Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ދުޢާ 17

hygge Level 510 Stories100 Comments100 Login500 Comments
September 20, 2018 10 Mins Read
31 Comments

އާދައިގެ ވަރަކަށް ހިނގާލައިފައި ދިޔަ ދާނިޔަލް ގޮސް ހުއްޓިލީ އޭނާގެ ގޭ ކުރިމަތީގައެވެ. އާލިމާއާއި އެކު ހޭދަވި އުފާވެރި ވަގުތުކޮޅުތަށް އެތަނެއްގައި ފަސްއެޅި ފޮރުވިފައިވި ގޭ ކުރިމަތީގައެވެ. ތުއްތު އިރުއްސުރެ އުޅެ ބޮޑުވި ގޭ ކުރިމަތީގައެވެ. އެ ގޭ ފެނުމުން ދާނިޔަލްގެ ހިތަށް ތަފާތު އިޙުސާސްތަކެއް ކުރެވެމުން ދިޔައެވެ. ހިތުގެ އެންމެ ފުނާ ހަމައަށް ފުން އަސަރުތަކެއް ކުރަމުން ދިޔައެވެ. ގެޔަށް ޖެހިފައިވާ ލޯތްބެއްގެ ސަބަބުން ނުވަތަ މައިންބަފައިން މަތިން ހަނދާން ވުމުން ކަމަށްވެސް ވެދާނެއެވެ. ކޮންމެޔަކަސް ތަޅުދަނޑިން ދޮރާށި ހުޅުވާލުމަށްފަހު އެތެރެއަށް ދާނިޔަލް ވަނެވެ. ނަމަވެސް ކުރިޔަށް އިތުރަށް އެންމެ ފިޔަވަލެއްވެސް ނާޅާ ދާނިޔަލްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

ހުއްޓުން އަރައިފައި ހުރި ދާނިޔަލްއަށް ފައި ގުޑުވާ ނުލެވުނު ތާނގައި އަތުންވެސް ހަރަކާތެއް ނުކޮށްލެވުނެވެ. ގަބު އަރައިފައި ހުރެވުނީއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އޭނާގެ މަންމަ އެޔޮށް ސާފުކޮށްގެން ވެލިގަނޑު ރީތިކޮށް ގެންގުޅުނު ގޭ މިއޮތީ ވާވެފައެވެ. ވިނަތަށް ފަޅާ ޖަންގައްޔަކަށް ބަދަލުވެފައެވެ. ބައެއް ވިނަތަށް ދާނިޔަލްގެ އިސްކޮޅާއި ހަމައަށް ހުރި އިރު ގޭ ތެރެއަށް ވަނުން ވާނީ ނާދިރު ކަމަކަށެވެ. ވިނަ ތަށް ކަފި ކޮށްގެން އެތެރެއަށް ވަދެވޭ ވަރަށްވުރެ ވިނަގަނޑު ވަނީ ބޯވެފައެވެ.

ގޭގެ ދޮރު ލައްޕާލައިފައި ހުރި އިރު ގޭގެ ބައެއް ތަންތަން ވަނީ ވީރާނާވެފައެވެ. ގޭގެ ދޮރު ކައިރީ ބަހައްޓައިފައި ހުރި އުނދޯލިވެސް ވަނީ އެއްފަރާތުގެ ވާގަނޑު ކެނޑިގެން އެލިފައެވެ. އޭތި ނުވެއްޓި ހުރީ އޭގެ އެއްފަރާތް ބިމުގައި ޖެހި ހަރުލައިފައި ހުރުމުންނެވެ. ބޯ ވިނަގަނޑު ތެރެއިން ކުދި ސޫފި ގޮވާއަޑު އިވެއެވެ. ޚިޔާލީ ދުނިޔޭގައި އުދުހެމުން ދިޔަ ދާނިޔަލް ހަމަ ބިމަށް އާދެވުނީ ފަޔަށް އެއްޗެއް އަރާހެން ހީވުމުންނެވެ. ސިހިފައި ފައިދަށް ބަލައިލި ދާނިޔަލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

އޭނާގެ ފަޔަށް އަރަމުން ދިޔަ ބިޗޫ ފެނި އަވަސް އަވަހަށް ދާނިޔަލް އަށް ފައި ތަޅުވާލެވުނެވެ. އޭނާގެ ނަސީބު ރަނގަޅުކަމުން އެހިނދު އެ ބިޗޫ ދާނިޔަލްގެ ފައިން ވެއްޓުނެވެ. އެޔަށްފަހު އަނެއްކާވެސް ދާނިޔަލް އިސް އުފުލާލައި ކުރިމައްޗަށް ބަލައިލިއެވެ. ތަން އޮތް ޙާލަތުން ދާނިޔަލްގެ ހިތަށް ނުހަނު ފުން އަސަރެއް ކުރުވިއެވެ. އަށް އަހަރު ފާއިތުވެގެން ދާއިރު އެގެއަށް މިފަދަ ހާލެއް މެދުވެރި ވެދާނެއެވެ. ދާނިޔަލްގެ ހުރިހާ ހަނދާނެއް އެތަނަކާއިއެކު ވީ ގެއަށް އެހާލު ޖެހިފައި ހުރުމުން އެކަން ވެގެން ދިޔައީ އޭނާގެ ހިތަށް ނުހަނު އުނދަގޫ ކުރުވި ކަމަކަށެވެ. ދާނިޔަލްގެ ދޮން މޫނުމަތިން މާޔޫސްކަން ފާޅުވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އިތުރަށް އެތާ ކެތްނުވުމުން ދާނިޔަލް އަވަހަށް ގޭގެ ދޮރޯށި ހުޅުވާލުމަށްފަހު ގެއިން ނިކުތެވެ.

ކަރު އެލުވާލައިގެން ގެޔަށް ދިއުމަށްޓަކައި ހިނގާލައިފައި ދިޔަ ދާނިޔަލްގެ ވިސްނުން ގުޅިފައިވަނީ އަދިވެސް އެ ގެއަށެވެ. އެ ގެއަކީ ކޮންމެ ޙާލަތެއްގައި ހުރި ނަމަވެސް އޭނާގެ ހަނދާނުން ފިލައިގެން ދާނެ ގެއެއް ނޫނެވެ. ކޮންމެޔަކަސް ކަން ދިމާވި ގޮތުން ކެތްތެރިވެލަމުން އޭނާ ކުރިޔަށް ދިޔައެވެ.

އާ ދުވަހަކަށް އިރު އަރައިފިއެވެ. ދާނިޔަލްވެސް ފަތިސް ނަމާދުކޮށް ނިންމުމަށްފަހު މާލެ ވަށާ ބުރެއް ޖަހާލައިފައި އައިސް ގެއަށް ވަނެވެ. އެޔަށްފަހު ސޯފާގައި އިށީނދެލީ ހޫނުވެފައި ހުރުމުން ހޫނު މަޑުކޮށްލުމަށެވެ. ގޭތެރެއަށް ވެރިވެފައިވީ ހަމަ ހިމޭންކަމުން އޭނާއަށް ކޮންމެވެސް ވަރަކަށް އުނދަގޫވިއެވެ. އެހެން ކަމުން ޓީވީ ރިމޯޓު ނެގުމަށްފަހު ޓީވީ ހުޅުވާލިއެވެ. އަދި ޗެނަލްތަށް ބަދަލު ކުރަމުން ގޮސް ހުއްޓާލީ ޕީސް ޓީވީއަށެވެ. އެއިރު ދުނިޔޭގެ ނަން މަޝްހުރު ޝެއިޚެއް ދަނީ އެތަށް ހާސް މީހުނެއްގެ ކުރިމަތީގައި ދަރުހެއް ދެމުންނެވެ.

ދާނިޔަލްވެސް މަޑުމައިތިރި ކަމާއެކު އިނީ ދަރުސް އަޑުއަހަންށެވެ. އެއީ އޭނާ ތުއްތުއިރުއްސުރެ ލޯބިކުރާ ކަމެކެވެ. އެކަމުގެ ސަބަބުން އޭނާއަށް އެތަކެއް ފައިދާތަށްވެސް ލިބެއެވެ. ކުރެވޭ ގޯސް ކުއްތަށް ރަނގަޅު ކުރުމަށް ބާރުލިބެއެވެ. އަދި ރަނގަޅު ކަންތަކާއި ނުބައި ކަންތަށް ދަސްވެގެން ދާއިރު ދީނި އެކި ކަންކަމުގެ ޙުކުމްތަށް އިނގެއެވެ. އޭގެ އިތުރަށް ދީނި ގޮތުން ކުރިން ނޭނގޭ މުޅިން އާ މަޢުލޫމާތުވެސް އިނގިގެން ދެއެވެ. ޝައުޤުވެރިކަމާއެކު ދަރުސް އަޑުއަހަން އިން ދާނިޔަލް އިނީ ޓިވީތެރެއަށް ގޮސް ހުސްވެފައެވެ.

***

“ހަލޯ މަންމާ.. މަންމަ ރަނގަޅުތަ؟” ސޯފާގައި އިށީންދެ އިން ޝަޒިއްޔާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވީ އާލާގެ ކޯލެއް އައުމުންނެވެ. ލަހެއް ފަހެއް ނުކޮށް އޭނާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިތަނުން އާލާ އޭނާގާތުން ޙާލު އަހުވާލު އޮޅުން ފިލުވިއެވެ. ޝަޒިއްޔާވެސް އުފާވެ ހުރެ އޭނާ ގާތު ވާހަކަ ދައްކަމުން ދިޔައެވެ.

“މޭމް.. ކޮފީ..” ޝަޒިއްޔާ ވާހަކަ ދައްކަމުން ދަނިކޮށް އެތަނަށް އައީ ގޭގެ ޚާދިމެކެވެ. އެ އަންހެން ކުއްޖާގެ މޫނުމަތިން ފެންނަނީ މައުސޫމް ކަމެވެ. އޭނާ އަދަބުވެރިކަމާއެކު ޝަޒިއްޔާ އާއި ވާހަކަ ދެއްކިއެވެ. އެވަގުތު ޝަޒިއްޔާ ފޯނުގައި އިނދެގެން އެ ކޮފީތަށި ނަގަން އުޅުނެވެ. އެއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ހުރި ސީދަލަށް ކުރިމައްޗަށެވެ.

އޭގެ ދެވަނަ ސިކުންތުގައި ދެންވީ ކަމަކުން އެތާ ހުރި އަންހެން ކުއްޖާވެސް ބިރުން ތުރުތުރުއަޅައިގަތެވެ. ޝަޒިއްޔާ ކުއްލިޔަކަށް ސޯފާއިން ތެދުވި އިރު އޭނާގެ ދެލޯ އަނގުރު އަލިފާން ކޮޅެކޭ އެއްވަރެވެ. “ބަލައިގެން ކަމެއްވެސް ކުރަން ނޭނގެނީތަ؟” ޝަޒިއްޔާ އަޑުގެ ނެތްތަނަށް ހަޅޭތްލަވައިގަތެވެ. އެހިނދު އަންހެން ކުއްޖާ ނުހަނު ބޮޑަށް ސިއްސައިގެން ދިޔައިރު ލޮލުން ކަރުނަވެސް ހިލިއްޖެއެވެ.

“ނޭނގޭތަ ގަޔަށް ހޫނު ކޮފީ ވެރުނީމަ މަށަށްވެސް ހޫނުވާނެކަމެއް؟ ކަންތައް ކުރަން ނޭނގެންޏާ ނުކުރީމަ ވީނު..” ޝަޒިއްޔާ އަނެއްކާވެސް އެކުއްޖާއާއި ދިމާލަށް ހަޅޭތް ލަވައިގަތެވެ. އެވަގުތު އައިޝްވާރިޔާގެ އިތުރުން އަދިވެސް އެގޭގައި އުޅޭ ދެތިން ޚާދިމަކު ސިޓިންގް ރޫމަށް އައީ ޝަޒިއްޔާގެ ބާރު އަޑު އިވިގެންނެވެ.

“މަންމާ.. ކިހިނެތް ވީތަ؟” ޝަޒިއްޔާ ފޯނު ކަނޑާނުލައި ހުރުމުން އާލާއަށް އޭނާ ދައްކަމުން ދިޔަ ވާހަކަތައް އަޑު އިވުނެވެ. އެއިރު ޝަޒިއްޔާއަށް އޮޅިގެން ލައުޑް ސްޕީކަރަށް ލެވިފައި ވުމުން އާލާ ދައްކާ ވާހަކަވެސް އިވެމުން ދެއެވެ. ނަމަވެސް ޝަޒިއްޔާއަށް އެ އަޑު އިވުނުހެނެއް ހިއެއް ނުވެއެވެ.

“އެކަމަކު މޭމް.. އަޅުގަނޑު ހުރީ ހަމައެކަނި ހިފަހައްޓައިގެން.. މޭމެ އޭތި ނަގަ..” އަންހެން ކުއްޖާ ބިރުން ހުރި ނަމަވެސް އޭނާގެ ދިފާއުގައި ވާހަކަ ދައްކަން ފެށިއެވެ. “ދެން ތިބުނަނީ މަގޭ ކުށެކޭތަ މީ؟ އޭނ؟ ކަލޭ ޖެހޭނެ ދޯ މަ އެ ނަގަން އުޅޭއިރު އެޔަށް ސަމާލުވެ ހުންނަން.. އަޑުއަހާ.. މަގޭ ކުރިމަތީ ޒުވާބުކުރަން ނަހަދައްޗޭ.. ހީކުރީ މަގޭ ކުރިމަތީ އަމިއްލަ ކުށް ފޮރުވައިފަ ޒުވާބު ކޮށްގެން މައްސަލަ ހައްލުކުރެވޭނެ ކަމަށްތަ؟ އެހެން ވިއްޔާ ތި ހީވީ މުޅިން ނުބައިކޮށް.. ތިހުރީ ވަޒީފާއިން ވަކި ކޮށްފަ.. ހަމަ މިހާރު މިގެއިން ނިކުމެގެން ދޭ..” ޝަޒިއްޔާ އިހުނަށްވުރެ ބާރަށް ހަޅޭތް ލަވައިގަތެވެ. އެވަގުތު އެ އަންހެން ކުއްޖާއަށް ހަމަ ރަނގަޅަށްވެސް ރޮވުނެވެ. ހަމަ އެއާއެކު ދެން ތިބި ޚާދިމުންނަށްވެސް ސިހުމާއެކު ބިރުވެރިކަން ވެރިވެގެން ދިޔައެވެ.

އެވަގުތު ވީ އަރީފްއަށްވެސް ތިރިއަށް އާދެވުނު ވަގުތަށެވެ. “ނޫން.. އެކަކުވެސް ވަޒީފާއިން ވަތްކެއް ނުވާނެ.. އަދި އެކަކުވެސް މިގެއިން ނިކުމެގެން ނުދާނެ.. ފުރަތަމަ ކަންތައް ވީ ގޮތް އަހަންނަށް ކިޔައިދީ.. ޝަޒިއްޔާ ތި ރުޅި ކޮންޓްރޯލް ކުރަން ދަސްކޮށްބަލަ.. ހަމަ ކަމެއް ވާއިރަށް ދެން ހުންނަ މީހާއަށް ހުރިހާ ރުޅިއެއް ބޭލުމަކުން މައްސަލަ ޙައްލެއް ނުވާނޭ.. ޝަޒިއްޔާ އެއް ފަހަރުވެސް ވިސްނާލަބަލަ.. ހެޔޮނުވާނެ..” އަރީފް ބެލީ ވީވަރަކުން ޝަޒިއްޔާއަށް ވިސްނައިދެވޭތޯއެވެ.

“އަރީފްއަށްވެސް އަބަދުވެސް ގޯސްވާނީ މަ.. ބަލަ އޭނާ ހޫނު ކޮފީތަށްޓޭ މަގޭ ގަޔަށް ވަރާލީ..” ޝަޒިއްޔާ ރުޅި އައިސްފައި އެ އަންހެން ކުއްޖާއަށް ކަޅިއެއް އެއްލަމުން ބުނެލިއެވެ. ހީވަނީ އައިސް ހުރި ރުޅިން އެ ކުއްޖާ ފިއްސާލަފާނެހެންނެވެ. “އާދޭ މަށާއެކީ.. މިތާ ހުންނަން ވެއްޖިއްޔާ ހައްތަހާ މައްސަލަ ބޮޑުވާނީ..” އަރީފް ޝަޒިއްޔާ ގޮވައިގެން ދަމުން އެ ކުއްޖާއަށް ބަލައިލުމަށްފަހު ބޯ ޖަހާލީ ހުރިހާކަމެއްވެސް ރަނގަޅުވާނޭ ބުނާ ފަދައަކުންނެވެ. އެޔަށްފަހު އޭނާ އައިޝްވަރިޔާއަށް އިޝާރާތް ކުރީ އެ ކުއްޖާ ހަމަޖެއްސުމަށެވެ.

ޝަޒިއްޔާ ގެންގުޅޭ ކުޑަކުދިންގެ ގޮތްގަނޑުން އަރީފް ހުންނަނީ މިހާރު އަބަދު ބޯގޮވައިފައެވެ. އެއްވެސް ކަމެއްގައި އޭނާއަށް އޭނާގެ ކުށެއް ނުފެނެއެވެ. އަބަދުވެސް ކުށްވެރިވާނީ އަނެކާއެވެ. ބަލި ގަބޫލުކޮށްގެންވެސް ނުވެއެވެ. އަރީފް އެހުރިހާ ނަސޭހަތެއް ދިން އިރު ހަމަ ކޮންމެ ފަހަރަކުވެސް އެކަން ވަނީ ފޫނެއް ފަޔަށް ފެންފުރުން ފަދަ ކަމަކަށެވެ.

ދަރުސް ނިމުމުން ކޮފީތަށްޓެއް ބޯލަން ސޯފާއިން ތެދުވި ދާނިޔަލް ފަހަތަށް އެނބުރިލީ ސޯފާގައި އޮތް އޭނާގެ ފޯނު ރިންގް ވީ އަޑަށެވެ. އޭނާގެ ދެބުމަ ގާތްވެގެން ދިޔައީ ފޯނަށް އަރައިފައި އިން ލޭންޑްލައިން ނަންބަރ ފެނިފައެވެ. ގަޑިން އަދި ކިރިޔާ ގާތް ގަނޑަކަށް ނުވައެއް ޖެހީއެވެ. މިވަގުތު އޭނާއަށް އެ ގުޅާނީ ކޮންތާކުން ބާވައެވެ؟

ދާނިޔަލް ދެޚިޔާލެއް މަތީ ހުރުމަށްފަހު ފޯނު ނެގިއެވެ. އެއަށްފަހު ވާހަކަ ދައްކާލިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފެނިގެން ދިޔައީ އޭނާގެ މުނުމަތި އުޖާލާވިތަނެވެ. މޫނުމަތި ފުހެލި އިރު އޭނާގެ ތުންފަތަށް ވެރިވެފައިވަނީ އުފާވެރި ހިނިތުންވުމެކެވެ. ލޮލަށް ޖަމާވެފައިވަނީ އުފާވެރިކަމުގެ ކަރުނައެވެ. “އަލްޙަމްދުލިއްލާހް..” ދާނިޔަލްގެ ދެތުންފަތް ދޭތެރެއިން ނިކުތްހާވެސް ބަހަކީ އެއީއެވެ.

ޝަޒިއްޔާގެ ރުޅި މަޑުކުރުމަށާއި އޭނާއަށް ވިސްނައިދެވޭތޯ އެތަކެއް ވާހަކަތަކެއް ދައްކަމުން ދިޔަ އަރީފް ޝަޒިއްޔާއާއި ދުރަށް ޖެހިލީ އޭނާއަށް ފޯނެއް އައުމުންނެވެ. ދާނިޔަލްގެ ފޯނު ކޯލަކަށްވުމުން އަރީފް ބެލްކަންޏަށް ނިކުތެވެ. އެހެން ނޫނީ ޝަޒިއްޔާގެ ރުޅިގަނޑު އަނެއްކާ އިތުރުވުން ނޫން ކަމެއް ނުވާނެއެވެ. އެހެން ވެއްޖެނަމަ އަރީފް މިރޭ ނިދަން ކޮޓަރީގައި ބާއްވާނެކަމެއްވެސް އިނގެނީއެއް ނޫނެވެ. ޝަޒިއްޔާގެ އެޔޮށް އަންނަ ވަރުގަދަ ރުޅިގަނޑެކެވެ.

“އައްސަލާމް ޢަލައިކުމް..” އަރީފް ފޯނު ނެގިތަނުން ދާނިޔަލް އަވަސް އަވަހަށް އިސްލާމީ ރިވެތި ސަލާމުން ސަލާމް ގޮވާލިއެވެ. އެހިނދު އަރީފްވެސް ހިނިތުންވުމަކާއެކު ސަލާމް ބަލައިގަތެވެ. ދެން ދާނިޔަލް ދިން ޚަބަރަކުން އަރީފްގެ މޫނުމަތިވެސް އުޖާލާވީ ހަމަ ދާނިޔަލްގެ މޫނުމަތިވެސް އުޖާލާވީ ފަދައިންނެވެ. “އަލްޙަމްދުލިއްލާހް.. މަރުޙަބާ ދާނިޔަލް.. ބޭބެ މިއަދު ވަރަށް ވަރަށް އުފާވެއްޖެ.. ދާނިޔަލް ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން މިއަދު ތިހެދުނީ ޙަޤީގަތަކަށް.. ދާނިޔަލްގެ މަންމައާއި ބައްފަވެސް ދާނިޔަލްއާއި މެދު ދެކެމުން އައި އުންމީދުތަކުގައި ޙަޤީޤީ ކުލަ ތި ޖައްސައިދިނީ.. މަރުޙަބާ ދާނިޔަލް.. މަރުޙަބާ..” އަރީފް ދާނިޔަލްއަށް މަރުޙަބާގެ ބަސްތަށް އޮއްސަމުން ދިޔައެވެ. އަދި ދާނިޔަލް ކުރި ހިތްވަރަށް ތައުރީފުގެ ބަސްތަށް އަމުނަމުން ދިޔައެވެ.

އަރީފްއާއި ވާހަކަ ދެއްކުމަށްފަހު ފޯނު ކަނޑާލި ދާނިޔަލްގެ ތުންފަތުގައި އަދިވެސް ވަނީ އުފާވެރިކަމެވެ. އޭނާ އެހުރިގޮތަށް ހުރެ ބެލްކަންޏަށް ނިކުތެވެ. އެޔަށްފަހު މުޅި މާޙައުލަށް ނަޒަރު ހިންގާލިއެވެ. އަދި ދެލޯ މަރާ ފުން ކޮށް އެތެރެ ހައްޓަށް ނޭވާއެއް ނެގިއެވެ. އަދި އެ ނޭވާ އޭގެ ދެވަނަ ސިކުންތުގައި ދޫކޮށްލިއެވެ. އެތަކެއް އަޑިގުޑަށްތަކަކަށްފަހު މިއަދު އޭނާއަށް އެވަނީ ނުހަނު ބޮޑު ނިޢުމަތެއް މާތް ﷲ މިންވަރު ކުރައްވާފައެވެ. ނުހަނު ބޮޑު ކާމިޔާބީއެއް ދާނިޔަލްއަށް އެވަނީނލިބިފައެވެ. އޭނާ ހިތާހިތުން ﷲއަށް ޝުކުރުވެރިވަމުން ދިޔައެވެ. ކުރިމަތިވި ހުރިހާ ހުރަސްތަކެއް ހަނދާން ނައްތާލުމަށްފަހުއެވެ.

ދާނިޔަލް އޭނާގެ ޖީބުން ފޯނު ނެގުމަށްފަހު އަވަސް އަވަހަށް ވައިފައި ޖައްސާލިއެވެ. އަދި ވައިބަރ ނެގުމަށްފަހު އޭގެއިން ސައިފް ގެ ނަން ހޯދައިފައި ސައިފް އަށް ގުޅާލިއެވެ. ވޭތުވެ ދިޔަ އަށް އަހަރު ދުވަހު ދާނިޔަލްއަށް ލިބުނު ހުރިހާ ހިތާމައަކާއި އުފަލެއްގައިވެސް ސައިފް ވަނީ ބައިވެރިވެފައެވެ. އެހެން ކަމުން ދާނިޔަލްއަށް ސައިފްއާއި ދޭތެރޭ ދެކެވެނީ ބޭބެއެއް ގޮތުގައެވެ. އެދެމެދުގައި އުފެދިފައިވާ އެކުވެރިކަން އެހާވެސް ވަރުގަދައެވެ.

ގޭގެ ބޮޑު ސިޓިންގް ރޫމުގައި ހުރި ސޯފާގައި ސައިފް އިށީނދެގެން އިން އިރު އޭނާގެ އުނގުގައި ލޯބި ލޯބި ކުޑަ އަންހެން ކުއްޖެއް އިނެވެ. ދޮން ހަންގަނޑެއްގެ ވެރި އެ ކުއްޖާގެ އިސްތަށިގަނޑު ކޮނޑާއި ހަމައަށް އަރާއިރު އޭނާގެ އިސްތަށިގަނޑުގައިވަނީ މަޑު މުށިކުލައެކެވެ. އެއީ ސައިފްގެ އިސްތަށިގަނޑުގައިވެސް ހުންނަ ކުލައެވެ. އެ ކުއްޖާގެ ލޮލުގެ ކަޅި ނޫކުލައިގައި ހުރި އިރު ލޯބިކަމުން ބަލާފޫހިނުވާނެއެވެ.

އެ ކުޑަ ކުއްޖާ އޭނާއަށް ކިޔޭ ގޮތަކަށް ސައިފްއާއި ވާހަކަދައްކަމުން ދިޔައެވެ. އެވަގުތު އެތަނަށް އައީ ކަޅުކުލައިގެ އަބާޔާއެއް ލައިފައި ހުރި އަންހެނެކެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލައިފައި ވާއިރު އޭނާ ހުރިގޮތުން އެއައީ ކޮންމެވެސް މަސައްކަތެއް ކޮށްފައިކަން އިނގެއެވެ. “އާދޭ ދަރިފުޅު ދެން.. މިހާރު މިކުއްޖާ ފެންވަރުވަން ވައްދަން އުޅެ އުޅެ ވަރުބަލިވެއްޖެ.. ސައިފްވެސް ދެން އޭނާ ދޫކޮށްލާ..” ރަޝިޔާގެ ބަހުން އެ ޒުވާނާ ސައިފްއާއި މުޚާތަބުކޮށް ބުންޏެވެ.

އެއީ ސައިފްގެ އަންހެނުން މަރިޔަމް އެވެ. އޭނާގެ އުނގުގައި އިނީ އެ ދެމީހުންގެ އުމުރުން ދެ އަހަރަށްދާ ދަރިފުޅު ޒައިނަބް އެވެ. ސައިފްވެސް ހިނިގަނޑެއް ޖަހާލުމަށްފަހު ޒައިނަބްގެ އިސްތަށިގަނޑު ހާވާލައިފައި އުރާލައިގެން ގޮސް މަރިޔަމްއަތަށް ޒައިނަބް ދިނެވެ.

އެވަގުތު ސައިފްގެ ސަމާލުކަން ދަމައިގަތީ އޭނާގެ ޖީބުގައި އޮވެ ރިންގުވާން ފެށި ފޯނެވެ. ޖީބުން ފޯނު ނަގައި ސްކްރީން ބަލައިލި ވަގުތު އުފާވެރި ހިނިތުންވުމެއް އޭނާގެ މޫނުމައްޗަށް ވެރިވިއެވެ. މަރިޔަމް ސުވާލުކުރުމުން އޭނާ ފޯނުގެ ސްކްރީން ދައްކާލުމަށްފަހު އަވަސްއަވަހަށް ފޯނު ނެގިއެވެ. “އައްސަލާމް ޢަލައިކުމް.. ކޮބާ ޙާލު ކިހިނެތް؟ ޤައުމަށް ދެވުނީމަ ޚަބަރެއްވެސް ނުވޭ..” ސައިފް ސަމާސާ ކޮށްލަމުން ވާހަކަ ދައްކަންފެށީ ސާފު ދިވެހި ބަހުންނެވެ. ދާނިޔަލް ރަޝިޔާގައި އެގޭގައި ހުރި އަށް އަހަރު ދުވަހުގެ ތެރޭގައި ވަނީ ސައިފްއަށް ކުށަކާއި ނުލައި ވާހަކަ ދައްކަން އިނގޭ ވަރަށް ދިވެހި ބަހުންވާހަކަ ދައްކަން ދަސްކޮށްދީފައެވެ. މަރިޔަމްވެސް ވަނީ ދިވެހި ބަހުން ވާހަކަ ދައްކަން ދަސްކޮށްފައެވެ.

ސައިފް އުފާވެރިކަމާއެކު ވާހަކަ ދައްކަމުން ދިޔައީ ދާނިޔަލް އާއިއެވެ. “އަދި ހަމަ އެއްކޮށް ހަމަޔަކަށް ނޭޅިގެން އުޅޭތީވެ ގުޅާ ނުލެވުނީއޭ.. ހެހެ.. ކޮބާ ކަންތައްތަށް ކިހިނެތް؟ ކޮބާތަ ޒައިނަބް؟ ފަހުން ދާން ވިޑިއޯ ކޯލްއެއް ކުރާނަން އިނގޭ ޒައިނަބް އާއި ވާހަކަ ދައްކާލަން.. އެ ކުއްޖާފުޅު ނުފެންނާތީ ވަރަށް ހަނދާންވޭ.. މިހާރު ދާންގެ ބުރަކަށްޓަށް އަރައިގެން އިސްތަށިގަނޑަށް ދަމާނެ ކުއްޖެއްވެސް ނެތް ވިއްޔާ..” ދާނިޔަލް ހިނިގަނޑެއް ޖަހާލައިފައި ބުނެލިއެވެ. ސައިފް އޭނާގެ ފޯނު ލައުޑް ސްޕީކަރަށް ލައިފައި ވުމުން މަރިޔަމްއަށްވެސް ދާނިޔަލް ދައްކަމުން ދިޔަ ވާހަކަތަށް އަޑުއިވެމުން ދިޔައެވެ. ނަމަވެސް އޭނާ އެއްވެސް އެއްޗެކޭ ނުއެއް ބުނެއެވެ. ހިނިތުންވެލައިގެން ހުރީއެވެ.

“ސައިފް.. އަލްޙަމްދުލިއްލާހް.. ދާންއަށް ވަޒީފާ ހަމަޖެހިއްޖެ… ދެންމެއަކު ގުޅީ ހޮސްޕިޓަލުން.. ގުޅައިފަ ބުނީ މާދަން ނިކުންނަން..” ދާނިޔަލް އުފަލުން ހުރެ ބުނެލިއެވެ. އެވަގުތު ސައިފްގެ ދެލޯ ބޮޑުވެ އަނގަވެސް ކޮންމެވެސް ވަރަކަށް ހުޅުވުނެވެ. އޭނާ އަށްވެސް ލިބުނު އުފާވެރިކަން ބަޔާންކުރަންވެސް ދައްޗެވެ. ދާނިޔަލް ޑޮކްޓަރަކަށް ވާހިތްވީ މިންވަރު ސައިފްއަށް އޮޅިފަކާ ނުވެއެވެ. އަށް އަހަރު ދުވަސް އެއްކޮށް ހޭދަކުރި އިރު ދާނިޔަލްއާއި ގުޅޭގޮތުން ސައިފްއަށް ނޭނގޭ އެއްޗެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއވެ.

“މަރުޙަބާ ދާނިޔަލް.. ވަރަށް ވަރަށް އުފާވެއްޖެ.. ޒައި.. ދާން ބޭބެ ކައިރީ ބުނެލަބަލަ ކޮންގްރެޓްސް އޭ..” ސައިފް ވާހަކަ ދައްކަމުން ގޮސް ޒައިނަބް އަށް ބުނެލިއެވެ. ޒައިނަބް އަށްވެސް މިހާރު ދިވެހިން ވާހަކަ ދެއްކީމަ އެ ބުނާ އެއްޗެއް ފަހުމްވެއެވެ. ނަމަވެސް އޭނާއަށް ބުނަން އިނގެނީ ދިވެހިން މަދު ބަހެކެވެ. “ކޮންގްލެޓްސް ދާންބެ..” ޒައިނަބް އޭނާގެ ޅަ އަޑުން ބުނެލީ ނުހަނު އުފާވެ ހުރެއެވެ. އެވަގުތު ދެން އިވިގެން ދިޔައީ ދާނިޔަލްގެ ހިނިގަނޑުގެ އަޑެވެ.

ގޭގެ ބެލްކަނީގައި ސައިފްއަށް ގުޅައިގެން ވާހަކަ ދައްކަން ހުރި ދާނިޔަލްގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ޒައިނަބް އާއި ވާހަކަ ދެއްކުމުން އޭނާއަށް ލިބިފައިވާ އުފާވެރިކަން ދާނިޔަލްއަށް ބަޔާންކުރަންވެސް ނޭނގެއެވެ. އިރުގަނޑެއް ވާންދެން ވާހަކަ ދައްކާލަން ހުރުމަށްފަހު ދާނިޔަލް ގޭތެރެއަށް ވަނެވެ. އެޔަށްފަހު ބަދިގެއަށް މިސްރާބު ޖެހީ ކާލާނެ އެއްޗެއް ތައްޔާރު ކޮށްލުމަށެވެ.

މުޅި ދުވަސް ފާއިތުވެގެން ދިޔައީ އެކަހަލަ ގޮތަކަށެވެ. ދާނިޔަލް ނިދަން އޮތް އިރުވެސް ވިސްނެމުން ދިޔައީ ހޮސްޕިޓަލާއި މެދުއެވެ. ވަޒީފާގެ ފުރަތަމަ ދުވަހު ކަންތަށް ވެދާނެ ގޮތް ހިތާހިތުން ލަފާކުރަމުން ދިޔައެވެ. ނަމަވެސް މާ ދަންވަންދެން އެގޮތަށް ހިޔާލީ ފޮލާ ކައްކަން ނޯވެ ނިދޭތޯ ބެލީ މާދަން ޑިއުޓީއަށް ދާން ޖެހެނީ ހެނދުނު ކަމަށްވެފައި ގަޑިޖެހިދާނެތީއެވެ.

***

ހެނދުނުގެ ހިތްގައިމު ވަގުތެވެ. އިރުގެ ރަންދޯދިތަކުން ދުނިޔެމަތި އުޖާލާކޮށްދެމުން ދިޔައެވެ. އެވަގުތު ކޮޓަރިން ނިކުތް ދާނިޔަލް އައީ ފޯނަށް ބަލަމުންނެވެ. ބައިމަތި ފުޅާ އެ ވަރުގަދަ ހަށިގަނޑަށް ހިފާލައިފައިވާ މަޑު ނޫކުލައިގެ އަތްދިގު ގަމީސް ލައިފައި ވާއިރު ތިރިން ލައިފައިހުރި ކަލުކުލައިގެ އޮފީސް ފަޓުލޫނުން އޭނާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. އިސްތަށިގަނޑު އާދައިގެ މަތިން ރީތިގޮތަކަށް ހުރި އިރު ފަން އިސްތަށީގަނޑުން ބައެއް އިސްތަށި ނިތްމައްޗަށް ވެރިފައި ހުރުމުން އިތުރަށް ރީތިކަމަށް ދައްކައެވެ. ދާނިޔަލް ފެންނަ ކޮންމެ އަންހެން ކުއްޖެއްގެ ހިތް ކަތިލާހާވެއެވެ.

ޖީބަށް ފޯނު ލައިފައި ދާނިޔަލް އައިސް ހުއްޓިލީ ކަޅުކަންގަދަ އޮފިޝަލް ބޫޓު ކައިރީގައެވެ. ބޫޓަށް އެރުމަށްފަހު އޭނާ ގެއިން ނިކުމެ ގޭ ތަޅުލައިފައި ލިފްޓަށް އަރައިގެން ތިރިއަށް ފޭބުމަށްފަހު އިމާރާތުން ނިކުތެވެ.

އަމާންކަމާއެކު ދާނިޔަލްއަށް އޮފީހަށް އާދެވުނު އިރު އެހެން މުވައްޒަފުންވެސް ހޮސްޕިޓަލުގައި ޙަރަކާތްތެރިވަމުން ދެއެވެ. ދާނިޔަލް ރިސެޕްޝަން ކައުންޓަރ ކައިރިއަށް ދިޔުމަށްފަހު އެތާ އިން ކުއްޖާ ގާތުން ސުވާލެއް ކޮށްލިއެވެ. އެވަގުތު އޭނާ އެދުނީ އަށްވަނަ ފްލޯއަށް ދިޔުމަށެވެ. ދާނިޔަލް އެގޮތަށް ކަންތަށް ކުރުމަށްޓަކައި ލިފްޓަށް އެރިއެވެ. ކަން ދިމާ ކުރިގޮތުން މިފަހަރު ލިފްޓުގައި ހުންނަން ޖެހުނީ އޭނާއަށް އެކަންޏެއް ނޫނެވެ.

ހަމަ އުމުރުން ގާތްގަނޑަކަށް އޭނާ ވަރުގެ ޒުވާން ފިރިހެނެއް އެވަގުތު ހުއްޓެވެ. ރަތްކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ހުރި އިރު ހަމަ ދާނިޔަލްއެކޭ އެއްފަދައިން އޭނާގެވެސް ހަށިގަނޑުގައި ވަނީ ގަމީސް ހިފާލައިފައެވެ. ގަމީހުގެ އަތުކުރި ވަނީ ދާނިޔަލްއާއި ޚިލާފަށް އުޅަނބޮށްޓާއި ހަމައިން އޮޅާލައިފައެވެ. އިސްތަށިގަނޑު އާދައިގެ ވަރަކަށް ކޮށާލައިފައި ވާއިރު އޭނާއަށް ލިބިފައިވަނީ އެންމެ ދޮން ނޫން ހަންގަނޑެކެވެ. ދާނިޔަލް ފެނުމުން އޭނާ ހިނިތުންވެލިއެވެ. ބަދަލުގައި ދާނިޔަލްވެސް ހިނިތުންވެލިއެވެ.

ދާނިޔަލް ލިފްޓުން ނިކުމެ އެ ފްލޯގައި ހުރި ރިސެޕްޝަން ކައުންޓަރ ކައިރިއަށް ދިޔައެވެ. އެޔަށްފަހު އެތާ އިން ކުއްޖާ ގާތު އަނެއްކާވެސް ސުވާލު ކުރިއެވެ. އެހިނދު އެކުއްޖާ އެދުނީ އޭނާއާއެކު އައުމަށެވެ. އެ އަންހެން ކުއްޖާ ފަހަތުން ދާނިޔަލް ދިޔައިރު އޭނާ ދިޔައީ މުޅި ތަނަށް ނަޒަރު ހިންގަމުންނެވެ. ކޮންމެ ގޮތެއްވިޔަސް މިއީ ދެން ކުރިޔަށް އޮތްތާ އޭނާ މަސައްކަތް ކުރަން ޖެހޭނެ ތަން ކަމުން ދާނިޔަލް ދިޔައީ ތަންތަން ދަސްކުރަމުންނެވެ. އެ ކުއްޖާ ގޮސް ވަނީ އެތާ ހުރި ކޮޓަރިއަކަށެވެ. ހީވާގޮތުން އެއީ ކޮންމެވެސް މަތީ މީހެއްގެ ކެބިން އެކެވެ. އޭނާ ބޯ ދިއްކޮށްލުމަށްފަހު އެމީހާ ގާތު އެއްޗެކޭ އަހާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ދާނިޔަލް ގާތު އެތެރެއަށް ވަނުމަށްބުނެ އެކުއްޖާ ދިޔައެވެ.

ދާނިޔަލް އެތެރެއަށް ވަނުމަށްފަހު މުޅި ތަނަށް ނަޒަރު ހިންގާލިއެވެ. އޭނާއަށް ހީވީ ހަމަ ރަނގަޅަށެވެ. މިއީ މަތީ މަގާމެއްގެ މިހެއްގެ ކެބިން އެވެ. އެއް ފަރާތުގައި އާދައިގެ ސޯފާސެޓެއް ބައިންދައިފައި ހުރި އިރު ތިރީގައި އެހިސާބުގައި މަހުމާ ވައްތަރުގެ ރީތި ބޮޑު މެޓެއް ބާއްވައިފައި އޮތެވެ. ސޯފާ ސެޓާއި ޖެހިގެން ދެން ހުރީ ބިއްލޫރި ކަބަޑެކެވެ. އޭގައި އެކި ޓްރޮފީ އާއި އެހެނިހެންވެސް ހަނދާނީ ފިލާ ފަދަ ތަކެތި ބަހައްޓައިފައި ހުއްޓެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ތަރުތީބު ކަމެވެ. ދާނިޔަލް ގޮސް އޭނާ އިށިންނަން ހަމަ ޖެހިފައިވި ގޮނޑީގައި އިށީނދެލިއެވެ. އެޔަށްފަހު ކުރިމަތީގައި އިން މީހާއަށް ބަލައިލިއެވެ.

ބަލާބެލުމަށް ސާޅީހުގެ އަހަރުތަށް ގުނަމުންދާ ފިރިހެނެކެވެ. މަދު މަދުން އިސްތަށިގަނޑުގައި ނުރަ ހުއްޓެއް ކަމަކު މޫނުމަތި ވަރަށް އުޖާލާއެވެ. ދޮން ހަންގަނޑެއްގެ ވެރިއެކެވެ. ނުރަ އިސްތަށިތަކާއި ނުލައި ކަޅުކަންގަދަ އިސްތަށިގަނޑެކެވެ. ކަޅުކަންގަދަ ދެބުމައެވެ. އާދައިގެ ވަރަކަށް ފަލައިފައިވި ތުނބުޅީގައިވެސް ކޮންމެވެސް ވަރަކަށް ނުރަ ހުއްޓެވެ. ކަޅު ކުލައިގެ ކޯޓު ފަޓުލޫނުގައި އިން އިރުވެސް އޭނާގެ ހައިބަތު ދައްކައިދެއެވެ.

އެމީހާ ދާނިޔަލްއަށް ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެވަގުތު ދާނިޔަލް ސިހިގެން ދިޔައީ އެމިހާގެ މޫނުމަތިން އޭނާއަށް އަދީލް ސިފަވިހެން ހިވުމުންނެވެ. ދާނިޔަލް ދެފަރާތަށް ކުޑަކޮށް ބޯހޫރުވާލީ ކޮންމެ ފަދަ މިހަކާމެދުވެސް އެކަހަލަ އެއްޗެކޭ ސިކުނޑި ވިސްނައިދީފާނެތިއެވެ. ދާނިޔަލްވެސް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އެހިނދު އޭނާ ސަލާމް ގޮވާލުމުން ހަމަ ބަދަލުގައި ސަލާމް ބަލައިގަތެވެ.

އޭނާ ދާނިޔަލްއާއި މި ވަޒީފާއާއި ގުޅޭގޮތުން އެކި އެކި ވާހަކަތަށް ކިޔައިދެމުން ދިޔައެވެ. އެޔަށްފަހު ހޮސްޕިޓަލާއި ގުޅޭގޮތުންވެސް އެކި މައުލުމާތު ދެމުން ދިޔައެވެ. “މިއީ އަޅުގަނޑުމެންގެ އާއިލީ ވިޔަފާރިއެއް.. އަޅުގަނޑާއި އަޅުގަނޑުގެ ބޭބެ ވެގެން ފުރަތަމަ މިކަންތަށް ފަށަން ޚިޔާލު ކުރީ.. އެޔަށްފަހު އެތަކެއް މަޝްވަރާއެއް ކުރުމަށްފަހު ބައްޕަ އަށް ޚިޔާލު ހުށަހެޅީ.. ބައްޕަ އަކީ އެއިރުގެވެސް މުޅި މާލެ ދަންނަ މަޝްހޫރު ވިޔަފާރިވެރިއެއް.. ދެން އެހިސާބުން ބައްޕައަށްވެސް މި ޚިޔާލު ކަމުގޮސްގެން މަސައްކަތް ފެށީ.. އެކަމަކު ދެން ފަހުން އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތިވި.. އާއިލީ ކަންކަމާއި އެހެނިހެންވެސް.. ނަމަވެސް އެންމެ ފަހުން މިއަދު މިހުރީ މި ހޮސްޕިޓަލް ގާއިމް ކުރެވިފަ.. މުޅި މި ސަރަޙައްދުގެވެސް މޮޅު އަދި މީހުންގެ އިތުބާރު ލިބިފައިވާ ހޮސްޕިޓަލަކަށް މިތަން ހެދުން އަޅުގަނޑުމެންގެ އަމާޒަކީ.. އެކަން ޙަޤީގަތަކަށް ހެދުމަށްޓކައި އެންމެ މޮޅެތި ޑޮކްޓަރުން މި ގެންނަނީވެސް..” އެމީހާ ހިތްހެޔޮ ކަމާއެކު ވާހަކަ ދައްކަމުން ދިޔައެވެ.

ދާނިޔަލްއަށް އެންމެ ކަމުދިޔައީ އޭނާގެ އެކުވެރި މިޒާޖެވެ. އަބަދުވެސް ހުންނަނީ ހިނިތުންވެފައެވެ. އެންމެ ވަގުތެއް ފިޔަވައެވެ. އޭނާ ދެންމެ އާއިލީ މައްސަލަ ނަންގަތް ވަގުތު އެމޫނުމަތީގައި ވީ ހިނިތުންވުން ހިތާމަވެރިކަމަށް ބަދަލުވިއެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އަނެއްކާވެސް ހިނިތުންވެލިއެވެ.

“ހޮސްޕިޓަލަށް މަރުޙަބާ ޑރ.ދާނިޔަލް..” އޭނާ ދާނިޔަލްއަށް މަރުޙަބާ ކިއެވެ. އެހިނދު ދާނިޔަލް ޝުކުރުވެރި ހިނިތުންވުމެއް ރައްދު ކޮށްލުމަށްފަހު ޝުކުރު އަދާކޮށްލިއެވެ. އޭނާއަކީ މި ހޮސްޕިޓަލްގެ ބޮޑު މީހާ އިބްރާހިމް އާދިން އެވެ. އާދިން އާއި ވާހަކަ ދައްކާ ނިމުމުން ދާނިޔަލް އާދިންގެ ކެބިން އިން ނިކުމެ އާދިންގެ ދަށުން މަސައްކަތްކުރާ މުވައްޒަފެއް ކަމުގައިވާ ފިރާޝް އާއި އެކު ދިޔައީ ހޮސްޕިޓަލްގެ އެކި ތަންތަން ބަލައިލައި ހޮސްޕިޓަލް ދަސްކުރުމަށެވެ.

ދާނިޔަލް އޭނާގެ ކެބިން އިން ނިކުތް ތަނުން އާދިން އޭނާގެ ގޮނޑީގައި އަނެއްކާވެސް ހަމަޖެހިލިއެވެ. އެވަގުތު އަނެއްކާވެސް އޭނާގެ ސިކުނޑި މާޒީގެ ވިސްނުން ތަކުން ފުރެމުން ދިޔައެވެ. އޭނާއާއި އޭނާގެ ދޮންބެ މި މަސައްކަތް ކުރަން އެއްކޮށް ފެށީ ކިހާ ފޮނި އުންމީދުތަކަކާއި އެކުހެއްޔެވެ؟ އެހެން ނަމަވެސް ނޭނގިހުއްޓާ އެ ތޫފާން އެމީހުންގެ ޙަޔާތަށް އައީ ހާދަހާ އަނިޔާވެރިކޮށެވެ. ދުވަހަކުވެސް އުންމީދު ނުކުރާނެފަދަ ގޮތަކަށެވެ. އާދިން ގޮނޑިން ކުއްލިޔަކަށް ހަށިގަނޑު ތެދުކޮށްލެވުނީ ސިކުނޑިއަށް އައި އެއްޗަކުންނެވެ.

ދެންމެ އޭނާއާއި ބައްދަލުވި ނުދަންނަ ކުއްޖާ އޭނާގެ ދޮންބެއާއި ހާދަވައްތަރެވެ. އެ މޫނުމައްޗަށް ވެރިވާ ހިނިތުންވުމުން އޭނާގެ ދޮންބެއާއި އެއްވެސް ތަފާތެއް ނެތެވެ. ތުނިކޮށް ފަޅައިފައިވާ ތުނބުޅިއާއި ކަޅުކަންގަދަ ފަށްބޯ ފަން އިސްތަށިގަނޑެވެ. ދިގު އިސްކޮޅާއި ބައިމަތި ފުޅާ ވަރުގަދަ ހަށިގަނޑެވެ. ދޮން މޫނާއި ކަލުކަންގަދަ ދެބުމައެވެ. ދުނިޔޭގައި އެއްވައްތަރު މީހުން އުޅޭ ވާހަކަ އޭނާވެސް އަހައެވެ. އެހެން ނަމަވެސް ޙަޤީޤީ ދިރިއުޅުމުގައި ހަމަ ލޮލަށް އެކަހަލަ މަންޒަރެއް އެ ފެނުނީ އަދި އަލަށެވެ. އަނެއްކާ މިއީ ކިހިނެތް ވާ ކަމެއް ބާވައެވެ؟ “އޭނާއަށް ކިޔަނީ ދާނިޔަލް.. ފުރިހަމަ ނަމަކީ ކޮބައިބާ؟” އާދިން ހިތަށް އައި އެއްޗަކުން ދާނިޔަލްގެ ފުރިހަމަ ނަން ބަލައިލަން އަވަސްވެ ގަތެވެ. “އަޙްމަދު ދާނިޔަލް އަދީލް؟” އާދިންއަށް މަޑުމަޑުން ދާނޔަލްގެ ނަން ކިޔާލެވުނެވެ.

އާދިން ދެފރާތަށް ބޯ ހުރުވާލީ އޭނާގެ ސިކުނޑިއަށް ވެރިވަމުން ދިޔަ ޚިޔާލު ތަކުންނެވެ. “ނޫން.. އެހެނެއް ނުވާނެ.. އެއް ނަން ކިޔާ ކިތަންމެ މީހަކުވެސް އުޅެދާނެއްނު..” އާދިން އޭނާގެ އަމިއްލަ ހިތަށް ވިސްނައިދެމުން ދިޔައެވެ. އެންމެ ފަހުން ސިކުނޑިއަށް ބާރުވާން ފެށުމުން އިން ތަނުން ތެދުވެގެން ގޮސް ފެންތަށްޓެއް ބޯލިއެވެ.

***

ހޮސްޕިޓަލުގެ އެކި ތަންތަން ބަލައިލައިފައި އައި ދާނިޔަލް އޭނާއަށް ޚާއްސަކުރެވިފައިވާ ކެބިންއަށް ވަދެ  ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ. އޭނާގެ ތުންފަތަށް ވެރިވެފައިވީ ހިނިތުންވުމުންވެސް އެ ހިތަށް ލިބިފައިވާ ހަމަޖެހުން ދޭހަކޮށްދެއެވެ. އޭނާ މިއަދު އެއިނީ ކުޑައިރު ކެއްކި ހިޔާލީ ފޮލައިގައި ގޮތަށް ޑޮކްޓަރެއްގެ މަޤާމުގައެވެ. އެ ޝަރަފް ލިބުމުން އުފާނުވާނީ ފަހެ ކާކުހެއްޔެވެ؟ ކުޑައިރުގެ ހުވަފެންތަށް ޙަޤީގަތަކަށް ވުމުން އުފާ ނުވާނީ ކާކުހެއްޔެވެ؟

މީހުން ބަލަން އަދި ވަގުތު އޮތުމުން ދާނިޔަލް އެ އިންގޮތަށް އިނދެ ކެބިންގެ އެކި ދިމަ ދިމާލަށް ނަޒަރު ހިންގާލިއެވެ. އޭނާ އިށީނދެ އިން ކަޅު ކުލައިގެ އަރާމު ގޮނޑީގެ ކުރިމަތީގައި މަޑު އަޅިކުލައެއްގެ މޭޒެއް އިން އިރު އޭގެ މޭޒާއި ކައިރިކޮށްލައިފައި ރީތި ދެގޮނޑި ބައިނދައިފައި އިނެވެ. އެއީ ބަލިމީހުން އިންނަން ހަމަޖެހިފައިވާ ގޮނޑިއެވެ.

އެއްފަރާތުގައި އަޅިކުލައިގެ ސޯފާސެޓެއް ބައިންދައިފައި ވާއިރު ކުޑަ ބިއްލުރި ކޮފީޓޭބަލްއެއް ބައިންދައިފައި އިނެވެ. ދާނިޔަލް އަށް އެކަންތަށް ވަރަށް ކަމުދިޔައެވެ. އޭނާއަކީ ސައިކޭޓްރިސްޓްއަކަށް ވާއިރު މީހުންނާއި ވާހަކަ ދައްކާލަން އޭނާއަށް އެތާވެސް އިނދެވޭނެއެވެ. އޭނާ ބޭނުންވަނީ ވަރަށްވެސް އެކުވެރި މާހައުލެއްގައި ބަލިމީހުންނަށް ފަރުވާ ދޭށެވެ.

ކެބިންގެ އެންމެ އެތެރޭގައި ހުދުކުލައިގެ ކަބަޑުތަކާއެކު ބަލި މީހުން ބަލަން ޚާއްސަ އެނދެއް ބަހައްޓައިފައި ހުއްޓެވެ. ފާރުތަކުގައި މަޑު އަޅިކުލައެއް ލައިފައި ވުމުން ވަރަށްވެސް ފުރިހަމައެވެ. ރާއްޖޭގެ އެހެން ހޮސްޕިޓަލުތަކާއި މިތަނާއި ވަރަށްވެސް ތަފާތެވެ. ހުރިހާ ކަމެއްވެސް ހުރީ ޑޮކްޓަރުންގެ އިތުރުން ބަލިމީހުންނަށްވެސް ފަސޭހަވާނެ ފަދައިންނެވެ. އޭނާގެ ކެބިންގެ ކޮންމެ ކަމެއްވެސް ދާނިޔަލްއަށް ވަރަށް ކަމުދިޔައެވެ. އެހެން ކަމުން ގޮނޑީގައި ހަމަޖެހިލުމަށްފަހު ފޯނު ނަގައި އެ ހުޅުވާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނާ އިނި ފޯނަށް ގެއްލި ހުސްވެފައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ދުޢާ 16

Next

ހިތް އެދުނަސް… (5)

Next
September 20, 2018

ހިތް އެދުނަސް… (5)

Previews
September 20, 2018

ދުޢާ 16

31 Comments!

  1. Lotus says:
    September 20, 2018 at 10:06 pm

    Is this the surprise.. thanks a bunch sis ?

    1. Lotus says:
      September 20, 2018 at 10:20 pm

      Hospital ge boss ey dhaniyal ge dad ge brother dhw.. this is getting interesting..keep it up dear ?

    2. aish noor says:
      September 21, 2018 at 5:08 pm

      yess dear.. miee surprise akee.. hehe.. 🙂 aww.. marhabaa dear.. 🙂 hehe. balamaa dhw aee kaakuthoa.. 🙂 hehe.. jazakillah khairan dear.. 🙂

  2. aish noor says:
    September 20, 2018 at 10:09 pm

    assalaamu a’laikum my dear readers.. 🙂 SURPRISE!!!! hehe.. miee noor ge mifaharuge surprise gift aky.. dhuvaskolheh vehje thikudhinnah gift eh nudheveythaa.. ehnve hithah ery mifaharu dhe part up kohlan.. 🙂 dheythere dheytherein vaanennu dhw hadhiyaa badhalukuran? noor ah dhn thikudhinnah dheveyneeves mikahala hadhiyaa.. hehe.. 🙂 kobaa hurihaakudhinge haalu kihineh? ummeedhu kuran hurihaa kudhinge haalu ves rangalhu vaane kamah.. adhi mi 2 part ves kamudhaane kamah ummeedhu kuran..:-) hurihaa kudhin noor ah dhey support ah vrh bodah shukuriyyaa.. maaiyy allah alhamenge faafa fussavaa heyo rahmaiyy lavvaashi.. aameen.. 🙂 jazakumullah khairan and LY all.. 🙂 <3<3<3<3<3

  3. Hudher says:
    September 20, 2018 at 10:21 pm

    Nyc stry dear……maasha allah….next part thankolheh dhigu kolla dhehchey…….????

    1. aish noor says:
      September 21, 2018 at 5:16 pm

      jazakillah khairan Hudher dear.. 🙂 in sha allah.. 🙂

  4. maya says:
    September 20, 2018 at 10:55 pm

    waaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaau.MASHA ALLAH…MASHA ALLAH haadhahaadha haadha haadha haadha reyhchey..nooooooor sis,,.sifakurunves ..storyge athuraalunves..dhen neih bunaane ehcheh ves,,,bt vvvvvvvvv foohi aalaage mom ulhey gothun…eyna ah visneyny kn dhuvahakun baa>3>3>3>3>3>3>3>3>and e hospital ge boss aki dhaan ge dad ge kokko thr anehkaaa….????????????????vvv curious to read the nxt part,,,,,thank u for the 2 parts….luv u bodu bodu bodu koh noor sis

    1. aish noor says:
      September 21, 2018 at 5:20 pm

      allhey… 🙂 jazakillah khairan dear.. bodu bodu koh ingey.. 🙂 hehe.. alhey dear.. noor ah ves neynge dear a shukuru adhaa kuraane gotheh ves.. 🙂 hehehe.. inthizaaru kuramaa e dhuvahakah.. dhw? 🙂 hehe.. balamaa dhn vaagotheh dhw dear.. 🙂 marhabaa dear.. jazakillah khairan dear.. awwww.. <3<3<3<3<3

  5. riya says:
    September 20, 2018 at 11:13 pm

    masha allah sis varah reethi mibai ves. sis my openion akee like konme week aku konmeves dhuvas thakeh kanda elhumah fahu parts thah up kurun. eyrun sis ge ithurun readers ah ves faseyhavaane kanneynge. i love your stories alot

    1. aish noor says:
      September 21, 2018 at 5:46 pm

      Jazakillah khairan dear.. 🙂 yeah… noor ah ves thi idea hama vrh kamudhey.. vrh ufaavehje ingey dear ge khiyaalu faalhu kohleema.. jazakillah khairan.. 🙂 yeah.. asluvestha? jazakillah khairan dear.. 🙂

  6. annoying reader says:
    September 20, 2018 at 11:30 pm

    wow varah reethi i just love ur stories noor. finally hospital ge manager ei dhaniyal ge uncle dhww. cant wait to see hw dhaniyal feels when he realise he has a uncle. mi ulhey shaziyya and aala mi bodaa vegen ulhe baeh, emeehunah heyo visnun dhevvashi. waiting for the nxt part. i wish to meet dhaniyal hehe

    1. aish noor says:
      September 21, 2018 at 5:57 pm

      jazakillah khairan dear.. 🙂 hehe.. balamaa dhw dhn alhe vaa gotheh.. 🙂 haahahahah.. aameen.. 🙂 keep waiting dear.. 🙂 ahahaha..

  7. Anonymous says:
    September 20, 2018 at 11:35 pm

    Eynaage ungugai iny edhemeehunge umurun dhe aharahdhaa dharifulhu Zainabeve. Mi jumla liyefa oiy goiy kamaku nudhey… miee kuh gotheh kamah dheken. Vaahaka varah reethi… surprise ekey bunefa haadha inthizaarehves kiruvaifiey sis.???

    1. aish noor says:
      September 21, 2018 at 6:01 pm

      oh.. rangalhu kohlan v goiyy dear noor ah buneladhin nama noor ah faseyha vees.. hehe.. dear buneladheyn v nu dhw? eirah dhn faharakun ves noor ah ekahala than than kolhu rangalhu kohlan ingeynee.. 🙂 jazakillah khairan dear.. 🙂 hehehe.. surprise kohlan vaanennu dhw? ehnve aee.. 🙂 hahaha..

    2. Anonymous says:
      September 24, 2018 at 12:07 pm

      Eynage ungugai iny edhemeehunge dharifulhu kamahvaa umurun dhe aharuge zainabeve.

  8. Nanni says:
    September 20, 2018 at 11:42 pm

    Woww varah reethi vaahaka.when next part..bye the way noor nanni akah konmme konmme beyheh nukevey…..

    1. aish noor says:
      September 21, 2018 at 6:03 pm

      jazakillah khairan dear.. 🙂 in sha allah maadhan.. 🙂 ehentha? dhn noor ah buneveynee.. shafakillah khairan dear.. 🙂

  9. Kokee says:
    September 21, 2018 at 9:49 am

    maasha allah…vrh reethi mibai ves…n aala ge mom?haadha gooheyy…but dhaniyal congra doc dhaniyal…hehe…wen next sis…lov u a lot n jazaakumullah for the surprise…shukran

    1. aish noor says:
      September 21, 2018 at 6:04 pm

      jazakillah khairan dear.. 🙂 hehe.. ahahha… 🙂 in sha allah maadhamaa ingey.. 🙂 awww.. <3<3<3<3<3 marhabaa dear.. 🙂

  10. Mal says:
    September 21, 2018 at 2:04 pm

    Masha allah……??????thank you so much noor sis….???????☺☺??such a sweet surprise….???????and plx adhives mi kahala surprise dhehchey…?????mi dhe part ves v nyc…masha allah…??????dhn avahah dhaan and aalaa meet kuruvaa….eyrun majaa vaany…??????????noor sis u r very very sweet….and u have a bright future in writing stries… Insha allah….. ? ? knme faharaku ves dhaan sifa kohdhyfa inna goiyy Mal ah v nyc….?????hithah arany haadha reehcheh vaaney….heheheh?????dhaan sifa kohdhiifa hunna thanthan kiyaairu hama aslahves fennahen hyvany….?????????lysm…❤❤❤❤❤❤❤❤

    1. aish noor says:
      September 21, 2018 at 6:09 pm

      jazakillah khairan dear.. 🙂 aww.. marhabaa dear.. 🙂 🙂 🙂 hehehe.. in sha allah, try kuraanan ingey.. 🙂 jazakillah khairan dear.. 🙂 hehe.. dhn vaagotheh balamaa dhw.. 🙂 vrh ufaavehje dear thihen bunelyma.. 🙂 thihaa supportive kudhinkolheh thibyma noor ah hageegathuga ves vrh hiyy varu libey.. 🙂 hehehe.. ehntha? ahaha.. aww.. <3<3<3<3<3

  11. Ainth says:
    September 21, 2018 at 11:02 pm

    Vaahaka v v v reethi bt adhives dhaan ge mom e fohtahlee gadeh nukiya ehnu n eyna mom niyaavee konbahyehga kameh ves neygey adhives…..

    1. Anonymous says:
      September 22, 2018 at 6:38 am

      No.. Bunefa inehnu blood cancer ey. Doc ah dhekkyma doc bunefa in handhaaneh vey ehn.☺️

  12. Ainth says:
    September 22, 2018 at 9:35 am

    Dhaan kairiyaku nubyneyehnu eyna mom ah ekanyehnu ingenee….

    1. aish noor says:
      September 22, 2018 at 11:06 am

      Jazakillah khairan dear.. 🙂 hehe.. ebai adhi annaane, in sha allah.. 🙂 adhi e hisaabah story nudhanee ey dear.. kuriyah huri baithah kiyamun dhaa varakah e kanthah thah ingemun dhaane, in sha allah.. 🙂

  13. Aisha says:
    September 22, 2018 at 12:30 pm

    Nice.Mee mi websitege emme reethi vaahaka. Asslu gavaidhun up kuraathy varh kiyaa hih vey
    When next part?waitinggg??❤️

    1. aish noor says:
      September 22, 2018 at 8:42 pm

      jazakillah khairan Aisha dear.. 🙂 asluvestha? vrh ufaavehje dear thihen bunelyma.. 🙂 up vefa innaanee mihaaru.. 🙂

  14. Nisha says:
    September 22, 2018 at 4:37 pm

    noor sis……where is the part 18……..Nisha is waiting for your lovely story……………unmeedhu kuran varah avahah kuriyah oii baithah up kohllaane kamah……

    =Nisha=

    1. aish noor says:
      September 22, 2018 at 8:44 pm

      yess dear.. 🙂 up vefa innaanee mihaaru.. las v kamahtakaa vrh bodah sorry ingey dear.. hehe.. in sha allah.. 🙂

  15. Nzhshz says:
    September 22, 2018 at 6:35 pm

    Ey avas inge

    1. aish noor says:
      September 22, 2018 at 8:46 pm

      publish vefa innaanee mihaaru, dear.. 🙂

Comments are closed.

Next Episodeދުޢާ 18←


All Right Reserved!