ފަހަރަކު ސިނގެރޭޓެއް ހުސްކުރަމުން ދިޔައީމެވެ. ފޮއްޓަކަށް ފަހު ފޮއްޓެކެވެ. ސީޝާ ފުޅިއަކަށް ފަހު ފުޅިއެެކެވެ. ރައްޓެހިންނާއެކު ހުތުރު ބަސްތަށް ކިޔަމުން ނުބައި ކަންތަށް ކުރީމެވެ. މަގުމަތިން ދާ ހުރިހާ އަންހެނުންނާ ކަހަލަ ގޮތަކަށް ފޮށެމުންނެވެ. ހުންނަ ސިފައަށާއި ޢުމުރަށް ނުވަތަ ލައިގެން ހުންނަ ފޭރާމަކަށް ނުބަލަމެވެ. ދުވާލުގެ ވަގުތު ހަމަހޭގައި ހޭދަކޮށްފައި ރޭގަނޑުގެ ވަގުތު މަސްތުގައި ހޭދަކުރީމެވެ. އިރުގެ އަލިކަމުގެ ތެރޭގައި ރައްޓެހިންނާއެކު ހީ ސަކަރާތް ޖަހާށެވެ. ނަމަވެސް ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ފަރުދާވެ ފަތްމިނިތަކާއެކު ފާހިޝް […]
ކްރިސް ވަރަށް ހިތްވަރުކޮށްފައި ޑޭވިޑް ގާތުން ހަގީގަތް ކިޔައިދިނުމަށް އެދުނެވެ. އޭނާއާއި ޖެނީގެ ވާހަކަތައް ކްރިސްއަށް އިވުނު ވާހަކަ ބުނުމުން ފުރަތަމަ ހާސްވި ނަމަވެސް ޑޭވިޑް ހަގީގަތް ކިޔައިދޭން ފެށިއެވެ. ************************** އެއީ މީގެ ބާވީސް އަހަރު ކުރިއެވެ. ޑޭވިޑް ވިލިއަމްސް އާއި ޖެނީ މާރވެލްގެ ސްކޫލު ދައުރުގެ ހަޔާތެވެ. ކުރިމަތީގައި ހުންނަ ސްކޫލުގައި އުޅޭ ޖެނީއަށް ޑޭވިޑް ހިތްކީ ދިރިއުޅުމުގެ ފެންވަރަށް ބެލުމަކާއި ނުލައެވެ. ކޮންމެ ދުވަހަކު ހޯދެނީ އެ ސޫރައެވެ. ހުވަފެނުގައި ރަނިކަން ކުރަމުން […]
ޝައުނާ ޓައިޕްކުރުން ހުއްޓާލުމަށްފަހު މޭޒު މަތީގައި އޮތް ފޯނު ނަގައި އިފާންއަށް ގުޅާލިއެވެ. ” ހެލޯ… ފާން… ” އިފާން ފޯނު ނެގުމާއެކު ޝައުނާ ބުނެލިއެވެ. ” ހެލޯ… ޝައު… ކިހިނެއްވީ އަނެއްކާ… ރިފޫއަށް ކަމެއް ވީތަ… ” ހާސްވެފައި އިފާން ވާހަކަ ދެއްކިއެވެ. ކަމެއް ނުވާނަމަ ޝައުނާ ނުގުޅާނެކަން އޭނައަށް އެނގެއެވެ. ” ނޫން… ހެހެހެ… ރިފޫއަށް ކަމެއް ވީކީ ނޫނޭ… މީ… އެއްޗެއް އަހާލަންވެގެން… ” އިފާން ހާސްވެފައިވުމުން ޝައުނާގެ ގާތަށް ހިނިއައެވެ. ”އޯހް… […]
ޖަޒްލީ އޭނާގެ ދެއަތުން ކައިލާންގެ މޫނުގައި ހިފައި ކައިރި ކޮށް ލުމަށްފަހު ކައިލާންގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ކައިލާންއަަށް އަށްޓަކައި އޭނާގެ ހިތާއި ފުރާނައިންވެސް ގުރުބާން ވާނަމޭ ބުންޏެވެ. ***** ނިދޭތޯ އެނދުގައި ފުރޮޅި ފުރޮޅި ވަރުބަލި ވީއިރުވެސް ޖަޒްލީ އަށް ނިދޭ ގޮތެއް ނުވިއެވެ. ވާނީވެސް އެހެންތާއެވެ. އޭނާ ކޮޓަރީގައި އެނދުގައި ބާއްވާފައި ކައިލާން އެއޮތީ ބޭރުގައި ވިއްޔާއެވެ. ޖަޒްލީ މަޑު މަޑުން އެނދުން ތެދުވެގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ސޯފާގައި ނިދިފައިއޮތް ކައިލާންގެ އެއް […]
ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރަމުންދާ ދުވަސްވަރެވެ. އެގޮތުން ރ. ފައިނަށް ހެނދުނުން ސުރެ ވެހެމުންދާ ވިއްސާރައަށް މެންދުރުވީ އިރުވެސް އެއްވެސް ބަދަލެއް ނާދެވެ. މީހުންތައް ވެހެމުންދާ ވާރޭގައި ހޭލަމޭލަޔަށް ކޮޅުކޮޅު މައްޗަށް ދުވަމުންދަނީ ވާރޭ ހުއްޓަންވާއިރަށް ފެންފޮދެއް ރައްކާތެރިކުރެވޭތޯއެވެ. އެއްބަޔަކު މަސައްކަތް ކުރަމުންދަނީ ފުރާޅު ސާފުކޮއް ތާނގިއަށް ފެން އެޅުމަށްޓަކައި ހޮޅި ގުޅޭތޯއެވެ. އަނެއްބަޔަކު ވާރޭއިން ގޭތެރެއަށް ފެން ތިކި ތަޅަމުންދާ ދިއުމުން ސަލާމަތްކުރުމަށްޓަކައި ދިމަދިމާލުގައި ބާލިދީ ފަދަ ތަކެތި ބަހައްޓަމުންދެއެވެ. އޭގެތެރެއިން އެއް […]
لقمان عليه السّلام لقمان عليه السّلام އަކީ ހެޔޮލަފާ ޞާލިޙު ބޭކަލެކެވެ. ވިސްނުންތެރި، ޙިކުމަތްތެރި ޙަކީމެކެވެ. މާތް اللّـه سبحانه وتعالى އެކަލޭގެފާނަށް ޙިކުމަތް ދެއްވި ވާހަކަ ކީރިތި ޤުރްއާނުގައިވެ އެވެ. އެ ކަލޭގެފާނުގެ ބަސްފުޅުތަކަކީ އަހަރެމެންނަށް ފައިދާ ހުރި ބަސްފުޅުތަކެކެވެ. علاّمة إبن كثير رحمه اللّـه ވިދާޅުވެފައިވެއެވެ. لقمان عليه السّلام ގެ ފުރިހަމަ ނަންފުޅަކީ لقمان بن عنقاء بن سدونއެވެ. ބައެއް ޢިލްމުވެރިން އެކަލޭގެފާނުގެ ނަންފުޅަކީ لقمان بن ثاران ކަމަށްވެސް […]
ހުޅުމާލޭ ފެރީ ޓާމިނަލް ކުރިމަތީގައި އޮތް ކާރު މިސްރާބުޖެހީ ހުޅުމާލޭގެ ތާރު އެޅިމަގުތަކުގައި ބާރު ސްޕީޑެއްގައެވެ. އޭގެ މަންޒިލާ ހަމައަށް ވާސިލްވެވުނީ ދިހަ މިނެޓުގެ ދަތުރަކަށްފަހުގައެވެ. ކާރު ހުއްޓާލީ ބޮޑު ގެއެއްގެ ކުރިމައްޗަށެވެ. ބީޗާ ފުދޭވަރަކަށް ކައިރީގައި ހުރި އެގޭއެކޭ ގަނޑުވަރެކޭ ވަކި ތަފާތެއްނެތެވެ. ބަލާބެލުމުންވެސް ޝާހީ ވައްތަރު ޖަހައެވެ. ގޭޓު ކައިރީގައި ތިބި ދެގާޑުން ދޮރުހުޅުވާދިނުމުން ފޮށި ދަމަމުން އެތެރެއަށް ވަނީ މަލާކްއެވެ. ފެހި ކުލައިގެ އަބާޔާ ހެދުމެއްގެ އިތުރުން އަޅިކުލައިގެ ޝޯލެއްގައި ހުރި އިރު […]
އެގަޑީގައި ރާކިން އައިސް އަހަރެން ކައިރީގައި ބުންޏެވެ.”ފޯނު ދީބަ”އެއާއެކު އަހަރެން ބުނީމެވެ.”މި ގަޑީގަ” އެއާއެކު އޭނާ ބުންޏެވެ.”މި ގަޑިއަކު ނޫން..އާޝި އަށް ފެންނަ ވަގުތަކު ފޯނު ދިނީމަ ރަނގަޅުވާނެ”އެއާއެކު އަހަރެން “އޯކޭ” އޭ ބުނެލީމެވެ.އެކިކުދިން އެކުދިންގެ ކުލާހަށް ވަންނަމުން ދިޔައެވެ.ކަންދިމާކުރި ގޮތުން މިޔަދު ގޭޓް ކައިރީ ހުންނަން ޖެހުނީ،އަހަންނަށާއި ރާކިން އަށެވެ.އަހަރެންގެ ހިތް އުފަލުން ނަށަނީއެވެ.އިންތިހާއަށެވެ.ގޭޓް ކައިރީ ހުންނަންޖެހޭ ވަގުތު ހަމަވުމުން އަހަރެމެން ދެމީހުން އެކުއެކީގައި ކުލާހަށް ވަނީމެވެ. ކިޔެވުމުގެ ގަޑި ނިމުމާއެކު އަހަރެން،އެތާ ހުރި ބެންޗްއެއްގައި […]
“އަހޫ ކިހާ ދުވަހެއް ވެއްޖެ އިސްރާޔާ ރަށްޓެހިވެގެން އުޅޭތާ؟” އާާލާގެ ސުވާލުން އަހުސަމަަށް ހާޓެޓޭކެއް ނުޖެހުނީ ކިރިޔާއެވެ. ނުވިސްނާ ހުއްޓާ އެފަދަ ސުވާލެއް ކުރަމްތިވުމުން އަހުސަމަކަށް ދޭނެ ޖަވާބެއް ނޭންގުނެވެ. ކުށްވެރިއެއް ފަދައިން އިސްޖެހުނެވެ. “އަހޫ” އަހުސަމް ޖަވާބެއް ނުދީ ގިނައިރުވުމުން އައްމާރު ގޮވާލިއެވެ. އަހުސަމް ފުން ނޭވައެއް ދޫކޮށްލިއެވެ. މަންމަ އަދި ބައްޕައަށް ހަގީގަތް ކިޔާދޭންވީ ވަގުތު ޖެހުނީކަން އޭނައަަށް އެނގުނެވެ. ރެއަކީ ހަނދުމަހުން ސާދަވިލޭރެއެވެ. ވިއްސާރަ ވިލާތަކުގެ ސަބަބުން ސާދަވިލޭރޭގެ ހަނދުވަނީ ފޮރުވިފައެވެ. އެނދުގައި […]