Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ސޫރަ ތިއޭ -4

Xeesh Level 110 Stories
September 19, 2018 3 Mins Read
7 Comments

ބައްޕަ ނިޔާވުމަށްފަހު ޒާޔާ ދިރިއުޅެމުންދިޔައީ އޭނާގެ ގޭގައި އެކަންޏެވެ. ތިރީ ފަންގިފިލާއާއި ،ފުރަތަމަ ފަންގިފިލާ ކުއްޔަށް ދީފައި ހުރުމުން ޒާޔާގެ ދިރިއުޅުމުގެ ކަންތައްތައް ކުރުމަކަށް ފައިސާގެ ތާށި ނުވިޔަސް މައިންބަފައިން ނުލާ އެކަނި ދިރިއުޅެން ޖެހުނީމައި ގޭތެރޭގައި ދިރުމެއްނެތެވެ. ނަމަވެސް އަތުން ފައިން ކަމެއް ނުކުރުވާ ބޮޑުކޮށްފައިވާ ދަރިއެކޭ ބަލާފައި ޒާޔާގެ އަތްމަތި ހިވާގިވެފައި ސާފްތާހިރެވެ. ގޭތެރޭގެ ކަންތައްތައް ކުރުމާއި ކެއްކުމަކީ މިހާރު އޭނާއަށް އެއްވެސް ކަމެއް ނޫނެވެ. އަމާން އާއި މާނީގެ އެހީތެރިކަމާއި އެކު ޒާޔާ ވަނީ އޭނާގެ ބައްޕަގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އަތުކުރި އޮޅާލާފައެވެ. ކްރިމިނަލް ސައިކޮލޮޖީން ޑިގްރީ ހެދުމަށް އޭނާ ވަނީ އިނގިރޭސިވިލާތުގެ ލަންޑަން ޔުނިވާރސިޓީއަށް އެޕްލައި ކޮށްފައެވެ. ނަމަވެސް ޔުނިވަރސިޓީއަށް އެންޓްރީ ނުލިބެނީސް  ، އަމާން އަދި މާނީ ކައިރީ ބުނާ ހިޔާލެއް އޭނާ އެއް ނުކުރެއެވެ. ފުރަތަމަ ސެމެސްޓަރ އިމްތިހާނަށް ޒާޔާ ތައްޔާރު ވަމުން ދިޔައިރު އެމީހުންގެ ޗުއްޓީވަނީ ލަންކާ އަށް ދިޔުމަށްޓަކައި ޓިކެޓް ނަގައި ހުރިހާ ކަމެއް ހަމަޖައްސާފައެވެ. 10 ދުވަހުގެ ދަތުރެއް ނުވަރައްލީޔާގެ ހިތްގައިމު މާހައުލުގައި ހޭދަކުރަން ހަމަޖެހިފައިވާއިރު މާނީ އާއި ޒާޔާ ވަނީ މާނީގެ މައިންބަފައިން ކައިރިން އެކަމަށް ނަގަން ޖެހޭ ހުއްދަތައް ނަގާފައެވެ. ޒާޔާގެ އާއިލާގެ އިތުރު މީހަކު ނެތުމުން ޒާޔާ ހުއްދަ ނަގާނެ އިތުރު މީހަކު ނެތެވެ. ނަމަވެސް އޭނާ ބަލާބޮޑުކޮށްފައިވަނީ އިސްލާމީ މިންގަނޑު ތެރޭގައި ކަމުން މައިންބަފައިން ހުއްޓަސް ނެތަސް އޭނާ ގަބޫލު ކުރާ އުސޫލްތަކަކަށް ބަދަލެއް ނާދެއެވެ.

އިމްތިހާނަށް ދަސްކުރުމަށްޓަކައި މާނީ ގިނަދުވަހު ހޭދަކުރަނީ ޒާޔާމެން ގޭގައެވެ. އެންމެ ފަހު އިމްތިހާން ކަމުން ދެކުދިންވެސް ކިޔެވުމުގައި މަސްއޫލްވެގެން އުޅުނ އިރު އަމާން އިމްތިހާނަށް ތައްޔާރުވަމުން ދިޔައީ އެކަންޏެވެ. ހަފްތާއެއްހާ ކުރިން އަމާން ވަނީ އޭނާގެ މަންމަގެ ދައުވަތަކަށް ޒާޔާއަށް އެގެއަށް ދިއުމަށް ދައުވަތު ދީފައެވެ. ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައިން ޒާޔާ ކިޔަވަން އިން ފޮތް ލައްޕާލުމަށްފަހު މާނީ ކައިރީ ބުނެލިއެވެ.  “މިރޭ މިއުޅެނީ އަމާންމެންގެ ފެމިލީ އާއި މީޓް ކުރަން ދާން…” ޒާޔާ މަޑު ހިނގުމެއްގައި ގޮސް ކޮޓަރިއަށްވަދެ އަލަމާރި ހުޅުވާލިއެވެ. މާނީ ޒާޔާ ފަހަތުން ކޮޓަރިއަށް ވަނުމަށްފަހު ބުނެލިއެވެ. “އަލަށްތަ ފެމެލީ މީޓިންގް އަކަށް ތި ދަނީ ” ޒާޔާ ބޯޖަހާލަމުން ބުނެލިއެވެ.” ޒާ އަކަށް ނޭނގޭ ކޮން ހެދުމެއްކަމެއްވެސް ލާންވީކީ” . މާނީ އަލަމާރި ތެރެ ކުޑަކޮށް ހަވާލުމަށްފަހު ކޮނޑުގައި އަޅުވާލާފައި އޮތްހުދުކުލައިގެ ހެނދުން ނަގާ ޒާޔާ އަށް ދައްކާލިއެވެ. ” ދިސް އިޒް ޕާރފެކްޓް” ޒާޔާއަށް ވެސް ހުދުކުލައިގެ ކަކުލާ ހަމަޔަށް އަރާ އެ ހެދުން ވަރަށް ކަމުދިޔައެވެ. ރޭގަނޑު އަށެއް ޖެހިއިރު ޒާޔާ ހުރީ ރީތިވެލައިގެން ގޭގެ ދޮރުމައްޗަށް ނިކުމެއެވެ. ހުދުކުލައިގެ ކަކުލާ ހަމައަށް އަރާ ހެދުން ލައިގެން ހުރިއިރު ހެދުމާއި ގުޅޭނޭހެން އަތުގައި ކެވެލި އަޅާފައި ހުއްޓެވެ.ފަން ދިގު އިސްތަށިގަނޑު ނިއުޅުވާލާފައި އޮތް އިރު ނިކުރިމައްޗަށް ކުރުކޮށް ކޮށާފައި އޮތް އިސްތަށި ކޮޅު ވަނީ ވައްޓާލައިފައެވެ. ހެދުމާއި ގުޅޭނޭހެން ރިހި ކުލައިގެ އުސް ފައިވާނަކަށް އަރާފައި ހުރިއިރު އޭނާ ފެންނަ ކޮންމެ މީހަކަށްވެސް ޒާޔާގެ ރީތިކަމަށް ތައުރީފް ކުރާހާވެސް ޗާލެވެ. ރަތް ކުލައިގެ ސައިކަލެއް ދުއްވާލައިފައި އައިސް އަމާން މަޑުކޮށްލީ ހަނދުވަރީ މަންޒިލްގެ ދޮރު މައްޗަށެވެ.  “ވާއު … ޔޫ ލުކް ލައިކް އަ ވިކްޓޯރިއާ ސީކްރެޓް މޮޑެލް ” އަމާން ޒާޔާ އާއި ދިމާލަށް ބަލާލަމުން ތައުރީފު ކޮށްލިއެވެ.  “ސާބަސް އަމާންއަށް ވިކްޓޯރިއާ ސީކްރެޓް އޭ ބުނީމަ ފޫހި … އެއީ ދެން މާ ރީތި ބައެއްތަ… ހުސް ކަށިކޮޅެއްހެން އެމީހުން ހީވާނީ ” ޒާޔާ ތުން އޫކޮށްލަމުން ބުނެލިއެވެ.

ވިންޓަރ ހައުސް ގެ ދޮރުމައްޗަށް ސައިކަލު މަޑުކޮށްލުމުން ޒާޔާ ސައިކަލުން ފައިބާ ގެއާއި ދިމާލަށް ބަލާލިއެވެ. މީގެ ކުރިންވެސް ޒާޔާ މިގޭ ކައިރިން ސައިކަލު ބުރު ޖަހަން ދާއިރު އަމާންގެ ގެ ކަމުގައި ދައްކައެވެ. ނަމަވެސް އެގެއަށް ވަނުމަށް ދައުވަތު ދީފައެއް ނުވެއެވެ. ދިހަ ބުރީގެ އެ އިމާރާތަށް ބަލާލުމަށްފަހު އަމާން ޒާޔާގެ އަތުގައި ހިފާލަމުން ގޭގެ ދޮރާ ދިމާލަށް މިސްރާބުޖެހިއެވެ. ގޭގެ ދޮރުގައި ލޮކް ކޯޑް ޖައްސާލުމަށްފަހު އަމާން ދޮރު ހުޅުވާލިއެވެ. ޒާޔާ އަމާންގެ އަތުގައި ހިފާލިއެވެ. “އަމާން އާރ ޔޫ ޝުއަރ އަބައުޓް ދިސް … އައި އޭމް ޑާން ސްކެއާރޑް” ޒާޔާ ބުނެލި ވާހަކައިން އަމާން ޒާޔާގެ މޫނަށް ބަލާލިއެވެ. “ލެޓްސީ ވަޓް ހެޕަންސް ” އަމާން ވިސްނުމެއްގައި ހުރެފައި ބުނެލިއެވެ. ލިފްޓަށް އެރުމަށްފަހު ދިހަވަނަ ފަންގިފިލާއަށް ދިއުމަށް ލިފްޓް ލެއްޕުނެވެ. ލިފްޓް ތެރޭ އަމާން ޒާޔާ އާއި ދިމާލަށް ބަލާލުމުގެ ބަދަލުގައި ދުރު ބަލަމުން ދިޔައެވެ. ނަމަވެސް ޒާޔާގެ އަތުގައި ހިފައިލައިގެން ހުރުމުން އަމާން ގެ އަތް ދާހިއްލަމުން ދިޔުމުން ކަމަކާއި ހާސްވެފައި ހުރިކަން ނަގައިގަންނާކަށް ޒާޔާއަށް އުނދަގުލެއް ނުވިއެވެ. ދިހަވަނަ ފަންގިފިލާއަށް ލިފްޓް ހުއްޓުމުން ދެމީހުންވެސް ލިފްޓްއިން ފައިބާފައި ދޮރާއި ދިމާލަށް ހިނގައިގަތެވެ. އަމާން ޒާޔަގެ އަތުން ދޫކޮށްލުމަށްފަހު ގޭގެ ބެލް އަޅާލިއެވެ. ގޭގެ ގެންގުޅޭ ނޭޕާލް ނޯކަރު އައިސް ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަންނަށް ދައުވަތު ދިނެވެ. “މެހެކް ކާކުތަ އެ އައީ ؟” ކޮށި ދިވެހި ބަހަކުން އަންހެނެއް ވާހަކަ ދައްކަމުން އައި އަންހެންމީހާއަށ ޒާޔާ ބަލާލިއެވެ. އަމާން އާއި ޒާޔާ ފެނިފައި ކުއްލިއަކަށް އެ އަންހެން މީހާ ހުއްޓުން އެރިއެވެ. ” މާމް .. ” އަމާންގެ ގެ އަޑު ޖެހުމުން އެ އަންހެން މީހާ ދެލޮލަށް ފެން ޖަމާވިއެވެ. ޒާޔައަށް ހުރެވުނީ މި ވަނީ ކީއްކަން ނޭގިފައެވެ. ޒާޔާއަށް އަމާންގެ އާއިލާ އާއި ބެހޭ ގޮތުން ސުވާލު ކުރިޔަސް މާ އެދެވޭ ޖަވާބެއް ނާންނާތީ ޒާޔާ އަމާންގެ ކިބައިނ އާއިލާ އާއި ބޭހޭ ގޮތުން ވާހަކަ ދައްކާނޭ އިރަކަށް މަޑުކޮށްލައިގެން ހުރެވުނީއެވެ. ނަމަވެސް އަމާން ގެ މަންމަ އަކީ ދިވެއްސެއް ނޫންކަންވެސް އަމާން ނުބުނެ ހުރުމުން ޒާޔާގެ ހިތުގައި ޝަކުވާތައް އުތުރި އަރައިގަތެވެ. ” ހާއި އައި އޭމް މޭގަން އަމާންސް މާމް” މޭގަން އައިސް ޒާޔާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ސޯފާގައި އށީނުމަށް ޒާޔާ ކައިރީ ބުނެލުމަށްފަހު އަމާންގެ އަތުގައި ހިފައިގެން އޭނާގެ މަންމަ ކޮޓަރިއަށް ދިޔައެވެ. ޒާޔާ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ސިޓީންގް ރޫމް ގައި 72 އިންޗީގެ ޓީވީ އެއް ބަހައްޓާފައި ހުރިއިރު ގޭގައި ލާފައި ވަނީ ހުދުކުލައެވެ. އެންމެ ފަހުގެ ފަރުމާއަށް ހަދާފައިވާ އަޅި ކުލައިގެ ސޯފާ ސެޓެއް ބަހައްޓާފައި ހުރިއިރު ފާރެއް ފުރާ ފޮޓޯ ފްރޭމްހަރުކުރެވިފައި ހުއްޓެވެ. އަމާން ކޮޓަރިން ބޯ ދިއްކޮށްލުމަށްފަހު ޒާޔާ ކައިރީ އޭނާގެ މަންމަ ކޮޓަރިއަށް އައުމަށް ބުނެލިއެވެ.

-ނުނިމޭ-

 

 

 

Share Article

Follow Me Written By

Xeesh

Level 110 Stories

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ (18)

Next

ރާސްތާ 39

Next
September 19, 2018

ރާސްތާ 39

Previews
September 19, 2018

ބުނާށެ ލޯބި ނުވަނީހޭ (18)

7 Comments!

  1. Xeesh says:
    September 19, 2018 at 3:09 pm

    hope mibaivess hurihaa kudhinah reethivaane kamah .. Sorry lahun upp kohlevuneema..

  2. Ana says:
    September 19, 2018 at 3:16 pm

    Haadha kurukoh !!

  3. Hudher says:
    September 19, 2018 at 3:57 pm

    Its ok xeesh dear….maadha allah mi part vx v v v v v v v nyc…..whn next….next part thankolheh dhigu kolla dhehchey ingey…..luv u ????????

  4. Hudher says:
    September 19, 2018 at 3:57 pm

    *maasha

  5. MIXA?? says:
    September 21, 2018 at 9:12 pm

    Varah reethi mi part ves ????…waitting for the next part…

  6. No name says:
    September 21, 2018 at 9:13 pm

    Varah reethi mi part ves ????…waitting for the next part…

  7. Super girl says:
    September 21, 2018 at 9:14 pm

    ????…waitting for the next part…varah nice mi part ves….

Comments are closed.


All Right Reserved!