ވީމޭ މަ ކައިރީގާ (8)
“ދެޓް… 8 ނިންމާފައައީ ރާއްޖެ.. ބައްޕަ ކޮންމެހެން ބޭނުންވެއްޖެ އަހަރެން ގެންނަން.. ބުނީ ސެޓްފިކެޓް ރަނގަޅު ވާނެއެއް ނޫންހޭ އިންޑިއާއަށްވުރެ..” ދުރަށް އެނބުރުން އައްރާދު މޫނުގައި ކޮންމެވެސް ވަރެއްގެ ރިހުމެއްވިކަން ރުހާނީއަށް ފާހަގަ ކުރެވުނެވެ. އެބުނީ ހަޤީޤަތުގެ ދެބައި ކުޅަ އެއްބައިކަން ރުހާނީއަށް ޔަޤީންވިއެވެ.
“އަމް ސޮރީ..” އައްރާދުގެ މޫނަށް ފިނިވުމުން އައްރާދު އެދިމާލަށް ބަލާލިއެވެ. ރުހާނީގެ އަތް އައްރާދުގެ ކޮލުގައި ޖައްސާލާފައިވާ ގޮތުން އެލޮލުގެ ރީތިކަން ރުހާނީއަށް ފާހަގަ ކުރެވުނެވެ. ކޮލެޖު ކުރިމައްޗަށް ކާރު ހުއްޓާލިއިރުވެސް ރުހާނީ ހުރީ އެހެންނެވެ. ދުރަށްދާން ބޭނުންނުވެފައެވެ.
އައްރާދު ރުހާނީގެ އަތް އޭނާގެ ކޮލާއި ދުރުކޮށްލަމުން ބަލާލިއެވެ. އެބެލުމުގައިވި މަސްތީކަން ރުހާނީއަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އޭނާވެސް ދުރަށްދާކަށް ބޭނުމެއް ނުވެއެވެ. އައްރާދު ކުއްލިއެއް ޖަހާލަމުން ރުހާނި ގެނެސް އޭނާގެ އުނގުމަތީގައި ބަހައްޓާލިއެވެ. އަދި ރުހާނީގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ކައިރިވެލިއެވެ. އެދެމުގައިވި ދުރުމިން ފަހަނައަޅައި ދިޔައީ އެހިސާބުންނެވެ. ރުހާނީގެ އުނަގަނޑުގައި ދެއަތް ވަށާލަމުން އިތުރަށް ބޮޑަށް ކައިރި ކޮއްލަމުން އައްރާދު އަނގައިން އަޑެއް ލައްވާލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އައްެރާދު ރުހާނީ މިނިވަން ކޮއްލިއެެވެ. އޭރު ރުހާނީގެ ތުންފަތިގައި އިހުނަށްވުރެ ރަތްކަން ގަދައެވެ. އައްރާދު އެއް މިޔަކަނުން ހީލަމުން ރުހާނީގެ ކޮލަށާއި ތުންފަތުގެ އެއްބަޔަށް ވާނެހެން ބޮސްދިނެވެ. ކާރުން ފޭބުމުގެ ކުރިން ރުހާނީގެ ބުރުގާ ރީތި ކުރިތަން ފެނުމުން އައްރާދު ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ.
އޮފީހުގައި މަސައްކަތް ފެށިފަހުން ޔަލާ ގުޅާވަރުން އައްރާދު ދޭތެރެއަކުން ފޯނު ނިވާލަން ޖެހެއެވެ. ނަމަވެސް އޭނަގެ މަސައްކަތުގެ ގޮތުން ފޯނު ނިވާލާފައިވެސް ނުބޭއްވެއެވެ. ޔަލާއަކީ އައްރާދު އިންޑިއާއި އުޅުނުއިރު ދިމާވި ކުއްޖެކެވެ. ރާއްޖެއައި ފަހުންވެސް އޭނާއާއި ޔަލާގެ ގުޅުމަކަށް އެއްެވެސް ބަދަލެއް ނާދެއެވެ. އައްރާދު މާލެ ބަދަލުވީ ބައްޕަގެ ނުފޫޒުންެނެވެ. ސުހޭލާ އައްރާދު ރާއްޖެ ފޮނުވީ ރާމިޒު އެންމެފަހުގެ ހަތިޔާރު ބޭނުން ކުރުމުންނެވެ. އައްރާދު މަގުމަތި ކުރާނެ ކަމަކަށް ބުނެ ބިރު ދެއްކުމުން ނުފޮނުވާނީ ކޮން މައެއް ހެއްޔެވެ؟ އެއްވެސް މަޔަކު އޭނާގެ ދަރިއެއް މަގުމަތި ކުރާކަށް ބޭނުމެއް ނުވާނެއެވެ.
ކޮލެޖު ނިންމާލާފައި ނިކުތް ރުހާނީ ބޭނުންވީ މިއަދު ގެއަށް ގޮސްލާފައި ދާށެވެ. މަޑުމަޑުން ހިނގަމުން އައި ރުހާނީ ފަޔަށް ބާރުލުމެއްއައީ އުޑުމަތި ބަނަވާން ފެށުމުންނެވެ. ގޭގޯޅިއަށް އެޅުނު އިރުގައި ކެރި ޖަހަން ފަށައިފިއެވެ. ގެއަށް ވަދެވުނު އިރުގައި ކުޑަކޮށް ވާރޭ ވެހޭތީ ރުހާނީއައީ ހެދުމުގެ މަތީގައި އަތް ފިރުމަމުންނެވެ. ކުޑަކޮށް ތެމިފައި ހުރުމުން އޭނާ އަވަހަށް ވަންނައައި ނަމަވެސް ގޭތެރެ އަޑުގަދަކަމުން ދޮރުކައިރީގައި މަޑުކޮށްލީ އެތެރޭގައި ތިބިމީހުނަށް އޭނާ ނުފެންނާނޭ ހެނެވެ. ރިޔާޒުގެ މޫނުން އެކަނިވެސް އެތެރޭގައި ހުރި މީހާއަކީ އޭނާ ގަޔާ ނުވާ މީހެއްކަން އެނގުނެވެ. އެއަންހެންމީހާ ހުރިގޮތުން ރުހާނީއަކަށް އޭނާގެ މޫނު ފެންނަގޮތެއް ނުވިއެވެ. އެތެރެއަށް ވަންނަން އުޅެފައިވެސް އެތަނުގައި މަޑުކުރީ ހިތުގެ ލަފާލަށެވެ. އެއަންހެންމީހާގެ އޮތީ ދިގުދިގު އިސްތަށިގަނޑެވެ. ރުހާނީއަށް އަމިއްލަ އިސްތަށިގަނޑުމަތިން ހަނދާންވެ ހީލެވުނެވެ. ނޫރު ޝަރޫނާގައި ހިފަހައްޓާލައިގެން ހުރިގޮތުން ކަމެއް ގޯސްކޮށް ވާކަން ރުހާނީގެ ހިތް ބުންޏެވެ. ކުޑަކޮށް ދޮރުމަތީގައި ހުރިއިރުވެސް އޭގެ މީހަކަށް ރުހާނީގެ ހިލަމެއް ނުވެއެވެ. އެއަށްވުރެ ބޮޑަށް އެމީހުންތިބީ ހާސްވެފައެވެ.
“ރަހުމާ ކައިރީގަ ބުނެފަ އޮންނާނީ މިގެއާ ކައިރިވެސް ވެގެން ނުވާނޭ..” ތުރުތުރު އަޅަމުން ދިޔަ ރިޔާޒު ހުރީ ދެންމެ ދެންމެ ރަހުމާގެ ގަޔަށް އަތްލާ ހިސާބުގައެވެ.
“އަހަރެން ނައީމުސް އަހަރެންގެ ދަރިފުޅުގެ ކައިވެނީގައި ބައިވެރި ކުރިނަމައެއް..” ރަހުމާވެސް ހުރީ ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. ރުހާނީގެ ނިތު ރޫތަށް ގިނަވެގެން ދިޔައީ ދަރިފުޅުގެ ކައިވެންޏޭ ބުނީމައެވެ. މިގޭގައި އެމީހާގެ ދަރިއެއް ދިރިއުޅުނު ހަނދާނެއް އޭނާ ނުވެއެވެ.
“ރަހުމާ ދަރިއޭ ބުނަން އެންމެ ފަހަރަކުވެސް އައިންތަ؟” ޝަރޫނާ ކައިރީގައި ހުރި ސޯފާގައި އަތް އަޅުވާލަމުން އެތަނުގައި އިށީނދެއްޖެއެވެ.
“ކީއްވެ އަހަންނަށް ނާދެވުނީ؟ އަހަރެންނަށް މިގެއާއި ކައިރިވިއަސް ކަލޭމެން ޕޮލިހުންނަށް ގުޅާ.. އެންމެ ފުރަތަމަ ދުވަހު ޝަރޫނާވެސް ގޮތް ދޫކޮށްފަ އެފުރުސަތު ދިންނަމަ ދެއަންބަށް…”
“ރަހުމާއާއި އަހަރެންނެއް ނުއިންނާނަން އިންޝާﷲ.. ކަލޭއަކީ އަހަރެންގެ ދިރިއުޅުމުގެ އެންމެ ބޮޑު ގޯސް.. ކަލެއާ ކަލޭގެ ދަރި ރުހާނީ…” އަޑު އިވުނީ ރަނގަޅަށްތޯ ބަލަން ރުހާނީއަށް ދެތިން ފަހަރަކު ކަންފަތުގައި އަތުންވެސް ޖަހާލެވުނެވެ. މިއީ ކުންހީއެކެވެ.
“އަހަރެން އެކަނިތަ ގޯސްކޮށް އުޅުނީ.. ރިޔާޒެއް ނޫންތަ އަހަރެންގެ ބޭނުން ހިފީ.. ރުހާނީގެ އޮތީ ކޮންކޮށެއް.. ރިޔާޒެއް ނޫންތަ އަހަރެންގެ ބޭނުން ހިފީ.. އަދިވެސް އަހަރެންތަ ލަދު ހަޔާތް ކުޑަ ވާންވީ…” ހިތުގައި ޖެހުނު ރަހުމާގެ ލޮލުން ކަރުނައައެވެ. ދެލޯ ބޮޑުވެފައި ހުރި ރުހާނީގެ ކޯތާފަތް ތެމޭހެން ހީވުމުން އަވަހަށް އަތް ޖައްސާލިއެވެ. އޭނާގެ ލޮލުން ކަރުނަ އަންނަން ފެށި އިރެއްވެސް ހުދު ރުހާނީއަށް ނޭނގުނެވެ. ފެންނަމުންދިޔަ ކަންތައް ޤަބޫލު ކުރަން އޭނާ ބޭނުމެއް ނުވިއެވެ.
“ކަލޭ އަހަރެންގެ ދަރީގެ ކަރުގައި ވަޅި ޖެއްސި ހަނދާން އަހަރެން ނުނެތެއޭ..” ރިޔާޒުދެން ބުނި އެއްޗަކުން ރުހާނީގެ ގައިން ހީބިހި ނަގައި ނަގެތެވެ.
‘އެހެންވެ ހެއްޔެވެ؟ ބައްޕަ އަހަރެންދެކެ ރުޅި އަންނަނީ އެހެންވެ ހެއްޔެވެ؟’ އެހެން ހިތަށް އަރަމުންދިޔަ ރުހާނީއަށް މި ރޮވެނީ ކީއްވެ ކަމެއްވެސް އޭނާއަަކަށް ނޭނގުނެވެ.
ދެރަވުމަށްވުރެ ބޮޑަށް އޭނާގެ އެތެރޭގައި ދިޔައީ ރުޅިވެރިކަން ރަސްކަން ކުރަމުންނެވެ. ރިޔާޒުގެ އަމިއްލަ ކުށެއްގައި އޭނާ އެހައި ބާކީވާން ދިމާވާންވީ ކިއްވެ ހެއްޔެވެ؟ އެއީ އިންސާފު ހެއްޔެވެ؟. ކުއްކުރަންވީ އެހެން ބައެކެވެ. ކުރި ކުށުގެ އަދަބު މިލިބެނީ އެެހެން މީހަކަށެވެ.
“އެހެން ހަދަންވެސް ޖެހުނީ ބޭނުން ވެގެނެއް ނޫން.. އަހަރެން ރައްޔުއަށް އެއްވެސް ގޮތެއް ހަދާކަށް ނޫން އުޅުނީ.. ރުހާނީ ހަމައެކަނި މިގޭގަ ބަހައްޓަން ބޭނުންވީ.. އަހަރެން ވަރަށް ބުނިންދޯ އަހަރެންގެ އެފެންވަރު ނެތިގެންނޭ ރުހާނީ ގެނައީ…” ރަހުމާ ކަރު އެލުވާލިއެެވެ. އެއްވެސް އިރެއްގައި އޭނާއަކީ އެހެން ކުދިންނަށް ގޯސްމީހެއް ނޫނެވެ. އެކަމަކު ރިޔާޒުގެ ހިތް ހަރުކަމާއި ރައްޔާނާއި މެދު އޮތް ލޯބި ފެނުމުން އެހެން ހަދަން ރަހުމާއަށް މަޖުބޫރުވީއެވެ. ރުހާނީ ބެލޭނެފަދަ އޭރުގައި އޭނާގެ ނެތެވެ. ކޮންމެ ގޮތެއްވިއަސް އެނޫން އެހެން ގޮތެއް އޮތްނަމަވެސް އޭނާ ރޫހީއެއް ނުދޭނެއެވެ.
“ކަލޭގެ ދަރިއަށް މިއަދުވެސް އަހަރެން މިލްކިއްޔާތިން ޒައްރެއްގެ މިންވަރުވެސް ނުދެން..” ކަރުތެރެ ތަދުވެ ނޭވާލާން އުނދަގޫ ވުމުން ރުހާނީ މޭޔާއި ދިމާލުން ހެނދުން ބޮނޑިކޮއްލަމުން ފުންކޮށް ނޭވާލާން މަސައްކަތް ކުރިއެވެ. ނަމަވެސް ލޮލުންއައި ކަރުނަތައް އިތުރުވުން ކަމެއް ނުވިއެވެ.
“ބައްޕާ..” ދުރުން ރައްޔާން ގޮވާލި އަޑުއިވުމުން އެންމެން ދޮރާއި ދިމާލަށް ބަލާލިއެވެ. ރައްޔާނަށް ފެނުމަށްވުރެ ދޮރުމަތީގައި ޖަހާފައިވާ ބުދެއްހެން ހުރި ރުހާނި ފެނުމުން އެންމެން ކަންބޮޑުވިއެވެ. އެލޮލުން ފައިބަމުން ދިޔަ ކަރުނައިން އެތަނުގައި ދެއްކި ހުރިހާ ވާހަކައެއްހެން އަޑުއިވުނުކަން ހެކިދިނެވެ. ރިޔާޒު މިހުރިހާ ދުވަހު އުޅުނީ ރުހާނީއަށް ހަޤީޤަތް ކިޔައިދީފައި ރަހުމާ ކައިރިއަށް ފޮނުވާ ލެވޭތޯއެވެ. ނަމަވެސް މިއަދު ދަރިފުޅުގެ ލޮލުން އޭނާއަށްޓަކައި ފެންނަމުން ދިޔަ ނަފްރަތުން މެޔަށް ފިނިވެގެން ދިޔައެވެ.
“އަތުގަ އެއްޗެއް ނެތީމަތަ އަޅުގަނޑު މިތަނަށް ގެނައީ..” ރުހާނި ޝަކުވާ ކުރާފަދަ ގޮތަކަށް ރަހުމާއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.
“މިގެއިން އަޅުގަނޑަށް ކާންދިން ލާނެ އެއްޗެހި ދިން އެ އެ..” ގިސްލެވެން ފެށުމުން ވާހަކަ ނުދެއްކުނު ރުހާނީ އަމިއްލަ އަތަށް ބަލާލިއެވެ.
“އެކަމް އަޅުގަނޑު އެންމެންނާއިއެކު ކާކަށް ނޭރޭ.. މިވަރު ވީއިރު އަޅުގަނޑުގެ އަތުގައި ފޯނެއް ނޯވޭ.. އަޅުގަނޑަށް ހެދުމެއް ލިބެނީ އާދޭސް ކުރުމުން.. ނޭނގި ހުއްޓަ ނުވެސް ދަންނަ މިހަކާވެސް އިންނަން ޖެއްސީ އަވަހާއި މިތަނުން ނެރެން ވެގެން.. ދުވަހަކުވެސް ބައްޕަގެ ލޯތްބެއް ނުލިބޭ.. މަންމައަށް އަޅުގަނޑާއި އެއްކޮޅަށް އަރާކަށް ނުކެރޭ.. އަމިއްލަ ދަރިއެއް ނޫންވީމަ އެހެންވެސްވާނެ.. މިގެ ވަށައިގެން ބަލާލަބަ އަޅުގަނޑުގެ އެންމެ ފޮޓޯއެއްވެސް އިންތޯ؟” ޝަކުވާއިން ފުރިގެންވި ނަޒަރަކުން ރުހާނީ ޝަރޫނާއާއި ދިމާލަށް ބަލާލިއެވެ.
“ހަމައެކަނި ލޯބިއެއީ ކޯއްޗެއްކަން އެނގުނީ ދޮންބެގެ ފަރާތުން.. އެމީހާއަށް ވަންޏާ އަޅުގަނޑު ގްރޭޑް 8 ނިމުނީމަ ކިޔަވަންވެސް ނުފޮނުވީސް.. ދޮންބެ އަބަދުވެސް…” ކުރިއަށް ވާހަކަ ނުގެންދެވުމުން ރުހާނީ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ޝަރޫނާއަށް އެމަންޒަރު ފެނުމުން އައިސް ރުހާނީގެ އަތުގައި ހިފާލިއެވެ. ރުހާނީއަށް މުޅިން އެހީކުރެވެނީ ރަނގަޅަކަށް ނޫނެވެ. ޝަރޫނާ އަމިއްލަ ދަރިއަށްވުރެ ބޮޑަށް ލޯބިވީ ރުހާނީދެކެއެވެ. ނަމަވެސް ރުހާނީގެ ހައްޤުތަކުގައި ނުނިކުމެވުން އެއީ އޭނާއަށް ލިބުނު ލަދެކެވެ.
“މިއަދު އެނގިއްޖެ ދޮންބެއަށް އިބްރާހިމް ރައްޔާން ރިޔާޒް ކިޔައިފަ އަޅުގަނޑަށް މަރިޔަން ރުހާނީ ކިޔަނީ ކީއްވެކަން… އާހް..” އަނގަމަތީގައި އަތް އަޅާލި ރުހާނީ ބާރުކޮއްލީ ބޮޑަށް ގިސްލެވިދާނެތީއެވެ. ޝަރޫނާ ރުހާނީގެ ގައިގައި ހިފަހައްޓާލީ ރުހާނީ ތުރުތުރު އަޅަން ފެށުމުންނެވެ.
“ރޫހީ…”
“ރުހާނީ.. މަރިޔަމް ރުހާނީ…” ރިޔާޒްގެ ކުރި މަރާލަމުން ރުހާނީ ބުނެލިއެވެ. މިއަދާއި ހަމައަށް ރުހާނީއަކީ ދުވަހަކުވެސް ރިޔާޒާއި ދިމާލަށް ބާރަށް އެއްޗެއް ބުނި ކުއްޖެއް ނޫނެވެ. ނަމަވެސް އެހިތުގެ އުދާސްތައް މަންމަ ދިން އަހުލާޤަށްވުރެ އެހެން ސިފައެއް ހިޔާރު ކޮށްފިއެވެ. ދުނިޔޭގެ އެންމެ ވޭންދެނިވި އެއްސިފައެވެ. ރުޅިއެވެ. ރައްޔާން އެއްފަރާތުން ރުހާނީގެ އަތުގައި ހިފަހައްޓާލުމުން ރުހާނީ އެއަތް ފޮޅުވާލިއެވެ.
“އެއްޗެއް ނެތިގެން ނުބެލުނިއްޔާ އަޅުގަނޑު މަރުވަންދެން ބެހެއްޓިނަމަ.. މިތަނުގައި އަޅުގަނޑު ބޮޑުވީ ކޮންމެ ދުވަހަކު އެއްފަހަރުހެން މަރުވެގެން… އަޅުގަނޑު އެއްވެސް އިރެއްގަ އެއްވެސް އެއްޗެހިތަކެއް ބޭނުމެއް ނޫނޭ.. ހިތްހަމަ ޖެހޭނެ އެންމެ ފަހަރަކު އެމީހާ ރުހުމުގެ ލޮލުން ބަލާލިއަސް..” ރިޔާޒުއަށް އެމީހާއޭ ކިޔައި ރުހާނީ މުހާތަބު ކުރަން ފެށުމުން ރިޔާޒު ދަރިފުޅުގެ މޫނަށް ބަލާލިއެވެ.
“އިންޝާﷲ ދެން ވައްދަންޏާ އަޅުގަނޑުގެ ފުރާނަނެތް މަސްގަނޑު މިގެއަށް ވައްދާ…” އެހެން ބުނެފައި ވާރޭ ތެރެއަށް ނިކުތް ރުހާނީ ދުއްވައުގަތީއެވެ.
“ރޫހީ…” ބޭއިޙްތިޔާރުގައި ރިޔާޒަށް ރޫހީގެ ފަހަތުން ދުއްވައި ގަނެވިއްޖެއެވެ. ދަރިފުޅު އެބުނި އެއްޗެއް ރެއަކާލީ ކަންނޭނގެއެެވެ. އެއަޑު އިވުނު ޝަރޫނާއަަކަށް ކެތެއް ނުވިއެވެ. ހެއަށް ގޮތްވެގެން ވެއްޓުނީއެވެ. ނަމަވެސް ރުހާނީ އަމިއްލައަށް ގޯހެއް ނުހަދާނެކަން އެއެންމެނަށްވެސް ވިސްނެއެވެ. ހަމައެކަނި ދިރިހުއްޓާ އެގެއަށް ނުވަންނާނޭ ވާހަަކަ ބުނި ނަމަވެސް އެއީ ކުޑަ ވާހަކައެއް ނޫނެވެ.
16 އަހަރު ފަހުން ދަރިފުޅު ފެނުނު ނަމަވެސް އެހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެގެއިން ނިކުމެގެން ތެމީ ފޯވެގެން ދިޔަ ރުހާނީ ގެއަށް ވަތްއިރުގައި އޭނާގެ މުޅި ހަށިގަނޑު ރޫރޫ އަޅައެވެ. ފިނިވެފައި ހުރިވަރަށްވުރެ ބޮޑަށް އޭނާ ހުރީ ރުޅިއައިސްފައެވެ. ބާރުމިނުގައި ސިޑިން އަރައިގެންގޮސް ފާހާނައަށްވަދެ ޕަސްލާފައި ދޮރު ޖަހައިފިއެވެ. އެނދުގައި އޮތް އައްރާދުވެސް އޭނާއަށް ނުފެނުނެވެ. ވިހި ވަރަކަށް މިނެޓް ފަހުން ފެނުނީ ތުވާލި އޮޅާލައިގެން ނިކުތް ތަނެވެ. އެނދުގައި ބޯދަށަށް އަތް ޖަހާލައިގެން އޮތް އައްރާދު ފެނުމުން ރުހާނީ އަވަހާއި އައިސް އަލަމާރީގެ ދޮރުފަޔް ހުޅުވާލަމުން އޭގެގާއި ނިވާވެލިއެވެ. ލަދުގަތް ނަމަވެސް އޭނާ ހަނދާނެ ގޮތެއްވެސް ނޭނގުނެވެ. ރުހާނީގެ ދުޅަވެފައިހުރި ލޯފެނުމުން އައްރާދު ތެދުވެގެން އައިސް ފަހަތުން ހުއްޓެމުން ރުހާނީގެ އަތުގައި ހިފައި އޭނާއާއި ދިމާލަށް އަނބުރާލިއެވެ.
“ރޫހީ… ބޭބީ ވަޓްސް ރޯންގް..” އައްރާދު އެހެން ރަނގަޅަށް ނުބުނެވިގެން އުޅެނިކޮށް އަނެއްކާ ރުހާނީއަށް ރޮވިއްޖެއެވެ. ނަމަވެސް އެހާމެ އަވަހަށް ކަރުނަތައް ފުހެލަމުން ހިނިތުންވެލިއެވެ. ރުހާނީގެ އެމަންޒަރު ފެނުމުން އައްރާދު ރުހާނީގެ ކަނދުރާގައި ފިރުމާލިއެވެ. ލޯމެރުނު ރުހާނީ ފަހަތަށް ފަހަތަށް ގޮސްޖެހުނީ ފާރުގައެވެ. އައްރާދު ރުހާނީ ނަގައި އޭނާގެ އުނަގަނޑާއި ހިސާބަށް އުފުލާލުމުން، ރުހާނީ އޭނާގެ ދެފައި އައްރާދުގެ އުނަގަނޑުގައި ވަށާލިއެވެ. އައްރާދު ރުހާނީގެ ބޮލުގައި ޖަހާލައިފައިވާ ހުޅި ނައްތާލަމުން ރުހާނީ ގެނެސް އެނދުގައި ބޭއްވިއެވެ. އަދި އޭނާ ލައިގެން ހުރި ގަމީސް ގަޔާއި ވަކިކޮށްލަމުން ޓައިލްސް މައްޗަށް އެއްލާލިއެވެ. އައްރާދު ރުހާނީގެ ކަނދުރާގައި ޝަހާދަ އިނގިލި ހާކާލުމުން ރުހާނީ ތިރީ ފުންފަތުގައި ދަތްއަޅާލިއެވެ. އައްރާދު ތިރިވެ ރުހާނީގެ ތުންފަތުގައި ދަތްއަޅާލަމުން އިހުނަށްވުރެ ބޮޑަށް ކައިރިވެލިއެވެ.
“ރާދު…” ރުހާނީގެ އަނގައިން މަޑު އާހެއް ނިކުތެވެ. އަދި ލޯމަރާލަމުން އައްރާދުގެ ބުރަކަށީގައި ރުހާނީ ހިފަހައްޓާލިއެވެ. އައްރާދު މަޑުޖެހިލަމުން ރުހާނީގެ މޫނަށް ބަލާލީ ހުއްދައަށް އެދޭފަދަ ގޮތަކަށެވެ.
“ޔެސް..” ރުހާނީ އެހެން ބުނުމާއެކު އައްރާދު އޭނާގެ ތުންފަތް ރުހާނީގެ ކޮނޑުގައި ހަރަކާތް ކުރަން ފަށައިފިއެވެ. އަންހެން ކުއްޖެއްގެ މައުސޫމުކަމާއި ހުރިހާ އެއްޗެއް އޭނާ ފިރިމީހާއަށް ހަދިޔާކުރާއި ބަދަލުގައި އޭނާ އެއްވެސް އެއްޗެއް ނޭދެއެވެ. ހަމައެކަނި އެދެނީ ފިރިމީހާގެ ލޯތަބާއި އަޅާލުމެވެ. ނިދިފައި އޮތް ރުހާނީގެ މޫނަށް ބަލަން އޮތް އައްރާދުގެ މޫނުން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. ރުހާނީ މިރޭގައި އެހެން މީހަކާއެކު އެއްވެސް ގުޅުމެއް ނުހިންގާކަން އައްރާދަށް ޔަޤީންވިއެވެ. އެނދުން ތެދުވި އައްރާދު ރުހާނީގެ ގައިދަށުގައި އޮތް ބެޑްޝީޓު ނަގަން މަސައްކަތް ކޮއްލިއެވެ. ނަމަވެސް އެކަން ނުވާނެކަން އެނގުމުން އައްރާދު ހުއްޓާލާފައި ރުހާނީގެ މޫނުގައި ފިރުމާލިއެވެ.
ނުނިމޭ
7 Comments
Comments are closed.
komme dhuvahakuves stry kiyan post nukuriyas..this is the best stry.????? iru irukolha beleny up vefa intho. adhi 1 episode up kodhdheeba miadhu. plxxxxxxx plxxxxxxxx plxxxxxxxxx plxxxxxxxxx. ???????
i will try enge 🙂
Vrh reethi❤??
nice ☺?????
Ninnu haadha avahakah thi up kohdheny…….thanks ingey aslu avahah up kohdhey thy vx….anwy stry v v v v v v v v habeys maasha allah…..luv yahh ????????
Hudher bby kbr thah
Sry varah.