގަ ނުވިނަމަވެސް ހަމަ އަސްލުގަވެސް އެމީހުން ވައްތަރެވެ.

އެކިވާހަކަތަށް ދައްކަމުން ކެއުން ނިންމާލިއިރު އެއްކުއްޖަކު އަނެއްކުއްޖަކާ ރަހްމަތްތެވެއްޖެއެވެ. ތިން ފިރިހެން ކުދިން ދިއުމާއެކު ނަވާރުއާއި ޖުމްނާވެސް ދާންނިކުންނަމުން ނަވާރު ހަވީރު އެގެއަށް ފެމިލީއާއި އެކުގައި އައުމަށް ދައުވަތު ދިނެވެ. އުފަލާއެކު ދައުވަތު ގަބޫލުކޮށް ހަމަ އެގަޑީ ޖުމްނާ އެވާހަކަ އޭނަގެ ބައްޕައާއި ކޮއްކޮއަށް އެންގިއެވެ. އެވަގުތު މަލީހްކައިރީ ނުބުނުމުން ނަވާރު ޝިވަންއަށް މެސެޖްކޮށްލާފައި ހަވީރަށް ޝަބީން އާއި މަލީހް އަށް ދައުވަތުދިނުމަށް އެދުނެވެ.

އަސުރު ނަމާދު ކޮށްލައިގެން ނިކުތް ޒިޔާދު ހަފީޒާ ގާތު ހުރިހަ ކަމެއް ރެޑީތޯ އަހާލުމުން ހުރިހާ ކަމެއް ނިމިއްޖެކަމަށް ހަފީޒާބުންޏެވެ. އެވަގުތު ގޭގެ ބެލް އަޅާލުމާއެކު ހަފީޒާ ގޮސް ދޮރުހުޅުވާލިއިރު ރަޝީދު އާއި އާލިމާ އެކަނި ތިބުމުން ޝިވަން ކޮބާތޯ ސުވާލު ކޮށްލިއެވެ. ” އޭނަޔަށް މިއަދު ލިބުން ދެރަހްމަތްތެރިންވެސް ގޮވައިގެން އައުމަށް ނަވާރުބުނީމަ އެމީހުނާއެކުގަޔޯ އަންނާނީ.. ” އެހެން ބުނެ އާލިމާ ހަފީޒާ އާއެކުގައި ޓެރަހަށް ދިޔައީ ސައި އޮތީ އެތަނުގައި ކަމަށްވާތީއެވެ. ޒިޔާދުއާއި ރަޝީދު ސޯފާގައި އެމީހުންގެ އާންމު ވިޔަފާރީގެ ވާހަކައިގައި ތިއްބެވެ. ކޮޓަރީގައި އުޅެފައި ނިކުތް ނަވާރު ޒިޔާދު ގޮވާލުމާއެކު އައިސް ކިހިނެއްވީތޯ އަހާލިއެވެ. ” ދަރިފުޅު ޝިވަންގެ ދެރަހްމަތްތެރިން އަންނަވާހަކަ އާލިމާދައްތަ ބުނި.. ” ” ލައްބަ ބައްޕާ.. އަޅުގަނޑު ހަނދާންނެތުނީ ބައްޕަމެންކައިރީގަ ބުނަން.. އެއީ އެއްކަލަ ބުރުނިން ދިމާވިއެއްނު ޝަބީން އާއި މަލީހް.. ” އެހެން ބުނުމާއެކު ” ހޫމް އެރަށުގެ އެންމެމޮޅު ދެކުޅުންތެރިންދޯ.. ” އޭ ޒިޔާދުބުނެލިއެވެ. އެއާއެކު ބުރުނީގައި ހޭދަކުރި ދުވަސްތަކުގެ ވާހަކަތަށް ރަޝީދުއަށް ހިއްސާކުރަންފެށިއެވެ.

ނަވާރު ފޯނަށް މެސެޖެއް އައުމުން ބަލާލިއިރު ޝިވަން އެވެ. *ހެއި ނަވާ .. ދޮރުހުޅުވާލަބަ ނިކަން އަވަހަށް ޖުމް މެން އެބަ އާދޭ އެމީހުނަށް ފެނުމުގެ ކުރިން އެބަޖެހޭނު ވަންނަން.. * މެސެޖް ކިޔާލުމާއެކު އަވަހަށް ގޮސް ނަވާރު ދޮރުހުޅުވާލިއެވެ. ޝިވަން ޝަބީންއާއި މަލީހްގޮވައިގެން ވަތްގޮތަށް މަޑުވެސްކޮށްނުލާ އަވަހަށް ދިޔައީ ޓެރަހަށެވެ. ވީގޮތް އޮޅުން ފިލުވާދިނުމުން ޒިޔާދުމެންވެސް ތިބީ އަންނަންއުޅޭ މެހެމާނުންގެ އިސްތިގްބާލުގައި ތައްޔާރުވެގެން ނެވެ. ޝިވަންމެން މައްޗަށް ދިއުމާއެކު ހަފީޒާ ތިރިއަށްފޭބީ އެއީ އެންމެ ރަނގަޅުގޮތް ކަމަށް އާލިމާ ބުނުމުންނެވެ. އަދި ނާލްވެސް މިއަދު ގެއަށް އަންނާނީ ޕްރެކްޓިސް ނިންމާލާފަ ހައެއްޖަހާއިރު ކަމަށްބުނެ މެސެޖްކުރުމުން އެވާހަކަ ޒިޔާދުކައިރީގައި ބުނުމަށެވެ. ބެލްޖަހާލުމާއެކު ޒިޔާދު އިސްވެ ދޮރުހުޅުވާލިއިރު ކުތިމަތީގައި ހުރި ނިމާލް ހިނިތުންވެފައި ހުއްޓެވެ. ” އަވަހަށް އާދޭ އެތެރެއަށް..” ޒިޔާދު ނިމާލްމެންނަށް ވަންނަން ތަންދެއްކުމާއެކު ޖުމްނާ އާއި ޖުމާނާ ވެސް އައިސް ވަނެވެ. ނަވާރު އައިސް ޖުމްނާގައި ބައްދާލުމާއެކު ޖުމާނާ އާއި ސަލާމްކޮށްލިއެވެ. ” މީއަސްލު ކޮންކަހަލަ ދައުވަތެއްތޯ.. ” ޒިޔާދުގެ އެދުމަށް އިށީންނަމުން ނިމާލް ސުވާލްކޮށްލިއެވެ. ” މީހަމަ އަޅުގަނޑުމެންގެ ކައިވެނީގޮށަށް އާބޮޅެއް އިތުރުވީދުވަހަށް ވުމުން ކުޑަކޮށް ފާހަގަކޮށްލީ.. ” ހިނިތުންވުމެއް ރައްދުކުރަމުން ޒިޔާދު މިހެން ބުނިއިރު ލޮލުގެ އިޝާރާތުން އާލިމާއަށް ގޮވާލުމަށް ހަފީޒާގާތުގައި އެދުނެވެ. ނަވާރު ޖުމްނާ އާއި ޖުމާނާ ގޮވައިގެން އޭނަގެ ކޮޓަރިއަށް ދިޔައީ މިވަގުތުއެތާންގައި ތިބުން އެހާ ބުއްދިވެރިނޫންހެން ހީވުމުންނެވެ.

ހަލުވި ހިނގުމެއްގައި ހަފީޒާ އާއި އެކުގައި އާލިމާއަށް ހުއްޓެވުނީ ފެންނަނީ ހުވަފެނެއްބާއޭ ހިތަށް އެރުމުންނެވެ. އެވަގުތު އެދިމާއަށް ނިމާލްވެސް ބަލާލީ ޒިޔާދުމެން ބަލަން ތިބުމުންނެވެ. އެއާއެކު ނިމާލްއަށް ވެސް ކޮޅަށްތެދުވެވުނީ ” އާލިމާ..” އޭ ބުނަމުންނެވެ. ” އާލިމާ މިގޭގައިތައުޅެނީ.. ހާދަ ދުވަހެކޭ މިވީ.. ކޮބާ ދަރިފުޅު ރަނގަޅުތަ.. ކޮންކަހަލަކުއްޖެއް ލިބުނީ.. ކޮބާ ފިރިމީހާ.. ” ނިމާލް ހުރިހާއެއްޗެއް އެކީގައި އަހާލުމުން އާލިމާވެސް އިނީ ޖަވާބުދޭން ނޭންގިފައެވެ. ވަގުތުގެ ބޭނުންހިފާ ރަޝީދު ނިމާލް ކައިރީގައި ހަމަޖެހިލުމަށް ބުނުމަށްފަހު އާލިމާގެނެސް އޭނަ ކައިރީގައި ބޭންދިއެވެ. ” އަހަރެންމީ އާލިމާގެ ފިރިމީހާ.. ރަޝީދު.. ލިބުނީ ފިރިހެންކުއްޖެއް.. ދަރިފުޅުވެސް އިންޝާ ﷲ ވަރަށް ރަނގަޅު ދޯ އާލިމާ.. ” ފެންކަޅިވެފައި ހުރިއާލިމާ އަޑުބޭރުވާގޮތް ނުވުމުން އާއިކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ” އަލްހަމްދުﷲ.. އަހަރެންގެ ކޮއްކޮއަށްވެސް ލިބުނީ ފިރިހެން ކުއްޖެއް.. އެކަމަކު.. ” ފާގިޔާމަތިން ހަނދާންވުމުން ނިމާއަށް ރޮވޭގޮތްވިއެވެ. “އެކަމަކު ކިހިނެއްވީ ފާގިޔާ ކޮބާ.. ދަރިފުޅުކޮބާ.. ” އާލިމާއަށް ވާހަކައެއް ނުދެއްކޭނެހެން ހީވުމުން ރަޝީދު އަވަހަށް އަހާލިއެވެ. ކަރުނަފޮހެލާފައި ފާގިޔާ އަށް ދިމާވި ހާދިސާ ކިޔައިދީފައި ދަރިފުޅު މިހާރު ކިޔަވައިގެން އައިސް އުޅޭވާހަކައާއި ޖުވައިރިޔާވެސް އެއްމާބަނޑު ދެއަންހެންކިދިން ލިބުނުކަމާއި. އަދި މިހާރު ޖުވައިރިޔާނިޔާވި ވާހަކައަށް ދާންދެން ނިމާލް ކިޔާދިނެވެ. “އެހެންތަ.. އަޅެ އަހަރެން އެކުވެރިޔާ އެދިމާވީ ކޮންފަދަ ހިތާމަވެރިގޮތެއް.. ﷲ އިރާދަކުރެއްވިއްޔާ މިއަދު އަހަރުމެންނަށް ފާގިޔާ ގެއްލިފައިވީނަމަވެސް މަހްޝަރުދުވަހުން އަހަރެމެން ތިބޭނީ އެކީގަ.. ” ހުރިހާ ވަހަކައެއް އަޑުއެހުމަށް ފަހު އާލިމާ ބުނެލިއެވެ. ” ދެންކޮބާ .. ފާގިޔާގެ ދަރިފުޅު.. އޭނަ ނާދޭތަ.. ކޮންނަމެއްތަ ކިޔަނީ އެކުއްޖާފުޅަށް..” އެހާދުވަހަށް ފަހުވެސް އެކުވެރިޔާއަށް އޮތް ލޯބި އޭނާގެ ހިތުގައި ދެގޮތެއްނުވެ އޮތުމާއެކު އާލިމާ އަހާލިއެވެ. ” އެސޮރަށް ކިޔަނީ މަލީހް.. ރައްޓެހިންނާއެކު ބޭރަށްދާ ވާހަކަބުނީމަ ގޮވައިގެން ނާދެވުނީ.. ދެން އެއުމުރުގަ އުޅޭނީ އެހެނެއްނު.. އަނެއްކާ އަންނަ ހަފްތާގަ ވަޒީފާ އަށް ނިކުންނަން ޖެހޭނެ. .” ” މަލީހް.. ” ޒިޔާދުއާއި ރަޝީދުއަށް އެކުއެކީގަހެން ބުނެވުނެވެ. ނަވާރުވެސް އެނަން ބުނި ހަނދާންވުމުންނެވެ. ” އެސޮރު ވަރަށްމޮޅަށް ފުޓުބޯޅަކުޅޭތަ.. ” ޒިޔާދުބޭނުންވީ ޔަގީންކޮށްލާށެވެ. ” އާން.. އެއީ އެސޮރުގެ ކުޅިވަރަކީ.. ކިޔަވާ ނިންމާލި އަހަރު ބުރުންޏަށް އޭނަގެ ރައްޓެހި ކުއްޖަކު ބަލާއައުމުން ދިޔަ ކުޅޭންވެސް.. އެފަހަރުވެސް އައީ ރަންވަނަހޯދައިގެން.. ” ފޯރިއާއިއެކު ނިމާލް އެހެންބުމުން ޒިޔާދުއަނެއްކާވެސް އޭނަގެ ރައްޓެހިކުއްޖާޔަށް ކިޔަނީ ކޮންނަމެއްތޯ އަހާލިއެވެ. “ޝަބީން.. ” ނިމާލް އެހެންބުނުމާއެކު އެހެންވީމަ އަހަރެން ނަށްމިހީވީ ރަނގަޅަށޭ ޒިޔާދުބުނެލިއެވެ. ” ކޮންކަމެއްހީވީ.. ” ނިމާލް ހައިރާންވެފައި އަހާލިއެވެ. ” އަހަންނަށް އިނގިއްޖެ އެސޮރު .. އޭރު ޗުއްޓީއަށްގޮސް އަހަރެމެންވެސްތިބީ އެރަށުގަ.. ” ޒިޔާދު އެެެހެންބުނުމާއެކު ސައިބޯން ހިނގާށޭބުނެ ތެދުވިއެވެ.

އެންމެން އެކީގައި ޓެރަހަށް ދިޔައިރު ޝިވަންއާއި މަލީހް އަދި ޝަބީން އެތާންގައި ތިބުމުން ނިމާލް އާއި ޖުމްނާގެ އިތުރުން ޖުމާވެސް އަނގަހުޅުވިފައި ތިބެވުނީއެވެ. ” ތިހެންނުތިބެ އާދޭ އަވަހަށް.. މަލީހް މެންއައީ އަހަރެންގެ ދަރިފުޅު ނަވާރު، ޝިވަންކައިރީގައި ބުނެގެން ދައުވަތުދިނީމަ މިގެއަށޭ.. ކުރިންނުބުނީ މިގޮތަށް ސަޕްރައިޒްކޮށްލަން ނަވާރުބޭނުންވީމަ.. ” ޒިޔާދު ކަންތަށް ވީގޮތް އޮޅުންފިލުވާދިނެވެ. އެވަގުތު އާލިމާ އައިސް މަލީހްގެ އަތުގައިހިފާ ދަރިފުޅުވެސް ބޮޑުވެއްޖޭބުނެ ބައްދާލީ ލޮލުން އޮހޮރިގަތް ކަރުނަތަށް ފޮރުވާލުމަށެވެ. ވާނުވާނޭންގިފައި އިން މަލީހް އެވަގުތު ނިމާލްއަށް ބަލާލީ މިވަނީ ކީއްހޭ އަހާލާފަދައަކުންނެވެ. ” އާލިމާ ދެން ހިނގާ ސައިބޯން .. އެކުދިންނަށްވެސް މީގަ ވާނުވަ އަންގަންވާނެއްނު.. މިހާރުވެސް އެސޮރުއެހެރީ ހާސްވެފަ.. ” ރަޝީދު އާލިމާ ހަމައަކަށް އެޅުވުމަށްފަހު އިށީންދެލިއެވެ. އެވަގުތު ނިމާލް އާލިމާ އެއީކާކުކަން މަލީހްއަށް އޮޅުން ފިލުވާދިނެވެ. ހަމައެގޮތަށް އާލިމާވެސް ޝިވަންއަށް ނިމާލް އާއި މަލީހްއަކީ ކާކުކަން އޮޅުންފިލުވާދިނެވެ. ” އެހެންވީމަ ތިވީ މާރަނގަޅަކަށްނޫންތޯ.. މަންމަމެން ފަދައިން އަޅުގަނޑުމެންވެސް މީމިހާރު އެކުވެރިންނޭދޯ މަލީހް.. ” ޝިވަން އެހެން ބުނުމާއެކު މަލީހްބޯޖަހާލިއެވެ. “ދެން އެހެންވީމަ ދައްތަ ކައިރިޔަށް ވަގުތުވާވަރަކުން އަންނަންވާނެ އިނގޭ.. ” އާލިމާ މަލީހްއަށް ބުނެލިއެވެ.

” ކޮބާ އެހެންވީމަ މިއޮތީ ދުވަސްވީއެކުވެރިންނާއި ދިމާވެފަ.. ދެން ހިނގާބަލަ އަސްލު މައުޅުއަށްދަމާދޯ.. ” ޒިޔާދު ރޭގެކަންތަށް ވީގޮތް ހަނދާން ވުމާއެކު ޝިވަންއަށް ބަލާލަމުން އެހެންބުނެލުމާއެކު ރަޝީދުވެސް “އެވާހަކަވެސް ދައްކަމާ ހިނގާށޭ.. ” ބުނެލިއެވެ. ” އެހެންވީމަ ކުރިން ކަންތަށް ތަކެއް ޕްލޭންކުރެވިގެން ދެއްތޯ އަޅުގަނޑުމެންނަށް ދައުވަތު ތިދެއްވީ.. ” ނިމާލް އެހެންބުނިމާއެކު ޒިޔާދުއާއި ރަޝީދު އެކީގައި ބޯޖަހާލިއެވެ. ” މިވެގެން އުޅޭގޮތަކީ އަހަރެމެންގެ ދަރިފުޅަށް މާބޮޑަށް ނިމާލްގެ ކުއްޖަކު ކަމުދިޔައީ.. އެހެންވެ އެދެކުދިންގެ ވާހަކަ ދައްކާލަންވެގެންނާ އާލިމާގެ އެދުމުގެ މަތީން ނިމާލް އަށް އެހާވަރުން މިގެނައީ.. ” ރަޝީދު އެހެން ބުނުމާއެކު ޖުމްނާހިތް ނޭންގޭހާ ބާރުމިނުގައި ތެޅެންފެށިއެވެ. އަނެއްކާ ޝިވަންއަށް ކަމުދިޔައީ ޖުމާބާއޭ ހިތަށް އެރުމުން މޭގައި އަތްއަޅާލެވުނީ ބޭއިހްތިޔާރުގައެވެ. ޝަބީންއަށްވެސްވީ ހަމަ ޖުމްނާއަށްވީ ގޮތެވެ. ދެމީހުންވެސް ކުއްލިއަކަށް ހާސްވެފައި ޝިވަންއަށް ބަލަން ތިބެވުނީ އެމީހުން ބުނަނީ ކޮންނަމެއްތޯ އަހާލާހިތުން ކެތްމަދުވެފައިވާ ހާލުގައެވެ. ” އެހެންތަ.. އެއީ އަނެއްކާ.. ކޮންކުއްޖެއްތަ ދަރިފުޅާ ..” މަލީހްކައިރީގައި އިން ޝިވަންއަށް އިޝާރާތްކުރަމުން ނިމާލް އެހެން އަހާލުމުން ޝިވަން ލަދުންހުރެ ޖުމްނާގެ މޫނަށް ބަލާލިއެވެ. އެވަގުތު ޖުމްނާއަށް ހީވީ މުޅިދުނިޔެއެކީގައި މިލްކްވީހެންނެވެ. މޫނަށް އަރައިގެން ދިޔަ ޖަންބުކުލަޔާއެކުގައި އިސްޖަހާލެވުނީ ޝިވަންގެ އެބެލުމުން ހިތްއަވަސްވަމުން ދާތީއެވެ. އެންމެނަށް ޖުމްނާއަށް ވެގެންދިޔަގޮތް ފެނި ވާނުވާ ރޭކާލިއެވެ. އެއާއެކު ނިމާލް އައިސް ޖުމްނާކައިރީގައި ހުއްޓިލާފައި ” ދަރިފުޅަށް ޝިވަން ކަމުދަންޏާ ބައްޕަގެ އެއްވެސް މައްސަލައެއް ދެކުދިން ގުޅުމުގައި ނެތޭ.. ” ބުނެލިއެވެ. ވީއުފަލުން ޖުމްނާ ތެދުވެ ނިމާލްގައިބައްދާލީ ޝުކުރުވެރިވާ ހާލުގައެވެ. އެވަގުތު ޝިވަން ޖުމްނާގެ ކުުރިމަތީގައި އެއްފައިމައްޗަށް އިށީންދެލާފައި ހުދުއަލިމަހެއް ޖަހާފައިވާ ރަން އަނގޮޓިއެއް ދިއްކޮށްލަމުން ” ވިލް ޔޫ މެރީމީ ” އޭ އަހާލީ ވަރަށް ހިތްވަރުކޮށްލާފައެވެ. ނިމާލްގެ މޫނަށްބަލާލުމާއެކު ބޯޖަހާލުމުން “ޔެސް..” އޭބުނެ އަތްދިއްކޮއްލުމުން ޝިވަން ޖުމްނާގެ އަތުގެ ކަށިއިނގިލީގައި އަނގޮޓި އަޅުވާލާދިނެވެ. ވަގުތުން އެންމެންގެ އަތްތިލަބަޑީގެ އަޑު އިވިގެންދިޔައިރު ޝިވަން ޖުމްނާގެ އަތުގައި ހިފާލިއެވެ. ކިތަންމެ ޖުމްނާގެނެސް މެޔާލާއި ބޮނޑިކޮށްލަން ބޭނުން ނަމަވެސް މައިންބަފައިން ކުރިމަތީ އެހެންއުޅެން ޝިވަންއަކަށް ނުކެރުނެވެ. ދެކުދިންނަށް ހުރިހާމީހުން ތަހުނިޔާކިއުމަށްފަހު ސައިބުއިން ކުރިޔަށް ގެންދިޔައީ އެކިވާހަކަތަށް ދައްކަމުންނެވެ.

“ކޮންއިރަކުންތަ ޝަބީންގެ މަންމަމެން އަންނަނީ.. ޝިވަން މެންގެ ވެޑިން ބާއްވާއިރަށް އާދެވޭނެތަ.. ” ޒިޔާދު ބޭނުންވީ ޝިވަންގެ ހުރިހާ ރަހްމަތްތެރިންނާއި އެމީހުންގެ އާއިލާވެސް ބައިވެރިކުރާށެވެ. ” އަޅުގަނޑު މަންމަގެ ބޭސްފަރުވަ ނިމުންހާ އަވަހަކަށް އަންނާނެ މިކޮޅަށް.. ބައްޕަބުނި ހަފްތާއެއް އަދިވާނޭ.. ” ” އެހެންތަ.. ޝަބީންގެ މަންމައާއި ބައްޕައަށް ކިޔަނީ ކޮންނަމެއްތަ.. ” އާލިމާ އެހެން އަހާލީ އެއްވެސް ފިކުރެއް ހިޔާލެއްނެތިއެވެ. “އަޅުގަނޑުގެ މަންމައަށް ކިޔަނީ ސާދިޔާ.. ބައްޕައަށް ކިޔަނީ ޖާވިދު.. ” ޝަބީން އެހެންބުނުމާއެކު އާލިމާއަށް ހީވީ މެއަށްމީހަކު ހޫނުފެން އެއްޗެއް އަޅާލިހެންނެވެ. ރަނގަޅަށް ޝަބީން އާއި ދިމާލަށް ބަލާލީ ޖާވިދުއާއި ވައްތަރުގޮތެއް ޝަބީންގައިގަ ހުރިތޯބަލާލުމަށެވެ.

34

15 Comments

 1. xim

  November 16, 2017 at 8:27 pm

  Me first tha

  • Hawwu (Layaa)

   November 17, 2017 at 6:33 am

   Yes xim hama first ??

 2. xim

  November 16, 2017 at 8:28 pm

  Yahooo

 3. aki

  November 16, 2017 at 8:45 pm

  maleeh . shabeen and shivan aee ekaku dharin nakah nuvaane dho…

  • aki

   November 16, 2017 at 8:47 pm

   maleeh mom ge husband ah kiyanee musthafaa veema .. navaar ah 3 boys heeleema maa vahtharu vaatheeve ahaalee… varah reethi mi part ves

  • Hawwu (Layaa)

   November 17, 2017 at 6:35 am

   Yes nuvaanehnu dhoonyaa hehe.. thank you dear aki ??

 4. Rsh

  November 16, 2017 at 8:51 pm

  V Reethi
  When next part???

  • Hawwu (Layaa)

   November 17, 2017 at 6:36 am

   Thank you dear Rsh .. insha! Allah type koh nimunhaa avahah up kohladheynan ??

 5. nuz

  November 16, 2017 at 9:02 pm

  alhey can’t waite next part ???v reethi mi story out standing well done layaa next part maadhan up kohla dhehchey plx plx plx layaa love u???

  • Hawwu (Layaa)

   November 17, 2017 at 6:37 am

   Thank you nuz alhey type koh nimun haa avahah up kohdheynan. Dheranuvey .. ly ??

 6. PRINCESS AFU

  November 17, 2017 at 10:02 am

  Nice ?

  • Hawwu (Layaa)

   November 17, 2017 at 11:36 am

   Thankyou Afu

 7. SJK...KOREAN

  November 17, 2017 at 11:04 am

  Hii layaa???
  Hehe emme fahun dhw hama mi kiyaalevuny?
  Btw, story varah varahhhh reethi. One of my fav. ❤❤❤
  Keep going dear????
  Ly ❤❤?

 8. Ikku

  November 17, 2017 at 2:09 pm

  Story vrh vrh reethi… Kon irakun next part?

 9. vaahaka kiyaa kuhjjaa

  January 25, 2018 at 10:50 am

  ވަރަށް އޮޅުން އަރާ… އެކަމް ވެސް ވާހަކަ ވަރަށް ރީތި

Comments are closed.