ރޭގަނޑުގެ ކެއުމުގައި އޭނާގެ ކާފަ ދަރިންގެ އެކުވެރިން ބައިވެރިވުމުން ސުހެއިދު ހުރީ ވަރަށް އުފާވެފައެވެ. އެއިން ކޮންމެ ކުއްޖަކަށްވެސް ހަދިޔާއެށް ސުހެއިދު ދިނެވެ. އާލާއާ އައްމާރާއި އެއްމޭޒު ދޮށެއްގައި ކާން ޖެހުމުން އިސްރާއަށް ރަނގަޅަށް ކެވޭ ގޮތެއް ނުވިއެވެ. އެންމެ ރޮށްޓެއް ކާލުމަށްފަހު އޭނާ ކެއުން ނިންމާލިއެވެ. އަހުސަމް އަށްވެސް ރަނގަޅަށް ކެވޭ ގޮތެއް ނުވިއެވެ. އަކްމަލް ކާން އިންގަޑީ އިޝްމާއަށް ކުދި އުނދަގޫ ކުރަމުން ދިޔައެވެ. އިޝްމާ އިނީ އޭނަގެ ކުރިމައްޗަށް ވާ ގޮތަށް ކަމުން […]
ރޭގަނގަޑުގެ އަނދިރިކަމުގެ ތަރެއިން އިންސާނުންގެ ލޯތަކަށް އަލިކަން ގެނެސްދިނީ މެދު އުޑުގައި ރަނިކަން ކުރަމުން ދިޔަ ފުރިހަމަ ހަނދެވެ. ކަޅުވިލާތަކުގެ އުނދަގުލެއް ނުފޯރުމުން އެ ހަނދުގެ ނަސީބު ވަރަށްވެސް ރަނގަޅެވެ. ރާއްޖެ ގަޑިން ރޭގަނޑު އެގާރަ ޖަހާ ތިރީސް މިނެޓު ހިނގާފައިވާއިރު މަގުމަތީގައި އުޅޭ މީހުންގެ އަދަދު ދިޔައީ މަދުވަމުންނެވެ. އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ނަރުހެއްގެ ފުރިހަމަ ވާޖިބު އަދާކުރަމަށްފަހު ގެއަށް ދާން އަވްލީން މިސްރާބުޖެހީ ފައިމަގުގައެވެ. ކުރިއަށް އަޅަމުން ދިޔައ އަމިއްލަ ފައިތިލައިގެ ފިޔަވަޅުތަކަށް ބަލަމުން ދިޔައިރު […]
ޝާއިމްމެން ތިބި ތަނަށް އައިސް ބައިސްކަލު މަޑުކޮށްލި ޒާއިފްއަށް ފުރަތަމަ ޖެހުނީ ޝާއިމްގެ ދިމާކުރުންތަކާ ކުރިމަތިލާށެވެ. ” ކައެ ލޮލުގަ ވެއްޖެއްނުން ކައްތި ޖަހަން…. އާން އެހެންޏަ… ކުޑަ ކުއްޖަކުވެސް ނުނިދާނެ ތިވަރަކަށް….” މިހެން ބުނެ ޝާއިމް ހޭން ފެށިއެވެ. ” ހޫން ހެވޭ ދެން… މަށާ ދިމާކޮށްގެން އެއްޗެއް ލިބެންޏާ ކައެއަށް ލިބޭނެ……. ތިޔެއް ނޫނޭ…. މަ ބުނީ ލަމްއާއެއްކޮށް އެ އުޅެނީ ކޮންކުއްޖެއްތަ؟…. ގައިމު މި ރަށަކުން ކުރިން ފެނުން ކުއްޖެއް ނޫން…” ވަރަށް […]
ކައިލީ ހުރީ ނުހަނު އުފާވެސް ވެފައެވެ.ވާނީވެސް އެހެން ތާއެވެ. ***** ބޮޑުދޮރުގައި ބެލް އަޅާލުމާއެކު ނީޝާ ދޮރު ހުޅުވިއެވެ.ދޮރުމަތީގައި ހުރި މަންމައާ ބައްޕަ ފެނުމާއެކު އުފަލުން ރޮވުނެވެ.ނީޝާ ރޯތަން ފެނުމުން ސަމާ ބުންޏެވެ.”އަޅޭ..އަދިވެސް ދަރިފުޅު ރޮނީތަ؟މަންމަމެން އައީމަ އުފަލެންނު ވާން ޖެހޭނީ…ޝްޝްޝް..ހުއްޓާލަދެން…”ސަމާ،ނީޝާގެ ލޮލުން ވެއްޓެން ދިޔަ ކަރުނަ ފޮހެދިނެވެ. “ނުރޮމޭ މަންމާ…އެހެންނޫނަސް ދެމީހުން އައީމަ ހެޕީ ވިއްޔޭ..”ސަމާ، މަންމަ މިދަނީ ފެންވަރާލާށޭ ބުނެލިއެވެ.ނީޝާ،ބައްޕަ ކައިރީ އިނދެ ވާހަކަ ދައްކަމުން ދިޔައެވެ. ***** “ހޫނ..އަދި ކިރިޔާދޯ ތި ދެމީހުންނަށް […]
” އައި ލަވް ޔޫ ޔައިޝް… އައި ލަވް ޔޫ… އައި ލަވް ޔޫ ސޯ މަޗް… ” ދުވެފައި ގޮސް ފަހަތުން ޔައިޝްގެ ގައިގައި ބައްދާލާމުން ޝައުނާ ބުނެލިއެވެ. ޔައިޝްއަށް އިވުނު ބަސްތަކުގެ ސަބަބުންނާއި ކުރުވި އިހުސާސަކުން ހުރި ފިޔަވަޅު މަތީގައި ހުއްޓެވުނެވެ. ދެވަނަ ސިކުންތުގައި ޝައުނާ އޭނަގެ ގައިގައި ހިފަހައްޓާފާވި އަތް ނައްޓާލުމަށްފަހު ޝައުނާއަށް ކުރިމަތިވާނޭހެން އޭނަގެ ކުރިމަތީގައި ޔައިޝް ހުއްޓިލިއެވެ. ”ޝައު… އަހަންނަށް މި އަޑު އިވުނީ ރަނގަޅަށްތަ؟ އަދި… އަދި އެއްފަހަރު […]
ވަރަށް އަވަހަށް ވާހަކަ އެއް ގެނެސްދެވޭނެ ކަމަށް ވާނީ ކުރިން އިޢްލާން ކޮށްލާފައެވެ. ނަމަވެސް އަޅުގަނޑު ގެ ސިއްޙީ ހާލަތު ތަން ނުދިނުމުގެ ސަބަބުން ލަސްކޮށްލުމަށްފަހު އަލުން ވަރަށް އަވަހަށް އާ ވަހަކަ އެއް އަންނާނެ ވާހަކަ ދަންނަވަން އަދި ވާހަކަގެ ޓްރައިލަރް އަޅުގަނޑުގެ ފޭސްބުކް ބްލޮގް ގަޔާއި މި ވެބްސައިޓްގައި ވެސް ޝާއިރުކުރެވޭނެއެވެ. އަދި އަޅުގަނޑުގެ ފޭސްބުކް ބްލޮގުން އިތުރު މައުލޫމާތް ލިބިވަޑައިގަންނަވާނެއެވެ. އަޅުގަނޑުގެ ޕޭޖަށް ތިޔަދެއްވާ ސަޕޯޓަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން ޝުކުރިއްޔާ
ރަށުގެ ފަޅު ތެރެއަށް ވަދެގެންއައި ލޯންޗު ޖެޓީ އާއި ކައިރިކޮއްލުމާއެކު އެންމެ ފުރަތަމަވެސް ކޮނޑުގައި ދަބަހެއް އަޅުވައިގެން ލޯންޗުން ފޭބި ޒުވާނާއަށް އެވަގުތު ބަނދަރުމަތީ ތިބި މީހުންގެ ނަޒަރު ހުއްޓެމުންދިޔައެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. ފެންނަ ފެނުމަށްވެސް މާލޭ މުއްސަނދި މީހެއްކަން އެނގެއެވެ. ހަމުގެ ކުލަ އަލި އެ ޒުވާނާގެ ލޮލުގައި އެންމެފަހުގެ ފެޝަންގެ އައިނެއް އަޅާފައިވާއިރު އަތުގައި ފެންވަރުގެ ގަޑިއެއް އަޅާފައިވެއެވެ. ގޮޅި ޖެހި ގަމީސް އަތުކުރި އޮޅާފައި ވުމުން ގަވާއިދުން ކަސްރަތު ކުރާކަން ފާހަގަވެއެވެ. […]
މިއީ އަޅުގަނޑު މި ސައިޓަށް ލިޔާ ފުރަތަމަ ވާހަކައެވެ. ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ. **************************** އިންތިޒާރު 1 ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރެވެ. އެހެންކަމުން ރަށުތެރެ ވަރަށް ހަލަބޮއްޔެވެ. މިއީ ކޮންމެ އަހަރެއްގެވެސް ހާލަތެވެ. ނިދާފަ އޮތް ޒާލިފްއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށެވެ. ” ކީކޭ މޭން……..؟ ” މޯޅިއަކަށް ދެމިލަމުން ޒާއިފް ވާހަކަ ދެއްކިއެވެ. ” ސާބަސް ހަމަ ކައެއަށް… އަދިވެސް ނިދަނީތަ؟… 4 ޖަހާ އިރަށް ދިމާކުރަން ބުނި […]
“ވިލްދާން.. ވިލްދާން.. ކޮންތާކު ތިއޮތީ؟ ގޮވާއަޑުވެސް ނީވެނީތަ؟ ތިހުރިތާކުން ނުކުމެގެން އާދެބަލަ.” ޕަނީނޯ ހައުސްްްް ގޭތެރޭގައި ޝަަަަަަަައިހާގެ ގަދަ އަޑު ގުގުމާލިއެވެ. ފޮތްތައް ހިފައިގެން ކިޔަވަން އިން ވިލްދާންއަށް އެއަޑު ހަމައިވުމާއެކު، ފޮތްތަކާ ފޮތްތަކެއް ކިޔާފައި ދުވަމުން ދުވަމުން އޭނާ ކޮޓަރިން ނުކުތެވެ. “ހާދަ ގިނައިރުން ތިއައީ.. މަ ގޮވީމަ ވިލްދާން ޖެހޭނެ އަވަހަށް އަންނަން.. އެކަން އެނގެއެއްނު ދޯ.. މަށަކީ މިހާރު ވިލްދާންގެ މަންމަގެ އަދި ބައްޕަގެ މަގާމުގައި ހުރި މީހާ.. ވިލްދާންއަށް މަ ބުނާ […]