Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ތެޅުން 6

Jinni Level 410 Stories100 Login100 Comments500 Login
July 27, 2018 5 Mins Read
20 Comments

ކްރިސް ވަރަށް ހިތްވަރުކޮށްފައި ޑޭވިޑް ގާތުން ހަގީގަތް ކިޔައިދިނުމަށް އެދުނެވެ. އޭނާއާއި ޖެނީގެ ވާހަކަތައް ކްރިސްއަށް އިވުނު ވާހަކަ ބުނުމުން ފުރަތަމަ ހާސްވި ނަމަވެސް ޑޭވިޑް ހަގީގަތް ކިޔައިދޭން ފެށިއެވެ.

**************************

އެއީ މީގެ ބާވީސް އަހަރު ކުރިއެވެ. ޑޭވިޑް ވިލިއަމްސް އާއި ޖެނީ މާރވެލްގެ ސްކޫލު ދައުރުގެ ހަޔާތެވެ. ކުރިމަތީގައި ހުންނަ ސްކޫލުގައި އުޅޭ ޖެނީއަށް ޑޭވިޑް ހިތްކީ ދިރިއުޅުމުގެ ފެންވަރަށް ބެލުމަކާއި ނުލައެވެ. ކޮންމެ ދުވަހަކު ހޯދެނީ އެ ސޫރައެވެ. ހުވަފެނުގައި ރަނިކަން ކުރަމުން ދަނީ އެ ޖިންސުއްލަތީފެވެ. ޖެނީއަކީ ފަގީރު އާއިލާއަކަށް ނިސްބަތްވި ނަމަވެސް އުފާވެރިހަޔާތެއް ދިރިއުޅެމުންދިޔަ އަންހެންކުއްޖެކެވެ. މި ދެ ޒުވާނުން ބައްދަލުވީ މުޅި އަވަށަށް ދައުއްވަތު ލިބުނު ޑޭވިޑް ވިލިއަމްސްގެ އަށާރަވަނަ އުފަންދުވަހުގެ ހަފްލާއިންނެވެ. އިސްވެ ވާހަކަދެއްކި ޑޭވިޑްއަކީ ހިތް ނުބައި ކުއްޖެއް ނޫންކަން ޖެނިއަށް ގަބޫލުކުރެވުނެވެ. ޑޭވިޑްއަށް ޖެނީގެ މިޒާޖު އެހާ ކަމުދިޔައެވެ. ދެކުދިންގެ އެކުވެރިކަން ބަދަހިވީ އެންމެ ދިހަވަރަކަށް މިނެޓުންނެވެ. ޖެނީ ނުކުމެގެން ދިޔުމުގެ ކުރިން ޑޭވިޑް ޖެނީގެ ކިބައިން އެދުނީ ޑޭވިޑްގެ ގޭ ފުރަގަހުގައި އޮންނަ ޕާކުން އޭނާއާއި ބައްދަލުކުރުމަށެވެ. ވަކި ޖަވާބެއް ނުދީ ޖެނީ ދާން ޖެހުނީ އޭނާގެ މަންމަގެ އަޑަށެވެ.

ސްކޫލުގެ ކިޔެވުން ނިމުމުން ގެއަށް ދިޔަގޮތަށް ގޮސް ޔުނިފޯމް ބަދަލުކޮށްގެން ޑޭވިޑް ފުންމައިލީ އޭނާގެ ކޮޓަރި ކުޑަދޮރުން ބޭރަށެވެ. ވަލު ދޮރޯށިން ނުކުމެ ބައްދަލުކުރަން ހަމަޖެއްސި ޕާކަށް ދިޔައެވެ. ހަވީރު ފިނީގައި ޑޭވިޑް ކެތްތެރިކަމާއެކު އިންތިޒާރުކުރިއެވެ. ޖެނީ އައީ އެއް ގަޑިއިރު ފަހުންނެވެ. ޑޭވިޑް ޖެނީއަށް ތައާރަފްކޮށްދިނީ އޭނާގެ ހަރުކަށި މަންމައަށް ފިލަން އޭނާ ވަންނަ ބިންގަރާހެވެ. ބިންގަރާސްތެރޭ ހުރީ ހުސް މިއުޒިކް ކުޅޭ އާލާތްތަކެވެ. ޑޭވިޑް ޖެނީއަށް އިއްވައިލުމަށް ކުޅެލި ޕިއާނޯގެ ރާގު ޖެނީއަށް ވަރަށް ކަމުދިޔައެވެ. ކޮންމެއަކަސް މި ބިންގަރާހަކީ ދެ ޒުވާނުން ބައްދަލުކުރާ ޖަގަހައަކަށް ވެއްޖެއެވެ. ކިތަންމެ ބޮޑު ހަފްލާއަކަށް ނުވަތަ ފެންވަރުގެ ކެއުމަކަށް ދިޔުމަށްވުރެ ޖެނީއާއެކު ހޭދަކުރާ ވަގުތު ޑޭވިޑްއަށް މާ އަގުބޮޑު ވެގެންދިޔައެވެ. މި ގޮތުގައި އެއް އަހަރު ފާއިތުވެ ދިޔައިރު ދެ ޒުވާނުން ވަނީ ދެ ލޯބިވެރިންނަށް ވެފައެވެ. ނަމަވެސް އުފާވެރިކަމެއް އަބަދަކަށް ދެމިގެނެއް ނުދިޔައެވެ. ޑޭވިޑް އޭނާގެ މަންމަ ފިއޯނާ ވިލިއަމްސްއަށް ޖެނީއާއި ކައިވެނިކުރަން އެދޭ ވާހަކަ ނަންގަތުމުން ފިއޯނާގެ ރުޅިގަނޑު އަށްޑިހައަށް އެރިއެވެ. އޭނާ ޑޭވިޑްއަށް އިންޒާރު ދިނީ ދެވަނަ ފަހަރަށް ޖެނީއާއި ވާހަކަ ދެއްކިއަސް ދެން ފެންނާނީ އޭނާގެ ފުރާނަ ނެތް މަސްގަނޑު ކަމަށެވެ. ފިއޯނާ އަކީ ސަމާސާއަށް އެއްޗެއް ބުނާ މީހެއް ނޫނަކަން އެންމެ ރަނގަޅަށް އިނގެނީ ޑޭވިޑްއަށްވެ. އެހެންކަމުން މަންމަގެ ބަސް އަހައި ބޮޑު މިނިސްޓަރެއްގެ ދަރި ވިކްޓޮރިއާއާއި އިންނަން އޭނާއަށް މަޖުބޫރު ވިއެވެ. ނިސްބަތްވާ އާއިލާގެ ފެންވަރުގެ ތަފާތުން، ދެ ލޯބިވެރިން އުމުރަށް އަލްވަދާއު ކިޔަން ޖެހުނެވެ.

ހަމަ މި ހާދިސާ ޖެނީގެ ދުލުން އަޑު އަހަން އިން ޔަޝަލް އިނީ ހަމްދަރްދީގެ ގޮތުން ބުނެލާނެ ބަހެއް ނޭންގިފައެވެ. ދެން ޖެނީ ކިޔައިދިނީ ޑޭވިޑްއަށްވެސް ނޭންގޭ އޭނަގެ ހަޔާތުގެ ބައެވެ.

ޑޭވިޑްއާއި ވިކްޓޮރިއާގެ ކައިވެނީގެ ރޭ އެކްސިޑެންޓެއްގައި ޖެނީގެ މައިންބަފައިން ދުނިޔެ ދޫކުރީ ޖެނީއާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު އެކަނި ހާލައިގެން ދޫކޮށްފައެވެ. އޭގެ ފަހުން ޖެނީ އުޅެންޖެހުނީ ދުލުން ބަޔާންކުރަން ދަތި ހާލެއްގައެވެ. ސްކޫލުން ކެނޑި އެއްތަނުން އަނެއް ތަނުން މަސައްކަތް ކޮށްގެންނެވެ. ބަނޑުގައި އޮތް ދަރިފުޅު މި ކެހިވެރި ދުނިޔެއަށް އުފަންވުމުން ޖެނީއަށް ވިސްނުނީ ތުއްތު ދަރިފުޅުގެ ޒިންމާތައް އުފުލުމަށް އޭނާ ނުކުޅެދިގެން ވާ ކަމެވެ. ކުދިކުދިވެފައިވާ ހިތަކާއިއެކު ދަރިފުޅު ބޭއްވީ ލުތުފީގެ ގޭ ދޮރުމަތީއެވެ. ފުދުންތެރި އާއިލާއެއްގައި ބޮޑުވުމަކީ އެ ކުއްޖާއަށް އެންމެ ރަނގަޅު ގޮތްކަމަށް އޭރު އޭނާ ދެކުނީއެވެ. އެފަދަ އާއިލާއެއްގައި ބޮޑުވި ކްރިސްގެ ހާލަތު އޭނާ ހަނދާން ނައްތައިލީ ކަންނޭންގެއެވެ. އެކަމާ އޭނާ އަދި އަދަށްވެސް އަމިއްލަނަފްސު ކުށްވެރި ކުރެއެވެ. ކޮންމެ ހާލެއްގައިވެސް ދަރިފުޅު ބަލާ ބޮޑު ކުރެވުނުނަމަ، އަލުން މާޒީގެ އެ ސަފްހާ އިޔާދަވާތަން ދެކޭކަން ނުޖެހުނީސް ނޫންހެއްޔެވެ.

ހަޔާތުގައި ހޭދަވި އެކާވީސް އަހަރު ތެރޭގައި، ޔަޝަލް މައިންބަފައިންނާއި ދެކޮޅަށް އެހާ ބޮޑު ވަކާލާތެއް ކުރުމުން ލުތުފީއާއި ޔަސްރާ ތިބީ ތަލިން ކުޅު ހިކިފައެވެ. ހިތުގައިވާ އެއްޗެހި ނެރެ ހާމަކުރިއިރު ޔަޝަލްގެ މޫނުމަތިން ކުޑަވެސް ޖެހިލުންވުމެއް ނުފެނުމުން ޔަސްރާގެ ރުޅިގަނޑު ވީ އިތުރެވެ.

“މަށަށް އިނގޭ އޭރުވެސް އެކަނި ދޫއްކޮށްލުން އެއީ އެޅޭ ޅައެއްޗެއްކަން!!…” ޔަސްރާ އަތުގައި އެވަގުތު އިން ސައި ތަށި ބިމަށްޖަހައި ތަޅައިލަމުން ހަޅޭއްލަވައިގަތެވެ. މާ އަޑުގަދަވެގެން ޖާރިއާއިންވެސް ކަމެއް ގޯސްވީތޯ ބަލަން ފެންޑާއަށް ބޯ ދިއްކުރަން ފަށައިފިއެވެ. “ބަލާބަލަ ހުރި ހަޔާތްކުޑަކަން! އެ ވަރުން ބަލާ ބޮޑުކުރީމަ ތި އުޅެނީ އަހަރުން ދޫކޮށްފަ ދާން، ލޮއެއްބޯ އަނެއް އެއްޗެކޯ ކިޔާފަ. ކިހާ ތާހިރު؟ ހެޔޮކަމަކަށް ތެޔޮ ހަމެއްނު…”

“ބަލާބޮޑުކުރި ކަމުގެ އަގެއް އަދައެއް ނުކުރެވޭނެ. އެކަމަކު މަންމަމެން އުޅުއްވީ އަޅުގަނޑާއި ހެދި އުނދަގޫ ވެގެން ނޫންތޯ؟ ބޮަލަށް ޖެހިފައިވާ މުސީބާތެކޭ ބުނީ މަަންމަގެ ދުލުން ނޫންތޯ؟ މީގެ ފަހުން އަޅުގަނޑާ ހެދި އުނދަގޫ ވާކަށް ނުޖެހޭނެ. އެހެންނޫނަސް އަޅުގަނޑަކީ މަންމައާއި ބައްޕަގެ އުފަން ދަރިއެއް ނޫނެއްނޫންތޯ؟ އެހެންނަމަވެސް ބޮޑުކުރީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.” ފޮށި ހިފައިގެން ދަމުން ޔަޝަލް ރައްދުކޮށްލި ފަހު ޖުމުލައިން ޔަސްރާގެ ދެ ލޯ ބޮޑުވިއެވެ.

ޔަސްރާ ކުއްލިއަކަށް ދުވެފައި އައިސް ޔަޝަލްގެ ފައި ބުޑަށް ވެއްޓިގަތުމުން އަނގަމަޑުން ލައިގެން އިން ލުތުފީވެސް ސިހުނެވެ. “ނޫން، ޔަޝަލް ނުދޭ! އަހަންނަށް މާފުކުރޭ! ތިހެން ނަހަދާ، ހެޔޮނުވާނެ! ގޭ ހަގުދަރި އާއިލާއާއި ގުޅުން ކަނޑާފަ ދިޔައީމަ އަހަރުންނަށް ލިބޭނީ ކިހާ ހުތުރުކަމެއް. މީހުން ކިހާ މަލާމަތެއް ކުރާނެ. ތިހެން ނަހަދާ ޔަޝަލް މަންމަގެ ދޫނީ…” ޔަސްރާ ރޮއެ ހޭރެންފެށިއެވެ. އެންމެ ފަހު ވަގުތުވެސް އޭނާއަށް ވިސްނުނީ އެހެން މީހުން ދެކޭނެ ގޮތާއި ބެހޭގޮތުންނެވެ. ޔަސްރާގެ މި ހުތުރު ސިފަ ފެނިފައި ޔަޝަލްގެ މޭނުބައިކުރިއެވެ. މިހާ އަމިއްލަ އެދުން ބޮޑު މައެއް އެހެން މީހަކަށް ނުދެއްވާތޯ ދުއާކޮށްލެވުނެވެ. ޔަސްރާގެ އަތް ފޮޅުވައިލުމަށްފަހު ޔަޝަލް ގެއިން ނުކުތެވެ. ދުރުގައި ބަލަން ހުރި ލުތުފީ އިތުރު ހާސަރުގަނޑެއް ނުދެމީތީ އޭނާއަށް ހިތާހިތުން ޝުކުރުވެރި ވެވުނެވެ.

ކާރު ދޮރު ހުޅުވައި ވިލިއަމްސްގޭ މައި ދޮރޮއަށިން ވަދެގެންދިޔައިރު ޔަޝަލް ހީކުރި ގޮތާއި ހިލާފަށް ކްރިސްއެއް ނެތެވެ. އޭނާގެ ބަދަލުގައި ހުރީ ސެކްރެޓަރީ އިޒަބެލްއެވެ. އިޒަބެލްގެ އެދުމަށް ޔަޝަލް ހިނގައިގަތީ އޭނާގެ ފަހަތުންނެވެ. ކްރިސް ކޮބައިތޯ ޔަޝަލައަށް އަހައިލެވުނީ އޭނާ އައިސް އެ އުޅެނީ، ފުރުމުގެ ކުރިން އައުމަށް އެދި ކްރިސް ދިން ދައުއްވަތަކަށް ކަމަށްވާތީއެވެ. ގޭގެ އެތެރެ ފަރާތަށް ދެވުނުއިރު ފެނިގެން ދިޔައީ ކުރިން ދެ ފަހަރު އައި އިރުވެސް ފެނިފައިނުވާ ހިސާބެކެވެ. ހުދު މާރބަލް ސިޑިއަކުން މައްޗަށް އެރި އިރު ނުކުމެވުނީ ޓެރަހަކަށެވެ. ތަންކޮޅެއް ދުރުގައި އޮތް ހެލިކޮޕްޓަރުގެ ފިޔަގަނޑުން ޖެހެމުންދިޔަ ބާރު ވައިން ޔަޝަލްގެ އިސްތަށިގަނޑު ވިހުރުވައިލިއެވެ.

“ޔަޝަލް!” ހެލިކޮޕްޓަރުގެ ފަހަތުން ނުކުތް ކްރިސް ފިޔަގަނޑުގެ ބާރު އަޑުގެ ތެރެއިން އަޑު އިވޭނެހެން ގޮވައިލީ ތަންކޮޅެއް ބާރަށެވެ. މޫނުމައްޗަށް އެޅުނު އިސްތަށިތައް އެއް އަތުން ބޮލުމަތީ ފުނާ އަޅައިލަމުން އަޑު އައި ދިމާއަށް ޔަޝަލް ބަލައިލިއެވެ. އަދި އެ ދިމާއަށް ހިނގައިގަތެވެ. ޔަޝަލް ކްރިސްގެ ކުރިމަތީ ހުއްޓުނުއިރު ކްރިސް ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ.

“އަދި އަންނައްޗޭ…” ކްރިސްގެ ބަހަށް ޔަޝަލް ދަތްޕިލަ ދިލުވައިލިއެވެ. ކްރިސް އެ މާނަކުރީ އާނއެއްގެ ގޮތުގައެވެ. “ގުޅައްޗޭ އެކޮޅަށް ގޮއްސަ…”

“އާނ… ގުޅާނަން އިނގޭ. ޓޭކް ކެއާރ ކްރިސް.” ޔަޝަލް ހީލާފައި ބުނުމަށްފަހު ހެލިކޮޕަޓަރަށް އެރިއެވެ. ކްރިސް އޭނަގެ އެއްބަނޑު ކޮއްކޮއަށް ވީތީ ވެވުނު އުފަލަކީ، އެއް ގޮތަކަށްވެސް ކްރިސްގެ ލޮއެއްބަށް ބޭއިހްތިރާމް ކުރުމަށް ވީ އުފަލެއް ނޫނެވެ. އެއީ އޭނާގެ ދަތިކަމާއި، އުފާވެރިކަމުގައިވެސް އެކުގައި ވާނެ އާއިލާއެއް ލިބުނީތީ ވެވުނު އުފަލެވެ.

“ދަރިފުޅާ! ކޮންތާކު އުޅެފަ ތި އައީ؟ މާމަ ހީކުރީ ފޮއްޓާއި އެއްޗެހިވެސް ބަހައްޓާފަ ލަންޑަނަށް ފުރީކަމަށް.” ގެއަށް ވަތް ޔަޝަލް ފެނިފައި ޖަމީލާ ސުވާލުކުރިއެވެ.

“އާނ، ކުޑަކަމެއް ދިމާވެގެން ލަންޑަނަށް ދާން ޖެހުނީ. ޔަޝަލް ލުއި ގޮތަކަށް ހީލަމުން ޖަވާބު ދިނެވެ. ކަމެއް ދިމާވީތޯ ޖަމީލާ ސުވާލު ކުރަަންފެށުމުން ޔަޝަލް މާ ބޮޑު ކަމެއް ނުވެއޭ، މާމަ ހާސް ނުވާށޭ ބުނެ ޗޮކެއް ކަނޑައިލިއެވެ. “މާމަ ބަލީތަ؟” ޖަމީލާ ދެ ޖުމުލަ ދޭތެރެއިން ކެއްސާތީ ޔަޝަލް އަހައިލިއެވެ. ޖަމީލާ މާ ބޮޑު ކަމެއް ނުވެއޭ ކިޔައި ވާހަކަ ބަދަލުކޮށްލި ގޮތް ޔަޝަލްގެ ލޮލަކަށް ނުފޮރުވުނެވެ. ނަމަވެސް އެކަމާ އިތުރު ސުވާލެއް ނުކުރެއެވެ.

ސައުއްވީސް ގަޑިއިރު ވެހެމުންދިޔަ ބޯ ވާރޭ ހުއްޓައިލީ ފަތިސް ދަޅައަށެވެ. ހަމަހިމޭންކަމަށް ފާއްދާލި ކޮވެލިތަކުގެ ގޮވުން ކަންފަތަށް މިއުޒިކެއް ފަދައެވެ. ޔަޝަލް އިނީ ރަސްފަަންނު ބީޗު ވެލިގަނޑުމަތީ ދިޔަވަރު ބޮޑުވެފައިވާ މޫދަށް ބަލަަހައްޓައިގެންނެވެ. އޭނާގެ ހަނދާނަށް އައީ މިތަނުން ޖީލާންއާއި ބައްދަލުވި ދުވަހުގެ ހަނދާންތަކެވެ. ތަންކޮޅެއް ދުރުގައި އިން މޭޒަށް އޭނާ ބަލައިލިއެވެ. އޭއީ ޖީލާން އިށީންދެގެން އިން މޭޒެވެ. އެ ހިޔާލުތައް އާވެ ތާޒާވީ ހިނދު ޔަޝަލްގެ ތުންފަތުގައި ދުވެލީ ހިނިތުންވުމެކެވެ. “ވަަރަށް އަރާމު ވަގުތެއް ދޯ…”

“އަސްލުވެސް ދޯ… އޭނ؟…” ކަނާތްފަރާތުން އައި ޖުމުލައަށް ޔަޝަލްއަށް ބަލައިލެވުނީ ހުވަފެނީގޮތަކަށް ޖަވާބުދެވުނު ފަހުންނެވެ. ޖެހިގެން އިން ޒުވާނާ ކުއްލިއަކަށް ފެނުމުން ސިހިފައި ފަހަތަށް ޖެހިލެވުނީ ބޭއިހްތިޔާރުގައެވެ. އޭނާ ޖެހިގެން އިށީންކަން ޔަޝަލްއަށް އިހުސާސްވެސް ނުވިއެވެ.

“ސިއްސައިގެންނޭ ދިޔައީ!” ޔަޝަލް އަޑަށް ބަރުލާފައި ބުންޏެވެ. ހައިޝަމް ފުޅާކޮށް ހީލާފައި މާފަށްއެދުނެވެ. “ކުރިން ދިމާވިތަ؟” ޔަޝަލް އެ އަޑަކީ ދަންނަ އަޑެއްކަން ފާހަގަވެގެން އަހައިލިއެވެ.

“ނޭންގެ. ހަމަ ހުރެދާނެއެންނު ދިމާވެފަ…” ކޮނޑު އަރުވައިލަމުން ހައިޝަމް ދިން ނުސީދާ ޖަވާބުން ޔަޝަލްއަށް މަޖާވިއެވެ. “އަހަންނަކީ ހައިޝަމް. ހަމަ ތި ރީތިކަމަށް ހިތްޖެހުނު އާޝިގެއް.” ހައިޝަމްގެ މަސްތީ ރާގަށް ޔަޝަލް އެއް ބުމަ އަރުވައިލިއެވެ. މީ ހަމަ ފައްކާ ފްލާރޓްއެކޭ ހިތަށް އެރުމުން ޔަޝަލްވެސް ނިންމީ އޭނާވެސް އެ ބީދައިން ރައްދު ދޭށެވެ.

“ތިބުނީ އަހަރެންދެކެ ލައިކުވާ ވާހަކަތަ؟” ޔަޝަލްގެ ގަދަކަން ފެނިފައި ހައިޝަމްއަށް ހެވުނެވެ.

“ހޭޓެއް ނުވޭ. ދެން ހަމަ ސަމާސާކޮށްލީ.” ހައިޝަމް ހޭތަން ފެނުމުން ޔަޝަލްއަށްވެސް ހެވުނެވެ. އެ ހިނިތުންވުމުގައި އެހެން މީހުންވެސް އުފާވާފަދަ ބާރެއް ހުރިކަހަލައެވެ.

“އާޝިގެއް ދޯ…” ޔަޝަލް މޫދާއި ދިމާއަށް ކަރު އަނބުރައިލަމުން ކިޔައިލިއެވެ. ޔަޝަލްގެ މި ބަހަށް ހައިޝަމް އޭނާއަށް ބަލައިލީ މޮޅިވެރިކަމާއެކުއެވެ. އެކަން ޔަޝަލްއަކަށް ފާހަގައެއް ނުވެއެވެ. އެ ކުލަވަރަށް ބަދަލެއް ގެނައުމެއްނެތި ހައިޝަމް އަހައިލިއެވެ. “މިގަޑީގަ މިތާ އެކަނި މާއެކަނި ތިއިނީ ކީއްވެ؟”

“ހައިޝަމްވެސް ތިއިނީ އަހަންނާ އެއް ސަބަބަކާހުރެތަ މިތާ؟ ތިއީވެސް އަހަރެން ކަހަލަ…..އާޝިގެއްތަ؟” ހައިޝަމްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޔަޝަލް މަޑުމަޑުން ކޮށްލީ ސުވާލެކެވެ.

“ތި ބުނި އެއްޗެއް ނުވިސްނުނު.” ހައިޝަމް އިތުރަށް ތަފްސީލަށް އެދޭކަހަލަ ގޮތަކަށް ބުނެލިއެވެ. އެއްވެސް ވިސްނުމަކާނުލައި ޔަޝަލް ފެށީ އޭނާގެ ހަޔާތުގެ ވާހަކަ މި ބީރައްޓެއްސާއި ހިއްސާކުރަންށެވެ. ކީކޭ ހިތަށް އަރައިގެން ކަމެއް ނޭންގެއެވެ. ހިތުގައި އޮތް އެއްޗެއް ބޭރުކޮށްލާ ހިތްވީ ކަންނޭންގެއެވެ. ވާހަކަ ނިމެންދެން ހައިޝަމް އިނީ ސުވާލެއް ކުރުމަކާނުލައި ކަނުލައި އަޑު އަހަންށެވެ.

“ދެން ޔަޝަލް މިހާރު އެންމެ ބޭނުންވަނީ ކީއްކުރަން؟” ވާހަކަ ނިމުމުން ހައިޝަމް އަހައިލިއެވެ.

“ޖީލާން ދެކެލަން. އެރޭ ނުދެވުނީތީ އޭނާއަށް މާފަށް އެދެން.” ޔަޝަލް ޔަގީންކަމާއެކު ބުންޏެވެ. ހައިޝަމްގެ މޫނުގައިވީ މާޔޫސްކަމާއި ހިތްދަތިކަން ޔަޝަލްއަށް އަދިވެސް ނުފެނެއެވެ. ޔަޝަލް ހައިޝަމްއަށް ބަލާލާއިރު އޭނާ ހުންނަނީ ދުރު ބަލަންށެވެ. ޔަޝަލް މޫދާއި ދިމާއަށް ބަލާލާއިރަށް ހައިޝަމް އޭނާގެ ފުން ނަޒަރު ޔަޝަލްއަށް އަމާޒުކުރެއެވެ. “ޖީލާންއަކީ އެވަރު ކަމަކާ ރުޅި އައިސް ކަންތައް ބޮޑުކޮށްލާ ކަހަލަ މީހެއް ނޫން. ފޯނު ނިވާލާފަ އޮތުމުގެވެސް ކޮންމެސް ސަބަބެއް އޮންނާނެ.” އެ ހުރިހާ ފަހި ވިސްނުމެއް ކުއްލިއަކަށް ޔަޝަލްއަށް ލިބުނީ މީހަކާ ވާހަކަ ހިއްސާކޮށްލުމުން ކަންނޭންގެއެވެ. ހަމަ މިރޭ ޖީލާންއާއި ބައްދަލުކުރާނަމޭ ކިޔާ ވަރަށް ފޯރީގައި ތެދުވި ޔަޝަލް، ކެތްތެރިކަމާއެކު ވާހަކަ އަޑުއެހީތީ ހައިޝަމްއަށް ޝުކުރު އަދާކުރިއެވެ.

“ނޯ ޕްރޮބްލަމް… ޔަޝަލް…” ހިނގައިގަތް ޔަޝަލްއަށް ހައިޝަމް ބުނެލިއެވެ. ދެތިން ފިޔަވަޅު އެޅުމަށްފަހު ޔަޝަލްއަށް ހުއްޓެވުނެވެ. ކުއްލިއަކަށް ހިތަށް އެރި އެއްޗަކުންނެވެ. ފަހަތަށް އެނބުރި އޭނާ ބަލައިލިއެވެ. ނަމަވެސް ހައިޝަމްގެ ޖެހުނުތާ ލަކުނުވެސް ނެތެވެ.

“ކިހިނެއް ނަން އިނގުނީ؟ ނުބުނަން ނަމެއް އޭނަ ކައިރިއަކު.” ޔަޝަލްގެ ހިތަށް އެރިއެވެ.

ރޭގަނޑު އިރާކޮޅުގެ ވަގުތެކެވެ. ތެޅިތެޅި އޮތް ހިތަކާއެކު ޔަޝަލް ދިޔައި ޖީލާންގެ ގެއާއި ދިމާއަށެވެ. ބިލްޑިން އެތެރެއަށްވެސް  ވަންނަން އުޅޭކަށް ނުޖެހުނެވެ. ދޮރުމަތީ ދެ ޖީބަށް އަތް ޖަހައިލައިގެން ހުރި ޖީލާން ފެނުމުންނެވެ. ފިޔަވަޅުތަށް އަވަސްކޮށްލުމަށްފަހު ވަކި ހިސާބަކުން ދުވެލާފައިގޮސް ޔަޝަލް ޖީލާން ކުރިމަތީ ހުއްޓުނެވެ.

“އައިމް ސޯ ސޮރީ އެރޭ ނުދެވުނީމަ. ވަރަށް ބޮޑު ކަންތައްގަނޑެއް ހިނގައިގެން… އެކަމު މިހާރު ހުރިހާ ކަމެއް ހަމައަކަށް އެޅިއްޖެ. އޭތް، އެއެއް ނޫނޭ… ކީއްވެތަ ފޯނު ނުނެގީ؟ ހާދަ ވަރަކަށް ގުޅީމޭ. ފޯނު އޮތީ ނިވާ…ލާފަ…” ޔަޝަލްގެ ފަތިވަރު މެދުކަނޑައިލީ ޖީލާން އޭނާއަށް ބަލަން ހުރި ގޮތް ފެނިފައެވެ.

“އައިމް ސޮރީ… ތީ ކާކު؟…”

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Mashakee ves meeheh 1..
Previous

މަށަކީވެސް މިހެއް…2

Next

ހަޔާތަށް ދިރުން ގެނެސްދިން ލޯބިވާ

Next
July 27, 2018

ހަޔާތަށް ދިރުން ގެނެސްދިން ލޯބިވާ

Previews
July 27, 2018

މަށަކީވެސް މިހެއް…2

Mashakee ves meeheh 1..

20 Comments!

  1. eekko says:
    July 27, 2018 at 5:42 pm

    Vvv rythi..Whn nxt

  2. Baby Girl ❤ says:
    July 27, 2018 at 7:04 pm

    Vrh Vrh Reethi❤❤…when next part…

  3. Jinni says:
    July 27, 2018 at 7:43 pm

    thnx eekko and baby girl. next prt as usual tuesday ga

  4. naash says:
    July 27, 2018 at 9:04 pm

    maasha allah.. stry hama habeys…… whn nxt ???

    1. Jinni says:
      July 28, 2018 at 11:29 am

      thnk u naash. nxt prt tuesday ga

  5. Twinkle? says:
    July 27, 2018 at 9:33 pm

    OMG… kihineh e v… alhe avahah up khdhyba aneh bai… stry hama habeys… masha allah keep it up dear

    1. Jinni says:
      July 28, 2018 at 11:32 am

      lets see dhw vee goi mi anna prt ga. mihaaru liyan fashaifin. tuesday ah nimeyne iraadha kurevviyya and thnx twinkle

  6. someone says:
    July 27, 2018 at 9:42 pm

    Ehfaharu ti buny jeny ge dhari aky yashal ey aneh faharu ti kiyany krish ey.

    1. nge meehaa says:
      July 28, 2018 at 8:48 am

      Victoria Williams and david Williams ge dhariyakee kris and yashal akee jenny and david Willams ge dharieh mashah getu vee mihen…

    2. Jinni says:
      July 28, 2018 at 11:38 am

      nooney… yashal akee david ashaa jenny ah libunu nahalaalu dhari eh. chris akee david aa victoria ya indhegen libunu dharieh. ehenveema chris vaanee yashal ge ebbafaa kokko ashennu. sorry if it was confusing ?

    3. Jinni says:
      July 29, 2018 at 10:07 am

      thi getu vee hama rangalhah nge meeha. thi comment akah noon ingey ma noonekey bunefa e inee. ei someone ah. nge meehaa ge comment mithanah eree ma comment kurifahun. ?

  7. shrny says:
    July 28, 2018 at 5:21 pm

    So interesting… v salhi nge…

    1. Jinni says:
      July 28, 2018 at 5:57 pm

      thnk u shrny

  8. Dandelion ? says:
    July 28, 2018 at 5:56 pm

    Awwwn so interesting☺☺☺Haadha dhigu inthizaarekey kuran mi jehuny dhw…Jinni dear ah kithah aharu..Just ahaaly…plxx tell me the answer if yuh don’t mind…

    1. Jinni says:
      July 29, 2018 at 10:12 am

      if u r talking about jenny n david yeah v dhuvas fahun e dhimaavee. adhi emeehun ge vaahaka genesdheynan ithurah mi stry ga. about my age…ei dhen sirrennu dhw? thnx 4 reading da stry dandelion

  9. manjeyd says:
    July 28, 2018 at 11:09 pm

    Oh salhi vrh mi part ves as usual hama heskiyaafa ❤❤❤haadha dhigu inthizaarekey dhw kuran mi jehunee but will wait ❤❤❤❤

    1. Jinni says:
      August 1, 2018 at 1:20 pm

      thnx manhajeyd

  10. no name says:
    July 29, 2018 at 9:45 pm

    jinninge age vrh thafaathu vaane humans aa….hahaha

    1. no name says:
      July 29, 2018 at 9:46 pm

      egothah jinni ge age thafaathu vy ma ey sirrakah vany….lol haha

    2. Jinni says:
      July 30, 2018 at 12:02 pm

      oops batuvee dhw ?

Comments are closed.

Next Episodeހިތުގެ ތެޅުން 7←


All Right Reserved!