މަހުދީ އަވްލީން ކައިރިއަށް އަޅާ ކޮންމެ ފިޔަވަޅަކަށް އަވްލީން ފިޔަވަޅެއް ފަހަތަށް އަޅަމުންދިޔައެވެ. ވަކި ހިސާބަކުން އަވްލީންއަށް ހުއްޓެން ޖެހުނީ ފަހަތަށްގޮސް ފާރުގައި ޖެހުމުންނެވެ. މަހުދީ ކުރިއަށްޖެހި އަވްލީންގެ ކޯތާފަތުގައި ކަނާއަތުން ހިފަހައްޓާލުމުން އަވްލީންއަށް ލޯ މަރާލެވުނެވެ. މަހުދީގެ މޫނު އަވްލީންގެ މޫނާއި ކައިރިވަމުން ދިޔައިރު ދެ ހިތުގެ ތެޅުންވެސް ދިޔައީ ބާރުވަމުންނެވެ. ފިޔާތޮށި ކުލައިގެ މަޑު ތުންފަތަށް ބަލަންހުރެ ކައިރިވަމުންދިޔަ މަހުދީއަށް ކުއްލިއަކަށް ދުރަށްޖެހިލެވުނީ ފިޔަވަޅުތަކެއްގެ އަޑު އިވިގެންނެވެ. އެވަގުތު އަވްލީންއަށްވެސް ލޯ ހުޅުވާލާފައި އެއްކައިރިއަކަށް ޖެހިލެވުނީ ދޮރާ ދިމާލަށް ބަލައިލަމުންނެވެ.
“ބްރޯ ހިނގާބަލަ ހުކުރު ވަގުތު ޖެހުމުގެ ކުރިން މޫދަށް އެރިލަންދާން..” ކާގޭ ދޮރުމައްޗަށް އެރި ލަޔާން ބުނެލިއެވެ. “އާން ލަޔާން ދޭ ބޭރަށް. އަހަރެން މިދަނީ އެއްޗެހި ބަދަލުކޮށްލައިގެން.. “މަހުދީ ބުންޏެވެ. ލަޔާން އަވްލީންއަށް ހީލާފަ ނިކުމެގެން ދިއުމުން މަހުދީ އަވްލީންއަށް ބަލާލިއެވެ.
ނޫ ކުލައިގެ ސްކިނީ ޖީންސަކާ އަޅިކުލައިގެ ގަޔަށްދޫ އަތްދިގު ޓީޝާޓެއް ލައިގެން ހުރި އަވްލީންގެ ފައިން ފެށިގެން ބޮލަށް މަހުދީ ބަލައިލީ އެ ހަށިގަނޑުގައި ހުންނަ އަޅައިގަންނަ ދަމާ ބާރެއްގެ ސަބަބުންނެވެ. އަވްލީންއާއި ދިމާލަށް ބަލަންހުރި މަހުދީ ކައިރިއަށް ޖެހިލާ އަވްލީންގެ ކޮލުގައި ތުންފަތް ޖައްސާލިއެވެ. އެވަގުތު އަވްލީންގެ ނޭވާވެސް ހީވީ ތާށިވީހެންނެވެ. ދުރަށް ޖެހިލުމަށްފަހު ދެން ނޭވާލާށޭ ބުނެފައި މަހުދީ ނިކުމެގެންދިޔައީ އަވްލީން އަތުގައިވެސް ބޮސްދީފައެވެ.
މޫދުން އަރައިގެން އައި ލަޔާންއަށް ވިޝިކާ ފެނުނީ ގޯތީގައި ބަހައްޓާފައިހުރި ޖޯލިތަކުން ޖޯއްޔެއްގައި އޮއްވައެވެ. އެއް އަތް ނިތްމަތީގައި ބާއްވާލާފައި އަނެއް އަތް ބަނޑުމަތީގައި ބާއްވާލާފައި އޮތް އިރު ފެންނަ ކޮންމެ މީހަކަށް އޭނަ އެ އޮތީ ފުން ވިސްނުމަކަށް ގެއްލިފައިކަން އިނގޭހާވެއެވެ.
ލަޔާން ވިސްނާލުމަށްފަހު ގިފިއްޔަށްވަދެ އެތާނގައި އިން ބާލިދީއަކަށް ފެންއަޅައިގެން ނިކުމެ މަޑުމަޑުން ހިނގާލާފައި ދިޔައީ ވިޝިކާގެ ފުރަގަހުންނެވެ. ވިޝިކާގެ ފުރަގަހަށް ހުއްޓި ގަޔަށް ފެން ބާލިދީ އޮއްސާލުމާއެކު ވިޝިކާ ފުންމައިގެން ތެދުވެ ފަހަތަށް އެނބުރުނީ ކާކު ކުރިކަމެއްތޯ ބަލާށެވެ. “ލަޔާ ދޮންބޭ… ބަލާބަ ކުރިކަންތައް” ވިޝާކާ ތުން ދަމާލާއި ބުނެލިއެވެ. ލަޔާން ހުރީ ރަކިވިވަރުން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ވިޝިކާކަމަށް ހީކޮށް އޭނައަށް ފެން ބާލިދީ އޮއްސާލެވުނީ ވިޝާކާގަޔަށްކަން އިނގުމުން ލަޔާން ބޭނުންވީ އެކަން ސިއްރުކޮށްފައި އޭނާ ގަސްތުގައި ވިޝާކާއާ ސަމާސާކޮށްލަންވެގެން ފެންޖެހީކަމުގައި ހަދާށެވެ. ނަމަވެސް ލަޔާން ހުރިގޮތުން ވިޝާކާއަށް ޝައްކުވިއެވެ. “ލަޔާ ދޮންބެ ހީކުރީ ވިޝީކަމަށް ދޯ.. ހެހެހ” ވިޝިކާ ލަޔާންގެ މޫނަށް ބަލަންހުރެ ބުނެލިއެވެ.
ވިޝިކާގެއިން ނިކުތްއިރު ވިޝާކާއާއި ލަޔާން ތެމިގެން ތިބުމުން އެމީހުން ކައިރިއަށް ޖެހިލީ ވީ ގޮތެއް ބަލާލާށެވެ. “ވިޝާ ކީއްވެ ތެމިފައި ތިހުރީ.. މިއަދުވެސް ފެންކުޅުނީދޯ.. ތީ ދެން ލަޔާން މާ ކުރާހިތްވާ ކަމެއްދޯ.. ހެހެ އެހެންނު ވާނީ އަންހެނަކު ފެންނަން ހުރިއްޔާ ދުރުގަ ނުހުރެވޭވިއްޔަ” ވިޝިކާ ވިޝާކާއާއި ވާހަކަ ދައްކަން ހުރެފައި ލަޔާން އަތުގައި އޮތް ބާލިދީ ފެނިގެން ލަޔާންއާއި ދިމާކޮށްލިއެވެ. “ސާބަސް ވިޝީ.. ތި ދެމީހުން ކޯޅެން ތިބޭ.. އަހަރެން މިދަނީ ފެންވަރަން…” ވިޝާކާ ބޯހޫރާލަމުން ހިނގައިގަތީ ވިޝިކާ ކޮންމެ މީހަކާ ދިމާލަށް ކޮންމެ އެއްޗެއްވެސް ބުނަން ފަސްނުޖެހޭތީއެވެ.
ވިޝާކާ ހިނގައިގަތުމުން ވިޝިކާ ލަޔާންއަށް ބަލައިލީ ދެމީހުން އެކަނިވުމުން ކުޑަކޮށް ހާސްވެފައިހުރެއެވެ. މީހުން ތިބޭ ތަންތާގައި ލަޔާން އެއްޗެއް ނުބުނިކަމުގައިވިޔަސް އެކަނިވުމުން އޭނާގެ ޝައިތާނީ ބައި ވިޝިކާއަށް ދައްކާލާނެކަން އޭނާއަށް އިނގެއެވެ. ” އަންހެނަކު ފެންނައިރަށް ދުރު ނުހުރެވޭ ކިޔާ މީހާއަށް ފިރިހެނުންނާ ދުރުން އުޅެވޭތަ؟ މީހަކާ ރައްޓެހިވެގެން ވަކިނުވެވޭވަރުވެގެން އުޅޭއިރުވެސް އެހެން ފިރިހެނުންގެ ކޮޓަރިއަށް ގޮސް ކިސްކުރާއިރު ލަދެއްނުގަނޭދޯ.. އަދި މީހަކު ކައިރިވެލާއިރަށް ހީވަނީ ދޯ އެމީހަކު އެ އުޅެނީ ވިޝިކާއާއި ހެދި މޮޔަވެގެންނޭ.. ތީ މީހަކު ލޯބިވެގެން މޮޔަވާވަރުގެ އަންހެނެއްތަ؟ ” ލަޔާން ވިޝިކާ އާއި ދިމާލަށް ލޯ އަޅާލަމުން ކިޔާލިއެވެ. “ހުއް.. ކަލޭ ކުރިކަމެއް އެއީވެސް. އަދި އެބައުޅެއެއްނު މަގޭ ބޮލުގަ އަޅުވަން. މިގޭގަ މަށަށް ނުވަދެވޭނެ ކޮޓަރިއެއް ނުހުންނާނެ. އަދި މަ ވަނަސް ކަލެއަކަށް މަށެއް ނުވެސް ނެރެވޭނެ. ނިކުންނަންޖެހޭނީ އަމިއްލަ މީހާ.. ދުވަހަކު މީހަކު ލޯބިނުވިޔަސް މީހަކާ ނީނދެ ހުއްޓަސް ކަލެއަކާ ނޫޅޭނަން. ނުވެސް އިންނާނަން. އެހެންމަ މަށަށް ކަމެއް ކުރަން ނޭނގުނަސް ކަލޭ ހާސްވާކަށްނުޖެހޭނެ.” ވިޝާކާ އޭނަ ބޭނުންވި އެއްޗެއް ކިޔާފައި ދާން ހިނގައިގަތުމުން ލަޔާން ހުރީ ވިޝިކާ ދާ ދިމާލަށް ބަލާށެވެ.
ރޭގަނޑު ކައި ނިމުނުގޮތަށް ވިޝާކާ އަވްލީން ގޮވައިގެން އެ ގުރޫޕް ފާތުންމެންގެއަށް ދިޔައީ ދަތުރުދާން ރޮށި ފިހާށެވެ. ތަންކޮޅެއް ގިނަ ރޮށި ފިހަން ޖެހުމުން އަވަހަށް މަސައްކަތް ފެށީ އެހާ ދަންވުމުގެ ކުރިން ނިންމާލެވޭތޯއެވެ.
ބެލްކަނީ ސޯފާގައި އޮށޯވެލައިގެން އޮތް ވިޝިކާއަށް މީހެއްގެ ހިލަންވިހެން ހީވެގެން ބަލައިލިއިރު ލަޔާން އައިސް ވިޝިކާއާ އަރާ ހަމަވީއެވެ. ލަޔާން ފެންނައިރަށް ވިޝިކާގެ ހިތަށް އިނގުންވެލައިގެން ދިޔައެވެ. ކަކުލާ ހަމައަށް އަރާ ސޯޓަކާ އަތްކުރު ޓީޝާޓެއްލައިގެން ހުރިއިރު އެ ރީތިކަމަށް ގެއްލިފައި ވިޝިކާއަށް އޮވެވުނީ ކަޅިވެސް ޖަހާނުލައި ލަޔާންއަށް ބަލާށެވެ. “ހާދަ ވަރަކަށް ތި ބަލަނީ. މާ ރީތިވީތަ؟ އެހެންނޫނީ އެހެންކަމެއް ބޭނުންވީތަ؟” ލަޔާންއާ ދިމާލަށް ވިޝިކާ ބަލަން އޮތްގޮތުން ލަޔާން ކައިރިއަށް ހިނިއައި ނަމަވެސް ހިނިގަނޑު ކޮންޓްރޯލް ކޮށްލަމުން ވިޝިކާއާ ދިމާލަށް ގުދުވެލިއެވެ.
“ޔޫ.. ހަމަމިހާރު ދުރަށްދޭ.. ކަލޭ ހީކުރީ މަމީ ކުޅޭ އެއްޗެއް ކަމަށްތަ؟ މީގެ ފަހުން މަށާ ކައިރިނުވާތި. ހަމަ ހުވާ މަންމައާ ހެދި ގޭގަ އޮންނަންޖެހޭތީ ބޮޑުކަމެއް. މި ފިރިހެނަކާ ހެދި އުޅެން އުނދަގޫވެއްޖެ.. އަންހެނަކު ނުފެނިފަ ހުންނަ މީހެއް..” ވިޝިކާ ލަޔާންގެ މޭގައި އަތްއަޅާ ކޮށްޕާލާފައި އެއްޗެހި ކިޔަމުން ތެދުވެ ދާން ހިނގައިގަތެވެ. ވިޝިކާގެ ހިތުގައި ލަޔާންއަށް ހާއްސަކަމެއްވި ނަމަވެސް އެކަން ލަޔާންއަށް އިނގޭކަށް ވިޝިކާ ބޭނުމެއްނުވެއެވެ. އެކަން އިނގިއްޖެނަމަ ލަޔާން ވިޝިކާ އާއި ދިމާކޮށް މަލާމާތްކުރާނެކަން ވިޝިކާއަށް އިނގެއެވެ. އެހެންކަމުން ވިޝިކާގެ އިހުސާސްތައް ބޭރުކޮށްލަނީ ރުޅީގެ ސިފައިގައެވެ.
ވިޝިކާ ތެދުވެގެން ހިނގައިގަތުމުން ލަޔާން ވިޝިކާގެ އަތުގައި ހިފެހެއްޓިއެވެ. “އަތުން ދޫކުރޭ.. ކިތައް ފަހަރު ބުނެފިންތަ ގައިގަ އަތްނުލާށޭ..” “އޫޕްސް ކީއްކުރާނީ ގައިގަ އަތްލިއްޔާ.. ފެނުނީމަ ހަމަ ދުރު ނުހުރެވެނީއޭ.. އެހެން ނޫނަސް އަހަންނަށް އިނގޭ ވިޝިކާވެސް އަހަރެންކައިރިއަށް އަންނަން ބޭނުންވާކަން.. ބުނެބަލަ ނުވޭތަ” ލަޔާން ވާހަކަ ދައްކަމުން ވިޝިކާއާ ކައިރިއަށް ޖެހެމުން ދިޔައެވެ. އަދި ވިޝިކާގެ ކަންފަތްދޮށަށް ލެފިފައި ވައިއަޑުން އެއްޗެއް ބުނެލިއެވެ.
ލަޔާންގެ ހޫނު ނޭވާ ވިޝިކާގެ ކަންފަތަށް އެޅުމުން ގައިން ހީބިހި ނަގައިގެން ދިޔަ ކަހަލަ އިހުސާސެއް ވިޝިކާއަށް ކުރެވުނެވެ. އަދި ޖެހި ބުދެއްހެން ބަހެއް ނުކިޔާ ލޯ މަރާލައިގެން ހުއްޓުން އަރާފައި ހުރެވުނީ ލަޔާން ވިޝިކާގެ ކަނދުރާގައި ތުންފަތް ޖައްސާލުމުންނެވެ. “ވިޝިކާއަށް މަޑުމަޑުން އޭނަގެ އަތް އުފުލާލާ ލަޔާންގެ އިސްތަށިގަނޑުގައި ހިފަހައްޓާލެވުނީ ބޭއިހުތިޔާރުގައެވެ. “ކޮބާ މަ ބުނީމެއްނު ވިޝިކާ މަށަށް ބޭނުންވޭ. އެ ގޮތް މި ބަލާލީ.ހެހެހެހ..” ލަޔާން ވިޝިކާގެ ކަންފަތްދޮށުގައި ބުނެލި ޖުމްލައިން ވިޝިކާއަށް ހީވީ މީހަކު އޭނާގެ ހިތުގައި ވަކިއަޅާ ދަމާލިހެންނެވެ.
ތެޅިގަނެފައި ލަޔާންގެ މޭގައި އަތްއަޅާ ކޮށްޕާލީ ދިރޭ އެއްޗެއް ކަށިޖެހުމުން އެ އެއްޗެއް ފޮޅާލާހެންނެވެ. ލަޔާން ހޭންފެށީ ވިޝިކާގެ މޫނަށް އަރާފައި ހުރި ކުލަވަރު ފެނުމުންނެވެ. ދެ ލޯ ބޮޑުކޮށްލައިގެން ބަލަން ހުރިގޮތް ފެނުމުން ލަޔާންގެ ހިތުގައި ރަހުމް އުފެދުނެވެ. ކިތަންމެ ގަދަކޮށްލާފައި އުޅުނު ނަމަވެސް އެކަހަލަ ވަގުތެއްގައި ހިތުގައި ޖެހޭނެވަރު ލަޔާންއަށް އަންދާޒާކޮށްލެވުނެވެ. ލަޔާންއަށް ބަލަންހުރި ވިޝިކާ ދުވެފައިގޮސް ކޮޓަރިއަށް ވަނުމުން ލަޔާން ބޮލުގެ ފުއްކިބާގައި އަތް ހާކާލީ ވިސްނުމެއްގައި ހުރެއެވެ.
ގުރޫޕުގައި 5 ކުދިން ތިބި ނަމަވެސް ރޮށި ފިހަން ގޮސް ތިބީ އެންމެ ތިން ކުދިންކަމުން އެ ތިން ކުދިންނަށް އަވަހަށް އެ މަސައްކަތް ނުނިންމިދާނެތީ ތިބީ ކަންތައް ބޮޑުވެފައެވެ. ފަތިހު ފަތިސް ނަމާދު ކޮށްގެން ބަނދަރަށް ދާން ބުނެފައި އޮތުމުން ވީ އެންމެ އަވަހަކަށް އޮށޯވެ ނިދަން ބޭނުންވެފައި ތިބުމުން ދެ އުނދުނަށް ދެ ތަވާ އުނދައިގެން ރޮށި ފިހަން ފެށީ އަވަސް ކުރުމަށެވެ. އަވްލީން ރޮށި ދަމާވަރަށް ވިޝާކާއާއި ފާތުން ފިހަމުންދިޔައެވެ.
“ހެލޯ ގާލްސް.. މައި ލަވްލީ މީނީ މިތާނގަދޯ ފިލާ.. ކިހާއިރެއް ހޯދާތާ.. ކޮން ގުރޫޕެއްކަން ނޭނގިގެން އުޅޭތާ ކިހާއިރެއް… ތިކަން ނިންމާފަ ހިނގާބަލަ މަށާއެކު ހިނގާލަން ދާން… ” ނުވެސް ވިސްނާ ތިއްބާ މޯޑްއާއި އަޒްހީންގެ އިތުރުން އެހެން ދެ ކުއްޖަކު އައިސް ބަދިގެއަށް ވަނުމުން އަވްލީން އާއި ވިޝާކާ ތިބީ ވަރަށް ހާސްވެފައެވެ. ބަދިގޭ ދޮރު މަތީގައި އެކަކު ހުއްޓިލައިގެން ހުރިގޮތުން މިރޭ ސަލާމަތުން ގެއަށްދެވުމަކީ އުނދަގޫކަމެއްކަން ވިޝާކާއަށް ވިސްނުނެވެ. ވިޝާކާ ރޮށި ފިހަން ހުރެ ފޯން ނަގައިގެން މަހުދީއަށް މެސެޖެއް ފޮނުވާލިއެވެ.
ރޮށި ފިހެ ނުނިމިގެން ލަސްވެފައި ހުރި މޯޑް އަވްލީންއަށް ޖެއްސުންކުރަމުންދިޔައެވެ. އަވްލީން ކައިރިއަށް ޖެހި އަވްލީންގެ އިސްތަށިގަނޑާއި ބެހިބެހިފައި އިސްތަށިގަނޑުގައި ޖަހާފައި އިން ވޫލް ނައްޓާލުމުން އަވްލީން މޯޑްއަށް ބަލާލީ ހިތްހަމަނުޖެހި ހުރެއެވެ. އަވްލީންގެ އިސްތަށިގަނޑު އުނަގަނޑަށްވުރެ ތިރިއަށް އޮވެފައި އެހާ ފަންވުމުން މޫނުމައްޗައް އިސްތަށިތައް އެޅި ރޮށިދަމަން އުނދަގޫވިއެވެ. އޭރު ތަށީގައި އޮތީ ދެތިން ފުއްގުޅަކަމުން އަވްލީންދިޔައީ ފާތުންއާ ރޮށި ދަމަން ހަވާލުކޮށްފައި އަތްދޮންނާށެވެ. “ދައްކާ މަ އަތްދޮއްވާލަދީފާނަން. އިސްތަށިގަނޑު ނިއުޅާލާފަ އޮންނައިރު ހާދަ ރީއްޗޭ. ކީއްވެ އިސްތަށިގަނޑު އަބަދު ބޮޑު ހުޅިއެއްޖަހާފަ އެހެންނޫނީ ވޫލަކުން ބަނދެފަ އޮންނަނީ..” އަވްލީން އަތްދޮންނަން ހުރިއިރު މޯޑްގޮސް އަވްލީންގެ އިސްތަށިގަނޑާއި ކުޅެމުންދިޔައެވެ. އަވްލީން ރުޅިގަދަވެފައި ހުރި ނަމަވެސް މޯޑްގެ އަތް ފޮޅުވާލަން ނުކެރުނީ އަތްފޮޅުވާލައިފިނަމަ ދެން މޯޑް ކަންތައްކުރާނެގޮތެއް ނޭނގޭތީއެވެ.
“ހައި ގާލްސް.. ހައި ބޯއީސް.. މީ ހާދަ ކުދިން ގިނަ ގުރޫޕެކޭދޯ.. ވިޝާ ބުނީ 5 ކުދިންނޭ ތިބެނީ ގުރޫޕެއްގަ. އެކަމަކު މި ގުރޫޕްގަ މާ ބައިވަރު ކުދިން އެބަތިއްބެއްނު.. އަދިވެސް ނިމޭކަށްނުވޭތަ؟ ނިމެނީދޯ.. އެމީހުން ނިމުނީމަ ގޮވައިގެންދޯ ދާނީ؟” ބަދިގޭ ދޮރުމައްޗަށް އެރި ލަޔާން ވާހަކަދައްކަމުން އޭނާއާއެކު އައިސްހުރި މަހުދީއަށް ދޯ ދިނެވެ. ރައްދުގައި މަހުދީވެސް ބޯ ޖަހާލިއެވެ. އެވަގުތު މަހުދީ އާއި ލަޔާން އެތަނަށް އައުމުން މޯޑް އަވްލީންއާއި ދުރަށްޖެހިލާ ނިކުންނަން ހިނގައިގަތުމުން އޭނައާއެކު ދިޔަ އެހެން މީހުންތައްވެސް ފަހަތުން ހިނގައިގަތެވެ.
ރޮށި ފިހެނިމިގެން ގެއަށް ދިޔަ މަގުމަތީގައި ލަޔާންއާއި ވިޝާކާ މަޖާ ވާހަކަތައް ދައްކަމުންދިޔައެވެ. އަވްލީންއާއި މަހުދީވެސް އެމީހުންގެ ސަކަރާތުގައި ބައިވެރިވެ އެމީހުން ކިޔާ އެއްޗެއްސާ ހެމުންދިޔައެވެ. ދަތުރުގޮސް ކުރާނެ މަޖާ ކަންތައްތައް ރާވަމުން ހަތަރު މީހުން އެކުގައިގޮސް ގެއަށް ވަންއިރު ވިޝިކާ އޮތީ ސޯފާގައި އޮށޯވެގެން ޓީވީ ބަލާށެވެ. “ވިޝީމެން ގުރޫޕަށް އިނީ ކޮންކަމެއްތަ؟ ވިޝީ ނުދަންތަ ދަތުރަށް ރެޑީކުރާކަށެއް؟” ވިޝާކާ ޖެހިގެން އިން ސޯފާގައި އިށީންނަމުން އަހާލިއެވެ. “އަހަރުންނަށް އިނީ މިކޮޅުންވެސް އެކޮޅުންވެސް ދޯންޏަށް އެއްޗެހި އަރުވާ ބޭލުން..” ވިޝާކާ ޖަވާބުދިނެވެ. އިރުކޮޅަކު ވާހަކަ ދައްކާލަން ތިބެފައި ކޮންމެ މީހެއްވެސް އެމީހެއްގެ ކޮޓަރިއަށް ވަދެ އޮށޯތީ ފަތިހު ފަތިހާ ތެދުވަންޖެހޭނެތީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.



Yey..hadha inthizareh kohfeemey mi vaahaka ah.
Me first tha?
asluvc mi part vrh vrh vrh reethi..
bayeh than than kolhu dhefaharu vc kiyan reethi kamun gos..
kyhve tha ehaa lahun up vany…
nikan avahah up kohlla hadhaalyma readers kihaa kiyaa hiyyvaane stry, anyway stry vrh reethi ingey
haadha reechey
Alhe hama miyahvure avahah mi story up koh nudhevenytha?? Kiyaa hithun huhttas mihaaru mi story mathin foohivaan fashaifi.. Aaaaa ehenya aharaku ehfaharu roadhamas Anna usoolun mi story ge baeh e up kohdheny.. Ehbaeh hadhaan nethey fahun anehbai e up kohdheny.. Alhe fahe thy story liyaahithun liyaa myhehtha.. Miyoh rythi story mathin mulhin foohi kuruvaifi
Wowww. Varah reethi ?
Waiting ❤??❤❤
Very nice! But you are not updateing this story iff pls update soon!???????????????
It’s very nice but 2 short