Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވޭންތަކުން ދިން ހިތި މާޒީ (23)

Mau Level 2100 Comments10 Stories
December 2, 2017 6 Mins Read
27 Comments

މީކާއީލްއަށް ހުރެވުނީ އެހުރިތާ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ ދެފައިން ވާގި ދޫވާން އުޅޭހެން ހީވުމުން ފާރުގައި ލެނގިލިއެވެ. ޒިމްޔާ އޭނަ ދޫކޮއްދިޔަ ދުވަހުވެސް މިހެން ދެރައެއް ނުވެއެވެ. ނަމަވެސް ޒިމްޔާ މިއަދު އެދިޔައީ އޭނާ އެހާގޯސް މީހަކަށް ހަދާފައެވެ. އޭރު މީކާއީލްއަށް ހަމަ ރަގަޅައްވެސް ރޮވިއްޖެއެވެ. އޭނާ އެއްވެސް އިރަކު ޒިމްޔާގެ ފަރާތުން ބޭނުމެއް ހޯދާކަށް ނޫޅެއެވެ. މީކާއީލް އެތާ އިނދެ ރޮމުން ދިޔައެވެ. ފެންނަ މީހެއްވެސް ހިތުގަ ޖެހޭނެކަން ޔަގީނެވެ. ބޮޑު ފިރިހެން ކުއްޖެއް އެހާ ހިތްދަތި ކޮއް ރޯތަން ފެނިފައެވެ.
………………………………………..
އޭގެ އަނެއް ދުވަހު ހޭލި އިރު ޒިމްޔާގެ ބޮލުގައި ހުރީ ރިހެން ފަށައިފައެވެ. އޭނާރޭ ޕާޓީތެރޭ ހާދަ ހިތްވަރެއް ކުރިއެވެ. ފަހުން މީކާއީލްއޭނާއަކަށް ނުވެސް ފެނެއެވެ. އެހެން ނުބުނެވުން ނަމައޭވެސް ޒިމްޔާ ފަހުން ހިތައް އެރިއެވެ. ނަމަވެސް އެއީ ހަމަ މީކާއީލްއާއި ދިމާއަށް ބުނުން ހައްގު ބަސްތަކެކޭ ހިތައް އަރައި ފެންވަރަން ދިޔައެވެ. ކިޔާންމެންވެސް މިއަދު ހަނީ މޫންއަށް އިޓަލީއަށް ދާތީ ޒިމްޔާއާއި ޒައިދާން އެކަނިވާނެއެވެ.
ކިޔާން ސިޓިންރޫމްއަށް ދިޔައިރު ޒައިދާން އިނުމުން މީކާއީލް ދިޔައީ މީކާއީލްއާއި އެމީހުން އޮންނަނީ ކޮން ގުޅުމެއްތޯ އަހާށެވެ. މީކާއީލްއާއި އެމީހުން އެހާ ގާތިއްޔާ ޒިމްޔާއަށް މީކާއީލްގެ އުނދަގޫ ޖެހޭނެކަން ޔަގީނެވެ. ކިޔާން ކިތަންމެ އުފާވެރި ދިރިއުޅުމަކު އުޅުނަސް ޒިމްޔާ ހިތް ދަތި ވާފަދަ ކަމެއް ވާކަށް އޭނާ ބޭނުމެއް ނޫނެވެ. މީކާއީލް ކިރިޔާ ފެނިލުމުންވެސް ޒިމްޔާ ރޯވަރު އިނގޭނީ ހަމަ ކިޔާންއަށެވެ.
“އައްދެ ހޭލެވިއްޖެދޯ. މަ މި ހުންނަނީ އުނދަގޫ ނުކުރަން” ޒައިދާން ލާނެތް ހިންޏެއް އައިއްސަ ދިމާ ކޮއްލިއެވެ.
“ހުން ދެން ހެވޭ. ކަލެއަށްވެސް ހަމަ މިކަހަލަ ދުވަހެއް އަންނާނެ، އައީމަ ދިމާ ކޮއްލާނަށް” ކިޔާން ރަކި ހިންޏެއް އައިސް ބުންޏެވެ.
“ހައްހައްހާ. އެދުވަހެއް އައީމަތާދޯ” ޒައިދާން ހިތުގައި ރިއްސާލީ އޭނާ އެންމެ ލޯބިވި ކުއްޖާ އޭނާއަށް ދިން ލަނޑު ހިތައް އެރުމުންނެވެ. އަދިވެސް އެކަން އެހެންވީ ކީއްވެކަމެއް ނޭނގެއެވެ. މީކާއީލް ނޫން މީހަކަށް އެވާހަކައެއް ނޭނގޭނެއެވެ.
“އާނ. އަދި އަންނާނެ. ތިއެއް ނޫން. ޒައިދާން ދަންނަންތަ މީކާއީލް، ރޭ ޕާޓީއަށްވެސް އައި އެ އާއިލާ އެކީ؟” ކިޔާން މިހެން ބުނުމުން ޒައިދާން ކިޔާންއާއި ދިމާއަށް ބަލާލިއެވެ.
“ޔާ. އެއީ ކިޔާން މަށާ ފްރެންޑް ވުމުގެ ކުރިން މަގޭ އެންމެ ކްލޯސް ބަޑީ، އޭނަ ރާއްޖެއިން ބޭރުގަ އުޅޭނީ އެހެންވެ އަހަރެމެންނާ އެ ދިމާ ނުވަނީ، އެކަމް މިހާރު ރާއްޖެ ބަދަލް ވެއްޖެ” ކިޔާން ފަރުވާތެރިކަމާއި އެކު ކިޔާންއަށް ބަލާލަމުން ބުންޏެވެ.
“އޯހް. އެހެންދޯ. އޯކޭ” ކިޔާން އިތުރައް އެއްޗެއް ނުބުނަން އެވާހަކަ އޮއްބާލިއެވެ.
“ކިހިނެއްވީ؟ ކައިރި އަންހެނުން ހުރި އިރުވެސް ފިރިހިނަކަށް ހިތްކީތަ؟ އަލަތު ކައިވެނި ރޭގަ. ސެޓު ކޮއްދެންވީތަ؟” ޒައިދާން ހިނިއައިއްސަ ބުނެލިއެވެ.
“އޭ އުހު..” ޒައިދާން މިހެން ބުނުމުން ކިޔާންއަށް ވެސް ހެވުނެވެ.
“މީކް ވަރަށް އަންލަކީ، އޭނަ ލޯބިވި ކުއްޖާވެސް ގެއްލުނީ” ޒައިދާން ޒިމްޔާގެ ނަން ނުބުނެ މީކާއީލް ލޯބިވާ ކުއްޖާއާއި ދުރުވި ވާހަކަ ބުންޏެވެ. އިވުނު ވާހަކަ ތަކަކުން ކިޔާންއަށް ދެލޯބޮޑު ކޮއްގެން އިނދެވުނީ ބަލާށެވެ.
“ސޯ. އައިނޯ، ވަރަށް ފަހުން އިނގުނީ. ކިޔާންމެން ކައިވެނި ކައިރިވެފަ އޮތީމަ މައްސަލަ ގަނޑެއް އުފެދިދާނެތީ ނުބުނީ. މީކް ކިޔައިދިން އހުރިހާ ވާހަކައެއް. ޒިމް ކަންވެސް ބުނި” ޒައިދާން މިހެން ބުނުމުން ކިޔާން ފުން ނޭވާއެއްލިއެވެ.
“ކިޔާން ގަބޫލް ކުރޭ. މީކް އަކީ އެކަހަލަ ކުއްޖެއް ނޫން. މީކް ކީއްކުރަން ޒިމް އެގޮތައް ދޫކޮއްލި ނަމަ އެހެން އުޅެނީ. ޒިމް މެލޭޝިޔާއަށް ދިޔަތާ ދެ ދުވަސް ފަހުން މީކް އައި ޒިމް ހޯދަން. އެވަރަކުން ލޯބި ނުވާނަމަ ޒިމް ބޭނުން ނުވާ ނަމަ ނޫޅޭނެ ދޯ” ޒައިދާން މިހެން ބުނުމުން ކިޔާން ވިސްނާލިއެވެ. ތެދެކެވެ. އޭނާއަށްވެސް އޮތީ މީކާއީލް ޒިމްޔާ ހޯދަން އެފަހަރު އައިކަން އެނގިފައެވެ. ފައިހާ އާއި އެލީޝާ ވަނީ ކުރިންވެސް އެ އެންމެން ދޭތެރެ ޖައްސަން އެތައް ކަމެއް ކޮއްފައެވެ.
“ޑޭންއިޓް. ކީއްވެ މަށައް ކުރިން ތި ހުރިހާއެއްޗެއް ނުވިސްނުނީ؟ މަ ބުނެގެން ޒިމް ވަގުތުން ބްރޭކްއަޕް މެސެޖް ފޮނުވީވެސް” ކިޔާން ބޮލުގައި ހިފަހައްޓާލަމުން ބުންޏެވެ.
“މީކް ހަމަ އޯކޭ ވާނެ. ޒިމް އޯކޭ ކުރޭ ކިޔާން. ޒިމްއަށް ހުރިހާއެއްޗެއް ކިޔައިދީ” ޒައިދާންއާއި ކިޔާންވެސް އެއްބަސްވިއެވެ.
………………………………….
ޒިމްޔާ ތައްޔާރުވެގެން ނިކުތީ ހޮސްޕިޓަލްއަށް ދާށެވެ. އޭނައަށް ޗުއްޓީ ނުނެގުންކަން ނަސީބެކޭ ހިތައް އެރިއެވެ. އެހެން ނޫން ނަމަ މީކާއީލްގެ ހަނދާނުގައި ހަލާކުވާވަރުވީހެވެ.
“ޒިމް ކިޔާންބެ އެބޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ. ޑިއުޓީ އިން އައީމަ ބުނާނަށް އިނގޭ” ކިޔާން ހުރީ އެވާހަކަ ދައްކާނެ ގޮތެއް ނޭނގިފައެވެ.
“ހެއްހެއް. އޯކޭ. ހަމަ އަންނަ ގޮތައް ތި ވާހަކައެއް ހޯދަން އުޅޭނީ” މިހެން ބުނެ އޭޑީކޭއަށްދާން ޒިމްޔާ ހިނގައިގަތެވެ. ހިނގަމުން ދިޔަ އިރުވެސް ޒިމްޔާއަށް ވިސްނެނީ މީކާއީލްއާއި ދޭތެރޭއެވެ. އަބަދު މިހެން މީކާއީލްއާއި ދިމާވަންޏާ އޭނާއަކަށްވެސް އޭނާގެ ނަފްސު ނުހިފެހެއްޓޭ ހިސާބައް އައިސްދާނެއެވެ. ޒިމްޔާގެ ހިނގުމަށް ހުއްޓުން އެރީ ފިހާރައަކުން ނިކުތް މީކާއީލް ފެނިފައެވެ. އޭރު ދެމީހުންނައްވެސް ތިބެވުނީ ފަސް ފޫޓް ދުރުގައެވެ. މީކާއީލް ޒިމްޔާއަށް ބަލާލުމައްފަހު އަޅާވެސް ނުލާ ގޮސް ކާރަށް އަރައި ދުއްވާލިއެވެ. ޒިމްޔާ ހިތުގައި ޖެހުނެވެ. އެހެންޏާ އޭނާ އަޅާ ނުލިޔަސް މީކާއީލް ކޮންމެސް އެއްޗެއް ބުނާނެކަން އިނގެއެވެ. ގަޑި ޖެހޭތީ އަވަހަށް އޭޑިކޭ ތެރެއަށް ވަދެގެން ދިޔައެވެ.
މީކާއީލް ކިތަންމެ ނޫން ކަމަށް ހަދާފަ ދިޔަޔަސް އެތެރެއިން އެ ހިތް އޮތީ ފިސް ފިސްވެފައެވެ. ޒިމްޔާ ރޭ ކީ އެއްޗިހި ދެންމެ ކީފަދައިން ބޮލުތެރޭ އެނބުރެމުންދެއެވެ. މީކާއީލްއަށް ޒިމްޔާ ހާދަ ނަފްރަތެއް ކުރެއޭ ހިތައް އެރިއެވެ. މީކާއީލް ދެކެ ކުރިންވީ ލޯބި ކޮބައިބާއޭ އޭނާ ހިތައް އަރައެވެ.
ޒިމްޔާއަށް މިއަދު ހޮސްޕިޓަލަށް އައިފަހުން އަވައްޖެއް ނުވެއެވެ. މާފުށީ ޖަލުން ގައިދީން ތަކެއް އެކި ޓެސްޓް ހަދަން ގެންނާތީ އެކަމަށް ތައްޔާރުވަނީއެވެ. އެހެން ނަރުސް ކުއްޖެއް އައިސް ގައިދީނަތައް އެބަތިއްބޭ ގެނެއްސަ ބުނުމުން އެތާ އޮތް ފައިލެއް ހިފައިގެން ޒިމްޔާ ހިނގައިގަތީ ގައިދީން ތިބި ރޫމްއަށް ދާށެވެ. ގޮސް ވަތް އިތައް ހީވީ ފައިދަށުން ބިންގަޑު ގުޑިހެންނެވެ. އިސާހިތަކު މާޒީގެ މަތިން އޭނާ ހަނދާންވިއެވެ. ބައިވަރު ގައިދީންތެރޭވެސް އޭނާއަށް އޭނާގެ އާއިލާއެއް ނޯޅޭނެއެވެ. މިވީ ހަތަރު އަހަރު ތެރޭ އެމީހުންނައްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިއްސައެވެ. ޒިމްޔާގެ މަންމަ ހީވަނީ ހިކިކަމުން މީހާގެ ސިފަ ގެއްލިފައިންހެންނެވެ. ބައްޕަވެސް އިނީ އެފަދަ ހާލަކުއެވެ. ޒިމްޔާގެ ދޮންބެއާއި ބޭބެމެންވެސް ތިބީ ހިކި ކޮށެވެ. ޒިމްޔާގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. ދެރަވުމުގެ ބަދަލަށް އޭނާ ގާތައް އައީ ރުޅިއެވެ. ވާފިރުމެން ވެސް ތިބީ ކުރިމަތިން ފެންނަން ހުރި ނަރުސް ޔުނީފޯމުގައި ހުރި ޒިމްޔާއަށް ބަލާށެވެ. ކުރިޔައްވުރެ ޒިމްޔާ ރޫފަ ރަގަޅުވެފަ ރީތިހެންވެސް ހީވެއެއެވެ. އެގަޑިވެސް ވާފިރުގެ ލޯ ހުރީ ޒިމްޔާގެ ހަށިގަނޑަށެވެ. ޒިމްޔާ އެތަނުން ހިނގައިގަތީ އެމީހުންގެ ވިސްނުން އަދިވެސް ބަދަލު ނުވާކަން ހިނގޭތީއެވެ. އެކި ގައިދީން ޓެސްޓް ކުރަމުން ދިޔައިރު ނިމޭ ބަޔަކު ވިއްޔާ ދިޔައީ އެތަނުން ނިކުންނަމުންނެވެ. ބާކީ ތިބީ ވާފިރު މެންނެވެ. ނަމަވެސް ކަފަ ރޯލު ހުސްވުމުން ދެން އިން ނަރުސް ކުއްޖާ އެބަ އަންނަމޭ ކިޔާފައި އެތަނުން ދިޔައެވެ. ނަރުސް ކުއްޖާ ނިކުތުމުން ޒިމްޔާ މަލާމާތުގެ ހިންޏެއް އައިސް އެތަނުން ތެދުވިއެވެ.
“ވަރަށް ހައިރާން ވެއްޖެދޯ މަ މިގޮތައް ފެނުނީމަ. ހެއްހެއް. އަހަރެން ޝުކުރުވެރިވަން ތިކަހަލަ ގޮތް ކުޑަ ބަޔަކު ކައިރިން ސަލާމަތް ވެވުން ކަމަށްޓަކައި. އަހަރެން އުފަންވީއްސުރެ އަހަންނަށް އަހަރެންގެ އާއިލާ ވަނީ މަރުވެފަ. ތީ އަހަންނާ ބެހޭ މީހުންނެއް ނޫން. ޖަލުން ކިތަންމެ ވަރަކަށްވެސް ގުޅާ އާއިލާ އާއި ބައްދަލް ކުރަން. އެކަމް މަ ކަލޭމެން ފައިގަ އެޅިފަ ވެއްޓިފަ އޮތަސް ބަލާވެސް ނުލާނަށް. މިއަދު އަހަރެން މީ ނުކިޔަވާ ހުރި މީހެއް ނޫން. މިހުރި މަގާމުންވެސް އެކަން އިނގޭނެ ކަމަށް ހީކުރަން. އަންނަ އަހަރު އަހަރެން ނުވަމަސް ދުވަހު ބަނޑުގަ ގެންގުޅެދިން މީނަ މީހާ ދޫކޮއްލާނެ ކަން އިނގޭ. މަގޭ ފައިބުޑައް ނާންނާތި. ދުވަހަކުވެސް ކަލޭމެންނަކަށް މާފެއް ނުކުރާނައް. ހާލުގަ ޖެހިގެން އަޅާލާނެ މީހެއް ނެތަސް ބަލާވެސް ނުލާނަށް.” ޒިމްޔާ މަންމަ އާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ. އެންމެން ތިބީ އިސް ޖަހައިގެންނެވެ. ހީވާގޮތުން ބުނާނެ އެއްޗެއް ނޭނގިފައެވެ. އެކަމަކު ވާފިރު އިނީ ޒިމްޔާއަށް ކަޅި ޖަހާ ނުލާ ބަލާށެވެ. އަދިވެސް އޭނާގެ އެ ނުބައިކަން އެ ދެލޮލުން ހާމަވެއެވެ.
“ބުނަން ތި ނުލަފާ މީކާ ކޮންމެހެން މަށަކަށް ލޯ އަޅާނެ ކަމެއް ނެތް. އަދިވެސް ވީވަރު ކުޑަކަމުން ބަލައެއްނު އެބަ. މަ ނޫޅެން ކަލޭމެން ޓެސްޓް ހަދުވާކަށް. މިތަނައް އެހެން ބައެއް އެބަ ފޮނުވަން.” ޒިމްޔާ މިހެން ބުނެ ނިކުންނަން ހިނގައިގަތެވެ. ނަމަވެސް ހުއްޓުން އެރިއެވެ.
“ޒިމްޔާ. މަޑުކޮއްބަލަ” ކިތަންމެ މަޑުން ބުންޏަސް ޒިމްޔާއަށް އެ އަޑު އިވުނެވެ. ޒިމްޔާ ފަހަތައް އެބުރި ޒައްޔާއާއި ދިމާއަށް ބަލާލިއެވެ.
“ޒިމް ދޮންތައަށް މާފް ކުރޭ” ޒައްޔާ ހިތްވަރު ކޮއްފައި ޒިމްޔާއާއި ދިމާއަށް ބަލާލިއެވެ.
“ހައް. މާފޭ. ކަލެއަށް މާފް ކުރުމަކީ ކޮބައިކަން އިނގޭތަ؟” މަލާމާތުގެ ހިންޏެއް އައިއްސަ ޒިމްޔާ ބުނެލިއެވެ.
“ދޮންތަ ގަބޫލް ކުރަން ކުރިން……..” ޒައްޔާ ބުނަން އުޅުން އެތި ހުއްޓާލީ ޒިމްޔާ ހަޅޭއްލަވައިގަތުމުންނެވެ. އާކިލްމެންވެސް އިސް އުފުލާ ބަލައިލީ ޒިމްޔާއަށެވެ. އެހާ ރުޅިއައިއްސަ ޒިމްޔާ ހުރުމުންނެވެ.
“ޝަޓްއަޕް ޒައްޔާ… ކަލޭމެން ކައިރި މަމިބުނީ މަ ތިއިން އެކަކަށްވެސް މާފެއް ނުކުރާނައް. ދުވަހަކުވެސް ހިތުން ފިލައިގެންނެއް ނުދާނެ ތި ނުލަފާ މީހިންތައް މަށައް ކުރި ކަންތަކެއް، ޖެއްސިހާލެއް. މަ ލަދުގަނޭ މަގޭ ސިފަތަކެއް ކަލެއައް ލިބިފަ ހުރީމަވެސް. ދެންވެސް މާފޭ ކިޔާފައި މަގޭ ކުރިމަތީ ވާހަކަ ނުދައްކާތި” ޒައްޔާއާއި ދިމާއަށް އިނގިލި ދިއްކޮއްލަމުން އެހެން ބުނެ އެތަނުން ނިކުތެވެ. ޒައްޔާ ލޮލުން ކަރުނަ ހިލުނެވެ. އޭނާއަށް ޒިމްޔާއެދެނީ ހައްގު އަދަބެކެވެ. އެތަނުން އެކަކަށް ނުވިސްނުނަސް ޒައްޔާއަށް މިއަދުވަނީ ހެޔޮ ނުވައި ވަކިވާވަރައް ވިސްނިފައެވެ.
……………………………..
ޒައިދާން އާއި ކިޔާން މީކާއީލްއާއި ބައްދަލު ކުރުމައްފަހު ކިޔާން މާފައް އެދުމުން ހެޔޮ ހިތުން ކިޔާންއަށް މީކާއީލް މާފް ކުރިއެވެ. ޒިމްޔާއާއި ގުޅެން އެދުމުން މީކާއީލް ވަގުތުން އިންކާރު ކުރިއެވެ. އޭނާއާއި ދިމާއަށް ރޭ ޒިމްޔާ ކީ ހުރިހާ ވާހަކައެއް ކިޔާންއަށާއި ޒައިދާންއަށް ކިޔައިދިނެވެ. ކިޔާން އިނީ ހައިރާންވެފައެވެ. ޒިމްޔާ ހިތުގަ އެކަހަލަ އެއްޗެއް އޮތަސް މީކާއީލްއާއި ދިމާއަށް އެކަހަލަ އެއްޗެއް ބުނަން ކެރުމުންނެވެ. ޒިމްޔާ އޯކޭ ކޮއްފަ ގުޅަންހޭ އެހުމުން މީކާއީލް އެކަމާ ދެކޮޅުހެދިއެވެ. ކިޔާންމެން ގެއަށް އައީ މާޔޫސްވެ ތިބެއެވެ. އޭރު ޒިމްޔާ ކިޔާންގެ އިންތިޒާރުގައި ގޭގައި ހުއްޓެވެ.
“އާދެވިއްޖެދޯ. އައިމް ވެއިޓިން. ޒިމްވެސް އެބޮތް ވާހަކައެއް” ޒިމްޔާ ފުޅާ ހިނިތުންވުމެއް ދެމުން ބުނެލިއެވެ. އޭނާ މަންމަމެންނާ ދިމާވުމުން ދެރަވުމުގެ ބަދަލުގަ މިއަދުވަނީ ނަފްރަތްގެ ހުޅު ރޯވެފައެވެ.
“ހޫމް ބުނެބަލަ، ހާދަ އުފާވެފަ ހެން ހީވެއޭ” ކިޔާން މިހެން ބުނުމުން ޒިމްޔާ ހީލަމުން އޭނާގެ މަންމަމެނާ ދިމާވެ ދެކެވުނު ވާހަކަ ބުނެދިނެވެ.
“ވަޓް. ރިއަލީ ޒިމް. ޒިމް އަށް ކެރުން ބުނަން؟ ވާވް. ތިހެން ކެރިގެން އޭރުވެސް ނޫޅުނީއޭ” ޒިމްޔާގެ ހިތްވަރަށް ކިޔާން ސާބަސްދިނެވެ، އެހާމެ ހައިރާންވެސް ވިއެވެ.
“ޔާ. މިހާރު ވަރަށް ސްޓްރޯގް ވާނެއޭ. ދެން ކޮބާތަ ކިޔާންބެ ބުނަން އުޅުން ވާހަކަ؟” ޒިންޔާ ޝައުގުވެރި ކަމާއެކު އަހާލިއެވެ. ކިޔާން އެވާހަކަތައް ކިޔައިދިނުމުން ޒިމްޔާ އަނެއް ފަރާތައް މޫނު އަނބުރާލިއެވެ.
“ކިޔާންބެވެސް އޭނަ ކިޔާ އެއްޗިހި ގަބޫލް ކުރީ ދޯ.” ޒިމްޔާ ދެރަވީ ކިޔާންވެސް އޭނަ ބުނި އެއްޗިހި ގަބޫލް ނުކޮއް މީކާއީލް ދެއްކި ވާހަކަ ގަބޫލް ކުރީ ކަމަށް ހީކުރެވުނީމައެވެ.
“ހަގީގަތް އެގުނީމަ ހަގީގަތާ ކުރިމަތިލާން ވާނެ ޒިމް.” ކިޔާން ޒިމްޔާގެ އަތުގައި ހިފަމުން ބުނެލިއެވެ.
“ނޯ. ޒިމް ބޭނުމެއް ނޫން” ޒިމްޔާ މިހެން ބުނެ އެތަނުން ދާން ތެދުވިއެވެ.
“އޯކޭ. ޒިމް ބޭނުން ގޮތެއް ކިޔާންބެ ގަބޫލް ކުރާނަމޭ. ބުނެލީއޭ ހަމަ” ޒިމްޔާ އޯކޭއޭ ބުނެ ކޮޓެރިއަށް ދިޔައެވެ. ކިޔާން ޒިމްޔާ ދިޔަ ދިމާލަށް ބަލަން ހުރީ ގޮތް ހުސްވެފައެވެ. މީކާއީލް ފަދަ ރަގަޅު ކުއްޖެއް ޒިމްޔާގެ ހަޔާތަކަށް ދެން ނާންނާނެއެވެ. ޒިމްޔާ ކޮޓެރިއަށް ވަދެވުމާއެކީ ދިޔައީ ބަޑި ފަޅައިގެންނެވެ. އެއީ ތެދެކޭ ހީކުރެވުނަސް ފުރިހަމަ ހެއްކެއް ނެތި އޭނާ ގަބޫލް ކުރާކަށް ބޭނުމެއް ނޫނެވެ. އެ ހިތް ދެވަނަ ފަހަރަށް ފިސް ފިސް ވެއްޖިއްޔާ ދުނިޔެއިން މޮޔަވެދާނެއެވެ.
ކިޔާންމެން ހަނީ މޫންއަށް ފުރުމުން ޒިމްޔާ ގޭގައި އެކަނިވިއެވެ. ޒައިދާންއަކާވެސް ޒިމްޔާ އެހާ ވާހަކައެއް ނުދައްކައެވެ. މީކާއީލްގެ ބަޔައް ޒައިދާންވެސް ހުންނާތީއެވެ. ޒައިދާންއަށް މިދެމީހުންގެ ކަމަކާ ނޫޅެވެނީ މީހަކަށް ނޭނގުނަސް އޭނާވެސް ދަނީ ހިތާމައެއް ކުރަމުންނެވެ. ޒައިދާންއަށް ހީވާ ގޮތުންވެސް ޔަގީންވާ ގޮތުންވެސް އަންހެން ކުއްޖެއް ނުބައިވާނީ އެވަރަށެވެ. އޭނާ އެންމެ ލޯބިވި ކުއްޖާވަނީ ހީވެސް ނުކުރާ ފަދަ ލަނޑެއް އޭނާއަށް ދީފައެވެ.
ޒިމްޔާ ހެނދުނު ފިހާރައަކަށް ދަނިކޮއް މީކާއީލް ފެނުނެވެ. ނަމަވެސް އަޅާވެސް ނުލާ ސައިކަލަށް އަރައިގެން ދިޔުމުން ޒިމްޔާގެ ހިތް ހަލާކުވާވަރުވިއެވެ. ނަމަވެސް އެކަމާ ވިސްނާ ހިތާމަ ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ފިހާރައިން ނިކުމެވެސް އެކަމާ ވިސްނަމުން ދަނިކޮއް އޭނަ ކޮލުގައި އަޅައިގަތީ ދުރުގައި ބޮޑު ކަޅު ހެދުމެއް ލައިގެން ހުރި ކުއްޖެކެވެ. ކިތަންމެ ދޫ ހެދުމެއް ލައިފައި ހުއްޓަސް ބޮޑު ބަނޑެއް ހުރުމުން މާބަނޑޫ ކުއްޖެއްކަން އިނގުނެވެ. މީހާ ހުރީ ހިވެގެންގޮސް ސިފަގެއްލޭވަރުވެފައެވެ. ހަމަ އެކަނި ބަނޑެއް އިންކަމެވެ. މޫނުމަތިވެސް ވަނީ މިލާފައެވެ. ދެލޯ ވަޅުވަދެފައެވެ. ޒިމްޔާއަށް އެއީ ކާކުކަން އެނގުމުން ދެލޯ ބޮޑު ކޮއްލެވުނެވެ. ބޭއިހްތިޔާރުގައި އޭނާއާއި ދިމާއަށް ހިނގައިގަނެ ބާރަކަށް ގޮވައިލެވުނެވެ.

Share Article

Follow Me Written By

Mau

Level 2100 Comments10 Stories

??

Other Articles

Previous

އައިކާ (20)

Next

ވަންހަނާ ފެށުން

Next
December 2, 2017

ވަންހަނާ ފެށުން

Previews
December 2, 2017

އައިކާ (20)

27 Comments!

  1. Mau says:
    December 2, 2017 at 4:44 am

    Hey guys miee last part eh noon inge. Mau last part liyefa close kollevuny save nukoh, ehenve buni dhuvahu up nukurevuny?? I’M REALLY SORRY FOR THAT.? Hithah eree dhen ehkoh nunimunas up kohllaany ey. Avas aruvaalaafa nuninmaany ey? Maybe next part would be the last part? Hope you will like this part too❤????

  2. Ram says:
    December 2, 2017 at 5:19 am

    V reethi haadakury

    1. Mau says:
      December 2, 2017 at 5:36 am

      Thankyou?

  3. G says:
    December 2, 2017 at 6:26 am

    Dhen kon irakun next part up kohladheynee

    1. Mau says:
      December 2, 2017 at 8:31 am

      Tmmw insh allah☺

  4. Zuam says:
    December 2, 2017 at 8:13 am

    Varah reethi……❤❤❤❤❤

    1. Mau says:
      December 2, 2017 at 8:33 am

      Thanks❤

  5. oh mah god says:
    December 2, 2017 at 8:43 am

    omfg aee kaaaku baaaa??? wait, hi mau .? i read this story but i never cmmntd and today i did. ?sooo mi story vv nice i luv it?? zim haadha boa harey? anyways keep it up??? LYSM????

    1. Mau says:
      December 2, 2017 at 11:04 am

      Hehehe. Dho. Next part ga ingeyne kaaku kan. Thanks?

  6. Reem says:
    December 2, 2017 at 9:09 am

    Laheee up vasleh..
    Dhen anehkaa ves dhethin hafthaa ah inthixaaru kuran v dhw..??

  7. Yaloo says:
    December 2, 2017 at 9:30 am

    Vvvvv reethi…whn nxt prt??

    1. Mau says:
      December 2, 2017 at 11:20 am

      Thnks. Tmmr?

  8. Riz says:
    December 2, 2017 at 9:54 am

    Mi part haadha kurey.. Bt vv reethi mi part vx

    1. Mau says:
      December 2, 2017 at 4:02 pm

      Thnks?

  9. almaas says:
    December 2, 2017 at 10:30 am

    its okey my dear this story is yery beautiful story

    1. Mau says:
      December 2, 2017 at 7:22 pm

      Thanks??

  10. sana says:
    December 2, 2017 at 12:33 pm

    Wow! Very very very nice keep it up??????

    1. mau says:
      December 3, 2017 at 8:05 pm

      Thanks sana ??

  11. Amshin says:
    December 2, 2017 at 8:00 pm

    Hi mau. ….This part is v.v.v nice. …really ?. …..breathtaking! !!!

    1. Mau says:
      December 3, 2017 at 1:58 am

      Hehe. Thanks❤❤

  12. samahaa says:
    December 3, 2017 at 12:42 am

    Hey, mau how are you? The story is super keep it up mau ????

    1. Mau says:
      December 4, 2017 at 11:31 am

      Thanks?

  13. Naush says:
    December 3, 2017 at 9:11 am

    Hi mau. …pls avahah up koh dheebala. ….. can’t wait for next part ??????

  14. JUMA says:
    December 3, 2017 at 3:46 pm

    Hey mau dhooni gandaa…. vrh bodah sorry comment nukurevunyma ….?? ekamu juma mi story kiyan ingey….. vrh reethi story n whn nxt prt n vrh sad mi story nimeythy….??? hope mau ge ehn story ehvx vrh avahah kiyaalan libeyne kamah????????❤???❤?????????

    1. Mau says:
      December 3, 2017 at 8:19 pm

      Ofcouse libeyne. Thsnkyou so much juma?❤ Its ok❤❤?

  15. sana says:
    December 3, 2017 at 8:02 pm

    Mau where you going come back dhooni gandaa ?????????????

    1. Mau says:
      December 3, 2017 at 8:23 pm

      Tonight ❤

Comments are closed.


All Right Reserved!