ޒާހިދު އެހެން އެހުމާއެކު ތުއި ގޮތަކަށް އެތެރެއަށް ވަނުމަށް އިޝާރާތްކޮށްލަމުން އެކުއްޖާ އެތެރެއަށް ހިނގައިގަތެވެ.މޫނުން އޮހެރެމުން ދިޔަ ދާތިކިތައް ގަމީހުގެ އަތުން ފޮހެލަމުން ޒާހިދު އެތެރެއަށް ވަނެވެ. އެތެރެއަށް ވަދެގެން ދިޔައިރު އެކި އުމުރުފުރައިގެ މީހުން މަސްހުނިވެ، ފާހިޝް އަމަލްތަކުގެ ތެރެއަށް ޢަރަޤުވަމުންދިޔަ މަންޒަރު ފެންނަމުންދިޔައެވެ. ޒާހިދު ހިނގަމުން ދިޔައީ އެއްކަލަ އަންހެން ކުއްޖާގެ ފަހަތުންނެވެ. ދަނބު ކުލައިގެ ދޮރަކާ ހަމައަށް ދެވުމާއެކު އެކުއްޖާގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. އެކޮޓަރި ތެރެއަށް ވަންނާށޭ ބުނެލަމުން އެކުއްޖާ އެތަނުން ދިޔައެވެ. […]
އެކިވާހަކައިގައި ތިބެގެން ކޮފީބޮމުންދިޔައިރު ފަރޫން އާއި އިބާ ކިތަންމެ ވާހަކައެއް ދެއްކިޔަސް އަލޫކްއިނީ ފޫހިވެފައެވެ. ހަގީގަތަށް ބުނާނަމަ އަލޫކް އަށް އިބާ ފެނުންވަގުތުވެސް ހިތަށް ފޫހިކަންވަނީއެވެ. އިބާ އެބަލާލިގޮތުންވެސް އަލޫކްއަށް އެއީ ރަނގަޅުކުއްޖެއް ނޫންކަން އިހްސާސްވިއެވެ. ނަމަވެސް އެއިން ކަމެއް ފާޅުކޮށްނުލާ ހުރީ ފަރޫން މާ މަޖާވެފަ އިނީމައެވެ. ނަމަވެސް އެކަމުގެ ތެރޭންވެސް އަލޫއަށް ކަޅި ހުއްޓިފައި އިބާ އިންނަތަން ފެނުނުން އަލޫކް އަތްމުއްކަވާލެވެއެވެ. ކޮފީތަށި އެއްކޮށް ބޯލުމާއެކު ފޯއްކޮޅު އަނގަޔާށް ލީގަޑީ އެތެރެެށް ވަދެގެން ދިޔަ […]
“އާނ ބައްޕަ މިހާރު ވޯކްކުރަނީ ބާރޓެންޑާއެއް ގޮތަށް. ހީޒް ސޯ ކޫލް. ރިސޯޓްގެ މެނޭޖާ އެއީ. އެކަމަކު ބައްޕަ ކުރާހިތްވާ ކަމެއްވީމަ އެއްވީކަށް ކުރަނީއޯ ބައްޕަ ބުނީ……ވަރަށް ކުރީ ޒަމާނުގެ ވައްތަރަށް ވިސްނާމީހުން ވެސް އުޅޭދޯ؟ މިދިޔަ އަހަރު އެ ރިސޯޓުގަ އުޅުނު އެއްވެސް ވަރަކަށް ވައިން ނުވިއްކާ ރިސޯޓެއް ހިންގޭނެނަމައޭ ކިޔައިގެން އުޅުނު ސޮރެއް. ބައްޕަ ކުރިކަމަކީ އޭނަ ވައިންގެ ސާރވިސް ދޭ މީހަކަށް ހަދާލީ. އޭނަ ބުނީމަވެސް ބަދަލެއް ނުކުރީމަ އެ ސޮރު ފިލީ. […]
“ގެނޭ އަހަރެން ތި ގެޔާ ހަމައަށް ގެންގޮސްދޭނަން..” މާޒްގެ އަޑަށް އައިކާ ބަލާލިއެވެ. މާޒްގެ މޫނުމަތީގައިވާ ހިނިތުންވުން ފެނުމުން އައިކާގެ އެތެރެހަށީގައި ރޯވެގަތެވެ. “މަރުޙަބާ!” ރުޅިވެރިކަމާއެކު މާޒްއާ ދިމާއަށް އެހެން ބުނެލަމުން އައިކާ އަނެއްކާވެސް ފޮށި ހިފައިގެން ހިނގައިގަތެވެ. މާޒް ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައި އައިކާ ދިޔަ ދިމާއަށް ބަލަން ހުއްޓެވެ. އައިކާ އޭނާއާ ދިމާއަށް އެހެން ބުނަންވީ ސަބަބެއް އޭނާއަކަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. އައިކާ މަގުގެ އެކި ހިސާބަށް މަޑުކުރަމުން ގެއާ ހަމައަށް ދެވުނުއިރު […]
ދުވަހަކީ ހުކުރު ދުވަހެކެވެ. މެންދުރުގެ ނަސްތާށްފަހު ޒުވާންގުރޫޕްރާވަމުން ދިޔައީ ހަވީރު ހުޅުމާލެއަށް ދާށެވެ. ނަމަވެސް އެމީހުންގެ ޕްލޭން މަޑުޖައްސާލަން ޖެހުނީ ގެއަށް މެހެމާނަކު އަންނަވާހަކަ ސަލްމާ ބުނުމުންނެވެ. ހަވީރު ހަތަރެއްޖެހިއިރު އެންމެންވެސް ތިބީ ގޭގެސިޓިންރޫމްގައެވެ. އިރުކޮޅަކުން އިވުނީ އޭގެ ބެލް އަޅާލި އަޑެވެ. ދޮރުހުޅުވަން އައި ނޯކަރުމީހާ ހުއްޓުވަމުން ސަލްމާ ގޮސް އެދޮރު ހުޅުވިއެވެ. ހެވިފައި ހުރެ ސަލްމާ ކުރިމަތީ ހުރި ކުއްޖާއަށް އެތެރެއަށް ވަނުމަށް ދައުވަތުދިނެވެ. އެތެރެއަށް ވަދެގެންއައި އަންހެން ކުއްޖާފެނި އެންމެންވެސް ތިބީ ހައިރާންވެފައެވެ. […]
”ދެން.. ކޮން ކޮޓަރިއަކު ޒޯޔާ ހުންނާނީ.. ދެން ނެތެއްނު ރޫމެއްވެސް..” އާލިޔާ އެހެން ބުނިއިރު އޭނާގެ ހިތް އާދަޔާޚިލާފަށް ބާރަށް ތެޅެއެވެ. ހީވަނީ ޒަހީނާގެ ޖަވާބު އޭނާއަށް އެނގޭހެންނެވެ. ”ރޫމެއް ނެތިއްޔާ ދެން އަލްގެ ކޮޓަރީގައެއްނު ހުންނާނީ..” ޒަހީނާ ވަރަށް ހަމަޖެހިލާފައި އިނދެ ބުނެލިއެވެ. އާލިޔާ އިތުރު އެއްޗެކޭ ނުބުނީ އެހެން ގޮތެއް ނެތީމައެވެ. އިތުރު މީހަކާ ކޮޓަރި ޝެއާ ކުރުމަކީ އޭނައަށް ވާނެ ކަމެއް ނޫނެވެ. އާލިޔާ ސޯފާއިން ތެދުވެ ޒޯޔާއަށް ބަލާލުމަށްފަހު ފުން ނޭވާއެއް […]
“އާދެބަލަ އިށީންނަން އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންބޭނުން” މައުވަން ތެދުވެ އެނދުގައި ހަމަޖެހެލަމުން ބުނެލިއެވެ. މަލާކް އައިސް އެނދުގައި އިށީނެވެ. އަދި ފަށާށޭ ބުނާކަހަލަ ގޮތަކަށް މައުވަންގެ މޫނަން ބަލާލިއެވެ. “އަނހަ…. އަނހަ…. އަހަރެންބުނީ ކޮންއިރަކުންހޭ ދެން ގެއަށް ބަދަލުވާނީ” މައުވަން އަށް ބުނެވުނީ އޭނަ ބުނަން އުޅުނު ވާހަކައެއްނޫނެވެ. ނޭނގޭ ސަބަބަކާހުރެ ލޯބިވާވާހަކަ ބުނަން ފަސްޖެހެނީއެވެ. “މައުވަން ގެއަށް ބަދަލު ވާވާހަކަ ނުދައްކާތީ އަހަރެންވެސް މަޑުކޮށްގެން މިހުރީ. ދެން މަންމަ ކާރީ ބުނެލާފަ ބަދަލުވާންއުޅެންވީ” […]
“ މެރީ ކުރުން …އެއްބަސްތަ؟“ ޒާހިދުގެ މޫނުން އުފާވެރިކަން ފާޅުވަމުންދިޔައެވެ. “ މެރީ ކުރަންށޭ؟؟؟؟“ ރޭޝަމްއަށް ގަބޫލުކުރަންދަތިވިއެވެ. ” ހްމް.. މެރީ ކުރަން…. އެއްބަސްތަ؟ އަހަރެންނަކަށް އިތުބާރެއް ނުކުރަންތަ؟“ ޒާހިދު ރޭޝަމްއާ އިތުރަށް ގާތަށް ޖެހިލިއެވެ. “ އަހަރެންނަކަށް ނޭނގެ… އަހަރެން ޒަފޫ ކައިރީ ވެސް އަހާލަން ބޭނުން…“ ރޭޝަމް ލަދުންގޮސް އިސްދަށަށް ޖަހާލިއެވެ. ” ކީއްކުރަން އެހެން މީހުން ކައިރީ އަހަނީ؟ މެރީ ކުރަނީ އަހަރުމެން ދެމީހުންނެއްނު… އަހަރެން ބޭނުން ޖަވާބެއް ހަމަ މިވަގުތު“ ރުޅި […]
ފުޅާހިނިތުންވުމަކާއެކު ޒޭންއާއި ދިމާއަށް ހިނގައިގަތް އިބާ މަޑިޖެހުނީ އެވަގުތު ސީ.އެޗް.އެސް.އީ އިން ނިކުތް އަންހެން ކުއްޖެއްގެ އަތުގައި ޒޭން ހިފުމުންނެވެ. އެއަންހެންކުއްޖާވެސް ޒޭންފެނުމާއެކު ކުޑަކޮށް ޒޭންގައިގަ ބައްދާލާފައި ދެމީހުންއެކީގައި ގޮސް ކާރަށް އެރިއިރުވެސް އިބާއިނީ ޖެހިބުދެއްހެން މަގުމަތީގައި ހުއްޓިގެންނެވެ. ހިނދުކޮޅެއްގެތެރޭގައި އެއްވެސް އިޒްނަޔަކާއި ނުލައި އިބާގެ ކޯޔާފަތް ތެއްމަމުން ދަތްދޮދޮޅިދަށުން ތިއްކެކަށްފަހު ތިއްކެއް ޖަހަމުން އެދަނީ ކަރުނަނޫން އެއްޗެއްނޫނެވެ. މަގުގެ އެއްފަޅީގައި ގަބުވެފައިނދެ އިބާއަށް ރޮވުނުވަރެއް ދެނެވޮޑިގެންވާނީ ހައްދަވާބޮޑުކުރެއް އިލާހެވެ. ސްކޫލްގެ ގަޑިޖެހި ދެގަޑިވެސް ނިމުންފަހުން އިބާ […]