އިރުކޮޅަކު އެހެން އިނުމަށްފަހު ނިކްޔަލް މިއުޝީންގެ ކޮނޑުގައިހިފައި އޭނާގެ ގަޔާ ދުރުކޮށްލިއެވެ. އަދި އެދޮން ލޯބި މޫނުކޮޅުގައި ދެއަތުން ހިފަހައްޓައިލުމަށްފަހު ލޯތްބާއެކުގައި މިއުޝީންގެ ނިތްކުރީގައި ބޮސްދިނެވެ. ލިބުނު ހިތްހަމަޖެހުމާއެކު މިއުޝީނަށް ދެލޯމަރައިލެވުނެވެ. ނިކްޔަލް ދުރުވެލުމުން ލަދުގެންފައިއިން މިއުޝީންވެސް އިސްޖަހައިލައިގެން އިނެވެ. ވާރެއާއިކޮންމެވެސް ވަރަކަށް ތެމުމުގެ ސަބަބުން އޭނާގެ މޫނުމަތީގައިވާ މޭކަޕްވަނީ ހަޑިވެފައެވެ. “މިއު ވަރަށް ލޯބި މިރޭ.” މިއުޝީންގެ ޗާލު މޫނުން ނަޒަރު ވަކިކޮށްނުލާާއިނދެ ނިކްޔަލް ތައުރީފު ކޮށްލިއެވެ. “ނުވާނެ އެހެންނެއް. އަހަރެންގެ މޭކަޕްވެސް މިހުރީ ހަޑިވެފަ. […]
އެރޭގެ ވަގުތެވެ. އައްޒާމް ލަމްހާމެ ްގެއަށް ދިޔައީ ރޭގަޑު ނުވައެއް ޖަހަން ގާތްވެފައި ވަނިކޮށެވެ. ގޭގެ ބެލް އަޅާލި އަޑަށް ޓީވީއަށް ގެއްލިފައި އިން އައިކާއަށް ސިހިފައި ދޮރަށް ބަލާލެވުނެވެ. “އައިކާ! ދޮރު ހުޅުވަބަލަ.. އަހަރެން މިދަނީ..” ލަމްހާ އެހެން ބުނެލުމުން އައިކާ ބުރުގާ އަޅާލައިގެން ގޮސް ދޮރު ހުޅުވާލިއެވެ. އެވަގުތު އޭނާއަށް ސިހުމެއް ލިބުނީ ކުރިމަތީގައި ހުރި އައްޒާމް ފެނުމުންނެވެ. އައްޒާމްއަށްވެސްވީ ހަމަ އައިކާއަށް ވީފަދަ ގޮތެކެވެ. އެދެމީހުން ބަހެއްވެސް ނުބުނެ އެކަކު އަނެކަކަށް ބަލަހައްޓައިގެން […]
“އޭޝް ކީއްވެ ތިހެން ތި އުޅެނީ. ރުޅިއަންނަ ކަމު ހެދުނަސް އަހަރެންނަށް އިނގޭ އަދިވެސް ލޯބިވާކަން. އެހެންނޫންނަމަ ތިވަރަކަށް އޭޝްގެ ކުޑަކުޑަ ހިތެއް ބީޓްއެއް ނުކުރާނެ. އޭޝްގެ މާފު ހޯދަން އަހަރެން ކިހިނެއްތަ ހަދަންވީ” ޝަހާދަތް އިނގިލިން އައިޝާގެ ދަތްދޮޅި އުފުލާލަމުން ރެހާން ބުނެލިއެވެ. އޭރު ދެހިތުގެ ތެޅުން ވަނީ އެކަކުއަނެކަކަށް އިވޭ ވަރަށް ބާރުވެފައެވެ. ” ރެހާން ދޫކޮއްލާ. މޮޔަވެގެންތަ ތިއުޅެނީ. މީހަކަށް ފެނިދާނެ” މަސައްކަތުގެ މާހައުލު ކަމުން އައިޝާއާ ރެހާންއާ ދޭތެރޭގައި ވާ ކަންކަން […]
ޒިމްޔާ ހެނދުނު ފިހާރައަކަށް ދަނިކޮއް މީކާއީލް ފެނުނެވެ. ނަމަވެސް އަޅާވެސް ނުލާ ސައިކަލަށް އަރައިގެން ދިޔުމުން ޒިމްޔާގެ ހިތް ހަލާކުވާވަރުވިއެވެ. ނަމަވެސް އެކަމާ ވިސްނާ ހިތާމަ ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ފިހާރައިން ނިކުމެވެސް އެކަމާ ވިސްނަމުން ދަނިކޮއް އޭނަ ކޮލުގައި އަޅައިގަތީ ދުރުގައި ބޮޑު ކަޅު ހެދުމެއް ލައިގެން ހުރި ކުއްޖެކެވެ. ކިތަންމެ ދޫ ހެދުމެއް ލައިފައި ހުއްޓަސް ބޮޑު ބަނޑެއް ހުރުމުން މާބަނޑޫ ކުއްޖެއްކަން އިނގުނެވެ. މީހާ ހުރީ ހިވެގެންގޮސް ސިފަގެއްލޭވަރުވެފައެވެ. ހަމަ އެކަނި […]
ހިތްހަމަޖެހޭވަރަށް ހީފައި މަލިކް އައިސް މަޑުކޮށްލީ މުސްތޮފާގެ ކުރިމަތީގައެވެ. “ކަލޭހީކޮށްގެން ތިހުރީ ވަރަށް މީރުކެއުމެއް ލިބޭނެކަމަށްތަ އޭން.. ” މުސްތޮފާގެ ގިރުވާނުގައި ހިފާފައި މަލިކް އެހެންބުނި އިރު ހީވަނީ ދެންމެ ދެންމެ މުސްތޮފާ ކާލާފާނެހެންނެވެ. ” ހީނުކުރަށްޗޭ ކަލެއަށް ހެޔޮއެދިގެންނޭ މަކަލޭގެނައީ.. މަގޭ ކޮއްކޮއޭކިޔައިގެން މިހުރިހާ ދުވަހު ކަލޭކައިރީގަ މަސައްކަތްކުރީ މަގޭ އަންހެނުން.. ކަލެއެކޭ އެއްފަދައިން މުޅިދުނިޔެއަށްވެސް އެއީ މަގޭކޮއްކޮ.. ހަހަހަ ” އިވުނު އާހަބަރާއެކު މުސްތޮފާއެކޭ އެއްފަދައިން މަލީހްވެސް އިނީ ބުނާނެއެއްޗެއް ނޭންގިފައެވެ. އެވަގުތު ޝާމްލާ […]
“އައްޗި. ކަލޭ ހީކުރީ އަހަރެން މިއުޅެނީ ކަލޭދެކެ ލޯބިން ކަމަށްތަ؟ ޗީ. އަހަރެން ބޭނުމީ ހަމައެކަނި ކަލޭގެ ތިރީތި ހަށިގަނޑު. ކަލޭ ކޮންމެ މީހެއްދެކެ ލޯބިވިއަސް އަހަރެންނަށް ހެޔޮ. އެކަމަކު އެމީހަކަށްވެސް ތިހަށިގަނޑު ލިބޭނީ އަހަރެން ބޭނުންކޮށް ބާވީމަ.” ނުލަފާ ހިނިގަނޑަކާއެކު މިއުޝީންގެ ކަރުގައިއޮތް ދޯޕައްޓާ ނަގައި އެއްލައިލަމުން ޝަޔާން ބުނެލިއެވެ. ދެލޯބޮޑުކޮށްލަމުން ޝަޔާންގެ މޭގައި އަޅައި ދުރަށް ކޮށްޕައިލެވޭތޯ މިއުޝީންކުރި ހުރިހައި މަސައްކަތެއްވީ ބޭކާރެވެ. އޭރު އެދެލޮލަށްވަނީ ކަރުނަ ޖަމާވެފައެވެ. ނަމަވެސް އެހަށިގަނޑަށް ދަހިވެތިވެފައިހުރި ޝަޔާންގެ […]
އަފްރީން އާދައިގެ ވަރަކަށް ވުރެ ބާރަށް ސައިކަލު ދުއްވާލީ މީހަކު މާ ސީރިއަސްވެގެން ގުޅުމުން ލަސް ކުރަން ބޭނުން ނުވާތީއެވެ. ******************* އަފްރީން އަވަހަށް ހޮސްޕިޓަލަށް ވަދެފަ ސްއިން-އިން ވާން ވެސް ނޫޅުނީ އަދި އަފްރީން ޑިއުޓީ ފެށޭ ގަޑި ކައިރި ނުވާތީއެވެ. އަފްރީން ބާރު ހިނގުމެއްގައި ގޮސް އެމަޖެންސީ ރޫމާއި އަރާ ހަމަވި އިރު ޔުއާން އެމަޖެންސީ ރޫމް ދޮރުމަތީގައި ދެކޮޅަށް ދެކޮލަށް ހިނގާލަ ހިނގާލަ ހުރުމުން އަފްރީންއަށް ހީކުރެވުނީ އަލީއަށް ކަމެއް ވީކަމުގައެވެ. […]
އެއީ މާތް ﷲ އެކަލާނގެއަށް އީމާންވާ މީހުން އަނދިރީގެ ތެރެއިން އަލިކަމުގެ ތެރެއަށް ގެންނަވާކަމަށް ވަޙީކުރައްވާފައިވި އާޔަތެވެ. ފާއިތުވަމުން ދިޔަ ދުވަސްތަކުގެ ތެރޭގައި ދުވަހަކުވެސް އަފާފްގެ އެ ޕޭޖަށް ނުލިބޭފަދަ ތަރުޙީބެއް ލިބިގެން ދިޔައެވެ. އެމީހުންގެ އުޅުން ބަދަލުކުރަން ބޭނުންވެގެން މީހުން ‘ބިންތު ޢައްމާރު’އަށް ކުރަމުން ދިޔަ މެސެޖުތައް ގިނަވެގެން ދިޔައެވެ. އެ މެސެޖުތައް ފައިހާ އަފާފަށް ކިޔައިދިނުމުން އަފާފް އެމީހުންނަށް ކުރަންވީ މެސެޖު ކިޔައިދެއެވެ. އަފާފް ކިޔައިދިނުމުން ފައިހާ އެ މެސެޖު ޓައިޕްކޮށްފައި އެ […]
“ނޫން އޭޝް ތިހެން ނުބުނޭ. ﷲ ދެނެވޮޑިގެންވާނީ އަހަރެންގެ ހިތުގައި އޭޝްއަށްޓަކާ ވީ ތެދުވެރި ލޯބި. ބައެއްގެ މަކަކުވެރި ރޭވުމެއްގެ ދަލުގައިޖެހި އޭޝްއާމެދު އެގޮތަށް ކަންތަށް ކުރެވުނީމަ މިއަދު އަހަރެން އިންތިހާއަށް ލަދުގަނޭ. އަހަރެން މިދުނިޔެއިންވެސް ހަމައެކަނި ބޭނުންވަނީ އޭޝް އަހަންނަށް މާފުކޮށްފަ މިހަޔާތަށް އަނބުރާ އައުން. ޕްލީޒް އަހަންނަށް މާފުކުރޭ” ރެހާން އިސްދަށަށް ޖަހާލައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައީ ކުއްވެރިއެއް ފަދައިންނެވެ. ރެހާންއަށް އައިޝާއާމެދު ކަންތައް ކުރެވުނު ގޮތުން ހަގީގަތުގައިވެސް އެކަމާލަދުގަނެ ދެރަވިއެވެ.. “ރެހާން. […]