ލާމިން،އެ ލަވަޔަށް ސަމާލުކަން ދެވުނީ ކުޑަވަގުތު ކޮޅަކަށެވެ.ފޯނު ރިންގްވާން ފެށުމުން،ފޫހިކަމާއެކު ފޯނު ނެގިއެވެ. ގުޅަނީ ދޮންތަކަން އެނގުމުން ވަރަށް ރީއްޗަށް ވާހަކަ ދައްކަމުން ދިޔައެވެ.ދޮންތަ ގުޅަމުންދިޔައީ ވައިބަރއިންނެވެ. ________________ ލާމިން:”ކީކޭ ދޮންތާ..” ކައިލީ:”ކޮއްކޮ ހާދަ ކަންނެތް ކޮންނޭ ވާހަކަދައްކަނީ..އަނެއްކާ…” ކައިލީ ބުނަން އުޅުނު ވާހަކަ ފުރިހަމަ ނުކުރެވެނީސް ލާމިން މައުޟޫ ބަދަލުކޮށްލިއެވެ. ލާމިން:”ދޮންތާ…ކަމެއް ކޮށްދެވިދާނެތަ؟..” ކައިލީ:”ހަމަގައިމުވެސް ދޮންތައަށް ކޮށްދެވޭވަމެއް ވެއްޖިއްޔާމު ކޮށްދޭނަން..” ކައިލީ އެހެން ބުނުމާއެކު އެކޮޅުން ފޯނު ކެނޑުނެވެ.ކައިލީ ހީކުރީ ލާމިންއަށް ނޭނގިގެން ފޯނު ކެނޑުނީ […]
އާދައިގެ މަތިން އަހަރެން ސުކޫލަށް ދިޔައީމެވެ.މަންމަ ތައްޔާރުކޮށްދިން ނާސްތާ ވަރަށް މީރޭ ކިޔަމުންނެވެ.އަމިއްލަ ނަފްސަށް އަޑުއިވޭނެ ވަރަށެވެ.އެކި ޙިޔާލުތަކުގައި ހުރެ ސުކޫލަށް ވަނީމެވެ.މިއަހަރަކީ އަހަރެން އޯލެވަލް ހަދާ ފަހަރުކަމުން އަހަރެން ފޯނާ ކުޅުން މަދުކުރީމެވެ.ކުލާހަށްވަދެ އަހަރެން،އަހަރެން އިންނަ ޑެސްކް ކައިރިއަށް ގޮސް،ގޮޑި ދަމާލާފައި އިށީނދެލީމެވެ.ކުލާހުގައި މިވަގުތު އުޅެނީ އަހަންނާ ރާކިންއެވެ.ސަބަބަކީ އަހަރެމެން ދެމީހުންނަކީ،މިކުލާހުގައި ތިބި ހަމައެކަނި ދެ ޕްރިފެކްޓަރުންނަށް ވީތީއެވެ.އަހަންނަކީ ސުކޫލް ކެޕްޓަނެވެ.ރާކިންއަކީ ސުކޫލް ޑެޕިއުޓީ ކެޕްޓަނެވެ.އަހަރެމެން ދެމީހުންނަކީ ވަރަށް ގާތް ދެރަޙުމަތްތެރިންނެވެ. ނަމަވެސް..އަހަންނަށް ރާކިންދެކެ އިންތިހާއަށް […]
ކައިލާން ގޮސް ސައިކަލް މަޑުކޮށްލީ ޗަނބޭލީ ގޯޅީގައިހުރި ތިންބުރި އިމާރާތެއްގެ ކައިރިއަށެވެ. އައު ގޭގައި ފަރުނީޗަރު ހުރިކަމުގައި ވިޔަސް ހިފައި ގެންގުޅޭ ބަދިގޭ ސާމާނުން ފުރާލެވިފައިވާ ކޮތަޅުތައް ހިފައިގެން ދެމީހުން ސައިކަލުން ފާބައިގެން ގޮސް ދޮރާށިން އެތެރެއަށް ވަނެވެ. ********** ކުޑަކުޑަ ރީތި އެޕާޓްމެންޓެކެވެ. ދިހަފޫޓު ސާދަ ވަރަކަށް ފޫޓުގެ ކޮޓަރިއެކެވެ. އަދި ކޮޓަރި ތެރެއިން ވަދެވޭ ގޮތަށް އިން ކޮޓަރިއަށް އެކަށޭނަ ވަރުގެ ފާޚާނާއެކެވެ.ކޮޓަރިތެރެ ބަލައިލުމަށްފަހު ސިޓިންރޫމުގައި އިށީނދެ ހަމަޖެހިލި ޖަޒްލީއަށް ސިޓިން ރޫމުން ނިކުމެވޭ […]
ގެއަށް ވަތްތަނާ ލާޝީން ދިޔައީ ސިއްސައިގެންނެވެ.ފެނުނު މަންޒަރަކުން ލާޝީންގެ ދެލޯ ކަރުނުން ބަރާވިއެވެ. އުފާވެގެންކަމެއް ނޫނީ ދެރަވެގެންކަމެއް ނޭނގެއެވެ. *********** ވެއްޓިފައި އެއޮތީ އޭނާގެ ބައްޕައެވެ.”ބައްޕާ….”ލާޝީން ގޮވަމުން ދިޔައެވެ.”ލާޝީން…މިހާރު ނިދީގައި ވާހަކަދައްކަންވެސް ފެށީތަ؟”ކައިލީ ސަމާސާ ރާގަކަށް ބުންޏެވެ.ކުރިން،ކައިލީއާ ދިމާލަށް އެއްޗެހި ކިޔާ ލާޝީން މަޑުމައިތިރި ރާގަކުން ބުނެލިއެވެ.”އެހެންވީމަ މަށަށް ނިދީގައި ވާހަކަ ދައްކާކަމުގެ ލަޤަބު ލިބެން ޖެހޭނެއްނު..” ލާޝީން އެހެން ބުނުމާއެކު ކައިލީގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.”އޭނ ކައިލީ..މަށަށް ކަސްރަތުކުރަން ދެވުނު ކުރަން ދެވުނު ދޯ؟”ކައިލީގެ ޖަވާބު […]
ދެންތިބި ކުދިންނަށްވުރެ ކުރިން އިސްރާ ގެއިން ނުކުންނަން ދިޔައެވެ. ދޮރުހުޅުވާފައި ނުކުންނަން ބަލާލިއިރު ކުރިމަތީގައި ހުރި އާލާފެނި އޭނާގެ ފިޔަވަޅުތައް ހުއްޓުނެވެ.ހިންދިރުވާލުމަށްފަހު ގަދަކަމުން ހިނިތުންވެލިއެވެ.އާލާވެސް އިސްރާއަށް ހިނިތުންވުމެއް ދިނެވެ. އެއަށްފަހު އެކުދިންގާތު އަވަހަށް ތިރިއަށް އައުމަށް އެދުނެވެ. “ހަހަހަ ބަލާބަލަ އިސްރާއަށްވެފަ އިން ގޮތް އެހެންވާނީ ކެތްނުލަވައިގެން އުޅެންޏާ. އަސްލު ހަނދާންނެތިފައޭ މިއިންނަނީ އަހަރުން ޖެހޭނީ އާލާދައްތައާ އެކީދާން. ކުޑާބެއާ ކުޑާ ހިނގައްޖެ ސައިކްގަ. ކޫބެއާ ތިއްތަ ގޮއްސި އަޝްކޮއާ އަންޖަލް ގޮވައިގެން ދެން އަހަރުން ޖެހޭނީ […]
ރިޝްފާއަަށް ކެތް ނުކުރެވިގެން އޭނާގެ ދެލޯ ފުރިގެން އައެވެ. އަދި ކައިލާންގެ ވާހަކަ ފުރިހަމަ ނުވަނީސް މިއޮއްހާދުވަހު އޭނާގެ ހިތުގައި ފޮރުވާފައި ހުރި ޝަކުވާތައް ކައިލާންގެ ކުރިމައްޗަށް އޮއްސާލިއެވެ. ***** ކައިލާން ރިޝްފާއާއި ބައްދަލް ކުރަން ދިޔައީއްސުރެ ޖަޒްލީއަށް ތަނެއްގައި ހަމަޖެހިލައިގެން އިނދެވޭ ގޮތެއް ނުވެއެވެ. ސިޓިން ރޫމުގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޖަޒްލީއަށް ބެލެމުން ދިޔައީ އޭނާގެ އަތުގައި އޮތް ފޯނަށެވެ. ކައިލާން މާލެ ދިޔައީ ޖަޒްލީއަށް ފޯނެއް ގަނެދީފައި އެކޮޅުން ނިމުނުހާ […]
އާކިފް ގައިގަ ވަރަށް ބާރަށް އަހަރެން ބައްދާލީ ދުވަހަކުވެސް ދުރަށް ނުދާށޭ ބުނާފަދައިންނެވެ. ދުވަހަކުވެސް ފިރިހެން ކުއްޖަކާ ގާތް ނުވާއިރު އާކިފްގެ ގައިގައި ބައްދާލުމުން ހިމާޔަތް އަހަރެންނަށް އިހުސާސް ކުރެވުނެވެ. އާކިފް އަހަރެންގެ ބުރަކަށީގައި ލޯބިން ފިރުމާލިއެވެ. އަހަރެންގެ ހިތުގެ ވިންދު އަވަސްވާން ފެށުމުން ތްވާން އާކިފް އާ ދުރުވެލީމެވެ. އަދި ހިނިތުންވެލީމެވެ. އެރެއަށްފަހު އާކިފް އާއި އަހަރެންގެ ނަން ވެސް ލޯބީގެ ލިސްޓަށް އިތުރުވެގެންދިޔައެވެ. އާކިފްގެ ފަރާތުން އަހަރެންނަށް ލިބެމުންދާ ލޯތްބާ އޯގާތެރިކަމުގެ ސަބަބުން އަހަރެންގެ […]
އަތުތެރެއަށް ޔަޝަލް ވަނުމުން، ފާރުގައި ލައްގާފައި ޒުވާނާ އޭނާ ކުރިމަތީ ހުއްޓުނެވެ. ފައި ދަމާލާފައި ޖަހަން އުޅުން ޔަޝަލް ހުއްޓުނީ ކުރިމަތީ ހުރީ އޭނާ ނުދަންނަ މީހެއް ނޫންކަން ފެނުމުންނެވެ. ޔަޝަލް ހިމޭންވިތަން ފެނިފައި ޒުވާނާ ކުޑަކޮށް ދުރަށްޖެހިލިއެވެ. އަދި ކުޑަކަކޫ މައްޗަށް ތިރިވެ ޔަޝަލްގެ އަތްތިލައަށް ބޮސްދިނެވެ. “ވުޑް ޔޫ ކެއާރ ފޯރ އަ ޑިނާރ ވިތް މީ، ޕްރިންސެސް؟…” ************************* ކާރު ގޮސް ހުއްޓީ ވިލިއަމްސްގެ ހަވޭއްޔަށެވެ. ހަވޭލި ތެރެއަށް ވަދެގެން ދިޔައިރު އިތުރު […]
ސީލިންގާއި ދިމާއަށް ބަލަހައްޓައިގެން އޮވެވުނީ ހުވަފެނީ ގޮތަކަށެވެ. ސީލިންގު ކަމުދިޔައީއެއް ނޫނެވެ. އާނއެކެވެ. އަހަންނަށް ވެވިފައި މި ވަނީ ހަމަކަށަވަރުންވެސް ލޮއެއްބެވެ. ލޯބިވެވުނީ އަންހެންކުއްޖެއްގެ ލަވަކިޔާ އަޑު ދެކެއެވެ. ފުރާނައިގެ އެންމެ ފުން މިނާއި ހަމައަށް ފޯރި އަޑެކެވެ. އެހާ ސާދާ ވެފައި ހިމޭނެވެ. އެ އަޑުގެ ކުރިމަތީގައި އެންމެ ފުރިހަމަ އަޑު ނެރޭ މުނިޔާތައްވެސް އިސްޖަހައިލަން ޖެހޭނެއެވެ. އިތުރަކަށް ދެން ކެތެއް ނުވިއެވެ. އަޑު އެހާ ރީތީޔާ އެ އަޑުގެ ވެރިޔާވެސް ކިހާ ފުރިހަމަ ވާނެބާއޭ […]