ކައިލީ ހުރީ ނުހަނު އުފާވެސް ވެފައެވެ.ވާނީވެސް އެހެން ތާއެވެ. ***** ބޮޑުދޮރުގައި ބެލް އަޅާލުމާއެކު ނީޝާ ދޮރު ހުޅުވިއެވެ.ދޮރުމަތީގައި ހުރި މަންމައާ ބައްޕަ ފެނުމާއެކު އުފަލުން ރޮވުނެވެ.ނީޝާ ރޯތަން ފެނުމުން ސަމާ ބުންޏެވެ.”އަޅޭ..އަދިވެސް ދަރިފުޅު ރޮނީތަ؟މަންމަމެން އައީމަ އުފަލެންނު ވާން ޖެހޭނީ…ޝްޝްޝް..ހުއްޓާލަދެން…”ސަމާ،ނީޝާގެ ލޮލުން ވެއްޓެން ދިޔަ ކަރުނަ ފޮހެދިނެވެ. “ނުރޮމޭ މަންމާ…އެހެންނޫނަސް ދެމީހުން އައީމަ ހެޕީ ވިއްޔޭ..”ސަމާ، މަންމަ މިދަނީ ފެންވަރާލާށޭ ބުނެލިއެވެ.ނީޝާ،ބައްޕަ ކައިރީ އިނދެ ވާހަކަ ދައްކަމުން ދިޔައެވެ. ***** “ހޫނ..އަދި ކިރިޔާދޯ ތި ދެމީހުންނަށް […]
ކޮޓަރިއަށް ވަތް ގޮތަށް ޔޫޝައު ގޮސް އެނދުމަތީގައި އޮށޯވެލިއެވެ.ކަލީޝާ،އުނަގަނޑުގައި ދެއަތް ވިއްދާލަމުން ބުނެލިއެވެ.”އަޅޭ ޔޫޝައުގަނޑާ…އަދިވެސް އޮތީތަ…ދޭބަލަ މިސްކިތަށް ގޮސް ނަމާދަށް…އެއޮއް މަޣްރިބް ނަމާދު ބަންގި ގޮވަނީ…”އެނދުން ތެދުވެ ގަޔަށް ޓީޝާޓް މަހާލަމުން ބުންޏެވެ.”ނޫޅެމޭ ލީޝްއަށް ތިއްތި ދެއްކެން މިތާ ހުންނާކަށެއް…”ޔޫޝައު އެހެންބުނުމާއެކު ކަލީޝާ ބުންޏެވެ.”ޗީ..ތީމާ ރީތި މީހެއްނަމަ ރަނގަޅޭ..”ޔޫޝައު ކޮޓަރިން ނިކުންނަމުން،ލީޝް އަހަރެން ރީތިވީމައެއް ނޫންހޭ އަހަރެންނާ ކައިވެނިކުރާނީ،ބުންޏެވެ.ޔޫޝައު ކޮޓަރިން ނުކުތުމާއެކު ކަލީޝާ ދެކޮޅަށް ބޯހޫރުވާލީ ފިރިމީހާގެ ލާނެތްކަން ފެނިފައެވެ. ********** ލާމިން:ދޮން..އޯކޭތަ ތިގެއަށް ދިޔަޔަސް..” ކައިލީ:”ކާންތަ…އަވަހަށް […]
މާޒީގެ ދުވަސްތައް ލޯމަތިން ސިފަވާތީ ގިސްލާ ރޮވެއެވެ.އަހަރެން ކިޔައިދޭން މިއުޅެނީ އާދައިގެ ކަމެއް ނޫނެވެ. އަޑުއަހާށެވެ! ***** އަހަންނަކީ ފިރިހެނުންގެ މެދުގައި ނަންހިނގާ ބައްޓަން ރީތި ކުއްޖެކެވެ.މީހުންގެ ކަޅިއެޅުންތަކަކީ އަހަންނަށް ލިބޭ އިތުރު ކުރިއެރުމެއް ފަދައެވެ.އަހަންނަކީ އަންހެނެއް ނަމަވެސް މީހުންމެރުމަކީ އާކަމެއް ނޫނެވެ.ސަބަބަކީ، އަހަންނަކީ މީހުންމެރުމުގައި ހައްދުފަހަނަ އަޅާފައިވާ މީހަކަށް ވުމެވެ.އަހަރެން ހެދުން އަޅާ ވައްތަރުން އެކަމަށް ފާޑުކިޔާ މީހަކަށް ހުންނަނީ މަންމައެވެ.ދުނިޔޭގައި ގަދަވެ ސަލާމަތުން ހުރީ މަންމަ އެކަނި ވިއްޔާއެވެ.މަންމަ ދޭ ނަޞޭހަތަށް ބީރު ކަންފަތެއްދީ […]
އެގަޑީގައި ރާކިން އައިސް އަހަރެން ކައިރީގައި ބުންޏެވެ.”ފޯނު ދީބަ”އެއާއެކު އަހަރެން ބުނީމެވެ.”މި ގަޑީގަ” އެއާއެކު އޭނާ ބުންޏެވެ.”މި ގަޑިއަކު ނޫން..އާޝި އަށް ފެންނަ ވަގުތަކު ފޯނު ދިނީމަ ރަނގަޅުވާނެ”އެއާއެކު އަހަރެން “އޯކޭ” އޭ ބުނެލީމެވެ.އެކިކުދިން އެކުދިންގެ ކުލާހަށް ވަންނަމުން ދިޔައެވެ.ކަންދިމާކުރި ގޮތުން މިޔަދު ގޭޓް ކައިރީ ހުންނަން ޖެހުނީ،އަހަންނަށާއި ރާކިން އަށެވެ.އަހަރެންގެ ހިތް އުފަލުން ނަށަނީއެވެ.އިންތިހާއަށެވެ.ގޭޓް ކައިރީ ހުންނަންޖެހޭ ވަގުތު ހަމަވުމުން އަހަރެމެން ދެމީހުން އެކުއެކީގައި ކުލާހަށް ވަނީމެވެ. ކިޔެވުމުގެ ގަޑި ނިމުމާއެކު އަހަރެން،އެތާ ހުރި ބެންޗްއެއްގައި […]
ލާމިން،އެ ލަވަޔަށް ސަމާލުކަން ދެވުނީ ކުޑަވަގުތު ކޮޅަކަށެވެ.ފޯނު ރިންގްވާން ފެށުމުން،ފޫހިކަމާއެކު ފޯނު ނެގިއެވެ. ގުޅަނީ ދޮންތަކަން އެނގުމުން ވަރަށް ރީއްޗަށް ވާހަކަ ދައްކަމުން ދިޔައެވެ.ދޮންތަ ގުޅަމުންދިޔައީ ވައިބަރއިންނެވެ. ________________ ލާމިން:”ކީކޭ ދޮންތާ..” ކައިލީ:”ކޮއްކޮ ހާދަ ކަންނެތް ކޮންނޭ ވާހަކަދައްކަނީ..އަނެއްކާ…” ކައިލީ ބުނަން އުޅުނު ވާހަކަ ފުރިހަމަ ނުކުރެވެނީސް ލާމިން މައުޟޫ ބަދަލުކޮށްލިއެވެ. ލާމިން:”ދޮންތާ…ކަމެއް ކޮށްދެވިދާނެތަ؟..” ކައިލީ:”ހަމަގައިމުވެސް ދޮންތައަށް ކޮށްދެވޭވަމެއް ވެއްޖިއްޔާމު ކޮށްދޭނަން..” ކައިލީ އެހެން ބުނުމާއެކު އެކޮޅުން ފޯނު ކެނޑުނެވެ.ކައިލީ ހީކުރީ ލާމިންއަށް ނޭނގިގެން ފޯނު ކެނޑުނީ […]
އާދައިގެ މަތިން އަހަރެން ސުކޫލަށް ދިޔައީމެވެ.މަންމަ ތައްޔާރުކޮށްދިން ނާސްތާ ވަރަށް މީރޭ ކިޔަމުންނެވެ.އަމިއްލަ ނަފްސަށް އަޑުއިވޭނެ ވަރަށެވެ.އެކި ޙިޔާލުތަކުގައި ހުރެ ސުކޫލަށް ވަނީމެވެ.މިއަހަރަކީ އަހަރެން އޯލެވަލް ހަދާ ފަހަރުކަމުން އަހަރެން ފޯނާ ކުޅުން މަދުކުރީމެވެ.ކުލާހަށްވަދެ އަހަރެން،އަހަރެން އިންނަ ޑެސްކް ކައިރިއަށް ގޮސް،ގޮޑި ދަމާލާފައި އިށީނދެލީމެވެ.ކުލާހުގައި މިވަގުތު އުޅެނީ އަހަންނާ ރާކިންއެވެ.ސަބަބަކީ އަހަރެމެން ދެމީހުންނަކީ،މިކުލާހުގައި ތިބި ހަމައެކަނި ދެ ޕްރިފެކްޓަރުންނަށް ވީތީއެވެ.އަހަންނަކީ ސުކޫލް ކެޕްޓަނެވެ.ރާކިންއަކީ ސުކޫލް ޑެޕިއުޓީ ކެޕްޓަނެވެ.އަހަރެމެން ދެމީހުންނަކީ ވަރަށް ގާތް ދެރަޙުމަތްތެރިންނެވެ. ނަމަވެސް..އަހަންނަށް ރާކިންދެކެ އިންތިހާއަށް […]
ގެއަށް ވަތްތަނާ ލާޝީން ދިޔައީ ސިއްސައިގެންނެވެ.ފެނުނު މަންޒަރަކުން ލާޝީންގެ ދެލޯ ކަރުނުން ބަރާވިއެވެ. އުފާވެގެންކަމެއް ނޫނީ ދެރަވެގެންކަމެއް ނޭނގެއެވެ. *********** ވެއްޓިފައި އެއޮތީ އޭނާގެ ބައްޕައެވެ.”ބައްޕާ….”ލާޝީން ގޮވަމުން ދިޔައެވެ.”ލާޝީން…މިހާރު ނިދީގައި ވާހަކަދައްކަންވެސް ފެށީތަ؟”ކައިލީ ސަމާސާ ރާގަކަށް ބުންޏެވެ.ކުރިން،ކައިލީއާ ދިމާލަށް އެއްޗެހި ކިޔާ ލާޝީން މަޑުމައިތިރި ރާގަކުން ބުނެލިއެވެ.”އެހެންވީމަ މަށަށް ނިދީގައި ވާހަކަ ދައްކާކަމުގެ ލަޤަބު ލިބެން ޖެހޭނެއްނު..” ލާޝީން އެހެން ބުނުމާއެކު ކައިލީގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.”އޭނ ކައިލީ..މަށަށް ކަސްރަތުކުރަން ދެވުނު ކުރަން ދެވުނު ދޯ؟”ކައިލީގެ ޖަވާބު […]
ލާމިންއަށްވެސް ވީ ހަމަ އެވަރެވެ.މިހާ ރީތި ހޫރު ޕަރީއެއް އޭނާ ދުވަހަކުވެސް ނުދެކެއެވެ. މީ އަނެއްކާ ހުވަފެނެއް ނޫންބާއޭ ލާމިންގެ ހިތަށްއެރިއެވެ.މީހަކަށް ފެނުމުގެ ކުރިން ދެމީހުން ކޮޅަށްތެދުވެލިއެވެ.ނީޝާ އަވަސް އަވަހަށް އޭނާ ކިޔަވަމުންދާ ކްލާސް(12 ސީ)އަށް ވަނެވެ. ******** ދުވަހަކީ ހޮނިހިރު ދުވަހަށް ވުމާއެކު އަންހެންވެރިން އެމީހުންގެ މަސައްކަތް ކުރަމުން ދިޔައީ ހުއްޓުމެއްނެތި ގޮނޑުދޮށަށް ބިންދާލާ ރާޅުތަކެއް ފަދައިންނެވެ.މުސްކުޅިން ފުރައިގެ މީހުންވެސް،ހޮޅުއަށީގައި އޮލަ ވާހަކައިގައި ޖެހިފައި ތިއްބެވެ.ބ.ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯޓަށް ޖެއްސި ފްލައިޓުން ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި […]
ޑޮކްޓަރު ވިޔާދުގެ ޙާލު ރަނގަޅޭ ބުނުމާއެކު ސަމާގެ ހިނިތުންވުން ފުންވިއެވެ.އަދި ނީޝާ ގެއަށް ލައިދޭން، އެމީހުން ގެންގުޅޭ ކާރު ޑްރައިވަރ ކައިރީ ބުނުމުން އެމީހާ އައެވެ.އަދި ނީޝާ ގެއަށް ލައިދިނެވެ. ސަމާ ބޭނުންވީ ލޯބިވާ ފިރިމީހާގެ ޚިދުމަތުގައި ހުންނާށެވެ. ******* “ކަލީޝާ ކާން ހަދައިދީބަ..ވަރަށް ބަނޑުހައި..” “ސާބަސް ޔޫޝައު އަށް…މޭޒު ދޮށުގައި ހުންނާނެ ކުރަފި މަސްހުނި ހަދާފަ..ވަރަށް މީރުވާނެ..”ކަލީޝާ ބުނި ވާހަކަ އިން ޔޫޝައު ފަކުރު ގަތެވެ. “ޗީ..ލީޝް ދޭބަ އޭތި ކާން…މަ ނުދާނަން ތިކުރަފި މަސްހުނިގަނޑެއް […]