“ކޮބައިތަ މައްސަލައަކީ؟ ކައިވެނި ހަލާލުވާނެއޭ.. އެއީ ދެން އާއިލާއަށް ލައްވާ ނުލައްވާ ހިސާބެއްނު.. އަޅެ ސީރިއަސްކޮށް މިކަމާ ދޭތެރޭ ވިސްނަބަލަ..” ޒިޔާން ބެލީ މާޒްއަށް ވިސްނައިދެވޭތޯއެވެ. “ނޫން.. އަހަރެން އޭނައާ ދޭތެރޭ ތިކަހަލަ އެއްވެސް ގޮތަކަށް ނުދެކެން.. އެކަހަލަ ގޮތަކަށް އޭނައާ ދޭތެރޭ ވިސްނާކަށް ބޭނުމެއްވެސް ނޫން.. އަހަރެން ރަނގަޅު ކުއްޖަކު ހޯދަފާނަން..” “ސީރިއަސް އެއްޗެއްތަ؟” ޒިޔާން ޔަޤީން ނުވެފައި އަހާލުމުން ޒިޔާން ބޯޖަހާލިއެވެ. ********** ހާޖަރާގެ މަރު ސާބިތު ކުރެވި ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ދިޔައިރު […]
ކޮންމެ ރެއަކު ނިދުމުން އޭނާއަށް ހުވަފެނުގައި ހަރީރާއަށް ޖެއްސުނު އިހާނެތި ހާލާއި، ކަޅުކޮށްތިބޭ ބަޔަކު އައިސް ދޮންވެފައި ހުންނަ ބޮޑެތި ދަނގަޑުތަކަކުން އޭނާގެ ގައިގައި ޖައްސައި ފިއްސާތަން ފެނެއެވެ. އެތައްރެއަކު ރޮއިގަނެފައި ލީޒްއަށް ނިދިން ހޭލެވޭއިރު މުޅިމީހާ ހުންނަނީ ދާހިތްލާ ފޯވެފައެވެ. މިގޮތަށް ކޮންމެ ރެއަކު ކަންތައްވަމުންދާނަމަ އޭނާއަދި މޮޔަވާނެކަން ހަމަޔަގީނެވެ. އޭނާއަށް މިފެންނަނީ މަންމައާމެދުގައި ކަންތައްކުރެވުނު ނިކަމެތިގޮތުގެ ހިތި ނަތީޖާއެވެ. ** ** ** ޖެހިގެން އައި ދުވަހު ނިކްޔަލް ލެޕްޓޮޕްއިން އޭނާގެ ޕެންއަށް އެންމެފަހުން […]
“އައިކާ ކިޔަވަން ހުރި ގެއިން.. އެއީ އަހަރެންގެ ގެ..” އައްޒާމް ބުނެލިއެވެ. “އާނ.. އެގެއިން ދޯ.. ކޮބާ އައިކާއާ ބައްދަލުވިތަ؟” ޔޫޝައު އެހެން އަހާލުމުން އައްޒާމް ބޯޖަހާލިއެވެ. އެވަގުތަކީ އައިކާ ކޮޓަރިން ނުކުތް ވަގުތެވެ. ޔޫޝައުއާ އެހާ ގާތްކޮށް އައްޒާމް ވާހަކަދައްކަން އިންތަން ފެނުމުން އޭނާގެ މެޔަށް ނުބައި ގޮތެއްވެގެން ދިޔައެވެ. ޔޫޝައުމެންނަށް ނުފެންނަނީސް އޭނާ އަވަސްއަވަހަށް ކޮޓަރިއަށް ވަނެވެ. އަދި ކަކުލާއި ހަމައަށް އަންނަ ކަޅުކުލައިގެ ހެދުމެއްލައި ބުރުގާ އަޅާލައިގެން ނުކުތެވެ. “އިކާ! މިހުރީ އައްޒާމް.. […]
މަންމަ އެކަހަލަ ސުވާލެއްކޮއްފާނެ ކަމަކަށް އޭނަ ހިއެއްނުކުރެއެވެ. އޭނަ އަދި މެރީ ކުރިފަހުން އެއްވެސް ފައިސާއެއް މަލާކަށް ނުދެއެވެ. ކޮންމެހެން ނުދޭކަން ނޫނެވެ. އޭނަ މިހިރީ އެކަން ހަނދާންނެތިފައެވެ. މައުވަން ދެކުނު ގޮތުގައި މަންމަ އެސުވާލު ކުރަން އެޖެހުނީ މަލާކް ކޮންމެސް އެއްޗެއްކީމައެވެ. މައުވަން ބުނެލީ އެހެން ބެލިފަނެތްކަމަށެވެ. އަދި މަލާކް ބުނިވަރަކަށް ދެނީކަމުގައެވެ. “މަލާކް ބުނިވަރަކަށް ފައިސާނުދޭތި. އަހަރެމެންކަހަލަ މުއްސަނދި ބައެއްގެ ތެރެއަށް އެކަހަލަ ނިކަމެތި ބައެކަށް އާދެވުނީމަ ވިސްނާނީ އަހަރެމެން ފެލައިލެވޭތޯ. އެމީހުން ތިބޭނީ […]
“އާސިމާ ހެޔޮ ނުވާނެ ތިހާ ނުބައިވާން. ކޮން އިރަކުތަ ތިހާ ހިތްހަރު މީހަކަށްވި. އަހަރެންނާ އިމްރާން ދަންނަ އާސިމާއެއް ނޫންތީ. އަހަރެންނާ އިމްރާންގެ ދިރިއުޅުން ހަލާކު ކޮއްލުމުން އެކަމާ މާފް ކުރެވިދާނެ. އެކަމަކު ބުނަން. އަހަރެންގެ އެންމެ ލޯބިވާ ދަރިފުޅުގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލީ. މަޔެއްގެ ހިތުން ދުވަހަކުވެސް މާފެއް ނުލިބޭނެ. ހަަމަ މިހާރު މިތަނުން ދޭ.” ހުރިހާ ވާހަކަތަށް އަޑުއިވުނުއިރު ނަސްރީނާއަށްވެސް ވަނީ ފުންއަސަރުތަކެއް ކޮއްފައެވެ. އާސިމާގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން މިވަނީ […]
އާދުވަހަކަށް އިރު އަރައިގެން އައިރު މަލީހް ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ބައްދަލުކުރަން މިއުޅެވެނީ ކާކުއާކަމެއް ނޭންގޭތީ މަލީހްޖެހިލުންވެސް ވެއެވެ. އެހެން ނަމަވެސް އެއިންކަމެއް އޭނަގެ ބައްޕައަށް ނާންގާ ދެބަފައިން އެކީގައި އޮފީހަށްދާން ނިކުތީ އެހެންދުވަސް ތަކެކޭވެސް އެއްފަައިން ސައިބޮއެހަދައިގެންނެވެ. މަލީހް ނިކުމެ ޑްރައިވަރަށް ބައްޕަ އަންނަކަން އަންގާލުމުން މުސްތޮފާގެ ކާރު އައިސް ގޭގެ ޕޯޓިކޯތެރެއަށް ވަނެވެ. މަލީހް އޭނަގެ ބައްޕަ ކާރަށް އަރުވާދިނުމަށްފަހު އޮފީހަށް ދާން އެކާރު ނައްޓާލުމުން އޭނަގެ ކާރުގައި ހޮސްޕިޓަލާދިމާއަށް އަވަހަށް ދުއްވާލިއެެވެ. މުސްތޮފާއަށް […]
ރޮވިފައި އޭނާއާއި ދިމާއަށް ބަލަންހުރި މިއުޝީން ފެނުމާއެކު ހަރީރާގެ ހިތަކަށް ކެތެއްނުވިއެވެ. ބާރަށް ރޮއިގަންނަމުންހުރި ތަނަށް ތިރިވީ އަމިއްލަ އިޚުތިޔާރުން ބޭރުގައެވެ. އެމަންޒަރުފެނިފައި މިއުޝީންގެ ހިތް ފަޅައިގެންނުދިޔައީ ހަމަ ކިރިޔާއެވެ. ބޭއިޚުތިޔާރުގައި ހަރީރާއާއި ދިމާއަށް ދުއްވައިގަނެވުނެވެ. އޭރުވެސް ބިންމަތީގައި އިނށީދެގެންއިނދެ އަޑުން އަޑުނަގައިފައި ހަރީރާ ރޮމުންދިޔައެވެ. ހަރީރާ ގާތުގައި އިނށީދެލަމުން މިއުޝީން ހަރީރާ ގައިގައި ބާރަށް ބައްދައިލީ މަންމާއޭ ކިޔައި ގޮވައިލަމުންނެވެ. ރޮވިފައިވުމުގެ ސަބަބުން އެއަޑުވަނީ ކޮންމެވެސް ވަރަކަށް ކުރެހިފައެވެ. މިއުޝީންގެ މިއަމަލުން ހަރީރާއަކަަށްވެސް އިތުރަށް ކެތެއް […]
******12 އަހަރުފަސް***** ހެނދުނު ވެހެންފެށި ވާރޭ ހުއްޓާލީ އިރުއޮއްސެން ކައިރިވެފައިވަނިކޮށެވެ. މަގުމަތީގައި ދުއްވާ އެއްޗެހި މަދެވެ. ހިނގާބިގާވެ އުޅޭ މީހަކު މަގުންވެސް ނުފެނެއެވެ. “ސުނޯހައުސް” ގޭގެ ސެކިއުރީ ބަލަހައްޓަން އިން މީހާއަށްވެސް އިނީ ނިދިފައެވެ. ރަތް ކުލައިގެ ކާރެއް ސުނޯހައުސް ކުރި މައްޗަށް މަޑުކޮށްލިއެވެ. އިލްހާމް ލޯގަނޑު ތިރިކޮށްލުމަށްފަހު ސެކިއުރިޓީ ގާޑަށް ބަލާލިއެވެ. އިލްހާމް ދެލޯ ވައްކޮށްލަމުން ދެތިން ހަތަރުފަހަރު ބަރުގޮނު އަޅާލުމާއެކު އެމީހާ ތެޅިގަތެވެ. ލިބުނު ސިހުމާއެކު އޭނާ ގޮނޑިން ނުވެއްޓުނީ ކިރިޔާއެވެ. ޖެހިގެން އިން […]
“ދެން އެންމެ ރަނގަޅު. ތިވީ ގޮތުން ޝަރަފް މާލެއަށް ގޮއްސަ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ބިންތު ޢައްމާރު ހޯދުން. ބަދަލުގައި ޝަރަފް ބޭނުން ޢަދަދަކަށް ފައިސާ ލިބޭނެ. ފުރަތަމަ އޭނަ ހޯދާ. ދެން ހަދަންވީ ގޮތް ފަހުން ކިޔައިދޭނަން.” އެކޮޅުން އިވުނު ވާހަކަތަކުން ޝަރަފްގެ ދެބުމަ ކައިރިވިއެވެ. ޝަރަފް އެއްޗެކޭ ބުނަން އުޅުނުތަނާހެން ދެންވެސް އެކޮޅުން ވާހަކަ ދެއްކިއެވެ. “އަހަންނަކީ ޝަރަފްއަށް ހެޔޮ އެދޭ މީހެއް ގޮތުގަ ދެކިގެން އަހަރެން މި ބުނާ ބަސްތައް […]