Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގި ހިތޭ ތި އަތުލީ 9

Star Level 310 Stories100 Comments100 Login
December 2, 2017 3 Mins Read
34 Comments

“ކެތްތެރިވޭ. ބޮޑެތި ކަންތައްތައްވާނީ ލަހުންނޭ. މަޑު މަޑުން އަހަރެން ބޭނުންވާ ކަންތައްތައް ފުރިހަމަ ވަމުންދާނީ” ކޮޓަރިއަށް ފުރަގަސްދީގެންހުރި މަލާކް ބުނެލި ޖުމްލަތަށް ސާފުކޮށް މައުވަންއަށް އިވުނެވެ. މައުވަން އަނބުރާ ކޮޓަރިއަށް އައީ ފޯން ބާއްވާފައި ނިކުމެވުމުން އެބަލައެވެ. މައުވަން ކުޑަކޮށް ވިސްނާލަން ހުރެފައި ކޮޓަރިން ނުކުމެގެން ދިޔައީއެވެ.

ނަސީމާ ހުރީ ދިހަ އަހަރު ކޮށްލާފައި އޭނަގެ ދައްތަ އައުމުން އިންތިހާއަށް އުފާވެފައެވެ. ނަސްރީނާޔާއެކު އައީ އޭނަގެ ފިރިމީހާގެ ތިމާގެ ކުއްޖެއްކަމަށްވާ ލުބާ އައެވެ. އެއްވެސް ދަރިއަކު އަދި ފިރިމާހާއެއް ނާދެއެވެ. ނަސްރީނާ ތިރީބައިގެ ކޮޓަރީގައި ހުންނަން ހަމަޖެހުނުއިރު ލުބާއަށް ހަމަޖެއްސީ ދެވަނަ ބައިންނެވެ.

ގޭގެ އެންމެން ދިމާވީ އެރޭގެ ކެއުމުގެ ވަގުތުގައެވެ. ނަސްރީނާއަށް މަލާކް ތައާރަފް ކޮށްދިނީ ނަސީމާއެވެ. ފުރަތަމަ ފެނުލުމާއެކުވެސް މިއީ އަދި މާ ޝާހީބައެއްކަން މަލާކްގެ ތޫނުފިލި ސިކުނޑިއަށް ނަގައިގަނެވުނެވެ. ގޭގައިކާން ތިބިއިރުވެސް އެތިބީ އިންތިހާއަށް ރީތިވެގެންނެވެ. ހީވަނީ ޕާޓީ އަކަށް ދާން ތައްޔާރު ވެލައިގެން ހުރިހެންނެވެ. އަމިއްލަ ސިފަ ގެއްލޭވަރަށް މޭކަޕްކޮއްފައި ހުރިއިރު ބޭނުންކޮށްފައި ވަނީ ބްރޭންޑެޑް ގަހަނާއެވެ. ނަސްރީނާ ސިހުނީ މަލާކްއެއީ މައުވަންގެ އަންހެނުން ކަމަށް ބުނުމުންނެވެ. މައުވަންގެ ކައިވެނި ކުރެވެނު ކަމެއް އޭނައަކަށް ނޭނގެއެވެ. ވަގުތުގެ ގޮތުން އިތުރު ސުވާލެއްނުކޮށް މަޑުކޮށްލީއެވެ. ނަސްރީނާ ލުބާ މައުވަން މެނަން ތައާރަފް ކޮށްދިނެވެ.

“ނަސީމާ ތިވަރުގެ ބޮޑު ނިންމުނެން ނިންމިއިރު އަހަރެމެންނާ ހިއްސާކޮށްލުން މުހިއްމު ކަމަކަށްނުވި ދޯ” ނަސްރީނާއާއި ނަސީމާތިބީ ގޯތިތެރޭގައިވާ ބަގީޗާގައެވެ. ނަސިމާ ބުނެލީ ހިއްސާކޮއްގެން ވާނެކަމެއްނެއްކަމުގައެވެ. މަޒްހަރުގެ ނިންމުން ބަދަލު ނުކުރާނެކަން އޭނަޔަށް އިނގޭކަމަށެވެ. ނަސީމާ ބުނެލީ ދެން އެކަމާ އަޅާނުލުމަށާ މަލާކްއަކީ ހީވާގި އަޚްލާޤް ރަނގަޅު ކުއްޖެއްކަމަށެވެ. އެކަމުގައި ނަސްރީނާގެ ޚިޔާލު ތަފާތެވެ. ނަސްރީނާ ބުނިގޮތުގައި މަލާކް އެކްޓް ކުރަނީ ކަމަށް ވެސް ވެދާނެއެވެ. މުދަލާ ފައިސާގެ ދަހިވެތި ކަމުގައި ރާއްޖެތެރޭމީހުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަމުގައެވެ. އަދިވެސް ވަގުތު އޮބެއްކަމާއި ދަރިއަކު ލިބެންވާއިރަށް މިކަން ނިންމާލަންޖެހޭނެކަމަށް ބުނެލިއެވެ. އެކަމަކު އިތުރު މީހަކަށް މިކަން އެނގިގެން ނުވާނެކަމަށް ބުނެ ނަސީމާގެ ބޮލަށް ވަދެލާފައި ނަސްރީނާ ވަނީ އެތެރެއަށެވެ.

ނިއަމްއާއި ލައިހާގެ ގުޅުން ދުވަހެއް ދުވަހެއް ދިޔައީ ގާތްވަމުންނެވެ. ހުސްވަގުތެއްވާއިރަށް ދެމީހުން ތިބެނީ ޗެޓް ކޮށްކޮށެވެ. ނިއަމްއާ އެކުމިވަރަށް ވާހަކަ ދެއްކޭތީވެސް ލައިހާ ހުންނަނީ ހިތްހަމަޖެހިފައެވެ. ލައިހާއަށް ޤަބޫލްކުރެވޭ ގޮތުގައި ނިއަމްވެސް އޭނަދެކެ ލޯބިވެއެވެ. އެހެންނޫންނަމަ އަބަދު އޭނަޔާ ވާހަކަ ދެއްކުމުގައި ނިއަމް ވަގުތު ހޭދައެއް ނުކުރީސްތާއެވެ.

ނަސްރީނާ މާލެ އައި ހިސާބުން މަލާކްގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައިސްސިއެވެ. މަލާކް ފެންނަ ކޮންމެތާކުން އޭނަޔަށް އެއްޗެހިކިޔާ މަލާމާތްކޮށް ހަދަނީއެވެ. ނަސްރީނާ އާއި ލުބާ އަދި ނަސީމާއާއި ތިންމީހުންވެގެން ނެވެ. ރައްދުގައި އެއްވެސް އެއްޗެއް މަލާކް ނުބުނާތީވެ އެމީހުން ހައްތަހާ ރުޅިގަދަ ވުން ނޫންކަމެއް ނުވެއެވެ.

މަޒްހަރު ނޫޅޭ ގަޑިތަކުގައި މަލާކްލައްވައި ތަފާތު މަސައްކަތް ކުރުވައެވެ. އަދި އެ ތިންމީހުންނަން ކޮފީ ހަދައިގެން ބަގީޗާއަށް ގެންދިއުމަކީ މަލާކް ކޮންމެ ދުވަހަކު ތަކުރާރުކޮށް ކުރަންޖެހޭ ކަންކަމެވެ. މި މަންޒަރު ކޮންމެވެސް ވަރަކަށް މައުވަންއަށް ވެސް ފެނެއެވެ.

އިންޓަވިއު ކުރިފަހުން 4ދުވަސް ވެގެންދިޔައިރުވެސް މަލާކަށް ޚަބަރެއްނުވިއެވެ. އެވަޒީފާ ނުލިބޭނެކަމަށް ނިންމައި މަލާކް މިފަހަރުލީ ކްލިނިކަކަށެވެ. ޕާޓް ޓައިމްކޮށެވެ. އެގޮތްވެސް އޭނައަށް އެއްމެ ރަނގަޅެވެ. މި ތިން އަންހެނުންގެ ތެރޭގައި ދުވާލު ހަތަރު ދަމު އުޅެންވެއްޖެނަމަ އޭނަ މޮޔަވެދާނެއެވެ.

ލުބާ ހުންނަނީ އަކްޔަންއާ ހެދި މޮޔަވެފައެވެ. ގޭގަހުރެއްޖިއްޔާ އަކްޔަން ހުންނަނީ މިކަމާ ހެދި ބޮލަށްތުރާވެފައެވެ. ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. ލުބާމެން އައިތާ ތިންވަނަ އަށް ވީދުވަހު އޮފީސް ދަތުރެއްގައި މައުވަންފުރައިގެން ދިޔައެވެ. މަސްދުވަހަށެވެ.

އަކްޔަން ފުރައިގެން ދިޔައީމައި ލުބާގެ ޓާގެޓަކަށްވީ މައުވަންއެވެ. މައުވަންއާ ގާތްވާން ވެގެން ފުރަތަމަ ލުބާ މައުވަންއަށް ކޮފީއަކަށް ދައުވަތު ދިނެވެ. އެވަގަތު އެ އަޑު އިވޭހިސާބުގައި މަލާކް ހުރިކަމެއް ލުބާއަކަށް ނޭނގެއެވެ. މައުވަންއަށް އެނގެއެވެ. މައުވަން ވަގުތުން ކޮފީއަށް ދާން އެއްބަސްވެލިއެވެ. އޭނަގެ މަޤްސަދަކީ މަލާކް ދެރަކުރުމެވެ. ލުބާއަށް ނެނގުނީ އެހެންމާނަ އެކެވެ. އެދުވަހުގެ ފަހުން ލުބާ އަދި މައުވަންގެ ގުޅުން ދިޔައީ ކުރިއަށެވެ.

މަލާކްއަށް ވަޒީފާހަމަޖެހުނެވެ. އޭނަގެ ޑިއުޓީ އިންނަނީ ހަވީރު ތިނަކުން އިރުއޮއްސި ހަތަކަށެވެ. ވަޒީފާ ލިބުނުކަން މައުވަންގާތު ބުނަން ހިތަށްއަރުވާލާފައިވެސް ބުނާހިތެއްނުވިއެވެ. އޭނަ އިނީވެސް އެ ހުއްދަ ނަގައިގެންނެވެ. ދެން ކޮންމެހެއް ބުނާކަންނުޖެހެއެވެ.

މަލާކްވަޒީފާއަށް ދާންފެށިތާ ތިންވަނައަށް ވީދުވަހު ނަސްރީނާގެ ލޮލުގައި އެކަން އަޅައިގަތެވެ. އަދި ބެލި ބެލުމުން ކޮންމެދުވަހަކު ރީތިވެގެން އެތާކަށް ދާކަން އެނގުނެވެ. ވަގުތުން އެޚަބަރު ނަސީމާއާއި ހަމައަށް ގެންދިޔައެވެ. ޖެހިގެން އައިދުވަހު ޑިއުޓީއަށް ދާން މަލާކްއަށް ނިކުމެވުނީ ތިން އަންހެނުންގެ ކުރިމައްޗަށެވެ. އެނގޭކަމަށް ހަދާނުލާ މަލާކް އުޅުނީ ދާށެވެ. އެކަމަކު އޭގެ ކުރިން ނަސީމާ ވާހަކަފެށުމުން މަލާކް ހުއްޓުނީއެވެ. ” ހިތުން މާރީތި މީހަކަށް ވެގެން ކޮންތާކަން މައުވަންގޭގަ ނޫޅޭ ގަޑި ބަލާފަ ކޮންމެދުވަހަކު ތިދަނީ” “ވަޒީފާއަށް” މަޑުމައިތިރި ކަމާއެކު މަލާކްބުނެލިއެވެ. “މައުވަންއަތުން ކެވޭވަރު މަދުވެގެން ދޯ އަދިވެސް ތިއުޅެނީ.ބާފިހާރަ ގަނޑެއްގައި އިނދެގެން ލިބޭވަރަށް ވުރެ ގިނައިން މިގޭގަ މަސައްކަތްކުރަން ހުއްޓަސް އަހަރެމެންދީފާނަން. އަހަރެމެން ބޭޒާރުކުރަން ނޫޅެ ތިކަން ހުއްޓާލާ” ނަސްރީނާ ވާހަކަ ދެއްކި ގޮތުން ނަސީމާ އޭނަގެ ވާހަކަތައް ނަސްރީނާއަށް ކިޔާދީފައިވާކަން މަލާކްއަށް އިނގުނެވެ. އޭރު މިމަންޒަރުތައް ބަލަން ނުލަފާ ފާޑަކަން ހޭން ލުބާ ހުއްޓެވެ. ނަސްރީނާއަށް ޖަވާބެއްނުދީ މަލާކް ނުކުމެގެން ދިޔައީއެވެ.

ނަސީމާ އިންތިޒާރު ކުރަމުން އެދަނީ ޑިއުޓީ ނިންމާފައި މައުވަން އަންނާނެ އިރަކަށެވެ. މަލާކްވަޒީފާއަށް ދިޔުން ހުއްޓުވަން އޭނަ ބޭނުމެވެ. އަދި އޭނަގެ ބޮޑުދައިތަ ބުނިހެން މަލާކް މައުވަންގެ އަތުން ފައިސާ އަތުލާވަރެއްވެސް ނޭނގެއެވެ. އެކަންވެސް އޭނަ ބަލަންއެބަޖެހެއެވެ.

“ދަރިފުޅާ ބިޒީ ނޫނިއްޔާ އާދެބަލަ” މައުވަންގެ ފިޔަވަޅުތައް ހުއްޓުނީ އޭނަގެ މަންމަ ގޮވާލުމުންނެވެ. އަދި މަންމަ ގާތު އިށީނަމުން ކިހިނެތްތޯވީ އަހާލިއެވެ. “ދަރިފުޅާ. މެރީ ކުރިފަހުން ކިހާ ފައިސާއެއް މިހާރު މަލާކް ޚަރަދުކުރުމަށް ދީފިންތަ؟” ނަސްރީނާގެ ސުވާލުން މައުވަން ހައިރާންވިއެވެ. މަންމަ އެކަހަލަ ސުވާލެއްކޮއްފާނެ ކަމަކަށް އޭނަ ހިއެއްނުކުރެއެވެ. އޭނަ އަދި މެރީ ކުރިފަހުން އެއްވެސް ފައިސާއެއް މަލާކަށް ނުދެއެވެ. ކޮންމެހެން ނުދޭކަން ނޫނެވެ. އޭނަ މިހިރީ އެކަން ހަނދާންނެތިފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star

Level 310 Stories100 Comments100 Login

Other Articles

Previous

ތިޔަ ލޯބީގެ ހައްޤުގައި (19)

Next

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ތޭވިސްވަނަބައި)

Next
December 2, 2017

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ތޭވިސްވަނަބައި)

Previews
December 2, 2017

ތިޔަ ލޯބީގެ ހައްޤުގައި (19)

34 Comments!

  1. G says:
    December 2, 2017 at 8:25 pm

    Haadha kurey dhen kon irakun genesdheynee

  2. ifaa says:
    December 2, 2017 at 8:28 pm

    nice m parts vc
    whn nxt part….
    luv u star

  3. sam♥ says:
    December 2, 2017 at 8:29 pm

    alhey stry v reethii ekm kuryy … waiting .next part …

  4. unaal says:
    December 2, 2017 at 8:31 pm

    yeah…this is too short …
    ekm vrh

    1. unaal says:
      December 2, 2017 at 8:36 pm

      reethi… mi part vc
      malaak e ii doc eh dhw mihaaru..i mean work e kurany

  5. Thuhthi says:
    December 2, 2017 at 8:35 pm

    Varah kuru

  6. Xaaaan says:
    December 2, 2017 at 8:43 pm

    Masha Allah v reethi

  7. Shann says:
    December 2, 2017 at 8:53 pm

    Dhen annanbai thankolheh dhigukohlahchey.. Story v ves rythi

  8. Shaam says:
    December 2, 2017 at 9:10 pm

    V reethi

  9. Yaloo says:
    December 2, 2017 at 9:14 pm

    Stry vvvv reethi n whn nxt prt?

  10. Black beauty says:
    December 2, 2017 at 10:02 pm

    Haadha kurey adhi kameh nuves hinganis thi ninmaalee

  11. Aysher says:
    December 2, 2017 at 10:46 pm

    Alhe haadha kureyy

  12. Blue beauty says:
    December 2, 2017 at 10:48 pm

    very nice this story next prt

  13. shanhaa says:
    December 3, 2017 at 1:30 am

    dhuvahakuves maidhai thaeh ragalgeh nuvaany v nice this part

  14. Mary says:
    December 3, 2017 at 8:39 am

    Haadha kurukoh thi genes dhaney varah reethi ❤❤

  15. Sha says:
    December 3, 2017 at 3:22 pm

    Very nice. Waiting for you to upload next part.

  16. Naani says:
    December 3, 2017 at 5:06 pm

    Wating fir nxt epsd

    1. Naani says:
      December 3, 2017 at 9:11 pm

      For*

  17. Firoo says:
    December 4, 2017 at 7:58 am

    V rythi story☺❤❤❤❤❤avahah up kohdhehcheyy

  18. Xaaan says:
    December 4, 2017 at 12:55 pm

    Kobaa vaahaka haadha lahey

  19. Shimy says:
    December 4, 2017 at 1:07 pm

    Alhey mihaaru inthixaaru koh koh?. . Kon irakun next part up kuraanee.. mi vaahaka haadha reehchey avahah up kohdhyba plxx dear☺

  20. Razeenaa says:
    December 4, 2017 at 1:19 pm

    Reethi. kudgin hadhaa nahthaalaa vaahakamathin misite ge manifes tooga innaane . Nikunna haa vaahaka yakee konmehen ninman majbooru noon kamah mikoment publish eh nukuraane ?

  21. KAYA says:
    December 4, 2017 at 6:36 pm

    thankolheh avas kohdhyba

  22. Shimy says:
    December 4, 2017 at 7:53 pm

    Alhey dhooni gandaa koba vaahaka?.. avaskolla dhyba dear

  23. Blacky says:
    December 4, 2017 at 7:59 pm

    Haadha lahey upvaaleh.anehga ehaa dhuvaskohfa genes dhey baives ehaa kuru ?

  24. Black beauty says:
    December 4, 2017 at 8:01 pm

    Ehbaiga vaagoi handhaan netheyfahun anehbai upvanee ehn hadhanyaa nuvey kiyaahithehves

  25. Ana says:
    December 5, 2017 at 5:32 am

    Pls upload new epsd

  26. Blue beauty says:
    December 5, 2017 at 9:12 am

    pls upload

  27. Star says:
    December 5, 2017 at 11:23 am

    im sorry . im am very busy these days. so cannot upload every day. But i will try my best to upload as soon as possible. 10th part submitted. Thank you all.

    1. Ana says:
      December 5, 2017 at 1:54 pm

      ? ?

    2. Jeek says:
      December 5, 2017 at 3:00 pm

      If 10th part is submitted why isn’t the story still not uploaded????

    3. Star says:
      December 5, 2017 at 4:55 pm

      I don’t know. I have sent msg to admin to know the reason

  28. maya says:
    December 5, 2017 at 12:32 pm

    Avahah story genesdhyba star

  29. Ana says:
    December 5, 2017 at 1:53 pm

    ? ?

Comments are closed.

Next Episodeނޭނގި ހިތޭ ތި އަތުލީ 10←


All Right Reserved!