“އައިރީން!!” އަރްމާންއަށް ހިތާ ހިތާ ކިޔާލެވުނެވެ. މި ކުއްޖާ އަރްމާންގެ ހިތަށް ބާރު ފޯރުވާލައިފިއެވެ. ***************************** “ހޭ އައި ގޮޓް ޓު ގޯ އިނގޭ. ސީ ޔޫ އެރައުންޑް.” އައިރީން މިހެން ބުނެފައި އަރްމާއަށް އެއްޗެއް ބުނެވެން ވާއިރަށް ދުއްވައިގަނެފިއެވެ. އަރްމާއަށް އެރޭ ނިދޭ ގޮތެއް ނުވިއެވެ. ލޯ މަރާލާއިރަށް ސިފަވަނީ އައިރީންގެ ރީތި ހިނިތުންވުމެވެ. އައިރީންގެ ހާލަކީތޯއެވެ. މުޅި ރޭވެސް ނިދޭ ގޮތެއް ނުވިއެވެ. ހަމަ އަރްމާން މަތިން ހަނދާންވަނީއެވެ. ނަމަވެސް އައިރީންގެ ހިތަށް […]
”ދޮންބެމެން ހަނީމޫނަށް ނުދާންތަ ތި ތިބެނީ؟” މެންދުރުގެ ކެއުން ނިއްމާލައިފަ ސިޓިން ރޫމުގަ އެކި ވާހަކަ ދައްކަން ތިބެފަ ލީޒާ އަހައިލިއެވެ. “ނޫނޭ ހަނީމޫނަށް ދާނަން.. ދޯ ޝާ..؟!” ޝަރާއަށް ދޯދެމުން މާކިން ބުނެލިއެވެ. “ނޭނގެ؟! މާކްއަށް ނޫންތަ އިނގޭނީ..؟!” ފޯނާ ކުޅެމުން ޝަރާ ބުނެލިއެވެ. “މަންމަ ބުނެފާނަން ވަރަށް ރަނގަޅު ގޮތެއް އެކަމަކު ދަރިފުޅުމެން ގޮތް ނިއްމާނީ..!” ކުދި ވެރިންނާ ބައިވެރި ވަމުން ހައްވަ ބުނެލިއެވެ. ޝަރާގެ ކައިވެންޏަށް މާލެ އައި ގޮތަށް ހައްވަގެ ދެމަފިރިން […]
މައިޝާގެ ވިރެމުންދިޔަ ހިތަށް ކުރަމުން ދިޔަ އަސަރު އެނގޭ އެއްވެސް އިންސާނެއް ނެތެވެ. އޭނާ ނަފްސާނީ ބައްޔެއްޖެހިފައި ހުރިކަހަލައެވެ. ކޮޓަރިއަށް ވަތްގޮތަށް އެރޭ ނިމިގެން ދިޔައިރުވެސް މައިޝާ ކޮޓަރިން ނުނުުކުތެވެ. އެނދުކައިރީ ބިންމަތީގައި އަޅާފައި އޮތް ކާރޕެޓްމަތީ އިށީނދެގެން އިންއިރު މީހާގެ އެއްވެސް ހިއްސެއް މަސައްކަތެއް ކުރާ ހެނެއްހިޔެއްނުވެއެވެ. ދެފާ ކުރުގަޅުވައިގެން އިނދެ ވޭތުވެ ދިޔަ ދުވަސްތަކުގައި މުސްތަފާއާއި އެކު ހޭދަކުރެވުނު ވަގުތުތަށް ހަނދާން ކުރެވެނީއެވެ. ކޮންމެ ސިކުންތެއްގައި އޭނާއަށް ކުރުވަމުން ދިޔަ ވަރު އިހުސާސްކުރަމުންނެވެ. އެނދުމަތީގައި […]
ނަސީމާގޮސް އަލަމާރީ ދޮރުމަތީ ހުއްޓިލިއެވެ. އެތެރޭއިން އަޔާންއިނީ ޔާލްގެ ހެދުންތަށް ގައިމަށްޗަށް އަޅައިގެނެވެ. ދޮރުގެ ހަނި ދޭތެރެއިން އޭނާއަށް ނަސީމާހުރިކަން އެނގެއެވެ. ޔާލް ހުރީ ބިރުންގޮސް ވިރިވިރިއެވެ. ޒަމާން ދިޔައީއެވެ. ޔާލްގެ މޫނަށް ފުޅާ ހިނިތުންވުމެއްވެރިވީ ޑްރެސިން ޓޭބަލް ގޮނޑިމަތީއޮތް ކޮތަޅު ފެނުމުންނެވެ. “މަ…މަންމާ..މަންމާ… އެއޮތީއެއްނު ތިބުނާ ކޮތަަޅު…..” ނަސީމާ އަލަމާރީ ދޮރުފަތް ހުޅުވާލަން ދިމާކޮށްލި ވަގުތު ޔާލް އޭނާގެ މަންމަ އަތުހިފައި ދަމައިގަންނަމުން ބުންޏެވެ. “މިއޮތީ ދޯ… އާން ފަހުން މަންމަ ދަމުން ދިޔައީ އެތާނގައޭ […]
ޖާވިދު.. އާލިމާ އަށް ހިތާހިތުން ކިޔާލެވުނެވެ. އަދި ޝަބީންއަށް ބަލާލީ ޖާވިދުއާއި ވައްތަރުތޯ ބަލާލުމަށެވެ. ނަމަވެސް އެވަގުތު ޝަބީން އަށް ފޯންއެއްއައުމުން އެއްފަރާތްވެލީ ބައްޕަ ގުޅަނީ ކަމަށް ބުނެއެވެ. ކޮންމެއަަކަސް އެނަން އިވުމާއެކު އާލިމާއަށް އިތުރަށް އެކަތިކޮޅުވެސް އެތެރެކޮށްނުލެވުނެވެ. އޭރު ނަވާރު އާއި ޝިވަންގެ އިތުރުން ޖުމްނާ ޓެރަހުގަހުރި އުނދޯލިގޭގައި ސައިބޮއި ނިންމާލާފައި ގޮސް ވާހަކަދައްކަން ތިއްބެވެ. ހަމަ އެގޮތަށް މަލީހް އާއި ޖުމާނާވެސް މާގަސްތަށްކައިރީގައި އޮލަވާހަކައެއްގައި ތިބުމުން ބޮޑެތިމީހުން އެމީހުންގެ އަމިއްލަ ވާހަކައަށް އެނބުރުނެވެ. “އަޅުގަނޑު […]
މިއަދުން ފެށިގެން އޭނާގެ މަންޒިލް ބަދަލުވެއްޖެއެވެ. އާއުއްމީދު ތަކަކާއި އެއްކޮށް އައު ދިރިއުޅުމެއް ފަށައިގަންނަށް މިއުޝީން ބޭނުންވެއެވެ. މިއީ އެކަމަށްޓަކައި އެޅުނު ފުރަތަމަ ފިޔަވަޅެވެ. ދެން އޮތީ ފަސްއެނބުރި ބެލުމެއްނެތި ކުރިއަށް ދިއުމެވެ. އޭނާގެ ދިރިއުޅުމުގައި ދެން ކަންތައްވެގެން ދާނެގޮތެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އެހެނަސް ހެވެވެ. ﷲ އަށް ވަކީލުކޮށްލުމަށްފަހު މިއައު ދިރިއުޅުމާ އޭނާ ކުރިމަތިލާނީއެވެ. ކަންތައް ވާގޮތެއް އެއިރުން އެނގިދާނެތާއެވެ. އިރުގެ ރަންދޯދި މޫނަށް އެޅުމާއެކު ދެފަހަރަކު އެސްފިޔަތައް ތަޅުވައިލުމަށްފަހު މިއުޝީން ލޯހުޅުވައިލިއެވެ. އޭރު […]
“މަންމިދެން ޕްލީސް. ކޮއްކޮގެ ފްރެންޑެކޭ އެއީ.. މަންމަ ކަހަލަ ބަސްއަހާ ކުއްޖެކޭ އެވެސް. ބުނީ ކޮއްކޮބަލާވެސް އަންނާނަމޭ. މަންމީ. މިހާރު އެޔޮއް ގަޑިވެސް ކައިރިވަނީއޭ” ރެހާންއާ އެކުގައި ދިޔުމަށްހުއްދަ ހޯދުމަށް އައިޝާއާ ގުޅައިގެންހުރި ހޫދު ބޮޑާ ހާކާލިއެވެ. “ފައިން. މަންމަ މިންނު ގާތުގަ ބުނާނަން ހޫޑީ ތައްޔާރު ކޮއްލާށޭ އެގަޑިޔަށް. މިންނު އަތަށް ދެއްވާ އަވަހަށް ފޯނު. ލަވްޔޫ މަންމިގެ ހޫޑީ. އުމްމްމްމަ” އައިޝާ އެއްބަސްވީ ހަމައެކަނި ހޫދު ހިތްހަމަޖައްސާލާށެވެ. “އޯކޭއޭ އާޝި. އަހަރެން މިދު އޮފްވީމަ […]
އައިކާ އުޅުނީ ބަދިގެތެރޭގައި ޒިދުނާއަށް ކެއްކުމުގައި އެހީތެރިވެދިނުމަށެވެ. ފިޔާ ކޮށަން އިންދާ ބެލް އަޅާލި އަޑު އިވުމުން ޒިދުނާ އައިކާ ގާތު އައީ ކާކުތޯ ބަލާލަން ދިއުމަށް ބުންޏެވެ. އައިކާ އަތް ދޮވެލައިގެން ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި މީހާ ފެނުމުން ދެލޯ ބޮޑުކޮށްލެވުނެވެ. “ލީން!!” ހައިރާންކަމާއެކު އައިކާ އެހެން ބުނެލި ނަމަވެސް އޭނާގެ ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވީ އެއް އަހަރަށްފަހު އެންމެ ގާތް އެކުވެރިޔާ ފެނުމުންނެވެ. އައިކާ އުފަލުން ލީންގެ ގައިގައި ބައްދައިގަތެވެ. […]
ދުވަސްތައް ވޭތުވަމުން ދިޔަ ވަރަކަށް މައިޝާއާއި މުސްތަފާގެ ގުޅުން ބަދަހިވަމުން ދިޔައެވެ. ސިއްރުން ކުރާ އެ ބައްދަލުވުން އެނގޭ ހަމަ އެއްވެސް މީހެއްނުހުރެއެވެ. ކައިވެނި ކުރުމަށްފަހުވެސް މުސްތަފާ މައިޝާގާތަށް އައުން ހުއްޓާނުލެވޭތީ މައިޝާ އޭނާއާއި ކައިވެނި ކުރުމަށް ކޮންމެ ދުވަހަކުހެން ބުނެއެވެ. އެކަމާ ވާހަކަ ދައްކާކޮންމެފަހަރަކު މުސްތަފާ ވާހަކަ އޮޅުވައިލާ ކޮންމެވެސް އެހެން ވާހަކައެއްދައްކައެވެ. މުސްތަފާއަށް މައިޝާއަކީ އޭނާ ގެންގުޅޭ ބުދެއްހެންވެސް މައިޝާއަށް ހީވަންފެށިއެވެ. ބޭނުންވުމުން އައިސް ބޭނުން ހިފުމަށްފަހު ދުރުކޮށްލާ އަނގައިން ނުބުނެ ހަބަރެއް ނުވެހުރެފައި […]