Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަމްސަފަރް 2

Nannu Level 110 Stories
December 19, 2017 3 Mins Read
13 Comments

ޖެހިގެން އައި ހަފްތާގެ އަންގާރަ ދުވަހެވެ. ވެލާނާ އިނޓަރނޭޝަނަލް އެއާރޕޯޓްގެ އެރައިވަލް ގޭޓުން ނިކުމެގެން އެ އަންނަ ޒުވާނާއަށް ގިނަ ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ހުދުކުލައިގެ އަތްދިގު ޓީޝާޓްއަކާއި ނޫކުލައިގެ ޖީންސެއްގައި ހުރި ޒުވާނާ ފެންނަލެއް ނުހަނު ހިތްގައިމެވެ. ލޮލުގައި އަޅާލާފައިވާ ރޭބަން އަވިއައިނު އެ ދޮން މޫނާ ނުހަނު ގުޅެއެވެ. އެއްއަތުން ކޮނޑުގައި އޮތް ބެގްޕެކްގައި ހިފަހައްޓާލައިގެން އެނެއްއަތުން ޓްރޯލީ ދުއްވަމުން އަންނަ އެ ޒުވާނާގެ ނަޒަރު ހުއްޓުނީ މީހުންތަކު ތެރޭގައި އޭނަޔަށް ބަލަހައްޓައިގެން ހެވިދިލިފާހުރި ފަޒީންއަށެވެ.

އެޒުވާނާއަށްވެސް ފަޒީން ފެންނައިރަށް ހިނިތުންވަމުން އެދިމާލަށް އައެވެ. ފަޒީންއާއި ހިސާބަށް އާދެވުމުން އެޒުވާނާ އޭނާ ގައިގައި ބައްދާގަތެވެ. “ޝައިމް ހާދަ ތަފާތޭ މިހާރު. ދޮންބެ ހީކުރީ ބޭރު ކުއްޖެއްކަމަށް ފުރަތަމަ. ރަނގަޅަށް ބަލާލީމަ މި އިނގުނީ ޝައިމް ކަންވެސް.” ހިނިގަނޑެއް ޖަހާލަމުން ފަޒީން ބުންޏެވެ. ޝައިމަންއަކީ ފަޒީންއަށް ވުރެ ހަތަރު އަހަރު ހަގު، އޭނާގެ ކޮއްކޮއެވެ. ފަތުހީގެ ހަގު ފިރިހެން ދަރިފުޅެވެ.

“ކޮބާ ޑޭޑް. މަންމަ ގާތުނުބުނަންދޯ ޝައިމް އަންނަ ވާހަކައެއް؟” ކާރުގައި ގެޔަށް ދަމުން ޝައިމަން އަހާލިއެވެ. “ޑޭޑް އޮފީސް ނިންމާލާފަ ދިޔައީ މާއްކޮ ބަލާ ސުކޫލަށް. އާނ ޑޭޑް ނޫން އެކަކަށް ވެސް ނެންގޭނެ.” ފަޒީން ޖަވާބުދިނީ ހީލަމުންނެވެ. ގޭޓް ހުޅުވާލުމުން ކާރު ގޯތިތެރެއަށް ވަދެގެން ދިޔަވަގުތު ޝައިމަން ގެއަށް ނަޒަރެއް ހިންގާލިއެވެ. މިވީ ދެ އަހަރުތެރޭގައި ގެއަށް މާބޮޑު ބަދަލެއް އައި ކަމަކަށް އޭނާ އަކަށް ފާހަގައެއް ނުކުރެވުނެވެ. “މާއްކޮ އައީކަންނޭންގެ. އެއޮތީ ޑޭޑް ގެ ކާރު.” ފަޒީން އެތާ ޕާކްކޮއްފަ އޮތް ކާރުދައްކަމުން އެހެން ބުނުމުން ޝައިމަން ވެސް އެދިމާބަލާލާފައި ހީލިއެވެ.

ސިޓިންރޫމްގައި އިށިއިނދެގެން އިން ސަލްމާ ސިހުނީ ފަހަތުން މީހަކު ބައްދާލުމުން ނެވެ. އޭނާއަށް ބަލައި ލެވުނީ ކުރިމަތީ އިން ސޯފާގައި ހެވިފައި އިން ފަތުހީއަށެވެ. ފަހަތަށް ބަލައިލުމުން ފަހަތުގައި ހުރި ޝައިމަން ފެނި ތެޅިގަންފައި އޭނާ ތެދުވިއެވެ.” ސުބްހާނަﷲ. މަގޭ ދަރި. ކޮންއިރަކު އައީ. ކީއްވެ ނުބުނެ އައީ. ދަރިފުޅުގެ ޑޭޑްއަށް އިނގޭދޯ ދަރިފުޅު އަންނަކަން. އެހެންވެ މާ ހެވިފައި އެއިނީ.” އެއްފަހަރާ ސުވާލުކުރަމުން ސަލްމާ އޭނަގެ ލޯބިވާދަރިފުޅު ގައިގައި އޮޅުލައިގަތެވެ. އިރުކޮޅަކުން ފަތުހީވެސް އައިސް ޝައިމަން ގައިގައި ބައްދާލިއެވެ. ” މަންމަ އަށް ސަޕްރައިޒް އެއްދޭން ވެގެންނޭ ނުބުނީ. ޑޭޑް އާއި ދޮންބެއަށް އެކަނި އިނގޭނީ. ކޮބާ މާއްކޮ؟” ޝައިމަންވެސް އުފަލުން ހުރެވާހަކަ ދެއްކިއެވެ. އެދުވަހު ހަވޭލީގެއަށް ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ.

ކާމޭޒްދޮށުގައި އިން ޝައިމަން ފަހަތްބަލާލީ ސިޑިމަތިން ދުވެފައި ފޭބި ސަމާގެ އަޑަށެވެ. ނަމަވެސް ނޭންގޭކަމަށް ހަދާ ގޮނޑީގައި ހަމަޖެހިލިއެވެ. ސާމާވެސް ކާމޭޒް ގޮށުގައި އިތުރު މީހެއް އިނުމުން މަޑުޖެހިލިއެވެ. އިސްޖަހާލައިގެން ހުރެ އައިސް އޭނާގެ ގޮނޑީގައި އިށީއިނެވެ. އޭނާއަކަށް އެއީ ޝައިމަން ކަމެއްއަދި ނޭންގެއެވެ. “ދޮންބޭ، އެއީ ކޮންކުއްޖެއްތަ އަދިވެސް ބޭބީކަން ނުކެނޑިގެން އެއުޅެނީ.” ޝައިމަން އެހެން ބުނިއަޑަށް ތެޅިގަންފައި ސަމާ އިސްއުފުލާ ބަލާލިއެވެ. ހެވިދިލިފައި އިން އޭނާގެ ކުޑަބެ އޭނާއަށް ފެނުމުން ކުއްލިއަކަށް ކޮޅަށްތެދުވިއެވެ. އަދި ދުވެފައި ޝައިމަންއާއި ދިމާލަށް އައެވެ. އެތަން ފެނި ޝައިމަން ވެސް ކޮޅައްތެދުވިއެވެ. އައިގޮތަށްއައިސް ސަމާ ޝައިމަން ގައިގައި ބައްދައިގަތެވެ.”އަޅެ ކުޑޭ ހާދަގޯހޭ. ނުވެސް ބުނެ. ” ސަމާ އެހެން ބުނިއިރު އޭނާއަށް ރޮވިއްޖެއެވެ. “މާއްކޮ ދެރަވީތަ ކުޑޭ އައިމަ. އޯކޭ ކުޑޭ ގޮސްދާނަން.” ސަމާސާ ރާގެއްގަ ޝައިމަން އެހެންބުނުމުން ދެންތިބިމީހުން ހޭންފެށިއެވެ. ނަމަވެސް ސަމާ ނޫނެކޭބުނެ އިތުރަށް ޝައިމަންގެ އަތުތެރޭގައި ބޮނޑިވެގަތެވެ. ” ގުރޫޕް ހަގެއްތަ. ދޮންބެވެސް ބައިވެރިކުރޭ.” މިހެންކިޔާ ފަޒީން ވެސް އައިސް އެދެމީހުންގައިގައި އެއްކޮން ބައްދާލިއެވެ. ތިންދަރިންގެ މެދުގައި އޮތްލޯބި ފެނި ފަތުހީއާއި ސަލްމާ ތިބީ ނުހަނު އުފަލުންވެވެ.

“ދަރިފުޅުވެސް ކިޔަވާތި ނިމުނީ. ދެންކީއްކުރަން ގަސްތުތިކުރަނީ.” ސިޓިންރޫމްގައި ވާހަކައިގައި ތިބެ ފަތުހީ ޝައިމަން ކައިރީ އަހާލިއެވެ.” އަޅުގަނޑުވެސް ބޭނުމީ ޑޭޑް އާއި ދޮންބެ ގޮތަށް އޮފީހަށް ޖޮއިން ކުރަން.” މަޑުމައިތިރިކަމާއިއެކެ ޝައިމަން އޭނާގެ ބައްޕައަށް ޖަވާބުދިނެވެ. “އެހެންތަ. ޑޭޑް ގެ އެއްވެސް މައްސަލައެއްނެތް. ދަރިފުޅުބޭނުން އިރަކުން ޖޮއިން ކުރަންވީ. ޑޭޑްމިއުޅެނީ ދެދުވަސް ތެރޭގައި ލަންޑަނަށް ފުރަން ބިޒްނެސް މީޓް އަކަށް.” ފަތުހީވެސް އުފަލުން ހުރެ ބުނެލިއެވެ. އޭނާގެ ދެދަރިންނަކީވެސް ޒިންމާދާރު ދެދަރިންނަށް ވީތީ މާތްﷲ އަށް ހަމްދުކުރިއެވެ.” އަޅުގަނޑު ކުޑަދުވަސް ކޮޅެއްގެ ރެސްޓެއް ނަގާލައިފައި ޖޮއިން ކުރާނީ” އެހެން ވާހަކާގައި ތިއްބެފައި ފަތުހީއާއި ސަލްމާ އެރީމައްޗަށެވެ. އެމީހުން ދިއުމުން ފައިނާ އާއި ސަމާ އައިސް އެދެމީހުން ކައިރީ އިށިއިނެވެ. ” މާއްކޮ ކޮން އިރަކުން ޖީސީ ފެށެނީ” ސަމާއައިސް އިށިއިނުމުން ޝައިމަން އަހާލިއެވެ. “ޓޫމަންތްސް ތެރޭ ފެށޭނެ. އެހެންވެ މިހާރުވެސް އަޅުގަނޑު ދަސްކުރަމޭ ދޯ އިނާއްތާ؟” ފައިނާއަށް ދޯލައިދެމުން ސަމާ އެހެންބުނުމުން ފައިނާ ހެމުން ބޯޖަހާލިއެވެ. “އާނ އިނާއްތަ ކައިރީ އަހާނެ ނޭންގޭއެއްޗެހި. ދެން ބައެއްފަހަރު ބަލާލާ އިރު އޮންނާނެ ފޮތް ހިފައިގެން ނިދާފަ.””ތެދެއް. ގިނަރޭރޭ ސްޓަޑީރޫމް ގަ ކިޔަވަން އިންނަމީހާ ދޮންބެ ޖެހެނީ ކޮޓަރިޔަށް ގެންދަން” ފައިނާގެ ވަހަކާގައި ބައިވެރިވަމުން ފަޒީންވެސް ބުނެލިއެވެ. އެމީހުންގެވާހަކަ އަޑުއަހަން ޝައިމަން އިނީ ހީލަހީލައެވެ. އެސަކަރާތުގައި ތިބެފައި އެންމެން ނިދަންދިޔައިރު ގަޑިން ދިހައެއްޖަހައި ފިއެވެ.

ދެދުވަސް ފަހުން ފަތުހީވެސް ލަންޑަނަށް ދިޔައެވެ. އެހެންކަމުން ފަޒީންވެސް އޮފީހުގައި ގިނަވަގުތު ހޭދަކުރާތީ ގެއިން ފެންނަނީ މަދުފަހަރަކުއެވެ. ދުވަސްތައް މިގޮތުގައި ހޭދަވަމުން ދިޔައެވެ. އެގޮތުން އެއްރެއެއްގެ ކެއުމަށްފަހު ސިޓިންރޫމްގައި ތިބިވަގުތެވެ. “ދަރިފުމެން ކައިރީވާހަކައެއް ބުނަންވެފައި އެބައޮތް.” ސަލްމާ ވާހަކަ ދެއްކީ އޭނާގެ ފިރިހެން ދެދަރިންނާއެވެ.”މިއުޅެނީ މަންމަމެންގެ ވަރަށް ގާތް ރަޙްމަތްތެރިއެއްގެ ދަރިއެއް މިގޭގަ ބަހަށްޓަންކަމަށް.” އެވާހަކައަށް އެންމެންގެ ސަމާލުކަންދިޔައެވެ.” އެކީއްކުރަން އަންނަ ކުއްޖެއްތޯ މަންމާ؟” ފަޒީން ސުވާލުކުރިއެވެ. “އެއީ މިކޮޅުގަ ކިޔަވަމުން އަންނަކުއްޖެއް. އޭނަ ހުންނަގޭގަ މައްސަލައެއް ޖެހިގެން އޭނަގެ ބޮޑުދައިތަ މަންމައަށް ގުޅާފަބުނީ ތަނެއް ހަމަޖައްސާދީބަލާށޭ. އެއީ ވަރަށް ރަނގަޅު ބައެއް. އެހެންވެ މަންމަ ދަރިފުޅުމެންގެ ބައްޕަގާތު ބުނީމަ ބައްޕަބުނީ މިގޭގަ ބަހައްޓާވާހަކަ. ދެން ދަރިފުޅުމެން ކައިރީ އަހާލައްޗޭވެސް ބުނި އެހެންވެ.” ސަލްމާ ބުންޏެވެ. “އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތް. ދޯ ޝައިމް.” ފަޒީން އެހެންބުނުމުން ޝައިމަން ބޯޖަހާލިއެވެ.

ދުވަހަކީ ހުކުރު ދުވަހެކެވެ. މެންދުރުގެ ނަސްތާށްފަހު ޒުވާންގުރޫޕްރާވަމުން ދިޔައީ ހަވީރު ހުޅުމާލެއަށް ދާށެވެ. ނަމަވެސް އެމީހުންގެ ޕްލޭން މަޑުޖައްސާލަން ޖެހުނީ ގެއަށް މެހެމާނަކު އަންނަވާހަކަ ސަލްމާ ބުނުމުންނެވެ. ހަވީރު ހަތަރެއްޖެހިއިރު އެންމެންވެސް ތިބީ ގޭގެސިޓިންރޫމްގައެވެ. އިރުކޮޅަކުން އިވުނީ އޭގެ ބެލް އަޅާލި އަޑެވެ. ދޮރުހުޅުވަން އައި ނޯކަރުމީހާ ހުއްޓުވަމުން ސަލްމާ ގޮސް އެދޮރު ހުޅުވިއެވެ. ހެވިފައި ހުރެ ސަލްމާ ކުރިމަތީ ހުރި ކުއްޖާއަށް އެތެރެއަށް ވަނުމަށް ދައުވަތުދިނެވެ. އެތެރެއަށް ވަދެގެންއައި އަންހެން ކުއްޖާފެނި އެންމެންވެސް ތިބީ ހައިރާންވެފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nannu

Level 110 Stories

i have been writing stories for a long time... so i wanted to show my talent to others... I hope everyone will like my works...

Other Articles

Previous

ހާމަ ކުރީމާ ލޯބި މަވާކަން 3

Next

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (4)

Next
December 19, 2017

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (4)

Previews
December 19, 2017

ހާމަ ކުރީމާ ލޯބި މަވާކަން 3

13 Comments!

  1. hal uu says:
    December 19, 2017 at 12:37 pm

    alhe haadha kurey.. ekm vs v reethi ingey nannu…waiting for next prt..

  2. kyaara says:
    December 19, 2017 at 12:43 pm

    Mi part ves vrh interesting… But vaahaka vrh kuru… Next part than kolheh dhigu koh lahcheyyy….???

  3. Laal says:
    December 19, 2017 at 12:47 pm

    Vara reethi

  4. xaaaaan says:
    December 19, 2017 at 1:17 pm

    Reethi

  5. mary says:
    December 19, 2017 at 2:27 pm

    Vara Reethi

  6. naju says:
    December 19, 2017 at 2:37 pm

    varah reethi .. ekam kury

  7. Xxxx says:
    December 19, 2017 at 3:34 pm

    Nice

  8. Rsh says:
    December 19, 2017 at 3:39 pm

    WoW nice part

  9. Malu says:
    December 19, 2017 at 5:32 pm

    Varah reethi

  10. Nannu says:
    December 19, 2017 at 5:40 pm

    alheyy.. hama eha kurutha..? okey next part dhigukoh leveytho balanan.. thankyou.. hurihaakudhin..

  11. Any says:
    December 19, 2017 at 6:06 pm

    V reethi

  12. Mal says:
    December 19, 2017 at 11:20 pm

    Nice story ?

  13. shipoo says:
    December 22, 2017 at 9:17 pm

    Alhe haadha salhi eh dho.. love it.. waiting for next part

Comments are closed.

Next Episodeހަމްސަފަރް 3←


All Right Reserved!