ސިއްރު ސިއްރުން ހިތޭ… (16)
“މާހް ވަރަށް ހަމަޖެހިގެން އެކަންވާނީ.. އެހެންވީމަ މާދަމާ އަހަންނާއެކު ފުރަތަމަ ގޮސް ވާނުވާ ބަލާލާނީދޯ.. ” މަލީހް ގެ އަޒުމަކަށް އެއްވެސް ބަދަލެއްނާނަކަން ބުނުމުން ޔާމިން އޭނައަށް ފެންނަގޮތް ހާމަކޮށްލިއެވެ. “އަހަންނަށްވެސް ފެންނަނީތިގޮތް.. ” މަލީހްވެސް ޔާމިންގެ ވާހަކައަށް ތާއީދުކޮށް ކުޑަވަގުތުކޮޅަކު ވާހަކަދައްކާލާފައި ނިދަންދިޔައީ މާދަމާ އަވަހަށް ހޭލަންޖެހޭތީއެވެ.
މަލީހްއަށް ހޭލެވުނީ ޔާމިންގޮވާއަޑަށެވެ. އޭރު އެހިސާބުގަ ހުންނަ މިސްކިތަކުން ފަތިހުގެ ބަންގި ގޮވާއަޑުއިވެއެވެ. “މިތެދުވީ.. ” މަލީހް ތެދުވެޔާމިންއަށް ޖަވާބުދިނުމަށްފަހު އަވަސްވެގަތީ ނަމާދުކުރަން ތައްޔާރުވާށެވެ. މިސްކިތަށް ދާން ތައްޔާރުވެލައިގެން ނިކުތް މަލީހް އަށް ހިނިތުންވެވުނީ ޔާމިން އޭނައާއެކުގައި ދާން މަޑުކޮށްގެން ހުރުމުންނެވެ. ދެކުދިން އެކީގައި ނަމާދުކޮށްގެން ގެއަށް އައިސް ކޮފީ ތައްޔާރުކޮށްލައިގެން ނިކުމެ މަސްވަރާކުރީ މިޝަން ކުރިއަށް ގެންދާނެގޮތަކަާމެދުގައެވެ. އޭރު ޝައުޝަން ސައިތައްޔާރުކުރުމުގައި އަވަދިނެތި ބަދިގޭގައި އުޅެއެވެ.
” އެހެންވީމަ ތިބުނާ ޝާމްލާ މަސައްކަތްކުރާނީ ބައްޕަގެ ކެބިންގަތާދޯ.. ” “ހޫމް.. ބައްޕަ އޭނަ އަންހެނެއްވީމަ އުޅުން ޕާޓިޝަންއެއްޖަހާ ކެބިންގައިންނައިރު ނުފެންނަގޮތް ހަދަންވެސް އެކަމަކު އެ ޝާމްލާގެ ބޮޑުބޭބެ(މަލިކް) ބޮސްގެ ބޮލަށްއެރިގެން އެކަންވިޔަނުދިނީ.. ފަހުން އެގުންގޮތުން ޝާމްލާ އާ މަލިކް ގެ ކުންފުނި ބައްޕަގެ ކުންފުންޏަށްވުރެ ދަށަށްދިއުމުން މަލިކުގެ އެދުމަށް އެހާވަރުން ބޮސްގެ ޕީއޭއަކަށް ޝާމްލާ އައީ.. އޭރުންތާ ބޮސްގެ ހުރިހާ ބަލިފައިތަކެއް ދެނެގަންނަން ފަސޭހަވާނީ.. ” މަލީހް ޔާމިން ބުނި ދެނަން ހަނދާނުގައި ބެހެއްޓިއެވެ. އަދި ފެންވަރާ ތައްޔާރުވެލަން ދިޔައީ އޮފީހަށް ދިއުމުގެ ކުރިން ސައިބޯންޖެހޭނެކަމަށް ޝައުޝަން ބުނުމުންނެވެ. ޝައުޝަންވެސް ޑިއުޓީ އޮތީ ހެނދުނުގަ ކަމަށްވާތި ސައިތައްޔާރުކޮށްލާފައި އަވަހަށް ތައްޔާރުވާން ދިޔައެވެ.
ހެނދުނުގެ ނާސްތާނިންމާލާފައި ތިންކުދިން އެކީގައި ނިކުމެ ކާރަށް އެރީ ހެނދުނު ޑިއުޓީ އޮންނަ ދުވަސްދުވަހު ޝައުޝަން ހޮސްޕިޓަލަށް ޑްރޮޕްކޮށްލާފައި ޔާމިން އޮފީހަށް ދާތީއެވެ. ކާރުގައި އިން އިރު މަލީހްއަށް ވިސްނެމުން ދިޔައީ އޭނަގެ ބައްޕައާދޭތެރޭގައެވެ. އެޝާމްލާ މަކަރުން ބައްޕަގެ މުދާގަނޑު ފޭރިގަތުމިހެ ކުރިން އެކަމުން ސަލަމާތްކުރަން އޭންޖަލްއެއްފަދައިން މިއަދު އެތަނަށް އާދެވުނީތީ އެކަމާހިތަށް ހަމަޖެހުމެއްލިބުން ނަމަވެސް އެއީ ކިހާވަރެއްގެ ބައެއްކަން ހަނދާންވުމުން ހިންދިރުވާލެވުނެވެ. އެކަހަލަ ގޭންގްސްޓަރ ބަޔަކާ ދެކޮޅަށް ނިކުތުމަށް ވަރަށް ބޮޑަށް ވިސްނަންވެސް ޖެހޭނެކަން ހިތަށްއައުމުން ލޮލުން ކަރުނަ ހިލުނުހިނދު ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ މަތިވެރިރަސްކަލާންގެއަށް ވަކީލްކޮށްލީ އެކަން ބޭނުންވާގޮތަށް ހިންމަވައިދިނުން އެދިއެވެ.
އޮފީހަށް ވަދެގެން ދިޔައިރު މަލީހް އާދިމާއަށް ހުރިހާ މުއައްޒަފުންގެ ނަޒަރު ހުއްޓޭކަން އިނގުމުން ހިސާބަކަށް މީހާ ފިނިވާގޮތްވިނަމަވެސް އެކަން ނުދައްކާ ވޭތޯ ބަލަމުން ޔާމިންގެ ފަހަތުން ދިޔައީ ފޯނާކުޅެމުންނެވެ. ޔާމިން އަކީ އޮފީހުގެ މެނޭޖްމަންޓްގައި މަސައްކަތް ކުރަމުންދާ މީިހަކަށްވުމުން އޭނަޔަށް ވެސް ހާއްސަކެބިންއެއް ދެވިފައިވެއެވެ. ޔާމިން އަވަހަށް މަލީހްގޮވައިގެން ލިފްޓަށް އަރާ ތިނެކަށްފިތާލީ އޭނާގެ ކެބިން އިންނަނީ އެފްލޯގައި ކަމުުގައިވާތީއެވެ. ތިންވަނަ ފްލޯއަށް ދެވުމާއެކު ޔާމިން އާ މަލީހް ކެބިންއާދިމާއަށް ދިޔައީ ޝާމްލާ އަންނަނީ ކޮންމެދުވަހަކުވެސް ތަންކޮޅެއް ލަހުން ކަމަށްވާތީ އެއިރަށް ބައެއްކަންކަން ރާވާލާށެވެ.
ނަމަވެސް ކެބިންއާ އަރާހަމަވިތަނާހެން އެތެރެއިން އެއްޗެއްވެއްޓުން އަޑުއިވިފައި ބަޔަކު ވާހަކަ ދައްކާ އަޑުއިވުމުން މަލީހްމެން މަޑުޖެހިލީ އެދައްކާ ވާހަކައެއް އަޑުއަހާލުމަށެވެ. “ކީއްތިކުރީ.. މިހާރު އުޅޭނެ ޔާމިން އަންނަން.. ދެންވެސް ތި ފައިލްތަށް ނަގާ ހުރިގޮތަށް ބަހަށްޓަބަލަ.. އެޔާމިންގެ ވަގުކަމުން ކޮމްޕިއުޓަރވެސް ލޮކްކޮށްފަ.. އިއްޔަގަ ޕޮރޮޕޯސަލްއާ ގުޅުހުރި އެއްވެސް ޑޮކިއުމެންޓެއްވެސް ނެތޭމިތާ.. އެންމެފަހުން ލިބުނުފުރުސަތުވެސް މިގެއްލުނީ.. ” އެމީހުންގެ ބަހުން އެތަނުން އެކަކު އަނެކަކަށް ކުދިގޮވަމުން ދިޔައެވެ. ” ބަލަ އެހެރަގެން ގަޑިޖެހެން އެންމެ ފަސްމިނެޓްއަށްވީ ދެންވެސްހިނގާ.. މިހާރު ނޭންގެ އޭނަ މިހިސާބަށް ނާންނަކަމެއްވެސް.. ” އެހެން ކިޔާފައި އެމީހުން ނިކުންނަން އަންނަހެން ހީވުމުން މަލީހްއާއި ޔާމިން އަވަހަށް އެތާން ގައި ޖެހިގެންހުރި މެނޭޖަރުގެ ކެބިންއަަށް ދެމިގަނެ ދޮރުކައިރީގައި ސިއްރުން ބަލަން ތިއްބެވެ. އެވަގުތު ޔާމިންގެ ކެބިންއިން ނިކުތް ޝާމްލާ އާއި އޮފީހުގެ މަސައްކަތު މީހެއްކަމަށްވާ ރާޖޫފެނުމުން ޔާމިންގެ ދެލޯދިޔައީ ބޮޑުވެގެންނެވެ.
ޔާމިންބުނާނެއެއްޗެއްނޭންގި ފަހަތަށް އެނބުރިލިއިރު ކުރިމަތީގައި ހުރިމީހާފެނި ސިހުންވިލެއްބޮޑުކަމުން ހަޅޭލަވާގެންފައި މަލީހްގެ އަތުގައި ހިފުމުން މަލީހްއަށްވެސްވީ ހަމަ އެހާވަރެވެ. ނަމަވެސް ކުރިމަތީގައި ހުރި އަރަޝް ބަނޑުގައި އަތްއަޅައިގެން އޮވެ ހޭންފެށުނީ ޔާމިންއަށް ވީގޮތްފެނިފައެވެ. “ތިނުހީބަލަ ބިރޭގަތީ އެހާސިއްރުން އުޅެނިކޮށް ކުއްލިއަކަށް ފެނުނީމަ..” މޫނަށް ރުޅިއައިކަމުގެ ކުލަވަރުގެންނަމުން ޔާމިން އެެެން ބުނިނަމަވެސް އަރަޝްހަމަ ހެނީއެވެ. “ސާބަހޭ ޔާން .. ޔާންއަކަށް ނޭންގެ ރުޅިއަންނަވެސް.. ” ޔާމިން ކައިރިއަށް އައިސް ބޮންޑިއެއްއަޅާލަމުން އަރަޝް އެހެން ބުނެފައި ކައިރީގައި ހުރި މަލީހްއަށް ނަޒަރެއްދިނެވެ. ” އެއީދޯ.. އެއީ ވަރަށްބޮޑުވާހަކައެއް.. އިނގޭތަ އެއްކަލަ ޝާމްލާ ދެންމެ އެދިޔައީ އަހަރެންގެ ކެބިންއަށްވަދެ ހާވާފަ.. އިއްޔަގެ ޕްރޮޕޯސަލްގެ ޑޮކިއުމެންޓްތަށް ނުފެނުނޭބުނިއަޑުއިވުން.. އެކަމަކު އަހަރެން އެފައިލްބޭއްވީ މޭޒުމަތީގަ..” ހައިރާންވެ ހުރެ ޔާމިން އެހެން ބުނެލުމުން އަރަޝް ދައްކާލީ އޭނަގެ ކަބަޑުން ނަގާފައި އެޑޮކިއުމެންޓް ތަށް ހުރި ފައިލެވެ. “ކިހިނެއް މިތަނަށް..” ” ހަމަޖެހިބަލަ.. އަހަރެން މިއަދު ތަންކޮޅެއްކުރިން އައީ މަސައްކަތެއް ނިންމާލަންވެގެން.. އެކަމަކު އަހަރެން މި ފްލޯއަށް އައި އިރު މިތާަންގަ ޝާމްލާ ހުރުމުން ޝައްކުވި ކޮންމެވެސް ނުބައެއްއުޅޭކަމަށް އެހެންވެ އޭނަ ރާޖޫއާދެއްކި ވަހަކަ އަޑުއެހީ.. އެމީހުން ބޭނުންވަނީ އިއްޔަގެ ޕްރޮޕޯސަލް ގެ ބޭނުންކޮށްގެން ހުރިހާ ފައިދާއެއް މަލިކްއާ ޝާމްލާގެ ކުންފުންޏަށް ދާގޮތަށް ލިޔުން ބަދަލުކުރަން.. އެއީ ހަތްމިލިއަން ޑޮލަރުގެ އެއްޗެއްވީމަ.. ވަގުތުގެ ބޭނުންހިފާ އަހަރެން އެމީހުންގެ ކުރިމަތިން އައީ އެހެންވެ އެމީހުންޖެހުނީ އަހަރެން ކެބިންއަަށް ވަދެ މަސައްކަތާއި މަސްއޫލިވެލަންދެން މަޑުކުރަން.. އަވަހަށް ޔާންކެބިންއިން ފައިލްނަގައިގެން އައިސް އަހަރެން މިތަނަށް ވަދެފައި ދެން އިނީ އެމީހުން އައިސް ވަންނަންދެން ބަލަން ..އިނގޭތަ މިރޭގަ އޮވޭނު މަލިކް ބާއްވާ ހާއްސަކެއުމެއް.. އެކަމަކު އެތަނަށް ދާންއިނީ ބޮސްއާ ޝާމްލާއެކަނި.. މިރޭ ކޮންމެވެސް ކަމެއް ނިންމާލާވާހަކަވެސް އެވަގުތު ޝާމްލާދެއްކި އަހަރެން ވަރަށްބިރުގަނޭ.. މިހާރުވެސް ބޮސްއަށް ނޭންގުނަސް ދެފަހަރު އެކުޅި އެމީހުން ކުޅެފި، ބޮސްގެ ނަސީބުގަދަކަމުން ކޮންމެފަހަރަކުވެސް ސަލާމަތްވަނީ.. ވަރަށް ވާހަކަ ދެއްކިއްޖެ.. ދެންބުނެބަލަ މީކާކުތަ.. ” މަލީހްއަށް ބަލާލާފައި އަރަޝް އަހާލިއެވެ. “މީދޯ….” އޭ ކިޔާ މަލީހްއަކީ ކާކުކަން ޔާމިން ވަރަށް ރަނގަޅަށް އޮޅުންފިލުވައިދިނެވެ. އަދި މަލީހް މިއަދު އެއައިބޭނުންވެސް ކިޔައިދިނެވެ. ” އެހެންވީމަ އަހަރުމެންނަށް ބޮސް ސަލާމަތް ކުރުމުގައި އިތުރުހީރޯއެއް ލިބުނީދޯ..” ބޮލަށް އަތްމަހާލަމުން އަރަޝް އެހެން ބުނުމުން ޔާމިން ވެސް އާއިކޭބުނެ އެކެބިން އިން ނިކުތީ އެކަމާ ވާހަކަދައްކާލަން މިއަދު އޮފީހުންބޭރަށް ބްރޭކްގަޑީ ދާން ނިންމާފައެވެ.
ޔާމިންއާ މަލީހް ބްރޭކްގަޑިޖެހުން އިރު ތިބީ އޮފީހާ ދުރުނޫން ހިސާބެއްގައި ހުރި ރެސްޓޯރަންޓް އެއްގައި އަރަޝްގެ އިންތިޒާރުގައެވެ. އަރަޝް ކޮންމެވެސް މީހަކު ގެންނަވާހަކަ ބުނުމުން ހިތްހަމަނުޖެހުން ނަމަވެސް އަރަޝްއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން ޔާމިން މަލީހްއަށް ހަމަޖެހުމަށް ނަސޭހަތްދިނެވެ.
“އަހަށް މިއޮއްއައީނު.. “އެހެންބުނެފައި ޔާމީން ކުއްލިއަކަށް ކޮޅަށްޖެހުނީ އަރަޝްގެ ފަހަތުގައި ހުރިމީހާ ފެނުމުންނެވެ. “ހާސްނުވޭ އެއީ އަހަރެންގެ ދޮންބެ.. ” ޔާމިންއަށް ވީގޮތްފެނުމުން އަރަޝް އަވަހަށް އެއީކާކުކަން ބުނެދިނެވެ. “ތީދޯ ޔާމިން އަކީ އަރަޝް ވަރަށް ދައްކާނެ ޔާމިންއެއްގެ ވާހަކަ.. ” އަރަޝްގެ ދޮންބެ އަރީޝް ޔާމިންއާ ސަލާމްކޮށްލަމުން އަހާލިއެވެ. އަރީޝް އަކީ ސިޑްނީގައިހުންނަ ޕޮލިސް ހެޑްކުއަރޓަރ ގައި ހުންނަ ރޭންކްހައި އަދި އެހާމެ މަޝްހޫރު ހުނަރުވެރި މޮޅު ޕޮލިހެކެވެ ޔާމިންއަށްވެސް އަރީޝް ފެނުމުން ކޮޅަށްޖެހެވުނީ އަރީޝްގެ ވާހަކަ އަހާފައިވާތީއެވެ.
“އަރަޝް ކިޔާދީފި ވަރަށް ރަނގަޅަަށް ކަންތަށް ވެފައޮތްގޮތް.. އަހަރެމެންވެސް މިދަނީ މަލިކް ގެ ކުންފުނީގެ އެހެން މައްސަލަތަކެއްވެސް ބަލަމުން އަދި އެމީހުގެ އެގޭންގްއަށްވެސް ފާރަލަމުން ފުރިހަމަ ހެއްކާއެކު ނޫނީ ނެތް އޭނަ އަތުލައިގަނެވެން އެހެންވެ އެމިޝަންގަ މިއުޅެނީ މިކޮޅަށް އައިސް.. އެހެންވީމަ މަލީހް ބައްޕަ އަށް މިރޭ އެތަނަށް ދިއުމުގެ ކުރިން މަލީހްގެ ހަގީގަތް އަންގާ.. އަދި އެތަނަށް ބައްޕައާއެކުގައިދޭ.. އެކަމަކު ދިއުމުގެ ކުރިން ބޭބެއަށް ވާނެ ހަބަރުވާން.. އޭރުން ދެންހުރި ހުރިހާކަމެއް ބޭބެ ހަމަޖައްސާނަން.. ” އަރީޝް އޭނަ ނިންމާފައިވާގޮތް ހާމަކޮށްލީ އިތުރު މަޝްވަރާއަކާވެސް ނުލައެވެ. “އެންމެ ރަނގަޅު އެކަމަކު ކިހިނެއް އަޅުގަނޑު އެޝާމްލާ ކައިރީގައި ހުއްޓަ އެވާހަކަ ދައްކާނީ. ” މަލީހް ކަންބޮޑުވެލާފައި އެެެހެންބުނުމުން.. ” ތިކަމާހާސް ނުވޭ.. ބައްޕަ ގެއަށް ދިޔާމަ ދާނީ.. ޔާމިން އާ އަރަޝް އާއެކުގަ.. އެކަމަކު ހަނދާންކޮށް ދަރިއެއްކަން ސާބިތުކޮށްދެވޭނެހާ ޕްރޫފް އޮންނަން ވާނެ އޭރުން ފަސޭހަވާނީ..” ” އަޅުގަނޑު އުފަންދުވަހުގެ ސެޓްފިކެޓްގެ އިތުރުން މަންމައާ ބައްޕަގެ ކައިވެނީގެ ދުވަހުގެ ފޮޓޯވެސް ގެނައިން.. ” މަލީހްގެ ވާހަކަ އަޑުއިވުމުން ހާދާ ބްރޭވް އޭ އަރީޝް ބުނެފައި ދިޔައީ ވަގުތު ނެތުމުން ތިންކުދިން ކާަށޭބުނެފައި ބިލަށް ފައިސާވެސް ދީފައެވެ.
އާދައިގެ މަތީން އޮފީސްނިންމާފައި ނިކުތް މުސްތޮފާގެ މޫނުމަތީގައި ވަނީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. އެހެން ދުވަސްތަކާ ހިލާފަށް ހިނިތުން ވެލައިގެން ހުރެ އޮފީހުގެ މުއްޒަފުންނަށް ބަލަމުން ނިކުތް މުސްތޮފާއަށް ކޮންމެ މުއަށްޒަފަކުވެސް ބަލަމުން ދިޔައީ ސުވާލުގެ ނަޒަރަކުންނެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. މިހާ ވިޔަފާރި ކުރިއަރާފައި ވާއިރުވެސް ކޮންމެ ދުވަހެއް ނިމިދަނީ ބޮޑު ހައިޖާނު ގަނޑެއްގެޔެރޭގައެވެ. ނަމަވެސް މިއަދު އެ ޝާމްލާ ތަންކޮޅެއް އަވަހަށް އޮފީސްނިންމާފައި ދިއުމުން މުސްތޮފާއަށް ހަމަޖެހިލާނެ ފުރުސަތު ލިބުނީއެވެ. ކާރުއައިސް އޮފީހުގެ ޕޯޓިކޯތެެރެއަށް މަޑުކޮށްލުމަށް ފަހުގައި ޑްރައިވަރު ދޮރުހުޅުވާދިނުމާއެކު މުސްތޮފާއަވަަހަށް ކާރަށް އަރާ ހަމަޖެހިލިއެވެ. އެއާއެކު ދޮރުލައްޕާފައި ގޮސް ޑްރައިވަރު ކާރަށްއަރާ ދުއްވާލިއެވެ.
ޑްރީމްކަރސެލް އިންނަ މަގަށް އެޅުންތަނާ އެގޭ ގޭޓުކައިރީގައި ބަޔަކުތިބިތަން މުސްތޮފާއަށް ފެނުނެވެ.ނަމަވެސް އެއީ ކޮންބައެއްކަން ނޭންގޭތީ ބަލަން ހުއްޓާ ކާރުގޮސް ގޭޓާއި ހަމަކޮށްލުމުން ސެކުރިޓީ ގޭޓް ހުޅުވާލިއެވެ. އޭރު އެތާންގައި ތިބި ތިންމީހުންވެސް ކާރުގެ ފަހަތުން ވަނެވެ. “އަހަން ޔާމިން އަރަޝް.. މިވަގުތު އަނެއްކާ ކަމަކުތަ.. މީކޮންކުއްޖެއް.. ” އެތަނަވަސްގޭގެ ޕޯޓިކޯއަށް ކާރުމަޑުކޮށްލުމާއެކު ފައިބާ މުސްތޮފާ އަހާލިއެވެ. “މީ އަޅުގަނޑުމެން ކުޑަކަމަކު.. ” ޔާމިން އާއި އަރަޝް އަށް އެކީގައި ބުނެވުނެވެ. އެއާއެކު އެތެރެއަށް ހިނގާށޭބުނެ އިޝާރާތް ކުރަމުން މުސްތޮފާ އެތެރެއަށްވަނެވެ.
އެތެރެއަށް ވަދެގެން ދިޔަ މަލީހް އިނީ ގޭގެ ހައިބަތާއި ރީތިކަން ފެނި ތަލިން ކުޅުހިކި ބުނާނެއެއްޗެއް ނޭންގިފައެވެ. ތަނަވަސް ސިޓިންގް ރޫމްގައި އަތުރާލެވިފައިވާ އެންމެޝާހީ ފާޑުވެރިކަން އެކުލެވިފައިވާ ސޯފާސެޓާ، އެބޮޑު ސިޓިންގް ރޫމްއަށް ދެފަރާތުން ފެއިބޭގޮތަށް ތަބުޖަހާ ހަދާލެވިފާ ސިޑިބަރި ކައިރީގައި ހުރި ގަސްމުށިތަށް ސާފްތާހިރުކަމުން އެނގެނީ އެއީ ވަރަށް ލޯބިން ބަލަހަށްޓާ އެއްޗެހިކަމެވެ. އަދި ހަމައެހެންމެ އެތަނުގެ ހިތްގައިމުކަން އެންމެ ބޮޑަށް ހާމަވަނީ މެދުގައި އެލުވާލެވިފައިވާ ބޮޑު ޗާންދަލިޔާގެ ތަންތަންކޮޅުގައި ހަރުކޮށްފައިވާ ޑައިމަންޑްސްތަށް ހެލިލާއިރު އެކިޔާ މިއުޒިކީ އަޑެވެ.
“ދެންކިޔާބަލަ.. އަދިވެސް ތިކުދިން މި ކުއްޖާ ތައާރަފް ކޮށްނުދެމެއްނު..” ހަމަޖެހިލާފައި ސޯފާގައި އިށީންދެލާ މަލީހްއަށް އިޝާރާތްކޮށްލަމުން އަހާލިއެވެ. އެއާއެކު ޔާމިން އެއީ އޭނަގެ ރައްޓެއްސެއްކަމާއި ކިޔަނީ މަލީހްކަން އޮޅުންފިލުވައި ދިނެވެ. ” އެހެންތަ.. އެހެންވީމަ މަލީހްގެ ކަމަކުތަ މިއުޅެނީ އައިސް.. ” ހިނިތުން ވެލާފައި މުސްތޮފާ އެހެން އަހާލުމާއެކު މަލީހް ލައްބާއޭ ބުނެފައި އަތުގައިވި ސިޓީއުރަ ދިއްކޮލިއެވެ. “ތިކޯއްޗެއް.. ” “ތި ބައްލަވާ ލައްވަންވީނުންތޯ.. ތީގަ ވާނެ އަޅުގަނޑު މީ ކާކުކަން އެނގޭނެލިޔުން.. އަދި މިތަނަށއ އައީ ކީއްވެކަންބުނެދެން ފަސޭވަނީ ތިބައްލަވާލެއްވުމުން.. ” މަލީހް މުސްތޮފާއަށް ޖަވާބުދާރީވިއެވެ.
ސިޓީ އުރަ ކަނޑާލުމާއެކު އޭގެ ތެރޭގައިވާ ފޮޓޯތަށް ވެއްޓުނީ މުސްތޮފާގެ އުނގަށެވެ. އެނަގާ ބަލާލުމާއެކު މުސްތޮފާގެ ދެލޯބޮޑުވެގެން ދިޔައެވެ. އަދި ދަށުގައިވި އަނެއް ދެފޮޓޯ ބަލާލުމާއެކު ކޮޅަށް ތެދުވި އިރު މުސްތޮފާގެ ލޮލުން ހޯސްލާފައި ކަރުނަތަށް ފައިބާން ފެށިއެވެ. ” މީ. މީ. ހަމަ ފާއިގާ. އަހަރެންގެ ފާއިގާތަ.. އެންމެ ފަހުން އަހަރެންގެ ފާއިގާ އެހެންމީހަކާ އިނީދޯ.. ” ދެލޯފޮހެލަމުން މުސްތޮފާ އަހާލިއެވެ. ” ނޫން މަންމަ ބައްޕަ ނޫން އެހެން އެއްވެސް މީހަކާ ނުއިނދޭ.. ” މަލީހްވެސް އެހެން ބުނިއިރު ވަނީ ފެންކަޅިވެފައެވެ. “ބައްޕަ.. ” މުސްތޮފާއަށް ކިޔާލެވުނެވެ. ” ލައްބަ .. އަޅުގަނޑުގެ ބައްޕަ.. ” ” އެކަމަކު ކިހިނެއް.. ” މަލީހް އެހެން ބުނުމުން މުސްތޮފާ ސުވާލުކޮށްލިއެވެ. އެއާއެކު މާޒީގެ އެހިތާވެރި ސަފްހާ އޭނާގެ ބައްޕައަށް މަލީހް ކިޔާދޭންފެށިއެވެ.
ހުރިހާ ވާހަކައެއް އަޑުއިވުމުން މުސްތޮފާ މަލީހް ގެނެސް ބައްދާލީ ހުރިހާ ދުވަހު ނުދެވިއޮތްލޯބި އެއްފަހަރާ ދޭންބޭނުންވެފައިވާ ފަދައަކުންނެވެ. “އެހެންވީމަ އެއީ ދަރިފުޅުގެ މަންމަ ބަނޑުބޮޑުއިރުގެ ފޮޓޮއަކާ ދަރިފުޅު ސްކޫލަށް ދިޔައިރު ނަގާފައިވާ ފޮޓޯދޯ .. ” މުސްތޮފާ ކައިވެނީގެ ފޮޓޮއަށް ބަލަމުން ދެން އޮތް ދެފޮޓޮއަށް އިޝާރާތްކޮށް އަހާލިއެވެ. އެއާއެކު މަލީހް އާއިކޭބުނެ އުފަންދުވަހުގެ ސެޓްފިކެޓް އޭނާގެ ބައްޕައަށް ދައްކާލިއެވެ.
ދެބަފައިން އެކިވާހަކަތަކުގައި ތިބެފައި ވަކިވީ މިރޭ ކެއުމަށް ދާއިރު މަލީހް ގޮވައިގެންދާން އެއްބަސްކުރުވާފައެވެ. ހަމަ އެގޮތަށް މަލީހްވެސް ލަސްނުކޮށް ބައްޕަކައިރިއަށް ބަދަލްވާ އެއްބަސްވާންޖެހުނެވެ.
ތިންކުދިން އެކީގައި ޑްރީމްކަރސެލް އިން ނިކުތީ ލިބުނު ކާމިޔާބަށއ ފަހުރުވެރިވާހާލުގައެވެ. ނަމަވެސް ބޯމަތިވަމުން އަންނަ ވިލާގަނޑުގެ ވައިހުރިމިންވަރެއް އެއިން ކުއްޖަކަށްރޭކާ ނުލައެވެ.
ގެއަށް ދިޔަމަގުމަތީ އަރަޝް ވެސް ގޮވައިގެން ޝައުޝަން ވެސް ޑިއުޓީ ނިމިފައިވުމާއެކު، ގޮވައިގެން ގެއަށްދިޔައީ މަލީހް މިރެއަށް ތައްޔާރުވުމަށް މަޝްވަރާކުރުމަށެވެ. ތިން ފިރިހެން ކުދިން ސޯފާގައި ޖައްާލުމުން އެމީހުމަށް ކޮފީތައްޔާރުކޮށްގެން ގެނެސްދީފައި ޝައުޝަން ދިޔައީ ފެންވަރާ ތާޒާވެލަން އޭނަގެ ކޮޓަރިއަށެވެ. “އެހެންވީމަ އެތަނަށް ދާން ރެޑީވެގެން ހުންނަންވާނެ މިރޭ ތަންކޮޅެއް އަވަހަށް.. އޭރުން އަހަރެމެން ދާނަން މާ އެގެއަށް ޑްރޮޕްކޮށްލަން.. ދޯ އަރަޝް.. ” އަރަޝްއަށް ދޯދެމުން ޔާމިން ވާހަކަ ދެއްކިއެވެ. ” އެބުނާހެން.. އަދި ދާއިރު ޖެހޭނު މާހްގެ އެއްޗެހިތަށްވެސް ގެންދަންދޯ.. އެހެންވީމަ ކުރިން ރެޑީވެގެންވާނީ އިނގޭ..” އަރަޝްވެސް އިތުރުކޮށްލިއެވެ. އަދި އަރީޝްގެ ނަންބަރު ޔާމިންއާއި މަލީހްއަށް ދިނެވެ. ތިން ކުދިން އެކިވާހަކައިގައި ތިނެފައި ވަކިވެލީ މިރޭދިމާވާނެ ކަމަށް ބުނެފައެވެ. މަލީހް ކޮޓަރިއަށް އެނބުރި ދިޔައިރު ޔާމިން ދިޔައީ އަރަޝް ގެއަށް ލައިދޭށެވެ.
ކޮޓަރިއަށް ވަތް މަލީހް އަށް ހުރެވުނީ ފުންވިސްނުމަކަށް ގެއްލިފައެވެ. ބައްޕަފެނުމާއެކު އެހިތުގައިވައި ހުރިހާ ނަފްރަތެއް އެދިޔައީ ކޮންތާކަށްބާއެވެ. ހަމަ ޔަގީނުން ވެސް ބުނަންނޭގޭފަދަ އުފާވެރިކަމެއް ބައްޕައާއި ބައްދަލްވުމުން މަލީހްއަށް ލިބިގެންދިޔައެވެ. އެހިތުގައި ބައްޕައަށްވި ލޯބި ދެގުނަޔަށް އިތުރުވީފަދައެވެ. ވީ އިރު ލޯތްބަކީ ހާދަހާވާ ފާޑެއްގެ އެއްޗެކެވެ. އެއާއެކު ނަވާރުމަތިންވެސް ކުއްލިއަކަށް މަލީހް ހަނދާންވިއެވެ. ނަމަވެސް މިފަހަރު އެދެލޮލުން ކަރުނަ އައީ އުފަލަކުން ނޫނެވެ. ކުއްލިއަކަށް އެހިތުގެ މަލިކާއަށް އެއްވެސް އިޝާރާތެއްވެސް ނުވެވިގެން އުޅެނިކޮށް އަންނަންޖެހުމުން ހިތުގައި އެތަކެއް ޝަކުވާއެއްއުފެނެވެ. އެކަމަކު ޝަބީންގެ ފަރާތުން އެނގިފައިވާގޮތުން ނަވާރުގެ ހާއްސަ ބައިވެރިއެއް ނުހުންނަކަން އެނގިފައިވާތީ އެކަމާ މަލީހް އުފާކުރިއެވެ. ހަމަޔަގީނުންވެސް ދެން އެނބުރި ރާއްޖެއަށް ގޮސް އޭނަކުރާނެކަމަކީ އެއީއެވެ. ނަވާރުއަށް މަލީހްގެ ހިތުގެ ހާލަތު ބަޔާންކޮށްދިނުމެވެ.
ހިޔާލުތަކުން ދުރުވެ މަލީހް ލޯފުހެލުމަށްފަހު އަވަހަށް ފާހާނައަށްވަނީ ފެންވަރާ ތާޒާވެލައިގެން ނަމާދުކޮށްލުމަށެވެ. އަދި މިރޭ އެގެއަށް ބަދަލް ވާއިރަށް އެއްޗެހި ތައްޔާރުކޮށްލާ ހަދާލާށެވެ.
ބަރާބަރު ގަޑިން ހަތެއްޖެހިއިރު އަރަޝްހިރީ ޔާމިންމެންގެއަށް އައިސްއެވެ. އޭރު މަލީހްވެސް ތައްޔާރުވެ ނިމިއްޖެއެވެ. ނަމަވެސް އެންމެ ފަހުވަގުތުކޮޅުގަވެސް ޝައުޝަން އަތުން ކޮފީއެއްގިރައިގެން ބޮއެގެން ނޫނީ ނުދާން ތިބީއެވެ. ޝައުޝަންވެސް އިތުރު ޝަކުވާ އަކާނުލާ އެކަން ކޮށްދިނީ އޭނަގެ ގާތް ރަހްމަތްތެރިޔާއަށް ލިބުން އުފާވެރިކަމުގައި ބައިވަމޭ ބުނަމުންނެވެ.
ގެއިން ނިކުންނަމުން މަލީހް އޭނަގެ ބައްޕައަށް ގުޅާ ޔާމިންމެންނާއެކުގައި ދާވާހަކަ އެންގުމުން އެކުދިން އެހިސާބަށް ދިޔައިރަށް ގަރޑް ދޮރުހުޅުވާލަދިނެވެ. އަދި ކާރުގައި އެތެރެއަށް ވަނުމަށް އެދުނެވެ. ޑްރީމްކަރސެލްގެ ޕޯޓިކޯއަށް ގޮސް ކާރު މަޑުކޮށްލިއިރު މުސްތޮފާ ނިކުމެ އެމީހުން އިންތިޒާރުގައި އިނެވެ. މަލީހުމެން ފެއިބުމާއެކު އެގޭގެ ހާދިމުން މަލީހްގެ އެއްޗެހި އެތެރެއަށް ވެއްދުމަށް މުސްތޮފާ ގެ އަމުރަށް އުޅުނެވެ. އަދި މަލީހްމެން ގޮވައިގެން މުސްތޮފާ ދިޔައީ އޭނާގެ ދަރިފުޅަށް ހާއްސަކުރެވިފައިވާ ކޮޓަރި ދައްކާލުމަށެވެ.
ދެ ފްލޯއަށް ހަދާފައިވާ އެރީތި ގޭގެ ދެވަނަފްލޯއަށް އެރުމަށް ފަހު އެތަނުން ކޮޓަރިއެއްގެ ދޮރުހުޅުވާލާފައި މީ ދަރިފުޅުގެ ކޮޓަރިއޭ ކަމުދޭހޭ މުސްތޮފާ އަހާލިއެވެ. އެއާއެކު މަލީހް އެތަނަވަސްބޮޑު ކޮޓަރިއަށް ނަޒަރުހިންގާލިއެވެ. ވަށައިގެންވާ ފާރުތަކުގައި ކްރީމްކުލަ ލާފައިވާއިރު މުޅި ކޮޓަރީގައިވާ ހުރިހާ ފަރުނީޗަރެއްވަނީ ހުދުކުލައިންނެވެ. ކޮޓަރީގެ އެއްފަރާތެއްގައި ކިންގްސައިޒްގެ ބޮޑުއެނދެއް ހުރިއިރު ހަމަ އެތާ އަނެއްފަޅީގައި ސްލައިޑްކުރެވޭ ބޮޑު އަލަމާރިއެއް ހުއްޓެވެ. އަދި އެއާ ދުރުނޫން ހިސާބެއްގައި ވާ ދޮރުކައިރީގައި ޑްރެސިންގް ޓޭބަލް ބެހެއްޓިފައިވާއިރު އެތާ ކައިރީގައިވާ ދޮރަކީ ފާހާނަ ދޮރުކަން މަލީހް އަށް އެނގުނެވެ. ކޮޓަރީގެ އަނެއް ފަޅީގެ ފާރުގައި ފަންސާސް އިންޗީގެ ސެމްސަންގް ޓީވީއެއް ހަރުކުރެވިފައި ވާއިރު ސޯފާތަށްވެސް ހުރީ ޓީވީ ބަލަން ތިބެވޭގޮތަށް އަނބުރާލެވިފައެވެ. ހައިބަތު ބޮޑު މިކޮޓަރީގައި ޓީވީ ހުރިފަރާތުގައި ދޮރުފޮތިތަށް ކަހާލާފައި މުސްތޮފާ އެތާންގައި ވާ ކަހާދޮރު އެއްފަރާތް ކޮށްލުމުން މަލީހްގެ އިތުރުން ޔާމިން އާ އަރަޝް ވެސް ތިބީ އަނގަހުޅުވިފައެވެ. ޖެހިލިވައިރޯޅިއާއެކުގައި އެތެރެއަށް މާމަލުގެ މީރުވަސް ފެތުރިގެން ދިޔައިރު އޭސީގެ ތެރޭގައި އެވަސް ހަރުލާގޮތްވިއެވެ. ބެލްކަނީގައި ވަނީ ތަފާތު ވައްތަރުގެ މާގަސްތަށް ޕޮޓްތަކުގައި އިންދާފައެވެ. ހަަަމަ އެއާއެކު އެތާންގައި ރީތި ބަގީޗާ އުނދޯއްޔެއްވެސް ބެހެއްޓިފައި ހުއްޓެވެ.
” ބައްޕަ އުނމީދުކުރަން މިކޮޓަރި ދަރިފުޅު އުންމީދުކުރިހާ ފުރިހަމަވިކަމަށް.. ” މަލީހް އެއްޗެއްނުބުނެ ހުރުމުން މުސްތޮފާ ވާހަކަދެއްކިއެވެ. ” މާބޮޑަށްވެސް ހިތްގައިމު މިތަން ބައްޕާ.. އަޅުގަނޑު ނަމާދުކޮށްލައިގެން ނިކުތީޔާ ލަސްވާނެތޯ.. ” މަލީހް ހިނިތުން ވެލަމުން ބުންޏެވެ. އެއާއެކު މައްސަލައެއްނެތޭބުނެ ބައްޕަވެސް މިދަނީ ތައްޔާރުވާންކަމަށް ބުނެފައި މުސްތޮފާ ނިކުތީ ހިނިތުންވެ ހުރެއެެެވެ. ” މާހް އަހަރެމެން ވެސް މިދަނީ ނަމާދަށްދާން.. ހަނދާންކޮށް ދަމުން އަރީޝް އަށް ގުޅާތި އަދި އަހަރެމެންނަށް ހަބަރެއްވާތި.. ” ޔާމިން މަލީހް ގައި ބައްދާލުމަށް ފަހު ބުންޏެވެ. ” އެންމެރަނގަޅު.. އެކަމަކު ތިދެމީހުން ތިކޮށްދިން ހެޔޮކަމުގެ އަގު އަދި އަހަރެންވެސް ވަރަށް އަވަހަށް ދޭނަން.. މީ އަހަރެންވާ ވައުދެއް.. ” މަލީހް ޔާމިން އާއި އަރަޝް އަށް ބުނެލިއެވެ. އަދި އެމީހުނާއެކު ބޭރު ދޮރާހަމައަށް ދިޔައެވެ.
މުސްތޮފާ އައިސް ގޮވާލުމާއެކު މަލީހް އަވަހަށް ނިކުތެއްކަމަކު އަރީޝް އަށް ގުޅާލީ ދާވާހަކަ ބުމެލާށެވެ. ނަމަވެސް އެއިން ކަމެއް އޭނާގެ ބައްޕައަށް ރޭކާނުލައެވެ. އަދި ޔާމިން އާއި އަރަޝް އަށްވެސް ކާރަށް އެރުމަށްފަހުގައި މެސެޖްކޮށްލިއެވެ. ހަގީގަތުގައި ކިތަންމެ ހަމަޖެހިގެން ހުރިކަން މޫނުމަތިން ދެއްކިނަމަވެސް ދެންވާނެގޮތެއް ނޭންގޭތީ މަލީހް ހުރީ ކޮންމެވެސް ވަރަކަށް ހިތްނުތަނަވަސް ވެފައެވެ.
ކާރު ގޮސް ބޮޑު ގެއެއްގެ ގޭޓުން އެތެރެއަށް ވަނުމާއެކު މަލީހް ބޭރުބަލާލިއެވެ. ފެންނަފެނުމަށް އެގެވެސް ވަރަށް ޝާހީފާޑުޖަހައެވެ. ކާރު މަޑުކޮށްލުމާއެކު ޑްރައިވަރު އައިސް ދޮރުހުޅުވާދިނުމުން މުސްތޮފާގެ ފަހަތުން މަލީހްވެސް ފޭބިއެވެ. އޭރު ދޮރުމަތީގައި ފިސާރި ނަލަވެލައިގެން މިއަދު ޔާމިންގެ ކެބިން އިން ނިކުތް އަންހެންމީހާ އިންތަން ފެނި މަލީހް ދެބުމަގޮއްޖެހުނެވެ. އޭރުވެސް ޝާމްލާ ކަޅިޖަހާނުލާ ބަލަމުން ދިޔައީ އޭނަގެ ބައްޕައަށްކަން މަލީހްއަށް އެނގުނެވެ. އަދި ހަމަ އެހެންމެ އެތާ ކައިރީގައި ހުރި ފިރިހެން މީހާ އަކީ މަލިކްކަން މަލީހްއަށް އެނގުނެވެ. ހަގީގަތުގައިވެސް އެމީހާގެ މޫނުމަތީގައި ބޮޑާކަމާއި ކިބުރުވެރިކަމުގެ ސިފަހުރިކަން އެންމެ ނަޒަރަކުން މަލީހް އަށް ދެނެގަނެވުނެވެ. ” މީކޮން ކުއްޖެއް.. މަލީހް އަށް ބަލާލުމާއެކު މޫނުމަތީގައިވާ ހިނިތުންވުން ބަދަލްވެ” ޝާމްލާ އަހާލިއެވެ. ” އަހަރެންގެ ދަރިފުޅު މަލީހް.. ” މުސްތޮފާ އެހެންބުނުމާއެކު މަލިކްއާ ޝާމްލާ މަލީހްއަށް ނުރައްކާތެރިގޮތަކަށް ބަލާލިއެވެ.
އެތެރެއަށް ވަދެގެން ދާން ނުހަދާ މަލިކް މުސްތޮފާމެން ގޮވައިގެން ލިފްޓަށް އެރުމާއެކު އެކަމާ މުސްތޮފާ ސުވާލު ކޮށްލިއެވެ. ދެފަހަރަކަށް އައިސްފައިވުމުން މުސްތޮފާއަށްވެސް އެގޭގައި ހާއްސަ ކެއުންތަކާއި ހަފްލާތަށް ބާއްވާ މެހެލްއިނގެއެވެ. ނަމަވެސް މަލިކް އެއަށް ދިނީ ފިނިޖަވާބެކެވެ. ޓެރަހުގައި ސަޕްރައިޒެއް އޮތްކަމަށެވެ. އެއާއެކު މަލީހްގެ ބޮލުގައި ރިއްސާލިއެވެ. އަވަހަށް އަރީޝް އަށް ޓެރަހަށް އެމީހުން ގޮވައިގެން ދާކަމަށް މެސެޖް ކޮށްލިއެވެ.
ލިފްޓުން ނިކުތުމާއެކު އައި ނައި ދިމާއެއް ނޭންގި ބަޔަކު އައިސް މުސްތޮފާ އާއި މަލީހްގެ ގައިގައި ގުޑިނުލެވޭ ވަރަށް ހިފޭއްޓިއެވެ. އެއާއެކު މަލިކް އާއި ޝާމްލާގެ ހުނުމުގެ އަޑު މުޅިތާންގައި ގުގުމާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.






Assalaam alaikum.. miothee 16 vanabai.. unmeedhukuran kamudhaanekamah.. and konmedhuvahaku up kohdheyn bunefa up koh nudhevuneema v bodah sry.. ingey ehen bunefa up koh nudhevuneema aee bunevey dhogakannvaanee. Bt moosumah Ain kullibadhalaaeku.. laylaa vess balivee, ehaafiniveema .. layaa Adhi operations kurithaa ehaadhuvaheh nuvey ehenve .. unmeedhukuran understand vaanekamah kiuntherin .. insha allah madhamaareygeves migadiah next part upkohladheynan.. Mifaharu kiuntherin inthizaaru nukuruvaanvegen next baivess half liyefa mibai mi up Kohlee.. unmeedhukran mibai vess kamudhaanekamah.. plx do cmmnt below ? lysm all the readers.. ???
It’s ok balives vaane.and story varah salhi
Yayyy.. first dho
Yah fan ur first dear .. ?
Its ok sissy ehnvess vedhaane…..Gws sis…..vvvv salhi mi part vess …….waiting for next part…..
,thankyou loabi loabi ximmi .. ???
Thihaa baliko ulhey iru ves vahaka up kodhethi ufaavay.adhi umeedhaky vahaka nimedhen genes dhinun.layaa ge hurihaa vahakaye ves saadhu v reethi.all tha best.love u?
Thankyou saadhu .. ?? ly
Sorry ekam ehaa rangalhah get eh nuvey
??
gws layaa mi part v reethi well done layaa?????????next part v eba kiyaahihvey avahah up kohlahchey???
Insha allah dear Nuz and thank you so much ???
vaahaka vrh vrh reethi.. kep up the gd wrk layaa.. Layaa viheitha