
ނޭންގިހިތޭ ގެންދެވީމަ މިތުރާ… (4)
ގެއަށް ދިޔަމަގުމަތީގައި އެއްވެސްމީހަކު ވާހަކައެއްް ނުދައްކައެވެ. އެެެހެންޏާ އަނގަޔަށް ބޮލިރަވައެއް ލައިގެން އުޅޭހެންހިވާ ފަރޫންވެސް އިނީ އަނގައިގައި ޒިބުއަޅުވާފަހެން ހީވިއެވެ. ފަރޫން އައިސް އޭނަގެ ގޭކައިރިއަށް މަޑުކޮށްލުމުން އަލޫކް ފަރޫންއަށް ބަލާލީ ސުވާލުގެ ނަޒަކުންނެވެ. “ހިނގާބަލާށޭ” ކިޔާ ފަރޫން ފެއިބުމާއެކު ފަހަތުން ލޫޔާވެސް ކާރުން ފެއިބިއެވެ. އަލޫކް ކާރުން ފޭބުމާއެކު ފަރޫން ފަހަތުން ހިނގައިގަތް ލޫޔާ ބަލާލިއިރު ހީވަނީ އަލޫކް ވިރުވާލަން އުޅުންހެންނެވެ. ލޫޔާގެ އެތޫނު ނަޒަރުން ސަލާމަތްވުމަށް އިސްޖަހާލައިގެން ހިނގައިގަތް އަލޫކްއިތުރަށް ލޫޔާއާއި ކުރިމަތިލާކަށް ނުކެރުނެވެ.
ގޭތެރެއަށް ވަދެގެން ދިޔައިރު ފަރޫންއާއި ލޫޔާގެ ގާތްކަން ފެނުންނަމަވެސް އަލޫކް އެދިމާބަލާކަށް ގަސްތެއްނުކުރެއެވެ. ފަރޫންބުނާހެން ލޫޔާ އަމިއްލަޔަށް އައީކަމަށްނިންމާފައި ފިކުރެއްހިޔާލެއްނެތި އައިސް ލިވިންގްރޫމްގައި ޖައްސާލީ ފަރޫންއާއި ލޫޔާއެކީގައި ފަރޫންގެ ކޮޓަރިއާއި ދިމާއަށް ދިއުމުންނެވެ.
ނަސްރީނާއައިސް ކޮޓަރީގެ ދޮރުގައި ހިފާލިއިރު ހުޅުވާފައި ހުރުމުން އެތެެރެބަލާލިނަމަވެސް އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. ނަމަވެސް ފާހާނާ ދިއްލާފަހުރުމާއެކު އިސްކުރުން ފެންފައިބާއަޑު އިވުމުން ވެވުނީ ކުންހީއެއްކަމަށް ނިންމާ ” ދަރިފުޅާ ފެންވަރަނީދޯ.. ކައިގެން ނިދައްޗޭ.. މަންމަވެސް މިދަނީ ވަރަށް ނިދިއައިސްގެން.. ބައްޕަ މިރޭ ރިސޯޓްގަ ބިޒީވީމަ ނާދެވޭ ވާހަކަބުނީމަ މަންމަހުންނާނީ އެއްޗެއްސައް ހޫނުވެސްކޮށްފަ.. ” ނަސްރީނާ ބުނަންބޭނުންވާ ވާހަކަބުނެފައި ނުކުމެގެންގޮސް ދޮރުލައްޕާލަންދެން އިބާ އިނީ ފާހާނައިގައި ނޭވާ ހިފާއްޓާލައިގެންނެވެ.
އިބާ އަވަސްއަރުވާލާފައި އުޅެންހަދައިގެން ކޮޓަރިތަޅުނުލެވުންކަން އެނގުނީދެނެވެ. ހާސްވެފައިހުރިވަރުން މޫނުދޮވެލަންވަނީ މިގޮތަށް ކަންތައް ވާނެކަމަކަށް ނޫނެވެ. ނަމަވެސް މިފަހަރު މޮޅުމިލިބުނީ ހުދުއޭނާއަށްކަން އިހްސާސްވުމާއެކު “ޔެސް” އޭ ބުނެލެވުނެވެ. ކޮޓަރިން ނިކުތް ނަސްރީނާ ލޫޔާއަބަދުވެސް އައިސް ގޭގެމައިދޮރު ތަޅުލާތީވެ އެކަމާވެސްނުވެ އަވަހަށް ކޮޓަރިއަށްގޮސްވަނީ ނިދިއޭނައަށް އުނދަގޫކުރާވަރުންނެވެ. ނަމަވެސް އެޝައިޠާނީ ނިންޖާހެދި އޭނާގެ ދަރިފުޅުގެ ދިރިއުޅުން އެފުއްމިފުށަށް ޖެހިދާނެކަމެއް ނަސްރީނާއަށް އެނގޭނެ ނަމައެވެ.
ކޮޓަރިއަށް ވަނުމާއެކު ލޫޔާގެ ރުޅިހައްތަހާވީ އިތުރެވެ. ކޮޓަރިތެރެ ރީތިކޮށްލާފައި ވާއިރު ޓޭބަލްމަގީގައި އިން ކޭކްފެނިފައެެވެ. “ފަރޫން މޮޔަވެގެންތަ މިގޮތަށް ރައްޓެހިންނަށް ބޭނުންހާ ހަރަދެއްމިކޮށްދެނީ.. ނޫނީ ފައިސާގިނަވީތަ.. އެ އަލޫކްއަށް ރަނގަޅެއްވީޔާ ކޮންމެވެސް ވަނައެއްލިބުނީމަ މިއުޅެނީ އެކުވެރިޔާ ލައްވާ ޕާޓީކުރަން.. ހުއް ނިކަން ފޫހިވޭ.. ހަމަ ރާއްޖެތެރޭގެ މީހުންގެ ވައްތަރުތޯއްޗެއް… ” ލޫޔާ ހިތާހިތުން ކުދިކިޔަމުންދިޔައެވެ. “ހޭ.. ލޫ އާދެބަލަ.. ” ވިސްނުމެއްގައި އިން ލޫޔާ ފެނުމާއެކު ފަރޫން ގޮވާލިއެވެ.
“ދޫނި.. ލޫ އެއްޗެއް އަހާލަންތަ.. ” “ހޫމް ބޭބް.. ކިޔާބަ..” ފަރޫން ކައިރިއަށް އައި ލޫޔާ އެެެހެން އަހާލުމާއެކު ފަރޫން ބުންޏެވެ. ” ކޮބާތަ އެހެންމީހުން.. ކްލާސްކުދިންނަށް ނުކިޔަންތަ.. ” އަހަން ނާހަން ހުރެފައި ލޫޔާ އަހާލީ ޕާޓީއަށް އެހެން މީހުން ނާންނާތީއެވެ. ” ކޮންބައެއްތަ.. ބޭބް.. މީފަރޫން އަމިއްލަޔަށް ލޫކްއަށް ދޭ ސަޕްރައިޒްއެކޭ.. ލޫކްއަށް ޖޮބްލިބުނީމަ.. މާބާރަށް ނުކިޔަށްޗޭ.. އަޑުއިވިއްޖެޔާ މިތަނުން ދާހާވަރުވެސް އޭނަގައިގަ ހުރެދާނެ… އިނގޭތަ ބޭބްއަށް މިހާދުވަސްވީއިރު ލޫކް ދުވަހަކުވެސް ކަމަކުނުކިޔާ .. އެހެން ރައްޓެހިންނާ ލޫކް ހާދަ ތަފާތޭ.. ” ފަރޫންގެ ވާހަކަ އަޑުއަހާފައި ލޫޔާ އިނީ ބުނާނެއެއްޗެއް ނޭންގިފައެވެ. މިހުރިހާއިރު އަލޫކް އާދެތެރޭ އެހާގޯސްކޮށް ވިސްނުނުނީތީ ދެރަވެސް ވިއެވެ.
***
ފާހާނައިން ނިކުތް އިބާ ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި އާދައިގެމަތީން އާފެށުމަކުން ކޮޓަރީތެރެބަލާ ފާސްކުރަން ފެށިއެވެ. ސްލައިޑް ކުރާގޮތަށް ހުރި އަލަމާރީގެ ދެބައިބަލާފާސްްކުރިއެވެ. ދެންހުރި ހުޅުވާގޮތަށް ހުރި ބައި ނުހުޅުވުނީ ތަޅުލާފައިހުރުމުން ނެވެ. މޫނުކުނިކޮށްލާފައި އެދޮފަތާއި ދިމާއަށް ބަލާލިއެވެ. އަދި ސައިޑް ކަބަޑްތަކާއި ޑްރެސިންގް ޓޭބަލްގެ ކަބަޑް ބަލާ ފާސްކުރުމުންވެސް އެއްވެސް އެއްޗެއް ފެންނަގޮތެއް ނުވެއެވެ. ނަމަވެސް މިރޭ އިބާއަށް އެހެންޏާނުހުޅުވޭ ކަބަޑެއް ދާދިފަސޭހައިން ހުޅުވުނެވެ. މީގެކުރިން އެކަބަޑު އަބަދުވެސް ތަޅުލާފައި ހުންނާތީ އަތްނުލަން އުޅެފައި ވެސް ހަމަ ބަލާލީއެވެ. ނަމަވެސް އެޔަކު އެއްވެސް އެެއްޗެއްނެތެވެ. ވީދެރައާއެކު ކަރުއެލުވާލާފައި އިބާ ނިކުންނަންދިޔައީ މިރޭވެސް އެއްވެސް އަލިމަގެއް ނުލިބުނީމަ ހިތާމައިންނެވެ. ނަމަވެސް ވަކިހިސާބަކަަށް ގޮސްފައި އިބާ ހުއްޓިލިއެވެ. އަދި އެނބުރި ލޫޔާގެ އެނދުކައިރިޔަށް އައީ ބާލީސް ދަށުގައި އެއްޗެއް ބާއްވާފައި އޮތްހެން ހީވެގެންނެވެ.
ލޫޔާ ފަރޫން އާއެކު ކޭކްގެނެސް ފާރުގައި ހަރުކޮށްފައިހުރި ކަރުދާސްތަށް ކައިރީ ބަހައްޓަދީ ހެދިއިރުވެސް ވިސްނެމުންދިޔައީ އަލޫކްއާ ދޭތެރޭގައެވެ. އަލޫކް ހިތަށް އަރާނީ ކީކޭބާއެވެ. މިއަދު އެހާރުޅިއައިސްފައި ހުރުމުން ދެކޮޅުބަލާނުލާ އަލޫކައަށް ރުޅިމޫނުދެއްކުނީއެވެ. ވީއިރު އަލޫކް މިހާރު އޭނައާއި ދޭތެރޭ ދެކޭނެގޮތެއްވެސް ނޭންގެއެވެ. “ބޭބް .. ހާދަ ފާޑަކަށް ތިއިންނަނީ.. އަދިވެސް މިއަދުވީ ކަންތަކާވިސްނަނީދޯ.. ” ފަރޫންއަށް ލޫޔާގެ އެހިމޭންކަމުން ނެގުނީ މުޅިންއެހެން މާނައެކެވެ. ބަދަލުގައި “ކުޑަކޮށް ބޮލުގަރިއްސަނީ..” އޭ ބުނެފައި ލޫޔާ ހިނިތުންވެލިއެވެ. ފަރޫން އައިސް ލޫޔާގެ ކޯތާފަތުގައި ފިރުމާލުމާއެކު ބޮލުގައި ބޮސްދިނެވެ. “ބޭބް ގެއަށް ގެންގޮސްދޭންވީތަ.. ” ފަރޫން ލޫޔާ ބަލިކަން އެނގުމުން ވަރަަށް ދެރަވިއެވެ. “ނޫން ދޫނި.. ލޫ އަށް އޯކޭ.. ލޫބޭނުން ދޫނި ކުރާ ކޮންމެކަމެއްގައިވެސް ބައިވެރިވާން .. ” ހިނިތުންވެލާފައި އެހެންބުނިނަމަވެސް ލޫޔާ ހިތުގައި ވަނީއެހެން އެއްޗެކެވެ. އަލޫކް ކިބައިން މާފަށްއެދެން ލޫޔާ ކިތަންމެހާވެސް ބޭނުންވެއެވެ. އެގޮތަށް ކަންތަންކުރެވުމުން ލޫޔާ އަށް ހުރެވެނީ ނޭންގޭ ހުސްކަމެއްގެ ތެރޭގައެވެ. ނަމަވެސް އެހާވަރުން އަލޫކްއާހެދި ވިސްނޭތީ ލޫޔާ ކަންބޮޑުވެއެވެ. ލޫޔާގެ ހުރިހާވެސް އުފަލަކީ ފަރޫންއަށް ވާއިރު ދެންކީއްކުރާ އަލޫކް އެއްހެއްޔެވެ. އެކަމާވިސްނާލިޔަސް ލޫޔާގެ ބޯގޮވާވަރުވެއެވެ.
“އޯކޭ ބޭބް އެހެންވީމަ ބޭބް މަޑުކޮށްލާ ފަރޫން ލޫކް އަށް ގޮވާލާނަން އޭރުން އަވަހަށްގެއަށްދެވޭނީ.. ” ފަރޫން އެހެންބުނެފައި ލިވިންގް ރޫމްގައި އިން އަލޫކްއަށް ގޮވާލިއެވެ. އަދި އަތުގެ އިޝާރާތުން އަައުމަށް އެދުނެވެ. އަލޫކް ދެފިކުރެއްގައި އިނދެފައި ތެދުވީ ފަރޫން ދެވަނަފަހަރަށް ގޮވާލުމުންނެވެ. ލޫޔާގެ ކުރިމައްޗަށް ދާކަށް އަލޫކްދެން ބޭނުމެއްނޫނެވެ. ނަމަވެސް ފަރޫން އާހެދި އެނޫންގޮތެއްވެސް ނެތެވެ.
އަލޫކް އައިސް ކޮޓަރީ ދޮރުމައްޗަށް އެރުމާއެކު މުޅިގެއިން ކަރަންޓްކެނޑުނެވެ. އެއާއެކު ލޫގެ ތޫލި ހަޅޭކުގެ އަޑުން ފަރޫންއާއި އަލޫކްގެ ކަންފަތް ބައްނުވީ ކިރިޔާއެވެ. “ލޫހަމަޖެހިބަލަ.. ” ފަރޫން ލޫޔާ ގަޔާއި ގާތްކޮށްލަމުން ފޯނުން އަލިކޮށްލިއެވެ. “މިވީ މާރަންގަޅަކަށްނު އާދެބަކަ ލޫކް.. ތިހިރަ އެންމެ ކައިރީގަ ހުރި ކަބަޑުގަ ހުންނާނެ ކޭންޑްލްސް.. އޭގެެން ތިނެތިގެނެސްބަލަ.. ” ފަރޫން ކޭކްގެ އުއްބަތިޖަހަން އުޅެފައިވެސް ލޫޔާގެ އެދުމަށް އެނުޖެހިނަމަވެސް އެވަގުތު ކައިރީގައި ލައިޓަރު ބާއްވާފައި އޮތުމުން އަވަހަށް އެނަގަމުން ވާހަކަދެއްކިއެވެ. “ލޫކް ލޯމަރާލަބަ.. ޑޯންޓް ޗީޓް އިނގޭ.. ” ފަރޫން އެހެންބުނުމާއެކު އަލޫކް ލޯމަރާލިއެވެ. އަވަހަށް ތިން އުއްބައްތި ރޯކޮށްލާފައި މޭޒްމަތީގައި ބައިންދާލަމުން ފަރޫން، އަލޫކްއަށް ލޯހުޅުވުމަށް އެދުނެވެ. އެއާއެކު އަލޫކްގެ ދެލޯދިޔައީ ބޮޑުވެގެންނެވެ. “ސަޕްރައިޒް… ” ފަރޫން އާއި އެކުގައި ލޫޔާވެސް އެއްއަޑަކުން ކިޔާލިއެވެ. ” ހެއި ބަޑީ.. ދެންދޯ.. މީކީއްކުރަން.. ” އަލޫކް ކުޑަކޮށް ހިތްހަމަނުޖެހުން ނަމަވެސް ފަރޫން ބުނެލީ އެކުވެރިން އެކަކު އަނެކަކަށް އުފަލެއްލިބުނީމަ އެކަން ފާހަގަ ކުރާނެކަމާއި ފަރޫންދެކެނީ އެކުވެރިއަކަށް ވުރެބޮޑަށް ބޭބެއެއްގެ ގޮތުގައި ކަމަށެވެ. ފަރޫންގެ ވާހަކަ އަޑުއަހާފައި އަލޫކްވެސް އިތުރަށް އެއްޗެއްނުބުނެއެވެ. ފަރޫން އެދުންގޮތަށް ކޭކް ފަޅާލާފައި ފަރޫންގެ އަނގަޔަށް ލައްވާލުމަށް ފަހު ހިމޭނުން އިނީއެވެ. އެވަގުތު ފަރޫން ޕާރުސަލްބަލާދިއުމުން ލޫޔާއައިސް އަލޫކް ކައިރީ މާފަށްއެދުނެވެ. އަދި އެހެން ކަންތަށް ކުރެވުނީ މިސްއަންޑަސްޓޭންޑަކުން ކަމުގައި ބުނެލިއެވެ. ލޫޔާ ހީކުރިގޮތާ ހިލާފަށް އަލޫކްގެ މާފް ލިބުނީ ވަރަށް ފަސޭހައިންނެވެ. އަދި ހީލާފައި އެއީ އެހާވަރުކަމެއްނޫންކަމުގައި ބުނެލިއެވެ. ފަރޫން އައިސް ޕާރުސަލްދިނުމުން ލޫޔާ އަނެއްޕާރުސަލް ދިއްކޮށްލިއެވެ. އަލޫކް ދެމީހުނަށް ވަކިން ބަލާލުމަށްފަހު އޭގައިހިފީ އެދެމީހުންގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވިޔަނުދޭށެވެ. އެވަގުތު ކަރަންޓް އައުމުން އެންްމެނަށް އެކީގައި ހީލެވުނެވެ. ތިންކުދިން އެކީގައި ކޭކްއާއެކުގައި އޯޑަރުކޮށްގެން ގެނެސްފައިހުރި ޕިއްޒާ އާއި ކޯކް ހިފައިގެން ބެލްކަންޏަށް ނިކުތީ ކޮޓަރިތެރޭގައި ވަސްހިފާނެތީއެވެ. “ބޭބް ކައިގެންދިޔަސް ލަސްނުވާނެދޯ.. ” ފަރޫން ލޫޔާއަށް ލަސްވެދާނެތީ އަހާލިއެވެ. ” ހޫމް.. ލޫގެ ބޭގްގަ އެބަހުރި ބޭސް ކައިގެން ބޭސްކައިގެން ދާނީ.. ” ލޫޔާ ބޭނުންވާގޮތް ހާމަކޮށްލިއެވެ. މާގިނައިރުތަކެއްނުވެ ކައިގެން އަލޫކް ގެއަށްދާއެދުމުން ތިންމީހުން އެކީގައި ނިކުތީ ފަރޫންގެ ކޮޓަރިތެރެ ހަމަޔަކަށް އަޅުވާލާފައި ކޭކްވެސް ގެންގޮސް ފުރިޖަށް ލާފައެވެ.
****
އެނދުކައިރީގައި ހުއްޓިލުމާއެކު އިބާ ބާލީސްދަށުން ފެންނަންއޮތް އެތި ނެގި އިރު އެއީ ވަރަށް ރީތިކޮށް ފަރުމާކުރެވިފައިވާ ފޮތެކެވެ. ދެވިސްނުމެއްގައި ހުރެފައި އިބާ އެފޮތް ހުޅުވާލުމާއެކު އޭގެތެރެއިން އެއްޗެއް ވެއްޓުނެވެ. އެއީކޯއްޗެއްތޯ ބަލާލިއިރު އެއީ ލޫޔާއާއި އޭނަގެ ބިޓުގެ ފޮޓޮއެއްކަން އިބާއަށް އެނގުނީ ދެމީހުން ތިބިލެއް ކައިރިކަމުންނެވެ. ” ހޫމް މީދޯ އެހަންޑީގެ ބީއެފްއަކީ.. ވަރަށް ހޭންޑްސަމް އެހެންވެ ކަންނޭގެ ފޮރުވައިގެން އެގެންގުޅެނީ.. ހުއް.. ހުރެބަލަ ފޮރުވައިގެން ގެންގުޅުނަދޭނަމޭ.. ” ދަތްކުނޑިވިކާލާފައި އިބާ އަމިއްލައަށް ވާހަކަދައްކަމުން އެފޮޓޯގަނޑުގެ ނަކަލެއް އޭނާގެ ފޯނުގައި ރައްކާކުރިއެވެ. އަދި އެފޮތުގެ ފުރަތަމަ ގަނޑުގައި ލިޔެފައި އޮތް އެއްްޗެއްކިޔާލިއެވެ. ” ލޫ ލަވްސް ފަރޫން..” އެހެންވީނަ އޭނަޔާ އެއްވަރަށް އޭނަގެ ނަންވެސް ރީއްޗޭ އިބާގެހިތަށް އެރިއެވެ. އަދި ފޮތުގެ ގަނޑަކަށްފަހު ގަނޑެއްކިޔަންފެށިއެވެ. އޭގައިއޮތީ މުޅިންވެސް ލޫޔާގެ ހަޔާތަށް ފަރޫން އައިފަހުން އުޅެމުން އައިގޮތުގެ ވާހަކައެވެ. އެހެންވެ އެތަންތަން ނުކިޔަންވެގެން ގަނޑުއުކަމުން ދަނިކޮށް ހަފްތާއެއްހާ ކުރީގެ ތާރީހެއްޖަހާފައިވާ ގަނޑުން އިބާއަށް އާނަމެއް ފެނުނެވެ. އެއާއެކު ވައިއަޑުން އިބާ އެނަން ތަކުރާރު ކޮށްލިއެެވެ. “އަލޫކް….”
27 Comments!
Comments are closed.
Salaam all. ? kihinehtha hurihaa kiuntherinn.. miothee next part vess genevifa .. unmeedhukranee mibaives thiya hurihaa kiuntherinnah kamudhaanekamah. ? and plx do cmmnt below?? ly all ????
Varah salhi??
Ehentha ?Thank you dear zaan ???
Nice
Thank you dear Rsh ???
It’s soo coool I luv it
When is the next part?? ??
Really ? haha thank you dear mal .. ? insha allah mmaadhamaa??
Layaa can you up one more tonight pretty please with sugar in too
V reethi
Thank you dear Ainth ???
Varah varah reethi… love this story… waiting for next part???
Thank you dear mallu ???
Vrh reethi mi part ingey sis???? whn nxt prt? ??? Waitingssss ? ? ? ? ? ? ? ? ? ? ?
Thank you kokky ? insha allah miadhu up kollhadheynan insha allah ??
Wow…. nice ingey…❤❤❤❤
Thank you dear zuam
Alhey vv reethi mi part vs…????waiting for the next part..gud luck❤???
Awwn thank you dear shafa .. ???
Vrh reethi mi part vx ?? ibaa dhn vrh fani hadhaane dhw?? kon iraku nxt part? Avahah upload kohlahchey☺ goodluck?❤
Thank you. Dear shan ? dhen hingaadhw ibaa vess hadhaaehchah balamaa ??
hi layaa, hows u?? 😀
alhey varah reethi mi partvx. masha allah!
eagerlyyy waiting for nxt part. you are best 🙂
luv u <3
I’m fine hws u chipu ? btw v happy vey thikahala loabi fan eh libuneema ?? ly bigg koh ?
Hey how did u know my nick name????? Do u know me????? ??
Anyways, i’m also fine??
Heheh ehnthr?
Luvs more❤❤
Hey layaa anehkka kihinehbaa thihadhanee e ibaa ah ma nudhahkachey ? emnaje ma rolaa kaalaane kanneynge Haha . Vaahaka v reethi keep it up. Ly
Hehe kuriyah dhamaa eyrun engidhaane vaahotheh ? btw thank you alook ???ly
When is the next part layaa
Alhe layaa …dhn ekam iba aa faroon aa nugulhuvahchey alhe…Dnt make looya and faroon be apart pweez..loved this prt 2..Love u layaa..Umwaaax