Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގި ހިތޭ ތި އަތުލީ 8

Star Level 310 Stories100 Comments100 Login
December 2, 2017 4 Mins Read
7 Comments

އިރުކޮޅެއްނުވެ ކޮޓަރީގެ އަލި ނިދާ ބޮކީގެ އައްޔަށް ބަދަލުވިއެވެ. އެޔާއެކު މަލާކްގެ ހާސްކަންއިތުރުވެ ހިތްއިތުރަށް ތެޅެލިއެވެ.  އަދި ނިދިކަމަށްހަދާ ދެލޯމަރާލިއެވެ. އިރުގަނޑެއް ވިއިރުވެސް ނަސީބަކުންމައުވަން ގެ ޚަބަރެއްނުވެއެވެ. މަލާކްވެސް އަވަހަށްބެލީ ނިދާލެވޭތޯއެވެ.

މަލާކްއަށް ނިދުނީ ވަރަށްކުޑަ ކޮށެވެ. ކޮޓަރީގެ ފިނިގަދަކަމުން ނިދަން އުނދަގޫވީއެވެ. 5:30 ގައި ތެދުވެ ނަމާދު ކޮށްލައިގެން އޭނަ ދިޔައީ ތިރިއަށެވެ. ހެނދުނު ސައި ހެނދުމުގައި ބައިވެރިވާށެވެ. ބަދިގޭގައި އުޅެނީ ޙައްވަ އެކަންޏެވެ. ބަލާބެލުމަށް އޭނަޔަކީ މަލާކްގެ މަންމަޔާއި އެއްއުމުރެއްގެ މީހެކެވެ. މަލާކް ފެނުމާއެކު ހިތްހެޔޮކަމާއެކު ޙައްވަ އަހާލީ ކޮފީއެއް ބޭނުންތޯއެވެ. މަލާކް ބުނެލީ އެއްޗެހި ހުރިތަން ދައްކާލަމުން އޭނަ އަމިއްލައަށް ހަދާލަފާނެ ކަމުގައެވެ. ކޮފީ ބޮއެނިމިގެން މަލާކް އުޅުނީ ޙައްވައަށް ސައި ހެދުމުގައި އެހީތެރިވާށެވެ. ޙައްވަ މަނާކުރި ނަމަވެސް މަލާކް ބުނެލީ އޭނަ ފޫހިވާތީ ބައިވެރި ވެލަނީކަމުގައެވެ.

ނަސީމާ ކޮޓަރިން ނިކުތްއިރު ސައިހުރީ ތައްޔާރުކޮށް ނިމިފައެވެ. “ޙައްވަ ހާދަ އަވަހަކަށް ނިންމާލި ދުވަހެކޭ” ކާގެއަށް ވަންނަމުން ނަސީމާ ބުނެލިއެވެ. އެވަގުދު ސިންކުދޮށުގައި ތަށި ދޮންނަންހުރި މަލާކް ނަސީމާގެ ލޮލުގައި އަޅައިގަތެވެ. “މަލާކްވެސް އެބައުޅެންތަ” އަލަމާރިން ފެންފުޅިއެއް ނަގަމުން ނަސީމާބުނެލިއެވެ. އެޔާއެކު ޙައްވަ ބުނެލީ އެހާއަވަހަށް ނިމުނީ ދެމީހުންއެކީ އުޅުނީމަކަމަށެވެ. އޭރު މަޒްހަރުވެސް އައިސް ކާގެއަށް ވަންނަނީއެވެ. ދާ ހިއްލާފައި ހުރުމާއި ލައިގެން ހުރި އެއްޗިސްސަށް ބަލާލުމުން އެއައީ ދުވެފައި ނުވަތަ ކަސްރަތު ކޮށްފައިކަން އިނގެއެވެ. ” މިއީ މަބުނިވާހަކަ. ގެވެހިކުއްޖެއް ހޯދީމަ ކިހާ ރަނގަޅު” އަރައިގެންހުރި ބޫޓް ބާލަމުން މަޒްހަރު ބުނެލިއެވެ. ” ދަރިފުޅާ ކޮބާ މައުވަންއަށް ގޮވައިފިންތަ؟ މަޒްހަރު މިފަހަރު މުހާތަބުކުރީ މަލާކްއާއެވެ. އަދި މަލާކް ނޫނެކޭ ބުނުމުން  މައުވަން 8 ޖަހާއިރަށް އޮފީހަށް ދާންޖެހޭނެކަމާ އަވަހަށް ގޮވަން ދިއުމަށްބުނެލިއެވެ.

މަލާކްގޮސް ދެތިން ފަހަރު މައުވަންއަށް ގޮވާލިއެވެ. އެކަމަކު މައުވަންއަކަށް ޚަބަރެއްނުވެއެވެ. ބާރަށް ގޮވާލާކަށް މަލާކްއަށް ނުކެރުނެވެ. އަތުން ކޮއްޓާލާނަމޭ ހިތާ އުފުލާލި އަތްވެސް ތިރިކޮށްލީއެވެ. އަދި އިރުކޮޅަކު އެނދުކާރީ ކޮޅަށް ހުރެލާފައި އޭނަގޮސް އިށީނީ ސޯފާގައެވެ. ބައިގަޑިއެއްހާއިރު ފާއިތުވެގެން ދިޔައިރުވެސް މައުވަން އޮތީ އަރާމުކޮށް ނިދާލާފައެވެ. އިރުކޮޅަކުން އިވެންފެށީ މައުވަންގެ ފޯން އެލާމްވާން ފެށިއަޑެވެ. އެޔާއެކު މައުވަން އެ އެއްގަތަށް އޮވެ އެނދުގައި އަތްކާތާލާފައި ފޯން ހޯދައި އެލާމް ނިންވާލިއެވެ. ތެދުވާ ހިޔާލެއްނުކުރިއެވެ. މައުވަން ތެދުވީ ދެވަނަފަހަރަށް ފޯން އެލާމްވީމައެވެ.

ނިއަމްގެ ފޯނަން ލައިހާ ތަކުރާރުކޮށް މެސެޖު ނުކުރާ ނުވަހެއްނުދެއެވެ. މިހާހެނދުނާވެސް އެ މެސެޖް ކުރަނީއެވެ. ނިއަމަށްވެސް ކެއްވާނީ ވަކިވަރަކަށްނޫއްހެއްޔެވެ. އޭނަގެ ހިތުގެ ރާނީ އެވަރަށް މެސެޖް ކުރާއިރުވެސް ހިތްހަރު ކޮށްލައިގެން ހުންނަތާ ވަރަށް ދުވަސްވެއްޖެއެވެ. މިއަދު އޭނަ ލައިހާއަށް މެސެޖް ކުރާނެއެވެ.

މައުވަން ވަރަށް އަވަހަށް ތައްޔާރުވެލައިގެން ސައިބޯން އައެވެ. ފަހަތުން މަލާކްވެސް އައެވެ. އޭރު މަޒްހަރުވެސް ކާމޭޒު ދޮށުގައި އިށީންނަނީއެވެ. ” ދަރިފުޅާ މަލާކް ގޮވާވަރުން ނޯވެވިގެން ދޯ މާއަވަހަކަށް ތައްޔާރުވެވުނީ. ބައްޕަ އެހާކުރިން ދަރިފުޅަށް ގޮވަން މަލާކް ފޮވުވީވެސް އެހެންވެ. ހަމަ ގޮވާލާއިރަށް ނުތެދުވާނެކަން ބައްޕައަށް އިނގޭވިއްޔަ” އަޅައިގެންހުރި ޓައީ ރަނގަޅު ކޮށްލަމުން މަޒްހަރު ބުނެލިއެވެ. މައުވަން ބަލާލީ މަލާކްގެ މޫނަށެވެ. މަލާކްއިސްޖަހާލިއެވެ. ” އަހަރެން އަވަހަށް ތެދުވީ މީހަކު ގޮވައިގެނެއްނޫން. މިއަދު ނިއަމް އަލަށް އޮފީހަށް ނިކުންނަ ދުވަސްވީމަ ތަންކޮޅެއްކުރީން ދާންވެގެން” އެޖުމްލަވީ މައުވަންގެ ހިތުތެރޭގައެވެ. މަޒްހަރަށް ވަކި ޖަވާބެއް ދިނުމުގެ ބަދަލުގައި މައުވަން ހީލުމަކުންފުއްދާލިއެވެ.

އެދުވަހުގެ ބްރޭކް ގަޑީގައި ނިއަމް އިނީ ހޮސްޕިޓަލް ކެންޓީނުގައެވެ. މައުވަންއާއެކު އެއްޗެއްކާލަން އައިސްސައެވެ. އެ ރީތި ދެ ޒުވާނުން އެތާ ތިބިއިރު އަންހެންކުދިންގެ ލޯތަށް އަމާޒުވެއެވެ. ބައެއްކުދިން ތުއިވެލާފައި ސަމާލުކަން ހޯދަން އުޅޭގޮތުން މައުވަންމެން ހިނިއަންނަގޮތްވެއެވެ. “ކޮބާ ފުރަތަމަ ދުވަސް ކިހިނެތްދަނީ؟ އޮރެންޖް ޖޫސްތަށިންއެތި ފޮދެއްބޯލަމުންމައުވަން އަހާލިއެވެ. ނިއަމް ބުނެލީ މިއަދު އަދި ކަންކަން ހިނގާ ނުހިނގާ ގޮތްބަލާލަނީކަމުގައެވެ. ” ކޮންމެ ޑިޕާޓްމެންޓަކުންވެސް މައިގަނޑު ގޮތެއްގައި ފާހަގަކުރި ސްޓާފުންގެ ދަތިކަން. އެހެންވެ ބައްޕަޔަށް ގުޅާލައިފައި ޑިސްކަސް ކޮށްލާފައި ސްޓާފުންކޮޅެއް ނަގަންކަމަށް މި ގަސްތުކުރަނީ” ޖީބުގައި އޮތްފޯނު ނަގައި މޭޒިމަތީ ބާއްވަމުން ނިއަމް ވާހަކަ ކުރިއަށްގެންދިޔައެވެ. އަންކަލް ހާދަ ދުވަސް ވެއްޖޭ ދޯ މާލެ ނާންނަތާ. މައުވަން ބުނެލިއެވެ. ނިއަމްގެ ބައްޕަޔާ މައުވަން މުހާތަބުކުރަނީ އަންކަލްގެ ނަމުންނެވެ. ނިއަމް ބުނެލީ ކުރީ ދުވަހެއްގައި މާލެ އަންނަވާހަކަ ދެއްކި ކަމުގައެވެ.

ހެނދުނު ހޮސްޕިޓަލަށް ދިޔަގޮތަށް މައުވަން ގެޔަށް އައީ ރޭގަނޑު ނުވައެއްޖެހިފަހުންނެވެ. ގެއަށްވަންނައިރަށް ބައްޕަގެ ސުވާލުތަކާ ކުރިމަތި ލާންޖެހޭނެ ކަންއިނގޭ އިރުވެސް އޭނަ ހަމަ ގަސްތުގައި ނައީއެވެ. މަލާކްއާއި ކުރިމަތި ލާން ބޭނުން ނުވާތީއެވެ.

މަލާކް އިނީ ސޯފާގައި ޓީވީ ބަލާށެވެ. މައުވަން ކޮޓަރިއަށް ވަނުމާއެކު މަލާކް ޓީވީ ނިވާލިއެވެ. ކޮޓަރިއަށް ވަތްގޮތަށް މައުވަން ވަނީ ފެންވަރާށެވެ. މަލާކް ފެންނަކަމަށްވެސް މައުވަން ހަދާނުލައެވެ. މިއީ ކޮންކަހަލަ ފރިހެނެތްބާއޭ މަލާކްގެ ހިތަށްއެރިއެވެ. މަލާކް ދެކޭގޮތިގައި ލޯބި ނުވިއެއްކަމަކު ދެ އެކުވެރިންގެ ގޮތުގައިވެސް އުޅެވި ދާނެއެވެ. އަދި ފަހުން ކޮންމެސް ރަނގަޅު ބަހަނާއެއް ދައްކާފައި ދެމީހުން އެއްބަސްކިޔާފައި ވަކިވެވިދާނެއެވެ. އެކަމަކު މައުވަން މިއުޅެނީ ކޮންވައްތަރަކަށް ހެއްޔެވެ. ގައިމު ދެ މީހުންނަންވެސް ބޮލަށް ފަސޭހަވާނީ ގުޅިގެން  މިކަން ނިންމަން އުޅުނީމަ ނޫންހެއްޔެވެ. ހާދަ ނުވިސްނޭ ފިރިހެނެކޭ މަލާކްގެ ހިތަށް އެރިއެވެ.

އެރޭ ނިދަން އޮވެފައި ނިއަމް ލައިހާއަށް ހައި ޖަހާލިއެވެ. އެޔާއެކު އެކޮޅުން ރިޕްލައި އައެވެ. ނިއަމްގެ ހާލު އަހާލުމަށްފަހު ލައިހާ އަހާލީ އެދުވަހު ދޮގުހެދީ ކީއްވެތޯއެވެ. ނިއަމް ބުނެލީ އޭނަ ދޮގެއްނުހަދާ ކަމަށެވެ. އޭނަގެ ބަސްނާހާހިތް ލިބެންނެތް ކުއްޖަކަށް ދެވިފައިވާކަމަށެވެ. ނިއަމްގެ އެ ޖުމްލައިން ލައިހާ ދެރަވިއެވެ. އަދި އޭނައަށް ޗާންސެއް ދިނުމަށް އެދުނެވެ. އޭރުން އެކުއްޖާމަތީން ހަނދާންނެތޭވަރަށް ލޯބި ދޭނެކަމުގެ ޔަޤީންކަން ދިނެވެ. ލައިހާގެ ލޯތްބާދޭތެރޭ އޭނަ ޝައްކެއް ނުކުރާކަމާ އެކަމަކު ދެމީހުންނަންވެސް ރަނގަޅުވާނީ ފްރެންޑްސް ގެ ގޮތުގައި ތިބުންކަން ނިއަމް ހާމަކުރިއެވެ.

ދުވަސްތަށް ފާއިތު ވަމުންގޮސް މަލާކް މާލެ އައިފަހުން ހަފްތާއެއްވީއެވެ. މަލާކް އެދަނީ މިއަދު އޭނަ ކުރިމަތި ލައިފައިވާ ވަޒީފާގެ އިންޓަވިއުއަށެވެ. ޑްރީމް ހޮސްޕިޓަލްގެ ކުރިމައްޗަށް ޓެކްސީ މަޑުކޮށްލުމާއެކު މަލާކް ފޭބިއެވެ. އަދި ކައުންޓަރުގައި އިންކުއްޖެއްގެ އެހީގައި ދާންވާ މިސްރާބު ހޯދިއެވެ.

ސަލާމްގޮވާލަމުން މަލާކް އިންޓަވިއު ކުރަން ހަމަޖެހިފައިވާ ހޯލަށްވަނެވެ. އިންޓަވިއު ޕެނަލްގައި ތިބީ ތިން މީހުންނެވެ. އިސްކޮށްއިނީ ނިއަމްއެވެ. ނިއަމް އިށީންނަން އިޝާރާތް ކުރުމުން މަލާކް އިޝީނެވެ. އަދި އިންޓަވިއުގެ ސުވާލުތަށް  ސާބިތުކަމާއެކު އޭނަ ޖަވާބުދީ ނިންމާލިއެވެ. ސުވާލުތައް ކުރަމުން ދިޔަ އިރު މަލާކަށް އާދަޔާ ޚިލާފަށް ނިއަމްއަށް ބެލުނެވެ. ނިއަމް ކޮންމެސް މީހަކާވައްތަރީއެވެ. ސިކުނޑިއަށް ބާރުލިއެއްކަމަކު އެއީ ކާކު ކަމެއް މަލާކަށް ނޭނގުނެވެ.

އިންޓަވިއު ނިންމާލަފައި މަލާކް ގެއަށް ދިޔައިރު ގޭތެރޭގައި ރާޖްމެން އުޅެނީ މާ ހަލަބޮލި ކޮށްލައިގެންނެވެ. މަލާކް އޮޅުން ފިލުވާލުމުން އެނގުނީ ނަސީމާގެ ބޮޑުދައިތަ ނާސިރާ އަންނަނީކަމެވެ.

ނަސްރީނާ ދިރިއުޅެނީ އިނގިރޭސި ވިލާތުގައެވެ. މާލޭގެ މުއްސަންޖަކާ ކައިވެނި ކުރި ގޮތަށް ދިރިއުޅުން އެ ޤައުމަށް ބަދަލު ކުރީއެވެ. ނަސްރީނާ އެމީހުންގެ މައިންބަފައިން ދުނިޔޭގައި ޗުއްޓީތަކުގައި ރާއްޖެ އާދެއެވެ. ނަމަވެސް އޭގެފަހުން ނައިސް ހުރެފައި މިފަހަރު އެ އަންނަނީ ދިހަ އަހަރު ފަހުންނެވެ. އޭނަގެ އަންހެން ދަރިއަކާއި ފިރިހެން ދަރިއަކުހުރެއެވެ. އެ ދެކުދީން ވެސް މިހާރު ކިޔަވާނިމި ވަޒީފާއަށް ނިކުމެއެވެ.

މައުވަން ކޮޓަރިއަށް ވަތްއިރު މަލާކް ފެންނާކަށްނެތެވެ. އެނދުމަތީގައި އޮތް މަލާކްގެ ފޯން ރިންގުވަމުން ދިޔައެވެ. މެދު ނުކެނޑި ތިންފަހަރު އެ ފޯނަންގުޅި މީހަކު ގުޅިއެވެ. ހަތަރުވަނަ ފަހަރު ރިންގުވާންފެށުމުން މައުވަން ބަލާލީ އަމީނާއަށް ވެދާނެތީއެވެ. ގުޅަނީ ސޭވެ ނުކުރާ ނަންބަރަކުންނެވެ. އަމީނާގެ ނަންބަރު އިންނަނީ މޮމް ޖަހާ ސޭވްކޮށްފައެވެ. މައުވަންވެސް މާލެ އައިފަހުން ކޮންމެވެސް ވަރަކަށް މަލާކްގެ ފޯނުން އަމީނާއާއި ވާހަކަ ދައްކާތީވެ އެވަރު އެގެއެވެ. މައުވަން ބޭރަށް ނިކުންނަން ދޮރުހުޅުވާލި އިރު މަލާކްވެސް އައިސް ދޮރާއަރާހަމަވަނީއެވެ. އަނގައިން ބުނުމަކާނުލާ ދެމީހުން ދެދިމާލަށް ދިޔައީއެވެ. މަލާކް ދިޔަގޮތަށް ގޮސް ނެގީ ރިންގުވަމުންދިޔަ ފޯނެވެ. ވާހަކަ ދައްކަން ނިކުތީ ބެލްކަންޏަށެވެ.

“ކެތްތެރިވޭ. ބޮޑެތި ކަންތައްތައްވާނީ ލަހުންނޭ. މަޑު މަޑުން އަހަރެން ބޭނުންވާ ކަންތައްތައް ފުރިހަމަ ވަމުންދާނީ” ކޮޓަރިއަށް ފުރަގަސްދީގެންހުރި މަލާކް ބުނެލި ޖުމްލަތަށް ސާފުކޮށް މައުވަންއަށް އިވުނެވެ. މައުވަން އަނބުރާ ކޮޓަރިއަށް އައީ ފޯން ބާއްވާފައި ނިކުމެވުމުން އެބަލައެވެ. މައުވަން ކުޑަކޮށް ވިސްނާލަން ހުރެފައި ކޮޓަރިން ނުކުމެގެން ދިޔައީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star

Level 310 Stories100 Comments100 Login

Other Articles

Previous

ކަރުނައިން ލޯފޭދިފައި 2

Next

އައިކާ (20)

Next
December 2, 2017

އައިކާ (20)

Previews
December 2, 2017

ކަރުނައިން ލޯފޭދިފައި 2

7 Comments!

  1. Aki says:
    December 2, 2017 at 12:59 am

    varah furihama ekamu thankolhe kuree mi part

  2. Manna says:
    December 2, 2017 at 1:13 am

    Yah. Me 2nd tha

  3. Shaaaaa says:
    December 2, 2017 at 1:14 am

    V v v reeethi . inthixar ga hutta thi upkohly. When next part. Avahaygenes dhehchey next part .

  4. nim says:
    December 2, 2017 at 3:14 am

    ވާހަކަ ހީވޭ ރީތި ވާނެހެން. އަދި ހަމަ ރަނގަޅު، އެކަމު ތަންކޮޅެއް ދުލަށް ފަސޭހަ، ހަނދާނުގަ ބަހައްޓަން ފަސޭހަ ވާނެކަހަލަ އާންމު ނަންތަކެއް ވާހަކައިގަ ބޭނުން ކުރާނަމަ ކިޔާލަން ފަސޭހަވާނެ ކަމަށް ދެކެން. good luck

  5. JR says:
    December 2, 2017 at 6:41 am

    haadha kurey. dhen konirakun next part up kohladheynee

  6. Ur fan says:
    December 2, 2017 at 2:11 pm

    Stry vv rythi…bt maa kuree…alhe dhigukoh up koddhyber

  7. Star says:
    December 2, 2017 at 3:15 pm

    kithahme dhigukoh liyunas kurey bunaathy dheravey. n thanks all

Comments are closed.

Next Episodeނޭނގި ހިތޭ ތި އަތުލީ 9←


All Right Reserved!