“އަޔާ… ދަރިފުޅު ހޭލަން އުޅޭނެ. އަހަރެން ފަހުން އަންނާން. އަހަރެން ދޫކޮށްނުލާތި އިނގޭ.. އައި ލަވް ޔޫ.. އައިލް ކޯލް ޔޫ ގެއަށް ގޮއްސަ.” އެތަކެއް ގަޑިއިރު ތަކެއް ވާހަކަ ދައްކަން ތިބެވިއްޖެކަން ރެއަކާލުމުން، އަޔާޒާ ގާތް ވެލުމަށްފަހު ލީޒާ ބުނެލިއެވެ. ލަސްތަކެއް ނުކޮށް އަނެއްކާވެސް ދިމާވެލުމުގެ އުއްމީދުގައެވެ. ލޯބީގެ އައު ޞަފްހާތަކެއް އެކުގައި ލިޔެލުމަށް ހުޅުވާލަމުންނެވެ. “ޔެސް ޝުއަރ.. ބޭބީ އައި ލަވް ޔޫ މޯ.. ދުވަހަކުވެސް ދުލެއް ނުކޮށްލާނަން.” އުފަލާއި ލޯބިން ފުރިފައިވާ ހިތަކުން […]
ލީޒާގެ ޖަވާބުން އަޔާޒަށް ލިބުނީ ކުއްލި ސިހުމެކެވެ. މީހާ ފިނިވެ އާޝޯހުވިއެވެ. މުޅި ދުނިޔެ އޭނާ ވަށާލި ފަދަ އިހުސާސެއް ވިއެވެ. ބުނާނެ އެއްޗެއް ނޭނގި މުޅި މީހާ ބަސް ހުއްޓިފައި އިނދެވުނީ ލީޒާއާއި ދިމާލަށް ކަޅި ޖަހާނުލާ ބަލާށެވެ. ވަގުތު ހިނގަމުން ދާ ގޮތް ނޭނގި އަޔާޒަށް ހުއްޓުން އަރާފައި އިނދެވުނީއެވެ. ވާނީވެސް އެހެންތާއެވެ. އޭނާ އިނީ އަދިވެސް އޭނާގެ ކަންފަތުގައި ގުގުމާލި ޖަވާބު ގަބޫލުކުރަން ދަތިވެފައެވެ. ބައްޕާއޭ ކިޔާލާފައި ގޮވާލެ ދަރިއެއް ކިތަންމެ ވަރަކަށް […]
އަޔާޒުގެ ހިތަށް ވަރަށް ގިނަ އެއްޗެހި އަރާ ފައިބަމުން ދިޔައެވެ. އަނެއްކާ މެސެޖު ކިޔުނީ ރަނގަޅަށް ބާވައޭ ހިތާ އަޔާޒު ތަކުރާރުކޮށް މެސެޖު ކިޔާލިއެވެ. ހަމަ އޮތީ އެކައްޗެކެވެ. ނަމަވެސް ހަގީގަތް ހޯދަން އަޔާޒު އަދިވެސް ބޭނުން ވިއެވެ. ލީޒާ އާއި ވާހަކަ ދައްކާލަން އަޔާޒުގެ ހިތް އެދި ރުޔެވެ. ލީޒާގެ އަނގައިން ބުނީމަ ނޫނީ ގަބޫލު ނުކުރަން އަޔާޒު މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އަޔާޒުގެ ހިތުގައި ވަރަށް ބޮޑަށް ވޭން އަޅަމުން ދިޔައެވެ. ހުވަފެނެއް […]
އަޔާޒުގެ ހިތަށް ހީވީ ފިނި އެއްޗެއް ބަންޑުން ކޮށްލި ހެންނެވެ. ހިތުގައި ޖެހުނެވެ. ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް ދެލޯ ފެންކަޅި ވިއެވެ. އިތުރަށް ވާހަކަ ނުދެއްކި ފަސްޖެހުނެވެ. އަޔާޒު ލީޒާގެ އިންތިޒާރުގައި ހުއްޓާ ލީޒާ ދަރިއެއް ހޯދީ ހެއްްޔެވެ؟ އެހެންވެގެން ނުވާނެއެވެ. ލީޒާ އެކަހަލަ އަމަލެއް ކުރާނެކަމަކަށް އަޔާޒުގެ ހިތެއް ގަބޫލެއް ނުކުރެއެވެ. ” ދަރިފުޅާ އިޒް، ހިނގާ ދަމާ ދޯ ދެން ގެޔަށް. ޓަޔަޑް ވެއްޖެ އެއްނު ދޯ. އަން އަޔާޒު މިއޮތީ އަހަރެންގެ […]
ލިބުނު ސިހުމަކާއެކު އެ ޗާލު އަންހެން ކުއްޖާ ފަހަތަށް އެބުރިލިއެވެ. އިސްޖަހައިގެން ހުރެއެވެ. “އޭތް! ހެލޯ. ލީ” އަޔާޒު އެކުއްޖާއާއި ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އޭނާގެ ހިތް ބުނަމުން ދަނީ އެއީ ލީޒާ ކަމުގައެވެ. “ގާތް ނުވާތި! އަހަންނަކަށް ނޭނގެ ތީ ކާކު ކަމެއް.” މިޔުޒިކެއްފަދަ ރީތި އަޑުން ތުރުތުރުލާ ފަދައިން އެކުއްޖާ ބުންޏެވެ. އެއާއެކު މަޑުމަޑުން ފަހަތަށް ޖެހެން އެކުއްޖާ ފެށިއެވެ. މަޑުކުރަންވެސް އަޔާޒު މަޑުމަޑުން ބުނެލިއެވެ. ހިތުގައި ވަރަށް ބޮޑަށް އަޔާޒު ޖެހުނެވެ. […]
“އޭ އަޔާޒު! އެީ ދޯ އަހަރުން އުޅޭނެ އެޕާރޓްމެންޓަކީ؟” ލަވައިގެ މާނަވީ ބަސްތަށް މަޑުމަޑުން ކިޔަމުން ދިޔަ އަޔާޒަށް ސިހުންވެރިކަމެއް ލިބި ކާރު ހުއްޓާލީ މައިސަން އަޔާޒުގެ ކޮނޑުގައި ކޮޮއްޓާލައިފައި ގޮވާލުމުންނެވެ. އޭރު މައިސިން ހުރީ ބޮޑު އިމާރާތަކަށް އިޝާރާތް ކޮށްގެންނެވެ. ހަތަރު ބުރިއަށް ހަދާ، މަޑު ނޫކުލައިން ފަޅުފިލުވާލައިފައިވާ އެ އިމާރާތް ފެންނަނީ ނުހަނު ފުރިހަމަ ކޮށެވެ. އެޢީ އެ އިމާރާތްކަމަށް ބުނެ އަޔާޒު އަވަހަށް ކާރުން ފޭބީ ވެފައިވާ ވަރުބައްޔަށް ކުޑަ ލުޔެއް ދިނުމަށްޓަކައި […]
ކަންފަތުގައި އަޑު ޖެހުނު ލަވައިގެ ސަބަބުން އަޔާޒުގެ މުޅި ނަފްސަށް އަސަރުކުރި ފަދައެވެ. އެ ހިޔާލުތަކެވެ. އޭރުގެ އުފާވެރި ދުވަސްތަކުގެ މަތިންނެވެ. ފަނޑުކަމެއް ނެތި ލިބެމުން ދިޔަ ލޮތްބަށެވެ. މާޒީގެ ހަނދާންތަކަށް އޭނާ ގެއްލި ހުސްވެފައިވީ އިރު އެ މަންޒަރުތައް އޭނާގެ ކުރިމަތީގައި ދިޔައީ ސިފަވަމުންނެވެ. އެ ހަނދާންތައް އާވެލުމުން އަޔާޒު ލޯ މަރާލިއެވެ. އޮހެރެމުން އައި ކަރުނަތަކަށް ލުޔެއް ލިބޭތޯ އާވެސް އެކީގައެވެ. ހަމަ އެވަގުތު ހިޔާލުތަކުގެ ފުން ކަނޑަކަށް އަޔާޒަށް ފީނައިގަނެވުނު ކަހަލައެވެ. “އަޔާޒް! […]
މެންދަމުގެ ހަމަހިމޭން ވަގުތެވެ. ފަޒާ ތެރޭގައި ފަނިފަކްސާގެ އަޑު ހިއްޕާލައިފައިވެއެވެ. ދުނިޔޭގެ އެންމެން ނިދީގެ މީރުކަން ދެކެމުން ދެއެވެ. ނަމަވެސް އަޔާޒް އޮތީ އެހެން ދުވަސްތަކެކޭ އެއްފަދައިން ހިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ. ނިދީގެ ކުޑަވެސް ކަންފުޅެއް އޭނާގެ ލޮލުގައި ފެންނާކަށް ނެތެވެ. ކުޑަދޮރުން ވަންނަމުން ދިޔަ ފިނިފިނި ވައިރޯޅި ގައިގައި ބީހިލަމުން ދެއެވެ. އެއާއެކު އޭނާގެ ފަން އިސްތަށިގަނޑު މޫނު މައްޗަށް އެޅެމުން ދެއެވެ. ނަމަވެސް އެކަމުގެ އެއްވެސް އިޙްސާސެއް އަޔާޒަށް ވާހެނެއް ހީނުވެއެވެ. ނޫކަޅިން ފުރިހަމަކޮށްދޭ […]