Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހާމަ ކުރީމާ ލޯބި މަވާކަން 3

Shaish Level 210 Stories100 Comments
December 19, 2017 3 Mins Read
36 Comments

ޒެވިޔަންގެ ގެއިން އެލައިޝާމެން ދިޔައީ މާދަމާ އެންމެން އެކީ ބޭރަށް ދާން ޕުލޭންކޮއްފައެވެ.
ގެޔަށް ދިޔަގޮތަށް އެލައިޝާ ފުރަތަމަވެސް ބެލީ އިލްހާމް ގޭގައި އުޅޭތޯއެވެ.މާދަމާ ބޭރަށް ދާން އިލްހާމް ގާތުން ހުއްދަ ހޯދުމަށެވެ. އެލައިޝާގެ އުމުރުން ތޭވީސް އަހަރު ވެފައިވީ ނަމަވެސް ބޭރައްދާއިރު އަދިވެސް އޭނާ ބައްޕަ ގާތުން ހުއްދަ ހޯދައެވެ.އިލްހާމްގެ ކޮޓަރީ ދޮރުހުޅުވައިލުމުން އޭނާއަށް ލިބުނީ ހައިރާންކަމެވެ.
“ޑޭޑް ކޮންތާކަށް ދާން ތި ޕެކް ކުރަނީ.” “މިއުޅެނީ ވަރަށް ކުއްލި ގޮތަކަށް މުމްބާއީއަށް ދާން ޖެހިގެން.އެކޮޅު މަސައްކަތްތަކާއި ހަވާލުވެ ހުންނަ މުނީރުބެ އޭނަ އަންހެނުން ބަލިވެގެން އަންހެނުން ކައިރިއަށް ރާއްޖެއަށް ދާން އުޅެނީ.އެކޮޅުގަ ދެން ނުހުންނާނެ އިސްކޮށް މަސައްކަތްތަކާއި ހަވާލުވެވޭނެވަރުގެ މީހެއް..އަނެއްކާ އެކޮޅުގަ މިދުވަސްވަރު ވަރަށް ޕާޓީތައްވެސް އެބެއް..އެހެންވެ ޑޭޑް ހިތަށްއެރީ ޑޭޑް ކުޑަ ދުވަސްކޮޅަކަށް އެކޮޅަށް ދާނީއޭ..ލައިވެސް ދާނަންދޯ ޑޭޑްއާއިއެކު. ކިޔެވުން ނިމުނު ފަހުން އަދި ދަރިފުޅު ނުދަމެއްނު އެއްވެސް ތާކަށް.” ފޮއްޓަށް އެެއްޗެހި އަޅަމުން އިލްހާމް އޮޅުން ފިލުވައިދިނެވެ.
“ޑޭޑް އަޅުގަނޑު ބޭނުމީ މިކޮޅުގަ މަޑުކުރަން..ދެ އަހަރު ފަހުން ޒޭވްއާއި މިދިމާވީ..ސޯ އެންމެން އެއްކޮއް އެންޖޯއީ ކޮއްލަން ބޭނުމީ.” އެލައިޝާ ބޭނުންވާގޮތް ހާމަކުރުމުން އިލްހާމް އެކަމާއި އެއްބަސްވިއެވެ.އަދި އެރޭގެ ވަގުތެއްގައި އޭނާ މުމްބާއީއަށް ދާން ފުރާނެ ވާހަކަވެސް ބުންޏެވެ.
“އަސްލު އަޅުގަނޑު މިއައީ މާދަމާ ޒޭވްމެންނާއިއެކު ކަލާޗާ ބީޗަށް ދިޔަސް އޯކޭހޭ އަހަންވެގެން..އެތާ ކައިރީގައި ހުރެއެއްނު މެހެކްމެންގެ ގެސްޓު ހައުސްއެއް ދޯ.އެތާގަ ހުންނަނީ..ދެދުވަހަށް ދަނީ..އޯކޭތަ އަޅުގަނޑު ދިޔަޔަސް..”އެލައިޝާ ބުނެލިއެވެ.އިލްހާމް ހުއްދަ ދިނީ އޭނާއަށް އެލައިޝާގެ ރައްޓެހިންގެ ގޮތް ރަގަނޅަށް އެނގޭތީއެވެ. އިލްހާމް ހުއްދަ ދިނުމުން އެލައިޝާ މެހެކްމެންނަށް ގުޅައިފައި އޭނާއަށް ދެވޭނެކަމަށާއި ހުރިހާ ކަމެއް ރެޑީ ކުރަން އެންގިއެވެ.ފޯނު ބޭއްވީ ހެނދުނު އަށެއް ޖަހާއިރު އެންމެން މެހެކްގެ ގެޔަށް އަންނަ ގޮތަށް ޕުލޭން ކޮއްފައެވެ.
ހެނދުނު އަށެއް ޖެހިއިރު އިބާންއާއި ޒެވިޔަން ހުރީ މެހެކްގެ ގޭގައެވެ.އެމީހުން ދިޔައިރު އަދި އެލައިޝާ ނާދެއެވެ.މެހެކް ގާތުގައި އެލައިޝާ އަންނައިރެއް އެހެމުން އެއީ ގަޑިއަށް ތަނަކަށް އަންނާނޭ މީހެއްހޭ ބުނީ ރުޅިއައިސްފައި ހުރެއެވެ.އިބާން ލާނެތް ގޮތަކަށް ހޭންފެށީ އެލައިޝާއާއި ދިމާކުރާނެ އިތުރު ކަމެއް އިނގުނީމައެވެ.”ވަޓް..މަށަށް ނުބަލާ އޭނައަަށް ގުޅޭތޯ ބަލަންވީއެއްނު ދޯ.” ޒެވިޔަންއާއި މެހެކް ފާޑަކަށް ބަލަން ހުރުމުން އިބާން ބުނެލިއެވެ.
“ޒޭވް އައި ހޭވް ކޯލްޑް ހާރ މޯ ދެން 50 ޓައިމްސް..ޒޭވް ދާންވީއެއްނު އޭނަ ގޮވައިގެން އަންނަން..ޔަގީން ނިދާފަކަން އޮންނާނީ.”މެހެކް އެހެން ބުނުމުން ޒެވިޔަން ނިކުތީ އެލައިޝާމެން ގެޔަށް ދިޔުމަށެވެ.
ޒެވިޔަން ލީހާ މަންޒިލަށްގޮސް އެލައިޝާއަށް ގޮވައިދިނުމަށް އެގޭގައި ގެންގުޅޭ ކޭތް ކައިރިން އެދުނެވެ. އެލައިޝާއަށް ތައްޔާރުވެގެން ނިކުމެވޭވަރުވީ ޒެވިޔަން އިންތިޒާރުގައި އިންނަތާ 45 މިނެޓުވީ ފަހުންނެވެ.” އައި އޭމް ސޯ ސޮރީ ޒޭވް..ލައި ފޯން ސައިލެންޓަށް ލެވިފައޮތީ.މެހެކް އިޒް ގޮނަ ކިލް މީ ޓުޑޭ.ސޭވް މީ ފުރޮމް ހާރ ޕުލީޒް”ދެމީހުން އެކީގައި ގެއިން ނިކުންނަމުން އެލައިޝާ އެހެން ބުނުމުން ޒެވިޔަން ހޭން ފެށިއެވެ.އަދި އެއީ އަބަދުވެސް އޭނާއަށް ކުރަން ޖެހޭ ކަމެއް ނޫންހޭ ބުނެލިއެވެ.
އެލައިޝާމެން މެހެކްގެ ގެޔަށް ދިޔައިރު މެހެކްމެން ތިބީ އެމީހުންގެ އިންތިޒާރުގައި ބޭރަށް ނިކުމެއެވެ.އެލައިޝާ ކާރުން ނިކުތްތަން ފެނުމާއިއެކު މެހެކް ރުޅިއައިސްގެންހުރެ އޭނާއާއި ދިމާއަށް ދާންފެށިއެވެ.މިތަން ފެނި އެލައިޝާ ޒެވިޔަންގެ ފުރަގަހަށް ވަދެ ފިލީ ބިރެއް ފެނިގެން އުޅޭ މީހެއް ފަދައިންނެވެ.
“މެހެކް ރޭގަ ލައި ޑޭޑް ގޮސްފިޔޯ މުމްބާއީ އަށް ..އެހާ ލަހުން ފުރީމަ ލައިއަށް ނިދާލާނެ ޓައިމްއެއް ނުލިބޭނެއެއްނު ދޯ.އެހެންވެ ލައި އަށް ނުހޭލެވުނީ އޯ..އަނެއްކާ ފޯނުވެސް ސައިލެންޓަށް ލެވިފައޭ އޮތީ.” ޒެވިޔަން އެހެން ފަހަރުތަކެކޭވެސް އެއްފަދައިން މިފަހަރުވެސް އެލައިޝާގެ ދިފާއުގައި ވާހަކަ ދެއްކިއެވެ.
“ހަހަހަ..ޒޭވް ތީ އެމަންޖެގެެ ބޮޑީގާރޑުތަ..އޭނަ ދެން އަމިއްލައަށް ގަޑި ކިޔައިފަ ގަޑިއަށް ނައިމަވެސް އެހެން މީހުން ހުންނަންވީ އެއްޗެކޭވެސް ނުބުނެ ދޯ.ތިހާ ހަރުދަނާކަމެއް ނެތިއްޔާ އެހާ ހެނދުނަށް ގަޑި ނުކީނަމައެއްނު..” އިބާން އެހެން ބުނުމުން އެލައިޝާ ގާތަށް ވަރަށް ރުޅިއައެވެ.” ތީނަ ހުންނަނީ އަހަންނާއި ޖައްސާލާފަ ދޯ” ޒެވިޔަންގެ ފުރަގަހުން ނިކުންނަމުން އެލައިޝާ ބުނިއެވެ. ” މަ ކީއްކުރަން މަންޖެއާއި ޖައްސާލައިގެން އުޅެންވީކީ..އުޅޭ ގޮތުން ހަމަ އެއްޗެކޭ ނުބުނެ ނުހުރެވުނީ..އެންޑު މަށަށް ކިޔަނީ އިބާން އިނގޭ.ތީނަ އެއްނޫން..” “އަހަންނަށްވެސް ނަމެއް ދީފަ އޮވެއޭ.މަންޖެއެއްނޫން މަށަށް ކިޔަނީކީ” އެލައިޝާ އެހެން ބުނުމުން އިބާން ބުނީ އޭނައަށް ނަން ނޭންގިގެން ނޫޅޭކަމަށެވެ.
“ފެށީ ދޯ ދެމީހުން.އިބާން ލައި ގަސްދުގައެއް ނޫނެއްނު ކޭކުޖެހީ..އެންޑު ލައި މިއިބާން ވަރަށް ސަކަރާތް ގަދަވާނެ..އޭނަ ކިޔާ އެއްޗަކާއި ރަގަނޅުވާނީ އަޅައިނުލައި ހުރިއްޔާ..ލައިއަކަށް އޭނާ އަނގަދަށަކުން ނޭރޭނެ އިނގޭ.” ޒެވިޔަން އެހެން ބުނުމުން އިބާން އެލައިޝާއާއި ދިމާއަށް ދޫނެރެ ވައްތަރު ޖެއްސިއެވެ.”އިބާންވެސް ނުވާނެ ލައިއާއި ދިމާކޮށްގެން..ހިނގާ ދޯ ދެން ދާން އުޅެމާ..މެންދުރު ވުމުގެ ކުރިން ދެވޭނެ އޭރުން”
“އައި ހޭޓް ދެޓް ގާއި”ކާރަށް އެރި ގޮތަށް އެލައިޝާ ކައިރީގައި އިން މެހެކް ކަންފަތް ދޮށުގައި ބުނެލިއެވެ.” އޯ..ބަޓް އައި ލަވް ދެޓް ގާއި..ހީ އިޒް ސޯ ފަނީ އެންޑު އޭނަ ހާދަ ރީއްޗޭ ދޯ..” މެހެެކް އެހެން ބުނުމުން އެލައިޝާ ފުރަތަމަ ފަހަރަށް އީބާންއަށް ފުންކޮށް ނަޒަރު ހިންގާލިއެވެ.އިސްކޮޅުން ދިގު ހަށިގަނޑުން ވަރުގަދަ ޒުވާނެކެވެ. ގަވާއިދުން ކަސްރަތު ކުރާކަން އެވަރުގަދަ ހަށިގަނޑަށް ބަލައިލި ކޮންމެ މީހަކަށްވެސްް އެނގޭނެއެވެ.އެފަން އިސްތަށިގަނޑުވަނީ ރީތި ގޮތަކަށް ސްޓައިލްކޮއްފައެވެ.” ހަހް..އެއްވެސް ރީއްޗެއްނޫން..އޭނަ ރީތިއްޔާ ޖެހޭނީ ރީތި އެބަހުގެ މާނަ ބަދަލުކުރަން..” އިބާންގެ ރީތިކަމަށް ހިތުން ތައުރީފުކުރި ނަމަވެސް އެލައިޝާ އެކަން ހާމަ ކުރާކަށް ބޭނުމެއްނުވިއެވެ.
45 މިނެޓްގެ ދަތުރަކަށްފަހު ހަތަރު މީހުން ތިބީ ގެސްޓުހައުސްގައެވެ.އެމީހުންގ އަންނަންވާއިރަށް އެތަނުގައި މަސައްކަތްކުރާ މީހުންވަނީ ދެކޮޓަރި ތައްޔާރުކޮއްފައެވެ.އެލައިޝާ ބޭނުންވީ ފުރެޝްވެލައިގެން ނިދާލާށެވެ.ނަމަވެސް މެހެކް ކިޔާވަރުން އޭނާ ބޭރަށްް ނިކުތެވެ.ހަތަރު މީހުން އެކީގައި ދިޔައީ ކައިރީގަ ހުރި ރެސްޓޯރެންޓަކަށެވެ.
ކައި ނިމިގެން ހަތަރު މީހުން ދިޔައީ ބީޗަށެވެ.އެލައިޝާ މޫދު ކައިރީ އިށީންއިރު ދެން ތިބި ތިން މީހުން އެރުނީ މޫދަށެވެ.
“ކޮން އިރަކުންތަ ދެން ލައިއާއި އެވާހަކަ ދައްކަނީ..ތިހެން ލޯބިވާކަން ނުބުނެ ހުއްޓަ ދެން ފެންނާނީ ތެޔޮ ނާށިގަނޑު ކާޅު ޖަހައިގަންނަތަން ކަންނޭންގެ.” ޒެވިޔަންއާއި ކައިރިވެލަމުން މެހެކް ބުނެލިއެވެ.” މެހެކް ހީކުރާހާ ފަސޭހަކަމެއްނޫނޭ މީ..އެއީ މަގޭ އެންމެ ގާތް އެކުވެރިޔާ..ބުނެލާ ތިން ބަހެއްގެ ސަބަބުން އެއެކުވެރިޔާ ގެއްލިދާނެ.އަހަރެން އަދި ވިސްނަން ވަގުތު ބޭނުން..ހަލާ ދަނޑީގެ ދެކޮޅު ބަލައިގެނެއްނު އުޅެންވާނީ” ޒެވިޔަން އެހެން ބުނުމުން މެހެކް ރަގަނޅަށް ވިސްނައިފައި ގޮތެއް ނިންމަން ބުންޏެވެ.
ވެލިގަނޑާއި ކުޅެން އިން އެލައިޝާއަށް މޫދުން އަރަމުން އަންނަ އިބާން ފެނުމުން ތުންއަބުރާލީ ވީފޫއްސެއްގެ ބޮޑުކަމުންނެވެ.”ހޭއި ސުލީޕިން ބިއުޓީ..ކީއްވެތަ މިތާ އެކަނި ތިއިންނަނީ.ފަތަން ނޭންގޭތީ ބިރުންތަ މޫދަށް ނޭރެން ތިހުންނަނީ..އަހަރެން ހިނގައިދާނަމޭ ބުނެލަނިކޮށް މަންޖެގެ ލައިފްގާރޑަކަށް ވެގެން” އެލައިޝާ ގާތުގައި އިށީންދެލަމުން އިބާން ވާހަކަ ދެއްކިއެވެ.
” އިބާންއަށް ކޮންކަމެއް އަހަރެން މިތާ އެކަނި ހުއްޓަސް.އިބާންއަށް އުދަގުލެއް ނުކުރަމެއްނު ދޯ..އެންޑު އިޓްސް އެލައިޝާ ނޮޓް މަންޖެ އިނގޭ.” “އޯކޭ އޯކޭ..އައި ގޮޓް އިޓް.ދެން ނުކިޔާނަމޭ އެހެނެއް..ތިހާ ރުޅިގަދަވާކަށް ނުވާނެ..އަހަރެންގެ މާމަ ބުނާނެ ރުޅިގަދަ މީހުން އަވަހަށް މުސްކުޅިވާނޭ..މަންޖެ މުސްކުޅިވީމަ ވަރަށް ހަޑިވާނެ އިނގޭ..” އިބާން ބޭނުންވީ އިތުރަށް އެލައިޝާ ރުޅިއަރުވާލާށެވެ.”ކޮބާތަ އިއްޔެ ނެގި ސެލްފީތައް.އަހަރެން ވެއްޖެ އެފޮޓޯތައް ރައްޓެއްސަކަށް ފޮނުވަން.އެހާ ރީތިކޮށް ވެލްކަމް ކީމަވާނެއެއްނު ދޯ ކުޑަކޮއް ފޮނިކަޑާލަން ..ލިބިދާނެތަ އެފޮޓޯތައް” މޮޅު ރޭވުމެއް ރާވަމުން އިބާން ބުނެލިއެވެ.އެލައިޝާ އިރުކޮޅަކު އިބާންއާއި ދިމާއަށް ބަލަންހުރެފައި ފޯނު އިބާންއަތަށް ދިނީ އިބާން އަވަހަށް އެތަނުން ފޮނުވާލުމުގެ ބޭނުމުގައެވެ.އޭނާ އުއްމީދުކުރި ގޮތަށް ފޯނުލިބުމުން އިބާން އެތަނުން ދިޔައެވެ. އެލައިޝާއަށް އިބާން ފޯނު އެގެންދިޔައީ ކަމެއް ރާވައިގެންކަމެއް ނޭންގެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaish

Level 210 Stories100 Comments

Other Articles

Previous

އަވްލީން (21ވަނަ ބައި)

Next

ހަމްސަފަރް 2

Next
December 19, 2017

ހަމްސަފަރް 2

Previews
December 19, 2017

އަވްލީން (21ވަނަ ބައި)

36 Comments!

  1. Shann says:
    December 19, 2017 at 12:27 pm

    Wow v salhi vaanehen hyvany mi story

    1. Shaish says:
      December 19, 2017 at 2:12 pm

      Thank you Shann ?

  2. Shann says:
    December 19, 2017 at 12:28 pm

    Me first tha

    1. Shaish says:
      December 19, 2017 at 2:13 pm

      Yeah yuh got first Shann ?

  3. rifu says:
    December 19, 2017 at 12:48 pm

    hama vvvv loabi mi stry…wsiting for nxt part..

    1. Shaish says:
      December 19, 2017 at 2:19 pm

      Thank you rifu ?

  4. Ainthu says:
    December 19, 2017 at 12:48 pm

    Ehaa ginain english bas beynun koffa hunnaathy kiyan varah undhagoo vey.

  5. SJK...KOREAN says:
    December 19, 2017 at 12:58 pm

    Varah salhi???
    Waitingsss ❤

    1. Shaish says:
      December 19, 2017 at 2:20 pm

      Thank you SJK ?

  6. Sham says:
    December 19, 2017 at 1:30 pm

    Wow!!????? waiting ☺ goodluck dear!?❤

    1. Shaish says:
      December 19, 2017 at 2:20 pm

      Thank you Sham ?

  7. Shaish says:
    December 19, 2017 at 1:51 pm

    Hello everyone
    Here is the third part of the story.. Hope yuh all will like it ?❤

  8. Mysh says:
    December 19, 2017 at 2:48 pm

    Woowww..v rythi..ibaan aa elaisha v gulhey..nxt prt avas kohladhehchey..

    1. Shaish says:
      December 19, 2017 at 5:16 pm

      Thank you Mysh ?

  9. Rsh says:
    December 19, 2017 at 3:03 pm

    V Salhi
    Waiting for next…

    1. Shaish says:
      December 19, 2017 at 5:17 pm

      Thank you Rsh ?

  10. Mallu says:
    December 19, 2017 at 4:39 pm

    Vaahaka varah reethi ekam up kuraa iru dhigu kih up koh dheeba…

    1. Shaish says:
      December 19, 2017 at 5:21 pm

      Thank you Mallu ?
      Mi bai innaany kuri bayahvure dhigukohlaafa.. Adhivx dhigukoh up kureveythw try kuraanan

  11. Ifa says:
    December 19, 2017 at 4:42 pm

    Mi vaahaka kiyan foohi gotheh hurey.. vaahaka gai v bodah English bas thah beynun koffa hureema..

    1. Shaish says:
      December 19, 2017 at 5:23 pm

      Dhn liyaa part eh balaanan ehaa ginain English words nulaa liyeveythw

  12. kudaa says:
    December 19, 2017 at 6:00 pm

    Wow! Mi part ves v reethi igey.. waitin 4 de nxt part… gud luck

    1. Shaish says:
      December 19, 2017 at 9:53 pm

      Thank you kudaa ?

  13. .Noor says:
    December 19, 2017 at 9:16 pm

    Miss part varah salhi.. Keep it up dear..

    1. .Noor says:
      December 19, 2017 at 9:29 pm

      *mi

    2. Shaish says:
      December 19, 2017 at 9:54 pm

      Thank you Noor ?

  14. Saeedha Mohamed says:
    December 20, 2017 at 5:23 am

    Mivaahaka ves vàrah reethi.?

    1. Shaish says:
      December 20, 2017 at 7:38 am

      Thank you ?

  15. Shafu says:
    December 20, 2017 at 7:34 am

    Nice keep it up?

    1. Shaish says:
      December 21, 2017 at 11:47 pm

      Thank you Shafu ?

  16. Mary says:
    December 20, 2017 at 8:20 am

    V reethi???

    1. Shaish says:
      December 20, 2017 at 3:55 pm

      Thank you Mary ?

  17. Shaish says:
    December 20, 2017 at 7:21 pm

    Dear all
    Alhugandu ge family kuhjeihge wedding mi friday ga onaathyve next part next sunday ga up kohdheynan ?

    1. asli says:
      December 24, 2017 at 5:13 pm

      Hi shaish….
      still waiting ……………
      when uploading 🙁

  18. asli says:
    December 24, 2017 at 5:13 pm

    Hi shaish….
    still waiting ……………
    when uploading 🙁

    1. Shaish says:
      December 24, 2017 at 5:17 pm

      Type kohlevunuhaa avahakah upload kohladheynan

  19. ShahoooJin:* says:
    July 2, 2018 at 1:59 pm

    Kaaku buny my baby hadivaaneyey muskulhi veema. I want to grow old with her

Comments are closed.

Next Episodeހާމަ ކުރީމާ ލޯބި މަވާކަން 4←


All Right Reserved!