އަދި ފޯނުނަގައި މުސްތަފާގެ މެސެޖް ހުޅުވާލައި އޭގައި އޮތް އެއްޗެއްކިޔާލިއެވެ. “މުސްތަފާ: ހެއި. މައިޝާތަ؟ ހައު އާރ ޔޫ؟ ” މައިޝާއަށް ބޭއިޙްތިޔާރުގައި އަނގަމަތީ އަތްއަޅާލެވުނެވެ. ފޯނަށް އެތައްއިރެއްވަންދެން ބަލަންހުރެފައި ކޮޓަރީގައި ހުރި އެނދުގައި އިށީނެވެ. އަދި މުސްތަފާގެ މެސެޖަށް ކުރަންވީކަމަކާއިމެދު ވިސްނަންފެށިއެވެ. މައިޝާގެ ޖަވާބަށް އިންތިޒާރުކުރަމުންދިޔަ މުސްތަފާ ހިނދުކޮޅެއްފަހުން އަނެއްކާވެސް މައިޝާއާ ވާހަކަދައްކަންފެށިއެވެ. “މިއަދު ފިހާރައިން ނުކުތްއިރު ފެނުނީމަ ހަމަ ހަނދާންވާވަރުން މައިގެ ނަންބަރ ހޯދީ. އައި ވޯންޓެޑް ޓު ކޯލްޔޫ.. އެކަމް ދެން މާ […]
14 ވަނަ ބައި ކޮޓަރިތެރޭގައި މޯޅިވެފައި އިން ކިޔާން މިއަދު މައިޝާއަށް އޭނާގެ ހަޔާތުގައި ހިނގަމުންދިޔަ އަދި ދިމާވަމުންދާ ކަންތައްތައް ކިޔައިދޭނީ ކިހިނަކުންބާއޭ ހިތާ ހިތުންސުވާލުކުރެވުނެވެ. އޭނާގެ ދިރިއުޅުމުގައި މާނީ ވަކިހިއްޕާލީ ކޮންފަދައަކުންކަން ކިޔައިދޭނީ ކޮންގޮތަކުން ބާއޭ ސިކުނޑިތެރޭ އެނބުރެމުންދިޔައެވެ. މައިޝާއާއި ދުރުވެ ލޯބިދޭން ބޭނުންވެ ލޯބިނުދެވެނީ މާނީއާއި ހެދިއޭ ބުނެފިއްޔާ މައިޝާޤަބޫލުކުރާނެބާއޭ ހިތަށްއަރުވަމުންދިޔައެވެ. ކިޔާން މިހުރިހާދުވަހަކު އެވާހަކަ ސިއްރުކުރީ ސަބަބެއްނެތިއެއްނޫނެވެ. މީގެކުރިންވެސް މައިޝާއަށް ހަޤީޤަތްކިޔައިދޭން އުޅުމުން މާނީ އުޅުނީ މައިޝާއަށް ގެއްލުމެއްދޭށެވެ. މައިޝާގެ ގާތަށްއައިސް މައިޝާއަށް […]
ކޮޓަރިތެރޭ އިން ކިޔާން އަށް ހޭވެރިކަމެއްވީ މައިޝާ ކޮޓަރިއަށްވަނުމުންނެވެ. އަތުގައި އޮތް ފައިލު ހިފައިގެން އައިސް ކިޔާންއަށް ފައިލް ދިއްކޮށްލުމަށްފަހު ފައިލުތެރޭގައި ވާ ގަނޑުތަކުގައި ލިޔެފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތެއްތޯ ޗެކުކޮށްދިނުމަށް މައިޝާއެދުނެވެ. ހައިރާންވެހުރެ މައިޝާދިއްކޮއްގެން ހުރި ފައިލަށް ބަލާލުމަށްފަހު ކިޔާން ކުރީ ސުވާލެކެވެ. “ތީ ކޯއްޗެއް މައި؟ ” “މީ ޑިވޯސްފޯރމް. ދެން މީގަ ހުރި މައުލޫމާތު ރަނގަޅުތޯ ބަލާދީ.. ސުލްހަގޮތުގައި ވަރިކޮށްދޭނަމޭނުން ބުނީ ދޯ.. ” ބޭނުންވެގެން އުޅޭ ކަންތައް ފަސްޖެހުމެއްނެތި މައިޝާ ކިޔާންކިބައިން […]
ކޮލެޖްތަކުން އިމްތިހާނުތައް ނިމިގެން އުޅޭދުވަސްކޮޅެވެ. މައިޝާމެންގެ ކޯހުގެ ފަހުއަހަރުކަމުން މައިޝާމެން އިމްތިހާނުގެ ނަތީޖާއަށް އިންތިޒާރު ކުރަމުން ދިޔައެވެ. އިމްތިހާން ނިމެންދެން ކިޔާންވެސް މައިޝާއަށް ނުގުޅާ މަޑުކޮށްގެންހުރުމަށްފަހު މައިޝާއަށް ގުޅަންފެށިއެވެ. ކިޔާންގެ ފޯނު ކޯލުތަކަށް މައިޝާ ޖަވާބުނުދޭތީ ޝިފްނާއަށްވެސް ކިޔާންގުޅައި މައިޝާއަށް ވީ ކިހިނެއްތޯ އޮޅުންފިލުވަން މަސައްކަތްކުރަންފެށިއެވެ. ޝިފްނާ އަކީ މައިޝާގެ އެންމެ ގާތް އެކުވެރިޔާކަމުން މައިޝާގެ ހަޔާތުގައި ވީ ކަންތައްތައް ސިއްރުކުރަން އެއްބަސްވިއެވެ. އެހެންނަމަވެސް ކިޔާން މައިޝާއާއި އުޅޭމިންވަރު ފެނި ޝިފްނާބޭނުންވީ މައިޝާގެ ހަޔާތައް ކިޔާންއަށް އާދެވޭނެ […]
މައިޝާގެ ވިރެމުންދިޔަ ހިތަށް ކުރަމުން ދިޔަ އަސަރު އެނގޭ އެއްވެސް އިންސާނެއް ނެތެވެ. އޭނާ ނަފްސާނީ ބައްޔެއްޖެހިފައި ހުރިކަހަލައެވެ. ކޮޓަރިއަށް ވަތްގޮތަށް އެރޭ ނިމިގެން ދިޔައިރުވެސް މައިޝާ ކޮޓަރިން ނުނުުކުތެވެ. އެނދުކައިރީ ބިންމަތީގައި އަޅާފައި އޮތް ކާރޕެޓްމަތީ އިށީނދެގެން އިންއިރު މީހާގެ އެއްވެސް ހިއްސެއް މަސައްކަތެއް ކުރާ ހެނެއްހިޔެއްނުވެއެވެ. ދެފާ ކުރުގަޅުވައިގެން އިނދެ ވޭތުވެ ދިޔަ ދުވަސްތަކުގައި މުސްތަފާއާއި އެކު ހޭދަކުރެވުނު ވަގުތުތަށް ހަނދާން ކުރެވެނީއެވެ. ކޮންމެ ސިކުންތެއްގައި އޭނާއަށް ކުރުވަމުން ދިޔަ ވަރު އިހުސާސްކުރަމުންނެވެ. އެނދުމަތީގައި […]
ދުވަސްތައް ވޭތުވަމުން ދިޔަ ވަރަކަށް މައިޝާއާއި މުސްތަފާގެ ގުޅުން ބަދަހިވަމުން ދިޔައެވެ. ސިއްރުން ކުރާ އެ ބައްދަލުވުން އެނގޭ ހަމަ އެއްވެސް މީހެއްނުހުރެއެވެ. ކައިވެނި ކުރުމަށްފަހުވެސް މުސްތަފާ މައިޝާގާތަށް އައުން ހުއްޓާނުލެވޭތީ މައިޝާ އޭނާއާއި ކައިވެނި ކުރުމަށް ކޮންމެ ދުވަހަކުހެން ބުނެއެވެ. އެކަމާ ވާހަކަ ދައްކާކޮންމެފަހަރަކު މުސްތަފާ ވާހަކަ އޮޅުވައިލާ ކޮންމެވެސް އެހެން ވާހަކައެއްދައްކައެވެ. މުސްތަފާއަށް މައިޝާއަކީ އޭނާ ގެންގުޅޭ ބުދެއްހެންވެސް މައިޝާއަށް ހީވަންފެށިއެވެ. ބޭނުންވުމުން އައިސް ބޭނުން ހިފުމަށްފަހު ދުރުކޮށްލާ އަނގައިން ނުބުނެ ހަބަރެއް ނުވެހުރެފައި […]
ކިޔާންގެ ހަޔާތަށް އައުމަށް މައިޝާ އެއްބަސްވުމުން އެމެރިކާގައި ކިޔާން އުޅުނީވަރަށް ހިންހަމަޖެހިގެނެވެ. ދުވަސްތައް ގުނަމުންދިޔައީ އަވަހަށް އެ އަހަރު ނިމި ޑިސެމްބަރު މަސް ނުޖެހިގެންނެވެ. މަސައްކަތުން ނިމިގެން ކިޔާން ގެއަށް އައިސް އެންމެފުރަތަމަ ކަމަކަށް ބަލަނީ މައިޝާއާއި އޮންލައިނުން ދިމާވޭތޯއެވެ. ކުރީކޮޅު މައިޝާ ބަރާބަރަށް އޮންލައިނުން ކިޔާންއާއި ވާހަކަދައްކަން މަޑުކުރިއަސް ފަހުން ފަހުންއައިސް ކިޔާންއަށް މައިޝާގެ ހަބަރުވާލެއް މަދުވާންފެށިއެވެ. ………………………………………………………….. “ދަރިފުޅާ ކިޔާން! އާދޭ ކާން… މައިޝާ ގޮއްސި މާއިން ގޮވައިގެން ޤުރުއާން ކްލާހަށް..” ކިޔާން ގެ […]
ހެނދުނު މައިޝާ ކޮލެއްޖަށް ދިއުމަށް ތެދުވެވުނީ ވަރަށް ލަހުންނެވެ. އަވަހަށް ފޯނުނަގައި ގަޑި ބަލާލިއިރު 9 ޖަހަނީއެވެ. ފޯނަށް އައިސްފައިހުރި މިސްޑް ކޯލްސްތަށް ބަލައިލިއިރު ކިޔާންގެ ފަންސާހެއްހާ ކޯލް އައިސްފައިހުއްޓެވެ. ކިޔާން ރޭ އޭނާގާތަށް އަންނާނަމޭ ބުނި ވާހަކަ މައިޝާ ހަނދާންވީ ދެނެވެ. ކިޔާންގެ ކޯލްތަކަށް ޖަވާބުނުދެވިފައި ހުރުމުން މައިޝާ ގަސްތުކުރީ އެދުވަހު ކިޔާންއަށް ނުގުޅާ އެކަނި ކޮލެޖަށްދިއުމަށެވެ. އަވަސް އަވަހަށް ތައްޔާރުވެގެން ދެން އޮތް ގަޑިތަކަށް ހާޒިރުވާން މައިޝާ ގެއިން ނުކުތީ ޓެކްސީއަކަށް ގުޅުމަށްފަހުއެވެ. ޓެކްސީއަންނަންދެން […]
” އިސްމާއިލް މުހައްމަދް އެންޑް އާއިމިނަތް ވަސީމްސް ސަން އިބްރާހިމް މުސްތަފާ ވެޑްސް ހަނީފް އިބްރާހިމް އެންޑް އައިޝަތު މުނައްވަރުސް ޑޯޓަރ ފާތިމަތް ނަހުލާ ހަނީފް” ޝިފްނާއަށްވެސް އެއީ ކާކުކެ ކައިވެނީގެ ކާޑެއްކަން އެހާހިސާބުން އެނގިގެންދިޔައެވެ. ޝިފްނާ އަވަހަށް މައިޝާގެ އަތުގައި ހިފާ ބާރަކަށް ފިއްތާލިއެވެ. އަދި ހަމަޖެހޭށޭ ބުނެ މައިޝާ ގޮނޑީގައި ބޭންދިއެވެ. “ޝިފޫ… އައި ޑިޑް އަ ސްޓުޕިޑް ތިންގް ލާސްޓް ނައިޓް.. އަޅޭ! މުސްތޮ ހާދަގޯހޭ… ” މައިޝާއަށް ވާހަކަދެއްކެނީ ހަމަ ކިރިޔާއެވެ. […]