ހަޔާތަށް ދިރުން ގެނެސްދިން ލޯބިވާ
ފަހަރަކު ސިނގެރޭޓެއް ހުސްކުރަމުން ދިޔައީމެވެ. ފޮއްޓަކަށް ފަހު ފޮއްޓެކެވެ. ސީޝާ ފުޅިއަކަށް ފަހު ފުޅިއެެކެވެ. ރައްޓެހިންނާއެކު ހުތުރު ބަސްތަށް ކިޔަމުން ނުބައި ކަންތަށް ކުރީމެވެ. މަގުމަތިން ދާ ހުރިހާ އަންހެނުންނާ ކަހަލަ ގޮތަކަށް ފޮށެމުންނެވެ. ހުންނަ ސިފައަށާއި ޢުމުރަށް ނުވަތަ ލައިގެން ހުންނަ ފޭރާމަކަށް ނުބަލަމެވެ. ދުވާލުގެ ވަގުތު ހަމަހޭގައި ހޭދަކޮށްފައި ރޭގަނޑުގެ ވަގުތު މަސްތުގައި ހޭދަކުރީމެވެ. އިރުގެ އަލިކަމުގެ ތެރޭގައި ރައްޓެހިންނާއެކު ހީ ސަކަރާތް ޖަހާށެވެ. ނަމަވެސް ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ފަރުދާވެ ފަތްމިނިތަކާއެކު ފާހިޝް އަަމަލު ކުރަމުން ގެންދިޔައީމެވެ.
މީ އަހަރެންގެ ހަޔާތުގެ ސަފުހާތަށް އުކެމުން ދިޔަ ގޮތެވެ. އާއިލާގައި ހުރި ހަމައެކަނި މީހަކީ އަހަރެންގެ މަންމައެވެ. އެންމެ ކުޑައިރުއްސުރެ މިއަދާ ހަމައަށް އައިރުވެސް ހުރީ ހަމަ އެ މަންމައެވެ. ހެދުން ފަހައިދީގެން ހޯދާ ލާރިން އެ މަންމަ އަަހަންނަށް ޙަރަދުކުރިއެވެ. އަހަރެންގެ އުޅުން ބަދަލުވޭތޯ ކެނޑި ނޭޅި އެ މަންމަ ދިން ނަސޭހަތް ތަކަށް އަހަރެން ދިނީ ބީރު ކަންފަތެކެވެ. ބޮލަށް އުނދަގޫވެގެން ގޭގައި އަހަރެން އުޅޭ ވަގުތު ތަށް މަދުކުރަން ފެށީމެވެ. މިހާރު އަހަންނަށް އެ މަންމަ ނުފެންނަތާ އެއްމަސް ވެދާނެއެވެ. ވަރަށް ބޮލަށް ފަސޭހައެވެ. އަހަރެން ކުރާ ކަންތަށް ހުއްޓުވާނެ މީހަކު ނެތެވެ.
އެއީވެސް އަހަރެންގެ ހަޔާތުން އާދުވަހެކެވެ. ހެނދުނު ހޭލެވުނު އިރު އޮވެވުނީ ބޮކްސާރ ބުރިއާއެކު ގޮދަނޑިމަތީގައެވެ. މިއަދަކީ އަހަރެންގެ ހަޔާތުގެ އައު އަހަރެން ފެށޭ ދުވަހެވެ. މި ދުނިޔޭގައި އަހަރެން ހޭދަކުރާ އަށާވީސް ވަނަ އަހަރެވެ. އަހަންނަށް ހޭލެވުނު އިރު ގަޑިން ދިހަ ގަޑިބައެވެ. އާންމުކޮށް އަހަރެން ހޭލާ ގަޑިއަށް ވުރެ ދެތިން ގަޑިއިރު އަވަހެވެ. ރޭގައި އުފަން ދުވަސް ފާހަގަ ކުރުމަށްފަހު ނިދީ ވަރަށްވެސް ލަހުންނެވެ. އެހާ އަވަހަށް ހޭލެވުނީ ކީއްވެބާއޭ އަހަރެން ހިތަށް އެރިއެވެ.
ކުޑަ ކޮޓަރީގައި ނިދަނީ އަހަންނާ އަހަރެންގެ ތިން އެކުވެރިންނެވެ. ގޮދަޑީގައެވެ. ވަރިހަމައެވެ. ގޭގައި ނިދުމަށްވުރެ މިތަންވެސް މާ ރަނގަޅެވެ. މިއީ އަހަރެންގެ އެކުވެރިއެއްގެ ގެއެވެ. އޭނާގެ މައިންބަފައިން އޭނާއަށް މި އެޕާރޓުމަންޓު ދީފައި ދިރިއުޅެނީ ރަށުގައެވެ.
ދަތް އުނގުޅައިގެން ނިކުތް އިރު އަހަރެންގެ އެކުވެރިންވެސް ހޭލާ އުޅެއެވެ. ބާލިހުން ތަޅާ ސަކަރާތް ޖެހުމުގައެވެ. “ހާދަ އަވަހަކަށް ހޭލެވިގެން އުޅޭ ދުވަހެކޭ ދޯ.” ލޯގަނޑު ކުރިމަތީގައި ހުރެ އަހަރެންގެ ފުދޭވަރަށް ދިގު އިސްތަށިގަނޑުގައި އަތުން ފުނާ އަޅާލީމެވެ. “ހިނގާބަލަ ކޮފީއަކަށް އަރަން.” ކަންނެތް ގޮތަކަށް އެނދުން ތެދުވެ ފާޙާނާއަށް ދަމުން ޝިމާޒް ބުނެލިއެވެ. އޭނާއަކީ އަހަރުމެން ގޭންގުގައި އުޅޭ އެންމެ ކަންނެތް ސޮރެވެ.
ކުޑަ ގޮތަކަށް ތައްޔާރު ވެލަމުން ރެސްޓޯރަންޓަކަށް އަހަރުމެން މިސްރާބުޖެހީމެވެ. މޭޒެއް ކައިރީގައި އިށީނދެލަމުން ކޮފީ ތަށިތަކަށް އޯޑަރު ދިނީމެވެ. ފާހާނާއަަކަށް ދާން ޖެހިގެން އަހަރެން ފާހާނާއަށް ދިޔައީމެވެ. ފިރިހެން އަންހެން ވަކި ފާހާނާއެއް ނުހުރެއެވެ. ފާހާނައިގެ ތަޅުގައި ހިފާލިވަގުތު ވެގެން ދިޔައީ ފާހާނާ ތެރޭގައި އުޅެމުން ދިޔަ މީހާވެސް ތަޅުގައި ހިފާލި ވަގުތަށެވެ. ބާރަށް ދަމާލީ އޭނާކަމުން އަހަރެންގެ ބުރަކަށީގައި މީހަކު ކޮށްޕާ އަޅާލި ފަަދައިން އޭނާއާ ދިމާލަށް އަހަރެން ވެއްޓެން ދިޔައެވެ. ބައްދައިގަނެވުނީ އެ އަންހެން ކުއްޖާގެ ގައިގައެވެ. ކަޅު އަބާޔާއަކާއި ކަޅު ޝޯލެއްގައި ނިވާވެ އަހަރެންގެ އަތުތެރޭގައި ހުރި އަންހެން ކުއްޖާއަށް އަވަސް ނަޒަރެއް ދިނީމެވެ.
( ނުނިމޭ )
7 Comments!
Comments are closed.

Whn nxt
Wow…very interesting…when next part ..can’t wait…
vrh vrh reethi when next part ….curiously waiting waiting ….??
hello everyone..alhuganduge furathama kuruvaahaka hurihaa readers ahves kamudhaane kamah umeedhukuran..n mee alhugandu friend ehge account eh…my real account is gummy bear..n mi story ehkko gummy bear account in fenigendhaane tommorow..
thank you so much for the support..
n special thanks to marshmellow for helping me out
Waiting
Reethi. Waiting….,
V nice. …waiting…