ރާސްތާ 39
މާއިޒްގެ އިތުރުން އާރާޝްވެސް ފުރައިގެން ދިޔުމުން ގޭތެރެ ފަޅުވިއެވެ. އެކަނިވެރިކަން އެންމެ ބޮޑަށް އިހްސާސް ކުރެވުނީ މާނީއަށެވެ.
ނައުޝާދްގެ ކުއްލި ނިންމުމުގެ ސަބަބުން ޝަހުދާއަށް ސިހުން ގެނުވިއެވެ. ދެ ހަފްތާ ތެރޭގައި އިސްރާ އަދި އަހުސަމްގެ ކައިވެނި ކުރުވަން ނައުޝާދް ނިންމިއެވެ. ފާޅުގައި އެކަމަށް ޝަހުދާ އިންކާރުކުރިއެވެ. އެހެނަސް އެކަމަށް ފަރުވާލެއް ނެތި ކައިވެނީގެ ކަންތަކާއިގެން ނައުޝާދް އުޅުނެވެ. އިސްރާ މާނީމެންނަށް ގުޅާފަ އެޚަބަރު ދިނުމުން އެކުދިންވެސް އެކަމާ އުފާކުރިއެވެ.
“ކަލޭ ހާދަ ފޭކޭދޯ! ހަމަ އަހަރުން މިކޮޅަށް އައިމަ ދޯ ތިއިނގުނީވެސް މެރީ ކުރަން. ހަމަ ސައި ނުދޭންވެގެނޭ!” އާރާޝާއި އަކްމަލް ފޯނުން ވާހަކަ ދައްކަމުން ދިޔައީ އަހުސަމާއެވެ.”ޑޫޑް މަަށެއް ނޫނޭ ޑޭޓާ އެއްޗިހި ކަނޑައެޅީ.އިސްރާ ބައްޕައޭ. މަގޭ ކީއްތަކުރާނީ؟ ދެން މަވެސް ބޭނުންދޯ އަވަސް ކުރަން! ތިމީހުން ތިބެންވެސް ބޭނުން. އެކަމު ހުރިހާ މޮޅެއް ނުވާނެއްނު. މާއިޒްއަށް ޖޮއިން ކުރެވޭނެ ހެންނެއް ހިޔެއްނުވޭ” އޭނާގެ ކައިވެނީގައި އެންމެ ގާތް އެކުވެރިންނަށް ބައިވެރިނުވެވޭތީ އަހުސަމް ދެރަވިއެވެ. އެހެނަސް އެ ކައިވެނި ލަސްކުެެރެވޭކަށެއްވެސް ނެތެވެ.
“އައި އޭމް ސޯ ހެޕީ ފޯ ޔޫ އިސްރާ” މާނީ އިސްރާ ގައިގައި ބައްދާލިއެވެ. ހަގީގަތުގައިވެސް އޭނާ ހުރީ ވަރަށް އުފަލުންނެވެ. “އަހަރުންނަށްވުރެ ކުރިން މީނަ އިނދެގެން އަވަހަށް ދާން ދޯ މިއުޅެނީ!” އިސްރާގެ ކޮނޑުގައި ޖަހާލަމުން ނަވްޔާ ބުންޏެވެ. އިސްރާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
ހަލުވިކަމާއެކު ދެހަފްތާ ފާއިތުވެގެން ގޮސް އިސްރާ އާދި އަހުސަމްގެ ކައިވެނި އޮންނަ ދުވަސް އައިސް ޖެހުނެވެ. ނައުޝާދް ވިސްނަދިނުމުގެ ސަބަބުން ޝަހުދާވެސް ކައިވެންނާ ގަބޫލުވިއެވެ. ވޭތުވެދިޔަ ދެ ހަފްތާ ތެރޭގައި ޝަހުދާ އަދި އާލާގެ ގުޅުންވެސް ވަނީ ބަދަހިވެފައެވެ.
އަހުސަމްގެ އެކުވެރިން ނެތްތަން ވަރަށް ރަނގަޅަށް އައްމާރު ފޫބައްދަމުން ދިޔައެވެ. ސިކުންތަކު އެއްފަހަރު އަހުސަމްއާ ދިމާކުރެއެވެ. އަހުސަމް ހުންނަނީ ލާދުންގޮސް ހަލާކު ވާން ކައިރިވެފައެވެ.
ކައިވެނި ކުރެވެން ހަމަޖެހިފައި އޮތީ އާލާމެންގޭގައެވެ. ވަލީމާއަށްޓަކައި ވަރަށް ފުރިހަމައަށް އެގެ ވަނީ ޒީނަތްތެރި ކުރެވިފައެވެ. ގޭތެރެ ޒީނަތް ކުރުމަށްޓަކައި އާލާއަަށް އެހީތެރިވުމަށް އަފްރީންއާއި އަރްޝާދްގެ އިތުރުން އައްޒާމް އަދި އަފްރާވެސް އެގޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. އަފްރާ ކުރަމުން ދިޔައީ ލުއި މަސަތްކަތްތަކެވެ. ދޭތެރެއަކުން އައްޒާމް އައިސް އަފްރާއަށް ޖޫސްނޫނީ ފެންބޯންދެއެވެ.
މާނީމެން އުޅުނީ އިސްރާގެ ގޭގައެވެ. ތިން ކުދިންވެގެން އިސްރާއާއި ވަރަށް ދިމާކުރިއެވެ. އިސްރާވެސް ދެރަނުވާން ވެގެން ނަވްޔާ އަދި އިޝްމާއާއި ދިމާކުރިއެވެ.
ހަވީރު ހަތަރެއް ޖެހިއިރު އަހުސަމް ހުރީ ކައިވެންނަށް ތައްޔާރުވެގެންނެވެ. ކަޅު ކުލައިގެ ކޯޓު ފަޓުލޫނުގައި އޭނާ ފެންނަލެއް ނުހަނު ހިތްގައިމެވެ. ބުނެދޭން ނޭންގޭފަދަ އިހްސާސްތަކެއް އަހުސަމަށް ކުރެވެމުން ދިޔައެވެ. އައްމާރު އައިސް ގޮވުމުން އެންމެ ފަހު ފަހަރަށް ލޯގަނޑުން އަމިއްްލަ ސޫރަައަށް ބަލާލުމަށްފަހު އަހުސަމް ގޮސް ކޮޓަރީ ދޮރު ހުޅުވާލިއެވެ. “ސަޕްރައިޒް” ދޮރު ހުޅުވާލި އަހުސަމް ސިއްްސައިގެން ދިޔައީ ދޮރު ކުރިމަތީގައި ތިބި އާރާޝް އަކްމަލް އަދި މާއިޒް ފެނިފައެވެ. އަހުސަމް ގޮސް ފަހަރަކު ކުއްޖެއް ގައިގަ ބައްދާލިއެވެ. “އަހަރުން މޮޅު ދޯ ސަޕްރައިޒް ދޭން!” އާރާޝް އޭނާ ލައިގެން އިން ގަމީހުގެ ގިރުވާނުގައި ހިފައިލިއެވެ. “މޮޅޭ މޮޅޭ! ކޮން އިރަކު ކައޭމެން އައީ މިކޮޅަށް؟” އަހުސަމް އަހާލިއެވެ. “މަށާ އާކޭއާ އައީ ރޭގަ މާއިޒް ޓްރަޔަލް ނިންމާފަ މިއަދު ހެނދުނުދޯ!” އާރާޝް އަނެއް ދެކުދިންނަށް ދޯ ދިނެވެ. ހަތަރު ކުދިން ވާހަކައިގައި ތިބެ ތިރިއަށް ފޭބިއެވެ. “ވަން މޯ ސަޕްރައިޒް ފޯ ޔޫ ލިޓްލް ބްރަދާ” އާރާޝް އަހުސަމްގެ ކޮނޑުގައި ޖަހާލިއެވެ. އޭނާގެ މާމައާއި ކާފަ ފެނުމުން ބައްތިރީސް ދަތްފެންނަ ވަރަށް އަހުސަމަށް ހީލެވުނެވެ. އަޒިީޒާއާއި އަބްދުﷲވެސް ތިބީ ހެވިފައެެވެ. އެމީހުން ރާއްޖެ އައީ ސީދާ އަހުސަމްގެ ކައިވެންނަށެވެ. “އަހޫވެސް ބޮޑުވެއްޖެ ދޯ! އަދި ހީވަނީ އިއްޔެހެން މި ކުއްޖާ އަތުތެރެއަަށް ލައިގެން އުޅުނީ. މިހާރު އެހެރީ މީހަކާ އިންނަން ތައްޔާރުވެގެން. އާރާޝްގެ ސައި އޮތީ ކޮންއިރަކުންތަ؟” އަބްދުﷲ ހެވިފައި ހުރެ އަހާލިއެވެ. އާރާޝް އޭނާ ލައިގެން ހުރި ކަޅުކުލައިގެ ޖިންސު ތެރެެއަށް އެއް އަތް ޖަހައިގެން ހުރެ އަނެއް އަތުން ބޯކަހާލިއެވެ.
ކައިވެނި ކުރެވޭ މޭޒު ދޮށުގައި އިށީންދެގެން އިން އަހުސަމް އިންތިޒާރު ކުރަމުން ދިޔައީ އިސްރާއަށެވެ. އިރު އިރުކޮޅާއި އޭނާއަށް ގަޑި ބަލާލެވެއެވެ. އޭނާގެ އިންތިޒާރަށް ނިމުމެއް އައީ ހަތަރު ގަޑި ފަންސަވީސް ވިއިރު ޝަހުދާ އަދި ނައުޝާދާއި އެއްކޮށް އިސްރާ އައުމުންނެވެ. ކަޅު ކުލައިގެ އަރަބި ހެދުމާއި ކަޅު ކުލައިގެ ޝޯލް އަރަބި ވައްތަރަށް އަޅާފައި ހުރުމުން އިސްރާ ހީވަނީ އަރަބި ކުއްޖެއްހެނެވެ. ލޮކައިރީ ވަށަައިގެން އަޅާފައި ހުރި އަނދުނުގެ ސަބަބުން އިތުރަށް އަރަބި ކުއްޖަކާ ވައްތަރެވެ. ކަޅިވެސް ޖަހާ ނުލާ އިސްރާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ.
އިސްރާގެ ހިތް ބާރު މިނުގައި ތެޅެމުން ދިޔައެވެ. ތުރުތުރު އަޅާވަރުން ހިނގެނީވެސް ކިރިޔާއެވެ. މޭޒު ދޮށުގައި އިށީންދެގެން އިން އަހުސަމް ފެނި އޭނާގެ ހިނގުން ހުއްޓުނެވެ. ކަޅިވެސް ޖަހާނުލައި އަހުސަމް ބަލަން ހުރި ގޮތުން އޭނާގެ މޫނަށް ވަގުތުން ލޭއަރައިގެން ދިޔައެވެ. ނައުޝާދާއި ޝަހުދާ އިސްރާގެ ދެއަތުގައި ހިފައިގެން ގެންގޮސް އަހުސަމާއި ޖެހިގެން ހުރި ގޮނޑީގައި ބޭންދިއެވެ.
އިސްރާގެ ފަހަތުން ގޭތެރެއަށް ވަދެގެން އައި މާނީފެނި އާރާޝްގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. މާނީގެ މޫނުގައި ވީ ރީތި ހިނިތުންވުން ފެނި ބޭއިޚްތިޔާރުގައި އޭނާއަށް ހިނިތުންވެވުނެވެ. ކަޅު ކުލައިގެ އަބާޔާއާ މަޑުނޫކުލައިގެ ޝޯލް މާނީއާއި ނުހަނު ގުޅެއެވެ. “ބްރޯއާ މާނީ އެކައްޗެއް ކިޔާގެންތަ ނޫ ވެގެން ތިޔައީ؟” އޭނާއަށް ހުރެވުނީ މަޑުނޫކުލައިގެ ގަމީހެއް ލައިގެންކަން ރޭކައިލީ އަކްމަލް އެވާހަކަ ބުނުމުންނެވެ. “ހެހެހެ. ނޯ އެއީ ހަމަ އިއްތިފާގެއް. މާނީއަށް ނުވެސް އެނގޭނެ މަ މިގަމީސްލީ ކަމެއް. މަށަަކަށްވެސް ނޭންގެ މާނީ އަޅަނީ ނޫ ޝޯލެއް ކަމެއް” އިސްތަށިގަނޑު ތެރެއަށް އަތް މަހާލަމުން އާރާާޝް ބުންޏެވެ. އޭރުވެސް އޭނާގެ ނަޒަރު ހުއްޓިފައި ވަނީ މާނީއަށެވެ.
ނޫކުލައިގެ ގަމީހާއި ކަޅު ޖިންސްގައި ހުރި އާރާޝް ފެނުމުން މާނީއަށް އޭނާގެ ޝޯލާއި ހެދުމާ ދިމާއަށް ބަލާލެވުނެވެ. ނޭންގުމެއްގެ ތެރެއިންވެސް އޭނާއަށް އާދެވުނީ އާރާޝާއި އެއްކުލަ ވެގެންނެވެ. މާނީއާށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ދެވަނަ ފަހަރަށް މާނީ އާރާޝަށް ބަލާލިއިރު އާރާޝް ހުރީ އިސްތަށިގަނޑު ތެރެއަށް އަތް މަހައިގެން އޭނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އާރާޝް އެގޮތަށް ބަލަހައްޓައިގެން ހުރުމުން މާނީ އާރާޝާއި ދިމާއަށް ދޫނެރެލިއެވެ. އެއަށްފަހު އަފްރާ އިން ދިމާއަށް ހިނގާގަތެވެ. މާނީ ދޫނެރުމުން އާރާޝަށް ހެވުނެވެ.
އާރާޝާއި ދިމާއަށް މާނީ ދޫނެރުނުތައް އައްޒާމަށް ވަރަށް ރީތިކޮށްފެނުނެވެ. އޭނާއަށް އެމަންޒަރު ފެނުނުކަން މާނީއަށް އެނގުމުން ވަގުތުން ރަކިވިއެވެ. ވަރަށް ނުވާކަމަކަށް ހެދިގެން އަންޖަލްއާ މާނީ ސަމާސާ ކުރަން ފެށިއެވެ.
“އަނބި ގަބޫލުކޮށްފިން” އަހުސަމްގެ އަނގައިން އަނބި ގަބޫލުކޮށްފީމޭ ބުނި ވަގުތު އިސްރާގެ ލޮލުން ކަރުން ހިލުނެވެ. މިފެންނަނީ ހުވަފެނެކޭވެސް ހިތަށް އެރިއެވެ. އެހެނަސް އޭނާގެ ފިނިވެފައިވި އަތްތިލާގައި އަހުސަމް ހިފާލުމާއެކު އެއީ އަސްލެއްކަން އެނގުނެވެ.
ޝަހުދާ އިސްރާ ގާތަަށް އައިރު އޭނާއަށް ހުރީ ރަނގަޅަށްވެސް ރޮވިފައެވެ. އިސްރާގައި ބައްދާލުމާއެކު އޭނާގެ ލޮލުން ކަރުނަތައް އޮހިގަތެވެ. “ދަރިފުޅާ މަންމައަށް މާފުކޮށްދީ.” ޝަހުދާގެ އަރުތެރެ ބެދުމުގެ ސަބަބުން އިތުރަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. ރޮވިފައި ހުރުމުގެ ސަބަބުން އިސްރާއަށް ވެސް ވާހަކައެއް ނުދެއްކުނެވެ. އެހެންވެ ކުރިއަށްވުރެ ބާރަށް ޝަހުދާ ގައިގަ އިސްރާ ބައްދާލިއެވެ. ” އަހުސަމް. އިސްރާއަކީ އަހަރުމެންގެ ހުރި ހަމައެކަނި ދަރިފުޅު. ނަމަ ނަމަ އިސްރާއަށް ދެރަގޮތެއް ނުހަދާތި. އަހަރެން ވަރަށް އިތުބާރުކޮށްފަ އަހުސަމާ އިސްރާ މި ހަވާލުކުރީ. ރަނަގަޅަށް އިސްރާ ބަލާތި އެނގޭ!” “ބައްޕަ ކަންބޮޑުނުވޭ. ދެން ދުވަހަކުވެސް އިސްރާގެ މިއަތުން އަހަރެން ދުލެއް ނުކުރާނަން އިރާދަކުރެއްވިއުްޔާ.” އިސްރާގެ އަތަަށް ބާރުކޮށްލަމުން ވަރަށް ސާބިތުކަމާއެކީ އަހުސަމް ބުންޏެވެ. އަހުސަމާ ދިމާއަށް ބަލާލި އިސްރާއަށް ކަރުނައިގެ ތެރެެއިން ހިނިތުންވެވުނެވެ.
“ދައްތާއާ އިސްރާ މިއަދުއެކީ ރޯންތަ ތިބެނީ ދެން.؟ މިކަހަލަ ދުވަސް ދުވަހު ނުމެއް ރޯނެއްނު. ސްމައިލް އެވްރީވަން” ހިތާމަވެރި މާހައުލު ބަދަލުކޮށްލުމުގެ ނިޔަތުގައި މާނީ ބުންޏެވެ. “އެއެށް އެނގިދާނެ. މަށަށް ޔަގީން ސަންތިމަރިޔަނބު މީހަކާ އިންނަ ދުވަހު މުޅި މާލެގަ ފެންބޮޑުވާނެ” އެންމެން ހެއްވާލުމުގެ ނިޔަތުގައި އާރާޝް ބުންޏެވެ. އެއާއެކު މާނީ ފިޔަވާ އެންމެން ހޭންފެށިއެވެ. އާރާޝާއި ދިމާއަށް ލޯއަޅާލަމުން މާނީ އަނެއް ފަރާތަށް އެނބުުރުނެވެ. “އާާރާޝް ނޫން އެހެން މީހަކާ އިންނަން ޖެހިއްޖެޔާ މުޅި މާލޭގަ ފެންބޮޑުވާ ވަރަށް ރޮވޭނެ” ހިތާހިތުން މާނީއަށް ބުނެވުނެވެ.
ހުރިހާ ކަމެއް ނިންމާފަ އެންމެނަށް އެމީހެއްގެ ގެއަށް ދެވުނު އިރު ރޭގަނޑު ދިހައެއް ޖަހާފިއެވެ. ވަރުބަލި ވެފައި ތިބުމުން އެންމެން ވެސް ބެލީ އަވަހަށް ނިދޭތޯއެވެ.
އިސްރާ ގޮވައިގެން ކޮޓަރިއަށް ވަން އަހުސަމަށް ހައިރާންކަމެއް ލިބުނީ ފިނިފެން މަލުން ޒީނަތްތެރި ކޮށްފައި އޮތް އޭނާގެ ކޮޓަރި ފެނުމުންނެވެ. ހަވީރު އޭނާ ކޮޓަރިން ނިކުތްއިރުވެސް އޮތީ ރީއްޗަަށެވެ. ޒީނަތްތެރި ކުރެވިފައި އޮތް ކޮޓަރި ފެނުމުން އިސްރާއަަށް ލަދުން އިސްޖަހާލެވުނެވެ. މިހާރު އޭނާއަކީ އަހުސަމްގެ “ގާލްފްރެންޑެ”އެއް ނޫނެވެ. އަހުސަމްގެ އަނބިމީހާއެވެ.
އިސްރާ ގޮސް އެނދުގައި އިށީންދެލިއެވެ. އެއާއެކު އެނދުމަތީގައި އޮތް ކަރުދާސްކޮޅެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އިސްރާ އެކަރުދާސް ނަގައި ނިއުޅުވާލިއެވެ. “ހޭވް ފަން ގާއިޒް” އެކަރުދާހުގައޖ ލިއެފައި އޮތް އިބާރާތް ބާރަަށް އިސްރާ ކިޔާލިއެވެ. އެއަޑު އަހާފައި އަހުސަމް ދެފަރާތަށް ބޯހޫރުވާލިއެވެ. “އާރާާޝް މެންގެ ކަންތައް” އާރާޝްގެ ނަން ބުނެވުމާއެކު ކުއްލިއަކަށް އަހުސަމް ކަމެއް ހަނދާންވިއެވެ. “އިސްރާ ސުވާލެއް ކޮށްލަންތައް؟” އިސްރާ ގާތު އެނދުގައި އިށީންނަމުން އަހުސަމް އަހާލިއެވެ. އިސްރާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. “މާނީގެ ހަސަނަކީ ކާކުތަ؟” “ނޭންގެ. އަހަރުން ވިސްނާވިސްނާވެސް އެހަސަނަކީ ކާކު ކަމެއް ނޭންގުނު. ކީއްވެ ކުއްލިއަކަށް މާނީގެ ހަސަނު މަތިން ހަނދާންވީ؟” އަހުސަމް އިސްރާ ގާތު އާރާޝް މާނީދެކެ ލޯބިވާ ވާހަކަ ބުންޏެވެ. އެއާއެކު އިސްރާއަަށް އޭނާގެ އަނގަމަތީގައި އަތް އަޅާލެވުނެވެ. “އިސްރާ ޔޫ ލުކް ބިއުޓިފުލް” އިސްރާއާ ދިމާއަށް ބަލަހައްޓައިގެން ހުރެ އަހުސަމް ބުނެލިއެވެ. ދެނޭ ކިޔާ އިސްރާ އެނދުން ތެދުވާން އުޅުނެވެ. އެހެނަސް ހުށިޔާރު ކަމާއެކު އަހުސަމް އިސްރާގެ އަތުގަ ހިފިއެވެ. އޭއަކު ދެމީހުން އެއްކޮށް އެނދުމައްޗަށް ވެއްޓުނެވެ.
ފަތިހު ފޯނު އެލާމުވުމާއެކު އިސްރާއަށް ހޭލެވުނެވެ. އޭނާގެ މަގަތުގައި ނިދާފައި އޮތް އަހުސަމް ފެނުމާއެކު ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ރޭގައި ވީ ކަންތައް ތައް ސިފަވުމާއެކު ލަދުންގޮސް އިސްރާގެ މޫނު ރަތްވިއެވެ. އަހުސަމަށް ހޭލެވިދާނެތީވެ މަޑު މަޑުން އިސްރާ އެނދުން ތެދުވެގެން ފާޚާނައަށް ދިޔައެވެ. އިސްރާ ފާޚާނައިން ނުކުތްއިރު އަހުސަމް އޮތީ ހޭލައެވެ. އިސްރާއާ ދިމާއަަށް އެއްލޯ މަރާލުމަށްފަހު އަހުސަމް ގޮސް ފާޚާނައަށް ވަނެވެ.
ފަތިސް ނަމާދުކޮށްގެން މާނީ ޓެރަހަށް އެރީ އާރާޝް ހުރޭތޯއެވެ. އޭނާގެ ނަސީބު ރަނގަޅުކަމުން އުނދޯލި ހެއްލަން އާރާޝް އިނެވެ. “ހެއި ކީއްވެތަ އެކޮޅުން ދާން އެންގީ؟” އުނދޯލީގައި އިށީންނަމުން މާނީ އެހިއެވެ. “އެއީ މަށާ އާކޭއަށް އެހެން ކްލަބަކުން ޗާންސް ލިބިގެން ކުޑަކޮށް ޑިސްކަސް ކޮށްލަން. އެކަމު އޭތި ފައިނަލެއް ނުކުރެވުނު. ބެންގަލޫރާ ހެދި. އަނެއްކާވެސް ފުރަން މިއުޅެނީ މާދަން ނޫން އަނެއް ދުވަހު. އަހޫ ވެޑިން އޮތީމަ އަސްލު މިއައީ” މާނީ އެއް ބުމަ އަރުވާލިއެވެ. ދެން ބުނަންވީ ކީކޭކަން ނޭންގުމުން އަތުގެ އިނގިލިތަކާ ކުޅެން މާނީއަށް އިނދެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.






Alhey kuyaahithun indha thi curiously waiting
Awwnn. …..this prt is awwwwsnmm,….☺??curiously Waiting Fr the nxt prt. …………❤???❤
Fantastic.. Pls upload soon.. v kiyaahivvey mi story ?
Yeah.. I agree
Alhey mivaahakayah haadha inthixaareh kurevihjey? plx thankolheh avahah up kohdheeba next part… Vvvv salhi mi part vx… Plx plx plx avas kohdhehchey…. Emme reethi story ???
vvv reehcheykiyaaa.mi story mihaaru one of my favourite…avahah nxt part up kohdhehchey kiya…aaraash and maany ge bai thankolhehbodu koh genesdhehchey.. yey finally isra and ahu is married ..so happy for u both..luv u kiya
KIYARA nyc name dear maasha allah………….anwy stry vvvvvvvvvvvvvvv habeys maasha allah….whn next…luv yahh ?????????????
Story vrh reethi…… but haadha lahuney up kohlany thyy
Story vv reethi.masalyakee up vaalea las kamun n repley nukuraathee vv foohi.eamea kudaminun up vaanea duvahea bunealanama ves ok
enme best stry!! Love You Kiya ??
Bla bla bla