ހާސިލް ވުމަށް އެދި ހިތް ރޮނީ 11
އަލްޔާން މާދަމާ މާލެ އަންނަ ވާހަކަ ބުނުމުން އަދި ވަކި ކަމެއް ނުކޮށް މަޑުކުރުމަށް ބުނަމުން ޒިން ދިޔައީ މައިރީން ގެ ކޮޓަރިއަށެވެ. ތަޅު ނުލާ ހުރި ދޮރު މަޑުމަޑުން ހުޅުވާލުމާއެކު ޒިން ދިޔައީ ސިއްސައިގެންނެވެ. ދެލޯ ބޮޑުވެ އަނގަ ހުޅުވުނީ ކުރިމަތީން ފެންނަމުން ދިޔަ މަންޒަރު ގަބޫލު ކުރަން ދަތިވީމައެވެ. “ވަޓް ދަ ހެލް” ޒިން އަށް އެހެން ބުނެވުނީ އިޚްތިޔާރަކާ ނުލައެވެ. ޑްރެސިންޓޭބަލް ކުރިމަތީ އިށީދެލައިގެން ހުރި އިރު މައިރީން ގެ ނަޒަރު ހުއްޓިފައިވަނީ އަމިއްލަ ސޫރައަށެވެ. ބޮލުގައި އެންމެ އިސްތައްޓެއްވެސް ނެތް އިރު ދެލޯ ވަނީ ރޮއެރޮއެ ދުޅަވެފައެވެ. އެއް އަތުން ޓްރިމަރެއް ހިފާލައިގެން ހުރި އިރު ގައިގަޔާއި މުޅި ހިސާބުގައި އޮތީ ހުސް އިސްތައްޓެވެ.”މައި” ޒިން މަޑުމަޑުން ގޮސް މައިރީން ކައިރިއަށް ހުއްޓި ތިރިވެލިއެވެ.މައިރީން އަމިއްލަޔަށް ބޮލުގެ އިސްތަށިގަނޑު ކޮށާ އެއްކޮށް ޓްރިމް ކޮށްގެން ހުރިތަން ލޯކުރިމަތީން ފެންނަމުން ދިޔައިރުވެސް ޒިން އަށް ގަބޫލް ކުރަން ދަތިވިއެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ. އޭނާގެ ކޮއްކޮ އެ ފަން ދިގު އިސްތަށިގަނޑު ގެންގުޅެނީ ކިހާ ލޯބިންކަން ޒިން އަށް ވަރަށް ރަނގަޅަށް އިނގެއެވެ.ކޮންމެ ދެމަހުން އެއްމަހު މެލޭޝިއާގަ ހުންނަ ވަކި ހާއްސަ ސެލޫން އަކަށް ހާރބަލް ޓްރީޓްމެންޓެއް ނަގަން ވެސް ހަމަ ގަވާއިދުން ދާނެއެވެ.ވީ އިރު މިހާ ލޯބިން ގެންގުޅުނު އިސްތަށިގަނޑު އެއްކޮށް ކޮށާ ހުސްކޮށްލީ ކިއްވެބާއޭ ހިތަށް އެރިއެވެ. “މައި” މިފަހަރު ޒިން ތަންކޮޅެއް ބާރަށް ގޮވާލިނަމަވެސް މައިރީން ގުޑާވެސް ނުލިއެވެ. “މައި…ބަލާބަލަ..ކިހިނެތްވެފަ ތިހިރީ..ދޮންބެ އަށް ބަލާބަލަ ޕްރިންސަސް” ޒިން ކަންބޮޑުވީވަރުން މައިރީން ގެ ދެކޮނޑުގައި ހިފާ ތަޅުވާގަތެވެ.އެއާއެކު ހުވަފެނަކުން ހޭލެވޭ ފަދައިން މައިރީން ތެދުވެ އަޑުންއަޑު ނަގާ ރޮއެގަތެވެ. “ދޮ..ދޮންބޭ..މަ..މައި ރީއްޗެއް ނު..ނޫނޭ އަލްޔާން ބުނީ..ދެ ދެން ކީއްކުރަން” މައިރީން ހީވަނީ މޮޔަވެގެން އުޅޭ މީހެއް ހެންނެވެ. ހަޅޭއްލަވައިގަންނަމުން މުޅި ކޮޓަރި ތެރޭގައި ހުރި އެއްޗެހި އުކަންފެށިއެވެ.”އަލްޔާން ބުނީ ޝީ އިޒް ދި މޯސްޓް ބިއުޓިފުލް ވުމެން އޯ..އަހަރެން ދެކެ ފޫހިވެޔޯ..ރުޅި އާދެޔޭ..އަލްޔާން އަހަރެން ގެ މީހަކަށް ދުވަހަކުވެސް ނުވާނެ..ދެން ކީއްކުރަން އަހަރެން ރީތިވާންވީ..ކާކަށް ދައްކަން..ޝޭމްލެސް އޭ ބުނީ.ޝޭމްލެސް މީހުން ތިބޭނީ މިހެންނު” ރުޅި އައިސް ދެލޯ ބޮޑުކޮށްގެން ހުރެ ވާހަކަ ދައްކަމުން ދިޔައިރު ހަގީގަތުގައިވެސް އެ ހިތަށްވަނީ ބަޔާންކުރަން ދަތި ހިތްދަތިކަމެއް ލިބިފައެވެ.އެންމެ ކުޑައިރުއްސުރެން ފެށިގެން ބޭނުންވި ހުރިހާ ކަމެއް ދާދި ފަސޭހައިން ފުރިހަމަ ވެފައިވާ މައިރީން އަށް އަލްޔާން ގެ ރިޖެކްޝަން ގަބޫލް ކުރާކަށް ފަސޭހައެއް ނުވިއެވެ.އެކަމުގެ ސަބަބުން އަލްޔާން ފިޔަވައި އެހެން މީހަކު ދެކެ ދުވަހަކުވެސް ލޯބިވެވިފައިނުވާ މައިރީންގެ ހިތަށާއި ސިކުނޑިއަށް ވެސް އަސަރުކޮށްފައިވާ ފަދައެވެ.
މައިރީން އަށް ވަމުން ދިޔަ ގޮތް ބަލަން ޒިން އަށް ހުރެވުނީ ހުއްޓުން އަރާފައެވެ.މައިރީން އަކީ އެންމެ ކުޑައިރުއްސުރެން އިންތިހާ ރުޅިގަދަ ކުއްޖެއްކަމަށް ވިޔަސް އަމިއްލަ ނަފްސަށް މިފަދަ ދެރައެއް ދީފާނެކަމަށް ފަހަރެއްގައިވެސް ޒިން އަށް ހީކުރެވިފައި ނެތެވެ. ލޯބިވާ ކޮއްކޮ މި ހާލަތަށް ދާން މަޖްބޫރު ކުރުވި އަލްޔާން އަކަށް ޒިން ދުވަހަކުވެސް މާފެއް ނުކުރާނެއެވެ. ކޮޓަރިތެރޭގައި މާ އަޑުގަދަވެގެން ދިޔަ ރިޝްވާން މައިރީން މައިތިރި ކުރެވޭތޯ އުޅުނެވެ. އަދި ފޯނުން ނަންބަރަކަށް ގުޅުމަށްފަހު ޑޮކްޓަރެއް ގެނެސް ދިނުމަށް އެދުނެވެ. ނިދާ އިންޖެޝަން ޖެހުމުން އެއްކޮށްހެން މައިތިރިވެ މައިރީން ނިދުނެވެ. ދެންވެސް ޒިން އަށް ހުރެވުނީ ބަލަންށެވެ. ނިދިފައި އޮތް މައިރީން ގެ ކައިރި އަށް ގޮސް މަޑުމަޑުން އިށީނދެ ޓިޝޫއެއްނަގާ މޫނު ފޮހެލިއެވެ. މައިރީންގެ ބޮލުގައި އަތް ޖައްސާލުމާއެކު ޒިން ފެންކަޅިވިއެވެ. އަވަސް އަވަހަށް ލޯ ފޮހެމުން ބޭރަށް ނިކުތީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.
ބާރުބާރަށް ހިނގާފައި ގޮސް ޒިން ވަނީ ގޭގައި ހަދާފައި ހުންނަ އޭނާގެ އޮފީސް ބަޔަށެވެ. އެތަނަށް ވަދެވޭނީވެސް ޒިން ފިޔަވައި ހަމައެކަނި ރިޝްވާން އަށެވެ. ޒިން އޭނާގެ ކަރުގައި އޮތް ޓައީ ނަގާ އެއްލާލުމަށްފަހު ގަމީހުގެ ގޮތްތައް ވެސް ނައްޓުވާލީ ނޭވާހާސްވާ ކަހަލަ އިހްސާސެއް ވުމުންނެވެ.”ރިއްޓޭ..ކިޑްނެޕް ހާ” ސިގިރޭޓް ރޯކޮށްލާ ދަމާލަމުން ކައިރީގައި ހުރި ރިޝްވާން އަށް ޒިން ބުނެލިއެވެ.
*****
“އީން.. އަހަންނާ ދުވަހަކުވެސް ވަކިނުވާނަން ދޯ..ނޭނގެ ހިތަށް ވަރަށް އުނދަގޫވޭ އެބަ އީން ބަހައްޓާފަ ދާންވީމަ.ކަމް ވިތް މީ ޕްލީޒް” ގަން އެއާރޕޯޓް ގެ ޑިޕާޗާރ ކުރިމަތީގައި ހުންނަ އައްސޭރިފަށުގައި ރުކަކަށް ލެގިލައިގެން ހުރެ އަލްޔާން އަސަރުން ފުރިގެންވީ އަޑަކުން އީން އާ ވާހަކަ ދައްކަމުން ދިޔައެވެ. އީން އާ ހިނދުކޮޅަކަށްވެސް ވަކިވާން އަލްޔާން ގެ ހިތެއް ނޭދެއެވެ. އަލްޔާން ގެ ދެލޮލުން އެކަނިވެސް އެ ހިތުގެ އުދާސް ތައް ހާމަވެއެވެ.” ދެން ތިހެން ދެރަވެފަ ނުހުރެބަލަ..ދެދުވަސް ފަހުން އެބަދަމޭ..އައިމް ޔޯރސް ފޯއެވާ” އަލްޔާން ފުރައިގެން ދާންޖެހުމުން އީން ދެރަވިޔަސް އެކަން ނާންގަން ހީލަމުން އީން ބުނެލިއެވެ. އަލްޔާން މަޑުމަޑުން އީން ގެ އަތް ގެނެސް އަމިއްލަ މޭގާ ޖައްސާލިއެވެ. އެއަށްފަހު ސީދާ އީން ގެ ދެލޮލަށް ބަލާލަމުން “އައިލަވް ޔޫ” އޭބުނެލީ ނުހަނު އަސަރާއެކުގައެވެ.
ތަންކޮޅެއް ދުރުގައި ހުރި ބެންޗެއްގައި އިށީދެލައިގެން މަންޒަރު ބަަލަން ތިބި އީތަން އާ އަލްކާ އަށް އެކަކު އަނެކަކަށް ބަލާލެވުނެވެ.އަލްކާ ވަގުތުން ދުރު ބަލާލީ އީތަން އާ ހަތަރުކަޅި ހަމަކުރުމުން ހިތަށް ވީ ގޮތަކުންނެވެ. “އަޖާއިބެތް!! މަށަކަށް މީނަ މާ ރީއްޗަކީވެސް ނޫން. ހީވަނީ ހަމަ އެހެރަ ކަަހަލަ ހިމަ ދިގު ރުކެއް ހެން..ވީ އިރު މަގޭ ހިތްގަނޑަށް މީނަ ފެނުމުން މިހާ ލޯޑު ބޮޑުވާންވީ ސަބަބެއް ހަމަ އެއްގޮތަކަށްވެސް ނޭނގޭ..ހުނ..ވަރަށް ފޫހި” އަލްކާ ހިތާހިތާ ވާހަކަ ދައްކަމުން ދިޔައިރު އީތަން ގެ ހާލަކީ ވެސް ހަމަ އެއީއެވެ.” ޕިސް ޕިސް..ފުކެއް ބޮޑުވަރު.މިހިރަ ހިތެއް މިއޮތް ތެޅޭ ވަރެއް ދޯ…މިހާ ގައްޑާ ވެގެން އުޅޭ އަންހެނަކު މަށެއް އަދިއެއް ދުވަހަކުވެސް ނުދެކެން. ނުވިތާކަށް ފުރަތަމަ ފެނުނު ރޭ ވެސް މަ އެހާ ރުޅި އައި އެކަމަކު އެންމެ ފަހުން ގޮސް އެވަނީ މަގޭ ހިތުތެރެއަކަށް ނު..މަގޭ ދުވަސް ވާ މި ދިޔައީ..” އިތުރު ވާހަކަ އެއް ނުދެއްކި ކަމުގައި ވިޔަސް ދެމީހުންނަށް ވެސް އިރު އިރުކޮޅާ އެކަކު އަނެކަކަށް ބެލެމުން ދިޔައެވެ.
ފުރަންދާގަޑި ޖެހުމުން އަލްޔާން އީން ގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. އަދި އަވަހަށް އަންނައްޗޭ ބުނެ އެތެރެއަށް ވަނެވެ.ފްލައިޓަށް އަރަން ދަމުން އަލްޔާން ފަހަތް ބަލާލީ އީން ބަލަން ހުންނާނެކަން އިނގޭތީއެވެ. ދާ ގަނޑުގައި ދެއަތުން ހިފަހައްޓައިގެން ބަލަން ހުރި އީން އާ ދިމާލަށް އަތްނަގާ އެންމެ ފަހުގެ ސަލާމް ކުރަމުން އަލްޔާން ފޮނުވާލީ ފްލައިން ކިސް އެކެވެ.އެ މަންޒަރު ބަލަން ފެންކަޅިވެފައި ހުރެމެ އީން ވެސް އަތްނަގާ އަލްޔާން އަށް ވޭވް ކޮށްލިއެވެ. އީން ހުރި ގޮތް ފެނި ހިތަށް ފިތި ބާރުވަމުން ދިޔަކަހަލަ އިހްސާސެއް އަލްޔާން އަށް ކުރެވުނެވެ. އެއާއެކު ދުވެފައި ކަހަލަ ގޮތަކަށްގޮސް އަވަހަށް ފްލައިޓް އަށް އަރާ ސީޓް ގައި އިށީން އިރު ލޯ ހުރީ ފެންކަޅިވެފައެވެ.”ޕިސް..ޕިސް..ސާބަސް ކަލެއަށް..އަންހެން ކުއްޖެއްތަ ތީ ކަމެއްވާ އިރަށް ތިހާ ރޯން” އީތަން ދެފަރާތަށް ބޯ ހޫރާލަމުން އެހެން ބުނި ކަމުގައިވިޔަސް އީން ކައިރީ ހުރި އަލްކާ ބަލަން ހުރި ގޮތުން އޭނާގެ ހިތަށް ވެސް އަސަރު ކުރިއެވެ.
*****
ގެއަށް ގޮސް ވަދެވުމާއެކު އަލްޔާން އެންމެ ފުރަތަމަ ވެސް ކުރިމަތި ލާން ޖެހުނީ ބައްޕަގެ ސުވާލުތަކާއެވެ. ކުއްލިއަކަށް ދިޔަތަނެއް ވެސް އަންގާ ނުލާ އަލްޔާން ދިޔުމުން ވަލީދު ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. އެހެން ނޫނަސް އަލްޔާން ދިޔަ ދުވަހަކީ ބޮޑު ޕްރޮޖެކްޓަކަށް އެ ކުންފުނީން ލީ ބިޑް ގެ ނަތީޖާ އިއުލާން ކުރުން އޮތް ދުވަހެެވެ.ކަންވީ ގޮތް ބަލަން ވެސް އަލްޔާން ނުގުޅުމުން އޮފީސް ކަންތަކާމެދު އަލްޔާން ފަރުވާ ކުޑަކަން ހާމަވެ ވަލީދު ގެ ރުޅި ގަދަވިއެވެ. ” އަލްޔާން އަށް އިނގޭތަ އެ ޕްރޮޖެކްޓް އަހަރުމެންނަށް ނުލިބޭ ކަން. އަހަރުމެންގެ ފިގާސް ތަކުގަ ހުރީ ކޮން މައްސަލައެއް ކަމެއް ނޭނގޭ..އުޅެ އުޅެ އަހްމަދު އާވެސް ނުގުޅުނު. މީ މިދަނޑިވަޅުގަ އަހަރުމެންނަށް އަޅައިލި ވަރަށް ބޮޑު އަޑިއެއް” ބައްޕަގެ ވާހަކަ އިން އަލްޔާން އަށް އެއީ ޒިން ގެ ކުޅިގަނޑެއްކަން ވަގުތުން އެނގުނެވެ. ޒިން އުޅެނީ ހުރިހާ ކޮޅަކުން އަލްޔާން ތާށިކޮށް މަޖްބޫރު ކުރުވަން ކަން އެނގުމުން އިންތިހާ ރުޅިގަދަވިއެވެ. އެކަމަކު މި ދަނޑިވަޅުގައި ބައްޕަ އާއި އެއްވެސް ވާހަކަ އެއް ދެއްކެން ނެތުމުން އަލްޔާން އިތުރު އެއްޗެކޭ ނުބުނެއެވެ. ކޮޓަރިއަށް ވަދެ އަލްޔާން ފުރަތަމަ ވެސް ގުޅާލީ އީން އަށެވެ. ދެތިން ފަހަރަކު ގުޅުމުން ވެސް އީން ފޯނަށް ނުގުޅުމުން އަލްޔާން ކަންބޮޑުވިއެވެ. އަވަސް އަވަހަށް އަލްޔާން ގުޅީ އަލްކާ އަށެވެ. އޭނާ ގެއަށްލާދީފައި އީން ދިޔަތާ އެތަށް އިރެއްވީ ވާހަކަ ބުނުމުން އަލްޔާން ގެ ހިތަށް ނުބައި ގޮތެއް ވިއެވެ. އަނެއްކާ އީން އަށް ކަމެއްވީ ބާވައޭ ހިތަށް އަރައި ހާސްވާ ގޮތްވިއެވެ. އަލްކާ ކައިރީން އަލްޔާން އެދުނީ ވީހާވެސް އަވަހަކަށް އީން އަށްވީގޮތެއް ބަލާދިނުމަށެވެ.އޭގެ ދެތިން މިނެޓް ފަހުން ކޮންމެވެސް ނަބްރަކުން އަލްޔާން ގެ ފޯނަށް ވައިބަރ މެސެޖެއް ލިބުނެވެ. އޭގައިވި ފޮޓޯ ފެނުމާއެކު އަލްޔާން ގެ ހަށިގަނޑުން ވާގި ދޫވި ކަހަލަ އިހްސާސެއް ވިއެވެ. މެއަށް ހީވީ މީހަކު ފިނިފެން އެއްޗެއް އޮއްސާލި ހެންނެވެ. ބިންމަތީގައި އޮށޯވެގެން އޮތް އީން ގެ ފޮޓޯ އެކެވެ. ފެންނަފެނުމަށް ހީވަނީ ނިދާފައި އޮތްހެންނެވެ. ދެލޯބޮޑުކޮށްގެން ހުރެ އަލްޔާން އެ ފޮޓޯ އަށް ބަލަމުން ދިޔައެވެ. އެއީ މިއަދު އެންމެފަހުން ފެނުނު އިރު ހަމަ އީން ލައިގެން ހުރި ހެދުމެވެ. އަޅިކުލައިގެ ޓޮޕްކާ ކަޅު ކުލައިގެ ޖީންސެކެވެ. އަދިހަމަ އޭރު އަޅައިގެން ހުރި މަޑުނޫ ކުލައިގެ ޝޯލްއެވެ. “ނޯ..އީން..ނޯ ޕްލީޒް” އަލްޔާން ގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބާން ފެށިއެވެ. ހާސްވެ މުޅިމީހާ ދާ ހިއްލަން ފެށިއެވެ.އަތުގެ ނުފުށުން ލޯ ފޮހެލަމުން ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެ ވަގުތުން އެ ނަންބަރަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ކާމިޔާބުވާ ގޮތެއް ނުވިއެވެ. އަލްކާ ގެ މެސެޖް އައީ އެވަގުތުއެވެ.”ޝީ އިޒް ނޮޓް އެޓް ހޯމް. އަމީނައްތަ ހީކުރީ އަހަރުމެންގޭގަ ކަމަށޯ” އަލްޔާން ގެ ސިކުނޑި ސުމަކަށް ދިޔައެވެ.”ޒިން..އައި ސްވެއަރ ކަލޭ މަރާލާނަން އީން އަށް އެއްވެސް ކަމެއް ވެއްޖެއްޔާ” ހާސްވެ ކަންބޮޑުވެ ރުޅިގަދަވެފައި ހުރިވަރުން އަލްޔާން ގެ މުޅި ހަށިގަނޑު ތުރުތުރު އަޅައެވެ. ޒިން ގެ ވާހަކަ އީން ކިޔައިދިންފަހުން އަލްޔާން ކުރީން ވެސް ވިސްނައިގެން ހުރީ މާލެ އައިސް އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ އިމްރާން އަށް ގުޅައި އެހީތެރިކަން ހޯދުމަށެވެ. އިމްރާން އަކީ މޯލްޑިވިސް ޕޮލިސް ސާރވިސް ގެ ޗީފް އިނިސްޕެކްޓާ އެއް ގެ އިތުރުން އިންޓެލިޖެންސް ގެ އިސްވެރިޔާ ވެސްމެއެވެ. އެހެން ކަމުން އިމްރާން އަށް ގުޅާ އަވަހަށް އެގެއަށް އައިސް ދިނުމަށް އެދުނެވެ. އަލްކާ ވެސް ހުރީ ހަދާނެގޮތް ހުސްވެފައެވެ. އެއް ކޮޅުން އީން މަންމަ ގެ ސުވާލުތަކެވެ. އަނެއްކޮޅުން އީން ދެއްކި ޒިން ގެ ވާހަކަތައް ހަނދާނަށް އަންނަމުން ދިޔައެވެ. އަމީނާވެސް އާއިލީ ހުރިހާ ގެއަކަށް ގުޅާ އީން ހުރިތޯ ސުވާލު ކުރިއެވެ. އެހެނަސް އީން ގެ އެއްވެސް ހަބަރެއް ނުވުމުން ކަންބޮޑުވެ ހަދާނެ ގޮތް ހުސްވިއެވެ. ރިސޯޓުގައި ހުރި އީން ގެ ބައްޕަ އަށް ވެސް ގުޅާ އީން ގެއްލިގެން އުޅޭ ވާހަކަ އަމީނާ ކިޔާދިނެވެ. އީން ހޯދޭނެ އެއްވެސް މަގެއް ނުފެނުމުން އެންމެ ފަހުން އެމީހުން އެންގީ ޕޮލިހަށެވެ.
ކުއްލިއަކަށް ގޭގެ ދޮރުހުޅުވުމުން ބަލާލިއިރު ވަދެގެން އައީ އީތަން އެވެ. “ބްރޯ..އަލްކާ ގުޅިއޭ..އެމީހުން ޕޮލިހަށް އަންގައިފިޔޯ ރަށުން” އީތަން ވެސް ހުރީ ވަރަށް ހާސްވެފައެވެ. އަލްޔާން ފޯނުގައި ހުރި ފޮޓޯ ދެއްކުމުން އީތަން ވެސް އިސްތަށިގަނޑު ތެރެއަށް އަތް މަހާލަމުން ބޮލުގައި ބާރަށް ހިފަހައްޓާލިއެވެ. “ބަލ** އެއް.. އޭރުވެސް މަށަށް އިނގޭ އޭއްޗަކު ނުލަފާ ކަން ދައްކާނެކަން..ބަލާބަލަ ރޯމާ ދުވާލު އެހިންގާލި ޖަރީމާ..ގުޅި ތަ އޭނަ؟” އަލްޔާން ސޯފާ އަށް ވެއްޓި ގަންނަމުން މޫނުގައި ދެއަތް އަޅަމުން ނޫނެކޭ ބުނެލިއެވެ.” ތިހެން ބޯ ގޮއްވަން ވީ ވަގުތެއް ނޫން މިއީ..ގުޅާބަ އިއްމަ އަށް..މިކަމުގަ އެހީތެރިވެވޭނީ ހަމަ އެކަނި އޭނައަށް” އީތަން ގޮސް އަލްޔާން ކައިރީ އިށީނެވެ. “ގުޅާއިފިން..އެބަ އަންނަމޯ” އަލްޔާން މާޔޫސީ އަޑަކުން ބުނެލިއެވެ. އޭނާގެ ހިތާއި ސިކުނޑީގައި ވަރުގަދަ ތޫފާނެއް އުފެދިފައިވާ ކަހަލައެވެ.އީން އަށް އެއްވެސް ކަމެއް ވިޔަ ނުދޭނަމޭ ބުނެ ވައުދުވީ އިއްޔެއެވެ. އެކަމަކު މިއަދު އެނާގެ ސަބަބުން އީން އެވަނީ އަނިޔާވެރި ބައެއްގެ އަތްދަށުވެފައެވެ. ބައިގަޑިއެއްހާ އިރުފަހުން އިމްރާން އެގެއަށް އައުމުން ވެގެން އުޅޭ ހުރިހާ ގޮތެއް އަލްޔާން ކިޔާދިނެވެ. އިމްރާން ވަގުތުން ގުޅީ ހިތަދޫ ގެ އިންޗާރޖަށެވެ. އަދި އިތުރު މީހަކު ކައިރީ ނުބުނުމަށާއި ވީހާ ވެސް އަވަހަށް ހަބަރެއް ވާނެ ކަމަށް ބުނެ ދިޔައެވެ.
އަލްޔާން ގެ ފޯނަށް ނުދަންނަ ނަންބަރަކުން ކޯލެއް އައީވެސް ހަމަ އެވަގުތުއެވެ. އެކޮޅުން ވާހަކަ ދެއްކީ ކާކު ކަމެއް އަލްޔާން އަކަށް ނެގެއެވެ.” ވަރަށް ދެރަވެފަ ދޯ ތިހިރީ؟ އީން ސަލާމަތް ކުރަން ބޭނުން ނަމަ މި ފޮނުވާ އެޑްރެސް އަށް އާދޭ!” އަލްޔާން ގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އެމީހާ ފޯން ކަނޑާލިއެވެ. އިރުކޮޅެއްނުވެ އައީ “މ. ޕެންޒީވިލާ” ލިޔެފައިވާ މެސެޖެކެވެ. އަލްޔާން އެންމެ ހައިރާންވީ އެއީ މައިރީން މެންގޭ އެޑްރެސްވީމައެވެ. އަނެއްކާ އީން ހުރީ އެގޭގަ ބާވައެވެ. އަލްޔާން އާއި އީތަން ދުވެފައި ނިކުތީ އަވަހަށް އެގެއަށް ދިއުމަށެވެ.ބާރު ސްޕީޑް ގައި ގޮސް ކާރު މައިރީންމެންގެއަށް ކައިރި ކުރިތަނާހެން އިމްރާން ގުޅަންފެށިއެވެ. “އަލްޔާން..ޔޫ ވާރައިޓް އެކަން ކުރީ ޒިން ގެ އެންގުމަށް. އީން އަޝްރަފް މި ވަގުތު ހުރީ އައްޑޫގެ ފޭދޫ އަށް ނިސްބަތްވާ މަޝްހޫރު ގޭންގް އެއް ކަމަށްވާ ބްލެކް ބޯއިޒް ގެ މީހުން ގެ ބެލުމުގެ ދަށުގަ” އިވުނު ހަބަރުން އަލްޔާން އަށް ލޯމަރާ ބާރު ކޮށްލެވުނެވެ. ” ދެން އެކޮޅު ޕޮލިހުން ކައިރީ ބުނެބަލަ ސަލާމަތް ކުރާށޭ. ނޫނީ އަހަރެން މި ފުރަނީ ހަމަ މިހާރު އެކޮޅަށް ދާން” އަލްޔާން ގެ ހިތް ހީވަނީ ފަޅައިގެން ދާ ހެންނެވެ. އީން އާ ދިމާލަށް ނުގޮތަކަށް މީހަކު ބަލާލަން ވެސް ނޭދޭ އިރު މިވަގުތު އޭނަޔާ އެތަށް މޭލެއް ދުރުގައި އީން ވަނީ ބައެއްގެ އަތް ދަށުވެފައެވެ. ކާރުގެ ހުންގާނުގައި އަލްޔާން އަށް ދެތިން ފަހަރަކު ބޯ ޖަހާލެވުނެވެ. އެތެރެ ހަށީގައި ހީވަނީ އަލިފާން އަނދަނީ ހެންނެވެ. އެ ހާލުގައިވެސް ހުއްޓުމެއް ނެތި ހިތާ ހިތާ ދުއާ ކުރެވެމުން ދިޔައީ އީން ގެ ސަލާމަތަށެވެ.
“އަލްޔާން ހަމަޖެހިގެން އަހަރެން މި ބުނާ ވާހަކަ އަޑުއަހާ! ކޮމިޝަނާ ލެވެލް އިން ކޭސް އޮތީ މަޑުޖައްސަން އަންގާފަ.އީން ވީ ތަން އިނގޭ އެކަމަކު އާއިލާ މީހަކަށް ވެސް އެއްވެސް މީހަކަށް ބުނެދެވޭކަށް ނެތް. އިންފްލުއެންސް އައިސް އޮތީ ސީދާ އެންމެ މަތިން. ވީމަ މިއަށް ވުރެ ކުރިއަކަށް އެއްވެސް ޕްރޮސީޖާއެއް ނުދާނެ. މަ އަލްޔާން އަށް ހެޔޮ އެދޭތީ މި ބުނަނީ ޒިން އާއެކު ޕާސަނަލީ ތިކަން ސޯލްވް ކުރޭ” އިމްރާން ގެ ބަސްތަކުން އަލްޔާން ހައްތަހާ ރުޅިގަދަވާ ގޮތްވިއެވެ.
“އިއްމަ..ހާދަ ހެއްވައޭ ދޯ..ކަލޭމެން ތީ ރައްޔިތުންނަށް ރައްކާތެރި ކަން ދޭން ހުވާކޮށްގެން ނިކުމެ ތިބި މީހުން..ތިހިރީ ކަންތަށް ކުރާގޮތް..ގޭންގް ލީޑަރުންނަށް ބިރުން..އަހަރުމެންނަށް މިގައުމުގަ އޮތީ ކޮން ސޭފްޓީއެއް؟ ހެޔޮ ކޮންމެ ގޮތެއް ވިޔަސް އަހަރެން އީން އަށް އެއްވެސް ކަމެއް ވިޔަ ނުދޭނަން” އަލްޔާން ކާރުން ފައިބާ ބޭރަށް ނިކުމެ މާބާރަށް ހަޅޭއްލަވަން ފެށުމުން އީތަން ނިކުމެ އަލްޔާން މައިތިރި ކުރެވޭތޯ އުޅުނެވެ.
“އަލްޔާން ޕްލީޒް..ތަންކޮޅެއް މައިތިރިވެފަ ބޮލުން ވިސްނަބަލަ..އަހަރުމެންގެ ވެރިޔާ އަންގާ ގޮތާ ޚިލާފަށް އަހަރުންނަކަށް އެންމެ ފިޔަވަޅެއްވެސް ނޭޅޭނެ. އަޅައިފިއްޔާ ކުރާނީ ބޭރު. ގަބޫލް ކުރިޔަސް ނުކުރިޔަސް މިހާރު މުޅި ގައުމުގަ މިއޮތީ ކޮރަޕްޝަން. އަހްމަދު އަބްދުއްރައްޒާގު މެން އަންގާ ގޮތަށް އަހަރުން ޖެހޭނީ ކުރަން. ނުވިތާކަށް މިވަގުތު އިތުރު ކަމަކާ ދެކޮޅު ހަދައިފިނަމަ އަހަރެން މިކޭސް އިން ދުރުކުރާނެ އޭރުން އީން އަށް ދެންވާ ގޮތެއް އަމުދަކުން ނުބެލޭނެ” އިމްރާން ވާހަކަ ދައްކާ ނުނިމެނީސް ފޯން ކަނޑާލަމުން އަލްޔާން ބާރުބާރަށް ހިނގާފައި ގޮސްވަނީ މައިރީން މެން ގެއަށެވެ.އީތަންވެސް ފަހަތުން ގޮސްވަނެވެ.އެމީހުންގެ އިންތިޒާރުގައި ހުރި ރިޝްވާން އަތުގެ އިޝާރާތުން މައްޗަށްދާން އެންގިއެވެ.
އަލްޔާން ގެ ނަޒަރު އެންމެ ފުރަތަމަވެސް ގޮސް ހުއްޓުނީ ވަދެވުނު ކޮޓަރީގެ އެނދުގައި އޮތް މައިރީން އަށެވެ. މައިރީން ގެ ސޫރަފެނި އަލްޔާން ގެ އިތުރުން އީތަން ވެސް ހައިރާންވެ އަންތަރީސްވިއެވެ. ޓްރިމް ކުރެވިފައި ހުރި މައިރީން ގެ ބޯ ފެނުމުން އެދެމީހުން އެކަކު އަނެކަކު މޫނަށް ބަލާލެވުނެވެ. “ހައިރާންވެއްޖެ ދޯ؟ އިނގޭތަ މައި އަށް މިހެން ހެދީ ކާކު ކަން؟ ކަލޭ އަލްޔާން! މަގޭ ކޮއްކޮ މޮޔަ ކޮށްލީ ކަލޭ!” ފަހަތުން އައިސް ޒިން އަލްޔާން ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފާ މޫނާ ދިމާލަށް އިނގިލި ދިއްކުރަމުން ވާހަކަ ދެއްކިއެވެ.” މަ ބުނީމެއްނު މަގޭ ކޮއްކޮ ނުރޮއްވާށޭ ނޫނީ ފަހުން ކަލޭ ހިތާމަ ކުރަން ޖެހޭނެޔޭ” ލުއްކެއްޖަހާ ފަހަތަށް އަލްޔާން ފޮނުވާލަމުން ޒިން ބުނެލިއެވެ. “ކިހާ ދެރަ ކަމެއް! ކަލޭ ކޮއްކޮ މަ ފަހަތުން މޮޔަވެގެން އުޅެނީ..ރީތި ކޮށް ބުނިން އަހަރެން ލޯތްބެއް ނުވެޔޭ..އޮޅުވާލައިގެނެއް ނޫޅެން މަ ދުވަހަކުވެސް އޭނަޔައަކަށް” އަލްޔާން ގިރުވާނު ރަނގަޅު ކޮށްލަމުން ރުޅިއައިސް ހުރެ ވާހަކަ ދެއްކިއެވެ.ދެލޯ އަޅާ ލަމުން ޒިން ގޮސް ނިދިފައި އޮތް މައިރީން ގެ ކައިރީ އިށީނދެ ބޮލުގައި ފިރުމާލިއެވެ.”ހާސް ނުވެ ޕްރިންސަސް..ހީ ވިލް ހޭވް ޓު މެރީ ޔޫ..ޔޫ އޮންލީ”.ޒިން އަނެއްކާ ވެސް އައިސް އަލްޔާން ކުރިމައްޗައް ހުއްޓެމުން ދިއްކޮށްލީ އޮޅާލާފައި އޮތް ހުދު ކުލައިގެ ކަރުދާހެކެވެ.”ކަލޭގެ ލޯބިވެރިޔާ ސަލާމަތް ކުރެވެން އޮތީ އެންމެ ގޮތެއް..މެރީ މައި” ޒިން ގެ ބަސްތަކުން އަލްޔާން ގާތަށް އައީ ހިންޏެވެ. ނިތުގައި އަތުން ޖަހާލަމުން އަލްޔާން ޖަހާލި ހިނިގަނޑުން އީތަން ވެސް ހައިރާންވިއެވެ.”ކަލޭ ހީކުރީ މި ކުޅެނީ ހިންދީ ފިލްމެއް ކަމަށްތަ؟ ކައިވެނި ކުރަން މަށަށް މަޖްބޫރުކުރަން ޕްރޮޖެކްޓް ކަޓުވާލާފަ ނުވިތާކަށް އީން ކިޑްނެޕް ކޮއްފަ..ބުނަން މަ ލޯބިވަނީ އީން ދެކެ..މައިރީން އާ މަށެއް ނީންނާނަން ދުވަހަކުވެސް! އަޑުއިވިއްޖެ..އަހަރެން އީން ސަލާމަތް ކުރާނަން.” އަލްޔާން ވެސް ޒިން އާ ދިމާލަށް އިނގިލި ދިއްކުރަމުން ރުޅި އައިސް ގެން ހުރެ ވާހަކަ ދެއްކިއެވެ.” އޯހް.އަހަރެން ދުވަހަކުވެސް ހިންދީ ފިލްމެއް ނުބަލަން..މިހެންތަ ވަނީ ފިލްމް ތަކުގަ..ހްމްމް..ވެރީވެލް..އެހެންވީމަ ދެން މިވީ ގޮތުން މިޖެހުނީ އަލްޔާން ވަލީދު އަށް އަސްލު ދިވެހި ފިލްމެއް ދައްކާލަން..އާދޭ!” ޒިން ވަރަށް ހަމަޖެހިލައިގެން ހުރެ ވާހަކަ ދައްކަމުން ކޮޓަރިން ނިކުތެވެ. އޭނާގެ ފަހަތުން ދާން ރިޝްވާން އެންގުމުން އީތަން އާއި އަލްޔާން ވެސް ދިޔައެވެ. ތަނަވަސް ކޮށް ހަދާފައިވީ އެތަން ބޮޑަށް ވައްތަރީ ކޮންފަރެންސް ހޯލަކާއެވެ. ވަށްމޭޒު ވަށްއިގެން ބޮޑެތި ގޮނޑިތަށް ބަހައްޓާފައިވީއިރު ފާރުގައި ބޮޑު ޓީވީ އެއް ހަރުކޮށްފައި ހުއްޓެވެ. ޒިން ބޮޑާ ގޮތަކަށް ޮސް މެދުގައި އިން ގޮޑީގައި އިށީންނަމުން ރިޝްވާން އަށް އިޝާރާތް ކޮށްލިއެވެ. އެއާއެކު ރިޝްވާން ބޯޖަހާލާފައި ގޮސް ފޯން ޓިވީ އާއި ގުޅާލިއެވެ. ރުޅި އައިސްފައި ހުރި އަލްޔާން އިށީންނާކަށް ވެސް ނޫޅުނެވެ. އިސާހިތަކު ޓީވީ އިން ފެނިގެން ދިޔައީ ލައިވް ވީޑިއޯ ކޯލް އެކެވެ. ކޮޓަރިއެއް ފެންނަ އިރު އެ ކޮޓަރީގެ އެނދުގެ އެއްކަނެއްގައި އީން އިށީދެލައިގެން އިން މަންޒަރު ފެނުމުން އަލްޔާން ގެ ހިތް ހުއްޓުނު ފަދައެވެ. ދެފައިގައި އަތުން ބާރަށް ބައްދާލައިގެން އިށީދެގެން އިން އިރު މަޑުމަޑުން ގިސްލެވެމުން ދިޔައެވެ. ރޮއިރޮއި ދެލޯ ހުރީ ރަތްވެފައެވެ.އީން އަށް ބަލަން އަލްޔާން އަށް އިރުކޮޅަކު ހުރެވުނީ ގަނޑުވެފައި ކަހަލަ ގޮތަކަށެވެ. އީން އާއެކު އެރަށުގައި ހޭދަ ކުރެވުނު އުފާވެރި މަންޒަރުތަށް އަލްޔާން ގެ ސިކުނޑިއަށް އަރާ ފައިބަމުން ދިޔައެވެ.
އެ ކޮޓަރި ތެރޭގައި ތިބި ފިރިހެނުން ތައް ދެކެބިރުން ގޮސް ހަލާކުވެފައި އިން އީން ދެލޯބޮޑުވީ ކޮޓަރީގެ ހުރި މޭޒުމަތީގައި ލެޕްޓޮޕް އިން އަލްޔާން ފެނުމުންނެވެ.”އަލްޔާން”ހިތަށް އެރި ލޮޅުމާއެކު ރޮއެގަންނަމުން އީން ދުވެފައި އެނދުން ފައިބައިގެން ލެޕްޓޮޕް ކައިރިއަށް އައެވެ. “އީން” އެ ބޮޑު ސްކްރީން އިން ފެންނަމުން ދިޔަ އީން ގެ ހިތާމަޔާ ޝަކުވާއިން ފުރިފައިވީ މޫނުގައި އަލްޔާން ފިރުމާލިއެވެ. އެއާއެކު އަލްޔާން ގެ ލޮލުން ކަރުނަ ފޭބީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ހަމަ މިވަގުތު އެތަނަށް ގޮސް އަލްޔާން ގެ ދެއަތުގެ ހިމާޔަތަށް އީން ގެނެވޭނެ ނަމައޭ ހިތަށް އެރިއެވެ. ރުޅިގަދަވެގެން ގޮސް އަލްޔާން ގެ މޫނު ރަތްވިއެވެ. އެއާއެކު ދެލޯ ފޮހެލަމުން ފުއްމައިގެން އައިސް ހިފީ އިށީދެގެން އިން ޒިން ގެ ކަރުގައެވެ.” ހައު ޑޭއާރ ޔޫ ޓު ޑޫ ދިސް..އަހަރެންގެ ކަލޭ މަރާލާނަން ނާޒިން އަހްމަދު”އަލްޔާން ގަޔަށް އަރާފަ ހުރި ބާރެއް ވެސް ނޭގެއެވެ. އަލްޔާން އަށް ވުރެ ހަށިގަނޑު ވަރުގަދަ ޒިން އަށް އޭނަ ދުރުކުރުވޭ ގޮތެއް ނުވިއެވެ. ރިޝްވާން އާއި އީތަން ވެސް އައިސް ތިން މީހުން ވެގެން އެންމެ ފަހުން އަލްޔާން ދުރުކުރުވުނު އިރު ޒިން ހުރީ ކުޑަކޮށް ކަރަށް ބާރުވެ ކެއްސާ ގޮތްވެސް ވެފައެވެ. އޭރު ވެސް ރިޝްވާން އާއި އީތަން ތިބީ އަލްޔާން ގައިގައި ހިފަހައްޓައިގެންނެވެ. ޒިން ތެދުވެ މޭޒުމަތީ ހުރި ފެންފުޅި ނަގާ ބޯލަމުން އަލްޔާން އަށް ކަޅި އަޅާއިލިއެވެ.މަންޒަރު ބަލަން ހުރި އީން އަށް ގިސްލެވެމުން ދިޔައެވެ. އެ ނުލަފާ ޒިން އަލްޔާން އަށް ކަމެއް ނުކުރޭތޯ ހިތާހިތާ ދުއާ ކުރެވެމުން ދިޔައެވެ.”އަސަރު ކުރޭދޯ ވަރަށް..މަގޭ ކޮއްކޮ ގެ ހިތަށް ވެސް ކުރެޔޭ ކަލޭ އެ އަންހެންކުއްޖާ އާއެކު އުޅޭތީ..!ބުނަން ރީތި ގޮތުގަ އެއްބަސްވޭ މައި އާ މެރީ ކުރަން..ނޫނީ އެންމެ ފުރަތަމަ މަގޭ ކޮއްކޮ ގެ ބޯ ހުރި ގޮތަށް ކަލޭގެ އީން ގެ ބޮލަށް ހަދާނީ އެއަށް ފަހު..ކިތަށް މީހުން އެތާ އެބަތިބި .. ހަޔެއް ދޯ..ފަހަރަކު މީހަކު ކަލޭ ބަލަން ހުއްޓާ އޭނަ ރޭޕް ކުރާނީ..އެގިއްޖެ” ޒިން ހަރުކަށިކަމާއެކު ބުނެލި އެބަސް ތަކުން އަލްޔާން ރުޅިގަނޑު ކޮންޓްރޯލް ނުވެ ބާރަށް ހަޅޭއް ލަވައިގަންނަމުން ކައިރީގައި ތިބީ ދެމީހުން ވެސް ފޮޅުވާލަމުން އަނެއްކާވެސް ޒިން އަށް ހަމަލަދިނެވެ.”އެކަކުވެސް ނިކަން އިނގިލި ކުރިވެސް ޖައްސަބަލަ..” ހަމައެވަގުތު ޒިން ގެ އިޝާރާތަށް އެތަނުން އެކަކު އީން އަޅައިގެން ހުރި ޝޯލް ގައި ހިފާ ދަމައިގަތެވެ.ލިބުނު ކުއްލި ސިހުމާއެކު “ނޯ..ނޯ” އޭ ކިޔާ އީން އަށް ބާރަށް ރޮއިގަނެވުނެވެ. އެއަޑަށް މައިތިރިވި އަލްޔާން އަށް ޓީވީ އާ ދިމާލަށް ބަލާލެވުމުން ހުއްޓުން އެރިއެވެ. ބުރުގާ ނާޅާ ހުއްޓާ މީގެ ކުރިން އަލްޔާން އަށް ވެސް ދުވަހަކުވެސް އީން ފެނިފައިނުވެއެވެ. ގަދަ ކަޅުކުލައިގެ ފަން އިސްތަށިގަނޑު އުނަގަނޑާ ހިސާބަށް ދިގެވެ.އެ އިސްތަށިގަނޑު ތެރެއިން އީން ގެ މޫނު ފެންނަ ގޮތް ބަލާލި ކޮންމެ މީހެއްގެ ހިތް ކަތިލެވޭހާ ހިތްގައިމެވެ.އެ ފިރިހެނުންތަށް ތިބީ ހަމަ ޒިން ގެ އެންމެ އިޝާރާތެއްގެ އިންތިޒާރުގައި ކަން އިހްސާސްވުމާއެކު އަލްޔާން މަޑުވިއެވެ. ހިތުގެ އެންމެ ހިމަ ނާރުގައިވެސް ލޭ ހިނގުން ހުއްޓުނު ފަދައެވެ.އެވަގުތު އަލްޔާން ގެ ކޮނޑުމަތީ އަތް އަޅާލި އީތަން ގެ މޫނަށް ބަލާލުމާއެކު ރުޅި އައިސް ގެން މިކަން ހައްލުނުވާނޭކަން އަލްޔާން ގެ ސިކުނޑި ވިސްނާ ދިނެވެ. އޭނާގެ ރުޅި މިވަގުތު ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ އީން އަށް ކޮންމެފަދަ ގޮތެއްވެސް އެމީހުން ހަދާފާނެއެވެ. ކޮންމެ ގޮތެއް ވިޔަސް ގާނޫނި ގޮތުންވެސް އެއްވެސް އެހީތެރިކަމެއް ލިބެން އޮތީކީ ނޫނެވެ. އަނެއްކޮޅުން އީން ހުރީ އަލްޔާން އަށް އެހީތެރިކަން ފޯރުކޮށްދެވޭ ވަރަށް ވުރެ މާދުރުގައެވެ.ދެފަރާތުގެ މާހައުލަށް ވެސް ހަމަ ހިމޭން ކަމުގެ ވަގުތު ކޮޅެއް ވެރިވެފައިވީ އިރު އީން ގެ ރުއިމުގެ އަޑުފިޔަވާ އިތުރު އަޑެއް ނެތެވެ.އަލްޔާން މައިތިރި ވުމާއެކު އީތަން ތަންވަޅުބަލާ ޒިން ކައިރިއަށް ޖެހިލިއެވެ. “ހީ ވިލް މެރީ މައި..އައި ގެރެންޓީ ޔޫ..ޕްލީޒް ލީވް އީން..އެ ނިކަމެތި އަންހެން ކުއްޖާގެ އެއްވެސް ކުށެއް ނެތް” އީތަން އެހެން ބުނުމުން ޒިން ބަލާލީ އަލްޔާންގެ މޫނަށެވެ. ތުންފަތުގައި ދަތްއަޅާލަމުން އަލްޔާން ބަލާލީ ދުރަށެވެ.ޒިން ވަގުތުން އަލްޔާން އާދިމާލަށް ދިއްކޮށްލީ އޭރުވެސް ދިން ކައިވެނި ކުރަން އެދޭ ފޯމެވެ. އީތަން އަވަސް އަވަހަށް އެ ހޯދައިގެން އަލްޔާން ކައިރިއަށް ދިޔައެވެ. އީން އެހެން އެންމެ ސިކުންތަކުވެސް ބަހައްޓަން އަލްޔާން ގެ ހިތްނޭދެއެވެ.”ޝޯލް އަޅާ އީން” އޭރުވެސް ބާރަށް ރޮމުން ދިޔަ އީން އަށް އަލްޔާން ބުނި އެއްޗެއް އަޑުވެސް ނީވޭ ކަހަލައެވެ. “އީން ޝޯލް އަޅާށޭ!!!” މޭޒުގައި އަތުން ޖަހާލަމުން ނިކަން ބާރަށް އެހެން ބުނެވުނު އިރު އަލްޔާން އަށް ވެސް ގިސްލެވުނެވެ. އީން ހީވަނީ ވަށައިގެން ވަމުން ދިޔަ އެއްވެސް ކަމެއް ނޭގޭ ހެންނެވެ. “ނޫން ޕްލީޒް..ނޫން..އަހަރެން މަރުވެދާނަން.” އެހެން ކިޔާ ރޮމުން ދިޔަ އިރު އީންގެ މުޅި ހަށިގަނޑުވެސް ތުރުތުރު އަޅައެވެ. އެ ސިކުނޑީގައި އެނބުރެމުން ދިޔައީ ހަމައެކަނީ ޒިން ބުނި ލަފްޒް ތަކެވެ. “އެ އެންމެން ކަލޭ ކުރިމަތިން އޭނަ ރޭޕް ކުރާނެ”
“އީން ..އަހަރެން މި ބުނީ ޝޯލް އަޅާށޭ..!” ލަފްޒު ތަކަށް ބާރުލަމުން ވާހަކަ ދެއްކި އިރު އަލްޔާން އަށް ގިސްލެވެމުން ދިޔައިރު ރުޅިވެސް ގަދަވިއެވެ.ޓީވީ ގައި ވެސް ނުޖެހުނީ ހަމަ ކިރިޔާއެވެ.ނިކަމެތިކަމާއެކު ހިތާމައިން ފުރިގެންވީ އާދޭހުގެ ހާލުގައި ރޮމުން ދިޔަ އީން ފެނި ޓީވީ ސްކްރީން އަށް ބަލަން ހުރި ޒިން އަށް އުނދަގޫވީ ކީއްވެ ކަމެއް ނޭގެއެވެ.ޒިން ގެ އަތުގެ އިޝާރާތާއެކު އެތާ ހުރި މީހާ އީން ގެ ޝޯލް ނަގާ ބޯމަތީގައި ބޭއްވިއެވެ. އެމީހާ ކައިރިވުމުން ސިއްސައިގެން ފަހަތަށް ޖެހުނު އީން އަވަހަށް ޝޯލް ނަގާ ބޮލުގައި އޮޅާލިއެވެ. އީތަން އައިސް ފޯމާއެކު ގަލަން ދިއްކޮށްލުމުން އަލްޔާން ރުޅިވެރި ނަޒަރަކުން ޒިން އަށް ބަލާލިއެވެ. އަދި ހަމަ މިހާރު މިވަގުތު އީން ސަލާމަތް ތެރި ކަމާއެކު ގެއަށްލާ ދިނުމަށް އަމުރުކޮށްލިއެވެ.”އީން ދޭ ގެއަށް..އީން އަށް މީގެފަހުން އެއްވެސް ދެރައެއް ނުލިބޭނެ..ޕްލީޒް ތެދުވޭ” އޯގާތެރި ކަމާއެކު އަލްޔާން ބުނެލި ލަފްޒުތަކުން އިން ގެ ހިތަށް އުނދަގޫވިއެވެ. ހީވަނީ އަލްޔާން އުމުރަށްވެސް އީން ދޫކޮށްލީހެންނެވެ. ޝަކުވާ އިން ފުރިގެންވީ ނަޒަރަކުން އީން އަލްޔާން އަށް ބަލަން އިންދާ ސްކްރީން އޮފްވިއެވެ.”ޑޯންޓް ވޮރީ ނައު ޝީ ވިލް ރީޗް ހޯމް ސޭފް” ރިޝްވާން ގެ ޖުމްލައިން އަލްޔާން ގެ ހިތަށް ފިނިކަމެއް ލިބުނެވެ.ހިތްވަރުކޮށްފައި ފޯމުގައި ސޮއި ކުރަމުން އަލްޔާން ނިކުންނަން ހިނގައިގަތެވެ.”އަލްޔާން.. ފަސް ދުވަސް ފަހުން ކައިވެނި އޮންނާނެ..ހަނދާން ކުރާތި ބެކް އައުޓް ނުކުރާތި!” ޒިން ގެ އިންޒާރަށް އެއްވެސް ޖަވާބެއް ދިނުމެއް ނެތި އަލްޔާން އާއި އީތަން ބާރުބާރަށް ނިކުމެގެން ދިޔައެވެ. ބޭރަށް ނިކުމެ ގޮސް އަލްޔާން އެރީ ކާރުގެ ޕެސެންޖާ ސީޓަށެވެ.އަލްޔާން އެހެން ހެދީ ދުއްވާނެ ހިތްވަރު ނެތުމުން ކަން އެނގި އީތަން އަވަހަށް ގޮސް ކާރަށް އަރައި ދުއްވާލިއެވެ. އަލްޔާން ލޯ މަރާލަމުން ސީޓުގައި ލެނގިލިއެވެ. އެއާއެކު ލަސްލަހުން ހޫނު ކަރުނައިގެ ސާލެއް އަލްޔާން ގެ ކޯތާފަތުން ދަތުރު ކުރިއެވެ. ދިރިއުޅުމުގައި މިހާ މަޖްބޫރީ ހާލަތެއް އައިސްދާނެ ކަމަކަށް އަލްޔާން އަށް ފަހަރުގައިވެސް ވިސްނިފައި ނެތެވެ.
އީން ގޮސް ގެއަށްވަނުމާއެކު އަލްކާ ދުވެފައި ގޮސް އީން ކައިރިއަށް ހުއްޓުނެވެ.” ކޮންތަނަކަށް ދިޔައީ އީން” އަމީނާ ހިތް ހަމަ ނުޖެހިފައި ހުރެ ސުވާލުކުރީ އޭނަގެ ދަރިފުޅާމެދު ކަންތަށްވީ ގޮތުގެ އެއްވެސް އެނގުމަކާ ނުލައެވެ.” އަހަރެން ދިޔައީ ފޭދޫ އަށް ރައްޓިއްސަކާ ބައްދަލު ކުރަން..ދެން މަމީ ކުޑަކުއްޖެއް ނޫނޭ ދާހާ ތާކަށް ބުނެފަ ދާކަށް” ގާވެފައި ހުރި ބުދެއްހެން ހުރެ އީން ކުރިއަށް ހިނގައިގައިގަތީ ރުޅިވެރި ކަމާއެކު ޖަވާބު ދެމުންނެވެ. ދުވަހަކުވެސް މަންމަ އާއެފަދަ ރުޅިވެރި ގޮތަކަށް ވާހަކަ ދައްކާފައިނުވާ އީން ގެ ބަސްމަގު ހުރި ގޮތުން އަމީނާ ހައިރާންވިއެވެ. ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލަމުން ދޮރަށް ލެނގިލައިގެން އީން އަށް އިށީދެވުނެ. އަލްކާ ދޮރު ހުޅުވަން އެތަށް ފަހަރަކު އެދުމުން ވެސް އީން ދޮރު ނުހުޅުވިއެވެ. ބޭނުން ވީ އެކަނިވެލާށެވެ.ރޮއެރޮއެ ވަރުބަލިވެފައި ހުރުމުން އިތުރަށް ރޯނެ ހިތްވަރެއްވެސް ނެތެވެ. ފާއިތުވެ މިދިޔަ ދިހަ ވަރަކަށް ގަޑި އިރު ތެރޭ އޭނާގެ ހަޔާތަށް މި އައީ ކޮންފަދަ ތޫފާނެއް ހެއްޔެވެ. އަލްޔާން ގެ ލޯބިން އޭނާގެ ތަގްދީރުގަ ލިޔެވިފަ ނެތީބާއެވެ. މީ ކޮންފަދަ އަނިޔާވެރިކަމެއް ހެއްޔެެވެ.އީން ބޭނުންވަނީ އަލްޔާން ކައިރިއަށް ދިޔުމަށެވެ. ބާރަށް ބައްދާލައިގެން އެ ދެއަތުގެ ހިމާޔަތުގައި ވުމަށެވެ. އީން އެންމެ ބޮޑަށް ދެރަވަނީ އަލްޔާން އެންމެ ފަހުން ބުނެލި ބަސްތަކުންނެވެ. އޭގެ މާނައަކީ ކޮބާބާވައެވެ. ލޯބީގެ އެތަށް ހުވަފެނެއް ދެއްކުމަށް ފަހު ޒިން ދެކެ ބިރުން އަލްޔާން އޭނަ ދޫކޮށްލީ ބާވައެވެ. ނޫނެކެވެ. އެހެން ނުވާނެއެވެ. އަލްޔާން އޭނަ ދޫނުކޮށްލާނެއެވެ. އެއަށްވުރެ ބޮޑަށް އަލްޔާން އޭނަ ދެކެ ލޯބިވާނެއެވެ. މީގެ ފަހުން އަލްޔާން އާ ބައްދަލު ނުކުރުމަށާއި ފޯނުންވެސް ނުގުޅުމަށް އީން ގެއަށްލުމުގެ ކުރީން އެމީހުން ކިތަންމެ އިންޒާރެއް ދިން ކަމުގައިވިޔަސް ފަރުވާލެއް ނެތެވެ. ކޮންމެ ގޮތެއް ވިޔަސް އަލްޔާން އާ މަދަމާ ބައްދަލު ކުރަން އީން ބޭނުންވެއެވެ.ހިފެހެއްޓުމެއް ނެތި ލޮލުން އޮހޮރެމުން ދިޔަ ކަރުނަ ފޮހެލަމުން ފަތިހު މާލެ ދާން ފުރަން ދަބަސް ތައްޔާރު ކުރަން އީން އުޅެގަތެވެ.
****
“އަލްކާ ގުޅީ..އީން އައިއްސިޔޯ ގެއަށް” ފޯނު ބާއްވަމުން ސޯފާގައި އޮށޯވެގެން އޮތް އަލްޔާން އަށް ބަލާލަމުން އީތަން ބުނެލިއެވެ. އީން ގެ ފޯނު އަދިވެސް ނިއްވާލައިފައި އޮތުމުން ގުޅޭނެ ގޮތް ނެތިފައި ހުރި އަލްޔާން އަށް ސަލާމަތް ތެރިކަމާ އެކު އީން އަށް ގެއަށް ދެވުނު ވާހަކަ އަޑު އިވުމުން ހަމަޖެހުމުގެ ނޭވާ އެއް ލެވުނެވެ. ހަމަމިވަގުތު އަލްޔާން އީން އާ ވާހަކަ ދައްކަން ބެނުންވުމުން އަނެއްކާވެސް އީން ގެ ފޯނަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. އީން އާ ވާހަކަ ދެއްކޭ ގޮތް ނުވުމުން އަލްޔާން މާޔޫސްވިއެވެ. މާދަމާ ހެނދުނު އެހެން ނޫނަސް މާލެ އަންނަން އީން އޮތީ ޓިކެޓް ހަމަޖައްސާފައެވެ. ކަންތަށް ވީ ގޮތުން އީން އެނބުރި އަންނާނެބާއޭ ވެސް އަލްޔާން ގެ ހިތަށް އެރިއެވެ. މަޖްބޫރީ ހާލަތުގައި މައިރީން އާއި ކާވެނި ކުރަން އެ ފޯރމް ގައި ސޮއި ކުރި ނަމަވެސް އަލްޔާން އޭނަޔާ ކައިވެނި ކުރާކަށް ބޭނުމެއް ނޫނެވެ. މައިރީން ގެ މައްސަލަ ހައްލު ވަންދެން އީން މާލެ އައުމުން އޭނާގެ އަމިއްލަ އެޕާރޓްމެންޓަށް އީން ގެނެސްގެން ވިޔަސް އީން ހިމާޔަތް ކުރަން އަލްޔާން ވިސްނިއެވެ.ކޮންމެ ގޮތެއް ވިޔަސް އަލްޔާން ލޯބިވަނީ އީން ދެކެއެވެ. ކިތަންމެ މަޖްބޫރު ކުރިއަސް އެނޫން މީހަކަށް އަލްޔާން ގެ ހިތަކުން ވެސް ނުވަތަ ދިރިއުޅުމަކުން ވެސް އޭނާ ޖާގަ ނުދޭނެއެވެ.
*****
އަރާމު ނިންޖަކުން ނިދިފައި އޮތް ޒިން އަށް ކުއްލިއަކަށް ހޭލެވުނީ ހުވަފެނުގައި އީން ރޮމުން އެހީ އަކަށް އެދެމުން ދިޔަ މަންޒަރު ފެނުމުންނެވެ.އަވަހަށް ގަޑި ބަލާލިއިރު މެންދަމުން އަނބުރާ ތިނެއް ޖަހަނީއެވެ. އޭރުވެސް ފަނޑު އަލިކަމެއް ވެރިވެފައިވި އެ ކޮޓަރިތެރެއިން އީން ގެ ގިސްލުމުގެ އަޑު އިވޭހެން ޒިން އަށް ހީވިއެވެ. އަވަހަށް ބޮކި ދިއްލާ ބަލާލިއެވެ.އެއވެސް މީހަކު ނެތެވެ. އޭރު ޒިން ގެ ހިތުގެ ތެޅުން ވަނީ އާދަޔާ ޚިލާފަށް ގަދަވެ ކޮންމެވެސް ވަރަކަށް ދާ ވެސް ހިއްލާފައެވެ.ނިދިވެސް ހަރާބު ވުމުން އެނދުން ތެދުވެ ޒިން ނިކުމެލީ ބެލްކަނީ އަށެވެ.އީން ރޮމުން ދިޔަ އެ މަންޒަރު ޒިން ގެ ލޯ ކުރިމަތީން ސިފަ މިވަނީ ކީއްވެބާއޭ އޭނާގެ ހިތަށް އެރިއެވެ. ޒިން އަކީ ހިލަ ހިތެއްގެ ވެރިއެކެވެ. މީހަކާ މެދު އެއްވެސް ކަމެއްގައި އޭނަ މިވީ ތަނަށް ހަމްދަރްދީ ވެފައެއް ނެތެވެ. ވީ އިރު މިވަނީ ކީއް؟ ހަމައެވަގުތު ފޯނަށް މެސެޖެއް އައުމުން ޒިން ފޯން ނަގާ ބަލާލިއެވެ. “ޝީ ވިލް އެރައިވް މާލެ ޓުޑޭ މޯރނިން” އެއީ އީން އަންނަ ވާހަކަ ބުނެ ރިޝްވާން ކޮށްފައިވާ މެސެޖެކެވެ.
*******
ގަމުން މާލެ ދަތުރުކުރި ފްލައިޓް މާލެ އިންޓަނެޝަނަލް އެއާޕޯރޓް ގައި ޖެއްސީ ހެނދުނު ނުވަގަޑި ބައިގައެވެ. މަޑުހިނގުމެއްގައި ލަގެޖް ހިފައިގެން ފެރީޓަމިނަލް އާ ދިމާލަށް ދިޔަ އީން ގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ކުރިމަތީ ގައި ހުއްޓި ހުރި މީހާ ފެނުމުންނެވެ
24 Comments
Comments are closed.
alhey een ah ehen nuhadha,and maireen and alyan marry nukuruvaathi…dhen zin lwbi vey een dheke..alhhe sifakurun vvv reethi ..hama rovihjje…vv asarugadha story eh..avahah nxt part up kohdhehchey…vvvv curious miharu….nxt part kiyaa hithun herevenyki nun..alhe kaaku baae huri een nikun ire zin or alyaan..luv this story..and luv yuh
Thanx for loving this stry maya☺️
Balama dhe next epi ga kaakutho ae.. Keep waiting. Lov frm anjal❤️❤️❤️❤️
yey im first dhw
Yayyyy???
Me first?
Me third ohh??
Varah reethi ??
Thanks mal☺️?
Oh goddddd….. thi zin akah vejjehnun gotheh hadhan…. story hama varah reethi???❤❤
Hehe..?? Kihineh hadhan v zin ah..
Wowww varah reethi… Waiting..
Hey☺️ thank you so mch.. Insha allah v avahah upkohdeynan
Nyc part dear…maasha allah…whn next….luv this part??
Hey hudher.. Thanx?? next insha allah Sunday
This is toooo emotional.. v v v asaru koffi.. writer v molhu.. keep it up
Thanks for de lovely comment lotus. ☺️☺️????
Alhey..keevetha alyaan aa een dhurukurany abadhu ehen nahadhaba heyonuvaane.???.dhen zin no zin eenaanugulhuvahchey… hatress is the begining of love..ilovethat, ekamakuves zin are een noway.. pls… mipartves awsumm,????keep up the good work ,luvya ❤❤❤keep smiling???
Hmmm.. Thikama visnaanan?? nways thank you so mch for appreciating my wrk. Mch love ??????
Story eh kiyaafa dhuvahakuves adhi mihaavarah nuron. This is such a beautiful story ❤
Awwwn?? maa bodah emo v dhw.. Thanx hanaan☺️☺️ keep smiling
kiyaahithun indha nimunyy e … vvvv curiouse dhen vaane gothakaamedhu ???….hama bunaane evis ehecheh neii vvvvv salhi stry eh myy❤❤❤❤❤ ….adhi eyoh sifa kohladhey gotheko,?????? hama hyyvanyy lo kuri mathyy hingaadhiya haadhisaa eh hen keep it up angal?? … luv yuh & ur stry??????
Thanx so mch zeek for loving ths story.. ?? mifaharu thankolheh digu ves kohlin hurihaa kudhin happy kohlan kamah???
Luv this story..❤❤❤??????❤❤..
Thank you secret girl?????