އައިލީން އޭނަގެ ދެ ލޯ ހުޅުވާލަމުން ޔޫހާން އޭނަގެ ބަނޑުގައި ބައްދާލާފައިވި އަތް ނައްޓުވާލަމުން ދުރުވެލިއެވެ. ” ދެން ހިނގާ ދާން ކޮންމެވެސް ތާކަށް… މިތާ މާ ގިނަ އިރު އެކަނި ތިބުން ރަނގަޅެއް ނޫން… ” ޔޫހާންއަށް ބަލައިލަމުން އައިލީން ބުނެލިއެވެ. ދެ މީހުންވެސް އޮފީހުން ނިކުމެ ރަސްފަންނުގެ ހިތްގައިމު މާހައުލަށް ދިޔުމަށް ސައިކަލުގައި މިސްރާބުޖެހިއެވެ. […]
މާމެލާމެލީގެ މީރުވަސް މުޅި ބަގީޗާ ތެރޭގައި ވަނީ ހިފާލެވިފައެވެ. ދާދި ދެންމެއަކު ވެހުނު ވާރޭގެ ކުދި ކުދި ޝަބްނަމް ތިކިތަށް މާމެލާމެލީގެ ފިޔަތަށް މަތީގައި ހުރިއިރު ކުލަކުލައިގެ އެމާތަކަށް ފުރިހަމަކަމެއް ގެނެސްދެއެވެ. ވާރޭ ހުއްޓުނުކަމުގައިވިޔަސް މޫސުން އައްޔެއް ނުވިއެވެ. ކަޅު ބޯ ވިލާތަކުގެ ސަބަބުން އިރު ވަނީ އޭގެ އަލިކަމުން ދުނިޔެއަށް އަލިކުރުމުގެ ވާޖިބުއަދާކުރުމުން މަހްރޫމުންވެފައެވެ. މުޅި ފަޒާގައިވަނީ އަރާމު ތެތް ފިނިކަމެވެ. ރަޖާގަނޑު އަޅާލައިގެން ނިދާލަން މީ އަރާމު ވަގުތެއް ނޫންތޯއެވެ. ނަމަވެސް މިއަދަކީ އާދީއްތަ […]
ރައިފާ އޭތި މީތި ކިޔަމުން ދިޔައީ މައިހާ އިތުރަށް ރުޅި އަރުވާށެވެ. ކަން ވީވެސް އެހެންނެވެ. ހިނގަމުން ދިޔަ ކޮންމެ މިނެޓަކާއެކު މައިހާގެ ހިތުގައި އަނދަމުން ދިޔަ ނަފްރަތުގެ އަލިފާންގަޑު ބޮޑުވަމުން ދިޔައެވެ. އެހެން ހުރުމަށްފަހު ރައިފާ ވަގުތު ޖެހުނީއޭ ހިތާ އޭނާގެ މަސައްކަތް ފެށަން އަވަސްވެ ގަތެވެ. “ޒިވާ.. އަހަރެން ކަލޭ ބުނާ އެއްވެސް އެއްޗެއް އަޑެއް ނާހާނަން.. ކަލޭގެ މި އެއްވެސް އެކުވެރިއެއްގެ ވެސް.. އަދި ކަލޭ ކިތަންމެ އާދޭހެއް ކުރިއެއްކަމަކު އަހަރެންގެ މި […]
އަަކްމަލްއަށް މައިކް ދިއްކޮށްލަމުން އެމީހާ ސުވާލުކުރިއެވެ. “الحمدلله. ވަރަށް އުފާވެއްޖެ މިހާ ޔަންގްއިރު ސާފްގެ ތަށި ނެގުނީމަ” އަކްމަލަކީ އެގޮތަށް އިންޓަވިއުދިން ކުއްޖަކަށް ނުވުމުން އޭނައަށް ކުޑަކޮށް އުނަދަގޫވިއެވެ. ދެން ޕްރެޒެންޓަރ މައިކް ދިއްކޮށްލީ އަހުސަމްއަށެވެ. “ވަރަށް އުފާވެއްޖެ. ދެން އަކްމަލް ބުނިހެން މިހާ ހަގު އުމުރެއްގަ މިތަށި ރާއްޖެއަށް ހޯދައި ދެވުމުން. އަސްލު މީ ހުރިހާ ކުޅުންތެރިންނާ ކޯޗުންގެ ބުރަ މަސައްކަތް. ދެން ސަޕޯޓަރުންވެސް. އެެއްވެސް ވަރަކަށް އުންމީދެއް ނުކުރަން މިހާ ގިނަ ސަޕޯޓަރުން މިތަނަށް […]
އެމީހަކު ފެނުމާއެކު އަހަރެން ބިރުން އޮއްދާހިއްލަން ފެށިއެވެ. ކުރާނެ ކަމެއް ނޭނގި ދެއަތާ މޮޑެވެން ފެށުނެވެ. އެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނެއެވެ. ހަށަން ބަދެލައިގެން ހުރީއެވެ. މައި ދަމުން އަހަރެންގެ ކޮނޑުގައި ކުޑަކޮއް ޖަހާލުމަށްފަހު ރަނގަޅަށް ޓަކި ތަޅާލައްޗޭ މިހެން ބުނެ އެތަނުން ދިޔައެވެ. އަހަރެންނަށް ގޮތް ހުސްވި ކަހަލައެވެ. ބުނާނެ އެއްޗެއް ދުލާ ހަމައަށް ވެސް ސިކުނޑިއަށްވެސް ނައުމުން އިސްޖަހާލައިގެން ހުރުން ނޫން ގޮތެއް ނެތެވެ. އާކިފް އައިސް އަހަރެންގެ ކުރިމަތީ ހުރިގޮތަށް ހުއްޓެވެ. […]
ދެއަތް އުރާލައިގެން ޕޭވްމަންޓް މަތީގައި ޒިވާ ހުރީ ވަރަށްވެސް ހަމަޖެހިލައިގެންނެވެ. ފިހާރައިގެ ދޮރު ކައިރީ އަރިމައްޗަށް ވާގޮތަށް ހުރި އިރު ޕޭވްމަންޓު މަތިން ހިނގާފައި ޒިވާގެ ފަހަތުން އަންނަ މީހުން އޭނާއަކަށް ނުފެންނާނެއެވެ. ކުއްލިޔަކަށް ޒިވާ ސިހުނީ ފަހަތުން އޭނާގެ ނަމުން މީހަކު ގޮވާލި އަޑަށެވެ. ހައިރާންކަމާއި ބިރުވެރިކަން އޭނާ ވަށާލިއެވެ. ބިރުން ހުރި ނަމަވެސް ހިތްވަރު ކޮށްލައިފައި ޒިވާ ފަހަތަށް އެނބުރިލިއެވެ. އެހިނދު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުރިމަތީގައި މިހާރު އެހުރީ އޭނާއަށް އަބަދުވެސް […]
ފޮތުގެ ބޭރުގަނޑުގައި ފަވާލެވިފައިވާ ހަނާގެ ނަމުގައި އަތް ބީއްސާާލުމަށްފަހު ހިތުގައި އުފެދުނު ސުވާލުތަކަކާއި އެކު ހަނާގެ އެ ފޮތް ދާނިޝް ހުޅުވާލިއެވެ. މާތްﷲގެ އިސްމުފުޅުން ފަށައިފައިވާ އެ ފޮތުގެ އެންމެ ފުރަތަމަ ޞަފްޙާގައި ހަނާގެ ކުޑަކުޑަ ތަޢާރަފެެއް ލިޔެފައިއޮތެވެ. އެހެންކަމުން އެއީ ހަނާގެ ޑައިރީކަން ދާނިޝްއަށް ވިސްނުނެވެ. ހަނާގެ ތަޢާރަފަަށް ފަހުގައި ދެންއޮތީ ހަނާގެ ޢާއިލާއަށް ދިމާވި ހިތްދަތި ހާދިސާގެ ވާހަކައެވެ. ހަނާގެ ޅަފަތުގައި އޭނާގެ ބައްޕަ ނިޔާވިި ވާހަކައާއި ކިޔެވުން ނިމުނު އަހަރުގައި ހަނާގެ މަންމަ […]
ފިނި ފިނި ރޯޅިތަށް ހަށިގަނޑުގައި ބީހިލުމުން ހިތަށް ފިނިކަން ލިއްބައިދެއެވެ. އޭނާގެ އިސްތަށިގަނޑުވެސް ދިޔަ އެވަޔާއެކު މިނިވަންކަމާއެކު ވިހުރެމުންނެވެ. އުފަލުން ހެމުންނެވެ. ނަމަވެސް އެފަދަ މިނިވަންކަމެއް އެ އިސްތަށިގަނޑުގެ ވެރިޔާއަށް ލިބޭނެނަމައެވެ. ބެލްކަނީގެ ރެއިލިންގްގައި އަޔާނީ އަތް އަޅުވާލައިގެން ހުރި އިރު އޭނާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ އޮހެމުން ދިޔައެވެ. މިއަށްވުރެ އުފާވެރި ދުވަހެއް އޭނާގެ ހަޔާތުގައި ދެއްކެވެމުން އެދި ހިތާހިތުން އޭނާއަށް ދުޢާކުރެވެއެވެ. ތަކުރާރު ކޮށެވެ. “މެޑަމް. ބޮސް ބުނުއްވީ މިރޭ އަށެއް ޖަހާއިރަށް […]
“ޒިވް.. ދެން ދަނީ އިނގޭ އަހަރެމެން.. ރެސްޓް ކޮށްލާ ދެން..” މައިހާ ޒިވާގެ އަތުގައި ހިފާލައިގެން އެޕާޓްމެންޓްގެ ދޮރުމަތީގައި ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. ޒިވާވެސް ހިނިތުންވެލުމަށްފަހު ބޯ ޖަހާލީ އެފަދަ ރަނގަޅު ހިތްހެޔޮ އެކުވެރިޔެއް ލިބުނު ކަމަށްޓަކައި އުފާކުރާ ޙާލުއެވެ. އެންމެންވެސް އުފާވެރިކަންމަތީ ހިނިތުންވެލައިގެން ތިބީ ކުރިމަތީގައި އޮތް ތޫފާނުގެ ކުޑަވެސް ހިލަމެއް ނުވާ ޙާލުއެވެ. *** “ޒިވް.. މާދަން ޖެހޭނެ ޑިއުޓީއަށް ނިކުންނަން އަނެއްކާވެސް.. އަހަރެން ނެތެއްކަމަކު ބަލައިގެން އުޅޭތި އިނގޭ.. ނަސީބެއް މަންމަވެސް […]