ރިޝްފާ އެ ނުލަފާ އެތީގެ ގައިގައި އޭނާގެ ދެއަތުން ތަޅަން ފެށިއެވެ. އޭނާގެ ކުރިމަތީގައި ޒޭން ފަހުނޭވާ ދޫކުރާތަން ދެކެން އޭނާއަކަށް ކެތެއް ނުވާނެއެވެ.ފެންކަޅި ވެފައިވާ ޒޭންގެ ދެލޯ ފެނިފައި ރިޝްފާގެ ހިތުން ލޭ ކޮށެވިގެން ދިޔައެވެ. *** * *** * *** ކުއްލިއަކަށް އިޝާނަމާދު ބަންގީގެ އަޑާއިއެކު މުޅި ކޮޓަރި ތެރެއިން ކަރަންޓު ދިޔައެވެ.އެވަގުތު ކޮޓަރި ދޮރުވެސް ހުޅުވިގެން ދިޔުމާއިއެކު ހަނާއާއި ފިޒާން ދުވެފައި އައިސް އެތެރެއަށްވަދެ ކޮޓަރީގެ ބޮކި ދިއްލާލިއިރު ރިޝްފާވެސް ހަރަކާތްތައް […]
ރިޝްފާގެ ފަހަތުން ދެ ޖީބަށް އަތްޖަހާލައިގެން އެތެރެއަށް ވަނުމަށްފަހު ޒޭން ދޮރާށި ލައްޕާލިއެވެ.އެވަގުތު ކަޅު ހިޔަންޏެއް އޭނާގެ ކުރިމަތިން ކުރި ކަނޑާލިހެން ހީވުމުން ޒޭންގެ ފިޔަވަޅު ތަކަށް ހުއްޓުން އެރިއިރު ރިޝްފާއަށްވެސް އެދިމާ ބަލައިލެވުނެވެ. ** ** ** ** ** ނަމަވެސް ރިޝްފާއަށް އިތުރު ހަރަކާތެއް ގެނެވުމުގެ ކުރިން އޭނާގެ ހަށިގަނޑު ބިމުން އުފުލުނެވެ.ޒޭންގެ ސިފައިގައި ހުރި އެ މަޚްލޫޤު އޭނާގެ އުނަގަނޑުގައި ދެފަރާތުން އަތް އަޅައި އުފުއްލާލާފައި ވާއިރު އޭތީގެ ދެލޯ ހީވަނީ އަނގުރު […]
ރިޝްފާއަށް ލެމަން އޭ ބުނެވުނު ތަނާ ފޯނު ކެނޑުނެވެ.ޒޭން އަވަހަށް ކޮޓަރިން ނިކުމެ ސިޑިން ފައިބަމުން ރިޝްފާގެ ނަމްބަރަށް ގުޅޭތޯ މަސައްކަތް ކުރިއެވެ.ނަމަވެސް އެކޮޅުން ދެނީ އެއް ޖަވާބެކެވެ. “ތިޔަ ގުޅުއްވި ނަމްބަރ މިވަގުތު ވަނީ ގުޅޭ ސަރަހައްދުން ބޭރުގަ……ފަހުން ގުޅުއްވުން އެދެން…..” ** ** ** ** ** ރިޝްފާ ހޯދަން ދާނެ ވަކި މަންޒިލެއް ނޭނގި ޒޭން މުޅި މާލެ ކުޑަކުރަމުން ދުއްވަމުން ދިޔައެވެ.ނަމަވެސް ކޮޓަރީގެ ބެލްކަނިން ފިޔަވައި އިތުރު ތަނަކުން އަދި ދެމީހުން […]
ފޯނުގެ ސްކްރީން އޮން ކޮށްލާފައި ބަލައިލިއިރު އިނީ ޒޭންގެ ހަތަރު މިސް ކޯލެވެ. ޒޭންގެ މެސެޖެއްވެސް އައީ ހަމަ އެވަގުތުއެވެ. ރިޝްފާގެ އިންތިޒާރުގައި އެގޭ ދޮރުމަތީގައި މަޑުކޮށްލައިގެން އިންވާހަކަ ބުނާށެވެ. މެސެޖު ކިޔައި ނިމުނުއިރު ރިޝްފާއަށް ބިރުން ތެޅި ގަނެވުނެވެ. އޭނާގެ މުޅި ހަށިގަނޑިންވެސް ބާރުދަނީހެން ހީވާން ފެށިއެވެ. ގަތް ބިރާއިއެކު އޭނާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. ****** ރިޝްފާ ބިރުންގޮސް މުޅި މީހާ އިނީ ފިނިބޮޑުވެފައެވެ. އޭނާއަށް އެނގުނުހާ ހެޔޮ އެއްޗެއް ހިތާއި ހިތުން ކިޔަމުން […]
ދެމީހުންނަށް ގޮސް ޖަޒްލީމެންގޭ ވަށާފާރުން އެތެރެއަށް ވަދެވުނު ކަމެއް ނޭނގެ ކައިލާން ޖަޒްލީގެ އަތުގައި ހިފާފައި ޖެހި ލުއްކަކާއިއެކު ޖަޒްލީގެ މޫނު އައިސް ޖެހުނީ ކައިލާންގެ މޭގައެވެ. ވާރޭ ތިކިތަކުން ބަރުވެފައިވާ ޖަޒްލީގެ ލޮލުގެ އެސްފިޔަ ތަކުން ފިޔަ ޖަހާލުމަށްފަހު ކައިލާންއަށް ބަލާލި ގޮތުން ކައިލާންގެ ހަށިގަނޑުގެ އެންމެ ހިމަ ނާރަށްވެސް ދިޔައީ އަސަރު ކުރުވައިގެންނެވެ. ******** “ހަނާ…… ތިހެން އަނގަމަތީގަ އަތް އަޅައިގެން ނީނދެ ވާހަކަ ދައްކަބަލަ…… މިހާރު އަހަރެން ބިރުގަންނަން ފަށައިފި….. ދެން ކިހިނެތްތަ […]
ނިދާފައި އޮތް ރިޝްފާ ފެނުމުން ޒޭންގެ މޫނުމަތި ބަނަވެގެން ދިޔައީ ކަޅުފޮއި ރެއެއް ފަދައިންނެވެ. މިވަގުތު އެ މޫނު ފެނިއްޖެނަމަ ރިޝްފާ ދުނިޔެއިންވެސް މޮޔަ ވެދާނެއެވެ. ބިރުވެރި ސިފައެއްގައިވާ އެ މަޚްލޫޤު އައިސް ރިޝްފާގެ ގާތަށް ހުއްޓުނެވެ. އޭތީގެ އަނގުރު އަލިފާން ކޮޅެއް ކަހަލަ ދެލޮލުން ރިޝްފާގެ ހަށިގަނޑަަށް ބަލަމުން ދިޔައީ މިނިކާ ޖަނަވާރަކު ފަދައިންނެވެ. އޭތީގެ ހުޅުނބު ފަޅާފައިވާ ދެއަތުން ރިޝްފާގެ މުޅި ހަށިގަނޑުގައި ބީއްސަމުން ދިޔައިރު އޭތީގެ އަނގައިން ކުރަކި އަޑެއް ލައްވަމުން ދިޔައެވެ. […]
ހަނާ ދިޔުމުން ރިޝްފާވެސް ކޮޓަރިއަށް ދިޔައީ ކޮންމެވެސް ވަރަކަށް ނިދިއައިސްފައި ހުރީތީއެވެ. އެތެރެއަށް ވަދެ ދޮރު ލައްޕާލުމަށްފަހު ގޮސް އެނދަށް އެރި ރިޝްފާގެ ކަންފަތުގައި މަޑު މިޔުޒިކެއްގެ އަޑު ޖެހުނެވެ. ނޭނގޭ ހިތް ލަންބުވާފަދަ މިއުޒިކްގެ އެ އަޑު އަންނަނީ ކޮޓަރި ބެލްކަންޏާއި ދިމާލުންނެވެ. ރިޝްފާއަށް އެނދުން ތެދުވެގެން ގޮސް ބެލްކަނީގެ ދޮރު ކަހާލުމަށްފަހު ބޭރަަށް ނިކުމެ ވަށައިގެން ނަޒަރު ހިންގާލެވުނެވެ. އެވަގުތު ޖެހިގެން ހުރި ގޭގެ ބެލްކަނީގައި ގިޓައެއް ހިފައިގެން ހުރި ރީތި ޒުވާނާ ރިޝްފާގެ […]
އައު ދުވަހަކަށް އިރުއެރީ އެކި މީހުންގެ ޙަޔާތަށް އެކި ކުލަ ގެނުވަމުންނެވެ. ނިދީގައި އޮތް ކައިލާންއަށް ހޭލެވުނީ އޭނާގެ މޫނުމަތީގައި ކޮންމެވެސް ތެތް އެއްޗެއް ހޭކުނު ކަހަލަ އިޙްސާސެއް ކުރެވެމުންނެވެ. ހަނިގޮތަކަަށް ދެލޯ ހުޅުވާލުމަށްފަހު ކައިލާން ބަލައިލިއިރު ކުރިމަތީގައި ފެންވަރައިގެން އައިސް އިސްތަށިގަނޑު ހާވާލައިގެން ހެވިފައި ހުރި ޖަޒްލީ ފެނުމުން ކައިލާންގެ ހިތް ތެޅިފޮޅިގަތީ ޖަޒްލީ އޭނާގެ އަތުތެރެއަަށްލާ ފޮރުވާލުމަށެވެ. އެހާ ރީތި ހެޔޮލަފާ އަތްބަކު ލިބުނީތީ ކައިލާންއަށް ހިތާއި ހިތުން އަމިއްލަ ނަފްސަށް ފަޚުރުވެރި ވެވުނެވެ. […]
ސިކުނޑީގައި އެތައް ސުވާލު ތަކެއް ތޮއްޖެހިގެން ދިޔަ ޖަމީލާއަަށް އެނދުގައިއޮތް އޭނާގެ ދަރިފުޅާއި ދިމާއަށް ބަލައިލެވުނީ އޭނާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް ކުރި ހޯދުމުންނެވެ. ****** “ދަރިފުޅާ……ދަރިފުޅާ ރިޝްފާ…. ” އަލީ ވަހީދު މަސައްކަތުގައި އުޅެފައި ޖަމީލާ ގުޅާފައި ރިޝްފާ ބަލިވާހަކަ ބުނުމުން ހާސްވެފައި ހުރި ވަރުން ދަރިފުޅަށް ގޮވަމުން އައިސް ކޮޓަރިއަށްވަނެވެ. “މިހާރު އެއޮތީ ބޭސް ދިނީމަ އަނެއްކާ ނިދިފަ… ހުންވެސް އޭރަށްވުރެ މަޑުވެއްޖެ….. ” ޖަމީލާ އެނދުގައި ރިޝްފާގެ މަގަތުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. […]