Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުމެދާށޭ ދޫނި މަގޭ (6)

Fathimath Shamha Level 1
December 2, 2017 4 Mins Read
6 Comments

އަޔާޒުގެ ހިތަށް ވަރަށް ގިނަ އެއްޗެހި އަރާ ފައިބަމުން ދިޔައެވެ. އަނެއްކާ މެސެޖު ކިޔުނީ ރަނގަޅަށް ބާވައޭ ހިތާ އަޔާޒު ތަކުރާރުކޮށް މެސެޖު ކިޔާލިއެވެ. ހަމަ އޮތީ އެކައްޗެކެވެ. ނަމަވެސް ހަގީގަތް ހޯދަން އަޔާޒު އަދިވެސް ބޭނުން ވިއެވެ. ލީޒާ އާއި ވާހަކަ ދައްކާލަން އަޔާޒުގެ ހިތް އެދި ރުޔެވެ. ލީޒާގެ އަނގައިން ބުނީމަ ނޫނީ ގަބޫލު ނުކުރަން އަޔާޒު މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އަޔާޒުގެ ހިތުގައި ވަރަށް ބޮޑަށް ވޭން އަޅަމުން ދިޔައެވެ. ހުވަފެނެއް ބާވައޭވެސް ހިތަށް އަރަމުން ދިޔައެވެ. އިތުރު އެއްޗެއް ބުނެލަން ފޯނު ނަގާފައިވެސް ބޭއްވެނީއެވެ.

ކުއްލިއަކަށް އަޔާޒަށް ސިހުމެއް ލިބުނީ ކައިރީގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށުމުންނެވެ. އަޔާޒުގެ ހިތުގެ ވިންދު އަވަސް ވާން ފެށިއެވެ. އެއީ މެސެޖެއް ނޫނެވެ. އަޔާޒަށް އަންނަ ފޯނު ކޯލެކެވެ. ތުރުތުރު އަޅަމުން ދިޔަ އަޔާޒު ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަވަސް އަވަހަށް ފޮހެލުމަށްފަހު އަޔާޒު ފޯނު ނަގާ ބަލާލިއެވެ. ހިތަށް ލިބުނީ ކުއްލި ސިހުމެކެވެ. މޭގަނޑު އަތަށް އައި ކަހަލައެވެ. މުޅި މީހާ ތުރުތުރު އަޅަން ފެށިއެވެ. ލީޒާގެ ފޯނު ކޯލެެކެވެ. ހަދަންވީ ގޮތެއް ނޭނގި ފޯނަށް ބަލަހައްޓައިގެން އިރުކޮޅެއް ވަންދެން އަޔާޒަށް ހުރެވުނެވެ. އިރުކޮޅަކު އެހެން ހުރެލުމަށް ފަހު ހިންދިރުވާލައިފައި އަޔާޒު ފޯނު ނެގިއެވެ.

“ހެލޯ.. ޔެސް ލީ؟”

ބުނާނެ ވަކި އެއްޗެއް ނޭނގިގެން އަޔާޒު ލީޒާ އާއި ސުވާލު ކޮށްލިއެވެ. އަދިވެސް އަޔާޒުގެ އަޑުގައިވަނީ ތުރުތުރު އެޅުމެވެ. ލީޒާ އަށް އޭނާ ރޮއިފައިވާ ކަން އަންގާކަށް އަޔާޒުގެ ހިތެއް ނޭދުނެވެ. ލީޒާގެ ފަރާތުން އަނިޔާއާއި ހިތްދަތިކަން މިހާރު އަޔާޒަށް ކިތަންމެ ވަރަކަށް ލިބެމުން ދިޔަނަމަވެސް އޭނާގެ ސަބަބުން ލީޒާ ހިތުގައި ޖެހޭކަށް އަޔާޒު ބޭނުމެއް ނުވިއެވެ.

“އަޔާޒް… ކީއްވެ ޖަވާބެއް ނުދިނީ؟ ލީ މެސެޖު ކުރީމަ އެއްޗެކޭ ނުބުނީ ކީއްވެ؟”

މަޑުމައިތިރި ކަމާއެކު އަޔާޒާ ވާހަކަ ދައްކަން ލީޒާ ފެއްޓިއެވެ. އެ އަޑުގައި ވަނީ ރީތިކަމެވެ. ފޮރުވަން އުޅުނު ނަމަވެސް އެ އަޑުގައި ލޮތްބާއި އަޅާލުން ހިމެނިފައިވާކަން ފާހަގަ ވެއެވެ. ލީޒާގެ އެ ސުވާލަށް ދޭނެ ވަކި ޖަވާބެއް އަޔާޒަކަށް ނޭނގުނެވެ. އޭނާގެ ހިތަށް އަރަމުން ދިޔަ އެތަށް އެއްޗެއް ބުނަން ކިތަންމެ ބޭނުންވި ކަމުގައި ވީނަމަވެސް އަޔާޒުގެ ދޫ އެކަމަށް ދިޔައީ އިންކާރު ކުރަމުންނެވެ.

“ލީ.. އަހަރެންގެ ބޮލުގައި ވަރަށް އެބަ ރިއްސާ.. ނިދާލަން މި އުޅެނީ.. މާދަން މޯރނިންގް އެރައުންޑް އެއިޓް އަހަންނާ މީޓް ކޮއްލެވޭނެތަ؟ އަހަރެން ބޭނުމީ ފޭސް ޓު ފޭސް ލީ އާައި ވާހަކަ ދައްކާލަން. އަނެއްކާ ލީ ގެ ފިރިމީހާ ރުޅި އަންނާނެތަ؟ އެހެން ނޫންނަމަ އަހަރެންނާ މާދަން މީޓް ކޮށްލާ.. ވަރަށް ބައިވަރު ވާހަކަ ދައްކަން އެބަ އޮތް.. ޕްލީޒް.”

އަޔާޒު ވަރަށް އަވަސް އަވަހަށް ލީޒާއަށް ޖަވާބެއް ދިނެވެ.

” އަޔާޒް… އަހަރެންގެ ފިރިމީހާ….”

ލީޒާގެ ޖަވާބު އެއްކޮށް ފުރިހަމަ ނުވަނީސް އަޔާޒު ފޯނު ކަނޑާލިއެވެ. އަޔާޒުގެ ގައިގައި އިތުރު އެއްޗެއް އަޑުއަހާނެ ހިތްވަރެް ނެތެވެ. އިތުރު ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވިއެވެ. ހިފަހައްޓާލައިފައިވާ ކަރުނަތައް އަމިއްލަ މިނިވަން ކަމާއެކު ލޮލުން ފައިބަން އަޔާޒް ހުއްދަ ދިނެވެ. އަޔާޒަށް އަޅާ ވޭން އެއްވެސް މީހަކަށް އިހްސާސް ނުވާ ކަހަލައެވެ. އިތުރު މީހަކާ ވާހަކަ ދައްކަން ބޭނުން ނުވުމުން މައިސަން އާއި ޝިފާން ކޮޓަރިއަށ ވަނުމުގެ ކުރިން އަޔާޒު ބެލީ ބޮލަށް ލުޔެއް ދިނުމަށްޓަކައި ނަމަވެސް ނިދާލެވޭތޯއެވެ. ކިތަންމެ އަރާމު ވައި އަޔާޒުގެ ގައިގައި ބީހެމުން ދިޔަ ނަމަވެސް އަޔާޒު އެކަމަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. އަޔާޒު އަމިއްލަ ދުނިޔޭގައި އުޅޭ ކަހަލައެވެ. އެހެން ހުރިހާ ކަމެއް އަޔާޒަށް ވަނީ ވަންހަނާވެފައެވެ. އެ ހަމަހިމޭން މާހައުލުގައިވީ އަޔާޒު އެކަނި ފަދައެވެ. ދަންވަރުގެ ހިތްގައިމުކަން ދެކިލުމަސް އަދި އިހްސާސް ކޮށްލުމަށްވެސް އަޔާޒު ބޭނުމެއް ނުވިއެވެ. ހަމަހިމޭން ކަމުގައި އިވެމުން ދިޔަ ފަނުފަކްސާގެ އަޑަށްވެސް އަޔަާޒު ދިނީ ބީރު ކަންފަތެކެވެ.

ނިދިން ބޭރުވެ އަޔާޒަށް ހޭލެވުނީ އޭނާގެ ފޯނު ރަނގަބީލު އަޅަން ފެށުމުންނެވެ. އޭނާގެ ފޯނު ސޯނާވާން ފެށީއެވެ. އަވަސް އަވަހަށް ފަތިސް ނަމާދަށް އެރުމަށް އަޔާޒު ތެދުވި އިރު ކައިރީގައި މައިސަން އަދި ޝިފާން ނިދާފައި އޮތެވެ. ނަމާދަށްދާން ތައްޔާރުވުމަށް ތެދުވަން އެމީހުންނަށް ގޮވުމަށްފަހު އަޔާޒުވަނީ ފާހަނައަށް މޫނު ދޮވެ، ފެންވަރާލާ ވުޟޫ ކޮށްލުމަށެވެ. އަދިވެސް ރޭގެ ހަނދާންތައް އަޔާޒާ ދުރަކަށް ނުދެއެވެ. ހީވަނީ އަޔާޒުގެ ފަހަތުން އަންނަ ހެންނެވެ. އެހެންކަމުން ނަމާދު ކޮށްލައިގން ނަމަވެސް ހިތަށް ފިނިކަމެއް، އުފާވެރިކަމެއް ނުވަތަ ހިތްހަމަޖެހުމެއް ލިބޭތޯ އަޔާޒު އަވަސް ނަމާދު ކުރުމަށް އަވަސްވެގަތެވެ.

“ޝިފާން.. މައިސަން.. ހިނގާ ސައިބޯން.. އަހަރެން މި އުޅެނީ ކުޑަކޮށް ބޭރަށް ވައިޖައްސާލާ ބޯ ހަމަޖައްސަިއލަން ދާން ކަމަށް.. އޯކޭތަ؟”

އޭނާ ކުރަން އުޅޭ ކަންތައް ކުޑަ ގޮތަކަށް ނަމަވެސް ކިޔާލަދެމުން އަޔާޒު އޭނާގެ ދެ އެކުވެރިން ގާތު ބުންޏެވެ. ބޭރަށް ދިޔަޔަސް މައްސަލައެއް ނެތް ކަމަށް ނަމަވެސް ލަސްނުވެ އައުމަށް އަޔާޒު ގާތު ޝިފާންެމެން އެދުނެވެ. މިއަދަކީ އޮފީސް މަސައްކަތް ފެއްޓުމަށް ނަވާފް އަންގާފައިވާ ދުވަސް ކަމުގައިވާތީއެވެ. ލަސް ނުވެ އަންނާނަން ކަމަށް ބުނެ އަޔާޒު ބޭރަށް ހިނގައިގަތީ އޭނާ ކުރަން އުޅޭ ކަމުގައި އެއްވެސް ނަތީޖާއެއް ފެންނާނެ ކަމުގެވެސް އެއްވެސް އުއްމީދެއް ނެތިއެވެ. ގަޑިން 8 ޖަހަން ވާއިރަށް ކަސްރަތު ކޮށްލާ ހިނގާލައިފައި ލީޒާ އައިސްދާނެ ކަމަށް ޕާކަށް ދިޔުމަށެވެ.

“އަޔާޒް…”

ފަހަތުން މީހަކު ގޮވާލި އަޑަށް އަޔާޒު ސިހިފައި ފަހަތް ބަލާލިއެވެ. އަޔާޒަށް ނުއޮޅޭނެ އަޑެކެވެ. އެ ހިތްގައިމު އަޑުފަދައިން އެހާމެ ޗާލު ރީތި ޒުވާން ސޫރައެކެވެ. އަޔާޒުގެ ހިތް އެދެމުން އަންނަ ލީޒާ އެހުރީ އޭނާ ގާތު ހުއްޓިގެންނެވެ. އަޔާޒު ހުރީ ލީޒާ އަންނާނެ ކަމަށް އުއްމީދު ކޮށްގެންނެއް ނޫނެވެ. އިށީންދުމަށް އަޔާޒު އެދުނީ ވާހަކަ ދައްކާލަން އަޔާޒުގެ ހިތް އެދޭތީއެވެ،

“ޔޫ ސްޓިލް ލުކް ސޯ ޕްރިޓީ ލީ… އައި މިސްޑް ޔޫ ސޯ މަޗް. ލީ ކީއްވެ އަހަރެން ދޫކޮށްލާފަ މިކޮޅަށް އައިސް ތިއުޅެނީ؟ ކީއްވެ އަހަރެން ދެރަކޮށްލީ؟ އަޅެ ބުނެބަ ކީއްވެ؟”

ލަހެއް ފަހެ ނުވެ އަޔާޒުގެ ހިތުގައި އުފެދިފައިވާ ސުވާލުތައް އަޔާޒު ލީޒާއަށް ސުވާލު ކޮށްލިއެވެ. ލީޒާއަށް ހުރެވުނީ ޖަވާބު ދޭން ނޭނގިފައެވެ. ފެން ކަޅިވިއެވެ. އަޔާޒު ދަައްކަން ބޭނުނުްވެގެން އުޅުނު ވާހަކައަކީ މިއީތާއެވެ. ލީޒާ އިސްޖަހާލިއެވެ. ދެލޮލުން ކަރުނަ ފާއްދާލިއެވެ. ހަމަހިމޭން ކަމުގެ މާހައުލެއް އުފެދިގެން ދިޔައެވެ.

“އަޔާޒު.. ނުބުނޭ އަހަރެން ދޫކޮށްލިއްޔޭ.. ލީ އަށް އަޔާޒު މަޖުބޫރު ކުރުވީ.. އަހަރެންނާ ކުރެވުނީ އެރޭންޖް މެރިއެޖް އެއް ކަމަށާއި އަހަރެން ދެކެ ލޯބި ނުވާކަމަށް ބުނީ ހަމަ ހުދު އަޔާޒުގެ ތިޔަ ދުލުން. ކޮންމެ ދުވަހަކު އެފަދަ އެއްޗެތި ކިޔާ އަހަރެން ރޮއްވާ ހެދިއިރު އަހަރެން ކިހާ ދުވަހަކު ކެތް ކުރިން. އަހަންނަށް އަޔާޒު ވަގުތެއް ނުދިން.. އަހަރެންނަށް އަޅައެއް ނުލި. ގެއަށް އަންނަނީ ނިދަންވީމަ. އެގަޑީވެސް އަހަންނާ ވާހަކަ ނުދައްކާ އަޔާޒު ނިދަނީ.. އަހަރެން ކިހާ ދެރަވާނެ. އަހަރެން ގެ ދޫކޮށް މިކޮޅަށް ބަދަލުވީ އަޔާޒު އަހަރެން ދެކެ ލޯބިނުވާ ކަމަށާއި އަހަރެން އުޅޭތީ އުނދަގޫވެއޭ ބުނުމުން.، އަޔާޒަށް ނޭނގޭނެ އަހަރެން މިއުޅޭ ހާލެއް. އޭގެ ފަހުން އަޔާޒު އަހަރެންގެ ހަބަރެއް ވޭތޯވެސް ނުބަލާ.. އަޔާޒު ދެން ތިބުނަނީ އެކަމުވެސް އަހަރެން އަޔާޒު ދޫކޮށްލީ ކަމަށްތަ؟”

ގިސްލަމުން ލީޒާ އަޔާޒާ ވާހަކަ ދެއްކިއެވެ. އަޔާޒުގެ ހިތުގައި ވަރަށް ޖެހުނެވެ. ތެދެކެވެ، އަޔާޒަށްވެސް ވަކި ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫނެވެ. މިވީ ތިން އަހަރު ލީޒާ ކޮބާތޯ ބަލާލަންވެސް އަޔާޒު މާބޮޑު މަސައްކަތެއް ކޮށްފައެެއް ނުވެއެވެ. މައިންބަފައިންގެ އެދުމުގެ މަތިން ކުރެވުނު އެ ކައިވެނި މައްސަލައިގެ ތެރެއަށް ވަދެގެން ދިޔައީ ހަމަ އަޔާޒުގެ ސަބަބުންނެވެ. ބައްޕަ މަންމައަށް ލޯބި ނުދިނުމުގެ ސަބަބުން އަޔާޒު ލޯބި މަތިން ފޫހިވެފައި ހުރުމުންނެވެ. ހުރިހާ އެންމެންވެސް އެްގޮތް ވާނެކަމަށް އަޔާޒަށް ހީކުރެވުމުންނެވެ. ނަމަވެސް ކަންމިވީ އެހެނެއް ނޫނެވެ. ކިތަންމެ ނޫންކަމަށް ހެދުނަސް މިއަދު އަޔާޒުގެ ހިތުގައި ލީޒާއަށް ވަނީ ފަނޑުވުމެއް ނެތް ލޮތްބެއް އުފެދިފައެވެ. ލީޒާގެ ލޮތްބަަށް އޭނާއަށް އެދުވަހު ފުރަގަސް ދެވުނު ނަމަަވެސް މިއަދު އެ ލޯބި އަޔާޒު ބޭނުންވެއެވެ. ހުރިހާ އެންމެން އެއްގޮތެއް ނުވާނެއެވެ.

” ދޫންޏާ އަހަރެން ދޫކޮށް ނުދޭ… ދޫކޮށްނުދޭތޯ ހިތް މަގޭ ދީފާވީ، ފަރުވާލެއްނެތި ސާހިބާ. ކޮށްފިޔޭ އަސަރު ދުނިޔޭން މަ ބާކީވުމުން، ތަގްދީރުގައި މިގޮތްހޭ އޮތީ.. ލީ އައި ލަވް ޔޫ.. އައި ނެވާ ލެފްޓް ޔޫ… އަބަދުވެސް އަހަރެން ހިތިގައި ލީގެ ހަދާންތަށްވޭ.. އަަހަންނަށް ކުރިން ނުވިސްނުނީ.. ސޮރީ ލީ.. ލީ.. އަހަރެން އެދުވަހުވެސް ލީ ވަރިއެއް ނުކުރަން.. ގަބޫލު ކުރިޔަސް ނުކުރިޔސް ތީ އަދިވެސް އަހަރެންގެ ހަލާލު އަނބިމީހާ.. ލީ އައިމް ސޮރީ… އަހަރެން ހިތުގައި ޖެހުނު ލީގެ އެ ދަރިފުޅު ފެނިފަ… ލީ ކީއްވެ އެހެން މީހަކާ އިނީ.. އަހަރެން ލީ ވަރިއެއް ނުކުރަމޭ..”

ރޮމުން އަޔާޒު ވާހަކަދެއްކިއެވެ. އަޔާޒުގެ ހިތުގައިވަނީ ވަރަށް ބޮޑަށް ވޭން އަޅާފައެވެ. ލީޒާގެ ލޮލުން ކަރުނަ ހުއްޓުމެއް ނެތި ފައިބަމުން ދިޔައީ އަޔާޒު ހިތުގައި ޖެހިފައިވާ ވަރު އޭނާއަށް އިހްސާސް ވުމުންނެވެ.

“އަޔާޒް… އަހަރެން މީހަކާ ނީންނަން.  އަހަރެން މިހިރީ ހަމަ އަޔާގެ އިންތިޒާރުގަ.. އެ ދަރިފުޅަށް މިހާރު ތިން އަހަރު.. އެއީ ހަމަ އަޔާގެ ދަރިއެއް.”

ލީޒާގެ ޖަވާބުން އަޔާޒަށް ލިބުނީ ކުއްލި ސިހުމެެކެވެ. މީހާ ފިނިވެ އާޝޯހުވިއެވެ. މުޅި ދުނިޔެ އޭނާ ވަށާލި ފަދަ އިހްސާސެއް ވިއެވެ. ބުނާނެ އެއްޗެއް ނޭނގި މުޅި މީހާ ބަސް ހުއްޓިފައި އިނދެވުނީ ލީޒާއާއި ދިމާލަށް ކަޅި ޖަހާނުލާ ބަލާށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fathimath Shamha

Level 1

Other Articles

Previous

ފިނޮޅު

Next

ސިއްރު ސިއްރުން ހިތޭ… (16)

Next
December 2, 2017

ސިއްރު ސިއްރުން ހިތޭ… (16)

Previews
December 2, 2017

ފިނޮޅު

6 Comments!

  1. Nadha says:
    December 2, 2017 at 1:34 pm

    V v v v salhi mi part ves. when is next part?

    1. Fathimath Shamha says:
      December 2, 2017 at 2:59 pm

      Thankyou ❤
      Latest by friday. Will upload sooner in sha allah.

  2. sana says:
    December 2, 2017 at 2:19 pm

    Wow! Super…….
    Keep it up dhoonnii????????????????????????????????

    1. Fathimath Shamha says:
      December 2, 2017 at 2:58 pm

      Thankyou so much❤

  3. Zuam says:
    December 2, 2017 at 4:31 pm

    Masha Allah…. varah reethi…

    1. Fathimath Shamha says:
      December 2, 2017 at 7:06 pm

      Thankyou ❤

Comments are closed.

Next Episodeނުމެދާށޭ ދޫނި މަގޭ (7)←


All Right Reserved!