“ކެތްތެރިވޭ. ބޮޑެތި ކަންތައްތައްވާނީ ލަހުންނޭ. މަޑު މަޑުން އަހަރެން ބޭނުންވާ ކަންތައްތައް ފުރިހަމަ ވަމުންދާނީ” ކޮޓަރިއަށް ފުރަގަސްދީގެންހުރި މަލާކް ބުނެލި ޖުމްލަތަށް ސާފުކޮށް މައުވަންއަށް އިވުނެވެ. މައުވަން އަނބުރާ ކޮޓަރިއަށް އައީ ފޯން ބާއްވާފައި ނިކުމެވުމުން އެބަލައެވެ. މައުވަން ކުޑަކޮށް ވިސްނާލަން ހުރެފައި ކޮޓަރިން ނުކުމެގެން ދިޔައީއެވެ. ނަސީމާ ހުރީ ދިހަ އަހަރު ކޮށްލާފައި އޭނަގެ ދައްތަ އައުމުން އިންތިހާއަށް އުފާވެފައެވެ. ނަސްރީނާޔާއެކު އައީ އޭނަގެ ފިރިމީހާގެ ތިމާގެ ކުއްޖެއްކަމަށްވާ ލުބާ އައެވެ. އެއްވެސް ދަރިއަކު އަދި […]
“ތީތާ މައްސަލައަކީ. އެއީ އަހަރެންގެ ފޮތެއް ނޫނޭ. ނިކްގެ ފޮތެއް. އޭނަ ހަނދާންނެތި އޮފީހުގައި ބާވާފަ ދިޔައީމަ އޭނަ އަތަށްދޭން އަސްލު ހިފައިގެން އައީ. މިހާރު އެފޮތް ބޭވުނު ތަނެއްވެސް ނޭނގެ. ނިކްއަށް އެފޮތް ގެއްލުނުކަން އެނގިއްޖެއްޔާ އަހަރެން މަރާނެ.” ދަތްދޮޅީގައި އަތްކާތައިލަމުން ކަންބޮޑުވެފައި އާކިލް ބުނެލި ޖުމުލަތަކުން ވަޓްއޭ ކިޔައި މިއުޝީނަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރައިފައި މިއުޝީން އިންްއިރު އާކިލް ދެންމެ ބުނެލި ކޮންމެ ޖުމުލައެއް އޭނާގެ ކަންފަތްކައިރީގައި ގުގުމަމުން […]
“މާހް ވަރަށް ހަމަޖެހިގެން އެކަންވާނީ.. އެހެންވީމަ މާދަމާ އަހަންނާއެކު ފުރަތަމަ ގޮސް ވާނުވާ ބަލާލާނީދޯ.. ” މަލީހް ގެ އަޒުމަކަށް އެއްވެސް ބަދަލެއްނާނަކަން ބުނުމުން ޔާމިން އޭނައަށް ފެންނަގޮތް ހާމަކޮށްލިއެވެ. “އަހަންނަށްވެސް ފެންނަނީތިގޮތް.. ” މަލީހްވެސް ޔާމިންގެ ވާހަކައަށް ތާއީދުކޮށް ކުޑަވަގުތުކޮޅަކު ވާހަކަދައްކާލާފައި ނިދަންދިޔައީ މާދަމާ އަވަހަށް ހޭލަންޖެހޭތީއެވެ. މަލީހްއަށް ހޭލެވުނީ ޔާމިންގޮވާއަޑަށެވެ. އޭރު އެހިސާބުގަ ހުންނަ މިސްކިތަކުން ފަތިހުގެ ބަންގި ގޮވާއަޑުއިވެއެވެ. “މިތެދުވީ.. ” މަލީހް ތެދުވެޔާމިންއަށް ޖަވާބުދިނުމަށްފަހު އަވަސްވެގަތީ ނަމާދުކުރަން ތައްޔާރުވާށެވެ. މިސްކިތަށް ދާން […]
އަޔާޒުގެ ހިތަށް ވަރަށް ގިނަ އެއްޗެހި އަރާ ފައިބަމުން ދިޔައެވެ. އަނެއްކާ މެސެޖު ކިޔުނީ ރަނގަޅަށް ބާވައޭ ހިތާ އަޔާޒު ތަކުރާރުކޮށް މެސެޖު ކިޔާލިއެވެ. ހަމަ އޮތީ އެކައްޗެކެވެ. ނަމަވެސް ހަގީގަތް ހޯދަން އަޔާޒު އަދިވެސް ބޭނުން ވިއެވެ. ލީޒާ އާއި ވާހަކަ ދައްކާލަން އަޔާޒުގެ ހިތް އެދި ރުޔެވެ. ލީޒާގެ އަނގައިން ބުނީމަ ނޫނީ ގަބޫލު ނުކުރަން އަޔާޒު މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އަޔާޒުގެ ހިތުގައި ވަރަށް ބޮޑަށް ވޭން އަޅަމުން ދިޔައެވެ. ހުވަފެނެއް […]
” އަހަރެން ބޭނުން މިރޭ މީޓް ކުރަން ” އަކިޔަލް ރިޒްނީއަށް ގުޅާފަ ބުނެލިއެވެ. ” ކިހިނެއް؟؟. އަކޫއަށް އެނގޭނު އަހަރެންނަށް އަކޫއާ ބައްދަލުކުރުމަށް ގެއިން ނިކުތުން ވެސް މަނާކަން. އެހެންވީމާ އަހަރެން ކިހިނެއް އަކޫއާ މީޓް ކުރާނީ ” ރިޒްނީ ދެރަވެލާފަ ބުނެލިއެވެ. ” އަހަރެން ދެކެ ލޯބިވަންޔާ ކޮންމެ ގޮތެއް ހަދާފަ ނަމަވެސް ރިޒޫ އަހަރެންނާ މީޓް ކުރަން އަންނާނެ. ނާދެވެންޏާ ރިޒޫ އަހަރެންދެކެ ލޯބި ނުވަނީ ” އަކިޔަލް ވަރަށް ހިތްވަރު ކޮށްފަ […]
ފަހަތަށް އެނބުރި ބަލާލިގޮތަށް އެކި ކުދިން އެކި ދިމާލަށް ދުއްވައިގަތީ މޯޑްގެ އަތުގައި ހުރި ކުލަޕެކެޓްތައް ފެނުމުންނެވެ. ހުދު ކުލައިގެ ޔުނީފޯމްގައި ތިއްބާ އެ ޖަހައިފިނަމަ އެ ކުލަ ރީތިކޮށް ނުފިލާނެއެވެ. ފަހު ޓެސްޓު ނެގުމުން ދެން އެ ޔުނީފޯމް ލާން ނުޖެހުނު ނަމަވެސް ކޮންމެ ކުއްޖެއްވެސް އެ ކުއްޖެއްގެ ސާނަވީ ތައުލީމުގެ ހަނދާނަކަށް ޔުނީފޯމް ފޮރުވާފައި ބެއިންދުމަކީ އާންމުކަމެކެވެ. ދުވެފައިދިޔަ ކުދިންތަކަށް ބަލަން މޯޑް އިނީ ހެވިފައެވެ. އޭނަގެ ރޭވުން ކާމިޔާބުވާގޮތް ވުމުން ސައިކަލު ދުއްވާލީ […]
މީކާއީލްއަށް ހުރެވުނީ އެހުރިތާ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ ދެފައިން ވާގި ދޫވާން އުޅޭހެން ހީވުމުން ފާރުގައި ލެނގިލިއެވެ. ޒިމްޔާ އޭނަ ދޫކޮއްދިޔަ ދުވަހުވެސް މިހެން ދެރައެއް ނުވެއެވެ. ނަމަވެސް ޒިމްޔާ މިއަދު އެދިޔައީ އޭނާ އެހާގޯސް މީހަކަށް ހަދާފައެވެ. އޭރު މީކާއީލްއަށް ހަމަ ރަގަޅައްވެސް ރޮވިއްޖެއެވެ. އޭނާ އެއްވެސް އިރަކު ޒިމްޔާގެ ފަރާތުން ބޭނުމެއް ހޯދާކަށް ނޫޅެއެވެ. މީކާއީލް އެތާ އިނދެ ރޮމުން ދިޔައެވެ. ފެންނަ މީހެއްވެސް ހިތުގަ ޖެހޭނެކަން ޔަގީނެވެ. ބޮޑު ފިރިހެން ކުއްޖެއް […]
“އެއީ އޭނައަކަށް މިހާރު އަހަރެމެންނާ ވާހަކަދައްކާނެ ވަގުތެއްނުވޭ.. އަހަރެމެންނަކީ ރައްޓެހިންކަން އޭނަ ހަނދާން ނެތިއްޖެ.. އޭނަ އޭނަގެ ދުނިޔޭގަ އުފަލުގަ އުޅެން ދޫކޮށްލާ.. އަހަރެމެން އަހަރެމެންގެ ހާލައިގެން އުޅުނީމަ ނިމުނީ.. އެހެންވީމަ މާޒް ގާތުވެސް މިބުނީ އޭނަ އަންނާނެކަމަށް ތިހެން ޚިޔާލީފޮލާ ނުކައްކާ އޭނަގެ މަތިން ހަނދާން ނައްތާލާށޭ..” ލީން އެހެން ބުނެލުމުން މާޒްގެ ހިތަށް ވަރަށް ތަދުވިއެވެ. އައިކާ ހަމަ އެހާވަރަށް ބަދަލުވީ ހެއްޔެވެ؟ އޭނާގެ މަތިން ހަނދާން ނައްތާލިޔަސް އޭނާގެ ހިޔަނި ފަދައިން އުޅުނު […]
އިރުކޮޅެއްނުވެ ކޮޓަރީގެ އަލި ނިދާ ބޮކީގެ އައްޔަށް ބަދަލުވިއެވެ. އެޔާއެކު މަލާކްގެ ހާސްކަންއިތުރުވެ ހިތްއިތުރަށް ތެޅެލިއެވެ. އަދި ނިދިކަމަށްހަދާ ދެލޯމަރާލިއެވެ. އިރުގަނޑެއް ވިއިރުވެސް ނަސީބަކުންމައުވަން ގެ ޚަބަރެއްނުވެއެވެ. މަލާކްވެސް އަވަހަށްބެލީ ނިދާލެވޭތޯއެވެ. މަލާކްއަށް ނިދުނީ ވަރަށްކުޑަ ކޮށެވެ. ކޮޓަރީގެ ފިނިގަދަކަމުން ނިދަން އުނދަގޫވީއެވެ. 5:30 ގައި ތެދުވެ ނަމާދު ކޮށްލައިގެން އޭނަ ދިޔައީ ތިރިއަށެވެ. ހެނދުނު ސައި ހެނދުމުގައި ބައިވެރިވާށެވެ. ބަދިގޭގައި އުޅެނީ ޙައްވަ އެކަންޏެވެ. ބަލާބެލުމަށް އޭނަޔަކީ މަލާކްގެ މަންމަޔާއި އެއްއުމުރެއްގެ މީހެކެވެ. މަލާކް ފެނުމާއެކު […]