ހުޅުމާލޭ ފެރީ ޓާމިނަލް ކުރިމަތީގައި އޮތް ކާރު މިސްރާބުޖެހީ ހުޅުމާލޭގެ ތާރު އެޅިމަގުތަކުގައި ބާރު ސްޕީޑެއްގައެވެ. އޭގެ މަންޒިލާ ހަމައަށް ވާސިލްވެވުނީ ދިހަ މިނެޓުގެ ދަތުރަކަށްފަހުގައެވެ. ކާރު ހުއްޓާލީ ބޮޑު ގެއެއްގެ ކުރިމައްޗަށެވެ. ބީޗާ ފުދޭވަރަކަށް ކައިރީގައި ހުރި އެގޭއެކޭ ގަނޑުވަރެކޭ ވަކި ތަފާތެއްނެތެވެ. ބަލާބެލުމުންވެސް ޝާހީ ވައްތަރު ޖަހައެވެ. ގޭޓު ކައިރީގައި ތިބި ދެގާޑުން ދޮރުހުޅުވާދިނުމުން ފޮށި ދަމަމުން އެތެރެއަށް ވަނީ މަލާކްއެވެ. ފެހި ކުލައިގެ އަބާޔާ ހެދުމެއްގެ އިތުރުން އަޅިކުލައިގެ ޝޯލެއްގައި ހުރި އިރު […]