ފަހަރަކު ސިނގެރޭޓެއް ހުސްކުރަމުން ދިޔައީމެވެ. ފޮއްޓަކަށް ފަހު ފޮއްޓެކެވެ. ސީޝާ ފުޅިއަކަށް ފަހު ފުޅިއެެކެވެ. ރައްޓެހިންނާއެކު ހުތުރު ބަސްތަށް ކިޔަމުން ނުބައި ކަންތަށް ކުރީމެވެ. މަގުމަތިން ދާ ހުރިހާ އަންހެނުންނާ ކަހަލަ ގޮތަކަށް ފޮށެމުންނެވެ. ހުންނަ ސިފައަށާއި ޢުމުރަށް ނުވަތަ ލައިގެން ހުންނަ ފޭރާމަކަށް ނުބަލަމެވެ. ދުވާލުގެ ވަގުތު ހަމަހޭގައި ހޭދަކޮށްފައި ރޭގަނޑުގެ ވަގުތު މަސްތުގައި ހޭދަކުރީމެވެ. އިރުގެ އަލިކަމުގެ ތެރޭގައި ރައްޓެހިންނާއެކު ހީ ސަކަރާތް ޖަހާށެވެ. ނަމަވެސް ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ފަރުދާވެ ފަތްމިނިތަކާއެކު ފާހިޝް […]