Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ގެއްލިދިޔަ ހަޔާތް….. 15

cheesemoosa Level 210 Stories100 Comments
December 19, 2017 5 Mins Read
143 Comments

ރޭޝަމްވެސް އެތަނަށް ދެވުމާއެކު މެސެޖްކުރި ނަންބަރަށް ގުޅާލިއެވެ. “ހަލޯ.. އަހަރެން މިއިނީ އެތާނގަ.. ކޮބާ ތީނަ؟“ ރޭޝަމް މަޑުމަޑުން އަހާލިއެވެ. އެވަގުތު ރޭޝަމްގެ ފަހަތުގައި މީހަކު ހުރި ހެން ހީވެގެން ފަހަތް ބަލާލިއެވެ.

ކުރިމަތީގައި ހުއްޓިގެން އިން މީހާގެ މޫނެއް ރޭޝަމްއަކަށް ނުފެނެއެވެ. އޭނަ ހުރީ އޯރކިޑް މާބޮނޑިއެއް ހިފަހައްޓައިގެންނެވެ. އެމާބޮނޑި މޫނާ ދިމާލަށް ވާގޮތަށް ހިފަހައްޓައިގެން ހުރުމުން އޭނަގެ މޫނުވަނީ އެމާބޮނޑީގެ ފުރަގަހުގައި ފޮރުވިފައެވެ. ވިސްނާލުމެއްނެތި ރޭޝަމް އެމާބޮނޑި އޭނަގެ އަތުން ޖަހައިގަތެވެ. އެއާއެކު ދެމީހުންނަށްވެސް އެއްފަހަރާ ހީގަނެވުނެވެ.

” ޕިސް ޕިސް…ނުވެސް ދެނީސް ތި ޖަހައިގަތީނު… އެހެން މީހަކަށް ދޭން ގެނައި އެއްޗެކޭ ތީ “ކުރިމަތީގައި ހުއްޓިލައިގެން އިން ޒުވާނާ ހެމުން ހެމުން ބުނެލިއެވެ.

” ހޫނ.. މީހުން ބުނޭނު ލިބޭތާ ލިބިގަންނާށޭ.. ނުލިބޭ ތާގަ ޖަހައިގަންނާށޭ.. ހެހެ.“ ރޭޝަމް ދެރަނުވާންވެގެން ބުންޏެވެ.

” އަހަރެން އަތުން އެއްވެސް އެއްޗެއް ޖަހައިގަންނާކަށް ރޭޝަމްއަކަށް ފުރުސަތެއް ނުދޭނަން …އެއަށްވުރެ ކުރިން އަހަރެންގެ ހުރިހާ އެއްޗެއްވެސް އަހަރެން ރޭޝަމްއަށް ދީފާނަން …“ ރޭޝަމްގެ ޖާދުވީ ދެލޮލަށް އެޒުވާނާ ބަލާލިއެވެ.

” ކީއްވެ ނުބުނެ މާލެ އައީ؟ ވަރަށް ގޯސް އިނގޭ ޖަނާހުގަނޑު“ ރޭޝަމް ހިތްހަމަނުޖެހޭގޮތް ދައްކާލަމުން އަތުގައި އޮތް މާ ބޮނޑިއާ ކުޅެމުންދިޔައެވެ.

” ބުނެފަ އައިނަމަ ސަޕްރައިޒަކަށް ނުވާނެއެއްނު ދޯ… އަސްލު އެހެން ނަންބަރަކުން މެސެޖް ކުރީވެސް އެހެންވެ.. ވަރަށް އުފާވެއްޖެ ފެނުނީމަ“ ޖަނާހު ހީލަމުން ބުންޏެވެ.

“ އަހަރެންވެސް ވަރަށް އުފާވެއްޖެ ދިމާވީތީ …ތީ ޒަފޫއަށް ފަހު ދެން އަހަރެންގެ ހުރި އެންމެ ގާތް އެކުވެރިޔާ ވިއްޔާ…ތިއެއް ނޫނޭ… މާލެ ތިއައީ އަނެއްކާ ކޮންކަމަކު ؟ރިސޯޓުން ކެނޑުނީތަ؟“ ރޭޝަމް ޖަނާހަށް ބަލާލިއެވެ.

“ އާނ.. މާލެއިން ވަޒީފާއެއް ލިބުނީމަ އެއްކޮށް ދެން ބަދަލުވީ މިކޮޅަށް… އެހެން ނޫނަސް ރޭޝަމްވެސް ތިއުޅެނީ މާލޭގައެއްނު…“ ޖަނާހު ވާހަކަދެއްކީ ސީދާ ރޭޝަމްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެއެވެ.

“ ދެން މިތާ މިހެން ކޮޅަށްތަ ތިބެނީ؟ ހިނގާބަ ކޮންމެވެސް ތާކު އިށީންނަން“ ވަށައިގެން ނަޒަރު ހިންގާލަމުން ރޭޝަމް ބުނެލިއެވެ.

“ ހިނގާ ދާން ސްކޫޕަށް.. ރޭޝަމްއަށް އައިސްކްރީމް ވަރަށް މީރެއްނު….“ ޖަނާހު ރޭޝަމްގެ އަތުގައި ހިފާލިއެވެ.

” އޯކޭ ހިނގާ ދާން…. އެކަމަކު އެހާ ލަސްނުކޮށް ގެއަށް ދާންޖެހޭނެ އިނގޭ “ރޭޝަމް ހިނިތުންވެލިއެވެ. އެތައް ދުވަހަކަށްފަހު ކުޑަވަގުތުކޮޅަކަށް ނަމަވެސް ރޭޝަމްގެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔައެވެ.

“ އަހަރެންނަކަށް ނޭނގެ މިންހާ ފިލީ ކިހިނެއް ކަމެއް..“ ފޫހިގޮތަކަށް ނިޒާމްގެ ސުވާލަށް ޒާހިދު ޖަވާބުދިނެވެ. ނިޒާމަކީ ގޭންގުގެ އެންމެ އިސްމީހާއެވެ.

” ބަލަ ކަލޭގެ ސަބަބުން އޭނައަށް ފިލައިގެން ދެވުނީ… ކަލެއަށް ޖެހޭނީ އޭނަ ހޯދަން.. އަހަރުމެންނަށް އޮތް ހަމަ އެކަނި ބިރަކީ އެއަންހެންކުއްޖާއޭ… ހަނދާންކުރާތި.. ކަލޭ މިކަންތައް ވީހާވެސް އަވަހަކަށް ނިންމާ!!“ ނިޒާމްގެ ވާހަކަތައް ޒާހިދަށް އަޑުނީވޭ ކަހަލައެވެ. ޒާހިދުގެ ނަޒަރު ގޮސް ހުއްޓިފައި ވަނީ ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ތިބި ދެޒުވާނުންނަށެވެ. އެއީ ރޭޝަމްއާއި ޖަނާހުއެވެ.

“ އަވަހަށް އަރާބަލަ ސައިކަލަށް.. އޭރުންނޭ އަވަސްވާނީ..“ ޖަނާހު ރޭޝަމްއަށް ބުނެލިއެވެ. އެއާއެކު ރޭޝަމް އަވަސް އަވަހަށް ސައިކަލު ފަހަތަށް އެރިއެވެ. އެމަންޒަރު ބަލަން އިންއިރު ޒާހިދުގެ ހިތުގައި ވަކިއެޅެމުންދިޔަކަހަލައެވެ. ބުނެދޭން ނޭނގޭފަދަ އުނދަގުތަކެއް ވަމުންދިޔައެވެ.

” ކޮބާ ދެން ކަންތައްތައް ކިހިނެއް؟“ ސްކޫޕަށް ވަދެ މޭޒެއްގެ ދޮށުގައި ހަމަޖެ ހިލަމުން ޖަނާހު އަހާލިއެވެ.

” ރަނގަޅު ހުރިހާ ކަމެއްވެސް…“ އެއްވެސް ވާހަކައެއް އަވަސް އަރުވާލާފަ ކިޔައިދޭކަށް ރޭޝަމް ބޭނުމެއް ނުވިއެވެ.

އެރޭ ގެއަށް ދެވުނުއިރު 11 ގަޑި ބައިވަނީއެވެ. އަވަސް ފިޔަވަޅުތަކެއްގައި ސިޑިން އެރުމަށް ރޭޝަމް ހިނގައިގަތެވެ. އެވަގުތު ރޭޝަމް ސިއްސައިގެންދިޔައީ ސިޑި ކައިރީގައި ސިނގިރޭޓެއް އަނގައިގައި ޖަހާލައިގެން އިން ޒާހިދު ފެނުމުންނެވެ. އަޅާނުލާ ސިޑިން މައްޗަށް އެރުމަށް ރޭޝަމް ހިނގައިގަތްތަނާ ޒާހިދު ރޭޝަމްގެ އަތުގައި ހިފިއެވެ. ސިހިފައި ރޭޝަމް ޒާހިދުގެ ދެލޮލަށް ބަލާލިއެވެ. އެދެލޮލުން ފެންނަމުންދިޔައީ މާޔޫސްކަމެވެ. “އެއީ ކާކު؟“ ފެންކަޅިވެފައިވާ ހާލު ޒާހިދަށް އަހާލެވުނެވެ. ޒާހިދު އެދައްކަނީ ކާކުގެ ވާހަކަކަން ރޭޝަމްއަށް ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ހައިރާންކަމާއެކު ރޭޝަމްއަށް ޒާހިދުގެ ފެންކަޅިވެފައިވާ ދެލޮލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ޖަވާބެއް ނުލިބުމުން ކުރެވުނު ސުވާލުގެ މޮޔަކަން ހިތަށް އެރުމާއެކު ރޭޝަމްގެ އަތުން ޒާހިދު ދޫކޮށްލިއެވެ.

“ ސޮރީ…“ ޒާހިދަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަތުގައި އޮތް ސިގިރޭޓް އެއްލާލަމުން ޒާހިދު ގޭގެ މައި ދޮރާށްޓާ ދިމާލަށް ހިނގައިގަތެވެ.

“ މިގަޑީގަ ކޮންތާކަށް ތިދަނީ؟“ ރޭޝަމްގެ އަޑަށް ޒާހިދުގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. ފަސްއެނބުރި ރޭޝަމްގެ މޫނަށް ޒާހިދު ބަލާލިއެވެ. ހަނދެއްފަދަ އެ ލޯބި މޫނުގައި ބީހިލުމަށް ޒާހިދުގެ ނިކަމެތި ހިތް އެދެމުން ދިޔަނަމަވެސް އެހިތްވަރެއް ޒާހިދުގެ ކިބަޔަކު ނެތެވެ.

“ ނޭނގެ.. ދެން ކޮންމެވެސް ތާކަށް…“ ޒާހިދު ދިނީ ކުރު ޖަވާބެކެވެ.

“ ތިގޮތަށް ނޫޅެ ގެއަށް ވަނުން އެއީ މާ ރަނގަޅު ގޮތެއް ކަންނޭނގެ…“ ވިސްނުންތެރިކަމާއެކު ރޭޝަމް ޒާހިދަށް ބަލާލިއެވެ.

” އަހަރެންނަކަށް ނުލިބޭ ހަމަޖެހުމެއް ގެއަށް ވަނަކަސް… އަހަރެންނަށް މާ ރަނގަޅު ބޭރުތެރެ …ރޭޝަމްއަކަށް ނުވިސްނޭނެ..“ ޒާހިދު ސިގިރޭޓެއް ރޯކޮށްލިއެވެ.

“ ދެން އެހެންވެއްޖެއްޔާ ވިސްނައިދޭންވީނު …“ރޭޝަމް ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ރޭޝަމްއަށް ބަލާލަމުން ޒާހިދު މަޑު ފިޔަވަޅުތަކެއްގައި ގޮސް ރޭޝަމް ކައިރިއަށް ހުއްޓުނެވެ. އަދި ރޭޝަމްގެ ދެލޮލަށް ބަލާލިއެވެ. އެވަގުތު ރޭޝަމްގެ ހިތުގެ ވިންދު އަވަސްވިކަން ރޭޝަމްއަށް އިހުސާސްކުރެވުނެވެ. ހަށިގަނޑުގެ ލޭދައުރުވުން އަވަސްވެ، މީގެ ކުރިން ނުކުރެވޭ ކަހަލަ އިހުސާސްތަކެއް ކުރެވެންފެށިއެވެ. ޒާހިދުގެ ހާލަކީވެސް އެއީއެވެ. ރޭޝަމްއާ ގާތްވެވޭ ކޮންމެ ފަހަރަކު ޒާހިދުގެ ހިތަށް އަސަރުތަކެއް ކުރުވައެވެ. ބުނާނެ އެއްޗެއް ނޭނގިފައި ރޭޝަމްއަށް ހުރެވުނީއެވެ. އެވަގުތު ޒާހިދު ރޭޝަމްގެ މަޑު އަތްތިލައިގައި ހިފާލިއެވެ. އަދި ރޭޝަމްގެ އަތް ޒާހިދުގެ ތަނަވަސް މޭމަތީގައި ޖައްސާލިއެވެ. އެއާއެކު ރޭޝަމްގެ އަތްފައި ފިނިވެގެން ދިޔައެވެ.

“ އަހަރެންގެ ދުލަކު ނެތް ވިސްނައިދެވޭނެހާ ހިތްވަރެއް…. ހިތްވަރެއް ހުރިއްޔާ އަހަރެންގެ މިހިތުގެ އަޑު އަހާބަލަ… އޭރުން ހުރިހާ އެއްޗެއް ވެސް ވިސްނޭނެ…“ ޒާހިދު ވާހަކަދެއްކީ ސީދާ ރޭޝަމްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެއެވެ. ޒާހިދާއި ހަތަރުކަޅި ހަމަވުމާއެކު ރޭޝަމްގެ ނަފްސު ކޮންޓްރޯލުން ނެއްޓިގެންދާހެން ހީވިއެވެ. އެވަގުތު ޒާހިދު މަޑުމަޑުން ރޭޝަމްގެ މޫނުގައި ފިރުމާލިއެވެ. ތެޅިގަނެފައި ރޭޝަމްއަށް ދުރަށް ޖެހިލެވުނެވެ. އަދި ދުވެފައި ސިޑިން މައްޗަށް އެރިއެވެ.

ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އެތެރެއަށް ހިންދާލަމުން ސިޑިމަތީގައި ޒާހިދު އިށީނެވެ. ސިގިރޭޓަކަށް ފަހު ސިގިރޭޓެއް ބޮމުން ދިޔައިރު ޒާހިދުގެ ހިތުގައި އުތުރިއަރަމުން ދިޔައީ އެންމެ ސުވާލެކެވެ. “ރޭޝަމްއާ އެއްކޮށް ފެނުނު ޒުވާނާއަކީ ކާކުބާވައެވެ.“ ޒާހިދުގެ ހިތުގައި ވޭނީ ރިހުމެއް އުފެދެމުންދިޔައެވެ.

ނިދިން މަހުރޫމުވެފައި، ޒާހިދަށް އޮވެވުނީ ރޭޝަމްގެ ޚިޔާލުގައެވެ. މޭޒުމަތީގައި އިން ރެޑް ވައިން ފުޅި އަނގައިގައި ޖަހާލަމުން ދެލޯ މަރާލިއެވެ. އަރުތެރެއަށް އެތެރެވަމުން ދިޔަ ކޮންމެ ތިއްކެއް ޒާހިދުގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ގެނެސްދެމުން ދިޔަކަހަލައެވެ.

” ޒަފޫއަށް އިނގޭތަ މިރޭ ޖަނާ އާ ދިމާވި…“ ފޯނު ކަންފަތުގައި ޖަހައިގެން ރޭޝަމް ނިދަން އޮށޯތެވެ.

” ޒަފޫއަށް އިނގޭތަ މިރޭ ޖަނާ އާ ދިމާވި…“ ފޯނު ކަންފަތުގައި ޖަހައިގެން ރޭޝަމް ނިދަން އޮށޯތެވެ.

” ޒަފޫވެސް ބައިވެރިވެގެން ކުރިކަމެއް ދޯ އެއީ …އެނީވޭއިޒް މަންމަގެ ހާލު ކިހިނެއްތަ؟ އައި މި ސް ހާ ސޯމަޗް“ ރޭޝަމްއަށް އާފުރެމުންދިޔައެވެ.

” ނަރީމާއްތަގެ ހާލު ހަމަ ބެސްޓް.. މިންހާވެސް އަދި އާމިރާއްތަވެސް ދެން ހަމަ ރަނގަޅު… އެކަމަކު…“ ޒަފޫ ވާހަކަ މެދުކަނޑާލިއެވެ.

” އެކަމަކު ކިހިނެއްވީތަ؟ ބުނެބަލަ…“ ހާސްކަމާއެކު ރޭޝަމްއަށް އަހާލެވުނެވެ.

“ ނަރީމާއްތަ އަބަދު ވިސްނަނީ ރޭޝަމްއާ ދޭތެރޭ… އަބަދުވެސް ހުންނަނީ ބިރުން ރޭޝަމްއާ ޒާހިދާ ގާތް ގުޅުމެއް އުފެދިދާނެތީވެ…. އަހަރެން ބުނިން އެހެނެއް ނުވާނެޔޭ… ރޭޝަމް އެކަހަލަ ކަމެއް ނުކުރާނެޔޭ ދޯ..އައި ޓްރަސްޓް ޔޫ..“ ޒަފޫ ރޭޝަމްއަށް އި ތުބާރުކުރިއެވެ.

” ޑޯންޓް ޓްރަސްޓް މީ…“ ރޭޝަމްއަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

” ކީކޭ… އަނެއްކާ ކަމެއްވީތަ؟“ ޒަފޫގެ އަޑުގައި ހާސްކަމެއް އެކުލެވިފައި ހުއްޓެވެ.

“ ޒާހިދާ އަހަރެން ވާހަކަދައްކަން….. ބައެއްފަހަރު ވަރަށް ހަމްދަރުދީވޭ… އަސްލު އޭނައަކީ ތިހީކުރާހާ ގޯސް މީހެއް ނޫން… އައި ޓްރަސްޓް ހިމް….“ ހިތްވަރުކޮށްފައި ރޭޝަމް ބުނެލިއެވެ.

” ތިއޮތީ އަހަރެން ބުނިތަން އައިސްފަ… މަ ބުނީމެއްނު އެންމެ ފަހުން ލޯބި ކަންނޭނގެއޭ ވާނީ… އެކަމަކު ތިކަމާ ނަރީމާއްތަ ގަބޫލެއް ނުވާނެ… އެހެން ނޫނަސް އަހަރެންވެސް ތިކަމާ ދެކޮޅު…“ ރޭޝަމްއަށް ވިސްނައިދެވޭތޯ ޒަފޫ ވާހަކަދެއްކިއެވެ.

“ ލޯތްބޭ؟؟ އަހަރެންނަކަށް ނޭނގެ…… އިނގޭހާވެސް އެއްޗަކީ ހަމްދަރުދީވާކަން.. އެނީވޭއިޒް…. ވަރަށް ނިދި އައިސްފި… ގުޑްނައިޓް.. އެންމެނަށް ސަލާން“ ރޭޝަމް އަވަސް އަވަހަށް ފޯނު ބޭއްވީ ޒަފޫ ބުނި އެއްޗަކުންނެވެ. ޒާހިދާމެދު ރޭޝަމްގެ ހިތުގައި ކޮންމެވެސް ގަދަރެއް ދެވިފައިވާކަހަލައެވެ. ޚިޔާލުތަކުގެ ތެރެއަށް ގެނބެމުން ދަނިކޮށް ރޭޝަމްސިއްސައިގެން ދިޔައީ އެއްޗެއް ވެއްޓުނު އަޑަށެވެ. އެއަޑު އައީ ޒާހިދުގެ ކޮޓަރިންކަން ޔަގީންވުމާއެކު ބޭއިޚްތިޔާރުގައި ރޭޝަމްއަށް އެދިމާލަށް ދުއްވައިގަނެވުނެވެ. ދުވެފައި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލެވުމާއެކު ރޭޝަމްގެ ދެލޯ ބޮޑުވިއެވެ. ޒާހިދުގެ ދެއަތުން ލޭ އަންނަމުން ދިޔައެވެ. ޑްރެސިންގ ޓޭބަލާ ދިމާލަށް ހިނގައިގަތްތަނާ ޒާހިދު ޓައިލްސް މައްޗަށް ވެއްޓުނެވެ.

“ ޒާހިދު!!!“ ހަޅޭއްލަވައިގެންފައި ރޭޝަމްއަށް ޒާހިދާ ދިމާލަށް ދުއްވައިގަނެވުނެވެ. އަވަސް އަވަހަށް ޓައިލްސްމަތީގައި އޮތް ސްކާފަކާއި ފޮތިކޮޅެއް ޒާހިދުގެ އަތުގައި އައްސާލިއެވެ.

“ ރޭޝަމް…..“ ޒާހިދު އަނގަ ހުޅުވާލިއެވެ. އެވަގުތު ޒާހިދުގެ އަނގައިންނާ ގައިން އާދަޔާ ޚިލާފު ވަހެއް ރޭޝަމްއަށް ދުވިއެވެ. ވިސްނުންތެރިކަމާ އެކު ރޭޝަމް ޒާހިދަށް ބަލާލިއެވެ. ޒާހިދަށް ދެލޯ ވެސް ރަނގަޅަކަށް ނުހުޅުވެއެވެ. މުޅި މީހާ މަސްތުވެފައިވާ ކަހަލައެވެ. ކުއްލިއަކަށް ބިންމަތީގައި އޮތް ހުސް ރެޑް ވައިން ފުޅިއެއް ރޭޝަމްގެ ލޮލުގައި އަޅައިގަތެވެ. ތެޅިގަނެފައި ރޭޝަމްއަށް ފަހަތަށް ޖެހެވުނެވެ. ދުވެފައި ގޮސް އެކޮޓަރިން ބޭރަށް ރޭޝަމް ނިކުތެވެ. ފާރުގައި ލެނގިލަމުން ދެކަކޫ މައްޗަށް ރޭޝަމްއަށް ތިރިވެވުނެވެ. އެއާއެކު ހޯސްލާފައި ރޭޝަމްގެ ދެލޮލުން ކަރުނަ އޮހެރެންފެށިއެވެ. މިއަދު ޒާހިދަށްޓަކާ ރޭޝަމްގެ ހިތުގައި ކިތަންމެހާވެސް ހަމްދަރުދީއެއް އެބަވެއެވެ. އެހެނަސް ކުރިއަށް އެންމެ ފިޔަވަޅެއްވެސް އެޅޭކަށް ނެތެވެ. އެނގިހުރެ އަލިފާނާ ދިމާލަށް ދާނީ ކާކު ހެއްޔެވެ؟ ޒާހިދަށް އެހީވާން ރޭޝަމް ބޭނުމެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟ ޚުދު ރޭޝަމް އަމިއްލަޔަށް އަލިފާނާ ކުޅެގެން ނޫނީ އެކަމެއް ހާސިލްކުރެވޭކަށް ނެތެވެ.

“ އަހަރެންނަށް މައާފްކުރޭ …އަހަރެންނަށް އިނގޭ ޒާހިދު އަހަރެންނަށް ބޭނުންވާކަން… އެކަމަކު އަހަރެންނަށް މަޖުބޫރު ޒާހިދާ ދުރަށް ދާން… އޭގެ ސަބަބެއް އަދި ޒާހިދަށް އޮޅުންފިލުވައިދެވޭކަށް ނެތް…… އަހަރެންވެސް ލޯބިވޭ… ވަރަށް ވަރަށް ލޯބިވޭ… އެކަމަކު ތީ އަނިޔާވެރިއެއް… އަމިއްލައަށް ހަރާން ކަންތަކުގެ ތެރެއަށް ވެއްޓިފައިވާ މީހެއް…“ ރޭޝަމްއަށް ހިތާ ހިތުން ކިޔާލެވުނެވެ.

އެގޮތަށް އެތާ އިށީންދެގެން ރޯލަ ރޯލާ އިނދެވުނީ ކިހާއެރެއްވަންދެން ކަމެއްވެސް ރޭޝަމްއަކަށް ނޭނގުނެވެ. ގޮތް ހުސްވެފައިވާ ނިކަމެއްޗެއް ފަދައިން ތެދުވެ ބަދިގެއާ ދިމާލަށް ރޭޝަމް ހިނގައިގަތެވެ. ޓައިލްސް މަތީގައި އަތުރާލާފައި އޮތް ރަޖާގަ ނޑުމަތީގައި އޮށޯވެލިތަނާހެން ފޯނު ރިންގުވާންފެށިއެވެ. އެހެނަސް އެއަޑު ރޭޝަމްއަށް ނީވޭ ކަހަލައެވެ. ހިތުގައި އަޅަމުންދިޔަ ވޭނަށް ކެތްނުކުރެވޭހެން ރޭޝަމްއަށް އިހުސާސްކުރެވެމުންދިޔަ ވަރަކަށް ލޮލުން އޮހެމުންދިޔަ ކަރުނަތައް އިތުރުވަމުންދިޔައެވެ. އަނެއްކާވެސް ފޯނު ރިންގުވާންފެށިއެވެ. އެގޮތަށް 20 ފަހަރު ފޯނު ރިންގުވީތަނާ ރޭޝަމްއަށް ސިހިފައި ފޯނަށް ބަލާލެވުނެވެ. ނުދަންނަ ނަމްބަރަކަސް އެކާ ގިނައިން ގުޅާފަ އިނުމުން ދެވިސްނުމެއްގައި އޮވެ ރޭޝަމް އެކޯލަށް ޖަވާބުދިނެވެ. (ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

cheesemoosa

Level 210 Stories100 Comments

Other Articles

Previous

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (4)

Next

ޢެދެމޭ އުފާ….(47)

Next
December 19, 2017

ޢެދެމޭ އުފާ….(47)

Previews
December 19, 2017

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (4)

143 Comments!

  1. Paree says:
    December 19, 2017 at 7:51 pm

    Mi first dhw salhi ☺️?

  2. Shann says:
    December 19, 2017 at 7:54 pm

    Masha Allah.. Miyoh furihama kameh dhw.. Hama bunaane ehchehves neyngifa myny.. Mulhin kosvehje.. Mivaruge kameh hama madhuvaane.. Haadha baraabaru story ekey mee.. Ehaame rythi.. Luv u

    1. starfish says:
      December 19, 2017 at 8:35 pm

      thanks shaan

  3. Paree says:
    December 19, 2017 at 7:58 pm

    Haadha kurey alhe mireh adhi 1part genes dheeba v v v ރީތި????

  4. Shann says:
    December 19, 2017 at 8:01 pm

    Mee first tha

  5. I_far says:
    December 19, 2017 at 8:02 pm

    Maa Shaa ALLAH. Vvv reethi. Ekamaku maakury. Kiyaahivvaavarun inyma kamah ves vedhaane.

  6. Munn says:
    December 19, 2017 at 8:04 pm

    Varah varah salhi??
    Konirakun next part?

  7. Mal says:
    December 19, 2017 at 8:15 pm

    OMG can’t wait to see what heppen next when is the next part?? I love this ??

  8. Gorgeous says:
    December 19, 2017 at 8:19 pm

    Alhe hadha kiyaa hihve ey. . avas kohlache next part .. V nice mi part vx

  9. Rsh says:
    December 19, 2017 at 8:24 pm

    V Salhi

  10. starfish says:
    December 19, 2017 at 8:34 pm

    hear is part 15 enjoy

  11. Ufaa says:
    December 19, 2017 at 8:35 pm

    Interesting story eh

  12. Aisha says:
    December 19, 2017 at 8:35 pm

    Varh varh salhi
    Ekamu haadha kurey
    Thankolheh dhiguvaanama

  13. Kul says:
    December 19, 2017 at 8:36 pm

    Woooooooooooooooooooow love it

  14. Aimi says:
    December 19, 2017 at 8:37 pm

    Adhi Mirey 1 part up vaane dhw..can’t wait to read next part

  15. starfish says:
    December 19, 2017 at 8:38 pm

    kaaku mavaahaka up kohfa myni ..?

    1. Aimi says:
      December 19, 2017 at 8:39 pm

      Dhw.. haadha Gina kudhinne mi vaahaka liyaneee

  16. Lulu says:
    December 19, 2017 at 8:40 pm

    Can’t wait to read the next part… ?

  17. starfish says:
    December 19, 2017 at 8:41 pm

    ma up kuran jahsaafa in part 15 dlt kohlaafa kaaku thy hassan

  18. starfish says:
    December 19, 2017 at 8:42 pm

    some one plx report thix kohnme vx myhaku magey id in vadhefa mi vaahakaage part 15 magey bain dlt kohlaafa ehen namehga up kohfa myni..

  19. Lulu says:
    December 19, 2017 at 8:46 pm

    Oh. Liyunu kujja badal vefa dhw meedi.

  20. Lulu says:
    December 19, 2017 at 8:48 pm

    Alhey. That’s sad.
    I guess mi vaahakayah maa bodah support libethi

  21. starfish says:
    December 19, 2017 at 8:56 pm

    mikan halu nukurany hen alugandu vaahaka up nukoh dheyne vaahaka dhananavameve.

    1. Shann says:
      December 19, 2017 at 11:06 pm

      Alhey, starfish ah thi dhimaavi gothun v v dheravehje.. Thy shann ge v loabi frndeh.. Kaakutha starfish aa hasadha laigen e ulheny.. Amihlayah emyhakuves story liyan v nu.. Shann ge starfish ah ehen hedhi myhaku dheke v v rulhiaadhey.. Story medhukadaa nulahchey starfish plx plx.. Luv u

    2. for Hassan says:
      December 20, 2017 at 12:25 am

      Who is Hassan???? Hassan pls if you want write a story pls open ID and write no need to you others ID ok ?i will never forgive you Hassan I really hate you Hassan? and pls starfish don’t stop updateing this story pls

  22. Nees says:
    December 19, 2017 at 9:08 pm

    Me ves hithah eri ey hassan ekey up kohfa e inee.. dhen ehchekey nubunee star ehen meehakah up kuran havaalu kuree kamah.. vvvv dheravehjje.. mio reethi story..

    1. Nees says:
      December 19, 2017 at 9:12 pm

      Starfish*

  23. Nees says:
    December 19, 2017 at 9:09 pm

    Story kiyaafa cmmnt kurin ekam e cmmnt ves neiy pblce kohfa eh ves..

  24. Yua'ana says:
    December 19, 2017 at 9:11 pm

    Wooowhh

  25. unaal says:
    December 19, 2017 at 9:14 pm

    kaaku maa bodah jealous vgn miulheni..
    readers ge faraathun ehaa bodu support beynumihyya amilla ah reethi vaahaka eh liyegn up kohbala..huvaa mibuny…jealous viyas boduvaru my dhn

  26. Aimi says:
    December 19, 2017 at 9:27 pm

    Alhey… Amilla vaahaka eh Liyan v nun.. thee haadha dhera kame k.. mioh interesting vaahaka medu kan’daalan jehumakee..

  27. chumpu says:
    December 19, 2017 at 9:30 pm

    Hun v foohivey hassan

  28. Shaai says:
    December 19, 2017 at 9:30 pm

    Konme meeheh viyas bunan mi vaahaka yaa nukulheythi engey…. mihaathanah kiyaa emme reethi vaahaka mi… fani kohnulaathi….

  29. Any says:
    December 19, 2017 at 9:31 pm

    Alhey thihennahadha Mee miharu Mitha ga in ehme reethi. Vahaka pls mivahaka medhunukadathi??

  30. shasha says:
    December 19, 2017 at 9:52 pm

    Alhey haadha dheraey… Problem solve kohfa avahah up koh’dhehchey pls..

  31. .Noor says:
    December 19, 2017 at 10:09 pm

    Dear, y don’t u talk to admin about the problem. I’m sure it will b solved.. All the best.. The story is awsm.

  32. Mary says:
    December 19, 2017 at 10:30 pm

    Asluves vahaka kiyaa hihves kadihje ???varah foohi

  33. yaina says:
    December 19, 2017 at 10:34 pm

    Alhey vv dheragotheh midhimaavi dhw dhn starfish liyaa vaahaka dhw …. Problem solve kohfa up kohdhehcheyy

    1. yaina says:
      December 19, 2017 at 10:37 pm

      Enmen ves amihla hiyaalun dhw vaahaka liyani so mi hassan ves ehaa liyaa hiyyvanya amihla hiyaalun liyeba dhw mi vaahaka fani nukoh … pest??

  34. JUMA says:
    December 19, 2017 at 10:50 pm

    Story vrh reethi?? ekamu haadha dhera gothekey thivy ? assu others feel jealous of the comments which u get from this story. … ehnveyey aee?????? ekamu kihineh tha starfish ge id beynun kury e?????

    1. JUMA says:
      December 19, 2017 at 10:52 pm

      Alhe esfiya ah kihineh tha mi vany?? comment koh koh bali vaa fahun kiriyaa mi publish vany…. alhe dhn kihaa dhera kameh dhw mee??

    2. for Hassan says:
      December 20, 2017 at 12:22 am

      Who is Hassan???? Hassan pls if you want write a story pls open ID and write no need to you others ID ok ?i will never forgive you Hassan I really hate you Hassan?

  35. ***?*** says:
    December 19, 2017 at 10:50 pm

    Alhey thihen nuhadha.mivaahaka up veytho balabala abadhuves hurevenee. Thigothah thikan dhimaa vegen vaahaka medhu kandaalan jehuneema varah dhera vehje?. Ehen vegen hama komenteh konulaa nuhurevigen komantehves mikohlee. Mee mi saituge vaa hakayakah kuri furathama komentuves. Thigotha thikantha kurimeehaa yah adhabu dheefaaves mivaahaka kuriya gen gos dheythi. Pls

  36. Juma says:
    December 19, 2017 at 10:56 pm

    Story vvv nice…but mi site ehgothakahh vx kamaku nudheyy mihaaru…plx vaahaka medhukandaa nulahcheyy starfish

  37. Hairaan says:
    December 19, 2017 at 10:59 pm

    Roveny..Pls 16

  38. Mal says:
    December 19, 2017 at 11:12 pm

    Ohhhh starfish please don’t do this please let us read this story
    Hamagaimu ves mee vv reethi vaahaka eh please vaahaka up kurun huhtta nulaa
    For all of the people who is reading this story please please starfish
    16 vana bayah inthizaaru kuraanan??

  39. starfish says:
    December 19, 2017 at 11:16 pm

    alugandu ehcheh up kuran laairah mihaaru gehleny ey ..dhn kihinehtha up kuaany ..

  40. starfish says:
    December 19, 2017 at 11:18 pm

    ehen new id akun vaahaka nerenvytha ? continiu kuran vy tha?

    1. Awa says:
      December 19, 2017 at 11:39 pm

      Yeh

    2. ? says:
      December 19, 2017 at 11:40 pm

      Ehen ID eh hedhiyas ok. Kommehen ves vaaahaka varah beynun. Kurin liyefa in vaahaka ennu. Ehen myhaku up miya kulheyne gadieh nudhy fulu fuluga up kuri kurynun koh nimmaalaa
      Varah rythi vaahaka eh. Gelleykah hitheh neydhey ???

    3. ham says:
      December 20, 2017 at 12:07 am

      Alhey pls don’t stop updateing this lovely story pls …..

    4. sana says:
      December 20, 2017 at 12:16 am

      Yes dhooni gandaa
      But also give up nukurahchey

    5. Kitty ❤️ says:
      December 20, 2017 at 12:33 pm

      Ehn new id alun viyas mi vaahaka continue kohdheeba plx ❤️

  41. Shann says:
    December 19, 2017 at 11:30 pm

    Hama gaimuves mi story v beynun

  42. Shann says:
    December 19, 2017 at 11:32 pm

    Hurihai story thakah gonjahaalaa varuge molhu story akah starfish ge mi story vehje kamah shann gaboolu kohffin

    1. Hairaan says:
      December 19, 2017 at 11:55 pm

      Shann thibuny varah bodu thedheh.

    2. Gorgeous says:
      December 20, 2017 at 4:52 am

      Yp ehenve hassan men vx mi ulheny.. Thihaa vahaka up kuraa hihvanyaa knmes ehcheh liyefa upkurinama..knmehen ehen myhun ge id akun nooneynun vannaany eh ???

  43. ham says:
    December 20, 2017 at 12:06 am

    No no starfish pls update this story I hate you Hassan????

  44. Nadha says:
    December 20, 2017 at 12:07 am

    Hassan ah kon faidhaa ehtha vaany ehen kanthah kohgen. Haadha nubai meehekey eii. Starfish give up nukurahchey ekamu. Abadhuves mikahala reethi storythah liyahchey.

    1. sana says:
      December 20, 2017 at 12:09 am

      Yes I agree with you nadha and we all hate you Hassan???

  45. Ainthu says:
    December 20, 2017 at 3:18 am

    wow varah reethi mi baives

  46. mau says:
    December 20, 2017 at 3:47 am

    Alhey why comments are not going and pls don’t stop updateing thus smooth lovely story pls I hate you Hassan?

  47. xai+xee says:
    December 20, 2017 at 5:28 am

    Alhey pls up kuraathi starfish you are best starfish that’s why that Hassan jealous… And pls dhooni don’t give up …..
    I hate you hassan……….
    If she not updateing morning I will never forgive Hassan

  48. Aimi says:
    December 20, 2017 at 8:50 am

    Vaahaka kiyaa hithun upload vee tho check kurevenee a. Alhe starfish pls upload it… Esfiya… We readers mikamah v Avas Halle beynun

  49. Anaa says:
    December 20, 2017 at 8:55 am

    Pls up kurachey waiting next part pls pls

  50. Hairaan says:
    December 20, 2017 at 9:15 am

    Pls up koh bala…varah dheravey

  51. SJK...KOREAN says:
    December 20, 2017 at 9:38 am

    kihineh mivany mihaaru. mee kon hassanehtha.
    starfish, kommx mi story up kohladheythi ehn id akun viyas. masha allah varah reethi mi story.
    egothah baeh meehun ulheyne hasadha laigen. but plx don’t give up ingey. u can do this 🙂 we are with u 🙂
    waiting…..

  52. No name says:
    December 20, 2017 at 10:11 am

    Yes starfish ehn id akun up kohdhy . For gods sake

  53. Aakkyy says:
    December 20, 2017 at 10:26 am

    Strfish pls don’t givup. We r with u dear.

  54. MZA says:
    December 20, 2017 at 10:36 am

    Dhn mivaahaka vess kiyaalan nulibi huhtey nyy dhw

  55. Axee says:
    December 20, 2017 at 10:38 am

    Sjk korean is rait star fish……..dnt giv up easily….jelous vias dhen boduvaru dho hasanaaa…..kihaa dherakameh hassanaa amihlla ah id eh hadhan neygenyaa myheh gaathu bunelevidhaanehnu kohmehen nujeheydho myhunge id use kuraakah…..starfish…hassan ah dhahkaalan ves mi vaahakaninmaathi………..we r with u………abadhuves mi vaahaka kiyan n mivaahaka v v salhi ekm comment varah nukuran…bt ur story is amazing.mi hasanakaa hedhi comment mikohlevuneee auto in hama………

  56. Angel Dhi Areal says:
    December 20, 2017 at 11:25 am

    mi starfish
    alugandu mi new id in inaany vaahaka up kuran jahsaafa so kohn me vx irakun vaahaka up vaane miadhu..

    1. Kitty ❤️ says:
      December 20, 2017 at 12:36 pm

      Alheyy.. Thnkeww ❤️

    2. sana says:
      December 20, 2017 at 1:34 pm

      Thank you so much don’t give up we are with you……

    3. sana says:
      December 20, 2017 at 1:36 pm

      Alhey kobaa can’t wait….?

    4. saam says:
      December 20, 2017 at 1:39 pm

      Kobaa can’t wait to read this lovely smooth story admin pls avahah up kohdeeybaa……

    5. SJK...KOREAN says:
      December 20, 2017 at 2:27 pm

      Yayyy.. thanks??

    6. Yalun says:
      December 20, 2017 at 3:17 pm

      Thanx?

  57. Juma says:
    December 20, 2017 at 11:38 am

    Thanks luv….i luv u so much

  58. Axee says:
    December 20, 2017 at 11:41 am

    Gadha egey starfish….thihen vaan jeheyne……..soooo happy…..

  59. Roor? says:
    December 20, 2017 at 11:45 am

    Thnx starfish❤❤

  60. Eem says:
    December 20, 2017 at 12:07 pm

    Alhey adhives vaahaka up nuveh..hassan me kaakutha.. dhera kamehnu thi hassan aka hehdigen mivee

  61. Azu says:
    December 20, 2017 at 12:23 pm

    Waiting?

  62. MZA says:
    December 20, 2017 at 12:31 pm

    Alhey adhivess vaahaka up nuvey starfish

  63. Angel Dhi Areal says:
    December 20, 2017 at 12:37 pm

    mihaaru jahsaafin 17 vana part vx up kura

    1. sana says:
      December 20, 2017 at 1:43 pm

      But neh dhooniii ?

    2. Elisha says:
      December 20, 2017 at 1:47 pm

      Thanks starfish love you dhooni gandaa ….???

    3. mau says:
      December 20, 2017 at 2:41 pm

      Starfish 16th part….
      Not 17th part last you update 15th so now have to update 16th dhw not 17th part ?

    4. Hairaan says:
      December 20, 2017 at 3:02 pm

      Adhi kihaaireh vaane vaahaka kiyaalan liben

  64. Ainth says:
    December 20, 2017 at 12:42 pm

    Alhey haadha dherayee mihaa reethi story yen adhi nukiyan problems sole konfa avahan up kondheeba pls pls

  65. Axee says:
    December 20, 2017 at 12:43 pm

    Wow…she is the best….keep it up ur great hard wrk dear …..

  66. Eem says:
    December 20, 2017 at 12:48 pm

    Enme vaahaka ehves up nuvey sefiya kihineh thihadhanee..jahaa comment eh ves nufeney

    1. Dai+Dee says:
      December 20, 2017 at 1:30 pm

      Yes I agree with you comments eh nufeney ma mihaaru 3comments fonuvaafin…….? varah foohi vey

  67. unaal says:
    December 20, 2017 at 1:00 pm

    yess…starfish ure the best..i love you

  68. JUMA says:
    December 20, 2017 at 1:11 pm

    Thnks luv…. u r the best ???? waitingssss ❤❤

  69. Aisha says:
    December 20, 2017 at 1:28 pm

    Can’t wait to read next part??

  70. Munn says:
    December 20, 2017 at 1:40 pm

    Esfiya haadha kada vejjey
    . Kobaatha vaahaka thah.. starfish ehn site akah vaahaka fonuvan v dhn dho ..

  71. saam says:
    December 20, 2017 at 1:41 pm

    Alhey kobaa 16th part? Can’t wait to read this lovely smooth story….

  72. Elisha says:
    December 20, 2017 at 1:51 pm

    Kobaa 16th part?

  73. Eem says:
    December 20, 2017 at 1:53 pm

    Vara hevvaa 3 comment kurin enme comment eh mi fennanee.. hassana dhimaalah ehchekey bunrema e comment eh nei up vefa..esfiya thihen nuhadhaa

    1. mal says:
      December 20, 2017 at 1:56 pm

      Yes maves fonuvaafin 3 but neh why…….?????

  74. Anonymous says:
    December 20, 2017 at 1:53 pm

    Kobaa thi Hassan eh hasaan pls tell me why you are doing this pls pls Hassan ?

  75. mal says:
    December 20, 2017 at 1:58 pm

    Kobaatha story starfish dhooni gandaa?????

  76. Shaa says:
    December 20, 2017 at 1:59 pm

    Plz next part soon
    Miyadu mihaaru checked kurey vunu vrehh ves nyge

  77. Hashaa says:
    December 20, 2017 at 2:14 pm

    Mi kura msg fannakan nai….

  78. Hashaa says:
    December 20, 2017 at 2:20 pm

    Hey kobaa vahaka update nuvani kyvatha,,pls dhen up kondhyba,,,,,,,mihaaru up vytho balunu adhadhen vase neyga,,,,

  79. Maaria says:
    December 20, 2017 at 2:23 pm

    Alhey kihineh tha mivani story ge enme rythi vaan feshi hisaabun vv ??

  80. ? says:
    December 20, 2017 at 2:23 pm

    May be vedhaane esfiya heck kury kamah ves. Reyga mikan vy iru up vefa in vaahaka aa mivaahaka up vi fahun evves eccheh nuvey up eh. Ehenya mihaa iru vaa iru kommes eccheh up nuve nudhaane

    1. Nees says:
      December 20, 2017 at 3:57 pm

      Aan dhw.. v heevey

    2. lai says:
      December 20, 2017 at 4:04 pm

      Yes maybe dhw……

  81. Eenaa says:
    December 20, 2017 at 2:30 pm

    Kobaatha vaahaka?

  82. mau says:
    December 20, 2017 at 2:34 pm

    Kobaa alhey can’t wait ??

  83. Mua says:
    December 20, 2017 at 3:32 pm

    Dhn vaahaka up kuraanii kon thaakah tha..varah kiyaahithun mi kiyani ekam mi v varah dhera gotheh..

  84. Su ha says:
    December 20, 2017 at 3:33 pm

    Adddddminn!!!!

  85. Su ha says:
    December 20, 2017 at 3:36 pm

    Adddddminn!!!!????????????????????????????????????????????????

  86. pls pls pls says:
    December 20, 2017 at 4:00 pm

    Alhey starfish kobaa story say anything or call 7997991 site number pls ……??☎☎??????

  87. Maaria says:
    December 20, 2017 at 4:29 pm

    Mikan group number ah gulhaigen viyass hallu kuranvejje dhw ?????? too much dhw dhenmi ethahbayaku vaahaka kiyamun adhi liyamun dhaa siteh mihen vyma so sad..?????

  88. Leen says:
    December 20, 2017 at 4:41 pm

    Mi hus hassan ge kanthakey. Hate him millions times. Keevve tha meehun nah udhagoo kurani. Hassan.

  89. Mal says:
    December 20, 2017 at 4:44 pm

    Still no other part
    Waiting for it ❤

  90. Mal says:
    December 20, 2017 at 4:46 pm

    I hate you hassan

  91. Azu says:
    December 20, 2017 at 4:54 pm

    Still waiting??

  92. Aakkyy says:
    December 20, 2017 at 4:55 pm

    Thnk uuuuuuu. Mivaahaka nimey irah new vaahakeh fashaathi. Hassanah bolheh

  93. Mua says:
    December 20, 2017 at 5:17 pm

    Vaahaka up eh nuvey

  94. lisa says:
    December 20, 2017 at 5:34 pm

    Mee hama mi Hus Hassan ge kanthakey I hate billions time I hate you Hassan ???????????

  95. laisha &lai says:
    December 20, 2017 at 5:39 pm

    Alhey kobaa starfish??
    Pls don’t give up you are best one……..That’s why this Hassan jealous………… I hate you million and billion time Hassan I will never forgive you Hassan??????

  96. ????? says:
    December 20, 2017 at 5:43 pm

    Kobaatha story ??????? Hasaan ??????
    I hate you Hassan you are jealous dho ?? so ???

  97. Any says:
    December 20, 2017 at 6:03 pm

    Koba waiting????

  98. Naxy says:
    December 20, 2017 at 6:04 pm

    Vaahaka in tho balan belunu vareh adha dheh neynge… adhives naadhe…. i hate hassan…. reethi story eh liyan beynumiyya amillayah liyelabala…. kiyaa hiyvaa kudhin kiyaane… ehen meehunge liyaa story aa nubehibala… mee site ga in enme salhi vaahaka

  99. nix says:
    December 20, 2017 at 6:09 pm

    alhey kobaitha vaahaka haadha kiyaalaahithunney mihiry plx avaskohba???

  100. Angel Dhi Areal says:
    December 20, 2017 at 6:13 pm

    ma kuraa comenteh nufene ey mihaaru 5 varakah faharu coment kohfin

  101. Angel Dhi Areal says:
    December 20, 2017 at 6:14 pm

    mifaharu fenihjje mihaaru 16 vana part up kuran jahsaafa 24 gadi ir vany

  102. Angel Dhi Areal says:
    December 20, 2017 at 6:15 pm

    mi site myny hack vefa kanneyge

  103. Angel Dhi Areal says:
    December 20, 2017 at 6:15 pm

    ehenve miadh ehves vaahaka eh up nuvani dhw

  104. Mua says:
    December 20, 2017 at 6:30 pm

    Dhn ehn sitakah viyas up kohdhybala

  105. Lam says:
    December 20, 2017 at 6:48 pm

    Dhm kon site akah up kuranee

  106. Lam says:
    December 20, 2017 at 6:51 pm

    Mihaaru starfish liyefa in kamah change vehjje dhw

  107. Mua says:
    December 20, 2017 at 6:52 pm

    Esfiya nwniya vaahaka up kura site neiitha

  108. MZA says:
    December 20, 2017 at 6:55 pm

    Dhn ehen site akah vaahaka up kohladheeba starfish. Haadha reethi story ekea me. Plx plx starfish

  109. Nadha says:
    December 20, 2017 at 6:58 pm

    Alhe haadha dhera gothekey mi vee. All because of that hassan

  110. Ainth says:
    December 20, 2017 at 7:03 pm

    Dhen ehen sitakah up nukureveynetha v kiyaahinvaa story yen vyma

  111. Mazu says:
    December 20, 2017 at 7:09 pm

    Mihaaru iny up koffa ennu? Starfish plz alhe mirey 17 th part vx up koh dheefaanantha…pleeeex alhe pleeeex

  112. Miyu says:
    December 20, 2017 at 7:26 pm

    Gaimu alhugadaka nufeney up kofah inkama e ee keeveh

  113. Aleesha Azka says:
    December 20, 2017 at 8:08 pm

    It’s a beautiful story. Keep it up. Mi vaahaka nimendhen geness dhehchey pls.

Comments are closed.

Next Episodeގެއްލިދިޔަ ހަޔާތް….. 16←


All Right Reserved!