Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ (ފަހުބައިި)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 20, 2018 10 Mins Read
75 Comments

“ބައްޕާ. ފަހަރެއްގަވެސް އަޅުގަނޑު އެކަން ހަނދާނެއް ނުނެތޭ. އެކަން ހަނދާން ނައްތާލީ މިހިރަ ރަހުމުކުޑަ އަންހެނާ. އަޅުގަނޑު އަތުގަ ހެކި ނެތްނަމަ އަޅުގަނޑުވެސް އެކަން ގަބޫލު ނުކުރީމުސް. އެކަމަކު..” ދެން އަރްޒަން ބުނެލި ވާހަކަތަކުން ހާޝިމާގެ މޭ ނުބައި ގޮތަކަށް ގުޑައިގަތެވެ. އަރްޒަން އެދައްކަނީ ކޮން ހެއްކެއްގެ ވާހަކަ ހެއްޔެވެ؟ އެހެން ވެގެން ނުވާނެއެވެ. އެހާދިސާ އާއި ގުޅޭ އެއްވެސް ހެއްކެތް ނުއޮންނާނެކަން އޭނާއަށް ޔަގީނެވެ. ވާން މިއުޅޭ ގޮތަކާއި މެދުގައި ޔަގީންނުވެފައި ހުރި ހާޝިމާގެ ގައިން ދާހިށްލަން ފެށީ ހިތަށް ވަންނަމުންދިޔަ ބިރުވެެރިކަމުންނެވެ. ނިޝްޔާއަށްވެސް އަރްޒަންގެ ވާހަކަތަކުން ހިންދިރުވައިލެވުނެވެ. އެމީހުން އެހައިވަރުން ފަސްއަޅައި ފޮރުވައިލި ހަގީގަތެއް އަރްޒަންއަށް އެނގެންވީ ކީއްވެހެއްޔެވެ؟

“ކޮ.. ކޮން ހެއްކެއްގެ ވާހަކައެއް އަރްޒަން.. ތި.. ތިދައްކަނީ؟”  އެއްޗެކޭ ބުނަން އުޅުނު ޝިހާމުވެސް ހައިރާންވެފައި ހާޝިމާއަށް ބަލައިލީ އޭނާގެ އަޑުގައިހުރި ޖެހިލުންވުން ފާހަގަވުމުންނެވެ. “ވަރަށް ކަންބޮޑު ވެއްޖެދޯ.” ބުމަގޮށްޖެހިފައި ހުރި އަރްޒަން ބުނެލިއެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި ހާޝިމާ ދުރަށް ނަޒަރު ހުއްޓައިލިއެވެ.

“ތިބުނާ ހެއްކެތް ދައްކަބަލަ ބައްޕައަށް” ހާޝިމާގެ އަމަލުތަކަށް ބަލަންހުރެ ޝިހާމު ބުނެލުމާއެކު ދެލޯބޮޑުކޮށްލަމުން ހާޝިމާ ޝިހާމުއަަށް ބަލައިލިއެވެ. މިފަހަރު ކިތަންމެ ރީތިކޮށްވެސް އެދެލޮލުގައިވި ބިރުވެރިކަން ޝިހާމުއަށް ފެނުނެވެ. ޝިހާމު އެހެން ބުނުމާއެކު އަރްޒަން އޭނާގެ ޖީބުން ފޯނު ނަގަމުން  އޭގައިއިން ވީޑިއޯ ޕްލޭކޮށްލުމަށްފަހު ޝިހާމަށް ދިއްކޮށްލިއެވެ.

ގަބުވެފައި  އިވެމުންދިޔަ ވާހަކަތައް އަޑުއަހަންހުރި ޝިހާމު އަތުން ފޯނު ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. ހުޝިޔާރުކަމާއެކު އަރްޒަން އޭގައި ހިފިއެވެ. އިވުނު ވާހަކަތަކުން ހާޝިމާވެސްހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނިޝްޔާ އެވަރުގެ މޮޔަކަމެއް ކޮށްފާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ނިޝްޔާގެ ސަބަބުން މިއަދު އެމަޅީގައި އޭނާވެސް ބެދުނީއެވެ.  ނިޝްޔާއަށް ދެލޯމަރައިލަމުން އަނެއް ފަރާތަށް އެނބުރެވުނެވެ. ޒާވިލް އެވަރުގެ ބޮޑު އޮޅުވައިލުމެއް އޭނާއަށް އޮޅުވައިލައިފާނެ ކަމަކަށް އޭނާ ހިތަށްވެސް ނާރައެވެ. އޭނާ އެހުރިހައި ވާހަކައެއް ޒާވިލްއަށް ކިޔައިދިނީ ކިހާ އިތުބާރެއް ކޮށްފައި ހެއްޔެވެ؟ އެހެނަސް ކުރެވުނީ މޮޔަކަމެއްކަން އެވަގުތު އޭނާއަށް އިހުސާސުކުރެވުނެވެ.

ފެންކަޅިވެފައިހުރި ޝިހާމު އަރްޒަން އަތުން ފޯނު އަތުލަމުން އައިސް ހާޝިމާގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. “ހާޝިމާ.. މީގެއިން މިފެންނަ ވީޑިއޯގަ ނިޝްޔާ އަމިއްލައަށް އިއުތިރާފުވެފަ އެވަނީ. އެކަމަކުވެސް.. އަހަރެންނަށް ގަބޫލުކުރަން ހާދަ އުނދަގުލޭ. އަހަރެން ބޭނުމީ ކަލޭގެ ދުލުން ހަގީގަތް އަހަން. ބަދަލުނުވާނެކަންވެސް އެނގޭ. އެކަމަކުވެސް.. ބުނޭ އެއީ ތެދެއްތަ؟” މަޑުމައިތިރިކަމާއެކު ވާހަކަ ދައްކަންފެށި ޝިހާމުގެ އަޑުގައި ހަރުކަށިކަން އެކުލެވިގެން ދިޔައެވެ. ޝިހާމުގެ އަޑުން ލަދުން އިސްޖެހިފައިހުރި ހާޝިމާ ލަސްލަހުން އިސްއުފުލައިލަމުން ބަލައިލިއެވެ. “ބުނާށޭ.” އެއްޗެކޭ ނުބުނެ ހާޝިމާ ހުންނަން ފެށުމުން ޝިހާމު ހަޅޭލަވައިގަތެވެ. އެއަޑަށް ސިހިފައި ހާޝިމާއަށް ތެޅިގަނެވުނެވެ.

“ބޭބޭ. އަހަރެން.” ހާޝިމާގެ ވާހަކަ މެދުކަނޑައިލަމުން ޝިހާމު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “އަހަރެން ނުބުނަން އިތުރަށް ކަންކަން އޮޅުންފިލުވާ ދޭކަށް. އަހަރެން މިއަހަނީ އެއީ ތެދެއްހޭ؟” ކުރިއަށްވުރެ ޝިހާމުގެ އަޑު މިފަހަރު ބާރުވެގެން ދިޔައެވެ. މިފަހަރު އަމިއްލަ ދިފާއުގައި ވާހަކަ ދައްކާކަށް ހާޝިމާއަކަށް ނުކެރުނެވެ. ބަދަލުގައި އޭނާ އިރުކޮޅަކު ހިމޭނުން ހުރެފައި ލަސްލަހުން ބޯޖަހައިލީ އެކަމަށް އެއްބަސްވަމޭ ބުނާކަހަލަ ގޮތަކަށެވެ. އެއާއެކު ޝިހާމުގެ ރުޅި ކޮންޓްރޯލުން ނެއްޓިގެން ދިޔައެވެ. ބޭއިޚުތިޔާރުގައި އޭނާއަށް ހާޝިމާގެ ކަންކަށިމައްޗަށް އަތުގެ ހޫނު ހަމަލާއެއް ދެވުނެވެ. އެކަމައް ނުވިސްނައިހުރި ހާޝިމާގެ އަނގައިން ވޭނީ އާހް އެއްގެ އަޑު ބޭރުވެގެން ދިޔައެވެ. ވީތަދުން އެލޮލަށް ކަރުނަ ޖަމާވެގަތެވެ. އެތަންފެނި ނިޝްޔާއަށްވެސް ބާރަށް ދުވެފައި އައިސް ހާޝިމާގެ ކައިރިއަށް ހުއްޓިލެވުނެވެ. އަރްޒަންގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުނުވިއިރު ޔަނާލްވެސް ހުރީ ފެންނަމުންދިޔަ މަންޒަރުން ކޮންމެވެސް ވަރަކަށް ހާސްވެފައެވެ.

“ބޭބޭ. އަހަރެން.. ގަސް.. ގަސްދުގައެއްނޫން.. ނިޝް.. ނިޝްޔާގެ އުފާ.” ދިފާއުގައި ވާހަކަ ދެއްކުމަށް ހާޝިމާ މަސައްކަތް ކުރިއެވެ. “ގަސްދުގައެއް ނޫނޭ.ބަލަ ކަލޭ ﷲ ހުރުމަތްތެރި ކުރައްވާފާ ފުރާނައެއް ނަގާލީ އޮޅިގެންނޭތަ ތިބުނީ؟ ޗީ. ކަލޭ އަހަރެންގެ ކޮއްކޮ އެއްގެ މަގާމުގަ ހުރީތީވެސް އަހަރެން ލަދުވެތިވޭ. އަހަރެން ކަލެއަށްޓަކާ ކޮންކަމެއް ނުކޮށްދެނީ؟ އެކަމަކު އެވަރު ކަލޭ ނުދަތޭ. ކަލޭ އެކަމުގެ ބަދަލު ތިދިނީ ކިހިނެއް؟ އަހަރެންގެ ހުރި ހަމަ އެކަނި ދަރީގެ ދިރިއުޅުން ހަލާކުކޮށްލާގެން. އެވަރުގެ ބޮޑު ފާފައެއް ކުރިއިރު ކަލޭގެ ބިރުވެތިކަން ކޮބާ؟ ޗީ. ތީ ނުބައި އަންހެނެއް. ކަލޭގެ ދަރިވެސް ނުބައި މަގަށް އެޅުވީ ހަމަ ކަލޭ. ބަލަ ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫނޭ. އެވަރު އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކަލޭ ނިޝްޔާއަށް ވިސްނާދިން ނަމަ. ” އޭނާގެ އަތުގައި ހިފަން އުޅުނު ހާޝިމާގެ އަތް ފޮޅުވައިލަމުން ހިތުޖެހިފައި ޝިހާމު ބުނެލިއެވެ. ރައްދުގައި ބުނާނެ އެއްޗެއް ހާޝިމާއަކަށް ނޭނގުނެވެ. ނިޝްޔާވެސް ލަދުން މީހަކަށް ބަލައިލަން ނުކެރިހުރެ ހާޝިމާގެ ގައިގައި މަޑުމަޑުން އަތްޖައްސައިލިއެވެ.

“އަތް ނުލާތި. މީ ހުސް ކަލޭގެ މޮޔަކުން ވީ ކަންތައް. ކަލޭ އަހަރެންނާ ދުރުގަ ހުރޭ. ކަލެއަށް ރަނގަޅުގޮތް ހޯދައިދޭން ހަދާގެން ހުރިހާ ބޮނޑިއެއް މިލިބުނީ އަހަރެންނަށް. ދުރަށްދޭ ކަލޭ. އަހަރެންނާ ދުރަށްދޭ. އަހަރެން ބޭނުމެއްނޫން ކަލޭގެ މޫނުވެސް ދެކޭކަށް.” ނިޝްޔާގެ މޭގައި އަޅައި ކޮށްޕައިލަމުން ދަތްކުނޑި ވިކިފައި ހާޝިމާ ހަޅޭލަވައިގަތެވެ. ހާޝިމާގެ ވާހަކަތައް ހުރިގޮތުން ޝިހާމުއަށް ދެފަރާތަށް ބޯހޫރުވައިލެވުނުއިރު ނިޝްޔާއަށް ގިސްލަގިސްލައިފައި ރޮއިގަނެވުނެވެ. އޭނާގެ ދުލުން މަންމާއޭ ކިޔައި ގޮވައިލެވުނީ ހާޝިމާގެ ބަސްތަކުން އެހިތަށްކުރި އަސަރަކުންނެވެ.

“އަހަރެންގެ މޮޔަކަން އެއީ ކަލެއަށް މިގެއިން ޖާގައެއް ދެވުން. އެކަމަކު މިއަދު.. އަހަރެން އެ ނިންމުން ބަދަލުކުރަން ބޭނުން. ކަލެއަކަށްވެސް އަދި ކަލޭގެ ދަރިއަކަށްވެސް މިގެއިން އެއްވެސް ޖާގައެއް ނެތް. ނުކުމޭ މިގެއިން. ހަމަ މިހާރު ނުކުމޭ.” ހުޅުވިފައިހުރި ދޮރަށް އިޝާރާތް ކޮށްލަމުން ޝިހާމު ރުޅިވެރިކަމާއެކު ބުނެލިއެވެ. ނޫނެކޭ ބުނެލަމުން ހާޝިމާއަށް ހުރިތަނަށް ތިރިވެވުނެވެ. އަމިއްލަ ދިރިއުޅުން ބާއްޖަވެރި ކުރަން އޭނާއަށް ކުރެވުނީ ކޮށްގެންވާނެ ކަމެއް ނޫންކަން އޭނާއަށް އިހުސާސުވިކަހަލައެވެ.

“ނޫން ބައްޕާ. ކުށްވެެރިންނަށް ހައްގު އަދަބު ލިބެން ޖެހޭނެ.”  އެހެން ބުނެލަމުން އަރްޒަން އިސްކޮށްހުރި ޕޮލިސް އޮފިސަރއަށް ގޮވައިލިއެވެ. ގޭތެރެއަށްވަތް ޕޮލިހުން ފެނުމުން ދެލޯބޮޑުކޮށްލަމުން ނިޝްޔާއަށް ހަޅޭލަވައިގަނެވުނެވެ. އޭނާއަށް މައާފުކޮށް ދިނުމަަށް ތަކުރާރުކޮށް އެދުނެވެ. އެހެނަސް ވެގެންދިޔަ ހުރިހައި ކަމަކަށްފަހު އެއާދޭސްތަކަށް ބީރު ކަންފަތެއް ދެމުން އަރްޒަން އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ. ކުށްވެރިން ހައްޔަރު ކުރުމަށްފަހު އެމީހުން ގޮވައިގެން އެގެއިން ނުކުމެ ޕޮލިސް ޖިޕްގައި  ޕޮލިހުން ދުއްވައިލިއެވެ. އޭރު އެމަންޒަރު ބަލަން އެހިސާބުގައި ހަރަކާތްތެރިވަމުންދިޔަ މީހުންތައް ތަންތަންކޮޅުގައި މަޑުކޮށްލައިގެން ތިއްބެވެ.

މުޅި ގޭތެރެއަށް ވެރިވެފިވީ ހަމަހިމޭން ކަމެވެ. ސޯފާގެ އެއްފަރާތުގައި ޝިހާމު ޖެހި އެތިގަނޑެއްހެން އިންއިރު އަނެއް ފަރާތުގައި އަރްޒަންވެސް އިނެވެ. ޔަނާލްވެސް އަރްޒަން ގާތުގައި އިންއިރު ދޭތެރެ ދޭތެރެއިން ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލައެވެ. ޔަނާލް އަރްޒަންގެ ކޮނޑުގައި އަތް ބާވައިލަމުން ހިތްވަރުދޭން މަސައްކަތް ކުރިއެވެ. ކަރުނުންފުރި ބަރާވެފައިވީ ދެލޮލުން އޭނާ ޔަނާލްއަށް ބަލައިލިއެވެ. އަދި ކުޑަކޮށް ގުދުވެލަމުން ޔަނާލްގެ ކޮނޑުގައި ބޯއަޅައިލިއެވެ.

އިރުކޮޅަކު އެހެން އިނދެފައި ޝިހާމު ފުންނޭވާއެއްލަމުން އިންތަނުން ތެދުވިއެވެ. އަރްޒަންވެސް ޝިހާމަށް ބަލައިލަމުން ގޮނޑީގައި ބުރަކަށި ޖައްސައިލަމުން ހަމަޖެހިލިއެވެ. “ދަރިފުޅާ. ވެދިޔަތަން ވެދިޔައީ. އަހަރެމެން ކިތަންމެ ހިތާމައެއް ކުރިއަސް އެކަން ބަދަލެއް ނުކުރެވޭނެ. ދެން އެދުވަސްތައް އަލުން ހަނދާންކޮށްގެން ވާނެ ފައިދާއެއް ނުއޮންނާނެ. މާޒީ ދޫކޮށްލުމަށްފަހު މުސްތަޤުބަލާ ކުރިމަތިލާން ދަސްކުރަންވާނެ.” އަރްޒަން ގާތަށް ޖެހިލަމުން ޝިހާމު މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކިއެވެ. ޝިހާމުގެ ވާހަކައަށް އަރްޒަން ބޯޖަހައިލުން ފިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ.

“މީ ކޮންކުއްޖެއް؟ ބައްޕަގެ ވާންއުޅޭ ދަރިފުޅުތަ؟” މައުޟޫ ބަދަލުކޮށްލަމުން ފަނޑު ހިނިތުންވުމަކާއެކު ޝިހާމު ޔަނާލަށް ބަލައިލިއެވެ. އެއާއެކު ލަދުގަނެފައި ޔަނާލް އިސްޖަހައިލިއެވެ. “ލައްބަ..ބައްޕާ.. މީ ޔަނާލް.” އަރްޒަންވެސް ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ޔަނާލް ޝިހާމުއަށް ތައާރަފު ކޮށްދިނެވެ. “ޔަނާލް. ވަރަށް ރީތި ނަމެއް. މިކުޑަ ކުޑަ އާއިލާއަށް މަރުހަބާ.” ޔަނާލްގެ ދެއަތުގައި ހިފައިލަމުން ޝިހާމު ލޯތްބާއެކު ބުނެލިއެވެ. އަރްޒަންވެސް ލުއިކޮށް ހިނިތުންވެލަމުން ޔަނާލްގެ ޖަންބުކުލަ އަރަމުންދިޔަ މޫނަށް ބަލައިލިއެވެ. ކުޑަ އާއިލާއެއް ނަމަވެސް އެދެމެދުގައި ވީ ލޯބި އެމަންޒަރު ފެނުނުމީހަކަށް ފާހަގަވާނެކަން ގައިމެވެ.

ޕޮލިހުން މައްސަލަ ތަހުގީގު ކުރުމަށްފަހު  އެމައްސަލައިގައި ބައިވެރިވި ޑޮކްޓަރުވެސް ހައްޔަރު ކުރިއެވެ. ކުށްވެރިންނަށް ތައުބާ ނުވެއްޖެނަމަ ދުނިޔެމަތީގައިވެސް އެބައިމީހުންކުރާ ކުށުގެ އަޛާބު ލިބޭނެކަން އެދުވަހު އެއިގެ ތެރެއިން ކޮންމެ މީހަކަށްވެސް އިހުސާސުވިއެވެ. އެއްބަޔަކަށް މަރުގެ ހުކުން ތަންފީޒު ކުރެވިގެން ދިޔައިރު އަނެއްބަޔަކު ކުރި ކުށާ އެކަށޭނަ މިންވަރެއްގެ ޖަލުގެ ހުކުމް ލިބިގެން ދިޔައެވެ. އެއްވެސް މީހަކަށް އަނެކާއަށް ދެރައެއް ދިނުމަށްފަހު އުފަލުގައި ނުއުޅެވޭނެކަން އެދުވަހު އެމީހުނަށް އެނގުނެވެ. ދިވެހި ބަހުގައި އޮންނަ ފަދައިން ތިމާ ފޭހުނު އިލޮށި ހެރޭނީ ހަމަ ތިމާގެ ލޮލަށެވެ. މީހަކަށް ދެރައެއް ދީގެން ތިމާއަށް ލިބޭނެ މޮޅެއް މަންފާއެއް ވަކި ނުއޮންނާނެއެވެ.

** ** **

އެހާދިސާއަށް ފުރިހަމަ ދެއަހަރު ފާއިތުވެގެން ދިޔައިރު އަރްޒަންއާއި ޔަނާލްގެ ކައިވެނިވެސްވަނީ އެންމެ ފުރިހަމަ ގޮތުގައި ކުރެވިފައެވެ. ޔަނާލްގެ ކައިވެންޏަށް ވަލީދޭން އައިފަހުން އޭނާ އޭނާގެ ބޮޑު ބޭބެއެއް ނުދެކެއެވެ. އެމީހުނާއި އޮތް ގުޅުން ބަދަހިކުރަން އޭނާ ބޭނުން ނުވަނީއެއްނޫނެވެ. އެހެނަސް ބޮޑުބޭބެގެ ފަރާތުން އެރޭގައިވެސް ފެނުނު ދުރުކަމާއި ހިތްހަމަނުޖެހުމުގެ އަސަރުތަކުން ޔަނާލް އެކަމަށް ފަސްޖެހުނީއެވެ.

އަރްޒަންއާ ކުރެވުނު ކައިވެންޏާ އެކު ޔަނާލްގެ ދިރިއުޅުމަށް އަނެއްކާވެސް ބަހާރު މޫސުމް އައި ކަހަލައެވެ. އައިކްއާ އެކުގައި އެމީހުން އުފާވެެރިކަމާ އެކުގައި ދުވަސްތައް ގުނަމުން ދިޔައެވެ. އައިކްގެ ދުލުން އޭނާއަށް މަންމަގެ ނަމުން މުޚާތަބު ކުރެވޭ ކޮންމެ ފަހަފަކު ޔަނާލްގެ ހިތް އުފަލުން އުދުހިގަނެއެވެ. އަމިއްލަ ދަރިއަކު ނެތްކަމުގެ އިހުސާސު ނެތިގެން ދެއެވެ. ޔަނާލް އަމިއްލަ ދަރިއަކު ފަދައިން އައިކްދެކެ ލޯބިވެއެވެ. އުމުރަށްވެސް ވާނެއެވެ. އެހެނަސް އެހިތުން އަބަދުވެސް އެހިތުގެ ވެރި އިލާޙުގެ ޙަޟްރަތުގައި އެއާއިލާއަށް އިތުރު ކުއްޖަކު ދެއްވުންއެދި ދުޢާ ކުރެއެވެ. މަންމައަކަށް ވުމުގެ އިހުސާސު ކޮށްލަން އޭނާވެސް ބޭނުންވެއެވެ.

ކާކޮޓަރި ތެރޭގައި ހީހީފައި ޔަނާލްއާއި އައިކް އުޅެމުން ދިޔައީ ކޭކެއް އެޅުމުގެ ނިޔަތުގައެވެ. އައިކް ކުދިކުދި އެހީތަށް ޔަނާލްއަށް ވަމުންދިޔައިރު ދުރުގައި ހެވިފައި އެމަންޒަރު ބަލަން އަރްޒަން ހުއްޓެވެ. އޭނާއަށް ކެތްވީ އިރުކޮޅެއް ވަންދެނެވެ. ޔަނާލްއަށް ޖެއްސުންކޮށްލުމުގެ ނިޔަތުގައި ލަސްފިޔަވަޅުތަކެއްގައި ގޮސް އޭނާގެ ފަހަތުގައި ހުއްޓިލަމުން ޔަނާލްގެ ކަންފަތް ދޮށަށް ގުދުވެ އަޑުގެކޮޅަށް ހަޅޭލަވައިގަތެވެ. ސިއްސައިގެންދިޔަ ޔަނާލް އެއަށްވުރެ ބާރަށް ހަޅޭލަވައިގަންނަމުން ފަހަތަށް އެނބުރުނެވެ. އޭރު ބަނޑު މަތީގައި އަތްއަޅައިގެން ގުދުވެ އޮވެ އަރްޒަން ހެމުން ދިޔައެވެ. ލޯހަނިކޮށްލަމުން ޔަނާލް އަރްޒަންގެ ނަމުން ބާރަށް ގޮވައިލުމަށްފަހު އޭނާގެ ގައިގައި ބޮނޑިއެއް އެޅުމުގެ ނިޔަތުގައި އަތް މަޅައިލިއެވެ. އެހެނަސް އޭނާއަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ޔަނާލްގެ ހަމަލާއިން ސަލާމަތްވަމުން އަރްޒަން ދުރަށް ދުއްވައިގަތެވެ. ބަލާކަށް ނުހުރެ ޔަނާލްވެސް އޭނާގެ ފަހަތުން ދުއްވައިގަތެވެ. ހަޅޭލަވަމުން އެކަކު އަނެކަކު ފަހަތުން ދުވަމުންދިޔަ އަރްޒަންއާއި ޔަނާލްފެނި ސިޓިންގް ރޫމްގައި ނޫހެއްކިޔަންއިން ޝިހާމު ޕިސްޕިސް ލައްވައިލަމުން ދެފަރާތަށް ބޯހޫރުވައިލިއެވެ. ކާކޮޓަރީ ދޮރުމަތީގައި އޭނާގެ ތުއްތު ދެއަތުން އަނގަމަތި ފޮރުވައިލައިގެންހުރެ އައިކްވެސް ހެމުން ދިޔައެވެ.

ދުވަމުންދިޔަ ޔަނާލްގެ ބޮލަށް އެރި ކުއްލި ތަދާއެކު އޭނާއަށް ހުރިތަނުގައި ހުއްޓިލެވުނެވެ. އެއާއެކު ބޮލަށް އެނބުރުން އަރާކަމުގެ އިހުސާސެއް އޭނާއަށް ކުރެވެންފެށިއެވެ.  އަރްޒަންގެ ނަމުން ގޮވައިލި ޔަނާލްގެ ޚަބަރު ހުސްވެގެން ވެއްޓެން ދިޔައެވެ. އެތަންފެނި އަރްޒަން އާއި ޝިހާމަށްވެސް ހާސްވެފައި އެދިމާއަށް ދުއްވައިގަނެވުނެވެ.

ލޮލުގެ އެސްފިޔަތައް ތަޅުވައިލަމުން ޔަނާލް ލަސްލަހުން ދެލޯ ހުޅުވައިލިއެވެ. އެއާއެކު އެތަނުގައި ދިއްލައިފައިވާ ހުދު ބޮކީގެ ސަބަބުން އޭނާގެ ލޮލަށް އުނދަގޫވެ ދެލޯ މަރައިލެވުނެވެ. ޔަނާލް ލޯހުޅުވި މަންޒަރު ފެނި އަރްޒަން އަވަސް  އަވަހަށް އެދިމާއަށް އައެވެ. “ޔަނާ އޯކޭތަ؟” ލޯތްބާއެކު ޔަނާލްގެ ކޯތާފަތުގައި އަތުގެ ނުފުށުން ފިރުމައިލަމުން އަރްޒަން އަހައިލިއެވެ. ޔަނާލް ދެލޯހުޅުވައިލައިފައި ސީދާ އަރްޒަންގެ މޫނަށް ބަލައިލިއެވެ. އަދި ލުއިކޮށް ހިނިތުންވެލަމުން މަޑުމަޑުން ހޫމް އޭ ބުނެލީ އޭނާ މިހާރު ރަނގަޅުކަން އަރްޒަންއަށް އަންގާލުމަށެވެ.

“މީ ކޮންތަނެއް؟” ވަށައިގެން ބަލައިލަމުން ޔަނާލް އަހައިލިއެވެ. “ޔަނާ ކުއްލިއަކަށް ވެއްޓުނީމަ އަވަހަށް ހޮސްޕިޓަލަށް ގެނައީ. ޑޮކްޓަރ ޓެސްޓް ތަކެއްވެސް ހެދި. އަދި ނަތީޖާ ނުލިބޭ ކަންނޭނގެ.” ޔަނާލް ގާތުގައި ހުރި ގޮނޑީގައި އިނށީދެލަމުން އަރްޒަން އޮޅުންފިލުވައިދިނެވެ. “ދެން އެއީ ހޮސްޕިޓަލަށް ގެންނަންވީ ކަމެއްވެސް ނޫނެއްނު. އަހަރެން ރަނގަޅޭ. ހެނދުނު ރަނގަޅަށް ސައި ނުބޮވުނީމަ ވީގޮތެއް ކަންނޭނގެ. އަބަދުވެސް ރަނގަޅަށް ނުކެވެންޏާ ދޭތެރެދޭތެރެއިން އެއީ އަހަރެންނަށް ވާގޮތެއް. އަރްޒަން އަށްވެސް އެކަން އެނގެއެއްނު.” އަރްޒަންގެ މޫނަށް ބަލަން އޮވެ ޔަނާލް ހަމަޖެހިލައިފައި ބުނެލިއެވެ. “އިނގެއޭ. އެކަމަކުވެސް އަހަރެން ބިރުގަތީ ޔަނާއަށް ކަމެއް ވެދާނެތީ.” ޔަނާލްގެ އަތްތިލައިގައި އަރްޒަން ބާރަށް ހިފަހައްޓައިލިއެވެ.

ދެމީހުންގެ ވާހަކަތައް މެދު ކެނޑުނީ ގަނޑުތަކެއް ބަލަމުން އެތަނަށް އައިސްވަތް ޑޮކްޓަރ ފެނިފައެވެ. ޔަނާލްއަށް ހިނިތުންވެލަމުން ޑޮކްޓަރ އައިސް އެނދުގެ އަނެއްފަރާތުގައި މަޑުކޮށްލިއެވެ. “ޑޮކްޓަރ ހުރިހާ ކަމެއް ރަނގަޅު ތޯ؟” ގޮނޑިން ތެދުވެލަމުން އަރްޒަން އަހައިލިއެވެ. ވަގުތުން ޑޮކްޓަރުގެ މޫނު މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“ޔެސް. ހުރިހާ ކަމެއްވެސް ރަނގަޅު. ބަޓް އައި ހޭވް ޓް ސޭ ސަމްތިންގް.” އަތުގައި އޮތް ގަނޑަށް ނަޒަރު ހިންގައިލަމުން އޭނާ ބުނެލިއެވެ. “ކިހިނެއްވީ؟” ޑޮކްޓަރގެ ވާހަކަތަކުން އަރްޒަން ކަންބޮޑުވާގޮތް ވިއެވެ. “ވެލް މިސްޓަރ.. ޔުއަރ ވައިފް އިޒް ޕްރެގްނެންޓް.” އަރްޒަންގެ ކޮނޑުގައި ޖަހައިލަމުން ޔަނާލްއަށް ބަލައިލުމަށްފަހު ޑޮކްޓަރު ބުނެލި ވާހަކައިން ގަބޫލުނުކުރެވިފައި ޔަނާލް އާއި އަރްޒަންއަށް ތިބެވުނީއެވެ. “ވަޓް؟” އަރްޒަން ބޭނުންވީ އަދި އެއްފަހަރު ޑޮކްޓަރުގެ އަނގައިން އެބަސްތައް އަހާލާށެވެ. “ޝީ އިޒް ޕްރެގްނެންޓް.” ޑޮކްޓަރުގެ ރިޕޯޓްސްތަކަށް ބަލައިލަމުން އޭނާގެ ޖުމުލަ ތަކުރާރު ކޮށްލިއެވެ.

“ނޫން ނުވާނެ އެހެންނެއް. ތީ ދޮގެއް ދޯ. އަހަރެން.. އަހަރެން ކިހިނެއް.. އަރްޒަން އަހަރެން.” ޔަނާލްއަށް ކުއްލިއަކަށް ރޮއިގަނެވުނެވެ. ޔަނާލްގެ އެކުއްލި އަމަލުން ހައިރާންކަމާއެކު ވީގޮތް ނުވިސްނިފައި ޑޮކްޓަރަށް ބަލަން ހުރެވުނީއެވެ. އެއީ އަންހެނަކަށް ލިބޭނޭ އެންމެ އުފާވެރި އެއްޚަބަރުކަން ޔަގީނެވެ. ވީއިރު ޔަނާލް އެގޮތަށް ރޯންވީ ސަބަބެއް އޭނާގެ ސިކުނޑިއަކަށް ނައެވެ.

“ޔަނާ. އަޑުއިވުނުތަ؟. ގަބޫލުކޮށްބަލަ. ޔަނާ މަންމަ އަކަށް ވަނީ. އެހުރިހާ ދުވަހު އަހަރެމެން އެކުގަ ކުރި ދުޢާތަކުގެ އަޑު ﷲ އައްސަވާ އިޖާބަކުރައްވާފި. އަލްޙަމްދުލިއްލާޙް.” ވީ އުފަލެއްގެ ބޮޑުކަމުން އަރްޒަންއަށް ޙަމްދުކޮށްލެވުނެވެ. ނުވެސް އެނގި ހުއްޓައި އެފަދަ ޚަބަރެއް ލިބުމުން އުފާނުވާނީ ކާކު ހެއްޔެވެ؟

“އެކަމަކު އަރްޒަން.” ޔަނާލްއަށް އަދިވެސް ގަބޫލުކުރަން ދަތިވަނީއެވެ.  ޔަނާލްގެ ހާލު ވިސްނި ކުރު ގޮތަކަށް އަރްޒަން ކުރިން ޔަނާލްއަށް ދިމާވެފައިހުރި ކަންތަކުގެ ވާހަކަ ޑޮކްޓަރަށް ކިޔައިދިނެވެ. އެއަށްފަހު އަދި އެއްފަހަރު ޓެސްޓް ހަދައި ޔަގީން ކުރަން ބޭނުންވާ ވާހަކަ ބުންޏެވެ. ބޯޖަހައިލަމުން ޑޮކްޓަރު އެކަމަށް އެއްބަސްވެލިއެވެ. ހޮސްޕިޓަލުން އެނބުރި ދިއުމުގެ ކުރިން ޔަނާލް ދިޔައީ ޓެސްޓް ހަދައިގެންނެވެ. އެރޭގެ ވަގުތެއްގައި ނަތީޖާ ބަލައި އައުމަށް ބުނުމުން ދެމަފިރިން އެކުގައި ގެއަށް ދިޔައެވެ.

ހޮސްޕިޓަލުން އައިއްސުރެ ޔަނާލްގެ މޫނުމަތިން ފާޅުވަނީ ހާސްކަމެވެ. އަރްޒަންއަށް ޔަނާލްގެ ހާލު ވިސްނި އޭނާ ހިތްހަމަ ޖައްސައިދިނުމުގެ ގޮތުން އެތައް ވާހަކަތަކެއް ދެއްކިއެވެ. އެހެނަސް އެމޫނުމަތިން ފާޅުވަމުންދިޔަ ނުތަނަވަސް ކަމަކަށް ބަދަލެއް ނާދެއެވެ. އޭނާ ހަގީގަތުގައިވެސް ބަނޑުބޮޑުވީ ބާވައެވެ؟ ނޫނީ ޑޮކްޓަރުންނަށް އޮޅުނީކީ ނޫންބާވައެވެ؟ އެހެންވެއްޖެނަމަ ޔަނާލްގެ ހިތް ކުދިކުދިވެގެން ދާނެއެވެ. އެފަދަ އެކިއެކި ބޭކާރު ޚިޔާލުތަކުން ޔަނާލްގެ ސިކުނޑިކަމުން ދިޔައެވެ.

އިރުއޮއްސުމާއެކު ޔަނާލްގެ ހާސްކަން އިތުރުވިއެވެ. އެއްތަނަކު މަޑު ޖެހިގެން ހުންނަންވެސް އޭނާއަށް އުނދަގޫވެފައިވާ ކަހަލައެވެ. އަރްޒަންއާ އެކުގައި ހޮސްޕިޓަލަށްގޮސް ވަތްއިރުވެސް ޔަނާލްގެ ހާލަކީ އެއެވެ. ޓެސްޓްތަކުގެ ނަތީޖާ ނަގަމުން ދެމީހުންގޮސް ޑޮކްޓަރުގެ ކޮޓަރިއަށް ވަނެވެ. އެދެމަފިރިން ފެނުމާއެކު ޑޮކްޓަރ ހިތްހެޔޮކަމާއެކު ހިނިތުންވެލިއެވެ. ޑޮކްޓަރުގެ މޭޒު ކުރިމަތީގައިހުރި ދެގޮނޑީގައި އިނށީދެލަމުން ދެމީހުން ހަމަޖެހިލިއެވެ. ޔަނާލް އޭނާގެ އަތުގައި ކުރިން އެކިޑޮކްޓަރުން ދީފައިވާ ރިޕޯޓްސްތައް ދިއްކޮށްލިއިރު އަރްޒަން ދާދި ދެންމެއަކުނެގި ނަތީޖާ ގަނޑުތައް ދިއްކޮށްލިއެވެ. އެގަނޑުތަކުގައި ހިފަމުން ޑޮކްޓަރ ފުންނަޒަރަކުން އޭގެއަށް ވަކިވަކިން ބަލައިލިއެވެ. ނިތަށް ރޫއަރުވައިލައިގެން އެނަތީޖާ ބަލަމުންދިޔަ ޑޮކްޓަރާއި ދިމާއަށް ބަލަންއިން  ޔަނާލް އިނީ ދެއަތް ދެއަތާ މޮޑެލަ މޮޑެލައެވެ. ޑޮކްޓަރު ދޭނެ ޖަވާބެއްގެ އިންތިޒާރުގައި އެހިތް ތެޅިފޮޅެނީއެވެ.

“ވެލް.. އައި ގެސް ދިސް އިޒް އަ މިރިކަލް.. ޔޫ އަރ ކޮންސީވިންގް.” ރިޕޯޓްސްތަކުން ނަޒަރު ވަކިކޮށްލަމުން ޔަނާލްއަށް ބަލައިލުމަށްފަހު ޔަގީންކޮށްދޭ ފަދަ ގޮތަކަަށް ޑޮކްޓަރ ބުނެލިއެވެ. “ރި.. ރިއަލީ؟” ރޮވިފައިއިން ޔަނާަލް ގަބޫލުކުރަން ދަތިވެފައި އަހައިލިއެވެ. އެއަޑުގައި މަޑު ތުރުތުރެއް އެކުލެވިގެން ވިއެވެ. “ޔެސް. ރިއަލީ.” މޭޒުމަތީގައިއޮތް ޔަނާލްގެ އަތަށް ފިތައިލަމުން ޑޮކްޓަރު ދިނީ ޔަގީންކަމެވެ. ޔަނާލްއަށް ވީއުފަލެއްގެ ބޮޑުކަމުން ރޮއިގަނެވުނެވެ. ފެންކަޅިވެފައިއިން އަރްޒަންވެސް ޔަނާލް ގަޔާއި ކައިރިކޮށްލަމުން ހިނިތުންވެލިއެވެ. އެއީ ކޮންފަދަ އުވާފެރި ޚަބަރެއް ހެއްޔެވެ؟ ﷲއަށް އިތުބާރުކޮށް ދިމާވާ އިމްތިހާނުތަކަށް ކެތްތެެރިވާ އަޅުންނަށް އެކަލާނގެ އެކަމުގެ ހެޔޮ ޖަޒާ ދެއްވަނީ އެފަދައިންނެވެ. ނުވާނޭ ހިތަށް އަރުވާ ކިތަށް ކަންތައް މިތަނުގައި ވޭހެއްޔެވެ؟ އެއްވެސް ކަމަކީ ﷲ އަށް ދަތިއުނދަގޫ ކަމެއް ނޫނެވެ. ދުޢާގެ ބާރު ތިމާއަށް އިހުސާސު ކުރެވެނީ ހަގީގަތުގައި މިފަދަ ވަގުތެއްގައެވެ. މުއުމިނުންގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ދުޢާވަނީ އެހެންވެއެވެ. ހަމަކަށަވަރުން އެކަނލާގެއީ ހުރިހައި ކަމެއް އެންމެ މޮޅަށް ބައްލަވާ ވޮޑިގެންވާ އަދި އައްސަވާ ވޮޑިގެންވާ އިލާހެވެ. ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ އިލާހެވެ.

އެދުވަހު ގެއަށް އައުމަށްފަހު ދެމަފިރިން ޝުކުރުގެ ނަމާދެއް ކުރިއެވެ. އެޚަބަރުވީ މުޅި އާއިލާއަށްވެސް ލިބުނު ރަހުމަތެއް ކަމުގައެވެ. ޝިހާމުގެ   މޫނުމަތިންވެސް އެހެންނާ ނުފެންނަ އުފާވެރިކަމެއް އެޚަބަރުގެ ސަބަބުން ފެންނަން ފެށިއެވެ. އޭނާގެ ދެވަނަ ކާފަ ދަރިފުޅު އަންނާނެ އިރެއްގެ އިންތިޒާރުގައި އެހިތް ދުވަސްތައް ގުނަން ފެށިއެވެ. ޔަނާލްގެ މައްޗަށް އެހިތުގައި އުފެދުނު ލޯބި އެތައް ތަނެއް އިތުރުވެގެން ދިޔަކަހަލައެވެ. އަރްޒަން އޮފީހުގައި އުޅޭ ވަގުތު އޭނާއަށްވީ އެންމެ ފުރިހަމައަކަށް ޔަނާލް އަށް އަޅައިލައި އޭނާގެ ކަންތައް ބަލަހައްޓައެވެ.

ފާއިތުވެދާންފެށި ކޮންމެ ދުވަހަކާއިއެކު އަރްޒަންގެ ލޯބި ޔަނާލްއަށްޓަކައި އިތުރުވަމުން ދިޔައެވެ. އެފަދަ މާތް ކިޔަމަންތެރި އަންބަކު ލިބުނު ކަމަށްޓަކައި އޭނާ ހާސްފަރު ހެއްދެވި ފަރާތަށް ޝުކުރުވެރިވެއެވެ. އައިކްވެސް އޭނާއަަށް އިތުރު ކޮއްކޮއެއް ލިބެންއުޅޭކަން އިނގި ހުންނަނީ ވަރަށް އުފަލުންނެވެ. އަރްޒަންގެ ބައެއް ބަސްތައް ކޮޕީކޮށް އަބަދުވެސް ޔަނާލް ގާތުގައި އަރާމުކުރުމަށް އައިކް ބުނާގޮތުން ޔަނާލްއަށް ހެވޭގޮތް ވެއެވެ. އެފަދަ ވަގުތުތަކު އައިކްވެސް ރަކިވެފައި ހިނިތުންވެލާނެއެވެ. ޔަނާލްގެ ފަރާތުން މަންމައެއްގެ ލޯތްބާއި އޯގާތެރިކަމާއި އަޅައިލުން ލިބެން ފެށުމުން އެތުއްތު މޫނުމަތިން އަބަދުވެސް ނުފިލާ އުފާވެރިކަމެެއް ފާޅުވާން ހުރެއެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުންގޮސް ޔަނާލް ވިހަން ހަމަޖެހިފައި އޮތް ދުވަސް އައިސް ޖެހުނެވެ. ބޮޑުވެފައިވާ ބަނޑާއެކު ޔަނާލްގެ ރީތިކަންވެސް އިތުރުވެފައިވިއެވެ. ވިއްސާ ކޮޓަރިއަށް ޔަނާލް ވެއްދީއްސުރެ އަރްޒަންގެ ހާސްކަން ނުފިލައެވެ. ދެފަރާތަށް ދެފަރާތަށް ހިނގައިލަ ހިނގައިލައި އޭނާ ހުރީ ކަންބޮޑުވެފައެވެ. ޔޫލީ ގެއްލިދިޔަހެން ޔަނާލް ގެއްލޭކަށް އޭނާ ނޭދެއެވެ. އެތަނުގެ ކުރިމަތީގައިހުރި ގޮނޑި ބަރީގައި އިނށީދެލައިގެން ޝިހާމާއި އައިކް ތިއްބެވެ. އަރްޒަން އުޅެމުންދިޔަގޮތްފެނި އައިކްވެެސް އިނީ ހިސާބަކަށް ކަންބޮޑުވާގޮތް ވެފައެވެ.

ވިއްސާ ކޮޓަރީގެ ދޮރު ހުޅުވައިލަމުން ނަރުހަކު ބޭރަށް ނުކުތެވެ. އޭރު އޭނާގެ އަތުގައި ލޯބި ލޯތި ތުއްތު ކުއްޖެއް އޮތެވެ. ހިނިތުންވެލަމުން ނުކުތް ނަރުސްކުއްޖާއާއި ދިމާއަަށް އެންމެން އެއްފަހަރާ ހިނގައިގަތެވެ. “މަރުހަބާ. އަންހެން ކުއްޖެއް.” އަރްޒަންއަށް އެކުއްޖާ ދިއްކޮށްލަމުން ނަރުސް ކުއްޖާ ހެވިފައި ބުނެލިއެވެ. “ޔަނާ.” އެލޯބި ދަރިފުޅު އުރައިލަމުން އަރްޒަން އަހައިލިއެވެ. ” ދަރިފުޅުވެސް މަންމަވެސް ރަނގަޅު.” ނަރުސް ކުއްޖާ ހިތްހެޔޮ ގޮތަކަށް ބުނެލިއެވެ. ފުންނޭވާއެއްލަމުން އަރްޒަން އޭނާގެ އަތުގެ ތެރޭގައި އޮތް ލޯބި ދަރިފުޅުގެ ކޯތާފަތުގައި  ބޮސްދިނެވެ. އަދި އައިކްއަށް ފެންނާނެހެން ތިރިވެލިއެވެ. އެއާއެކު އައިކް އުފަލުން އެނބުރިލިއެވެ. “ކޮއްކޮ އަށް ފެންނާނެތަ އައިކް؟” ވަރަށް ސިއްރުން ބުނާކަހަލަ ގޮތަކަށް އައިކް އަހައިލިއެވެ. އެއާއެކު އަރްޒަންގެ ލުއި ހުނުމުގެ އަޑު އިވިގެން ދިޔައެވެ. ދަރިފުޅާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އަރްޒަން ނަރުސްކުއްޖާ އަތަށް ދަރިފުޅު ދިނެވެ. “ވެން ވިލް އައި ސީ މައި ވައިފް؟” ކެތްތެރިކަން ކުޑަވެފައި އަރްޒަން އަހައިލިއެވެ. “ޕޭޝަންސް މިސްޓަރ.” އަރްޒަންގެ ކެތްތެރިކަން ކުޑަވެފައިވާ މޫނަށް ބަލައިލަމުން ދެފަރާތަށް ބޯހޫރުވައިލުމަށްފަހު ހިނިތުންވެލަމުން ނަރުސްކުއްޖާ ބުނެލިއެވެ.

ޔަނާލް ޕްރައިވެޓް ކޮޓަރިއަށް ބަދަލު ކުރެވުމުން އަރްޒަންއާއެކު އައިކް އާއި ޝިހާމުވެސް އެތަނަށް ވަނެވެ. އިރުކޮޅަކު އެތަނުގައި މަޑުކޮށްލުމަށްފަހު ޝިހާމު އައިކް ގޮވައިގެން ގެއަައް ދިޔައީ އެދެމަފިރިންނަށް ވަގުތު ދިނުމުގެ ގޮތުންނެވެ. އެންމެން ދިއުމާއެކު އަރްޒަން ހެވިފައިއޮތް ޔަނާލްގެ ގައިގައި ލޯތްބާއެކު ބައްދައިލިއެވެ. އަދި އެނިތުގައި ބޮސްދިނެވެ. “އައި ލަވް ޔޫ ޔަނާ. ބޭބީ ވައްތަރީ ޔަނާއާ ދޯ.” ޔަނާލްގެ ކޮލުގައި ހިފައިލަމުން އަރްޒަން ބުނެލިއެވެ. “އައި ލަވް ޔޫ މޯ އަރްޒަން. މިއަދު އަހަރެންނަށް މިލިބުނު އުފާ ބަޔާންކުރަންވެސް ދަތި.” ފެންކަޅިވެފައި ދަރިފުޅުއޮތް ކުޑަ އެނދަށް ބަލައިލަމުން ޔަނާލް ބުނެލިއެވެ. އިތުރު ވާހަކައެއް ދެއްކުމެއްނެތި އަރްޒަން ޔަނާލްގެ ގައިގައި ބާރަށް ބައްދައިލަމުން އޭނާގެ ބޯ ޔަނާލްގެ ބޮލުގައި ޖައްސައިލިއެވެ. އެގޮތުގައި ހަމަހިމޭންކަންމަތީ ދެމަފިރިން އެތައް އިރަކު ތިއްބެވެ.

10 މަސް ފަސް..

ކޮޓަރީގެ މަޑު ރަގް މަތީގައި އިނށީދެލައިގެން ކުޑަކުޑަ ޔައިނާ އިނީ އަތުގައި އޮތް ކުޅޭ އެއްޗެއް އަނގައަށް ލައިގެންނެވެ. ގާތުގައި އެކިއެކި ވައްތަރު ޖައްސަމުން ޔައިނާ ހެއްވަން މަސައްކަތްކުރަން އައިކް އިނެވެ. ޔައިނާގެ ތުއްތު ހަރަކާތްތަކުން އައިކްގެ ތުންފަތް މައްޗަށް އިރުއިރުކޮޅާ ހިނިތުންވުން ވެރިވެގެން ދެއެވެ.

ކޮޓަރީގެ އެއްފަރާތުގައިހުރި ސޯފާގައި ޔަނާލްގެ ޑައިރީ ހުޅުވައިލައިގެންއިން އަރްޒަން  އައިކްގެ ހުނުމުގެ އަޑަށް އެފޮތް ލައްޕައިލަމުން ތެދުވިއެވެ. އެވަގުތަކީ ފެންވަރައިގެން އިސްތަށިގަނޑު ހިއްކަމުން ޔަނާލްވެސް ފާޚާނާއިން ނުކުތް ވަގުތެވެ. “މަންމި ބަލާބަލަ. ޔައިއްކޮ ހޭވަރެއް.” ހެވިދިލިފައިއިން އައިކް ޔަނާލްއަށް ބަލައިލަމުން އުފާވެލާފައި ބުނެލިއެވެ. ޔަނާލްވެސް އައިކްއަށް ހިނިތުންވެލަމުން ތުވާލި ހަރުގައި އަޅުވައިލިއެވެ.

ފަހަތުން އައި އަރްޒަން ޔަނާލްގެ ގައިގައި ކުޑަކޮށް ބައްދައިލަމުން އޭނާގެ ކަރުދޮށުގައި ތުންފަތް ޖައްސައިލުމާއެކު ތެޅިގަނެފައި ޔަނާލް ދުރަށްޖެހިލީ ހީލި ކަރައިގަތުމުންނެވެ. ޔަނާލްގެ އެއަމަލުން އަރްޒަންގެ ތުންފަތް މައްޗަށް ލާނެއް ހިނުތުންވުމެއް ވެރިވިއެވެ. ޔަނާލްގެ އަތުގައި ހިފައި ދަމައިލަމުން އޭނާ އަނބުރައިލުމަށްފަހު އަރްޒަން ލަވަކިޔަމުން ނަށަން ފެށިއެވެ. އަރްޒަން ގެންނަ ހަރަކާތްތަކާއެކު ޔަނާލްގެ ދިގު ބުޅި އިސްތަށިގަނޑު އެކި ގޮތްގޮތަށް ވިހުރެމުން ދިޔައެވެ.

“ފުރަތަމަ ނަޒަރުން.. ހަމަ އެހިނދުން.. ތިޔަ ސޫރަ ހިތުގާ ބިންވަޅު ނެގުނޭ.. ފޮނި ފޮނި އިޝްޤުން.. ހިތް މަސްތުން.. ފުރުވާލި ހިނދުގާ ހިތްއެކު ދެވުނޭ.. ތި ލޯތްބަށް މިހިތް އާދަވޭ.. އާދަވޭ.. ކަލާ ދެކެ ވަރަށް ލޯބިވޭ.. ލޯބިވޭ.. ހަނދާންތައް ހިތުން ބީނުވޭ.. ދުރުނުވޭ.. ކަލާދެކެ ވަރަށް ލޯބިވޭ.. ލޯބިވޭ..” ޔަނާލް ގޮވައިގެން އަރްޒަން ނަށަމުންދިޔަ މަންޒަރު ފެނި ފޯރިއަރައިފައި ކުޑަކުޑަ ޔައިނާ އަތް ޖަހަންފެށިއެވެ. އައިކްވެސް ހިނިގަނޑެއް ޖަހައިލަމުން ޔައިނާ ނަގައި އޭނާގެ އުނގަށްލައި ލޯބިން ބައްދައިލިއެވެ. އައިކްގެ އެއަމަލުން އަބަދަށް ދޮށީ ބޭބެގެ ގޮތުގައި އޭނާ ހިމާޔަތްކުރާނަމޭ ބުނާކަހަލައެވެ.

ނަށައި ނިންމައިލުމަށްފަހު އަރްޒަން ޔަނާލްގެ އަތުގެ ތެރެއަަށް އެޑައިރީ ލައިދިނެވެ. އެފޮތް ފެނުމާއެކު ދެލޯބޮޑުކޮށްލަމުން ޔަނާލް އަރްޒަންއަށް ބަލައިލިއެވެ. “މީ ކިހިނެއް އަރްޒަން.” ސުވާލު ފުރިހަމަ ކުރާނެގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އެފޮތް ގެއްލުނުތާ މިހާރު ކޮންދުވަހެއް ހެއްޔެވެ؟ އޭނާއަށް އެފޮތް ހޯދުނު އަދަދެއްވެސް ނޭނގެއެވެ.

“ސޮރީ. ޔަނާ ގާތު ނުބުނެ ފޮތް ނެގުނީތީ. މިހުރިހާ ދުވަހު އަހަރެން އަތުގަ ފޮތް އޮތީ. ހަގީގަތުގަ އަހަރެން މިހުރީ ހަނދާން ނެތިފަ. މިއަދު އޮފީހުގެ ފައިލެއް ހޯދަނިކޮށް ފެނުނީމަ ހިތަށް އެރީ ޔަނާއަށް އިނގެންވާނޭ މިފޮތް ނެގީ އަހަރެންކަން.” ކުށްވެރިއަކު ފަދައިން އަރްޒަން ހުރިހައި ވާހަކައެއް ކިޔައިދިނެވެ. “ސާބަސް. އަހަރެން ކިހާ ވަރަކަށް މިފޮތް ހޯދިން” ތުންކޮޅު އޫކޮށްލަމުން ޔަނާލް ބުނެލިއެވެ. “އަހަރެން ތިފޮތް ނެގުން އެއީ މައްސަލައެއް ނޫނެއްނު. ޔަނާގެ ހުރިހާ އެއްޗަކީ ހަމަ އަހަރެންގެވެސް އެއްޗިއްސޭ. ހެހެ. އަދި ބުނަން. ދެންމެ މިކިޔައިދިން ލަވައެއީ ޔަނާ ތިފޮތުގަ ލިޔެފައިން ލަވައިގެ ރައްދު. އަހަރެން ޔަނާދެކެ ވަރަށް ލޯބިވޭ. އަބަދުވެސް ވާނަން. އިންޝާ ﷲ.” ޔަނާލްގެ ނޭފަތު ކޮޅުގައި މަޑުމަޑުން ހިފައިލަމުން އަރްޒަން ބުނެލިއެވެ. ހިނިތުންވެލަމުން ޔަނާލް އަރްޒަންގެ އުނަގަނޑުގައި އޭނާގެ އަތް ވަށައިލަމުން އެތަނަވަސް މޭމަތީގައި ބޯއަޅައިލިއެވެ. އެއާއެކު އަރްޒަން އޭނާގެ ބާރުގަދަ ދެއަތުން ޔަނާލް ވަށައިލައި އިތުރަށް އެހަށިގަނޑާލައި ފިއްތައިލިއެވެ.

ދިރިއުޅުމަކީ އިމްތިހާނެކެވެ. މިތަނުގައި އެކި މީހުންނަށް ކުރިމަތިވާނީ އެކި އިމްތިހާނެވެ. އެހެނަސް އަހަރެމެން  ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އުފާވެރިކަން އަބަދަށް ދެމި ނުއޮންނަ ފަދައިން ހިތްދަތިކަންވެސް އަބަދަށް ދެމި ނުއޮންނާނެކަމެވެ. މިތަނަކީ ވަގުތީ ތަނެކެވެ. ހަމައެފަދައިން މިތަނުގައި ތިމާއަށް ލިބޭ ކޮންމެ އުފަލަކީވެސް އަދި ހިތާމައަކީވެސް ވަގުތީ އެއްޗެކެވެ. ކާމިޔާބު އޮތީ ހިތްވަރު އެލުވައިނުލާ ކުރިއަށްދާ މީހުންނަށެވެ. ޔަނާލްއާއި އަރްޒަންގެ ދިރިއުޅުމަށް އައި ހިތާމައާއި ހިތްދަތިކަމަށް އެމީހުން ކެތްތެރިވުމުގެ އާޚިރު ނަތީޖާއަކަށްވީ އެމީހުންނަށް އޭގެ ޖަޒާ އެންމެ ފުރިހަމަ ގޮތުގައި ލިބުމެވެ. ކެތްތެރިކަމުގެ މޭވާ އަބަދުވެސް ފޮނިވާނޭ ބުނަނީ އެހެންވެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ހާސިލް ވުމަށް އެދި ހިތް ރޮނީ 11

Next

ދުޢާ 16

Next
September 20, 2018

ދުޢާ 16

Previews
September 20, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ 11

75 Comments!

  1. Shaai says:
    September 20, 2018 at 8:52 pm

    Me 1st dhw

    1. Nau says:
      September 21, 2018 at 10:00 am

      Yayy u first dear?

  2. Nau says:
    September 20, 2018 at 8:58 pm

    Salaam all.. Sry v v bodah lasvyma.. Actually lst part vyma lng kohlan hadhaagen lasvy.. Hehe.. N sry v bodah kury part ge comments thakah rep nukurevunyma.. Btw overall thank u soooo sooo much all.. Alhamdhulillah… Finally.. Mi stry vx nimuny.. Alot of thanks for all my supporters n fans.. N my dear readers.. I will never forget the love n suppurt u guys gave me.. Without u guys i wnt be able to do this.. Thanks alot for helping me improve myself.. Really thanks u guys frm the bottom of my heart.. I hope u get some morals frm this stry too.. Evn if life seems so hard.. Jst dnt give up n kyp going.. Cox our lord has promised us relief with each n every hardship.. Indeed His words r the truth.. Jst have faith in Him n make lots of duas. It is that weapon that changes the qadr.. So kyp smiling.. Everythn is a blessing n He blesses us with wats best for us.. Have faith in Him.. He knws while we knw nt. ?❤?
    Enjoy reading.. N do let me knw hw it is.. Have a v v blessed night..
    I love u soooo much all my dears. ❤?

  3. Fan says:
    September 20, 2018 at 9:11 pm

    ????
    Salhieyyhh!!

    1. Nau says:
      September 21, 2018 at 10:01 am

      Awwwn thanks dear❤?

  4. Mal says:
    September 20, 2018 at 9:19 pm

    Masha Allah vvvvvv reethi mi story….you’re the best writer….nau dhatha ge new story ahka inthizaaru Kuraanan….I love you sis…god bless u ❤?❤?❤?❤??❤?

    1. Nau says:
      September 21, 2018 at 11:23 am

      Awwwn thanks alot dear.. Lobe u too.. May Allah bless u.. ?❤

  5. @AL@A says:
    September 20, 2018 at 9:24 pm

    Wow waiting for next story
    M

    1. Nau says:
      September 21, 2018 at 11:23 am

      Thanks alot dear❤?

  6. Ifu ❤ says:
    September 20, 2018 at 9:24 pm

    V vvvv lawbi mi vaahaka
    ❤❤❤❤❤❤
    Ekm maa avahah nimunyy
    I have no more words to describe ❤❤❤❤
    Aaaah
    Masha Allah
    ??????????????
    Nau u r very talented
    How could I tell u
    ??????????
    This story really thought very good moral
    ??????????????????
    I will miss the story Nau
    Will start a new story after this ?????
    Will wait for a new str of u rs
    ???❤?❤???❤❤❤
    Mind blowing nau
    Bless u dear
    Have a gud night ????

    1. Nau says:
      September 21, 2018 at 11:24 am

      Awwwn thanks alot my dear.. Bless u too.. In sha allah will try to bring a new story soon.. Loves?❤

  7. kookie says:
    September 20, 2018 at 9:25 pm

    yey me second..

    1. kookie says:
      September 20, 2018 at 9:29 pm

      sry. seven. story varah reethi Masha Allah.. hama supper igey… hope kuran eh story eh kiyaaalan libeyne kamah

    2. Nau says:
      September 21, 2018 at 11:40 am

      Thanks alot my dear.. Yah in sha allah?❤

    3. Nau says:
      September 21, 2018 at 11:25 am

      Hehe nt second dhw dear?

  8. Hana says:
    September 20, 2018 at 9:27 pm

    Varah reethi mi vaahaka nau u are the best writer

    1. Nau says:
      September 21, 2018 at 11:25 am

      Thanks alot my dear?❤

    2. Nau says:
      September 21, 2018 at 11:38 am

      Awwn thanks alot dear?❤

  9. Zaa says:
    September 20, 2018 at 9:28 pm

    Ma Sha Allah❤❤ vrh happy vrh Gina advise huryma… Moral vx vrh salhi… Your so talented.. May Allah protect you from evil eyes.. Jazaak’Allah khairan for this beautiful story…?? vrh miss vaane nau ge stry..?? dhn kn dhuvahakun nauge new stry eh kiyaalan libeyny??☺

    1. Nau says:
      September 21, 2018 at 11:40 am

      Awwwn thanks alot my dear.. Aameen.. May Allah bless u.. Baarakallah feeki.. In sha allah will try my best to start a new stry soon.. Will miss u guys too.. Loves ?❤

  10. liyaa says:
    September 20, 2018 at 9:34 pm

    mashaa allahu v v reethi vaahaka feshuneesureves ninmendenkeyy ☺??????

    1. Nau says:
      September 21, 2018 at 11:40 am

      Awwwn thanks alot my dear?❤

  11. Boss says:
    September 20, 2018 at 9:40 pm

    Nau

    Biruveri vaahaka eh nxt time ingey..varah reethi mivaahaka… abadhuves wait kuran nau ge vaahakaige part upveytho.. kon irakun thr nxt vaahaka gennaaneee ? cant wait ingey.. Lots of love from me

    1. Nau says:
      September 21, 2018 at 11:42 am

      Awwwn thanks alot my dear.. Yah m thnking of that.. Lwbyge biruveri vaahaka eh ok vaane ehnu dhw.. Hehe.. In sha allah as soon as pssble.. Loves u evn more dear?❤

  12. Lotus says:
    September 20, 2018 at 9:48 pm

    Another super story from u nau.. i really liked this ..hama assaribahaai saabahey buneveynee???..
    Hope to read another story from u soon???
    Salaam sis

    1. Nau says:
      September 21, 2018 at 11:42 am

      Awwwn thanks alot my dear.. In sha allah soon. So much loves.. Salaam dear?❤

  13. zeek says:
    September 20, 2018 at 10:00 pm

    Nauuuuu vvvv ryythi mi stry
    bunaane ekahcheh ves …. ???????vvvvvv miss vaane mi vaahaka mathin & nau mathin amudhun??????….hpe to read a new stry of yuh soon …. luv yuh alwaya keep smiling???????????? …god bless u dear???????

    1. Nau says:
      September 21, 2018 at 11:27 am

      Alhey thanks alot my dear.. Will miss u guys too.. In sha allah ehn stry eh avahah genesdheveythw will try ingey.. May Allah bless u too.. Luv u evn more dear?❤

  14. Hudher says:
    September 20, 2018 at 10:25 pm

    Maasha allah…v v v v v v rythi……dear hama best

    1. Nau says:
      September 21, 2018 at 11:27 am

      Thanks alot my dear.. ?❤

  15. Anonymous says:
    September 20, 2018 at 10:28 pm

    Maa sha Allah.. Maa sha Allah.. Maa sha Allah.. ????????? Vrh Vrh Vrh furihama.. Neiyy Hama Bunaane ehcheh ves.. Kurukoh fonikon nau genesdhin vaahaka eh dhw miee? Vrh salhi.. Iburaiyytheri adhi ehaame reethi vaahaka eh miee.. Maaiyy Allah thibaage faafa fussavaa thibaa ah heyo rahamaiyy lavvaashi. Aameen.. Jazak’allah khair for this amazing story!❤️❤️❤️❤️❤️❤️❤️????????????????????

    1. Nau says:
      September 21, 2018 at 11:29 am

      Awwwwn thanks alot my dear.. Hehe yah dhw.. Aslu ehaa lng koh gennan visni vaahaka eh noon.. Ehnvyma.. Hehe.. May Allah bless u n forgive u ur sins.. Aameen.. Baarakallah feeki.. Loves?❤

  16. maya says:
    September 20, 2018 at 10:29 pm

    Masha allah alhe nau sis story nimuny thr ..i cnt believe,,,mioh reethi story ves nimuny dhw..btw vvv reethi mashaallah….mind blowing hama …..sis ge nxt story akah vvv inthixaaru kuraanan….may allah protect this amazing talant from the evil eyes,,,will luv u always and miss u….god bless u sis

    1. Nau says:
      September 21, 2018 at 11:30 am

      Ya dhw its the end.. Hehe.. Thanks alot my dear.. Aameen.. May Allah bless u too my dear.. Will miss u too.. Loves u evn more?❤

  17. Unknown girlll.. says:
    September 20, 2018 at 10:39 pm

    Yey..story vvvnice mysis????…dhen konirak6nbaa nauge vaahakaeh kiyanlibeyny….hope ill get to read again astory of yours as soon as possible..keep up the good work.???..my best wishes are always with u..luv ya❤❤❤ keep smiling???

    1. Nau says:
      September 21, 2018 at 11:31 am

      Awwwn thanks alot my dear.. In sha allah will try my best to bring a new stry soon.. May Allah bless u.. Luv yah evn more my dear?❤

  18. Shaya says:
    September 20, 2018 at 10:53 pm

    Thnx for writing this amazing story..??I wish that i could write these type of wonderful stories but i am just horrible in writing stories…BTW thumbs up for the story??wish to see a new story soon…keep up the good work..may god bless you and keep your talent from evil eyes..Love ❤???? you my dear nau sis

    1. Nau says:
      September 21, 2018 at 11:33 am

      Awwwwn thanks alot my dear.. Dnt wrry in sha allah one day u cn do it.. If there is a will there is a way ryt.. Hehe.. Btw thanks again dear.. Ameen.. May Allah bless u too my dear.. Love u evn more?❤

  19. ? Unknown ? says:
    September 20, 2018 at 11:00 pm

    Woww. Story Hama v nice. Nau u are the best writer. Love you…????. Waiting for your next story

    1. Nau says:
      September 21, 2018 at 11:34 am

      Awwwwn thanks alot my dear.. Love u?❤

  20. Reader says:
    September 20, 2018 at 11:02 pm

    Omg varah reethi❤️?

    1. Nau says:
      September 21, 2018 at 11:34 am

      Thanks alot dear?❤

  21. samm says:
    September 21, 2018 at 12:41 am

    omg vrh salhi mi stry, samm ah kiyun enmme rythi eh stry meee mi website innn, love u n your stry ……….wating for ur next stry

    1. Nau says:
      September 21, 2018 at 11:35 am

      Alhey thank u soooo sooo much dear.. Love u evn more my dear?❤

  22. Aish says:
    September 21, 2018 at 7:16 am

    Awwn this story is awesome n ur so talented Ma Sha Allah.. bt yanaa aky zaav ge ex-wife kan arzan ge dad ah ingigen adhi marry kuran ehbas vi nama vrh salhi vaane.. eii hama ekani faahaga kohlevunu thankolhaky.. story hama habeys.. waiting for ur next story..❤

    1. Nau says:
      September 21, 2018 at 11:36 am

      Oh ya dhw.. I guess that part slipped frm my mind.. Hehe. Btw v v happy vehje faahaga kohla dhinyma.. Thank u sooooooo much my dear.. Loves?❤

  23. Xuam says:
    September 21, 2018 at 8:24 am

    Masha Allah…. varah varah reethi mi vaahakah ….❤❤❤???

    1. Nau says:
      September 21, 2018 at 11:36 am

      Awwwn thanks alot my dear?❤

  24. kaishal says:
    September 21, 2018 at 8:37 am

    WHEN IS UR NEXT STORY DEAR

    1. Nau says:
      September 21, 2018 at 11:37 am

      In sha allah as soon as pssble.. Adhi ehn bunaakah neenge. Hehe.. Bt will try my best to start a new stry soon.. In sha allah❤?

  25. Xuu says:
    September 21, 2018 at 11:17 am

    Speechless.. mihaathanah ki enme reethi vaahaka.. asluves nau vvvvvvvvvvv molhu insha allah. Mi kahala loabeege adhi ehvaahaka nau gennnaane kamah ummeedhu kuran???????????????

    1. Nau says:
      September 21, 2018 at 11:37 am

      Awwwn thanks alot my dear.. In sha allah. Loves?❤

  26. baby girl says:
    September 21, 2018 at 12:51 pm

    Oh my god this story is speechless and awesome fantastic fabulous excellent………… No words could explain it dear…….. U are one of my favorite writer in this esfiya site…..hehehe and ya this is my first comment on ur story…… By the way I read all part of this story since you start to write…… Every time I have no words to explain it how beautiful ur story is……… Curiously waiting for your next awesome new story…. And dear ge story sifakurun hama habeys ingey…. Luv u and ur story too…. For this part you gave so much inspiration word towards every things what happen in life would be an exam……so should face it from bottom of heart……

    1. Nau says:
      September 21, 2018 at 1:00 pm

      Awwwwnn soo sweet. So happy to see ur comment dear.. Thank u soooo soooo much.. In sha allah i will try to start a new stry as soon as pssble.. May Allah bless u.. Love u too my dear?❤

  27. Stry Kiyaa Man says:
    September 21, 2018 at 5:08 pm

    Masha allah stry vvv salhi.keep it up dear.mi stry ah comm nukure vunass feshuniy shure dear stry thah kiyah. kuriya balaafa mihaaru vv bodah improve vehje.
    Ummeedh kuran avahah nw stry eh kiyaalah libeyne kamah.
    Have a nice days…..
    -salaam-??????

    1. Nau says:
      September 21, 2018 at 9:20 pm

      Awwwn thanks alot my dear.. So happy to knw that.. Yah in sha allah soon.. Salaam.. ❤

  28. Twinkle? says:
    September 21, 2018 at 9:18 pm

    Mi stry ah cmnt nukurias baraabarah hurihaa part ehvs kiyan… mi stry vvvvv rythi masha allah… keep it up dear… nau ge ehn stry eh vrh avahah fennaane kamah unmeedhu kuran????❤❤❤

    1. Nau says:
      September 21, 2018 at 9:21 pm

      Thank u soooo much my dear.. In sha allah soon.. Loves❤?

  29. Anonymous says:
    September 22, 2018 at 1:28 am

    masha allau varah varah reethi

  30. Queen Dandelion says:
    September 22, 2018 at 12:04 pm

    Mii stry ge last part vyma hama comment kohlaa hihvy..hehe…Assu masha allah..this stry is really awesome ey buneveyny..much loves???❤?Waitinn 4 yur nw stry nge..

  31. Annu says:
    September 22, 2018 at 6:23 pm

    Nau ge story thah varah varah Reeth. Waiting for another story.

  32. Kokki says:
    September 22, 2018 at 7:50 pm

    Masha Allah Vvvvvvv. Reethi…? waiting for ure Next story..?

  33. Ayesher.9 says:
    September 23, 2018 at 11:06 pm

    Love this story… It’s amazing❤??

  34. Nivuu says:
    September 25, 2018 at 8:10 pm

    Wow nau??…nice stroy…..mashaa Allah??????????❤️??????I love this all part stroy

  35. Nivuu says:
    September 25, 2018 at 8:11 pm

    Wow nau??…nice stroy…..mashaa Allah??????????❤️??????

  36. Ý@@$ says:
    September 29, 2018 at 3:05 pm

    Vvvvvvvvvv reethi. Naufathaaa.

  37. Ý@@$ says:
    September 29, 2018 at 9:02 pm

    Vvvvvvvvvv reeethi naufathaa. Superb.?? i luv it ???❤❤❤❤❤aslugavex.

  38. Ý@@R!$@@ says:
    September 29, 2018 at 9:04 pm

    Vvvvvvvvvv reeethi naufathaa. Superb.?? i luv it ???❤❤❤❤❤aslugavex.

  39. Puppy girl says:
    September 30, 2018 at 10:02 pm

    Me nauge stry akah comment kuraa furathama faharu bune veyny varah lobi nd intresting vaahaka eykey will wait for next stry of urs???

  40. Xaaan says:
    October 7, 2018 at 8:16 am

    nau xaavilah yanaaah kudhin libeykan engununama story vvvvvv reethivees

  41. Anonymous says:
    October 14, 2018 at 5:33 pm

    Nice story mashaa allah ❤️❤️

  42. Afreen says:
    November 3, 2018 at 4:28 am

    Furathama faharah I read nau ge story eh.. thedhan bunaa nama kiyaane reethi story eh nufenigen hoadhanikoh I found mi namuga ehn writer aku liyefa in story eh first. Story ge name reethi kamun kiyaalee but from the first part it self I akah neygunu vaa nuvaa eh.it was so boring. so I stopped reading that one.. and again started searching for some other story and found this one.. to be honest this story was heart touching and mesmerizing I loved this one a lot.. same day it self completed reading this one.. looking forward for more stories of nai..wish you all the best and may God bless you

  43. Girl says:
    December 29, 2018 at 3:06 pm

    Alhe Dhen nau story eh nuliyantha? ????

  44. Nau ge fan says:
    August 29, 2019 at 2:59 pm

    I really miss u those lovely story’s ? plz come back dear ur my very favourite story writer don’t stop writing story’s ?

  45. Leash says:
    December 17, 2019 at 9:35 pm

    konirakun aa vaahakaeh kiyaalan libaynee varah reethi nau ɡe vaahakathah waitinɡ new stories

Comments are closed.



All Right Reserved!