ގެއްލިދިޔަ ހަޔާތް….. 14
” ހޭއި.. މާދަން އެއް ގޮތަކަށްވެސް މިކޮޓަރިއަށް ނުވަންނައްޗޭ.. ޓުމޯރޯ އިޒް ފްރައިޑޭ…“ ޒާހިދު ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެއަޑު އިވުމާއެކު ރޭޝަމްގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. ވަގުތުން ފަސްއެނބުރި ޒާހިދާ ދިމާލަށް ހިތްހަމަނުޖެހިފައިހުރެ ރޭޝަމްއަށް ބަލާލެވުނެވެ.
ދުވަހަކީ ހުކުރު ދުވަސްކަމުން އަވަހަށް ތެދުވަން ޖެހުމުން ރޭޝަމް ހުރީ މޫޑު ކަޓާފައެވެ. އެހާ ލަހުން ނިދުނީމަ ރަނގަޅަށް ނިދި ހަމަ ނުވަނީއެވެ. ފެންވަރައި، ރީތިވެލައިގެން ބަދިގެއަށް ދެވުނުއިރު އާމިރާ އަވަދިނެތި ބަދިގެތެރޭގައި އުޅެއެވެ. އަތް ގާތްކޮށްލަދިނުމަށްޓަކައި ރޭޝަމް އާމިރާ ކައިރިއަށް ޖެހިލިއެވެ. “ދައްތާ.. ކޯޗެއް މިއަދު މެންދުރަށް ކައްކަނީ؟“ ސިންކުތެރޭގައި ހުރި ތަށިތައް ދޮންނަން ފައްޓަމުން ރޭޝަމް އާމިރާއާ ސުވާލުކުރިއެވެ.
” މިއަދުން ފެށިގެން ކައްކާނީ އިމްލީ..“ ލީޒާގެ އަޑަށް ރޭޝަމްއާއި އާމިރާއަށް އެއްފަހަރާ ފަހަތް ބަލާލެވުނެވެ. ކުރިމަތީގައި ހުރި ލީޒާއާއި ބޭރު އަންހެން މީހާ ފެނުމުން ރޭޝަމްގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ.
” މިގޭގައި މަސައްކަތް ކުރަން ގެނައި މީހެއްތަ؟“ އާމިރާ ލީޒާއާ ސުވާލުކުރިއެވެ.
” އާނ.. އެހެންވީމަ ދެން މި ގޭގަ ކަލޭގެ އެއްވެސް ބޭނުމެއް ނެތް.. ކަލޭ މިގެއިން ނިކުމެގެން ދާންޖެހޭ ދުވަސް އައިސް ޖެހުނީ!!!“ ލީޒާގެ މޫނުމައްޗަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. ލީޒާގެ ވާހަކަތައް ގަބޫލުކުރަން ދަތިވެފައި ރޭޝަމް އިނެވެ.
” ދަރިން ގޮވައިގެން އަހަރެން ވަކި ކޮންތާކަށް ދާނީ؟ ހެޔޮނުވާނެ.. ދަރިންނަށްޓަކާ އަހަރެން މިގޭގަ ބަހައްޓަދީ…“ އާމިރާއަށް ގިސްލެވެން ފެށުނެވެ.
” ކޮން އާދޭހެއް ކުރާކަށްތަ؟ ބަލަ ލަތީފުވެސް ބޭނުންވާ ގޮތޭ މީ…އަދި ބުނަން.. ދަރިން ގޮވައިގެން ދާނެކަމެއް ނެތް، ދަރިން ތިބޭނީ މިގޭގަ..“ ލީޒާގެ އަޑު ގަދަވެގެންދިޔައެވެ. އެއަޑަށް މާލް ދުވެފައި އައެވެ.
” ނޫން.. އެދެކުދިންނާ އަހަރެން ވަކިނުކުރޭ.. އަހަރެންގެ ހަޔާތުގެ ހަމައެކަނި ވާ އުފަލަކީ އެއީ.. އާދޭސްކޮށްފައި މިބުނަނީ….“ އާމިރާގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހޮރިގަތެވެ. އެމަންޒަރު ބަލަން ރޭޝަމް ހުރީ ފެންކަޅިވެފައެވެ.
“ ލީޒާ އެބުނީ ތެދެއް… ދެން ކަލޭ މިގޭގަ އެންމެ ހިނދުކޮޅަކަށްވެސް ބަހައްޓާކަށް އަހަރެން ބޭނުމެއް ނޫން …މިހާރު ދަރިން ބަލަން ބޭރު މީހަކު ގެނެސްފަ އެހެރީ.. އެހެންވީމަ ދެން ކަލޭގެ ބޭނުމެއް ނެތް.. ވަރިކޮށްފަ ތިހިރީ!!!!!“ ލަތީފުގެ އަޑަށް އެންމެންނަށް އެއްފަހަރާ އެދިމާލަށް ބަލާލެވުނެވެ. ރޭޝަމްގެ ދެލޯ ބޮޑުވެގެންދިޔައެވެ. އާމިރާއަށް ނޫނެކޭ ބުނެ ގިސްލެވެންފެށުނެވެ.
“ ހެޔޮނުވާނެ ލަތީފް، އަހަރެންގެ ދަރިންނާ އަހަރެން ވަކިނުކުރޭ.. އަހަރެން މޮޔަވެދާނެ.. އެކުދިންނަށް އަހަރެންގެ އަޅާލުން ބޭނުންވެޔޭ..“ އާމިރާގެ އަޑު ބެދުނެވެ.
“ ނިކުންނާށޭ މިބުނީނު މިގެއިން.. އެހެން ނޫނީ ގަދަކަމުން ނެރެންޖެހޭނީ..“ ލަތީފުގެ އަޑު ގަދަވެގެންދިޔައެވެ. އެވަގުތު މާލް ދުވެފައި ގޮސް އާމިރާގެ ގައިގައި އޮޅުލައިގަތެވެ. “މަންމީ.. މާލް ދޫކޮށްލާފަ ނުދޭ… ކޮއްކޮ ވަރަށް ރޯނެ، މާލްއަށްވެސް ރޮވޭނެ..“ މާލްގެ އެޖުމްލަތަކާއެކު އާމިރާއަށް ބާރަށް ރޮވެންފެށުނެވެ. އެމަންޒަރު ފެނުނު ކޮންމެ މީހެއްގެ ހިތަށް އަސަރުކުރާނެކަން ޔަގީނެވެ.
” ގަދަކަމުން ދެން ނެރެންޖެހޭނީ..“ ލަތީފް އާމިރާގެ އަތުގައި ހިފައިގެން ދޮރާ ދިމާލާށް ހިނގައިގަތެވެ. އެވަގުތު ލަތީފްގެ ފައިގައި މާލް ބާރަށް ހިފަހެއްޓިއެވެ. “ބައްޕާ… މަންމިއަށް ތިހެން ނަހަދާ… މާލް ބޭނުން މަންމީ… މަންމީ ނެތިއްޔާ މާލްއަކަށް ނޫޅެވޭނެ..“ މާލްއަށް ރޮވެންފެށުނެވެ. އެވަގުތު އާމިރާވެސް ދެކަކޫ މައްޗަށް ތިރިވެ ލަތީފްގެ ދެފައިގައި ހިފާ އާދޭސްކުރަން ފެށިއެވެ.“ ހެޔޮނުވާނެ ތިހާ އަނިޔާ ދޭކަށް.. ރަހުމުކުރުމަށް އެދި އަހަރެން ސަލާންޖަހަން… މާތް ރަސްކަލާނގެއަށްޓަކާ އަހަރެންގެ ދަރިން އަހަރެންނަށް ދީ…އެކުދިން އަހަރެންނާ ވަކިނުކުރޭ.. ނަފްރަތުގެ މިއީތަ ދިން ހަދިޔާއަކީ؟ އަހަރެންގެ ކޮން ކުށެއް އޮވެގެންތަ އަހަރެންނާ ދޭތެރޭ ތިހާ ރަހުމުކުޑަކޮށް ތިކަންތައް ކުރަނީ؟“ އާމިރާގެ އަޑު ބެދުނެވެ. އެމަންޒަރު ބަލަން ރޭޝަމްއަށް ކެތްކުރަން ދަތިވިއެވެ. ރޭޝަމްގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހެރެންފެށިއެވެ. ކިތަންމެ ހަމްދަރުދީވިޔަސް އާމިރާއަށް އެހީއެއް ވެދެވޭކަށް ނެތެވެ. ރޭޝަމްގެ ހިތަށް އެންމެ ތަދުވާ ސަބަބަކީ އެއީއެވެ.
މާލް ދުވެފައި އައިސް ރޭޝަމްގެ ގައިގައި އޮޅުލައިގަތެވެ. “މަންމި ގެއިން ނެރެލީ… މަންމި ގެނެސްދީ.. މަންމި ގެނެސްދީ..“ މާލް ރޮމުން ވާހަކަދެއްކިއެވެ. ލަތީފްމެން ކޮޓަރިއަށް ދިޔުމުން ދުވެފައިކަހަލަ ގޮތަކަށް ރޭޝަމް ގެއިން ބޭރަށް ނިކުތެވެ. އާމިރާ ފެނޭތޯ ވަށައިގެން ރޭޝަމް ހޯދާލިއެވެ. އެވަގުތު ގޭ ފާރު ބުޑުގައި ނިކަމެއްޗެއް ފަދައިން އިށީނދެލައިގެން އިން އާމިރާ ފެނުމުން ރޭޝަމްއަށް ބޭއިޚްތިޔާރުގައި ރޮވެން ފެށުނެވެ. ދުވެފައި ގޮސް އާމިރާގެ ގާތަށް ރޭޝަމް ހުއްޓުނެވެ. “ދައްތާ..“ ރޭޝަމްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެއާއެކު އާމިރާ ބަޑި ފަޅައިގެންދިޔައެވެ. ގިސްލަގިސްލާފައި ރޮވެންފެށުނެވެ. “ރޭޝަމް… ދައްތައަށް ހަމަ އެންމެ ކަމެއް ކޮށްދީ …ހެޔޮނުވާނެ…ދައްތަގެ ދެދަރިންނަށް އަޅާލާތި، އެކުދިންނަށް ދެރަގޮތެއް ވިޔަނުދޭތި..“ އާމިރާ ގިސްލަމުން ވާހަކަދެއްކިއެވެ. “އާނ.. އަހަރެން މާލްމެންނަށް ދެރައެއް ލިބުނަކަ ނުދޭނަން.. އެކަމަކު ދެން ދައްތަ ކޮންތާކަށް ދާނީ …ދައްތަގެ އާއިލާ މީހުން ކޮބާ؟“ ރޭޝަމް ހުރީ ހާސްވެފައެވެ. “ދައްތަގެ ނެތް އެއްވެސް މީހަކު..“ ގޮތް ހުސްވެފައިވާ ހާލު އާމިރާ ދެލޯ މަރާލިއެވެ.
” އެހެންވެއްޖެއްޔާ އަހަރެން ބުނާ ގޮތަށް ދައްތަ ހަދާ… މިއަދަކީ ހުކުރު ދުވަސް.. އެހެންވީމަ މިއަދު އަހަރެން ބުނާ ތާކަށް ދެވޭނެ ފެރީގަ… ދައްދަ ނުރޮއި.. މާދަމާއަކީ އުޖާލާ ދުވަހަކަށް އިރާދަކުރެއްވިއްޔާ ވާނެ…“ ރޭޝަމް ވިސްނާލަމުން ބުންޏެވެ.
އެރޭ މާލްމެން ނިދުމާއެކު ރޭޝަމް ކޮޓަރިން ބޭރަށް ނިކުތެވެ. މުޅި ގެވެސް އާމިރާ ނެތުމުން ފަޅުވެފައިވާ ކަހަލައެވެ. ހެޔޮއެދޭ ރަނގަޅު މީހަކަށް ހުރި ހަމައެކަނި މީހާވެސް ދިޔުމުން ރޭޝަމްގެ ހިތުގައި ނުތަނަވަސްވެރިކަމެއް އުފެދުނެވެ. ކުއްލިއަކަށް ސިއްސައިގެން ގޮސްފައި ރޭޝަމްއަށް ފަހަތް ބަލާލެވުނީ އެއްޗެއް ވެއްޓުނު އަޑަށެވެ. އަވަސް އަވަހަށް ސިޓިންގ ރޫމުގެ ބޮކިތައް ޖައްސާލިއެވެ. އެއާއެކު ރޭޝަމްގެ ހިތުގެ ތެޅުން އަވަސްވިއެވެ. ރޭޝަމްގެ ކުރިމަތީގައި ތިބީ ދެފިރިހެނުންނެވެ. ފުން ނަޒަރަކުން އެތަނުން އެކަކު ރޭޝަމްއަށް ބަލާލިއެވެ. ރޭޝަމްއަށް ބިރުން ގޮސް ފަހަތަށް ޖެހެވުނެވެ.
” ދިސް ވޭއި ބަޑީ…“ ޒާހިދުމެން ކޮޓަރިއާ ދިމާލުން މީހަކު ގޮ ވާލި އަޑަށް އެދެފިރިހެނުން ހެމުން ހެމުން އެދިމާލަށް ހިނގައިގަތެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން އަވަސް އަވަހަށް ނިދޭތޯ ރޭޝަމް ގޮސް އޮށޯވެލިއެވެ. ބަދިގޭގައި ނިދަން ޖެހޭތީ ރޭޝަމްއަށް މައްސަލައަކަށް ނުވެއެވެ. އެހެނަސް ކޮންމެ ހުކުރު ދުވަހެއްގެ ރެއަކީ ރޭޝަމްގެ ހިތުގައި އާދަޔާ ޚިލާފު ބިރުވެރިކަމެއް އުފެދޭ ރެއެކެވެ.
އެތައް އިރެއް ވަންދެން ނިންޖާ ހަނގުރާމަކުރުމަށްފަހު ރޭޝަމްއަށް ނިދުނެވެ. ރޭޝަމްއަކީ ނިދީގައި އޮވެ ފަރާތް ފަރާތަށް ފުރޮޅޭ މީހެއް ނޫނެވެ. އެހެނަސް މިރޭ ރޭޝަމްއަށް ނިދުނުތަނާ މާ ގިނައިރުތަކެއްނުވަނީސް ފަރާތް ފަރާތަށް އެނބުރެން ފެށުނެވެ. ރޭޝަމްއަށް އުނދަގުތަކެއް ވާން ފެށިއެވެ. އާދަޔާ ޚިލާފު އިހުސާސެއް ކުރެވެން ފެށުނެވެ. މީހެއްގެ ބީހުން އިހުސާސްކުރެވޭ ކަހަލައެވެ. ހިނދުކޮޅެއްގެ ތެރޭގައި ފުންމައިގެން ގޮސްފައި ރޭޝަމްއަށް ހޭލެވުނެވެ. އެއާއެކު ރޭޝަމްގެ އަނގަމަތީގައި މީހަކު ބާރަށް އަތް އެޅިއެވެ.
އެއާއެކު ތެޅިގަނެފައި އެމީހާގެ ކިބައިން ސަލާމަތްވުމަށް ރޭޝަމް މަސައްކަތްކުރިއެވެ. އެހެނަސް އޭނަ މާ ހުޝިޔާރެވެ. ފިރިހެނެއްގެ ކުރިމަތީގައި އަންހެނަކަށް ގަދަނުދެއްކޭނެ ކަމުން ރޭޝަމްއަށް އެމީހާގެ ކިބައިން ސަލާމަތެއް ނުވެވުނެވެ. ހަޅޭއްލަވައިގަންނަން މަސައްކަތްކުރިނަމަވެސް ބިރުންގޮސް ރޭޝަމްގެ ދުލުން އެންމެ ބަހެއް ވެސް ބޭރެއް ނުވިއެވެ. މުޅި މީހާ އެއްކޮށް ފިނިވިއެވެ. މޫނުމަތިން ދާތިކިތައް އޮހެރެމުންދިޔައެވެ. އޭރުވެސް އެފިރިހެން މީހާ ދިޔައީ ރޭޝަމްގެ ގައިގައި ބީހެމުންނެވެ.
އޭނަގެ ހޫނު ނޭވާ ރޭޝަމްއަށް އިހުސާސްވާހާ ކައިރިއަށް އޭނަ ޖެހުނެވެ. އަދި މަޑުމަޑުން ރޭޝަމްގެ ކަނދުރާގައި މޫނު ޖައްސާލިއެވެ. ހިތުގެ ވިންދު އަވަސްވުމާއެކު ރޭޝަމް އޭނަގެ މޫނުގައި އަތްއަޅާ ދުރަށް ކޮއްޕާލިއެވެ. އަދި ގައިގައި ހުރި ވަރެއް ލާފައި އޭނަގެ ކަނާތު އަތުގައި ދަތްއެޅިއެވެ. އެވަގުތު އެމީހާ ސިންގާއެއް އޭގެ ޝިކާރައެއް ޖަހައިގަންނަ ފަދައިން ރޭޝަމްއާ ދިމާލަށް ޖެހިގަތެވެ. އެހެނަސް ހުޝިޔާރުކަމާއެކު އޭނަގެ ކިބައިން ރޭޝަމް ސަލާމަތްވިއެވެ. “މަ..ން….މަ…“ ރޭޝަމްގެ ދޫ ހަރަކާތްކުރިއެވެ. މަންމައަކާ ދަރިއަކާ އޮންނަ ގުޅުމަކީ ކިހާ މާތް ގުޅުމެއްކަން އިހުސާސުވާނީ މަދު މީހަކަށެވެ. އެހެނަސް މުސީބާތެއް ކުރިމަތިވާ ކޮންމެ ހިނދަކު ”މަންމަ“ މި ލަފްޒު ކޮންމެ އިންސާނެއްގެ ދުލުންވެސް ބޭރުވެއެވެ. ރޭޝަމްއަށްވެސް ހިތާހިތުން ގޮވާލެވުނީ މަންމައަށެވެ. އެހެނަސް މިއަދު އެމަންމައެއް ރޭޝަމްގެ ހިލަމެއްވާ ހިސާބަކު ނެތެވެ.
ރޮވިފައިވާ ހާލު ރޭޝަމް ތެދުވެ ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. ފައި އޮޅޭހެންވެސް ހީވިއެވެ. ބިރުންގޮސް ތުރުތުރު އަޅަމުންދިޔައެވެ. އެވަގުތު ފަހަތުން އެފިރިހެންމީހާވެސް ދުއްވައިގަތެވެ. އަދިވެސް ޝިކާރައަށް ދަހިވެތިވެފައިވާ ކަހަލައެވެ. ފަހަތުން ކައިރިވަމުންދިޔަ ބަރު ފިޔަވަޅުތަކުގެ އަޑު ކަންފަތުގައި ޖެހުމާއެކު ރޭޝަމްގެ ދެފައި ތުރުތުރު އަޅަންފެށިއެވެ. ހިތްވަރުކޮށްފައި ކޮޓަރިއާ ދިމާލަށް ރޭޝަމް ދުއްވައިގަތެވެ. އެވަގުތު ކުރިމަތިން އައި މީހެއްގެ ގައިގައި ރޭޝަމް ޖެހުނެވެ. ދެލޯ ބޮޑުވުމާއެކު އެމީހެއްގެ މޫނަށް ރޭޝަމްއަށް ބަލާލެވުނެވެ. އެއާއެކު އެމީހެއްގެ ގައިގައި ބާރަށް އޮޅުލައިގަނެވުނެވެ.
“ ކިހިނެއްވީ؟..އަހަރެން ކައިރީ ބުނެބަލަ.. ކީއްވެ ތި ރޮނީ؟“ ޒާހިދު އޭނަގެ ދެއަތުގެ ހިމާޔަތް ރޭޝަމްއަށް ދެމުން ހާސްވެފައިހުރެ ސުވާލުކުރިއެވެ. ރޭޝަމްއަށް ޖަވާބެއް ނުދެވުނެވެ. ގިސްލަ ގިސްލާފައި ރޮވެން ފެށުނީއެވެ. ރޭޝަމް އެގޮތަށް ރޯތަން ފެނުމުން ޒާހިދުގެ ހިތަކަށް ކެތެއް ނުވިއެވެ. މީހެއް ދެކެ ހަގީގީ ލޯބިވާ މީހެއްނަމަ އެމީހެއްގެ ލޮލުން އޮހެރޭ ކޮންމެ ކަރުނަތިއްކެއްގެ އަގު ވަޒަންކުރާނެއެވެ. އަދި އޭގެ ބަދަލުވެސް ހޯދައިދޭނެއެވެ. ޒާހިދުވެސް ރޭޝަމް ދެކެ އެވަނީ އެފަދަ މާތް ލޯތްބެކެވެ.
“ ޕްލީޒް އަޅެ ބުނެބަލަ…. ތިވަރަށް ނުރޮއިބަލަ..“ ޒާހިދު ރޭޝަމް ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ. އެވަގުތު ކުރިމަތީގައި އިން ފިރިހެންމީހާ ފެނުމުން ޒާހިދުގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިޔައެވެ.
“ ބަޑީ… ހާދަ ޗާލު މަންޖެއެކޭ ތީ ދޯ… އައި ވޮނަ ޓްރައި…“ އެމީހާގެ ދުލުން އެބަސްތައް ބޭރުވުމާއެކު ޒާހިދުގެ ލޭ ހޫނުވިއެވެ. ބަލާކަށް ނުހުރެ ކައިރީގައި ހުރި މޭޒުމަތީގައި ހުރި ބިއްލޫރި ފުޅިއެއް ނަގާ އެމީހާގެ ބޮލަށް ތަޅާލިއެވެ. އެއާއެކު އެމީހާގެ ބޯ ފަޅައިގެންގޮސް ލޭ އޮހެރެންފެށިއެވެ. އެވޭނަށް ކެތްނުކުރެވިގެން އެމީހާއަށް ހަޅޭއްލަވައިގަނެވުނެވެ. އެއަޑަށް ޒާހިދުގެ ކޮޓަރީގައި ތިބި އެންމެން ދުވެފައި ބޭރަށް ނިކުތެވެ. ލީޒާއާއި ލަތީފްވެސް ދުވެފައި ބޭރަށް ނިކުތެވެ. ފެނުނު މަންޒަރުން އެންމެންގެ ދެލޯ ބޮޑުވެގެންދިޔައެވެ.
” އޭ އަވަހަށް އެމްބިއުލާންސްއަށް ގުޅައިގެން އޭނަ ހޮސްޕިޓަލަށް ގެންދަން ހިނގާ…“ އެތަނުން ދިގުކޮށް، ކަރުގައި ރިހި ފަށްތަކެއް އަޅާފައި އިން ޒުވާނަކު ބުންޏެވެ. އެއާއެކު އެމީހުން އެންމެންވެގެން އޭނަ ހޮސްޕިޓަލަށް ގެންދިޔައެވެ. މިހާރު އެތާނގައި އިތުރު ބަޔަކަށް ތިބީ ލީޒާއާއި ލަތީފްއެވެ.
” ބަލަ ޒާހިދަށް ކިހިނެއްވެގެންތަ ތިއުޅެނީ؟ ހަމަހޭގަތަ ތިއިނީ؟“ ލަތީފްގެ އަޑު ގަދަވެގެންދިޔައެވެ. އެއަޑަށް ރޭޝަމްގެ ހިތް ބާރަށް ތެޅެންފެށިއެވެ.
” މަށަށް ކަމެއްވެއްޖެތަ؟ އޭނ…“ ޒާހިދަށް ހަޅޭއްލަވައިގަނެވުނެވެ. އެއީ މުޅި ހަޔާތުގަވެސް ފުރަތަމަ ފަހަރަށް ލަތީފްއާ ދިމާލަށް ޒާހިދު ބާރަށް އެއްޗެއް ބުނި ފަހަރެވެ.
” ބަލަ ޒާހިދު ލަދެއް ނުގަނޭތަ ޒާހިދުގެ ބޭބެ ކުރިމަތީ ތިވައްތަރަށް ވާހަކަދައްކާކަށް….“ ލީޒާއަށް އެދޭތެރެއަށް ނުވަދެއެއް ނުހުރެވުނެވެ.
“ ކަންތައް މާ މައްޗަށް ދިޔައިމަ ނުހުރެވޭނެ މަޑަކުންނެއް… މިރޭ މިކަންތައް ގަނޑެއް ނުހިގީސް ލީޒާއްތަ ރޭޝަމް ބަދިގޭގަ ނިދަން ނުބާއްވާނަމައެއް ….އޭނައަށް ކޮޓަރީގަ ނިދޭނެ ހުއްދަ ދީފަ އޮތްނަމަ މިރޭ މީހަކު އޭނަގެ އިއްފަތްތެރިކަން ފޭރިގަންނާކަށް ނޫޅުނީސް…“ ޒާހިދަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގުނެވެ. ދުރުގައި ފާރަށް ލެނގިލައިގެން އިން ރޭޝަމްގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހެރެމުންދިޔައެވެ.
” ހޫނ… މަ އޭރުވެސް ހިތަށް އެރިއޭ މި ސުންޕާގަނޑުގެ ކަމެކޭ މިއީ…ކަލޭ ރީއްޗަކަށް އޮއްވާ ކަލޭ ގަޔަކަށް މީހަކު އަރާނެތަ… ޔަގީނޭ ކަލޭ އަމިއްލަޔަށް ކަން ކުޅި ތިކުޅެނީ ފިރިހެނުންނާއެކު… އެންމެ ފަހުން ޒާހިދުވެސް ކަލޭގެ މަޅީގަ ޖައްސަން ދޯ ތިއުޅެނީ…“ ލީޒާ ރޭޝަމްއާ ދިމާލަށް ރުޅިވެރިކަމާއެކު ބަލާލިއެވެ.
” އޭއި!!!! މިހާރު ތިދަނީ މާ މައްޗަށް… މަށެއްނު އޭނަގެ ބޯ ފަޅާލީ.. ކިޔާ އެއްޗެއް މަށާ ދިމާލަށް ކިޔާ.. ރޭޝަމްއާ ދިމާލަށް އެކައްޗެކޭވެސް ކިޔައިގެން ނުވާނެ.. އޭނައަކީ ތިހީކުރާކަހަލަ އަގެއް ނެތް މީހެއް ނޫން.. ލީޒާއްތަ ކީއްކުރަން… މިދުނިޔޭގެ އެންމެން އައިސް އަހަރެން ކައިރީ ތިހެން ބުންޏަސް އަހަރެންނެއް ގަބޫލެއް ނުކުރާނަން ރޭޝަމްއަކީ އިއްފަތްތެރިކަމެއް ނެތް ކުއްޖެއް ކަމަކަށް …“ ޒާހިދަށް ދަތްކުނޑި ވިކާލެވުނެވެ.
” ޒާހިދަށް ކިހިނެއްވެގެންތަ ތިއުޅެނީ؟ ބަލަ ޒާހިދުގެ އެއްވެސް އުފަލަކަށް މިބޭބެ ހުރަސްއެޅިންތަ؟ މިއަދާ ހަމައަށްވެސް ޒާހިދު ބޭނުން ކޮންމެ އުފަލެއް އަހަރެން އޮންނާނީ ހޯދައިދީފަ… ޒާހިދު ތި ވޭންދެނިވި، އަނދިރި ހަޔާތް ޚިޔާރުކުރުމުން އަހަރެން ކިހާ ނަސޭހަތެއް ދިނިން …އެކަމަކު ޒާހިދުގެ ހިތްހަމަޖެހުމަށްވީމަ ފަހުން އަހަރެން އެއްޗެކޭ ނުބުނީ.. އެކަމަކު މިހާރު ތި ކަންތައް މާ ގޯސްވަނީ…“ ލަތީފް ވާހަކަދެއްކީ މަޑުމައިތިކަމާއެކުގައެވެ.
“ އަހަރެންނަށް ނަސޭހަތްދޭން ވިސްނާއިރު އޭގެ ކުރިން އަމިއްލަ ދިރިއުޅުމާ މެދު ބޭބެ ވިސްނާލަބަ… އާމިރާ ދައްތަ އެއޮށް ހުރިހާ ގުރުބާނީތަކެއް މި އާއިލާއަށްޓަކާ ވީމަ އޭގެ ބަދަލު ބޭބެ ދިނީ ކިހިނެއް؟ އެފަކީރު ރޮއި ރޮއި ސަލާންޖަހަޖަހާ ހުއްޓާ ގެއިން ނެރެލީ…. ދަރިން މަންމައަކާ ތިވަކިކޮށްލީ… އެދަރިންނަށް ކުރާނެ ނޭދެވޭ އަސަރު އިހުސާސެއް ނުކުރެވޭތަ؟ އެކުދިންނަށް ބައްޕައެއްގެ ލޯބި ދެވޭތަ؟ ނުދެވޭ ….ބޭބެއަކަށް އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަން…“ ޒާހިދުގެ ދެލޯ ފެންކަޅިވިއެވެ. އެވާހަތައް އަޑުއަހަން ރޭޝަމްއަށް އިނދެވުނީ ދެލޯ ފެންކަޅިވެފައިވާ ހާލުގައެވެ. ލަތީފްއަށް ބުނާނެ އެއްޗެއް ނޭނގިފައި އިސްދަށަށް ޖަހާލެވުނެވެ.
ޒާހިދު އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިއަށް ގޮސްވަނެވެ. އެހުރި ފިޔަވަޅު މަތީގައި ޒާހިދަށް ބަލަހައްޓައިގެން ރޭޝަމްއަށް ހުރެވުނީ ކިހާއިރެއްވަންދެން ކަމެއްވެސް ނޭނގެއެވެ.
އެރޭގެ ނިދި އެއްކޮށް ގެއްލިގެން ދިޔަކަހަލައެވެ. ގިސްލެވޭ ހާލު، ވެގެންދިޔަ ކަންތަކާމެދު ރޭޝަމްއަށް ވިސްނެމުންދިޔައެވެ. ސިގިރޭޓަކަށް ފަހު ސިގިރޭޓެއް ރޯކުރަމުން ދިޔައިރު ޒާހިދަށް ވިސްނެމުންދިޔައީ ޒާހިދުގެ ބަނަ ހަޔާތާ މެދުގައެވެ.
އެނދުގައި އޮށޯވެގެން އޮތް އިރު ލަތީފްގެ ލޯ ކުރިމަތީގައި ސިފަވަމުންދިޔައީ އެތައް އަހަރެއް ކުރީގެ ހަނދާންތަކެވެ. އުފާވެރި ކުޑަކުޑަ އާއިލާއެވެ. އެއާއެކު އެދެލޮލުން ކަރުނަ ފާއްދާލިއެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވެމުން ދިޔައެވެ. މާފަށް އެދި އެދިވާ ހާލުގައެވެ.
އިރުއެރުމާއެކު ރޭޝަމް ފުރަތަމަވެސް މަންމައަށް ގުޅާލިއެވެ. އެހެނަސް ހިނގައި ދިޔަ ކަންތައްތަކުގެ ވާހަކައެއް ކިޔައެއް ނުދެއެވެ. މަންމަގެ ހިތުގައި އިތުރު ނުތަނަވަސްވެރިކަމެއް އުފައްދަން ރޭޝަމް ބޭނުމެއް ނޫނެވެ.
ޓެސްޓު ދުވަސްކޮޅު ކައިރިވުމާއެކު ރޭޝަމް އެންމެ އިސްކަމެއް ދިނީ ކިޔެވުމަށެވެ. އެހެނަސް ވަށައިގެން ފެންނަމުންދިޔަ މަންޒަރުތަކުން ކިޔެވުމަށް ދޭން ބޭނުންވާހާ ސަމާލުކަމެއް ނުދެވެއެވެ. މާލްގެ މިލާފައިވާ މޫނު ފެންނަ ކޮންމެ ފަހަރަކު ރޭޝަމްގެ ހިތްވެސް ރޮއެވެ. ކުޑަކުޑަ ޔަނާލްގެ ކަންތައް އިރާދަކުރެއްވީތީ އިމްލީ ވަރަށް ރަނގަޅަށް ބަލަހައްޓައެވެ.
ގޭތެރޭގައި ބަސް ހުއްޓި ދިރުން ނެތެމުން ދިޔައެވެ. ލަތީފާއި ޒާހިދު އެކަކު އަނެކަކާ އަނގަ އިންނެއް ނުބުނެއެވެ. ލީޒާއަކަށްވެސް މިހާރަކަށް އައިސް އެއްޗެކޭ ބުނާކަށް ނުކެރެއެވެ.
“ އައި ވޯންޓް ޓު މީޓް ޔޫ…“ ފޯނަށް މެސެޖެއް އައުމާއެކު އެމެސެޖް ރޭޝަމް ބަލާލިއެވެ. ނުދަންނަ ނަންބަރެއް ކަމުން ރޭޝަމް އެއަށް ރިޕްލައި ނުކޮށް ބޭއްވީއެވެ.
“ ރޭޝަމްއަށް ވެސް އަހަރެން އިނގޭނެ… އާ މޫނެއް ނޫނޭ… ރޭޝަމްވެސް ވަރަށް އުފާވާނެ… ސޯ ޓުނައިޓް އާރޓިފިޝަލް ބީޗަށް..9 ގަ“ އަނެއްކާވެސް ހަމަ އެނަންބަރުންނެވެ. މިފަހަރު ރޭޝަމްގެ މޫނުމައްޗަށް ލުއި ހިނިތުންވެރިވުމެއް ވެރިވިއެވެ. އެއީ ކާކުކަން ރޭޝަމްއަށް ޔަގީންވިކަހަލައެވެ. “ޔެސް.. އަހަރެން ދާނަން..“ ހިނިތުންވެލަމުން ރޭޝަމް އެމެސެޖަށް ރިޕްލައިކޮށްލިއެވެ.
“ ޓުނައިޓް އާރޓިފިޝަލް ބީޗަށް އެޓް …9“ ފޯނަށް އައި މެސެޖް ފަރުވާކުޑަ ގޮތަކަށް ޒާހިދު ބަލައިލިއެވެ. ރިޕްލައި ކުރާކަށް ޒާހިދު ބޭނުމެއް ނުވިއެވެ. ރިޕްލައި ކުރިޔަސް ނުކުރިޔަސް އެކަމުގެ ތެރޭގަ އުޅޭހާ ހިނދަކު ޖެހޭނީ ދާންކަން ޒާހިދަށް އިނގެއެވެ.
” ކީއްވެ މާލް މަންމި ދިޔައީ.. މާލް މަންމި ނެތީމަ ވަރަށް ދެރަވޭ…“ މާލް ރޭޝަމްގެ ގައިގައި ބައްދާލިއެވެ. “މާލް.. ދެރަނުވޭ.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މާލްގެ މަންމި އަންނާނެ..“ މާލްގެ ކޮލުގައި ލޯބިން ބޮސްދެމުން ރޭޝަމް ބުނެލިއެވެ. މައެއްގެ ލޯބި ލިބިފަ އެލޯބިން މަހުރޫމުވުމީ ކިހާ ހިތްދަތި ކަމެއްކަން އިހުސާސްކުރެވޭނީ ޚުދު ތިބާ އެލޯބިން މަހުރޫމުވީމައެވެ.
ގަޑިން 9 ޖަހަން ފަނަރަ މިނިޓަށް ވީ އިރު ރޭޝަމް ހުރީ ތައްޔާރުވެލައިގެންނެވެ. އާދައިގެ ގޮތަކަށް ރީތިވެލައިގެން އިންކަމުގައި ވީނަމަވެސް ރޭޝަމްގެ ރީތިކަމަށް ތައުރީފުކުރާހާ ވަރުވެއެވެ.
ފަރުވާކުޑަ ގޮތަކަށް ޒާހިދު ތައްޔާރުވަމުންދިޔައީ އާރޓިފިޝަލް ބީޗަށް ދިޔުމަށެވެ. ޒާހިދު ލައިގެން އިނީ ސޯޓަކާ އަތްދިގު ގަމީހެކެވެ. ފުލް ބްލެކްއެވެ.އެއީ ޒާހިދު އެންމެ ލޯބިކުރާ ކުލައެވެ. ދިގު އިސްތަށިގަނޑު އަވަސް ހަރަކާތަކާއެކު ފަހަތަށް އައްސާލަމުން ފޯނު ނަގާ ގަޑި ބަލާލިއެވެ. އަދި ސިގިރޭޓް ފޮށްޓަކާއި ލައިޓަރެއް ޖީބަށް ލަމުން ކޮޓަރިން ނިކުތެވެ.
އާރޓިފިޝަލް ބީޗަށް ދެވުމާއެކު ޒާހިދު ފޯނުގަ އިން ނަންބަރަކަށް ގުޅާލިއެވެ. އަދި ތަންކޮޅެއް އަނދިރިކޮށް އޮތް ދިމާލަކަށް ހިނގައިގަތެވެ.
ރޭޝަމްވެސް އެތަނަށް ދެވުމާއެކު މެސެޖްކުރި ނަންބަރަށް ގުޅާލިއެވެ. “ހަލޯ.. އަހަރެން މިއިނީ އެތާނގަ.. ކޮބާ ތީނަ؟“ ރޭޝަމް މަޑުމަޑުން އަހާލިއެވެ. އެވަގުތު ރޭޝަމްގެ ފަހަތުގައި މީހަކު ހުރި ހެން ހީވެގެން ފަހަތް ބަލާލިއެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
75 Comments!
Comments are closed.



omg…wat a suprise…
hihihi
vrh reethi..mi faharu vc 1st tha
ya congra unaal
Varah salhi mee bai ves
thanks
One of my favourite stories ???
Please upload the next part soon ??
thanks saa
ok
Nyc..tmrw mrng ga vx new part eh up vaanetha??
mirey eh part up vefa maadhan mornin ga vx up vaane
Koba?
Mornin vyssure mibalany
Belunu varegge adhadhevves neyge ?
miaky miadh mornin ga up kuran jehsi baa ma kurin up vefa myni sry.. mirey dhn up vaany
What’s gonna happen???
Please adhi ebbai up koddhyba mirey. Nuves nidheyne. Hama up veytho check kureveyny
ok imma im gona try to upload it sooneeerrrr
Varah reethi
Cheesemoosa and starfish mii eh myheh tha?
thanks
noo
cheesemoosa aky frndeh eyna buxy vegen starfish ah dhiny up kuran
Masha Allah, wow wow ehbayah vure anehbai furihama.. Starfish haadha haadha molhey.. Enme enme alhaigannany story ge sifa kohdhinumuga.. Kiyamun dhaairu hyvany aslahves manzaru thah lolah fennahen.. Hurihaa gothakunves molhu story eh mee.. Luv u
love u 2 shann
thanks shann
ehn v ma reysh ah msg e kury ehn myheh dhw..vedhaane zaahidh e aneh soru ge boa falhaalyma eyge revenge nagan kamah vc … hyvany ehn kanneyge..
Mi partves vara vara salhi
thanks laal
Masha’allah varah reethi mi part ves?????
thanks mary
Wowww…. story vrh salhi …… curious to know what’s gonna hppn nxt…..?????❤❤❤❤❤❤
hihihi tanks
Starfish kyvve tha assu name nujahany ???? ??? Kuryga jehi cheesemoosa aee koahcheh tha assu??????
kurin up kury mivaahka ehen myheh
starfish aky eyna ge frndeh
cheesemoosa buxykamun dhiny starfish ah up kuran
Dhn cheesemoosa aee boy eh…. starfish thee girl eh…. again hassan is his real name???? Mihen tha e vany???????????
no hassan eh cheesemoosa eh noon .. cheesemoosa v beyrah gos bali vegen
hear is part 14
enjoy
Varah varah varah reethi mi part.. ??konirakun 15 vana part upp vaany?? Eagerly waiting.. varah varah salhi hama.. keep it up ..
mirey thanks munn
wow..mee vvvv fahkaa vaahaka ekey…reysham ah dhera gotheh nahadhah chey…reysham and zaahidhu gulhuvaa…eyrun reethi vaanee
hihihihi
thanks
Nice
thanks
Waiting for 15..
Asluves hama varah rythi story..
thanks
Alhey hadharychey I love u
thanks love u 2
Wow nice story.. I love the concept.. ?❤❤??miadhu hurihaa part eh kiy@ mi nimuny adhi.. Vv nice.. Mi story kurin up vy kn site eh ga thr???
tanks
15vana bayah inthizaaruga…vareh reethi vaahaka
tanks
Woow nice ?
tanks
Wow nice. Next part ge inthixaaruga..
Alhey mihaaru story varah reethi vehje and you r improveing, sometimes mistakes annaane but don’t worry. Then liyaa faharaku rangalhu kurevey tho balaaney dhw…..?
Keep it …..love you …????
kohn mistakeh…
thanks sana
Wow! Wow! Wow! Very very very nice pls upload soon…… Can’t wait….. Keep it up…..
thanks samha
miadhu rangalu bayah tha comment thi kury ?
Nice
thanks
Kurin vs mihaVaaahaka keen.. kon site akahtha kurin up kury??
cheesemoosa ah ingeyny eyna uleni v buxy koh..
Baehfaharu bassthah issfass vefa hurey..
Eii hama ekani mahsala akee faahaga kurevunu..
E noon hurihaa kameh hama supper.
ooh thanks meena
15 koniraku????
mirey
V furihama.. Ur ideas r amazing n surprising..
Waiting for the next part
thanks aimi
?????
thankyou
Starfish. Reysham ah deragotheh nuhadaathi. Mihaaru v biru eba ganey. Thanks v reethi
thanks hihihi
V reethi huvaa….hendhunu kiafin ekam coment kuran adhi vagutheh mi v…roshifihan huregen story kee vx. ??….vvvvv reethi story….I love this ????
hihihihi roshifiha mun vx vaahaka kythy v ufaavehjje
Kobertha next part.. Alhe upp kohbaaa avahah
V reethi
thanks
When next part. Kiyaahithun
mirey
avas koh dhyba plx
mihaaru up vehjje
nice…☺