މިއަދަކި 2017ވަނައަހަރުގެ އޭލެވަލް ކިޔެވުން ފެށޭދުވަހެވެ. ގަޑިން ހެނދުނު 6.00 ޖެހީއެވެ. ލައިޝާ އެތެދުވީ މަދަރުސާއަށް ދިއުމަށް ތައްޔާރުވާށެވެ. އެއީ މިއަހަރު ‘ވިލާ އިންޓާރނޭޝަނަލް ހައި ސްކޫލް’ގައި ކިޔަވާ އައުބެޗްގެ ދަރިވަރެކެވެ. މަދަރުސާގައި ކިޔެވުމުގެ ޖާގަ ލިބުމަށްފަހު ބޭއްވުނު އޮރިއެންޓޭޝަންތަކުގައި ލައިޝާ ބައިވެރިވެފައިނުވާތީ ލައިޝާގެ ކްލާހުގައި އުޅޭނީ ކޮން ކުދިންނެއްކަމެއް ލައިޝާއަށް އެނގިފައެއްނެތެވެ. މިހެންވެ، ލައިޝާ ގަސްތުކޮށްގެން އެހުރީ ފުރަތަމަ ދުވަހު މަދަރުސާއަށް އަވަހަށް ދިއުމަށެވެ. ލައިޝާއަކީ އެހެންމީހުންނާއި ކުރިމަތިލާން ލަދުގަންނަ ކުއްޖެކެވެ.ލައިޝާގެ ފުރަތަމަ މާއްދާ ފެށެނީ […]
“ކައިލް.. މިރޭ ބައްޕަ އެބަ ދުރުވޭ.” މެންދުރު ކެއުމުގެތެރެއިން ސާމިޔާ ދިން ހަބަރަކުން ކައިލްއަށް ލިބުނު އުފާވެރިކަން އިންތިހާއެވެ. އޭނާގެ ބައްޕަ އާރިޒަކީ އަބަދުވެސް ވިޔަފާރިދަތުރުތަކުގައި ރަށުންބޭރުގައި ނޫނީ ރާއްޖެއިން ބޭރުގައި އުޅެންޖެހޭ މީހެކެވެ. އެހެންކަމުން ކައިލްމެނާ ބައްދަލުވެވެނީ މަހަކު ގިނަވެގެންވެސް ދެހަފްތާއަށެވެ. “އަސްލުވެސް؟ ގްރޭޓް ނިއުސް.” ޔަނާލްގެ މޫނުމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ކައިލްއަށް އުނދަގޫކުރަން ފުރުސަތެއް ލިބުނީއެވެ. އާރިޒަކީ ސަމާސާ މިޒާޖެއްގެ މީހެއްކަމުން އެކުދިން ޖަހާ ސަކަރާތަކާ އަޅައެއްނުލާނެއެވެ. ކައިލްއާއި ޔަނާލްގެ އޮންނަނީ އެފަދަ […]
ގަމުން މާލެ ދަތުރުކުރި ފްލައިޓް މާލެ އިންޓަނެޝަނަލް އެއާޕޯރޓް ގައި ޖެއްސީ ހެނދުނު ނުވަގަޑި ބައިގައެވެ. މަޑުހިނގުމެއްގައި ލަގެޖް ހިފައިގެން ފެރީޓަމިނަލް އާ ދިމާލަށް ދިޔަ އީން ގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ކުރިމަތީ ގައި ހުއްޓި ހުރި މީހާ ފެނުމުންނެވެ. ހުދުކުލައިގެ ގަމީހަކާ އެކު ކަޅުކުލައިގެ ޖީންސެއްލާފައި ހުރި ޒިން މަޑު ހިނގުމެއްގައި އައިސް އީން ކައިރިއަށް ހުއްޓުނެވެ.ވަރުގަދަ ހަށިގަނޑުގެ ވެރި ޒިން ފެނުމުންވެސް އީން ބިރުގަތެވެ. ޒިން އަޅައިފައި ހުރި ކަޅުކުލައިގެ އަވިއައިނު ނަގަމުން […]
ފަތިހުގެ ފިނިފިނި ހިތްގައިމު ވަގުތެވެ. އިރު އެރުމުގެ ކުލަވަރު އުޑުމަތިން ފެންނަން ފެށިގޮތް ގަލަމަކުން ބަޔާން ކުރެވޭވަރަށް ވުރެ ފުރިހަމައެވެ. މާތް ﷲގެ ކުޅަދުންވަންތަކަމުގެ ލާމަސީލު މިސާލެކެވެ. އިރުގެ ރަންދަޅަތަށް މޫދަށް އެޅިފައިވާ ވާއިރު ދޫނި ސޫފާސޫފި އެ އެއްޗެހީގެ ތަންމަތިތަކުން ތެދުވިކަން ޢިޢުލާން ކޮށްލިއެވެ. ސިނަމާލެ ބްރިޖް މަތިން މި މަންޒަރު ފެންނަގޮތް އަދި މާ ހިތްގައިމެވެ. އުޑުގައި ހުރި ހުދު ކަފަތަކެއް ފަދަ ވިލާތަށްވެސް ގެއްލި ނޫކުލައިގެ އުޑުމަތި ސާފުވިއެވެ. ބޫޓުގެ ނާޑުވާ އައްސާލަމުން […]
ހަތަރު އަހަރު ފަސް….. ރާއްޖޭގެ ހުރިހާ ރައްޔިތުން މަގުތައް މައްޗަށް ނުކުމެ އުފާފާޅު ކުރަމުން ދިޔައެވެ. އިރުކޮޅެއް ކުރިން ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލަމުންދާ އެއް ކުޅިވަރު ކަމަށްވާ ވޯލްޑްކަޕަށް ދިވެހި ރާއްޖެ ކޮލިފައިވެގެން ދިޔައެވެ. ވޭތުވެދިޔަ ހަތަރު އަހަރުތެރޭގައި ރާއްޖޭގެ ފުޓުބޯޅަވަނީ ހީނުކުރާހާ ބޮޑަށް ކުރިއަރާފައެވެ. އިންޑިއާ ވަށްޓާލުމަށްފަހު އެންމެ ފަހުން ބޭއްވުނުދެ ދެ ސާފްޗެމްޕިއަންޝިޕް ވެސް ރާއްޖެ ވަނީ ކާމިޔާބު ކޮށްފައެވެ. އެޝިއަން ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް ރާއްޖެ ބަލިވީ އޮސްޓްރޭލިއާ […]
ހެނދުނުގެ އަލިން އެންމެ ފުރަތަމަ ހޭލުއްވާލީ އައްރާދެވެ. އޭނާ ތެދުވެ ހިންދެމިލަމުން ނިދިފައި އޮތް ރުހާނީއަށް ބަލާލީ ލޯބިން ފުރިފައިވި ނަޒަރަކުންނެވެ. ރުހާނީއާއި އެދެމެދުގައި ހިނގި ކަންތައް އޭނާގެ ލޮލަށް ސިފަވަމުން ދިޔައެވެ. އެއާއެކު އޭނާ މޫނަށް ވަރަށް ފުރިހަމަ ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ. ކުއްލިއަކަށް ރުހާނީގެ ފައި ކައިރީގައި ހުރި ލޭތަށް ފެނުމުން އައްރާދު ކަންބޮޑުވިއެވެ. އަވަހަށް ބެޑްޝީޓް ހިއްލާލަމުން އޭނާ ބަލާލިއެވެ. އެނދުގައި އަޅާފައިވާ ބެޑްޝީޓުގެ ވަކި ހިސާބަކުން ލޭ ހޭކިފައި ހުރުމުން […]
ގޭތެރެއަަށް ވަދެގެން އައީ އިވާން ނޫން ދެވަނަ މީހެއް ނޫނެވެ. ކަޅު ކުލައިގެ އަތްދިގު ގަމީހަކާ ނޫކުލައިގެ ޖިންސެއްގައި އިވާން ފެންނަލެއް ވަރަށް ފުރިހަމައެވެ. ސޫރަ ކިތަންމެ ރީއްޗަސް އިވާންގެ ހިތް އެހާ ރީއްޗެއް ނޫނެވެ. އޭނާގެ ހުވަފެނުގައި އިވާން ފެނުނީ ކީއްވެކަން އާރާޝަށް ވިސްނުނެވެ. ހައިރާންވެފައި ހުރެ އަހުސަމް އަދި އަކްމަލްވެސް އިވާނާއި ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. މާނީގޮވައިގެން ކޮޓަރިން ނުކުތް އިސްރާގެ ފިޔަވަޅުތައް ހުއްޓުނީ ކުރިމަތިން އިވާން ފެނުމުންނެވެ. އިސްރާ ހުއްޓުމާއެކު އިސްޖަހައިގެން އިން […]
އާރާޝް އޭނާގެ ހުވަފެނުގައި މާނީ ގޮވައިގެން ދުނިޔެ ވަށާ ބުރެއްޖަހާލަން ދިޔައެވެ. އާލާއުއްދީންގެ ކާޕެޓްގައި ދެކުދިން އުފާވެރިކޮށް ދަތުރުކުރަމުން ދަނިކޮށް ކުއްްލިއަކަށް ނުބައި ބަޔަކު ބަޑިއާއި އޭތި މީތި ހިފައިގެން ކާޕެޓާއި ދިމާއަށް އައެވެ. ދުޝްމަނުންގެ ލަޝްކަރު އެންމެ ކުރީގައި ބޮޑު ބަޑިހިފައިގެން ހުރި މީހާ ފެނި އާރާޝާއި މާނީއަށް ދެމީހުންނާ ދިމާއަށް ބަލާލެވުނެވެ. ގައިގައި ފުރާ ދަގަނޑު ދަހަނާއާއި ބޮޑު ބަޑިއެއް ހިފައިގެން ނުލަފާ ގޮތަކަށް ހީގެން ހުރީ އިވާން ނޫން ދެވަނަ މީހެއް ނޫނެވެ. […]
އަބަދު ކުރާ ދުޢާގައި، ހިމެނިފައި ތިނަންވެޔޭ އަކުރުތަކުން ހިތުގައި، ބިންވަޅު ނެގިފަައިވެޔޭ އެހެނާސް މަގޭ ހިތާމޭ، ފުނޑުފުނޑުވެގެންވެޔޭ އިވުމުން ތިނަން މިއަދު، ހިތް ކަތިލެވި ދެޔޭ ނެތަކަސް ލިބުން މިއަދު، އެދުމުގައި މަގޭ ވެޔޭ އެކުގައި އެމާތް ޖަންނަތު، ތެރޭ ލެއްވުންމެޔޭ ޒިދާން މުޙައްމަދު/ ހަވާސާ ރ. ވާދޫ