ޝައުނާ ޓައިޕްކުރުން ހުއްޓާލުމަށްފަހު މޭޒު މަތީގައި އޮތް ފޯނު ނަގައި އިފާންއަށް ގުޅާލިއެވެ. ” ހެލޯ… ފާން… ” އިފާން ފޯނު ނެގުމާއެކު ޝައުނާ ބުނެލިއެވެ. ” ހެލޯ… ޝައު… ކިހިނެއްވީ އަނެއްކާ… ރިފޫއަށް ކަމެއް ވީތަ… ” ހާސްވެފައި އިފާން ވާހަކަ ދެއްކިއެވެ. ކަމެއް ނުވާނަމަ ޝައުނާ ނުގުޅާނެކަން އޭނައަށް އެނގެއެވެ. ” ނޫން… ހެހެހެ… ރިފޫއަށް ކަމެއް ވީކީ ނޫނޭ… މީ… އެއްޗެއް އަހާލަންވެގެން… ” އިފާން ހާސްވެފައިވުމުން ޝައުނާގެ ގާތަށް ހިނިއައެވެ. ”އޯހް… ނަސީބެއްނު… ހޫމް… އަހާބަލަ… ” ޝައުނާ އެހެން ބުނުމުން އިފާން ޖަވާބުގައި ބުނެލިއެވެ. ”މީ… އަމް ޔައި… ޔައިޝްގެ ޚަބަރެއް ވިތަ… މިބުނީ އޭނަ ރަނގަޅުތަ… ރޭގަވެސް މިއަދުވެސް އެއްވެސް ޚަބަރެއް ނުވޭ… ގުޅީމަ ފޯނެއް ނުނެގި… މެސެޖުތަކަށް ރިޕްލައި އެއްވެސް ނުކުރި… މީގެ ކުރިން ޔައިޝް ދުވަހަކުވެސް އެގޮތަށް ކަންތައް ނުކުރާތީ ކިހިނެއްވީ ތޯ ބަލާލަން ފާންއަށް މި ގުޅީ… ” ކަންބޮޑުވެފައިވި ރާގެއްގައި ޝައުނާ ވާހަކަ ދެއްކިއެވެ. ” އޯހް… މީ ދޯ ތި ވީގޮތަކީ… އަހަރެންވެސް ގުޅީމޭ ޔައިއަށް… ގުޅާ ގުޅާ ފޯނު ނުނެގީމަ ދެން ޔައިގެ މަންމައަށް އެންމެ ފަހުން ގުޅީ… ހަފީޒާއްތަ ބުނީ ޔައި ކުޑަކޮށް ބަލިވެ އޯ އުޅެނީ… ބޮލުގަ ރއްސާތީއޭ ބުނީ… އެހެންވެ މިއަދު އޮފީހަށްވެސް ނުދެއޯ…” އިފާން ދައްކަމުން ދިޔަ ވާހަކަތައް ޝައުނާ ދިޔައީ ކަނުލާ އަޑުއަހަމުންނެވެ. ” އެހެންތަ… ޔައިޝްގެ މަންމަމެން އައީތަ… ” ޝައުނާާ އަހާލިއެވެ. ”އާނ… އިއްޔެ އައިސި… ” އިފާން ޖަވާބުގައި ބުނެލިއެވެ. ” އޯކޭ … ފާން ތޭންކްސް… ބާއި..” ޝައުނާ އެހެން ބުނެ ފޯނު ބޭއްވިއެވެ. އޭރު އޭނަގެ ހިތުގައިވި މާޔޫސްކަން އިތުރުވެފައިވީ ޔައިޝް ބަލިކޮށް އުޅޭކަން އިނގުމުންނެވެ. ހިތް އެދި ގޮވަނީ ޔައިޝް އާއި ބައްދަލުކޮށްލުމަށެވެ. އެ ހިޔާލުތަކުން އެއްފަރާތްވެލުމަށް މަސައްކަތް ކުރަމުން ޝައުނާ އޭނަގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. އަމިއްލަ ކެބިންގައި އިން އިފާންގެ މޫނު މަތިން ފެންނަމުން ދަނީ އުފާވެރިކަމެވެ. ޔައިޝްގެ ޚަބަރެއް ނުވުމުން ޝައުނާ ކަންބޮޑުވެފައިވި މިންވަރު ދެންމެ އޭނައަށް އެނގިގެން ހިނގައްޖެއެވެ. ހަމަ ގައިމުވެސް ޝައުނާގެ ހިތުގައި ޔައިޝްއަށްޓަކައި ޚާއްސަ މަގާމެއް ނުވާނަމަ އޭނަ އެހާ ކަންބޮޑުނުވީހެވެ. އޭނަގެ އެންމެ ގާތް އެއް އެކުވެރިޔާއަށް ލޯބި ހާސިލްވާނެކަމުގެ އުއްމީދު ހިތުގައި އުފެދުމުން އިފާންގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ. އެކަން އެގޮތަށް ވުން އެދި އިފާންއަށް ހިތާ ހިތުން ދުޢާކޮށްލެވުނެވެ. ސުކޫލުން ނިކުމެގެން އައި އައިލީން އާއި ރިފްޝާ އައީ އެކަކު އަނެކަކާ ވާހަކަ ދައްކަމުންނެވެ. ކައިރީގައި އޮތް ގޯޅިން ލަބާލިތަނާ އެ މަގުގައި ހުރި އޮފީހެއްގެ ދޮރު މަތީ ޝައުނާ އެމީހުންގެ އިންިޒާރުގައި ހުއްޓެވެ. ޝައުނާ ފެނުމާއެކު ދެ މީހުންގެ ތުންފަތުގައިވެސް ކުޅެލީ ލާނެއް ހިނިތުންވުމެކެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ލޮލުން ކޮންމެވެސް އިޝާރާތެއްކޮށްލަމުން ހިނގުން އަވަސްކޮށްލިއެވެ. އައިލީން އާއި ރިފްޝާ އޭނާ އާއި އަރާ ހަމަވުމާއެކު ޝައުނާވެސް ހިނގައިގަތެވެ. ހިނގަމުން ދިޔައިރު އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެހެނަސް އިރުއިރުކޮޅުން އައިލީން އާއި ރިފްޝާ ލާނެއް ހިނިތުންވުމެއް ވެރިކުރުވަމުން ޝައުނާއަށް ބަލާލައެވެ. އެދެ މީހުންގެ ހަރަކާތްތައް ހުރި ގޮތުން ޝައުނާ ހުރީ ހައިރާންވެފައެވެ. އެހެންޏާ ގެއަށް ދެވެންދެންވެސް ތިން މީހުން ދަނީ ވާހަކައިގަ ތިބެގެންނެވެ. އެކަމަކު މިއަދު ތިން މީހުންގެ މެދުގައި އަދި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ޝައުނާވެސް ހުރީ ފަށާނެ ވާހަކައެއް ނޭނގިފައެވެ. ” އަޅެ ކީއްވެތަ މަށާ ދިމާލަށް މާ އެހެންކަހަލަ ވައްތަރަކަށް ތި ބަލަނީ… އެއްވެސް އެއްޗެކޭ ނުބުނަނީ ކީއްވެތަ… ” އެންމެ ފަހުން ޝައުނާއަށް ނުހުރެވިގެން ބުނެލިއެވެ. ” ހެހެހެ… އަހަރުމެން މި ތިބެނީ ޝައު އަހަރެމެން ދެ މީހުނަށް ކިޔައިދޭތޯ… މިއަދު ކޮންމެވެސް ކުއްޖަކު ޔައިޝްގެ ޚަބަރެއް ނުވެގެން ބިރުން އުޅުނު ޚަބަރު ވަނީ ލިބިފަ… ޔައި މަތިން މިސްވާވަރުން ކުއްޖަކު އުޅުނޯ މިއަދު… މިހިތަށް އަރަނީ ދުވަހަކުވެސް ޔައިދެކެ ލޯބި ނުވާނަމޭ ބުނި ކުއްޖަކު މިހާރު މެސެޖުގެ ރިޕްލައި ނުލިބުމުން ނޫނީ ފޯނު ނުނެގުމުން އެހާ ހާސްއެވަނީ އަޅެ އެހިތުގަ ކޮންމެވެސް އިހުސާސެއް އުފެދިފަ ވާތީއޭ… އައި މީން އެކަހަލަ އިހުސާސެއް ނުވާނަމަ އެހާ ނާވަސްވެގެން އެހެން މީހުނަށް ގުޅާފަ ޔައިގެ ޚަބަރެއް ވިތޯ ނާހާނެ ދޯ… ހެހެހެ… ” ރިފްޝާ ހެމުން ހެމުން ބުނެލިއެވެ. ” އާނ ދޯ ރިފޫ… ދުވަހަކުވެސް ލޯބި ނުވާނަމޭ ބުނިކަމުގައިވިޔަސް އެ ކުއްޖެއްގެ ހިތުގަ އެ އުފެދުނު އިހުސާސްއަކީ ލޯބި ދޯ އެކުއްޖާ ގަބޫލުނުކުރިޔަސް… ހެހެހެ… ” ޝައުނާއަށް ބަލާލުމަށްފަހު އެއްލޯ މަރާލަމުން އައިލީންވެސް ރިފްޝާ އާއި އެއްބަސްވަމުން ބުނެލިއެވެ. ” އޯހް… ސޯ ފާން ބުނީ ދޯ މިހާރު… ހުމް… ދިމާކުރޭ… ކުރާނެ ވަރަކަށް ކުރޭ… އަހަރެން ގަބޫލު ކުރަމޭ އޭރު އެހެން ބުނިން ކަމަށް… ދެން އެހެން ބުންޏަސް ވާން ހުރި ކަމެއް ވާނެއެއްނު… އައި ކުޑުންޓް ސޮޓޮޕް ލަވިން ހިމް… ” ޝައުނާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ” އޯ ހޯ… ޝައު ދެރަވީތަ… އަހަރެމެން އެހެން ބުނި އެއްޗެއް ނޫނޭ އެއީ… ޖަސްޓް ކިޑިން… ހެހެހެ… އަސްލު އަހަރެމެން ދެ މީހުން ވަރަށް އުފާވެއްޖެ ޝައު އެކަން ގަބޫލުުރީމަ… މި ބުނީ ޝައުގެ ހިތުގަ ޔައިއަށްޓަކައި ލޯބި ވާކަން ގަބޫލުކުރީމަ… ” އައިލީން ހިނިތުންވެލަމުން ޝައުނާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އޭރު ތިން އެކުވެރިންގެ މޫނު މަތިންވެސް ފެންނަމުން ދަނީ އުފާވެރިކަމެވެ. ޖޯލިފަތީގައި އޮށޯވެލައިގެން އޮތް އާފިޔާ އޮތީ ފުން ޚިޔާލެއްގެ ތެރޭގައެވެ. މާޒީގެ އެ ހިތި ހަނދާންތަކުގައި އޭނާ ވަގުތުތައް ހޭދަކުރަމުން ދިޔައިރު އޭނަގެ ދެ ލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ. ޖޯލިފަތި ކައިރީގައި ރިޝްފާ އޭނަގެ ހަރަކާތްތަކަށް ބަލަން ހުރި ކަމެއް އާފިޔާއަކަށް ނޭނގެއެވެ. ” މަންމާ… ” ރިޝްފާ ގޮވާލިއަޑަށް ސިހިފައި އާފިޔާ އޭނަގެ ލޮލުން އޮހޮރުނު ކަރުނަތައް އަވަސް އަވަހަށް ފޮހެލިއެވެ. ”މަންމާ… ކީއްވެ ތި ކަރުނަތައް ތި ފޮހެލީ… އަހަންނަށް ފެނިއްޖެޔޭ… މަންމާ… ބުނެބަލަ ކީއްވެތަ މިހާރަކަށް އައިސް މަންމަ މާ ބޮޑަށް ދެރަވެފަ ހުންނަނީ… ނޫނީ ކޮންމެވެސް ޚިޔާލަކަށް ގެއްލިފަ ހުންނަނީ… މަންމާ ޕްލީޒް… ބުނެބަލަ އަހަރެން ކައިރި… އޭރުންނެއްނު އަހަންނަށްވެސް އެހީތެރިކަމެއް ދޭން އިނގޭނީ… ” ރިޝްފާ އައިސް އާފިޔާ އިން ޖޯއްޔާ ޖެހިގެން އިން ޖޯލީގައި އިށީންދެ އާފިޔާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ” ދަރިފުޅާ… މަންމަ ހަމަ ރަނގަޅޭ… އެއީ ރިފޫ މަތިން ހަނދާން ވީމަ ރޮވުނީ… ދަރިފުޅަށް އިނގެއެއްނު މަންމަ އަބަދުވެސް ބޭނުން ވަނީ ދަރިފުޅުމެން ދެ ކުދިންވެސް މަންމަ ކައިރީގައި ތިބުންކަން… މަންމަ ރިފޫ މަތިން ވަރަށް ވަރަށް ހަނދާންވޭ… ” އާފިޔާ ހަމަޖެހިލަމުން ބުނެލިއެވެ. ” އެކަމަކު މަންމާ… މަންމަ ހަމަ ތެދައްތަ ތި ބުނީ… އިތުރު އެއްވެސް ކަމެއް އޮވެގެނެއްނޫންތަ… ” ރިޝްފާ ދެވަނަ ފަހަރަށްވެސް ސުވާލުުރިއެވެ. ” އާއެކޭ ދަރިފުޅާ… ރިޝް މާ އަވަހަށޭ ތިހާސްވަނީ… މަންމަ މި ދަނީ ބަދިގެއަށް ހަވީރު ސައި ތައްޔާރުކުރަން… ” އާފިޔާ މިހެން ބުނެ އިތުރު ސުވާލެއް ކުރިމަތިވުމުގެ ކުރިން އެތަނުން ދިއުމަށް ޖޯލިން ތެދުވިއެވެ. ” މަންމާ… އެދުވަހު ބާލީސް ދަށުގަ އެއީ ކާކު ފޮޓޮއެއް… އެއީ ރިފޫގެ ފޮޓޮއެއް ނޫން ދޯ… އަހަރެންގެ ހިތެއް ނުބުނޭ އެއީ ރިފޫގެ ފޮޓޯ އެކޭ… ” ރިޝްފާގެ ވާހަކަތައް އަޑު އިވިފައި ގެއަށް ވަންނަން ހިނގައިގަތް އާފިޔާ ހުއްޓުން އެރިއެވެ. ”ރިޝް މަންމައަށް އިތުބާރުނުކުރަންތަ… އެއީ ރިފޫގެ ފޮޓޯ އޭ… މަންމަ އަތުގަ ދެން ކާކުގެ ފޮޓޮއެއް އޮންނާނީ… ދަރިފުޅާ ރިފޫގެ ފޮޓޮއެއްނު ހުންނާނީ… މި ކުޑަކުޑަ އާއިލާގެ ފޮޓޯ ހުންނާނީ… ދަރިފުޅަށް ގަބޫލުނުކުރެވެނީތަ… ” އާފިޔާ ރިޝްފާއަށް ބަލާލަމުން ބުނެލިއެވެ. ” އެކަމަކު… ދެން މަންމަ އެދުވަހު ކީއްވެތަ އަހަރެންގެ އަތުން ފޮޓޯގަނޑު އެހާ އަވަހަށް އަތުލީ… ” ރިޝްފާ މިފަހަރުވެސް ގަބޫލުނުކުރެވުމުން އަހާލިއެވެ. ”މަންމަ ބުނީމެއްނު… މަންމަ ބޭނުން ނުވިއްޔޭ ދަރިފުޅަށް އެނގެން މަންމަ ރިފޫ މަތިން ހަނދާންކޮށް ހިތާމަކުރާކަން… އެކަމަކު އެދުވަހު ދެން ދަރިފުޅު ސުވާލުކުރީމަ މަންމަ ބުނީ… ގަބޫލުކުރެވިއްޖެތަ މިހާރު… ” އާފިޔާ ބުނެލިއެވެ. މަންމަ އޭނައަށް ދޮގު ހަދަންވީ ކީއްކުރަން ހެއްޔެވެ؟ މަންމަގެ މި ކުޑަ އާއިލާ ފިޔަވައި ތިބީ ވެސް ކޮންބައެއް ހެއްޔެވެ؟ ފޮޓޯ ތައް ހުރި ފޮތުގައިވެސް އޭނައަކަށް އިތުރު މީހެއްގެ ފޮޓޮއެއް ނުފެނުނެވެ. އެކަމަކުވެސް ހިތުގެ ކަނަކުން މަންމަ އޭނައަށް ކަމެއް ސިއްރުކުރާކަން ބުނެދެއެވެ. ”ސޮރީ މަންމާ… ގަބޫލުކޮށްފިން… މަންމަ ދެރަކޮށްލެވުނީމަ ސޮރީ… ” ރިޝްފާ އައިސް އާފިޔާގެ ގައިގައި ކުޑަކޮށް ބައްދާލަމުން ބުނެލިއެވެ. އާފިޔާ ލޮއެބާއެކު ރިޝްފާގެ ބޮލުގައި ފިރުމާލިއެވެ. އެހެނަސް އޭނަގެ މޫނު މަތިން ފެންނަމުން ދަނީ ހިތާމައިގެ އަސަރުތަކެވެ. ” މަންމައަށް މަޢާފުކުރޭ ރިޝް… މަންމަ ދަރިފުޅަށް އަދި ރިފޫއަށްވެސް ވަރަށް ބޮޑު ކަމެއް ވަނީ ސިއްރުކޮށްފަ… ” އެ ބަސްތައްވީ އާފިޔާ އާފިޔާގެ ހިތުގެ ތެރޭގައެވެ. ދުލާހަމައަށް އެބަސްތައް ގެނައުމުގެ ކުޅަދާނަކަމެއް އޭނައަށް ލިބިގެނެއްނުވެއެވެ. ” ރިޝް… އާދެ ބަލަ… ” އެކަކު އަނެކަކުގެ ގައިގައި ބައްދާލައިގެން ތިބި ރިޝްފާ އާއި އާފިޔާ ދުރުވެލީ މާނިއު ކޮޓަރިން ނިކުމެފައި ރިޝްފާއަށް އައުމަށް އެދި ގޮވާލުމުންނެވެ. ރިޝްފާ ކޮޓަރިއަށް ދިޔުމުން އާފިޔާ ހަމަޖެހުމުގެ ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. އަދި ހަވީރުގެ ސަޔަށް ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްލުމަށް ބަދިގެއަށް ދިއުމަށް މިސްރާބުޖެހިއެވެ. އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް ތިން އެކުވެރިންވެސް ވަޒީފާއިން އައިސް މެންދުރު ކައިގެން އަރާމުކޮށްލަން ޖައްސާލިއެވެ. އާޝިޔާ ވެސް ކޮންމެ ދުވަހަކު ހުރިހާ ގަޑިއެއްގައިވެސް ކަނީ އެކުދިންނާ އެކުގައެވެ. އާޝިޔާ ދެކޭ ގޮތުގައި ރިފްޝާ އާއި ޝައުނާ އަކީ ވެސް އައިލީން ފަދައިން އޭނަގެ ދެ ކޮއްކޮއެވެ. އެކުދިންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނުކުރެއެވެ. އައިލީން ނަމާދުކޮށްގެން އައިސް އެނދުގައި ޖައްސާލިތަނާ ޔޫހާންގެ ފޯނު ކޯލެއް އައެވެ. ފަނަރަ ވަރަކަށް މިނިޓު ވާހަކަ ދެއްކުމަށްފަހު އައިލީން ފޯނު ބޭއްވިއެވެ. އެއަށްފަހު ސައިޑް ކަބަޑު މަތީގައި އޮތް ވާހަކަ ފޮތް ނަގައި އެ ފޮތް ކިޔަން އޮތެވެ. ރިފްޝާ އޭނަގެ އެނދު މަތީގައި ލެޕްޓޮޕުން ކޮންމެވެސް ފިލްމެއް ބަލަން އޮތް އިރު ޝައުނާ އޭނަގެ އެނދުގައި ފޯނަށް ނަޒަރު ހުއްޓާލައިގެން އޮތެވެ. މިހާރު އޭނާ ޔައިޝްގެ މެސެޖަކަށް އިންތިޒާރުކޮށްކޮށް ވަރުބަލި ވެއްޖެއެވެ. ޝައުނާއަށް އޭނަގެ ހިތް ކެނޑިނޭޅި ބުނަމުން ދަނީ ޔައިޝް އާއި ބައްދަލުކޮށްލަން ދިއުމަށެވެ. އެންމެ ފަހަރަކު ނަމަވެސް އެ ސޫރަ ދެކެލަން ދިއުމަށެވެ. ޔައިޝްގެ ހާލު ރަނގަޅު ތޯ ބަލާލަން ދިއުމަށެވެ. މިހާ އިރު ވީއިރުވެސް ޔައިޝްގެ ޚަބަރެއް ނުވުމުން ހިތުގައިވި ނުތަނަވަސްކަން ވަނީ އިހުނަށްވުރެވެސް ބޮޑުވެފައެވެ. އެހެނަސް ކިތަންމެ ދާން ބޭނުންވިޔަސް ޝައުނާ ދާން ފަސްޖެހެނީ ޔައިޝްގެ މައިންބަފައިން އުޅޭތީއެވެ. އޭނާ ދިޔުމުން އެމީހުން ހީކުރާނީ ކީކޭ ހެއްޔެވެ؟ ” އައިލީ… ރިފޫ… އަހަރެން މިދަނީ ޔައިޝްގެ ގެއަށް… ” ކުއްލިއަކަށް އެނދުން ތެދުވެފައި ޝައުނާ ބުނެލިއެވެ. ” އޯ ހޯ… ސާބަސް ޝައު… ޔައި ދެކިލާހިތުން ހަމަ ނުހުރެވުނީ ދޯ… ހެހެހެ ” ރިފްޝާ މިފަހަރުވެސް ދިމާކޮށްލިއެވެ. އައިލީންވެސް ރިފްޝާގެ ހުނުމުގައި ބައިވެރިވިއެވެ. ” ދެން.. ސޮޓޮޕް ލާފިން… ޕްލީޒް ބުނެބާ ކިހިނެއްތަ ދާނީ… ޔައިޝްގެ މަންމަމެންވެސް އައިއްސި… އަހަރެން އެހެން ދިޔައިމަ ކީކޭ ހިތަށް އަރާނީ އެމީހުން… ” ޝައުނާ ކަންބޮޑުވެފައި ބުނެލިއެވެ. ” އެވަރު ކަމަކާތަ ތި ޓެންސް ވީ… ބުނޭ ޔައިގެ ފްރެންޑެކޭ… ބަލިވެ އުޅޭ ޚަބަރު ލިބުނީމަ ހާލުބަލާލަން އައީ އޭ… ސިމްޕަލް… ” ހިނިތުންވެލަމުން އައިލީން ބުނެލިއެވެ. ރިފްޝާ ވެސް އެއީ ތެދެކޭ ބުނެ އައިލީން އާއި އެއްބަސްވިއެވެ. ޝައުނާ އޭނަގެ ދެ އެކުވެރިންނަށް ޝުކުރު އަދާކުރުމަށްފަހު އަވަހަށް ތައްޔާރުވާން ފެށިއެވެ. އަލަމާރިން ބަށި ކުލައިގެ އަތް ދިގު ޓޮޕަކާއި ކަޅު ކުލައިގެ ސްކިނީއެއް ނަގައިގެން އަވަހަށް ފާޚާނާއަށް ވަނެވެ. ތައްޔާރުވެގެން ޝައުނާާ ތިރިއަށް ފޭބިއެވެ. މަގުމައްޗަށް ނިކުމެ އޭނަ އުޑަށް ނަޒަރު ހުއްޓާލިއިރު އުޑު މަތި ވަނީ ބަނަކޮށްލާފައެވެ. ވައިވެސް ޖެހެމުން ދިޔައީ ފުދޭވަރަކަށް ބާރަށެވެ. ބާލަބެލުމަށް ހީވަނީ ވަރަށް އަވަހަށް ވާރޭގެ ތިކިތައް އޮއްސާލާނެ ހެންނެވެ. ވަރަށް ފަސޭހަކަމާއެކު ޓެކްސީއެއް ލިބުމުން ޝައުނާ ޓެކްސީގައި ޔައިޝްގެ ގެއަށް މިސްރާބު ޖެހިއެވެ. ޓެކްސީ އައިސް ޔައިޝްގެ ގޭގެ ގޭޓު ދޮރު މައްޗަށް ހުއްޓުމާއެކު ޝައުނާ ޓެކްސީގެ ޑްރައިވަރަށް ލާރި ދިނުމަށްފަހު ޓެކްސީއިން ފޭބިއެވެ. އޭނާ ކުރިމަތީގައި ހުރި ގެއަށް ބަލާލުމަށްފަހު ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލީ މީހާ ހަމަޖެހުމުގެ ގޮތުންނެވެ. އެއަށްފަހު ގޭޓުން އެތެރެއަށް ވަދެގެން ގޮސް ބެލް އަޅާލިއެވެ. ލަސްތަކެއްނުވެ ދޮރު ހުޅުވިގެން ދިޔައެވެ. ދޮރު ހުޅުވި އަންހެން މީހާ ފެނުމާއެކު އެއީ ޔައޝްގެ މަންމަކަން ޝައުނާއަށް އެނގިގެން ދިޔައެވެ. ޔައިޝްގެ މަންމަ ކުރިމަތީގައި ހުރުމުން ޝައުނާ ހުރީ ހާސްވެފައެވެ. އެހެން ނަމަވެސް ޝައުނާ ހިން ދިރުވާލަމުން ގަދަކަމުން ހިނިތުންވެލިއެވެ. ”ތީ ކޮން ކުއްޖެއް؟ ” ހަފީޒާ ހިނިތުންވެލަމުން އޭނަގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާ އާއި ވާހަކަ ދެއްކިއެވެ. ” މީ… އަޅުގަނޑު މީ ޔައިޝްގެ ރައްޓެއްސެއް… ޔައި… ޔައިޝް އުޅޭތޯ ގޭގަ… ” ޝައުނާ އަޅައަޅައިގަންނަމުން ބުނެލިއެވެ. ” އާނ… ޔައިޝް ވެއްޖެ ބަގީޗާގަ… ދައްތަ ގޮވާލަދެންތަ… ” ހަފީޒާ ހިނިތުންވެފައި ހިތްހެޔޮކަމާއެކު ވާހަކަ ދެއްކިއެވެ. ” ނޫން… އަޅުގަނޑު ގޮސްލާނަން ބަގީޗާއަށް… ” ޝައުނާވެސް ހިނިތުންވެލަމުން އެހެން ބުނުމަށްފަހު ބަގީޗާ އާއި ދިމާލަށް މިސްރާބުޖެހިއެވެ. އޭރު ހަފީޒާގެ ތުންފަތުގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. މިއީ ޔައިޝް ހޯދަން އަންހެން ކުއްޖަކު މިކަހަލަ ގޮތަކަށް އައި ފުރަތަމަ ފަހަރެވެ. ހަމަ ޔަގީނުންވެސް މި އަންހެން ކުއްޖާއަކީ ވަރަށް ޚާއްސަ ކުއްޖަކަށް ވާނެކަމުގައި ހަފީޒާގެ ހިތް ދިޔައީ ބުނަމުންނެވެ. ޝައުނާ ގޮސް ބަގީޗާ ތެރެއަށް ވަދުން އިރު ފޮޅިފައިވި ރަތް ކުލައިގެ ފިނިފެންމާ ގަސްތަކާއި ދިމާލަށް ބަލަހައްޓައިގެން ޔައިޝް ހުއްޓެވެ. ލައިފައިވާ ކަނޑު ނޫކުލައިގެ އަތް ކުރު ޓީޝާޓާއި ކަޅު ކުލައިގެ ކަކުލާއި ހަމައަށް އަންނަ ސޯޓުގައި ޔައިޝް ފެންނަލެއް ވަރަށް ފުރިހަމައެވެ. ސޯޓުގެ ދެޖީބަށް ދެއަތް ޖަހާލާފައިވުމުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ” ޔައިޝް… ” ޝައުނާ މަޑުމަޑުން ގޮސް ޔައިޝްގެ ފަހަތުގައި ހުރެފައި މަޑުމައިތިރިކަމާއެކު ޔައިޝްއަށް ގޮވާލިއެވެ. ފަހަތުން އިވުނު މިއުޒިކެއްފަދަ ހިތްގައިމު އަޑުން ޔައިޝްއަށް އޭނަގެ ޚިޔާލީ ދުނިޔެއިން ނިކުމެ ސިިހިފައި ފަހަތަށް އެނބުރި ބަލާލެވުނެވެ. އޭރު އެ ހިތުގެ ރާނީ ފަރި ހިނިތުންވުމަކާއެކު ހުއްޓެވެ. ޔައިޝްއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ”ކިހިނެއްތަ މިހާރު… ގުޅީމަ ފޯނެއްވެސް ނުނެގި… މެސެޖު ކުރީމަ ރިޕްލައި އެއްވެސް ނުކުރި… އައި ވޯޒް ސްކެއާޑް… ފާންއަށް ގުޅީމަ ބުނި ޔައިޝް ބަލި ވާހަކަ… އެހެންވެ މިހާރު ކިހިނެއްތޯ ބަލާލަން ހަމަ އައިސްލީ… އާރް ޔޫ އޯކޭ ނައު؟ ” ޔައިޝް އޭނަ އާއި ދިމާލަށް ބަލާލުމާއެކު ޝައުނާ ވާހަކަ ދެއްކިއެވެ. ” މިހާރު ކުރިއަށްވުރެ މާ ބޮޑަށްވެސް ރަނގަޅު ޝައު އައިމަ… ފޯނު ނުނެގުނީ އެން ރިޕްލައި ނުކުރެވުނީ އޭރު ނިދާފަ އޮތީމަ… ދެން ހޭލި އިރު ފޯނު އޮތީ ބެޓްރި ލޯވެފަ… ޗާޖަރަށް ޖަހާފަ ފެންވަރަން ދިޔައީ… ފަހުން ރިޕްލައި ކުރަން ބޭއްވުނީމަ ހަނދާން ނެތުނީ… ސޮރީ ފޯ ދެޓް… ” ޔައިޝް ޖަވާބުގައި ބުނެލިއެވެ. ޝައުނާ ހިނިތުންވެލިއެވެ. ” ދެން ބުނެބަލަ… ޝައު ކީއްވެ އެހާ ބިރުގަތީ އަހަރެންގެ ޚަބަރެއް ނުވެގެން… ” ޝައުނާގެ ލޮލާއި ލޯ ސީދާކޮށްލަމުން އެއް ފިޔަވަޅު ކުރިއަށް އަޅަމުން ޔައިޝް ބުނެލިއެވެ. ” ޔަ… ޔައިޝް ދުވަހަކުވެސް… އެހެން ރިޕްލައިނުކޮށް ނުހުންނާތީ… ހިތަށް އެރީ… ޔައިޝްއަށް ކަމެއް ވީ އޭ… ” ޔައިޝް ކުރިއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކަށް ފަހަތަށް ފިޔަވަޅު އަޅަމުން ޝައުނާ ވަރަށް އުނދަގުލުން ނަމަވެސް ބުނެލިއެވެ. އޭރު ދިޔައީ ހިމަ ފޮދު ވާރޭގެ ތިކިތަކުން ދެ މީހުންވެސް ތެއްމަމުންނެވެ. އެހެނަސް އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައިވުމުން ޔައިޝް އާއި ޝައުނާއަށްވެސް އެކަމެއް ރޭކާނުލައެވެ. ” އާރް ޔޫ ޝުއާ ހަމަ އެހެން ސަބަބެއް ނެތްކަން… ” ޔައިޝް މިފަހަރުވެސް ވަރަށް ކެރިހުރެ ހަތަރު ކަޅި ހަމަކޮށްލަމުން އަހާލިއެވެ. ޝައުނާ މަޑުމަޑުން ބޯޖަހާލުމަށްފަހު ފަހަތަށް ފިޔަވަޅު އަޅާލި ވަގުތު ވެއްޓެއް ދިޔައެވެ. އެހެނަސް ވެއްޓުމުގެ ކުރިން ޔައިޝް އޭނަގެ ބާރުގަދަ ދެއަތުން ޝައުނާގެ ހިމަ އުނަގަނޑުގައި ވަށާލިއެވެ. ލިބުނު ސިހުމުގައި ޝައުނާއަށް ތޫލި އަޑަކުން ކުޑަކޮށް ހަޅޭއްލަވައިގަނެވުނު އިރު އޭނަގެ ދެއަތުން ޔައިޝްގެ ކޮނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. ވެހެމުންދިަ ހިމަ ފޮދު ވާރޭގެ ތެރޭގައި އެކަކު އަނެކަކާ އެހާ ގާތުގައިވުމުން ދެ މީހުނަށްވެސް ދިޔައީ ތަފާތު އިހުސާސެއް ކުރެވެމުންނެވެ. ޔައިޝްގެ ހޫނު ނޭވާތައް ދިޔައީ ޝައުނާގެ މޫނަށް އެޅެމުންނެވެ. ޝަބްނަމްގެ ތިކިތަކެއް ފަދައިން ވާރޭގެ ފެންތިކިތައް އެއްވެސް ހުރަހެއްނެތި ޝައުނާގެ އޮމާން މޫނުގައި ބޮސްދެމުން ދިޔައިރު އެ ނަސީބު އޭނައަށް ލިބޭނެ ނަމައޭ ޔައިޝްގެ ހިތަށް އެރީ ކިތައް ފަހަރުކަމެއްވެސް ނޭނގެއެވެ. ފިޔާތޮށި ކުލައަރާ ތުންފަތުގައިވެސް ފެންތިކިތައް ބޮސްދެމުން ދިޔައިރު ޔައިޝްއަށް އޭނަގެ އިހުސާސްތައް ކޮންޓްރޯލް ކުރުންވީ ދަތިކަމަކަށެވެ. އިހުސާސްތައް ކޮންޓްރޯލް ނުކުރެވޭނެހެން ހީވުމުން ޔައިޝް އަވަސް އަވަހަށް ޝައުނާ އާއި ދުރުވެލިއެވެ. ޝައުނާވެސް ހަމައަކަށް އެޅިލުމަށްފަހު ދަނީއޭ ބުނެ ހިނގައިގަތެވެ. އެހެނަސް ދެތިން ފިޔަވަޅު ކުރިއަށް އެޅިތަނާ ޔައިޝް އޭނަގެ އަތުގައި ހިފަހެއްޓިއެވެ. ޝައުނާ ފަސް އެނބުރި ޔައިޝްއަށް ބަލައިލިއެވެ. އޭރު ޔައިޝް އެއްފައި މައްޗަށް ތިރިވެ ރީތިކޮށް ނުފޮޅޭ ރަތް ކުލައިގެ ފިނިފެންމަލެއް އޭނައަށް ދިއްކޮށްކަލައިގެން އިނެވެ. ޝައުނާއަށް ހައިރާންކަން ލިބިގެން ދިޔައެވެ. ” ޝައު… އައި ލަވް ޔޫ… އައި ލަވް ޔޫ ސޯ މަޗް… މިފަހަރު އަހަރެން ވަރަށް އުއްމީދާއެކު ޝައުއަށް މި ލޯބި ހުށަހަޅަނީ… މީގެ ކުރިންވެސް އެތައް ފަހަރަކު އަހަރެން ލޯބިވާކަން ހާމަކޮށްފިން… އެކަމަކު އެއިން ކޮންމެ ފަހަރަކުވެސް އަހަންނަށް ލިބެނީ އަހަރެންގެ ހިތް ހަލާކުކޮށްލާފަދަ ޖަވާބެއް… މިފަހަރު އަހަރެން އުއްމީދުކުރަން އަހަރެންގެ ހިތް އުފާކޮށްދޭފަދަ ޖަވާބެއް ލިބޭނެކަމަށް… އައި ނޯ ޝައުއަށް އުނދަގޫވާނެކަން ޓްރަސްޓްކުރަން… ބަޓް ޕްލީޒް ޓްރަސްޓް މީ… ގިވް މީ އަ ޗާންސް ޓު ޕްރޫވް ދެޓް އައި ޓުރޫލީ ލަވް ޔޫ… އައި ޕްރޮމިސް އަހަރެން ޝައުއަށް ލޮއެބާ އަޅާލުން ދޭނަން… ޝައުއަށް އިތުބާރުކުރާނަން… ޝައުގެ ލައިފްގަ ދިމާވާ ކޮންމެ ހިތާމައަކާއި އުފަލެއްގައި ޝައުއާއި އެކުގައި އަހަރެން ހުންނާނަން… ދުވަހަކުވެސް ޝައު ދޫކޮށެއް ނުލާނަން… އައި ޕްރޮމިސް… އައި ވިލް އޯލްވޭސް ލަވް ޔޫ… ޖަސްޓް ގިވް މީ ދަ ފަސްޓް އެން ލާސްޓް ޗާންސް… ޕްލީޒް… މިފަހަރު އަހަރެން ހިތް ހަލާކުކޮށްނުލާ ޕްލީޒް… މީ އަހަރެން ޝައުގެ ލޮއެބަށް އެދޭނެ އެންމެ ފަހު ފަހަރު… މިފަހަރު އަހަރެންނަށް އެދެވޭ ޖަވާބެއް ނުލިބިއްޖެނަމަ އަހަރެންގެ މައިންބަފައިން ދައްކާ ކުއްޖަކާ ކައިވެނިކުރަން އަހަރެން ނިންމައިފިން… ޕްލީޒް… ގިވް މީ އަ ޗާންސް… ” ޔައިޝްގެ ވާހަކަތައް އަޑުއިވިފައި ޝައުނާއަށް އެއްވެސް ހަރަކާތެއްނެތި ހުރެވުނީއެވެ. އޭރު އެއްވެސް އިޚުތިޔާރަކާނުލާ ޝައުނާގެ ލޮލުން ކަރުނަ އޮހޮރެމުންދެއެވެ. އެ ކަރުނަތައް ދިޔައީ ވާރޭގެ ފެންތިކިތަކާއި އެކުވަމުންނެވެ. ޔައިޝް ކެތްތެރިކަމާއެކު ޝައުނާގެ ޖަވާބަކަށް އިންތިޒާރުކުރަމުން ދިޔައެވެ. ޔައިޝްގެ ލޮލުން އޭނައަށް ފެންނަމުން ދިޔަ އަސަރުތަކުން ޝައުނާގެ ހިތް ދިޔައީ ތޮރުފަމުންނެވެ. އޭރު އޭނަގެ ސިކުނޑި ފުރިފައިވަނީ ޔައިޝް އާއި ޔާފިއުގެ ޚިޔާލުތަކުންނެވެ. ޝައުނާ ހަމައަކަށް އެޅިލުމަށް ފަސްއެނބުރި އޭނަގެ ދެ ލޯ މަރާ ބާރުކޮށްލިއެވެ. މިފަހަރުވެސް އޭނަގެ ސިކުނޑި ދިޔައީ ހިތުގެ އެދުމަށް ދެކޮޅު ހަދަމުންނެވެ. ” ސޯ ޔުއާ އާންސާ އީޒް ނޯ… ” ޔައިޝް ތެދުވަމުން ބުނެލިއެވެ. ޝައުނާއަށް ބޭއިހްތިޔާރުގައި ދެ ލޯ ހުޅުވާލެވުނެވެ. ޝައުނާ ހުރީ އޭރުވެސް ނިންމަންވީ ގޮތެއް ނޭނގިފައެވެ. އިޖާބަ ދޭންވީ އޭނަގެ ހިތުގެ ގޮވުމަށް ކަމެއް ނޫނީ ސިކުނޑީގެ ގޮވުމަށް ކަމެއް ނޭނގިފައެވެ. ދެމިނިޓު ވަރު ހޭދަވެގެން ދިޔައިރުވެސް ޝައުނާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ޔައިޝް މުޅިން މާޔޫސްވިއެވެ. ޔައިޝްގެ އަތުގައި އޮތް ރަތް ކުލައިގެ ފިނިފެންމާވެސް ބަގީޗާގައި ހައްދާފައިވާ ފެހި ކުލައިގެ ވިނަގަނޑު މައްޗަށް ވެއްޓުނެވެ. މަޑު ފިޔަވަޅުތަކެއްގައި ޝައުނާއަށް ފަސްދީފައި ބަގީޗާއިން ނިކުންނަން ޔައިޝް ހިނގައިގަތެވެ. އޭރު ވެހެމުންދިޔަ ހިމަ ފޮދު ވާރޭވެސް ކޮންމެވެސް ވަރަކަށް ބޯ ކޮށްލައިފިއެވެ. ޔައިޝް ދާތަން ފެނުމުން ޝައުނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އޭރު އޭނަގެ ސިކުނޑީގައި އައިލީން ކުރީ ދުވަހު ދެއްކި ވާހަކަތައް ތަކުރާރުވަމުން ދިޔައެވެ. ބޭއިހްތިޔާރުގައި ޝައުނާއަށް ޔައިޝް އާއި ދިމާލަށް ދުއްވައިގަނެވުނެވެ. ” އައި ލަވް ޔޫ ޔައިޝް… އައި ލަވް ޔޫ… އައި ލަވް ޔޫ ސޯ މަޗް… ” ދުވެފައި ގޮސް ފަހަތުން ޔައިޝްގެ ގައިގައި ބާރަށް ބައްދާލަމުން ޝައުނާ ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.








me 1st…yeyy
Yesss dear ur first ???… Congrats dear ❤️❤️❤️…
Salaam dear readers ❤️❤️❤️??????… Kihineh tha hurihaa kudhinn??? Hope everyone are alright ??????… Here is the 27th part ???… Hope all will like this part too n if there is any mistakes please point out that for me so that I can improve ❤️❤️❤️?????????… Ifoo ge Story kiyaa n comment koh n like dhey hurihaa kudhinnah ifoo ge faraathun v v v bodah shukuriyya ❤️❤️❤️?????????. . Thikudhinge support aa nulaa mihisaabahvx ifoo ah naadheveyne ???… Thankyou so much my dear readers ??? n love you all ❤️❤️❤️… Miadhu kury partge comments thakah reply kohlaanan In Sha Allah ???❤️❤️❤️…
I am first
Dear Greeny this time ur second ???❤️❤️❤️…
First dhw.
Masha allah stry vv salhi.n cover pic vex.ehme fahun shauna yes buny dhw.waiting 4 next part.
-salaam-???
ST Man mifaharu 3rd ???… Thankyou so much for the support ❤️❤️❤️??????… I’m glad that u like the story n cover pic ❤️❤️❤️??????… Yahh… Enme fahun Shau yesss buny ???… Next part In Sha Allah mi reyge vaguthehga kiyaalan libeyne ???…
Omg.. It’s amazing dear ??? vvvvvvvvvvv nice mihaaru mi story ❤❤❤ cover pic vx v obi n vvvvvvvvvv nice hurihaa ? couples ehvx n hurihaa kudhinnaavx v gulhey 3 rom couples thihiry ifoo select kohfavx.. It’s wonderful ifoo ???…
Naju ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… V v v ufaavehje story reethi v ma n cover pic vx reethi v ma ❤️❤️❤️??????… I’m so happy for that ???… It means a lot for me ???… In Sha Allah next part mi reyge vaguthehga kiyaalan libeyne ???…
alheyyyy.. eha kiyaahithun indhaa e nimuny… kiriyaa hama nurovunyves.. hehe.. ifoo nxt part avahah up kodhehchey.. vrh kiyaa hiyy vey eba.. ifoo ah v haaves avahakah nxt part up kolladhy plxxxx…
Aesh ❤️❤️❤️… After a long time v v v ufaavehje comment kohleema ❤️❤️❤️??????… Thankyou so much dear ❤️❤️❤️?????????… I’m glad that u like it ??????… Next part In Sha Allah mi reyge vaguthehga kiyaalan libeyne ???…
vrh reethi, maa sha allah.. vvvvvvvvv vrh reethi..
Aesh ❤️❤️❤️… Thankyou so much dear ❤️❤️❤️??????… V v v ufaavehje ❤️❤️❤️??????…
Vaahaka varah reethi namaves liumuge kuda mistake eh repeat vaathee kotariah vadhunuiru Bageechaa ah vadhunu iru mihen liefa onnaathee kiyaalan varah Undhagoo gotheh hurey Eyge badhaluga kotariah vaiy iru nuvatha vadhevunu iru mihen liyelaanama , once more stry hama varah nice keep it up waiting for the next part
Thankyou so much dear ❤️❤️❤️?????????… V v v ufaavehje story reethi v ma n mistake faahaga kohla dhinyma ??????… Thanks a lot ???… Ifoo ah hama liyeveny ehen… Hehe… I will try my best to correct the mistake???… Next part In Sha Allah mi reyge vaguthehga kiyaalan libeyne ???…
Ifoo sis.my part ves hama obiness to the max…vry habeys as usual ❤❤❤??n vaahaka liya iru lap or comp in liyanyya language ah gossa dhivehi font ah laigen liyachey. .eyrun pharagraphs and sentences ves vaki hisaabakun nukendi hunnany…just telling nge..read kuran faseyha vaane hehe don’t mind
luv u sis nxt part avahah genesdhehchey??❤❤❤❤❤
Thankyou so much dear ❤️❤️❤️?????????… V v v ufaavehje comment kiyaalaafa ???… Ifoo story liyany phone inn bt thanks dear bunela dhinyma ???… I’m so happy dear ifoo ge fan akah v ma ???… Thankyou so much dear ❤️❤️❤️❤️❤️❤️… Much more loves from me ❤️❤️❤️?????????… Now I have submitted the next part ???… Keep waiting dear ???…
maasha allah…. vvvvv salhi mi part vx… whn nxt??
naash ❤️❤️❤️… After a long time dhw comment mi fenuny ???… I’m so happy to see ur comment ???… Thankyou so much dear ❤️❤️❤️?????????… Now I have submitted the next part ???… Keep waiting ???…
Alheyyyyyyyy FINALLY shau bunee dhw yai dheke loabivaa kan ?? ekam dhen ehaa dhera kuraakah nuvaanehnu ?? but im sooooooo happy ?? story kiyaalaa hithun in varun nimun iru ves neyngun ??mi part ga main koh iny shau and yai dhw.. Ifoo pleaaase next part avahah up kohladhehchey hama keh nukurevey kiyaala hithun ??????❤❤ emme reethi thankolhun viyya nimmaaly ? varah varah salhi ??? Lots of love ❤???❤
Awwwwnn my dear Livy ❤️❤️❤️… Yahh… Finally Shau said yess ???… Thankyou so much dear for the support ❤️❤️❤️?????????… I just love your comments Livy ???❤️❤️❤️❤️… V v v ufaavehje mi part vx reethi v ma ???… Now I have submitted the next part ???… Keep waiting dear ???… Much more loves from me dear ❤️❤️❤️?????????❤️❤️❤️…
omg at last……….. yay im so happy for all of them n ifooo hama habeys igey…. just love it…….. ur osm
Unique dear ❤️❤️❤️… V v v ufaavehje dear ah story reethi v ma ???❤️❤️❤️… Thankyou so much dear ❤️❤️❤️?????????… Now I have submitted the next part ???… Keep waiting dear ???…
Keep it up it was amazing?? hama kiyaahithun kiyaalan Inna iru heevani vaahaka sifa vaahen
Sheryn ❤️❤️❤️… Thankyou so much dear ❤️❤️❤️??????… V v v ufaavehje dear ah story reethi v ma ???❤️❤️❤️… Sifakurunthah kamudhiyaima v v v ufaavehje ???… Abadhuvx try kuran readers ah sifakureveyhaa furihama ah sifakurunthah genesdheveythr ???… Thanks a lot dear ❤️❤️❤️??????…
Ooh wow…knirakun next part???
Someone ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… It means a lot for me ???… Now I have submitted the next part ???… Keep waiting dear ???…
Varah obi hama best story mi site ga in ifooo
When is the next
Awwwwnn ❤️❤️❤️???… Thankyou so much dear ❤️❤️❤️?????????… It means a lot for me ???… Now next part kiyaaleveyne ???…
Where is the next part dear???waiting for it curiously….?????
Dear now next part kiyaaleveyne ???❤️❤️❤️???… Happy to know that ur waiting dear ???…