ޢެދެމޭ އުފާ….(40)
”އަނބި ޤަބޫލް ކޮއްފިން!” ގާޒީ ހުތުބާއަށް ފަހު ޝަރާއާ މާކިން ކައިވެނި ކޮއްދިނުމުން އަނބި ގަބޫލް ކުރި ކަމަށް މާކިން ބުނެލިއެވެ. އޭރު މާކިން ހުރީ އިންތިހާޔަށް އުފާވެފައެވެ. އެހެން ނަމަވެސް ޝަރާ އިނީ ލަދުން ކުރާނެ ކަމެއް ނޭނގިފައެވެ. ޝަރާއާ މާކިންއާ ދެ މަފިރިން ކައިވެނި އޮތީ ދަރުބާރުގޭގައެވެ. ޕާރޓީއެއް ބޭއްވޭ ވަރުގެ ޖާގައެއް އޮތްނަމަ މާކިން ބޭނުން ވަނީ ގޭގަ ޕާރޓީ ބާއްވަންށެވެ. އެހެން ނަމަވެސް ގޯތީގަ އެއްކޮށް އިމާރާތް ކޮއްފަ ހުރުމުން ގޭގަ ޕާރޓީ ނުބޭއްވުނީއެވެ. “ކޮންގުރޭޓްސް ޝާ!!” ކައިވެނި ކޮއްދީފަ ގާޒީ ދުރުވުމުން ދުވެގޮސް ޝަރާ ގައިގަ ބައްދާލަމުން އަލްޔާ ބުނެލިއެވެ. ޝަރާޔާ މާކިންއާ ދެކުދިންގެ ކައިވެނީގަ ސައުދުގެ އާއިލާ އެއްކޮށް ބައިވެރިވިއެވެ. އަދި އަލްޔާއަށްޓަކައި ސައުދު ވަނީ އެޕާރޓީއަށް ގިނަ ގުނަ އެހީތަކެއް ވެސް ވެފައެވެ. ފައިސާގެ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ވެސްމެއެވެ.
“ތޭންކޮސް އަލް!” އަލްޔާގެ ގައިގަ ބައްދާލައިގެން ހުރެ ޝަރާ ބުނެލިއެވެ. އޭރު ޝަރާ ހީވަނީ އުފަލުން ފޮޅިފައި އިން ފިނިފެން މަލެއް ހެންނެވެ. “މަގޭ ބާބީ މިރޭ ހާދަ ލޯތްބޭ!! ޔަގީން ދޮންބެގެ ހިތް ހުއްޓޭނެކަން…!” އަލްޔާއާ ޝަރާއާ ވާހަކަ ދައްކަން ތިއްބާ އައިސް ލީޒާ ބުނެލިއެވެ. ހަގީގަތުގައި ވެސް ލީޒާ އެބުނީ ތެދެކެވެ. ޝަރާ މިރޭގަ އެހާވެސް ފުރިހަމަ ވެފައި ރީއްޗެވެ. ހަމަ ޔަގީނުންވެސް އެ ޕާރޓީއަށް އައި ގިނަ ފިރިހެން ކުދިން ތިބީ މާކިންއަށް ހަސަދަ ވެރިވެފައެވެ. އަދި އެތައް ބަޔަކު ޝަރާގެ ރީތި ކަމަށް ތަޢުރީފު ކުރިއެވެ.
”ދެން ލީ ދިމާ ނުކޮށްބަލަ..! ވަރަށް ލަދު ގަނެޔޭ..!” ޝަރާ އޭނަގެ އަތުން މޫނު ފޮރުވަމުން ބުނެލިއެވެ. ހަގީގަތުގައި އެހައި ގިނަ މީހުން އޭނަގެ ރީތި ކަމަށް ތަޢުރީފު ކުރާތީ އޭނަ ހުރީ ލަދުން ކުރާނެ ކަމެއް ނޭގިފައެވެ. “ހެހެ… ދެން ލަދު ގަންނާނެ ކަމެއް ނެތް ތިހިރީ ހަމަ މަގޭ ބާބީއަކަށް ވެފަ..!” ހިނި ގަނޑަކާއިއެކު ޝަރާ އިތުރަށް ލަދު ގަންނަވާލަން ވެގެން ލީޒާ ބުނެލިއެވެ. “އެއީ ތެދެއް ލީ.. ތިވަރަށް އެފަކީރާ ދިމާނުކުރޭ… އޭނަ މި އެންމެންގެ ތެރޭ ރޮއެވެސް ގަނެފާނެ..!” ލީޒާ ކައިރީގަ ޝަރާއާ ދިމާނުކުރަން ބުނެ އަލްޔާ ވެސް ޝަރާޔާ ދިމާ ކޮއްލިއެވެ. “ދަރިފުޅު ހިނގައިބަލަ އެފަރާތަށް ގޮސްލަން.. ބޮޑުބޭބެމެން އެބަތިބި އައިސް.. ބުނީ އެތެރެއަށް ވަންނާނީ ދަރިފުޅާއި ބޭރުން ބައްދަލު ކޮއްފަޔޯ..!” ޝަރާ އޭނަގެ ރައްޓެހިންނާ ވާހަކަ ދައްކަން ހުއްޓާ ޝަރާގެ މަންމަ ހައްވަ އައިސް ބުނެލިއެވެ.
”އެހެންތޯ؟! ހިނގައި އަވަހަށް ދާން..!” ހައްވަ އެހެން ބުނުމުން ހައިރާންވެފަ ހިނގައިށޭ ބުނެ ޝަރާ ހިނގައިގަތެވެ.
“ބޮޑުބޭ..!” ޝަރާގެ ބައްޕަޔާ އެއްބަނޑު އެއްބަފާ ރައްޒާގު ފެނުމާއެކު ދުވެގޮސް ބައްދާލަމުން ޝަރާ ގޮވައިލިއެވެ. “މަރުހަބާ! ހަމަ މިކައިވެނީގަ ބައިވެރި ވާންވެގެން ރާއްޖެވެސް މިއައީ! މިހިރީ އީރާ މިހާރު ޝަރާ ވަރު ވެއްޖެ..!“ ރާއްޖެ އައީ އެ ކައިވެނީގަ ބައިވެރިވާން ކަމަށް ބުނެ ރައްޒާގު އޭނަގެ ދަރިފުޅު އިރާ ދައްކައިލަމުން ބުނެލިއެވެ. “ޝުކުރިއްޔާ ބޮޑުބެ! އަޅުގަނޑުގެ ހިތަށް ވެސް ނާރާ އާދެވިދާނެ ކަމަކަށް ވެސް..! އެބުނާހެން އިރާ ހާދަ ބޮޑު ވެއްޖެޔޭ!” ރައްޒާގުއާ ވާހަކަ ދައްކަމުން އިރާގެ އިސްތަށިގަނޑާ ކުޅެލަމުން ޝަރާ ބުނެލިއެވެ. “ހޫމް.. ޝާއްތަޔަށް ވުރެ ބޮޑޮ ވާންށޭ އިރާ މިއުޅެނީ!” ކުޑަކޮށް ޝަރާގެ ގައިގަ ބައްދައިލަމުން އިރާ ލުއި ހިނިތުން ވުމަކާއެކު ބުނެލިއެވެ. “ދެން ހިނގާ އެތެރެއަށް ދާން.. އަސްލު ބޮޑުބެ ގޮވީވެސް ކުއްލިއަކަށް ކުރިމައްޗަށް ނާރަން ވެގެން އެހެން ނޫނީ ތިހިރަ ރީތި ޕަރީ ހައިރާން ވެގެން ވެއްޓި ދާނެއް ނުން..؟!” ޝަރާގެ ކޮލުގައި ހިފައިލަމުން އެތެރެއަށް ހިނގައިގަންނަމުން ރައްޒާގު ބުނެލިއެވެ. ޝަރާވެސް ހިނިތުން ވުމެއް ދީފަ އީރާގެ އަތުގައި ހިފައިގެން ގޮސް ދެ އަރޫޝުން ތިބޭ ތަނަށް ހުއްޓި މާކިންއަށް އެއީ ކޮންބައެއް ކަން ކިޔައިދިނެވެ. މާކިން ވަރަށް އަދަބުވެރި ކަމާއެކު ޝަރާގެ ބޮޑުބެގެ އާއިލާޔާ ބައްދަލުކޮށް ވާހަކަ ދެއްކިއެވެ. މާކިން އެހާ ލޯބިން އެމީހުންނާ ވާހަކަ ދައްކާ ހެދީތީ ޝަރާ ހުރީ އިންތިހާޔަށް އުފާވެފައެވެ. މާކިން އެމީހުންނާ ލޯބިން ވާހަކަ ނުދައްކަން ވީ އެއްވެސް ސަބަބެއް ނެތްތާއެވެ. މިހާރު އެއީ މާކިންގެ ވެސް އާއިލާތާއެވެ.
އެރޭ ޕާރޓީ ނިމެންދެން ޝަރާޔާ މާކިންގެ ކުޑަ ކުޑަ އާއިލާޔާ ގާތް ރައްޓެހިންނާ އުފަލާއި މަޖަލުގައި ޕާރޓީ ނިއްމާލީ އެދެ އިރޫޝުންނަށް ބާއްޖަވެރި ކައިވެންޏަކަށް އެދި ހެޔޮ ދުޢާ ކުރަމުންނެވެ.
“ކޮބައިތަ އެ ޖަޔާ؟ މަށަކަށް ހިީީނުވޭ މިރޭ އަވަހަކަށް ވެސް މިކަން ނިމޭނެހެނެއް..!” ދެ ކަންފަތުން ދުން އަރައިގެން އުޅޭ މީހެއްހެން އަލްޔާ ބުނެލިއެވެ. “ސާބަހޭ ކަމަނާ އަދި އަށެއް ނޫންތަ އެޖެހީ؟ ނުވައެއް ޖަހާ އިރައް ނޫންތަ އެމީހުން އަންނާނީވެސް..؟“ އަލްޔާ ބުމަރެއްހެން އެނބުރޭތީ ވިނާން ބުނެލިއެވެ. “ތިކަން އިނގެޔޭ މަށަށް ވެސް..! އެކަމަކު ވަޒޫ ގެއަށް އުއުމުގެ ކުރިން އެބަޖެހޭދޯ ހުރިހާ ކަމެއް ނިމިފަ ހުންނަން…!” ހިން ދިރުވައިލަމުން އަލްޔާ ބުނެލިއެވެ. “ހޫމް.. އޯކޭ އޯކޭ..! މަށަށްވާ މިރިރީ ވަރުގަދަ އަންހެނެއް ލިބިފަ! މަގޭ ހިތަށް އަރައި މިރޭ ވަޒޫއަށް ވާނީ ކިހިނެއްބާއޭ..؟!” އޯކޭ ކަމަށް ބުނެ ވިނާން ވަޒޫއާ ދޭތެރޭ ވިސްނައިލަމުން ބުނެލިއެވެ. “ހަމަ ގައިމުވެސް އޭނަ އުފާވާނީ..! އެހެންވީމަ އޯކޭއެއް ނޫން؟ ބައްޕަ އިނީ ލޮލުން ބޮލުން އެނދިގެން.. ޔަޤީން މިރޭ ވަޒޫ އުފަލުން ރޯނެކަން…!“ އަލްޔާ ޔަގީން ކަމާއަކު ބުނެލިއެވެ. އަލްޔާ އެހެން ބުނުމުން މި މިދަނީ ޓިކެޓު ނަގަން ކަމަށް ބުނެ ވިނާން ނިކުމެގެން ހިނގައްޖެއެވެ. ކޮންމެ ގޮތެއް ވިޔަސް ހަނީ މޫނަށް ފުރުމުގެ ކުރިން އަލްޔާ ބޭނުން ވަނީ ވަޒުނާއަށްޓަކައި އޭނަގެ ލޯބިވާ އައިރަމްއާ ދެމީހުންގެ ގުޅުން ދެ ފަރާތުގެ އައިލާއަށް އަންގާށެވެ. އަދި އެ ދެކުދިންގެ އާއިލާވެސް އެކަމާ ރުއްސައި ކައިވެނި ހަމަޖައްސަންށެވެ.
“ވަޒޫ ޑިއުޓީ ނިމުނީތަ؟“ އަލްޔާ ސޯފާގައި ޓީވީ ބަލަން އިންދާ ވަޒުނާ އައިސް ވަނުމުން އަހައިލިއެވެ. ”އާނ.. ނިމުނީ.. ކިހިނެތްވީ؟ އަނެއްކާ މާ ޚާއްސަ ކަމެއް އޮތީތަ؟” އަލްޔާއަށް ޖަވާބު ދިނުމަށް ފަހު ވަޒުނާ އަހައިލިއެވެ. “ވަކި ހާއްސަ ކަމެއް އޮތީއެއް ނޫން..! މިރޭ ބޭރަށް ގޮސްލަން ކަމަށް…” އެއްވެސް އެއްޗެއް ޝައްކު ވެސް ނުވާފަދަ ގޮތަކަށް އަލްޔާ ބުނެލިއެވެ. “އެހެންތަ؟! ކޮންބައެއް ދަނީ؟ އަނެއްކާ ވަޒޫ ދާންވީތަ؟” ސޯފާގައި އޮށޯވެލަމުން ވަޒުނާ އަހައިލިއިވެ. “އާނ.. ދެން ކާކު ދާން ހުރީ؟ ނުވަ ގަﷲި ދިހައަށް ކުރާ މޭކަޕެއް ކޮއްގެން ބޭރަށް ނިކުންނާތި.. މަ ރެޑީ ވާނަން އެގަޑިއަށް…” ރެޑީވާންވީ ވަގުތާއި ހަދަން ވީގޮތް އަލްޔާ ބުނެލިއެވެ. އައިރަމްގެ އާއިލާއަށް އޮތީ މިރޭ ނުވައެއް ޖަހައި އިރަށް އެގެއަށް އަންނަން ދައުވަތު ދީފައެވެ. އެހެން ކަމުން އެމީހުންނަށް ވުރެ ކުރިން ވަޒުނާ ބޭރަށް ނިކުމެދާނެތީ އަލްޔާ އުޅުނީ އެކަން ހަމަޖައްސާށެވެ. “އެހެންތަ؟! މިހާރު އެއޮތްގެން އަށްގަޑި ބައިވީ! ކިރިޔާ ރެޑީއެއް ނޫންތަ ވެވޭނީ؟” ފޯނުން ގަޑި ބަލައިލަމުން ވަޒުނާ ބުނެލިއެވެ. “އާނ.. އެބުނާހެން ދޯ؟ އަވަހަށް ދޭ ވަޒޫ ރެޑީ ވާން މަވެސް މިދަނީ ރެޑީވާން…” ހުރި ތަނުން ތެދުވަމުން އަލްޔާ ބުނެލިއެވެ. ވަޒުނާ ދުވެފަ ކަހަލަ ގޮތަކަށް ސިޑިން އަރަމުން ގޮސް ކޮޓަރިއަށް ވަނީ ނުވަގަޑި ދިހަޔަކަށް ރެޑީވެވޭތޯ އެވެ.
ބަރާބަރު ނުވައެއް ޖެހި އިރު ޒާހިދާޔާ އޭނަގެ އާއިލާ އައިސް ސައުދުމެންގެ ބެލް ޖަހައިލިއެވެ. އަލްޔާ އިނީ އެކަމަށް ހުޝިޔާރު ވެގެން ކަމުން ދެވަނަ ފަހަރަށް ބެލް ނުޖަހަނީސް ދުވެ ގޮސް ދޮރު ހުޅުވައަލިއެވެ. އެއިރު އަފީފާއާ ސައުދުއާ ވިނާންއާ އަދި ލީޒާމެން ވެސް ތިއްބެވެ. ޒާހިދާމެން އައުމުން ސައުދުގެ ދެމަފިރިން ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި މެހެމާންދާރީ އަދާ ކުރުމުގެ ގޮތުން އެ ދެމަފިރިންނާ ސަލާންކޮށް އަމިއްލަޔަށް ތަޢާރަފުވެލައި ހެދިއެވެ. އެ މަންޒަރު ބަލައިގެން އަލްޔާ ހުރީ ހިނިތުން ވެފައެވެ. އައިރަމްއަށް ކުޑަކޮށް ވެސް މިރޭ އެގެއަށް އައީ ކޮން ސަބަބާކާއި ހުރެ ކަމެއް ނޭނގެއެވެ. އޭނަޔަށް އެނގުނު ގޮތުން ވިއްޔާ އެ ގޭގަ މިރޭ ކުޑަ ކުޑަ ޕާރޓީއެއް އޮންނާތީ އައިީއެވެ. އަލްޔާގެ އެދުމަކަށް ޒާހިދާވެސް ގަސްތުގައި އައިރަމް ކައިރީގަ އެ ގެއަށް އަސްލު ދާ ސަބަބު ނުބުނެ ސިއްރު ކުރިއެވެ.
ގަޑިން ބަރާބަރު ނުވަގަޑި ފަނަރަ ވުމާއެކު ވަޒުނާ ވަރުގެ ކޮޅަށް ރީތި ވެލައިގެން ތިރިއަށް ފޭބިއެވެ. އޭރު ގޭތަރޭގަ އެއްވެސް ބަޔަކު ނުވަތަ އެއްވެސް ކަމެއް ހިނގައި ކަމެއް އޭނަޔަށް ރޭކައިވެސް ނުލައެވެ. ތިރިއަށް ފައިބައިފަ ރަނގަޅަށް ބަލައިލި އިރު ކަމަކުދާކަށް ނެތެވެ. ގެ އެތެރެ މިއޮތީ ފުރިފައެވެ. އެންމެ ބޮޑަށް ހައިރާންވި ކަމަކީ އައިރަމްއާ އޭނަގެ އާއިލާ އައިސް ހުރުމުންނެވެ. އެހެން ކަމުން ހައިރާންވެ ހުރެ ވަކި ވަކިން އެއްމެންގެ މޫނަށް ވަޒުނާ ބަލަން ފެށިއެވެ. އޭރު އަލްޔާ ހުރީ ހެވޭ ވަރުން އަނގައިގައި އަތް އަޅައިގެން ހިންޏައިން ފަޅައިގެން ދާވަރު ވެފައެވެ.
“އަހަ.. ދަރިފުޅާ ކިހިނެތްވީ؟ ހާދަ ހައިރާންވެފަ ހުރިހެން މަންމަޔަށް ހީވެޔޭ..!” ކުރާނެ ކަމެއް ނޭނގި ލަދުގަނެފަ ވަޒުނާ ހުރުމުން އަފީފާ އަހައިލިއެވެ. ނަމަވެސް އަފީފާ އެހެން އެހުމުން ވަޒުނާ އިތުރަށް ލަދު ގަތީއެވެ. އޭރު ވަޒުނާއަށް ބުނާނެ އެއްޗެއް ނޭނގުމުން މަޑު މަޑުން ގޮސް ސައުދުގެ ކައިރީގަ އިޝީނދެވުނެވެ. އެވަގުތު ވަޒުނާގެ ހިތް ބުނަމުން ދިޔައީ މިއީ އަލްޔާ ނޫން ދެވަން މީހެއްގެ ކަމެއް ނޫން ކަމެވެ. “ކީއްވެ ދަރިފުޅު މާ ހައިރާންވެފަ ތިއިނީ؟ މިއީ ދަރިފުޅުގެ ރައްޓެހި ބައެއްތަ؟” ވަޒުނާ އިސް ޖަހައިގެން ހުރުމުން ސައުދު އަހައިލިއެވެ. ވަޒުނާ ލަދުން އިނދެ އާއޭ ކިޔައި ބޯޖަހައިލިއެވެ. “ބައްޕާ ވަޒޫ އެއިނީ މިހާރުވެސް ލަދުން ހަލާކުވެފަ..! ތިވަރަށް އެ ކުއްޖާފުޅު ލަދު ނުގަންނަވަބަލަ..!” ވަޒުނާ އިނީ ހަގީގަތުގައި ވެސް ލަދުން ކަން އިނގޭތީ ވިނާން ބުނެލިއެވެ.
“ހެހެ.. އެހެންދޯ!؟ އެހެންވިއްޔާ ބައްޕަ ހުއްޓައިލީ ދެން ދަރިފުޅު ކިޔައިދީބަލަ މި ތިއްބެވީ ކޮން ބައެއްކަން..؟” ވިނާން އާ ދިމާލަށް އެއްލޯ މަރަމުން ސައުދު ބުނެލިއެވެ. ސައުދު އެހެން ބުނުމުން ވިނާން ތެދުވެގެން ގޮސް ހުއްޓުނީ އައިރަމް ކުރިމަތީގައެވެ. އަދި އައިރަމްގެ އަތުގައި ހިފައި ނަގައިގެން އެއްމެންގެ މެދަށް ވާގޮތަށް ގޮސް ހުއްޓި ހުރެ އެއީ ކޮންބައެއްކަން ކިޔައިދިނެވެ. އަދި އައިރަމް އަކީ ވަޒުނާގެ ބޯއި ފުރޭންޑް ކަމަށާއި އެ ދެމީހުން ވީހާ އަވަހަކަށް ކައިވެނި ކުރަން ބޭނުންވާ ކަމަށް ވިނާން ބުނެލިއެވެ. ވަޒުނާ އިނީ ދެލޯ ބޮޑުވެ އަނގަ ހުޅުވިފައެވެ. ވާނީވެސް އެހެންތާއެވެ. އޭނަ އައިރަމްގެ ވާހަކަ ކިޔައިދިން މީހަކީ ހަމަ އެކަނި އަލްޔާ ވިއްޔާއެވެ. އެހެންކަމުން އެވަގުތު ވަޒުނާއަށް ހުރިހާ އެއްޗެއް ވިސްނިއްޖެއެވެ.
“އެއީ ތެދެއްތަ ދަރިފުޅާ؟” ސައުދު އެއްވެސް އެއްޗެއް ނޭނގޭ ކަމަށް ހެދެމުން އަހައިލިއެވެ. “ލައްބަ ބައްޕާ..!” ލަދުން އިސްޖަހައިގެން ހުރެ ވަޒުނާ ބުނެލިއެވެ. “އެހެންތަ؟! ދަރިފުޅު ކީއްވެ ބައްޕަ ކައިރީގަ ނުބުނީ؟” ސައުދު ހިތްހަމަ ނުޖެހި ހުރި ކަމަށް ހެދެމުން އަހައިލިއެވެ. “ސޮރީ ބައްޕާ.. އަޅުގަނޑަށް ނުކެރުނީ…!” ބިރުން އިނދެ ވަޒުނާ ބުނެލިއެވެ. “ކޮން ކަމަކާތަ ދަރިފުޅު ބިރު ގަންނަންވީ؟ ދަރިފުޅުމެންނަށް އިނގޭނެ ބައްޕަ ރުޅިއެއް ނާންނާނެކަން.. އަނެއް ކޮޅުން ބައްޕަޔަށް ޔަގީން ކަން އޮވޭ ދަރިފުޅުމެންނަކީ އެޔަށް ވުރެ މާ ހެޔޮ ވިސްނޭ ކުދިން ކޮޅެއްކަން…!” ސައުދު ބުނެލިއެވެ. ދެވަނަ ފަހަރަށް ވެސް ވަޒުނާ މާފަށް އެދުނެވެ. ”އޯކޭ.. ދެން ބައްޕަ އަހަން އޮތް ވާހަކައަކީ ދަރިފުޅު ބޭނުންހޭ އައިރަމްއާ ކައިވެނި ކުރަން..؟” ވަޒުނާގެ މޫނަށް ބަލަމުން ސައުދު އަހައިލިއެވެ. “ލައްބަ ބައްޕާ..!” މިފަހަރުވެސް އިސްޖަހްއިގެން ހުރެ ވަޒުނާ ބުނެލިއެވެ. “ދަރިފުޅާ އައިރަމް.. ދަރިފުޅު ކީކޭތަ މިކަމާ ބުނަނީ؟” އައިރަމް ކުރެން ސައުުދު އަހައިލިއެވެ. “ވަޒޫ އެބުނި ގޮތަށް އަޅުގަނޑު ވެސް ބޭނުން ވަނީ ކައިވެނި ކުރަން…!” އިސްޖަހައިގެން ހުރެ އައިރަމް ބުނެލިއެވެ. “ސައީދު ކީކޭތޯ މިކަމަކާ ބުނަނީ؟” އައިރަމްގެ ބައްޕަ ކުރެން ސައުދު އަހައިލިއެވެ. “ދެން އަޅުގަނޑު ކީކެެތޯ ބުނާނީ؟ އެދެކުދިން އެބުނަނީ ނޫންތޯ ކައިވެނި ކުރަންށޭ ބޭނުންވަނީ؟ ދެން އަޅުގަނޑު ބުނާނީ އަޅުގަނޑުގެ ނެތޭ އެއްވެސް މައްސަލައެއް..!” އައިރަމްގެ ބައްޕަ ސައީދު ބުނެލިއެވެ. “ހެހެ.. އެހެންވީމަ ދެން ނެތެއް ނޫންތޯ މިކަން ނުވާންވީ އެއްވެސް ސަބަބެއް؟ އަޅުގަނޑު ބުނަން އޮތީ އަޅުގަނޑުވެސް ހަތަރެސް ފައިން އެއްބަހޭ!!” ހިނި ގަނޑަކާއެކު ސައުދު ބުނެލިއެވެ. އެވަގުތު ވަޒުނާއާ އައިރަމް އަތް ވީގޮތް ޚުދު އެމީހުންނަށް ވެސް ނޭނގޭނެއެވެ. އެހާވަރަށް ވެސް އެ ދެކުދިން ތިބީ އުފާވެފައެވެ.
“ކޮބައި އަވަހަށް ދެންވެސް ތާރީޚެއް ހަމަ ޖައްސަބަލަ..!!” އެއްމެން އެކި ވާހަކާގައި ތިއްބާ ސަމާލު ކަމަށް ގެންނަމުން ވިނާން ބުނެލިއެވެ. “އެބުނާހެން..! ދަރިފުޅުމެން އެކަމާއި ގުޅޭ ގޮތުން އެއްޗެއް ކިޔައިބަލަ..!” ވިނާންގެ ބަހަށް އިޖާބަދެމުން ސައީދު ބުނެލިއެވެ. “ދެން ލައްކަ ވާހަކަވެސް ދެކެވިއްޖެއެއް ނޫން… ދެން ހިނގައިބަލަ މިރޭގެ ފަރީއްކޮޅު ނިއްމަވަން..!” ސޯފާއިން ތެދުވަމުން އަފީފާ ބުނެލިއެވެ. އަފީފާ އެހެން ބުނުމުން ސައުދު އެއީތެދެއް ކަމަށް ބުނުމުން އެއްމެން ތެދުވެގެން ހިނގައިގަތީ ބަދިގެއާ ދިމާލަށެވެ.
“އަދިވެސް ޑޭޓެއް ފިކްސް ނުކުރެވޭތަ؟” އައިރަމްއާ ވަޒުނާޔާ ދެމީހުން ސޯފާގައި ވާހަކަ ދައްކަން ތިއްބާ އަލްޔާ އަހައިލިއެވެ. “ނޫން ވެއްޖެ..!، މިކަމުގަދޯ ބޭރަށް ދާންށޭ ކިޔައިފަ މަ ރެޑީ ކުރުވީ؟” އަލްޔާގެ ސުވާލަށް ޖަވާބު ދިނުމަށް ފަހު ވަޒުނާ ބުނެލިއެވެ. “އާނ.. މަ ބުނީމެއް ނޫން ހާސް ނުވާށޭ ސަޅި ގޮތަކަށް ތިކަން ނިއްމާލަދޭނެމޭ.. އަޅެ ބުނެބަލަ ކަޑަތަ؟ ހަމަ ޔަގީނުންވެސް ތި ދެމީހުންނަށް ވެސް ލިބުނީ ސަޕުރައިޒެއް! އެހެންޏާ ދެން ދެމީހުން އިންނަން ބޭނުން އެކަމަމު އާއިލާ މީހުން ކައިރިއަކު ބުނާކަށް ނުކެރޭ… ދެން އެބައޮތްތަ މިޔަށް ވުރެ ސަޅި ގޮތެއް..؟” ބޮލިރަވަ ފައްޗެއް އަމުނާހެން އަލްޔާ އަމުނާލިއެވެ. “އޭ… އަސްލު ވަރަށް ބޮޑަށް ތޭންކްސް! އަލް ތިކޮށްދިން ކަންތައް އަބަދުވެސް ހަނދާން ހުންނާނެ..!” ވަޒުނާއަށް އެއްޗެކޭ ނުބުނެވެނީސް އައިރަމް ޝުކުރު އަދާ ކުރިއެވެ. ބަދަލުގަ އަލްޔާ ރީތި ހީލުމެއް ދީފަ ކައިވެނި ކުރަން ހަމަ ޖެހުނީ ކޮން ދުވަހެއްތޯ އަހައިލިއެވެ. “ނެކްސްޓް މަންތް ފިފްތުގަ ދޯ އައި..؟!” އައިރަމްއަށް ދޯދެމުން ވަޒުނާ ބުނެލިއެވެ. “އަސްލުތަ!؟ ބަޓް ހާދަ ދެރައޭ އަހަރުންނަކަށް ތި ވެޑިންގަ ބައިވެރިވެސް ނުވެވޭނެ..!” ދެރަވެފަ އަލްޔާ ބުނެލިއެވެ. “ވައި..؟!” ހައިރާންވެފަ ވަޒުނާ އަހައިލިއެވެ. ހަގީގަތުގަ އަލްޔާމެން އަންނަ ހަފުތާގަ ފުރަން ޓިކެޓް ނެގި ކަމެއް ވަޒުނާ ނުދެނަ ހުއްޓެވެ. “މިއަދު ޓިކެޓު ނަގައިފި… އަންނަ ހަފުތާ ހުކުރުގަ ފުރަނީ..!” ޕާރޓީގަ ބައިވެރި ނުވެވޭ ސަބަބު އަލްޔާ އޮޅުން ފިލުވައިދިނެވެ. “އޯ..؟! އަސްލުތަ؟ ދެން ކިހިނެއް ހަދާނީ؟” ދެރަވެފަ ވަޒުނާ އަހައިލިއެވެ.
“ނޭނގެ..! ވިނާ ކައިރި އަހަން ޖެހޭނީ…” ދެރަވެފަ ނޭނގޭ ކަމަށް އަލްޔާ ބުނެލިއެވެ. “ކޮބައިތަ؟ އަދިވެސް ހަމަ ދުވަހެއް ނުނިއްމެނީތަ؟ ހާދަ އިރެކޭދޯ ތިވަނީ؟” ވަޒުނާމެން ވާހަކަ ދައްކަން ތިއްބާ އައިސް ވިނާން އަހައިލިއެވެ. “ނޫން.. ޑޭޓެއް ފިކްސް ވެއްޖެ އެކަމަކު އަލް ބުނީ ވެޑިންގަ ބައިވެރިއެއް ނުވެވޭނެޔޯ..!” ތާރީޚެއް ހަމ ޖެހުނު ކަމަށާއި އަލްޔާއަށް ޕަރޓީގަ ބައިވެރި ނުވެވޭނެ ކަމަށް އަލްޔާ ބުނާ ކަމަށް ވަޒުނާ ބުނެލިއެވެ. “އެހެންތަ!؟ ކޮން ދުވަހަކަށްތަ މިހާރު ނިމުނީ؟” ހައިރާންވެ ހުރެ ވިނާން އަހައިލިެވެ. “އަންނަމަހު ފަހެއް… ” ވަޒުނާ ބުނެލިއެވެ. އޭރު ވަޒުނާ އިނީ ހަމަ ރަނގަޅަށް ވެސް ފެންކަޅިވެފައެވެ. ހަގީގަތުގައި ވެސު އޭނަގެ ހަޔާތުގަ އަންނަ އެންމެ އުފާވެރި ރޭގަ އޭނަގެ ހުރި ހަމަ އެކަނި ބޭބެއަށް ބައިވެރި ނުވެވުމަކީ އެއް ގޮތަކަށް ވެސް ވަޒުނާ ބޭނުންވާ ގޮތެއް ނޫނެވެ.
”އަސްލުތަ؟ ތިޑޭޓް ޗޭންޖެއް ނުވާނެތަ؟ މިބުނީ ތަންކޮޅެއް ފަސް ކޮއްނުލެވޭނެތަ؟ ފުރައިޑޭގަ ފުރަމޭ ކުޑަބެ!” ކައިވެނި ކުރަން ހަމަ ޖެއްސި ތާރީހު ބުނުމުން ހާސްވެފަ ވިނާން ބުނެލިއެވެ. “ދެން އަޅެ ހާދާ ވިސްނާފައޭ އެދުވަހަށް ނިއްމީ.. ކުޑަބެ ބަލައިބަލަ ތި ދަތުރު އެހެން ގޮތެއް ވޭތޯ..!” ވަޒުނާ ކުޑަކޮށް ހިތްހަމަ ނުޖެހި އިނދެ ބުނެލިއެވެ. އޭރު ވިނާން ހުރީ ދެން ހަދަންވީ ގޮތަކާ މެދު ވިސްނާށެވެ. “ކުޑަބެ!” ވިނާން ވިސްނުމެއްގައި ހުރުމުން ވަޒުނާ ގޮވައިލިއެވެ. “އާނ.. ކީކޭ؟ މި ވިސްނަނީއޭ؟” އަވަސް ޖަވާބެއް ވިނާން ދިނެވެ. “ވިސްނީމަ ވޭތަ؟ އަގޮތަށް ހަދަންވީއޭ..!” ވަޒުނާ ޝަކުވާ އެއްހެން ބުނެލިއެވެ. ” އޯކޭ.. ލިބިއްޖެ ސަޅި އައިޑިއާއެއް!” ވިސްނާލުމަށް ފަހު ވިނާން ބުނެލިއެވެ. “ކޮބައި؟!” އަވަސް އަވަހަށް ވަޒުނާ އަހައިލިއެވެ. “ހަދާނެ ގޮތަކީ ފުރަން އޮތް ދުވަހު ފުރާނީ.. ދެން ވެޑިންއަށް އަނެއްކާ މިކޮޅަށް އަންނާނީ.. ކިހިނެތް ވާނީ އެގޮތް؟” ވިސްނާލުމަށް ފަހު ވިނާން ނިންމި ގޮތް ބުނެލިއެވެ. “ޔޭސް! ރަނގަޅު އައިޑިއާއެއް! ކުޑަބެ އިޒްދަ ބެސްޓް! ތޭންކްސް ކުޑަބެ..!” އުފަލުން ނަޝައިގަންނަމުން ވަޒުނާ ބުނެލިއެވެ. ”ހެހެ.. ވަޒޫއަށް އިނގޭނެއް ނޫން ވަޒޫގެ ވެޑިންގަ ކުޑަބެއަށް ބައިވެރި ނުވެ ނުހުރެވޭނެކަން..؟!” ހިނި ގަނޑަކާއެކު ވިނާން ބުނެލިއެވެ.
”އެހެންވީމަ މިތާ ހުސް އަނގަތަޅަން މިތިބީ ކީއްކުރަންތަ؟ ދެންވެސް ބައްޕަމެންނަށް މިވާހަކަ އަންގަން ހިނގައިބަލަ..!” އަލްޔާއަށް އަނގަ ކަހައި ވަރުން ނުއިނދެވިގެން ބުނެލިއެވެ. “އަލް އެބުނީ ތެދެއް.. އަވަހަށް އަންގަންވާ މީހުންނަށް އައްގަން ހިނގައި.. އެހެން ނޫނީ އެމީހުން މިރޭ ލޮލުފިޔައެއް ވެސް ނުޖަހާނެ..!” އަލްޔާ ބުނި ވާހަކަޔަށް ތާއިދު ކުރަމުން އައިރަމް ބުނެލިއެވެ. އައިރަމް އެހެން ބުނުމުން ސައުދުމެން ތިބިތަނަށް ގޮސް ކައިވެނި ކުރަން ހަމަ ޖެއްސި ތާރީހު ބުނެލިއެވެ. ވަޒުނާ އެހެން ބުނުމާއެކު ދެފަރާތު އާއިލާ މީހުން ވެސް މަރުހަބާ ކިޔައި އެއީ ރަނގަޅު ދުވަހެކޭ ކިޔައި ވާހަކަ ދައްކަން ފެށިއެވެ. ކޮންމެއަކަސް ކައިވެނި ކުރަން އުޅޭ ދެމީހުން ދުވަހެއް ބުނުމުން އެކި އެކި ވާހަކަޔާ ޕާރޓީ ބާއްވާނެ ތަނަކާއި ވާހަކަ ދައްކާ ނިއްމާފަ ޒާހިދާމެން އެބުރި ގެއަށް ދިޔައީ އެ ދެމަފިރިންގެ ދަރިފުޅާ ދޭތެރޭ ފަހުރު ވެރި ވަމުންނެވެ. ސައުދުއާ އަފީފާގެ ކަމަކީވެސް އެޔެވެ. އަފީފާ ވެސް ރުންކުރުވި ގޮތެއް ކުރިން ހުއްޓަސް މިހާރު އޭނަގެ ހުރިހާ އުފަލަކީ ވެސް އޭނަގެ ދެ ދަރިންނާ އެ ދެދަރިންގެ ބައިވެރިޔާއެވެ.
…..ނުނިމޭ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.



Hurihaa kung dhinna kamu dhaane kamh ummeedhu kuran… Mi dhuvaskolhu buxy vaathy kudakoi Lahun up kureveythy sorry!
Nice! keep it up??
Thanks leeza
Nice
Thanks limsah
Vvv reethi v kamudy
Thanks ram
Wow ??
Thanks princess afu
Adam keevve tha dhaitha ge comment nujaha dhenee mihaaru..
Dhaitha comment nukuraathee eh noon dhaitha Boakah comment kohbala
Comment kuran komme dhuvahaku ves ekm needhe comment jahaafa eh dhaitha v dherave ?
Ehentha thee varah dhera gotheh thee esfiya ge admin team aa vaahaka dhhakaaalan jeheynee
afeefa ah heyovisnun visnunitha anehkaa makarunbaa afeeyah heyo visnun visnihjehyaa kithanmehaaves ragalhu dho? varah reethi vaahaka??
Yeah…