ވައިބަރ އިން އާލާ އޮންލައިންގައި އިނުމުން އަރީފް ލަސްތަކެއް ނުކޮށް އަލާގެ ނަންބަރަށް ގުޅާލިއެވެ. އަދި ހަލޯއޭ ބުނެލިއެވެ. “ކިހިނެތް ވި ދަރިފުޅާ؟” އަރީފް ނުހަނު އޯގާތެރިކަމާއެކު އަދި ވަރަށް ލޯބިން އަހާލިއެވެ. “ބައްޕާ.. އާލާ ރުފިޔާ ބޭނުންވެއްޖެ.. ވަރަށް ފަހުން ނިކުތް ބްރޭންޑެއްގެ މޭކަޕް ކުރާ ސާމާނު ގަންނަން ވެގެން.. އޭތި ވަރަށް ރަނގަޅުކަމަށް އަޅުގަނޑުގެ ރައްތެހިންވެސް ބުނި.. މަންމަ ބުންޏޭ އަދި އަޅުގަނޑު ބޭރަށްދަންޏާ އަބަދުވެސް ހުންނަން ވާނީ މޭކަޕްކޮށްގެން ވަރަށް ރީތިވެގެންނޯ.. އެހެންވެގެން އޭތި ގަންނަން ރުފިޔާ ބޭނުންވޭ..” އާލާ މަޑުމަޑުން އަރީފް ގާތު ބުނެލިއެވެ.

އެހިނދު އަރީފް ދެފަރާތަށް ކުޑަކޮށް ބޯ ހޫރުވާލީ ޝަޒިއްޔާގެ ވިސްނުން ތުއްތު ކުއްޖަކަށްވުރެ ކަންތަށްބޮޑޭ ހިތަށް އަރައިފައެވެ. އަރީފް އެންމެފަހުން އެކަމަށް ޤަބޫލުވީ އޭނާ އާލާގެ އެ އެދުމަށް ފުރަގަސްދީފިނަމަ ޝަޒިއްޔާ ކޮންމެފަދަ އެއްޗެއްވެސް ކިޔާނެކަން އިނގޭތިއެވެ. އާލާވެސް އުފަލުން ހުރެ ފޯނު ކަނޑާލިއެވެ.

ގަދަ ނިދީގައި އޮތް ދާނިޔަލް އަށް ނިދިން ހޭލެވުނީ ފޯނު ބާރުބާރަށް ހަޅޭތްލަވަން ފެށުމުންނެވެ. ދެލޯ ކުޑަކޮށްލުމަށްފަހު ފޯނުގެ ސްކްރީނަށް ބަލައިލިތަނުން އޭނާގެ ނިދިވެސް ފިލައިފިއެވެ. މަޣްރިބް ނަމާދަށް ބަންގި ގޮވަން ދެން ހުރީ ބާކީ އެންމެ ފަސް މިނެޓެވެ. ފުންމައިގެން އެނދުން ތެދުވުމަށްފަހު އޭނާ ދުވެފައި ދާން އުޅުނު ގޮތަށް އަނެއްކާވެސް އެނދުމަށްޗަށް ވެއްޓުނީއެވެ. ދާނިޔަލް އަށް ވީގޮތުން އޭނާ އަމިއްލައަށްވެސް ހެވުނެވެ. އެޔަށްފަހު އަނެއްކާވެސް ތެދުވެގެން ބާރުބާރަށް ގޮސް ތުވާއްޔާއި އެއްޗެހި ހިފައިގެން ފާޚާނާއަށް ވަނީ ފެންވަރާލާ ތާޒާވެލުމަށެވެ.

ތެޅެމުން ފޮލެމުން ފާޚާނާއިން ނިކުމެގެން ދާނިޔަލް ކަޅު ކުލައިގެ ޓީޝާތަކާއި ކާކީ ކުލައިގެ ފަޓުލޫނަކާއެކު ޑްރެސިންގް ޓޭބަލް ކުރިމަތީގައި އޭނާ ހުއްޓެލިއެވެ. އެޔަށްފަހު އިސްތަށިގަނޑު ރީތިކޮށްލައިފައި ގަޔަށް ސެންޓު ބުރުވާލިއެވެ. އަދި އަތުގައި ކަޅުކުލައިގެ މޫނުމައްޗާއެކު މުށިކުލައެއްގެ ކަމަރު އިން ގަޑި އަޅާލުމަށްފަހު ފޯނު ޖީބަށް ލަމުން ކޮޓަރިން ނިކުތެވެ.

ގެއިން ނިކުތް ދާނިޔަލްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ގެޔާއި ކައިރީގައި ހުރި މިސްކިތް ފެނިފައެވެ. ހިނިތުންވެލަމުން އޭނާ ހިނގައިގަތް އިރު ބަންގި ގޮވަނީއެވެ. ދާނިޔަލް ދިގު ފިޔަވަޅުތަކެއްގައި މިސްކިތާއިދިމާލަށް މިސްރާބު ޖެހީ ޖަމާޢަތުން ފުރުސަތު ހޯދުމަށެވެ. އެންމެ ތުއްތު އިރުއްސުރެވެސް އޭނާގެ ކަށީގައި އެ އާދަ ހިފައިފައި ވެއެވެ. އެއީ އާލިމާގެ ހެޔޮ ތަރުބިއްޔަތެވެ.

***

އާ ދުވަހަކަށް އިރު އަރައިފިއެވެ. އިމާރާތްތަކުގެ ދޭތެރެއިންނާއި އުޑުމަތިން އިރުގެ ރަން ދޯދިތަށް ދުނިޔެމައްޗަށް ދައްކަމުން ދެއެވެ. ކާޅުތަށްވެސް ހޭލައި އެސޮރުމެންގެ ޠަބީޢަތުގައި ވާފަދައިން ޖައްވުގައި ބުރުއަޅަން ފަށައިފިއެވެ. މަދު މަދުން ނަމަވެސް މަގުމަތީގައި މީހުން ހޭލަ މޭލަވެ އުޅެން ފެށުމުން ދުއްވާ އެއްޗެހީގެ އަޑު އިވެމުން ދިޔައެވެ. ހާހަކުން ފަހަރަކުއެވެ. މަގުމަތިގައި ސައިކަލު ތަކުގެ ބުރުތަށް ގިނަވާން ފެށީ ގަޑިން ހަތެއް ޖަހަން ގާތްވުމުންނެވެ. އޮފީސްތަކަށް ދާމީހުންތައްވެސް ޙަރަކާތްތެރިވާން ފެށުމުންނެވެ. އަދި ހަމަ އެޔާއެކު ސްކޫލަށް ދާ ކުދިން ސްކޫލަން ދާން ފެށުމުންނެވެ.

ދާނިޔަލްވެސް ފަތިހު ހޭލިގޮތަށް ފަތިސް ނަމާދުކޮށްގެން ކިޔަވާލުމަށްފަހު ހެނދުނުގެ ޛިކުރުތަށް ކިޔަން އިނދެފައި އިރު އެރުމުން ކޮޓަރީގެ ބެލްކަންޏަށް ނިކުތެވެ. ހެނދުނުގެ އެވަގުތުގައިވެސް އެ ޒުވާނާގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ދާނިޔަލްގެ ތުންފަތްމަތީގައި ރީތި ހިނިތުންވުމެއް ކުލެލައިފައި ވެއެވެ. އޭނާ ސިހިފައި އަތުގައި އޮތް ފޯނުގެ ސްކްރީނަށް ބަލައިލީ ފޯނު ވައިބްރޭޓް ވުމުންނެވެ. ފޯނުގެ ސްކްރީނަށް އަރައިފައި އިނީ މިއަދު އޭނާ އިންޓަރވިއު އަށް ދާންޖެހޭ ވާހަކައެވެ. އެއީ އޭނާ ހަނދާން ނެތިދާނެތީ އަމިއްލައަށް ކޮށްފަ އިން ކަމެކެވެ.

ދާނިޔަލްގެ ހަނދާނަށް ކުއްލިޔަކަށް އައީ އެންމެ ފުރަތަމަ އޭނާ ވަޒީފާއެއްގެ އިންޓަރވިއުއަކަށް ދިޔުމުން އެތަނުގެ މީހުން އޭނާއަށް ކުރިމަތި ކުރުވި ސުވާލުތަކާއި އެމީހުން އޭނާއަށް ކުރި މަލާމާތެވެ. އަދި ވަޒީފާ ނުދިން ސަބަބެވެ. ދާނިޔަލްއަށް ހިންދިރުވާލެވުނީ ބޭއިޚްތިޔާރުގައެވެ. މިފަހަރުވެސް އެމީހުން އޭނާއަށް އެހެން ނަހަދާނެ ބާވައެވެ؟ ސުވާލުތަކުން ފުރި ބާރުވަމުން ދިޔަ ސިކުނޑިއަށް ލުޔެއް ލިބޭތޯ ދާނިޔަލް ކޮޓަރިއަށް ވަދެ ސޯފާގައި ޖައްސާލިއެވެ.

އޭގެ ދެވަނަ ސިކުންތުގައި އިން ތަނުން ތެދުވެގެން ގޮސް ކޮޓަރިން ނިކުމެ ބަދިގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އެޔަށްފަހު ކަބަޑުތައް ބަލަން ފެށީ އެއްޗެއް ހުރިތޯއެވެ. ނަސީބަކުން އަރީފްމެން ހުރީ ގެއަށް ބޭނުންވާ ބައެއް ސާމާނުތަށް ގަނެފައެވެ. އެހެން ކަމުން ދާނިޔަލް ޖޯޑެއް ނެގުމަށްފަހު ކޮފީ ގިރަން ފެށިއެވެ. ރަޝިޔާގައި އޭނާ އުޅުނު އިރު ސައިފް އާއި ދެމީހުން އެއްކޮށް ކެއްކުމުގެ ސަބަބުން އޭނާއަށް ވަނީ ވަރަށް ގިނަ އެއްޗެހި ކައްކަން ދަސްވެފައެވެ.

ކޮފީތަށި ހިފައިގެން ދާނިޔަލް ކާމޭޒުދޮށުގައި ހުރި ކަޅުކުލައިގެ ހަތަރު ގޮނޑީގެ ތެރެއިން ގޮނޑިއެއް ދަމާލުމަށްފަހު އިށީނެވެ. އެޔަށްފަހު ލަސްލަހުން ފަހަރަކު ކޯވަރެއް ކަހަލަ ގޮތަކަށް އޭނާ ކޮފީބޮމުން ދިޔައެވެ. އެއިރު ދާނިޔަލްގެ ނަޒަރު ހުއްޓިފައިވަނީ ލައްޕައިފައި ހުރި ބެލްކަނީގެ ބިއްލޫރި ދޮރުން ބޭރަށެވެ. އެހެން އިނުމަށްފަހު ދާނިޔަލް ގޮސް ބެލްކަނީގެ ދޮރު ހުޅުވާލައިފައި އަނެއްކާވެސް ހަމަ ކުރިން އިން ގޮނޑީގައި އިށީނދެލިއެވެ. ދާނިޔަލް އެ ދޮރު ހުޅުވުމުގެ ސަބަބުން ބޭރުން ޖެހެމުން ދިޔަ ވައި ވަރަށް ސާފުކޮށް އެތެރެއަށް ވަންނަމުން ދިޔައެވެ. ހެންވޭރަށް ވުމުން އަދި މާ ރީއްޗަށް ވައި ޖެހެއެވެ.

ސިޓިންގް ރޫމުގައި އިން ގަޑިއަށް ނަޒަރެއް ހިންގާލުމަށްފަހު ކޮފީތަށި ހުސްކޮށްލައިފައި ދާނިޔަލް އިން ތަނުން ތެދުވެގެން ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އެޔަށްފަހު އޭނާ ނިކުތީ އިންޓަރވިއު އަށް ދާން ތައްޔާރުވެގެންނެވެ. ގަދަ އަޅިކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނުގައި އޭނާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް މިއަދު ގަމިހުގެ އަތުކުރި ނުއޮޅާ ހުރުމުގެ ސަބަބުން ވަނީ އަތުކުރީ ގޮށް އަޅުވާފައެވެ. ނަމަވެސް ތަފާތެއް ނެތެވެ. ކޮންމެ ގޮތަކަށް ހުއްޓަސް އޭނާގެ ފިރިހެންވަންތަކަށް އިތުރުކުރުވައެވެ.

ކަޅު ކުލައިގެ އޮފް ބޫޓަށް އަރައިގެން ދާނިޔަލް ގެއިން ނިކުތެވެ. އެޔަށްފަހު ޓެކްސީއެއް ނެގީ އަދި އޭނާ ދަތުރުކުރާނެ ވެހިކަލެއް އަތުގައި ނެތުމުންނެވެ. ދާނިޔަލްގެ ވިސްނުން ހުރީ ވަޒީފާއަށް ގޮސްގެން ރުފިޔާ އެއްކުރުމަށްފަހު ސައިކަލެއް ގަންނާށެވެ. އިތުރަށް އޭނާގެ ސަބަބުން އަރީފްއަށް އުނދަގޫ ވާކަށް ދާނިޔަލް އެއް ނޭދެއެވެ. މިހާރުވެސް އޭނާގެ ސަބަބުން ވާވަރަށް އަރީފްގެ އަތުން ފައިސާ ޚަރަދުވެއްޖެއެވެ.

ކާރު މަޑުކޮށްލީ މީގެ އަހަރުތަކެއް ކުރިން ހުޅުވި ދުނިޔޭގެ ފެންވަރުގެ އަގުބޮޑު ޕްރައިވެޓް ހޮސްޕިޓަލް ކުރިމައްޗަށެވެ. ދާނިޔަލް ޓެކްސީއަށް ފައިސާ ދެއްކުމަށްފަހު ކާރުން ފޭބިއެވެ. އަދި ކުރިމަތީގައި ހުރި ހޮސްޕިޓަލަށް ބަލަހައްޓައިގެން އެއް މިނެޓު ވަރު މަޑުކޮށްގެން ހުއްޓެވެ. ބޭއިޚްތިޔާރުގައެވެ. އެޔަށްފަހު ޚިޔާލީ ފޮލާކައްކަން ހުރި ދާނިޔަލްއަށް ހޭވެރިކަން ވުމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ. ހޮސްޕިޓަލުގެ ކޮންމެ އިންޗިއެއްވެސް ނުހަނު ފުރިހަމައެވެ. ނުހަނު ރީއްޗެވެ. މީހުންގެ ލޮލުގައި އަޅައިގަންނަ ފަދަ ގޮތްގޮތަށް އެތަނުގެ ކޮންމެ ތަނެއް ފަރުމާކޮށްފައި ވެއެވެ.

ދާނިޔަލް އެތެރެއަށް ވަދެގެން ގޮސް ރިސެޕްޗަނުގައި ތިބި ދެކުދިން ކުރެ ކުއްޖެއް ގާތު އޭނާ އައި ބޭނުން ހާމަކޮށްލިއެވެ. އެއިރު އޭނާ ހުރީ އޭނާގެ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. ހިލޭ އަންހެނުންނާއި ހަތަރުކަޅި ހަމަކުރުމަށްވުރެ އުނދަގޫ ކަމެއް އޭނާއަކަށް ނޯންނާނެއެވެ. އަންހެން ކުއްޖާ ޖަވާބުދިނުމުން ފަނޑު ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު އެކުއްޖާއަށް ޝުކުރުއަދާކޮށްފައި އަވަހަށް އޭނާ އެތަނުން ސަލާމަތްވިއެވެ.

ރިސެޕްޝަނުން ދުރަށް ޖެހިލި ދާނިޔަލްގެ މިސްރާބު ހުރީ ލިފްޓާއި ދިމާލަށެވެ. ފިރިހެންވަންތަ ހިނގުމެއްގައި ހިނގާލައިފައި ދިޔަ ދާނިޔަލްއަށް ނޭނގުނު ކަމަކީ އެތަކެއް އަންހެން ކުދިންނެއްގެ ނަޒަރު އޭނާއަށް ހުއްޓިފައިވާކަމެވެ. އޭނާ އެ ހޮސްޕިޓަލަށް ވަތްތާ އަދި  ވީ ކުޑަ ވަގުތުކޮޅެއް ނަމަވެސް އެތަކެއް އަންހެން ކުދިންނެއްގެ ހިތުގައި އޭނާގެ ސޫރަ ކުރެހިފައިވާކަމެވެ.

ލިފަޓަށް އެރުމަށްފަހު  އަށްވަނަ ފަންގިފިލާއަށް ލިފްޓް ހުއްޓެންދެން ދާނިޔަލް ކެތްތެރިކަމާއެކު ހުއްޓެވެ. އެޔަށްފަހު އިންތިޒާރުގެ ވާފަށް ކެނޑުމުން ދާނިޔަލް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ލިފްޓުގައި ތިބި ދެތިން މީހަކާއެކު ނިކުތެވެ. އަދި ރިސެޕްޝަނުގައި އިން ކުއްޖާ އެއިރު ބުނި ގޮތަށް އޭނާ ހިނގައިފައި ދިޔައެވެ. އެއިރު އޭނާއެކޭ އެއްފަދއިން ދެތިން ހަތަރު ކުއްޖެއް ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. ހޮސްޕިޓަލުގެ މުވައްޒަފެއްގެ ލަފައާއި އެކު އެމީހުން ދެން ދިޔައީ ވެއިޓިންގް ރޫމަށެވެ. އެތަން ހުރީ އިންޓަރވިއު ކުރާ ރޫމާއި ޖެހިގެންނެވެ.

ދާނިޔަލްވެސް ގޮސް އެތަނަށް ވަދެ ސޯފާއެއްގައި އިށީނދެ ހަމަޖެހިލިއެވެ. އެޔަށްފަހު ކުއްޖަކު އެ ކޮޓަރިން ނިކުންނަމުން ދެއެވެ. ދާނިޔަލްއަށް އޭނާގެ ބުރު ޖެހުމުން އެ ރޫމުން ނިކުތުމަށްފަހު އިންޓަރވިއު ކުރާ ރޫމުގެ އެތެރެއަށް ވަންނަން ދިޔައީ ހިތާހިތުން ހުރިހާކަމެއް ރަނގަޅަށްވުން އެދި ﷲގެ ޙަޝްރަތުގައި ދުޢާ ކުރާ ޙާލުއެވެ.

ދާނިޔަލް އެތަނުގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް އެޅި ފުރަތަމަ ފިޔަވަލާއެކު މުޅި ތަނަށް ނަޒަރު ހިންގާލެވުނެވެ. ދިގު މޭޒެއް ހުރި އިރު މޭޒުގެ ކޮޅުގައި ތިން މީހަކު ތިއްބެވެ. މެދުގައި ފިރިހެނެއް އިނެވެ. ބޮލުގައި ކޮންމެވެސް ވަރަކަށް ނުރަ ފާޅުވާން ހުއްޓެވެ. ބަލާބެލުމަށް އެއީ މެދު އުމުރުގެ މީހެކެވެ.

އޭނާގެ ވައަތް ފަރާތުގައި އަޅިކުލައިގެ ޝޯލްއަކާއި ގަދަ ނޫކުލައިގެ ހެދުމެއް ލައިގެން އިން އަންހެން ކުއްޖެއް އިނެވެ. ކޮންމެވެސް ވަރަކަށް މޭކަޕް ކޮށްފައި ހުރި އިރު ތުންފަތުގައި ފިޔާތޮށިކުލަ ޖައްސައިފައި ހުއްޓެވެ. ފިރިހެން މީހާގެ ކަނާތްފަރާތުގައި ދެން އިނީ ޒުވާން ފިރިހެން ކުއްޖެކެވެ. ބަލާބެލުމަށް އަންހެން ކުއްޖާ އެކޭ އެއްފަދަން އޭނާވެސް ގުނަމުން އެދަނީ ސައްބީސް ފަންސަވީހުގެ އަހަރުތަކެވެ.

ދާނިޔަލްގެ ލޮލަށް ފުރަތަމަވެސް ސިފަވެގެން ދިޔައީ މީގެ ކުރިން އޭނާ ދިޔަ އިންޓަރވިއު އެވެ. އެހިނދު ވަގުތުން މީހާ ނުތަނަވަސްވެ އޭސީގެ ގަދަ ފިނީގެ ތެރެއިންވެސް މޫނުމަތިން ދާހިތްލާލިއެވެ. މުޅި މީހާ ފިނިވިއެވެ. ނަމަވެސް ނަފްސު ހަމަޔަކަށް އަޅުވާލީ ﷲއަށާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އެހާ އަވަހަށް ގެއްލުވާ ނުލާށެވެ. އެމީހުން އިށީންނަން ވީ ތަން ދާނިޔަލްއަށް އިޝާރާތްކޮށްލުމުން ދާނިޔަލް ގޮސް އިށީނެވެ. އެވަގުތު ތިން މީހުންވެސް އިސް އުފުލާލައި ދާނިޔަލްއަށް ބަލައިލިއެވެ. އެވަގުތު ކޮޅު ދާނިޔަލް އިނީ ނޭވާލާންވެސް ނޭނގިފައި ނޭވާ ހިފަހައްޓާލައިގެންނެވެ.

ދާނިޔަލް ހީކުރި ގޮތާއި ޚިލާފަށް ތިން މީހުންވެސް ދާނިޔަލްއަށް ހިތްހެޔޮ ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އެންމެ ބޮޑަށް ހިނިތުންވެފައި އިނީ މެދަށް އިން ހަރު ވައްތަރުޖަހާ ފިރިހެން މިހާއެވެ. ދާނިޔަލްވެސް ބަދަލުގައި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ނަމވެސް ބިރުގަނެފައި ހުރުމުން އެކަން ކުރާކަށް އޭނާއަކަށް ފަސޭހައެއް ނުވިއެވެ.

“އައްސަލާމް ޢަލައިކުމް.. އަޙުމަދު ދާނިޔަލް އަދީލް ދެއްތޯ؟” އެމީހާ ހިތްހެޔޮ ކަމާއެކު އިސްލާމީ ރިވެތި ސަލާމުން ސަލާމް ގޮވާލުމަށްފަހު ދާނިޔަލްއަށް ބުނެލިއެވެ. އެހިނދު ދާނިޔަލް ސަލާމަށް ޖަވާބު ދިނުމަށްފަހު ދެން ކުރި ސުވާލަށްވެސް ޖަވާބު ދިނެވެ.

އެމީހުން ދާނިޔަލްއާއި ސުވާލުކުރަމުން ދިޔައީ ވަރަށް އެކުވެރިކޮށެވެ. އެހިނދު ދާނިޔަލްގެ ހިތުންވެސް ބިރުވެރިކަން ފިލައިގެން ގޮސް ވަރަށް ރީއްޗަށް ހަމަޖެހިލައިގެން އިނދެ ޖަވާބު ދެމުން ދިޔައެވެ. އޭނާގެ ކޮންފިޑެންސް އިތުރުވެފައިވާތަން ފެނި އިންޓަރވިއު ކުރަން ތިބި ތިން މީހުންވެސް ތިބީ ހައިރާންވެފައެވެ. ޖަވާބުދެނީ އެއްވެސް ޖެހިލުންވުމެއް ނެތިއެވެ. ފަސް ނުޖެހިއެވެ.

އިންޓަރވިއު ކުރަން އިސްކޮށް އިން ޑރ.ލަތީފް އަށް ހިނިތުންވެލެވުނީ ދާނިޔަލްގެ ކެރުންތެރިކަން ފެނިފައެވެ. އޭނާ މިހާތަނަށް ނުފެނިގެން ހޯދާކަހަލަ ޑޮކްޓަރަކާއި މިއޮތީ ދިމާވެފައެވެ. ދާނިޔަލްގެ އަމިއްލަ ނަފްސަށް އެ އޮތް އިތުބާރުގެ ބޮޑުކަން އެއީ އޭނާ ކިޔެވި ދާއިރާގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. މީހުންގެ އިޙުސާސްތަށް ދެނެގަންނަން ފަސޭހަ މީހަކަށް އަމިއްލަ މީހާ ހަމަޔަކަށް އަޅުވާކަށް މާ ބޮޑެތި ދަތިތަކަކާއި ކުރިމަތިލާކަށް ނުޖެހޭނެ ނޫންހެއްޔެވެ؟

ދާނިޔަލްއަކީ މިއަދު ޑޮކްޓަރީކަން މޮޅަށް ކިޔަވައިގެން ހުރި ޒުވާނެކެވެ. އެތަކެއް ބަޔަކަށް އެހީތެރިވެދޭނެ ސައިކޭޓްރިސްޓެކެވެ. އަދި ވަޒީފާ އޭނާއަށް ލިބިފައި ނެތްކަން އެކަންޏެވެ. ޑރ.ލަތީފް އާއި ދެން ތިބި ދެމީހުންނާއި ވެސް ވަރަށް އެކުވެރިކޮށް ވާހަކަ ދައްކަމުން ގޮސް އެމީހުން ބުނި ލިޔުންތަކާއި އެއްޗެހިވެސް ދާނިޔަލް ދައްކަމުން ދިޔައީ ހިތްހަމަޖެހިލައިގެން ހުރެއެވެ. ﷲއަށް ދާނިޔަލް ޙަމްދުކޮށްލީ އަމިއްލަ ނަފްސަށް އޮތް އިތުބާރު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާގެ އަތުން ބީވެނުދިޔުމުން އެކަމާއި އުފާކުރާ ޙާލުއެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ.. އަޅުގަނޑުމެން މާދަމާ ވަކި އެއްޗެއް އަންގާލާނަން..” ޑރ.ލަތީފް މަޑުމައިތިރި އަޑަކުން ބުނެލިއެވެ. އެހިނދު ދާނިޔަލްވެސް ޝުކުރު އަދާކޮށްލުމަށްފަހު ރީތި ހިނިތުންވުމަކާއެކު އެތަނުން ނިކުތެވެ. “އަލްޙަމްދުލިއްލާހް!” އެ ކޮޓަރިން ނިކުމެވުނު ތަނާހެން ދާނިޔަލްގެ ދުލުން ނިކުތީ މާތް ﷲއަށް ޙަމްދުކުރުމުގެ ބަސްކޮޅެވެ.

އޭނާއަށް އެހާ ކާމިޔާބު ކަމާއެކު އިންޓަރވިއު ނިންމާލެވޭނެ ކަމާމެދުވެސް އޭނާ ހުރީ ކުރިން ޝައްކެއް މަތިގައެވެ. ނަމަވެސް އާލިމާ އޭނާއަށް އަބަދުވެސް ކިޔައިދޭހެން މާތްﷲ އަށްޓަކައި ހިތުގައި އޮތް އިތުބާރަށް ފަނޑުކަމެއް ނުގެނެސް އެހުރި ފިޔަވަޅު މަތީ ޢަޒުމާއެކު ހުރީއެވެ. މިހާރު އޭނާ އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އެދަނީ މާދަމާއަށެވެ. ވަކި ޖަވާބެއް ލިބޭނެ އިރަކަށެވެ. މި ވަޒީފާއަށް އޭނާ ވަރަށް އުންމީދު ކުރެއެވެ.

ލިފްޓަށް އެރުމަށްފަހު ދާނިޔަލް ކެތްތެރިކަމާއެކު މަޑުކޮށްލައިގެން ހުރީ ގްރައުންޑް ފްލޯއަށް ދެވެންދެންނެވެ. އެ ހުޅުވުމާއެކު އަވަސް އަވަހަށް ދާނިޔަލް ލިފްޓުން ފައިބައިގެން ހޮސްޕިޓަލުން ބޭރަށް ނިކުންނަށް ހިނގައިގަތެވެ. އެހިނދު ދާނިޔަލްގެ ފިޔަވަޅުތަށް ހުއްޓުނީ ފޯނު ރިންގް ވުމުންނެވެ.

ދާނިޔަލް ޖީބުގައި އޮތް އޭނާގެ ފޯނު ނެގުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. އެހިނދު އޭނާގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވެފައި ހުއްޓެވެ. “ލައްބަ.. މާދަމާ ރަނގަޅު ޖަވާބެއް ލިބޭނެ ކަމަށް އުންމީދު ކުރަނީ.. އޯކޭ..” ދާނިޔަލް ފޯނު ޖީބަށް ލުމަށްފަހު ހޮސްޕިޓަލުގެ ބޮޑު ގޯތިތެރެއިން ލައިފައި ކުރިޔަށް ދިޔައެވެ. ހޮސްޕިޓަލުން ނިކުމެވުނު ވަގުތު އޭނާގެ ކުރިމައްޗަށް މަޑުކޮށްލި ކާރަށް ދާނިޔަލް ބަލައިލިއެވެ. އެޔަށްފަހު ރީތި ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ކާރަށް އެރިއެވެ.

“ކޮބާ ޖޮބް ހަމަޖެހިއްޖެއްޔާ ވާނެ އިނގޭ ބޭބެއަށް ކެއުމެއް ދޭން..” އަރީފް މަޖާވެލައިފައި ދާނިޔަލްއަށް ބުނެލިއެވެ. ދާނިޔަލްއަށް ލިބޭ ކޮންމެ އުފަލެއްގައި އޭނާ ބައިވެރިވަނީ އަމިއްލަ ދަރިއަކަށްވެސް އުފަލެއް ލިބުމުން ބައިވެރިވާ ފަދައިންނެވެ. އޭނާ ދާނިޔަލްއާއި ދޭތެރޭ އެހާ ބޮޑަށް އެހެން ދެކެނީ ފިރިހެން ދަރިއެއް ނުހުންނާތީ ކަމަށްވެސް ވެދާނެއެވެ

“އިން ޝާ ﷲ… އަޅުގަނޑަށް ނޭނގޭ ބޭބެއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް.. ކޮންމެ ދުވަހަކު ބޭބެއަށް ކާންދޭން ވިޔަސްވެސް މައްސަލައެއް ނެތް.. ބޭބެ އަޅުގަނޑަށް ތިކޮށްދިން ހެޔޮކަމަށްޓަކައި އަބަދުވެސް ހިތުގެ އަޑިން އަޅުގަނޑު ޝުކުރުވެރިވާނަން ﷲގެ އިރާދަފުޅުން..” އަރީފް ކާރު ދުއްވާލި ވަގުތު ހިނިތުންވަމުން ދާނިޔަލް ބުނެލިއެވެ. އެހިނދު އަރީފް ހިނިގަނޑެއް ޖަހާލައިފައި އެއީ މަޖަލަކަށް ބުނި އެއްޗެކޭ ބުނެލިއެވެ. ނަމަވެސް ދާނިޔަލް އެކަމާ ދެކޮޅު ހެދުމަށްފަހު ތިމަން މިވާހަކަތަށް މި ދެއްކީ ހަމަ ޙަގީގަތަށޭ ބުނެލިއެވެ.

“އާލާވެސް ނިމޭނެ މިއަންނަ އަހަރު.. އޭނާވެސް އެއިރަށް އަންނާނެ މިކޮޅަށް.. މިހާރުވެސް ނާދެވިގެން އޭނާ އުޅެނީ.. ހެހެ” ބޭރަށް ނަޒަރު ހުއްޓާލައިގެން އިން ދާނިލްއަށް ލައި ލައި އިން ނޭވާވެސް އަރުތެރޭގައި ތާށިވިހެން ހީވީ އާލާގެ ނަން އަޑު އިވުމުންނެވެ. އޭނާއަށް އާލާ ނުފެންނަތާ މިހާރު އަށް އަހަރު ވީއެވެ. އާލާ ހުންނާނެ ގޮތެއްވެސް މިހާރު އޭނާއަކަށް ނޭނގެއެވެ. ފަހަރުގައި އާލާ މިހާރު އޭނާގެ އުޅުން ބަދަލުވެސް ކޮށްފާނެއެވެ.

“އަސްތަޣްފިރުއްﷲ..” ދާނިޔަލް ހިތާހިތުން ﷲގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެމުން ދިޔައީ ހިތަށް އަރަމުން ދިޔަ ޝައިޠާނީ ވަސްވާސްތަކުގެ ސަބަބުންނެވެ. ކޮންމެ ގޮތެއްވިޔަސް ޝައިޠާނާ އިންސާނާގެ ބޮލުތެރެއަށް ވަދެގަނެ ވަސްވާސްތަށް ލައިދޭން ފަށަނީ ވަރަށްވެސް އަވަހަށެވެ.

ދާނިޔަލް އުޅެމުން އަންނަ އިމާރާތް ކުރިމައްޗަށް އަރީފް ކާރު މަޑުކޮށްލިއެވެ. އެހިނދު ދާނިޔަލް އަރީފްއަށް ދައުވަތު ދިނީ އެގެއަށް އައުމަށެވެ. ނަމަވެސް އަރީފް އޮފީހުގެ މަސައްކަތެއް ކުރަން ޖެހުމުން ދާނިޔަލް އާއެކު ދެވޭ ގޮތެއް ނުވިއެވެ. އެހެން ކަމުން ދާނިޔަލްވެސް އަރީފްއަށް ޝުކުރު އަދާކޮށްލުމަށްފަހު އިމާރާތުގެ ތެރެއަށް ވަންނަން ހިނގައިގަތެވެ. ނަމަވެސް އޭގެ ކުރިން އޭނާ އެތާ އިން ގާޑު މީހާއަށް ސަލާމް ގޮވާލުމަށްފަހު ރީތި ހިނިތުން ވުމަކާއެކު އޭނާގެ ޙާލު އަހުވާލު އަހާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ގާޑު މީހާވެސް ދާނިޔަލްއެކޭ އެއްފަދައިން އެކުވެރި ރާގެއްގައި ވާހަކަ ދައްކާލިއެވެ.

ކުޑަ ވަގުތު ކޮޅަކަށްފަހު ދާނިޔަލް އެޕާޓްމެންޓް ތެރެއަށް ވަދެގެން ދިޔައެވެ. މީހާގެ ހަށިގަނޑަށް ވަރުބަލިކަން ވެރިވެފައި ވުމާއެކު އަވަހަށް ކޮޓަރިއަށް ދާން ދާނިޔަލް މިސްރާބު ޖެހިއެވެ. އެޔަށްފަހު ފެންވަރާލައި ތާޒާވެލައިފައި އެނދުގައި ޖައްސާލުމުގެ ބަދަލުގައި އޭނާ އަވަސްވެގަތީ ފުރަތަމަ މެންދުރު ނަމާދަށް ބަންގި ގޮވުމާއެކު ނަމާދަށް ދާށެވެ. އެޔަށްފަހު އައިސް އަރާމުކޮށްލުމަށް އޭނާ ނިންމިއެވެ.

ނަމާދުކޮށްގެން ގެއަށް އައިސް ވަތް ދާނިޔަލްގެ މިސްރާބު ހުރީ އޭނާގެ ކޮޓަރިއަށެވެ. އޭނާގެ މޫނުމައްޗަށް ބަލައިލައިފިނަމަ ވަރުބަލިކަން އޭގެ އިންތިހާއަށް ފެނެއެވެ. ރޭގައި އެންމެ ރަނގަޅަށް ނުނިދުމާއެކު މިއަދު އޭނާގެ ހަށިގަނޑަށް ވަނީ ބަރު ވެފައެވެ. ހަމަ އެޔާއެކު ބޮލަށްވެސް ވަނީ ނުހަނު ބަރުވެފައެވެ. އޭނާއަށް އެކި އުނދަގޫތަށް ދިޔައީ ކުރިމަތި ވަމުންނެވެ. އެހެން ކަމުން ދާނިޔަލް އަވަސްވެގަތީ އެއްޗެހި ބަދަލުކޮށްލުމަށްފަހު އަރާމުކޮށްލާށެވެ. ކިންގް ސައިޒްގެ އެނދުގައި ޖައްސާލި ދާނިޔަލް އޭސީގެ ފިނީގެ ތެރެއިން ނިދީގެ ކަނޑަށް ޣަރަޤުވެގެން ދިޔައީ ބަސްބުނާހާ ހިނދުކޮޅެއްގައެވެ.

***

“އަނެއްފަހަރު އެ ކަލޭގެއަށް ފައިސާ ޚަރަދު ކުރަން ފެށީ ދޯ.. ކޮން ދުވަހަކުންތަ އަހަރެން ބުނާ ވާހަކަ އަރީފް އަޅެ އަޑު އަހާނީ.. އެންމެ ފަހަރަކުވެސް މަ ދައްކާ ވާހަކަ އަޑު އަހާބަލަ.. ކީއްކުރަންތަ ބޭކާރު ޚަރަދެއް އެ ފިރިހެނާއަށް ތި ކުރަނީ.. ފަންސަވީސް އަހަރުގެ ފިރިހެނެކޭ އެއީ.. އޭނާ އަމިއްލައަށް ޖެހޭނީ އޭނާ އުޅޭނެ ގޮތްތައް ހޯދަން.. ފައިސާ ހޯދަން.. އެކަމަކު އަރީފް އަބަދު ތިހެން ހަދަންޏާ އޭނާ އުޅޭނީ ހަމަ އަރީފް އަތުން ހައްތަހާ ގިނައިން ފައިސާ ހޯދަން..” އަރީފް އަރާމުކޮށްލުމަށްޓަކައި އެނދުގައި އޮށޯވެލައިގެން އޮތް އިރު ކަނާއަތް އޭނާގެ ނިތްކުރި މަތީ ބާއްވާލައިފައި އޮތެވެ. އެހެން އޮށްވާ ޝަޒިއްޔާ ކޮޓަރިއަށް އައިސް އާދައިގެ މަތިން ޝަކުވާ ކުރަން ފެށިއެވެ.

އަރީފް މިހާރުވެސް އެ ކެތްކުރަނީ ހާދަ ވަރަކުންނެވެ. ޝަޒިއްޔާ އަށް ވިސްނައިދޭނީވެސް ކިހިނެތްބާވައޭ އޭނާގެ ހިތަށް އަރައެވެ. “މީހަކަށް އެހީތެރިވެދިނުމަކީ އަހަރެމެން އަތުން ގެއްލޭ އެއްޗެއް ކަމަށް ނުބަލަބަލަ ޝަޒިއްޔާ.. ކިހިނެތް އިނގޭނީ އަހަރެމެންގެ މި މުއްސަނދިކަން މިއަދުވެސް ނުގެއްލޭނެ ކަމެއް؟ މުއްސަނދިން ފައިސާ ނުލިބޭ މީހުންނަށް އެހިތެރިވެދޭން ވާނެ.. އެހެން ނޫނަސް ޝަޒިއްޔާ ތި ހީކުރާހެނެއް ނޫން މިކަން އޮތީ.. އަހަރެމެންގެ އަމިއްލަ މުދަލެއް ނޫނޭ މިއިން އެކައްޗަކީވެސް.. މިއީ މާތް ﷲގެ ޙައްޤެއް.. އެކަލާނގެ އިރާދަކުރެއްވި ގޮތަކަށް ކޮންމެ އިރެއްގަވެސް އަހަރެމެން އަތުން މި މުދާތަށް ނެތިގޮސްދާނެ.. އޭގެ ކުރިން އަހަރެމެން ވީ ވިސްނާ އަހަރެމެންގެ މުދަލުން ހޭދަކުރަން..” އަރީފް ވިސްނައިދޭ ފަދައަކުން މަޑުމައިތިރިކަމާއެކު ކިޔައިދިނެވެ.

ނަމަވެސް އެއިން ޝަޒިއްޔާއަކަށް މާބޮޑު އަސަރެއް ކުރިހެނެއް ހިއެއް ނުވެއެވެ. ތުން އަނބުރާލުމަށްފަހު ސޯފާގައި ގޮސް އިށީނީ ކުޑަކުއްޖަކު ބޮޑާ ހާކާހެންނެވެ. އަރީފް އޭނާ ބުނާ އެއްޗެއް ޤަބޫލު ނުކުރިއްޔާ ދެން ޖެހޭނީ އޭނާ އަމިއްލައަށް މިކަމުގައި ފިޔަވަޅެއް އަޅާށެވެ. ޝަޒިއްޔާ ފުން ނޭވާތަކެއް ލަމުން ދިޔައީ ރުޅިގަދަވެފައި ހުރި އަމިއްލަ ނަފްސު ހަމަޔަކަށް އެޅުވުމުގެ ނިޔަތުގައެވެ.

***

ހަވީރުގެ ހިތްގައިމު ވަގުތެވެ. ހިތްހަމަ ޖައްސާލުމަށްޓަކައި މާލޭގެ އެކި ސަރަހައްދު ތަކަށް މީހުންތައް ޖަމާވެފައި ތިއްބެވެ. ސްކޫލުތަކުން ގެއަށް އަންނަ ކުދިންނާއި އޮފީސްތަށް ނިންމުމަށްފަހު ގެއަށް އަންނަ މީހުންގެ ސަބަބުން މަގުތަށް ތޮއްޖެހިފައިވެއެވެ. ދާނިޔަލްވެސް ޢަޞުރު ނަމާދުކުރުމަށްފަހު ގޭގައި އިނދެފައި ހަވީރު ވުމުން ބޭރަށް ނިކުމެލީ ހިތްހަމަ ޖައްސާލުމަށެވެ.

ޖެހެމުން ދިޔަ ފިނި ފިނި ވައިރޯޅިތަށް ހަށިގަނޑުގައި ބީހެމުން ދިޔުމުގެ ސަބަބުން ކުރަމުން ދިޔައީ ވަރަށްވެސް ފޮނި އިޙުސާސެކެވެ. ދާނިޔަލްގެ ތުންފަތުގައި ވީ ރީތި ހިނިތުންވުމުން އެކަނިވެސް އޭނާ ހިތްހަމަ ޖެހިފައި ހުރި މިންވަރު ދޭހަކޮށްދެއެވެ.

ރަސްރަނި ބަގީޗާ ތެރޭގައި ހިނގަމުން ދިޔަ ދާނިޔަލް ހުއްޓިލީ ފެންނަން ހުރި އޭނާގެ ކުރީގެ ސްކޫލް ލޮލުގައި އަޅައިގަތުމުންނެވެ. އެހިނދު ސްކޫލު ދައުރުގެ އެކި ހަނދާންތަށް އައިސް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ހަމަ އެއާއެކު އާލިމާ އާއި އެކު އޭނާ ހޭދަކުރި އުފާވެރި ވަޤުތުތަށްވެސް މެއެވެ. ދާނިޔަލްގެ ތުންފަތުގައި ވީ ހިނިތުންވުން ފޭދިގެން ދިޔައީ އާލިމާގެ ހަނދާންތަށް އާވުމުންނެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ދާނިޔަލްގެ ތުންފަތަށް ހިނިތުންވުން ވެރިކޮށްލިއެވެ.

އިރުކޮޅެއް ވާންދެން އެތާ ހުރުމަށްފަހު ދާނިޔަލް ޕާކުން ނިކުމެގެން ގެއާއި ދިމާލަށް ހިނގައިގަތީ ކަމެއް ހަނދާން ވީ ފަދައަކުންނެވެ. ދާނިޔަލް ގޭތެރެއަށް ވަނުމަށްފަހު އަވަސް އަވަހަށް ކޮޓަރިއަށް ވަނެވެ. އެޔަށްފަހު ފުޅާ އަލަމާރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އެޔަށްފަހު ކަބަޑެއް ހުޅުވާލައިފައި އެތަނުން ތަޅުދަނޑިފައްޗެއް ނަގައިގެން އަނބުރާ ކޮޓަރިން ނިކުމެ ގެއިން ނިކުތެވެ.

އާދައިގެ ވަރަކަށް ހިނގާލައިފައި ދިޔަ ދާނިޔަލް ގޮސް ހުއްޓިލީ އޭނާގެ ގޭ ކުރިމަތީގައެވެ. އާލިމާއާއި އެކު ހޭދަވި އުފާވެރި ވަގުތުކޮޅުތަށް އެތަނެއްގައި ފަސްއެޅި ފޮރުވިފައިވި ގޭ ކުރިމަތީގައެވެ. ތުއްތު އިރުއްސުރެ އުޅެ ބޮޑުވި ގޭ ކުރިމަތީގައެވެ. އެ ގޭ ފެނުމުން ދާނިޔަލްގެ ހިތަށް ތަފާތު އިޙުސާސްތަކެއް ކުރެވެމުން ދިޔައެވެ. ހިތުގެ އެންމެ ފުނާ ހަމައަށް ފުން އަސަރުތަކެއް ކުރަމުން ދިޔައެވެ. ގެޔަށް ޖެހިފައިވާ ލޯތްބެއްގެ ސަބަބުން ނުވަތަ މައިންބަފައިން މަތިން ހަނދާން ވުމުން ކަމަށްވެސް ވެދާނެއެވެ. ކޮންމެޔަކަސް ތަޅުދަނޑިން ދޮރާށި ހުޅުވާލުމަށްފަހު އެތެރެއަށް ދާނިޔަލް ވަނެވެ. ނަމަވެސް ކުރިޔަށް އިތުރަށް އެންމެ ފިޔަވަލެއްވެސް ނާޅާ ދާނިޔަލްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

(ނުނިމޭ)

81

22 Comments

 1. ??

  September 20, 2018 at 9:21 pm

  Me first dhw…. varah wait kohfin up veythw maa slowingey

  • aish noor

   September 20, 2018 at 9:28 pm

   yess dear first.. and congrats! jazakillah kahiran dear.. 🙂 dear, vrh bodah sorry ekamahtakaa.. e 2 dhuvahu hama up nukurevuny.. proof read kuramun ekamaku dhiyaee.. hehe.. ekam ehkoh ready nuvaathyve publish nukurevuny.. 🙂

  • ??

   September 20, 2018 at 9:37 pm

   Story vvv nice dhn avahah up kuracheyy pls pls pls

  • aish noor

   September 21, 2018 at 4:52 pm

   Jazakillah khairan dear.. 🙂 up kohfa innaane reyga.. hehehe.. 🙂

 2. aish noor

  September 20, 2018 at 9:26 pm

  assalaamu a’laikum my dear readers.. 🙂 furathamaves veythuve dhiya dhedhuvahu vaahaka up nukurevunathy thikudhinge faraathun nihaayathah ma’aafah edhen.. vrh bodah sorry.. 🙁 noor ah kuda kameh dhimaavegen aslu vaahaka up nukurevuny.. dhn 15 vana baige comment thakah reply nukurevunythy ves ma’aafah edhen.. 🙁 ehn namaves e comment thakah ehkoh mi comment ga noor reply kohlaanan.. 🙂 hurihaa kudhinnah ves noor ah dhemun thidhaa support ah fah fashun shukuriyyaa.. jazakumullah khairan all.. 🙂 vrh ufaavey hageegathugaves.. e ihusaas mihen kohlaa comment akun bunedhinumakee faharuga dhathi kamakah vedhaane.. ehn namaves hithugai evaa eufaaverikan aee hama aslugaves bunedheyn neyngey ehcheh! jazakumullah khairan my dear readers.. 🙂 and, surprise othy kuriyah! hehe.. kuda vaguthu kolhehge thereyga surprise aku kobai kan haama kohladheynan, in sha allah.. 🙂 allah ge iraadhufulhun eh gothakah ves vaahaka kuriyah gendhiyun huhtaalumeh noon surprise aky.. hehe.. 🙂 maaiyy allah alhamenge faafa fussavaa heyo rahmaiyy lavvaashi.. aameen.. jazakumullah khairan and LY all.. 🙂

  • aish noor

   September 20, 2018 at 9:34 pm

   adhi, cover pic dhuvaskolhakun change vaane, in sha allah.. ehnve noor ithuru photo akah badhalu nukuran kamah mi photo ihah baindhaafa mi iny.. 🙂 e goiyy kihineh vaanee kudhin? kuda dhuvaskolhehge thereyga in sha allah mulhin aa cover pic eh fenidhaane.. hehe.. 🙂

  • ??

   September 20, 2018 at 9:56 pm

   waiting 4 surprise

 3. kokee

  September 20, 2018 at 9:36 pm

  maasha allah..vrh vrh reethi..waiting for next part..ly noor sis

  • aish noor

   September 21, 2018 at 4:52 pm

   jazakillah khairan dear.. 🙂 awww.. <3<3<3<3<3

 4. Someone?

  September 20, 2018 at 9:43 pm

  Yessss. Ma Sha Allah. Varah reethi mi partt vess. Caan’t waiit for the surprise. Noor ah up kureveyy haa avahah up kohdhehcheyyy. I really really love this story. Up vey thw bala balaa indha up vee. Cantt waiittt for the next part.❤ Ly❤☺

  • aish noor

   September 21, 2018 at 4:54 pm

   jazakillah khairan someone dear.. 🙂 hehe.. in sha allah, kuriyah huri bai thah ves noor ah up kureveyhaa avahakah up kureveytho try kuraanan.. 🙂 ehentha? vrh vrh ufaavehje dear thihen bunelyma.. 🙂 hehehe.. awww.. <3<3<3<3<3

 5. liyaa

  September 20, 2018 at 9:53 pm

  mashaa allahu v v reethi

  • aish noor

   September 21, 2018 at 4:55 pm

   jazakillah khairan liyaa dear.. 🙂

 6. Girl ?

  September 20, 2018 at 10:01 pm

  Mi story hama vvv furihama. I think Areef aa Dhaaniyal aa family gulhumeh ovey kanneynge. Hehe this is what I think. Lots of love from me dear.

  • aish noor

   September 21, 2018 at 4:57 pm

   jazakillah khairan dear.. 🙂 hehe.. balamaa dhw.. vrh ufaavehje dear ge idear share kohlyma.. 🙂 aww.. <3<3<3<3<3

 7. Lotus

  September 20, 2018 at 10:04 pm

  Nice.. curiously waiting for the nxt part

  • aish noor

   September 21, 2018 at 4:58 pm

   jazakillah khairan lotus dear.. 🙂

 8. Reen

  September 20, 2018 at 10:07 pm

  Masha allah vvv reethi mi part ves..hama next part ge inthizaaruga mi hury…hope that next part avahah up kohdheyne kamah..❤❤❤

  • aish noor

   September 21, 2018 at 5:00 pm

   jazakillah khairan reen dear.. 🙂 hehe.. up kohdheefa innaanee.. happy? 🙂

 9. Hudher

  September 20, 2018 at 10:23 pm

  Mi part vx v v v v habeys……maasha allah….??

  • aish noor

   September 21, 2018 at 5:01 pm

   jazakillah khairan Hudher dear.. 🙂

 10. aish noor

  September 21, 2018 at 5:02 pm

  jazakillah khairan Hudher dear.. 🙂

Comments are closed.